Skip to content
އެސްފިޔަ
PRO · MVR 2.00

އަބަދުވޭ ހިތުގާ މަގޭ 9

“ނިކާލް” ދުރުން އައިރިކް ގޮވާލި އަޑު އިވުނެވެ. ނިކާލް ފުންނޭވާއެއްލާ ހަމަ ޖެހިލިއެވެ. އަދި އައިލާ ބާއްވާފައި އޮތް ބޮޑު ޓެންޓު ތެރެއަށް ވަނެވެ. ކުރިން މަރުވި ތިން ކުދިންނާއި އެއްގޮތަށް އައިލާގެ ވެސް ނިޔަފަތިތަށް ވަނީ އެކީގައި ކަނޑާލެވިފައެވެ. މޫނު މަތީގައާއި ހަށިގަނޑުގެ އެތަން މިތާގައި ލަކުނުތަށް ހުއްްޓެވެ. ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތުމުން ހަށިގަނޑުގައިވަނީ ފޮތިގަނޑެއް އަޅާލާފައެވެ. ބޮލުގެ އެއްދިމާލަކުން ފަޅައިގެން ގޮސްފައިވީ އިރު ބޮލުގެ ނާށިގަނޑުގެ ބައެއްވެސް ފެންނަމުން ދިޔައެވެ. ބޮލު ނާށިގަނޑުގައި ވެސް ވަނީ ރެނދުލާފައެވެ. ނިކާލަށް ކަރު އެލުވާލެވުނެވެ. މިކަން ނިކާލަށް ހުއްޓޭނެ ބާއެވެ؟
(9 ވަނަ ބައި)
“ސާރ. އައިލާ މަރު ވުމުގެ ކުރިން ގާތިލްގެ ނަން ލިޔަން އުޅެފައި ހުރިކަމުގެ ނިޝާން އެބަ ހުރި” އެވަގުތު އެތަނަށް ވައިން އެލްވީން ބުނެލިއެވެ. “ކޮބާ؟” ނިކާލް، އައިރިކް އަދި ރައިޒެލް އަށް އަހާލެވުނީ އެކީގައި ކަހަލަ ގޮތަކަށެވެ. އެލްވީން ދައްކާލީ އައިލާ ގެންގުޅުނު އަތް ދަބަހެވެ.
ދަބަހަކީ ހުދު ކުލައިގައި އޮތް ދަބަހަކަށް ވުމުން އޭގައި ހުރި ލޭތަށް ވަރަށް ރީތިކޮށް އެނގެއެވެ. އެހެނަސް މޫދުގައި ގ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.