Skip to content
އެސްފިޔަ

މަރުގެ ހިތި ރަހަ

އަހަރެންނަކީ ހއ ކެލާއަށް ނިސްބަތްވާ ޒުވާނެކެވެ. އުމުރުން 22 އަހަރެވެ. އަންބެއް ނުހުރެޔެވެ. އަހަރެންގެ ވަޒީފާއަކީ ހިނެވުމެވެ. މަރުވެފައިވާ ކިތަންމެ މީހަކާ އަހަރެންނަށް ދިމާ ވެޔެވެ. މީހުން ބުނެޔެވެ. ތިޔައީ ރަނގަޅު ވަޒީފާއެއް ނޫނެވެ. ނަމަވެސް އަހަރެން އެކަން ކުރީ ކުރާ ހިތުންނެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟ މަރު މައްޔިތުންގެ ސަބަބުން އަހަރެން މަރު މަތިން ހަނދާން ނުނެތޭތީއެވެ.

2025 ވަނަ އަހަރާއި ހަމައަށް އަހަރެމެނަށް ވާސިލް ވެވުން އިރު ދުނިޔެ މިވަނީ އެފުށް މިފުށަށް ޖެހިފައެވެ. ރާބުއިމާއި ޒިނޭ ކުރުން “ކޫލް” ކަމަކަށް ވެއްޖެއެވެ. ވައްކަން ކުރުމާއި މީހުން މެރުން އާދަ ވެއްޖެއެވެ. އެހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަ ހިތުގައި ބިރުވެރިކަމުގެ ކަންފުޅެއް ވެސް ނެތީ ހެއްޔެވެ؟

އެއީ ވެސް ހަމަ އާދައިގެ ދުވަހެކެވެ. މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އަހަރެން އޮތީ ގޭ ޖޯލި ފަތީގައި ޤުރްއާން ކިޔަވާށެވެ. އަހަރެންނަށް އައީ ފޯނު ކޯލެކެވެ. “އައްސަލާމު އަލައިކުމް” އަހަރެން ސަލާމް ގޮވާލީމެވެ. “ވަޢާލައިކުމުއް ސަލާމް. އަޅުގަނޑުގެ ކޮއްކޮ ނިޔާވެގެން.. ކޮއްކޮ ކަފުން ކުރުމަށް އަހިސް ދޭން އެދެން” އޭނާ ނޭފަތް ދަމާލާފައި ބުނެލިއެވެ.

“إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ” މިދަނީ ކަމަށް ބުނެ އަހަރެން ތެދުވީމެވެ. ސައިކަލުގައި 5 ވަރަކަށް މިނިޓް ތެރޭގައި ހިނަވާ ގެއާއި ހަމައަށް ދެވުނެވެ. އޭރު މައްޔިތާގެ އާއިލާއާއި އެކުވެރިން އެތަނުގައި ތިއްބެވެ.

އަހަރެން އެތެރެއަށް ވަނީމެވެ. މައްޔިތާ ފެނި އަހަރެންގެ ނިތަށް ރޫތަށް ގިނަވިއެވެ. “މިއީ ކޮން ކަމެއް؟” މައްޔިތާގެ އަތުގައި އޮޅާލެވިފައި އޮތް ބެންޑޭޖުގަނޑަށް ބަލާލަމުން އަހަރެން މައްޔިތާގެ ދޮންބެ ކުރެން އެހީމެވެ. ދޮންބެ އިސްޖަހާލިއެވެ. އަހަރެން އެމަލަންގަނޑު ނައްޓަން ކުރިއަށް ޖެހިލީމެވެ.

“ނޫން. ނުނައްޓާތި” ދޮންބެ އަހަރެން ހުއްޓުވިއެވެ. “މައްޔިތާ ހިނެވުމަށް މިކަހަލަ އެއްވެސް އެއްޗެެއް ހަށިގަނޑަކު ނުބެއިންދޭނެ” އަހަރެން ބުނެދިނީމެވެ. ދޮންބެ އިސްޖަހާލިއެވެ. ދެން އެއްޗެކޭ ނުބުންޏެވެ.

މައްޔިތާގެ ވާތު އަތްތިލަ އެކީގައި ވަންހަނާ ވެފައި އޮތް މަލަންގަނޑު އަހަރެން ނައްޓާލީމެވެ. އެއާއި އެކު އަހަރެންގެ ހައިރާންކަން ވީ އިތުރެވެ. މާތް ކަލާކޯއެވެ. މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟

މައްޔިތާގެ އަތުގައި އޮތީ ޓީވީ ރިމޯޓެކެވެ. އަހަރެން އޭގައި ހިފީމެވެ. ނަމަވެސް އަހަރެންނަކަށް އެ ރިމޯޓެއް ނުނެގުނެވެ. އަތުގައި ތަތްލާފައި ވާފަދައެވެ. “ކޮއްކޮ ފެނުނު އިރު ވެސް ރިމޯޓު އޮތީ އަތުގައި. އަޅުގަނޑަކަށް ވެސް ރިމޯޓެއް ނުނެގުނު…” ދޮންބެ ބުނެލިއެވެ.

“ކޮންތާކުން ކޮއްކޮ ފެނުނީ؟ ކޮއްކޮ ކީއްކުރަން އޮތީ؟” އަހަރެން ސުވާލު ކުރީމެވެ. “ކޮއްކޮއަކީ އަބަދުވެސް ފާޑު ފާޑުގެ ބަރަހަނާ ވީޑިއޯތަށް ބަލާ މީހެއް. އަބަދު އަބަދު ނަސޭހަތް ލައިދީގެން ވެސް ނުހުއްޓުވުނު ކަމެއް މިއީ” ދޮންބެ ނޭފަތް ދަމާލިއެވެ. “ކޮއްކޮ މަރުވެފައި އޮއްވާ ފެނުނީ މެންދުރު. އިއްޔެ ހަވީރުން ސުރެ ކޮޓަރިން ނުނިކުންނާތީ ތަޅު ހަލާކު ކޮއްލައިގެން ވަނީ. ވައިން އިރު ކޮއްކޮ އޮތީ މަރުވެފަ. އޭރުވެސް ޓީވީއިން އެ ވީޑިއޯތަށް ފެންނަމުން ދޭ…”

މާތް ކަލާކޯއެވެ. މައްޔިތާ ނިޔާ ވެގެން އެދިޔައީ ވެސް ޒިނޭގެ ތަންމަތީގައެވެ. އަހަރެން އެރިމޯޓު ނެއްޓޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ހަމަ ހިލާ އެކަމެއް ނުވިއެވެ. އެންމެ ފަހުން އަހަރެން މައްޔިތާ ވަޅުލީ ވެސް އެރިމޯޓު އަތުގައި އޮއްވާއެވެ.

(ނިމުނީ)

ކިޔުންތެރިންނޭ! މިއީ ހަގީގީ ވާހަކައެކެވެ. މިއީ ވިސްނާލަން ޖެހޭ ވަރުގެ ކަމެކެވެ. ޒިނޭ ކުރުމަކީ ހަމަ އެކަނި ކައިވެނިން ބޭރުން އެއްދާން ކުރުމެއް ނޫނެވެ. ލޮލުން، އަތުން، އަދި ފައިން ވެސް ޒިނޭ ކުރެވޭނެއެވެ. އެފަދަ ވީޑިއޯތަށް ބެލުން މިހާރު އަހަރެމެން މުސްލިމުންގެ ތެރޭގައި ވެސް އާމު ކަމަކަށް ވެއްޖެއެވެ. އެއީ ލޮލުގެ ޒިނޭއެވެ. މަންމައާއި ބައްޕަ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށް ވަގަށް ބެލި ނަމަވެސް މާތް ﷲ އަށް އެހުރިހާ މަންޒަރެއް ފެނިގެންވެޔެވެ. އެކަލާންގެއަކަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. މިއީ ވެސް މާތް ﷲ ލައްވާ ކޯފާއެވެ. ކަމަކީ ބުއްދީގެ ބޭނުން ކުރި މީހަކަށް އިބުރަތެކެވެ. އެކަމެއް ކުރުމުގައި މަރުވާން ބޭނުން ނުވާ ހުރިހާ ކަމެއް ދޫކޮށްލަމާ ހިނގާށެވެ. އަދި ވަގުތު ފާއިތެއް ނުވެޔެވެ. ތައުބާ ވަމާ ހިނގާށެވެ. މަރު އަންނާނީ ބުނެފައެއް ނޫނެވެ.

Comments (6)

  1. GURRRRL

    Maasha Allah vrh vx ibraitheri vaahaka eyy.. 💛💜
    Mi zamaanaa vrh gulheyy… 💛💜
    I hope to see more stories like this from you shiherr.. 💛💜
    You are my fav.. Always wish you the best.. Keep shining.. 💛💜
    Tc.. Lyy💛💜

    1. shihaamaa ali
      GURRRRL

      jazaakallah khairan gurrrl🫶🏻
      yeah reall.. in sha allah more stories ahead..
      awwwhhhh im soo happy to hear thatt🥺🫶🏻
      tc ilyt

  2. no one 16

    masha allah this story is ssooo beautiful
    vrh iburaiytheri
    reallyyyy wish to see more of these amazing stories from you
    wishing you the best my fav authorr
    tcc
    lysmmm<3

    1. shihaamaa ali
      no one 16

      Jazaakallah khairan no one 16
      Awwwnnn jazaakallah khairan for thiss🥹🥹
      Tcc lytt

  3. Aanaa

    Masha allah mi vhk vrh vrh reethi
    Vrh asar gadha vhk ehh n vrh iburaitheri
    Vrh avahah mikahala vhk eh kiyaalan libeyne kmh unmeedhkuran
    Lyyysmmm🫶🏻🫶🏻

    1. shihaamaa ali
      Aanaa

      Jazaakallah khairan dearrr
      Hehe yess in sha allah genessdheynan
      Ilyttt🫶🏻

Comments are closed.