Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 4

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 20, 2025 4 Mins Read
4 Comments

“މަށަށް ހެޔޮ. މަށަށް އެނގޭހާ ވެސް އެއްޗަކީ ތި އީވާންއަކާއި އެކު އުޅޭހާ ހިނދަކު މަގޭ ވިނާލް ކިޔާ ދަރިއަކު ނުހުންނާނެކަން” ވިއާމް ފަހު ނިންމުން އިއްވާފައި ކާގެއިން ނިކުމެގެން ދިޔައެވެ.

(4 ވަނަ ބައި)

ވިއާމް ނިކުމެގެން ދިޔުމުން ވިނާލް ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. “ކީއްވެ؟ ކީއްވެ؟ ވިވީގެ ދިރިއުޅުމުގެ ހުރިހާ ކަމެއް މަންމަމެން ތި ކޮންޓްރޯލް ކުރަނީ. ކީއްވެގެން؟ ކޮބާ ތަ އަޅުގަނޑުގެ ކުށަކީ؟ ވިވީ ވާންދެކެ ވަރަށް ލޯބިވޭ. ވާންއާއި ނުލާ ދިރިނޫޅެވޭނެ” އިސްޖެހިފައި ހުރި ނީރާ ކުރިމަތީ ހުއްޓިފައި ވިނާލް ބުނެލިއެވެ. އަދި ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ “ބަން” ކިޔާފައި ދޮރު ޖެހިއެވެ.

“އަސްލު ވެސް މާ ބޮޑަށް މަންމަމެން ވިވީގެ ދިރިއުޅުމާ ތި ބެހެނީ” ވާއިލް ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ނީރާ އެއްވެސް އެއްޗެއް ނުބުނެ ހަމަ ހުރި ގޮތަށް ހުއްޓެވެ.

ކޮޓަރިއަށް ވައިން ވިނާލްއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ސްޓަޑީ ޓޭބަލް މަތީގައި އޮތް ކަޓަރެވެ. ދެވަނަ ފިކުރަކަށް ނުގޮސް އެކަޓަރާއި ދިމާލަށް ހިނގައިގަތެވެ. ވާއިލްއަށް އެކޮޓަރިއަށް ވަދެވުނީ އެވަގުތެވެ.

“ވިވީ!!!” ވާއިލް ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް ވިނާލްގެ އަތުގައި ހިފިއެވެ. “ދޫކުރޭ. ވާންއާއި ނުލާ އުޅޭކަށް ވިވީ ބޭނުމެއް ނޫން” ވިނާލް ވާއިލް ދުރަށް ކޮއްޕާލިއެވެ. “ވިނާލް!!! މޮޔަވީ ތަ؟ ދެން އަމިއްލައަށް މަރުވީއޭ ކިޔާފަ އީވާން ލިބޭނެ ތަ؟ ނުލިބޭނެއްނުން؟ ތިއީ ދެން ކޮން ކަމެއް ތަ؟ އޭނ؟؟؟؟؟” ވިނާލްގެ އަތުގައި ހިފާ ތަޅުވާލަމުން ވާއިލް ބުނެލީ ފުދޭވަރަކަށް ބާރަށެވެ.

ވިނާލް އަތުން ކަޓަރު ދޫވެގެން ވެއްޓުނެވެ. ބިންމައްޗަށް ޖެހިގަނެވުނު އިރު ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. “ކީއްވެ ތަ؟ ވިވީ މިއީ ހަމަ އެހާ ގޯސް ކުއްޖަކީ ތަ؟ ކީއްވެ ތަ މަންމަމެން ވިވީދެކެ އެހާ ރުޅި އަންނަނީ؟ ކީއްތަ ވާނީ ވިވީގެ އުފާވެރިކަން ޗޫޒް ކުރަން ވިވީއަށް ފުރުސަތެއް ދިނީއާ؟” ވިނާލް ކުރަކިވެފައިވީ އަޑުން ވާހަކަ ދެއްކިއެވެ. ވާއިލް ވިނާލްގެ ހަށިގަނޑުގައި ބައްދާލިއެވެ. ހިތް ފުރޭންދެން ރޯލުމަށް ދޫކޮށްލާށެވެ.

އާދައިގެ މަތިން މިއަދުވެސް އީވާން ދިޔައީ އީނާލް އިސްކޯލަށް ލުމަށެވެ. އިސްކޯލަށް ދިޔަ މަގުމަތީގައި އެކި އެކި އުމުރު ފުރައިގެ އެކި މީހުންގެ ނަޒަރު އީވާންއަށް ހުއްޓެމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ކަޅު ކުލައިގެ ފަޓުލޫނަކާއި އެކު މަޑު ނޫ ކުލައިގެ ގަމީހެއް ލާފައި ހުރި އިރު ކަނޑު ނޫކުލައިގެ ހިމަ ޓައީއެއް އަޅާލާފައިވިއެވެ. ފަންދިގު އިސްތަށިގަނޑު ވަޔާއި އެކު އެގޮތް މިގޮތަށް ނަށަމުން ދިޔައެވެ. ލައިގެން ހުރި އަތްދިގު ގަމީހުގެ އަތު ކުރި މުލައްދަނޑިއާއި ހަމައަށް އޮޅާލާފައި ވުމުން އަތުގައި ހުރި ބާރުކަން ވަރަށް ރީއްޗަށް ފެންނަމުން ދިޔައެވެ.

“ބަސް އަހައިގެން ކިޔަވައްޗޭ. މިހާރު އޯ ލެވެލް ވެސް ވަރަށް ކައިރި ވެޔޭނުން އެބަ” އީނާލް ސައިކަލުން ފޭބުމުން އީވާން ބުނެލިއެވެ. “ނާލު އަބަދުވެސް ކިޔަވަމޭނުން؟” އީނާލް ހީލާފައި ބުނެލިއެވެ. އަދި ގޭޓުން ވަދެގެން ދިޔައެވެ. އީނާލް އެތެރެއަށް ވަނުމުން އީވާން ދިޔައީ އޮފީހާއި ދިމާލަށެވެ.

އީނާލް ކިލާހަށް ވައިން އިރު ޔާލާ އޭނާގެ ގޮނޑީގައި އިނެވެ. އީނާލް ފެނުމުން ޔާލާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހާދަ އުފާ ވެފަ؟” އިށީންނަމުން އީނާލް އަހާލިއެވެ. “ހެހެ… ލާލަ ކުއްޖަކާއި ރައްޓެހިވީ…” ޔާލާ ލަދުން އިނދެ ބުނެލިއެވެ.

“ވަޓް؟ ކީކޭ؟ ކޮން އިރަކު؟ ކީއްވެ؟ ކިހިނެތް؟” އީނާލް އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. ހައިރާންވެ އަންތަރީސް ވިއެވެ. “ސާބަހޭ. ފަހަރަކު ސުވާލެއް ހެހެ” ޔާލާ މޫނުގައި އަތް އަޅާލިއެވެ. “ދެން ހޫން ބުނަންވީ ކަން” އީނާލް ތުންކޮޅު އޫކޮށްލިއެވެ.

“ރުކާން…” ޔާލާ ލަދުން އިނދެ ބުނެލިއެވެ. “ރުކާން؟؟؟؟ ދެޓް މަންކީ؟؟؟؟” އީނާލް ދެލޯ ބޮޑު ކޮއްލިއެވެ. “ހަހަ… ޔާ. ރޭގަ އަހަރެމެން ދިމާ ކުރިން.. ރުކާން ބުނީ ވަރަށް ލޯބިވެޔޭ. ދެން ހިތަށް އެރީ ފުރުސަތެއް ދޭން. ނާލުއާ ވެސް ވާންގެ ގާލްފްރެންޑް ދިމާ ކޮއްދީފިއެއްނުން؟ އެހެންވީމަ ދެން ވަރަށް ސީރިޔަސްކަމަށް ދޯ ބެލެވެނީ…” ޔާލާ ދުރު ބަލައިލަމުން ބުނެލިއެވެ.

“ތިއީ ލާލައަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވަނީ ނަމަ ނާލު ވަރަށް ހެޕީ. ވަރަށް ވަރަށް އުފާ ވެއްޖެ. އަލްހަމްދުލިއްލާހި” އީނާލް އެކުވެރިޔާއަށްޓަކައި އުފާ ކުރިޔެވެ. “އަލްހަމްދުލިއްލާހި” ޔާލާ އުފާވެލާފައި ވަނެވެ.

“އެއޮށް އައީނުން. އެވަގުތު ކިލާހަށް ވައިން ރުކާން ފެނި އީނާލް ބުނެލިއެވެ. “އޭ. ދެމީހުން މިއަދު ނާލުއަށް ކާންދޭން ޖެހޭނެ އިނގޭ؟” އީނާލް ކަޅި އަޅާލިއެވެ. “އާންންނނ ދޭނަމޭ. ހާސް ކަނޑާލަބަލަ. ދޯ ލާލަ” ޔާލާއަށް ދޯ ދެމުން ރުކާން ބުނެލިއެވެ. “ޔެސް އޮފްކޯސް” ޔާލާ ބުނެލިއެވެ. އެވަގުތު މުދައްރިސް ކިލާހަށް ވަނުމުން އިހަކަށް ތިން ކުދިންގެ ވާހަކަ މެދު ކަނޑާލިއެވެ.

ކެބިންގައި އިން އީވާން އިނީ ސްކްރީން އިން ފެންނަން އިން ފޮޓޯއަށް ބަލަހައްޓައިގެންނެވެ. އެއީ ކާކު ކަމެއް އީވާންއަކަށް ނޭނގެޔެވެ. ދަތްދޮޅީގައި އަތް ހާކާލަ ހާކާލަ އިން އިރު ހީވަނީ ވަރަށް ފިކުރު ބޮޑުވެފައި އިންހެނެވެ.

“ބްރޯ ކޮން ފިކުރެއްގަ؟” އީވާން މާ މަޑުން އިނުމުން ނުހައިކް އަހާލިއެވެ. “މާބޮޑު ކަމެއް ނުވޭ. އީވާން އެފޮޓޯ ނިއްވާލިއެވެ. “އާމުކޮށް މަދޯ ސްކްރީންގަ ތަތްވެގެން އިންނަނީ؟ މިއަދު ވާން ތިހެން އިނީމަ ކަމެއްވީބާއޭ ހިތާ” ނުހައިކް ބުނެލިއެވެ. އީވާން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “އެއްޗެއް ކާލަން ދަމާ؟” އީވާން އެދުނެވެ. “ޝުއާރ”

“ޓޭސްޓް ހަބް” ރެސްޓައުރެންޓްގައި ދެއެކުވެރިން ކާން ދިޔައެވެ. ހެދިކާ ކޮޅަކާއި ކަޅު ސައިތައްޓަކަށް އޯޑަރު ޖަހައިގެން ދެއެކުވެރިން އިށީނެވެ. “ކަމަށް ވިސްނަނީ ތަ؟ ވާންއަށް އިނގެޔޭނުން މަށަށް ވާހަކަ ދެއްކޭނެ ކަން؟” އީވާންއަކީ އަބަދުވެސް ހިތާމަތަށް އަމިއްލަ ހިތުގައި ފޮރުވާ މީހެއްކަން އެއީ ނުހައިކްއަށް އޮޅިފައިވީ ކަމެއް ނޫނެވެ.

“އިކޫ ކައިރީ ވާހަކައެއް ދައްކަން ތަ؟ މިއީ ވަރަށް ބޮޑު ވާހަކައެއް. ހަގީގަތުގައި އެކުވެރިޔެއްގެ އެހީ އަހަރެން ބޭނުން ވޭ” އީވާން ބަލައިލީ ސީދާ ނުހައިކްގެ ދެލޮލަށެވެ. “ކިޔާބަ؟” ނުހައިކް ސީރިޔަސް ވެލިއެވެ.

“އިނގެޔޭނުން ދޯ ނާލު ގޮޓް ރޭޕްޑް ކަން؟” އީވާން ބުނެލިއެވެ. ނުހައިކް ބޯޖަހާލިއެވެ. “އަހަރެން ބޭނުން އެކަން ކުރި މީހެއް ހޯދަން” އީވާން ބުނެލިއެވެ. “ދެން އަޅެ ވާން. ތިކަމަށް މިހާރު ކޮން ކުރިއެރުމެއް ލިބޭނީ؟ އެއީ ކޮންތާކު ކާކު ކަމެއް ކަން ވެސް ވާންއަކަށް ނޭނގެޔޭނުން؟ ދެން…؟ މިހާރަކު ގައިމު އީނާލްގެ ހަށިގަނޑުން ސީމެން އެއްވެސް ނުނެގޭނެއްނުން؟” ނުހައިކް ބުނެލީ ވިސްނައިދޭ ރާގަކަށެވެ.

“ތިކަން އޮތީ ތިހެން. ދެން އެހެންނޭ ކިޔާފަ އަހަރެން ވީ އަޅާނުލާ ހުންނަން ތަ؟ ނާލުގެ ހިތުގަ އެއަޅާ ވޭނޯ؟ ހެވި ދިލިފަ ހުއްޓަސް މަށަށް އެނގޭ ނާލު ރޯވަރު. ރޭގަނޑު ރޮއެ ހަދާ އަޑު އިވޭ ކޮންމެ ރެއަކުހެން. ނާލުގެ ހަށިގަނޑުގައި އަދި ވެސް ބައެއް ލަކުނު އެބަ ހުރި. ދެން؟ އަހަރެން ވީ ހަމަ ހަނު ހުންނަން ތަ؟ ނާލުއަށް ކޮން ހަމަ ޖެހުމެއް ލިބޭނީ ނާލުއަށް އިންސާފު ނުލިބެނީސް؟ ނާލު މިހާރު ވެސް ރޭގަނޑު ގޭގަ ހުންނަން ބިރުގަނޭ. ދުވާލު ވެސް އެހާ ބިރުން އެހުންނަނީ. ނަފްސާނީ ގޮތުން ނާލު އެވަނީ ކުދި ކުދިވެފަ. މިއަދު ނާލުގެ އަހަރެން ނޫން ކާކު ހުރީ؟ އަހަރެން ވީ ދެން ކަނު ލޮލެއްތަ ދޭން؟ އެހާ ހަޔާތް ކުޑަ ބޭބެއަކަށް އަހަރެން ނުވާނަން!” އީވާން ހިތްހަމަ ނުޖެހިފައި ބުންޏެވެ.

އީވާން އީނާލްދެކެ ވާލޯބި އެނގިފައި ނުހައިކްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ކީއްވެ ތަ ކިނބުލެއްހެން ތި ހެނީ؟” އީވާން ކަޅި އަޅާލިއެވެ. “ކިހިނެތް އަހަރެން ހަދައިދޭން ވީ؟ އަހަރެން އެހީވެދޭނަން” ނުހައިކް ބުނެލީ އަޒުމާއި އެކުއެވެ.

(ނުނިމޭ)

ފަސްވަނަބައިގެ ތެރެއިން:

“ތިއީ ތަ އަހަރެން ކަލޭ ބަލާ ބޮޑު ކުރި ގޮތަކީ؟ ކަލޭތި ކާކު މަގޭ ކުރިމަތީ ފުއްޕަން އޭނ؟ ހަނދާން ކުރާތި. މިއަދުން ފެށިގެން މިގެން ބޭރަށް ކަލޭ އެންމެ ފިޔަވަޅެއް އެޅިޔަސް ހުރިހާ ހުޅުތަކެއް ބިންދާލާނަން! މަމީ ފިސަހައިރި ނުބައި މީހެއްކަން ދައްކާލާނަން!!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތުގެ ރިހުން (29)

Next

އަބަދުވޭ ހިތުގާ މަގޭ 9

Next
September 21, 2025

އަބަދުވޭ ހިތުގާ މަގޭ 9

Previews
September 20, 2025

ހިތުގެ ރިހުން (29)

4 Comments!

  1. Aanaa says:
    September 21, 2025 at 5:37 am

    Masha allah mi part vs vrh reethi
    Viaam keehve ok nuunyyy???
    Yaalaa rukaan ah yes bunii dhwww???
    Vrh hiivey nuhaik eenal dheke like vaahn
    5vana baige therein kiyaafa my curiosity level hury uduga
    Curiously waiting
    When next??
    Lyyy🫶🏻🫶🏻🫶🏻

    1. shihaamaa ali shihaamaa ali says:
      September 21, 2025 at 6:15 am

      Jazaakallah khairan dear🫶🏻 happy to see your comment after a while🥰.. mmm i wonder why too🤔.. hehee kyhve kan adhi engeyne fahun hehe.. yess rukaan and yaalaa are together now❤️.. nuhaik likes eenaaal…? 👀 hmmm??..🤭.. lets see dhww dhn vany kihineh thoa.. next episode in sha allah wednesday, thursday or friday ga geness dheynan stay tuned.. ilyt🫶🏻

  2. Typeleter6835 says:
    September 21, 2025 at 10:50 am

    Wowwww
    Now Vinaal is gonna be more heartbroken
    Just because he’s an orphan
    OMG
    This part is very nice
    When’s next shierrrrr

    1. shihaamaa ali shihaamaa ali says:
      September 21, 2025 at 12:47 pm

      Jazaakallah khairan dear🫶🏻 asluvess dhww☹️ next episode in sha allah on wednesday, thursday or friday stay tuned 🫶🏻🫶🏻

Comments are closed.

Next Episodeހަންޖަރު 5←


All Right Reserved!