Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 69

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 7, 2026 3 Mins Read
2 Comments

“އެންމެ ރަނގަޅު. އަހަރެން މާދަން ކަލެއަށް ލާރީގެ ދެބައިކޮށްފަ އެއްބައި ދޭނަން. ނިމުނީނުން. އަވަހަށް ދަތުރު ހަމަ ޖައްސާ” ތުމުގައި އިން ސިނގިރޭޓުގައި އަލިފާން ރޯކޮށްލަމުން ބޮސް ބުންޏެވެ.

(69 ވަނަ ބައި)

އައި ޖީ އެމް އެޗް ހަސްފަތާލު ތެރޭގައި ވަނީ ހަލަބޮލި ކަމެވެ. މީހުންތައް ދެކޮޅަށް ހިނގަމުން ދިޔަ އިރު ޑަކްޓަރުންނާއި ނަރުހުންވެސް ދެކޮޅަށް ދުވަމުން ދިޔައެވެ. މުޅި ތަނުގައި ދުވަމުން ދިޔައީ ބޭސްފަދަ ތަކެތީގެ ވަހެވެ. އިރު އިރު ކޮޅުން ކައުންޓަރު ތަކުން ‘ޕީބް’ އަޑު އިވެމުން ދިޔައެވެ.

އެ އެންމެންގެ ތެރޭގައި ލަޝްކާއާއި ދާއިޔަލްވެސް ހިމެނުނެވެ. ދެމަފިރިން އަތު ގުޅުވާލައިގެން ދިޔައިރު އެމީހުންގެ މަންޒިލަކަށްވީ އިމްރާން އޮތް ކޮޓަރިއެވެ. 5 ވަރަކަށް މިނިޓް ފަހުން އެކޮޓަރިއާއި ހަމައަށް ދެމަފިރިންނަށް ވާސިލްވެވުނެވެ. ލަޝްކާ ވަންނަން އުޅުމުން ދާއިޔަލް އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ލަޝް… މިހާރުވެސް ބޭނުމީއާ އަލުން އަނބުރާ ރަށަށް ދެވިދާނެ.. ލަޝްއަށް މިތަނަށް ވަނުން މަޖުބޫރެއް ނޫން” ދާއިޔަލް މަޑުމަޑުން ބުނެލިއެވެ.

“އެއީ ލަޝްގެ ބައްޕައޭ ދާއި…” ލަޝްކާގެ ޖަވާބު މިފަހަރުވެސް ހަމަ އައީ އެހެންނެވެ. ދާއިޔަލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ލަޝްކާގެ އަތަށް ބާރު ކޮށްލަމުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ކޮޓަރިއަށް ވަނުމާއި އެކު އިމްރާންގެ ހަށިގަނޑަށް ގުޅުވާފައި ހުރި މެޝިނު ތަކުގެ އަޑު އިވެން ފެށުއެވެ. ނިއް ކުރިމަތީގައި އަތް އަޅައިގެން އޮތް އިމްރާން ދޮރާއި ދިމާލަށް ބަލައިލީ ދޮރު ހުޅުވުމުންނެވެ.

“ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟ މަ ބުނިންތަ އަހަރެން ކަލޭގެ އެހީ ބޭނުމޭ؟؟” ލަޝްކާ ފެނުމުން އިމްރާން ގާތަށް އައީ ރުޅިއެވެ.

“ބައްޕަގެ ހާލު ކިހިނެތްތަ؟” ދުވަސްގަނޑަކަށް ފަހުން ބައްޕަ ފެނުމުން ލަޝްކާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

“ކަލޭ ޖެހޭތަ މަގޭ ހާލު ބަލަަން؟ ކަލެ-” ދެން އިމްރާން ބުނަން އުޅުން ޖުމްލަ ހުއްޓުނީ ލަޝްކާގެ ބަނޑުފެނިފައެެވެ.

“އޯހްހްހް ކަލޭ ބަނޑުބޮޑީތަ؟” ދަތްދޮޅީގައި އަތް ހާކާލަމުން އިމްރާން އެހިއެވެ. ފަހަތުގައި އެމަންޒަރު ބަލަން ހުރި ދާއިޔަލް ހުރީ ރުޅި އައިސްގެން ތުރުތުރުލާ ހާލުގައެވެ.

“ލައްބަ. އެއްމާބަނޑުދެބެން..” ބަނޑުގައި ފިރުމާލަމުން ލަޝްކާ ބުނެލިއެވެ. އޭނާގެ އެ އުފާވެރިކަމަށް ބައްޕަވެސް އުފާ ކުރަނީއޭ ހިތާ އޭނާ ވަރަށް އުފާވިއެވެ.

“މަށަށް ކީއް 5 ކުދިން ވިޔަސް؟ އަހަރެން ބޭނުމެއް ނޫން ކަލޭ މިތަނަށް އަންނާކަށް. ޑަކްޓަރު ބުނި އަހަރެން އިންޑިއާއަށް ގެންދަން އުޅޭ ވާހަކަވެސް. މަ ދެން ބޭނުމެއްވެސް ނޫން މި ފަސްގަނޑަށް އަންނާކަށް. ކަލޭގެ މޫނު ދެކޭކަށްވެސް ބޭނުމެއް ނޫން. އަދި މިހިރަ ދާއިޔަލްވެސް އެބަ ހުއްޓެއްނުން ލޯ އަޅައިގެން. ކަލޭމެން ދާން އުޅޭ. މަ ބޭނުމެއް ނޫން ކަލޭމެންގެ އެހީއެއް. ރައްކާވާށޭ!” ތެދުވެ އިށީންނަމުން އިމްރާން ހަޅޭ ލަވައިގަތެވެ. ލަޝްކާ ކުރިއަށް ޖެހިލި ނަމަވެސް ދާއިޔަލް އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެކޮޓަރިން ލަޝްކާ ނެރުނީ އޭނާ ރޮއެ ރޮއެ އޮއްވައެވެ.

ހަސްފަތާލުން ނިކުމެ ލަޝްކާ ގޮވައިގެން ދާއިޔަލް ދުރަށް ޖެހިލިއެވެ. އަދި އޭނާގެ ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލިއެވެ. “ލަޝް. ހުއްޓާލާ. އެކަހަލަ ނުލަފާ ބައްޕައަކަށްޓަކައި ލަޝްގެ ތި ކަރުނަތައް ބޭކާރު ނުކުރޭ..” ދާއިޔަލްގެ ދެލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.

އޭނާ ދުނިޔެއަށް އައުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެހެން ވިޔަސް ބައްޕަގެ ލޯބި ލަޝްކާއަށް ލިބެން ދާއިޔަލް ބޭނުމެވެ. ދިޔާން ކުޑަ އިރު އެދެބެންގެ ކާފަވެސް ވަނީ ނިޔާވެފައެވެ. ދާއިޔަލްއަށް ދެފަރާތުންވެސް އޭނާގެ ކާފަ ފެނިފައެއް ނުވެޔެވެ. އޭނާއަށް ލިބެން އުޅޭ ދެފުރާނައަށްވެސް ވާނީ އެހެނޭ ހިތަށް އެރުމުން އެހިތް ފިސްފިސް ވިޔެވެ. މައިންބަފައިންގެ ލޮތްބަކީ އެކަހަލަ އެއްޗެކެވެ. މައިންބަފައިން ބޭނުންވާނީ އެމީހުނަށް ނުލިބުނު ލޮތްބާއި ދިރިއުޅުން އެމީހުންގެ ދަރިންނަށް ލިބޭށެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ނަމަވެސް ދުވަހަކީ ބަނަ ދުވަހެއްކަމުން އަތިރިމަތީގައި އެއްވެސް ބަޔަކު ނެތެވެ. އެތަނުގައި އިނީ ޔައުލާން އެކަންޏެވެ. ކަޅު ކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ޖީންސެއް ލައިގެން އިން އޭނާގެ ދެލޮލުން ފެންނަނީ އެކަނިވެރިކަމެވެ. މާޔޫސްކަމެވެ. އެދެލޮލުން އެލާރާގެ މަރުގެ ސަބަބުން އޭނާ ކުރަމުން ދިޔަ ހިތާމަ ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. އެލާރާއާއި ނުލާ އޭނާ އުޅޭނީ ކިހިނެތް ހެއްޔެވެ؟ އެ އެކަނިވެރިކަމުން އޭނާ އަރައިގަންނާނީ ކިހިނެތް ހެއްޔެވެ؟

ސައިކަލު ދުއްވަމުން އެ އަތިރިއަށް ދިޔަ އެޒިކިއެލްއާއި މިކްޔާއަށް އެކަނިމައިއެކަނި އިން ޔައުލާން ފެނުނެވެ. އެމަންޒަރު ފެނި އޭނާ ސައިކަލު ޕާކު ކުރިއެެވެ. “މިކީ މަޑުކޮށްލައްޗޭ. އަހަރެން އެބަ އަންނަން ޔައު ކައިރިއަށް ގޮސްލާފަ” ސައިކަލުން ފައިބަމުން އެޒިކިއެލް ބުނެލިއެވެ. ބޯ ޖަހައިލަމުން މިކްޔާ ސައިކަލުގައި ހަމަ ޖެހިލިއެވެ.

ލައިގެން ހުރި މުށި ކުލައިގެ ހޫޑީގެ ބަނޑުގައި އިން ޖީބަށް އަތް ކޮށްޕައިލަމުން އެޒިކިއެލް ހިނގައިގަތެވެ. ލަސް ހިނގުމުގައި ގޮސް ޔައުލާން ގާތުގައި އޭނާ އިށީނެވެ. މާ ދުރުނޫން ހިސާބެއްގައި އިން ހުދު މާކަނާއަކާއި ދިމާލަށް ބަލަން އިން ޔައުލާންއަށް އެޒިކިއެލް އައި ކަންވެސް ނޭނގުނެވެ.

“އޭ. މީހުން ބުނޭ އިރު އޮއްސޭ ގަޑީގަ ފެންނަ މާކަނާއަކީ އަސްލު އެއްޗެއްސެއް ނޫނޭ. ވެދާނެއްނުން ޖިންނިއަކަށްވެސް؟ ތި ވަރަށް ބަލަނިކޮށް އަވަލަފާނެ” އެޒިކިއެލް އެހެން ބުނީ ޔައުލާން ހެއްވާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ.

“ޖިންނި އަވަލައިގެން އަހަރެން މަރުވާނެނަމަ ދޯ؟ ކިހާ ރަނގަޅު… އޭރަށް… އަހަރެން އެލާ ނެތް ދުނިޔެއަކު އުޅޭކަށް ބޭނުމެއް ނޫން. އެލާ… އައިމް ސޮރީ އައިމް ސްޓިލް އެލައިވް…” ތުންކޮޅު ފިއްތާލަމުން ޔައުލާން ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެ ކުޑަކުޑަ އަމަލުންވެސް ޔައުލާންގެ ހިތުގައި އެލާރާއަށްޓަކައިވީ ލޯބި ވަރަށް ސާފުކޮށް އެޒިކިއެލްއަށް ފެނުނެވެ. ދުރުބަލާލެވުން އިރު އޭނާގެ ލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.

(ނުނިމޭ)

ހަތްދިހަވަނަބައިގެ ތެރެއިން:

ކުއްލިއަކަށް އަލި ވުމުން އެލާރާއަށް މޫނުމަތީގައި އަތް އެޅުނެވެ. ދުނިޔޭގެ އަލިކަން އޭނާގެ ހަމުގައި އެބީހިލީ ކިތައް ދުވަސް ފަހުން ކަމެއްވެސް އޭނާއަކަށް ނޭނގެޔެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އޭނާ ހީގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތުގެ ވިންދު – އެޕިސޯޑް 9

Next

ބާކީ ނުކުރަމާ

Next
July 7, 2026

ބާކީ ނުކުރަމާ

Previews
July 7, 2026

ހިތުގެ ވިންދު – އެޕިސޯޑް 9

2 Comments!

  1. ☺️ says:
    July 7, 2026 at 8:42 pm

    Vrh reethi Masha Allah
    Kon irakun next?

    1. shihaamaa ali shihaamaa ali says:
      July 9, 2026 at 10:18 am

      Jazaakillah khair, in sha allah next soon 🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 69←


All Right Reserved!