ނިދިފައި އޮތް ލަޝްކާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފަހަކަށް އައިސް އޭނާ ވަރުބަލި ވަނީ މާވަރަކަށެވެ. އަބަދުހެން އޮންނަނީ ނިދިފައެވެ. އެނދުގައި ދާއިޔަލް ނެތިފައި، މިސްކިތުގައި ނަމާދު ކުރާ އަޑު އިވޭތީ، އޭނާ ވާނީ މިސްކިތުގައިކަން އޭނާއަށް އެނގުނެވެ. ކައިރީގައި އޮތް އޭނާގެ ފޯނު ނަގާފައި ކަންފަތުގައި ޖަހާލީ ކާކުތޯ ވެސް ބަލާ ނުލައެވެ. އެއްއަތުން އިސްތަށިގަނޑުގައި އަތް ފުނަ އަޅާޅަމުން އެހެން ބުނި ލަޝްކާގެ ދެލޯ އޭރުވެސް ހުރީ މެރިފައެވެ. ނަމަވެސް އެކޮޅުން އިވުން ޙަބަރާއި އެކު އޭނާގެ ނިދިގަނޑު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެޔެވެ.
(66 ވަނަ ބައި)
“ކި… ކީކޭ… އެކޮޅުން ބުނީ ކީކޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް އިވުނީ ރަނގަޅަށްތޯ އޭނާ ބޭނުންވީ ޔަގީން ކުރާށެވެ. އަދިވެސް އެއީ ދޮގެއްހެން ހީވަނީއެވެ.
“އިމްރާންގެ އަނގައިން މިއަދު ވަރަށް ގިނައިން ލޭ އައި. މިހާރު ހާލު ވަރަށް ދަށް. މާލެ ގެންދަން މިއުޅެނީ” ޖާވިދު އޭނާގެ ވާހަކަ ތަކުރާރު ކޮށްލިއެވެ.
“މިހާރު ގެންދިޔައީތަ؟”
“ގެންދަން ވެގެން މިއުޅެނީ. އެހެންވެ އިމްރާންގެ އާއިލާއަށް އަންގާލީ މި.” ޖާވިދު ބުނެލިއެވެ.
“ލައްބަ… ޝުކުރިއްޔާ..” މިހެން ބުނެ ލަޝްކާ ފޯނު ބޭއްވިއެވެ. އެނދުގައި އިށީނދެލަމުން އޭނާ ބަނޑުގައި ފިރުމާލިއެވެ. އޭނާ ދާން ވީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ ބައްޕައެވެ. ކިތޭ އަނިޔާވެރި ވިޔަސް ވެހެވެ. އާއިލީ ގުޅުން ކެނޑުން އެއީ ހަރާން ކަމެކެވެ. އިމްރާން ކުރި ކަމެއް އޭނާއަށެވެ.
އެޙިޔާލުތަކުގައި އިން ލަޝްކާއަށް ދާއިޔަލް ނަމާދުން އައިސް ކޮޓަރިއަށް ވައިން ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ލަޝްކާ ފެނުމުން ވެސް އޭނާ އެ އިނީ ވަރަށް ބޮޑު ފިކުރެއްގައިކަން އޭނާއަށް އެނގި ޔަގީން ވިޔެވެ. “ލަޝް..؟” ދާއިޔަލް ގޮވާލި އަޑުވެސް ލަޝްކާއަކަށް އިވުނު ހެނެއް ހިޔެއް ނުވެޔެވެ. އެއަށް ވުރެ ބޮޑަށް، އޭނާ ވަނީ އެ ޙިޔާލުގައި ޢަރަގުވެފައެވެ.
“ލަޝް..؟” ދާއިޔަލް މަޑުމަޑުން ލަޝްކާގެ އަތުގައި ހިފާލިއެވެ. ވަގުތުން އޭނާ ދިޔައީ ސިއްސައިގެންނެވެ.
“ކި.. ކީކޭ؟…”
“ލަޝް ކޮން ހިޔާލެއްގަތަ..؟” ކަންބޮޑުވެފައި އިނދެ ދާއިޔަލް ސުވާލު ކުރިޔެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލަޝްކާއަށް އައި ފޯނުގެ ވާހަކަ އޭނާ ކިޔައިދިނެވެ.
“ލަޝް… މާލެ ދާން ބޭނުން…” އެ ހުރިހާ ވާހަކައެއް ކިޔާދީފައި، ނިންމަމުން ލަޝްކާ ބުނެލިއެވެ. ވަގުތުން ދާއިޔަލް ކޮޅަށް ޖެހުނެވެ.
“ލަޝް މޮޔަވީތަ؟ ކިތައް އަހަރުތަ އެ އިމްރާން ލަޝްގެ ގަޔަށް އެރީ؟ ކިހާ އަނިޔާއެއް ކުރި؟ ކިހާ ވޭނެއް ދިން؟ މިހާރު ހަނދާން ނެތުނީތަ؟” ދާއިޔަލް ހުރީ ހަގީގަތުގައިވެސް ހިތްހަމަ ނުޖެހިފައެވެ.
“ދާއި… ހެޔޮނުވާނެ.. މިކަމަށް ހުރަސް ނާޅާ. ކިތޭ އަނިޔާވެރި ވިޔަސް، އެއީ ހަމަ ބައްޕައޭ. ބައްޕަ ބެލުން އެއީ ލަޝްގެ ވާޖިބެކޭ. ދާއި ނިކަން ވިސްނާލަބަލަ. އެއީ ބައްޕަ. ލޭގެ ގުޅުން ކެނޑުން އެއީ ކިހާ ބޮޑު ފާފައެއް؟ އެފާފަ ލަޝް ލައްވާ ކުރުވަންތަ ދާއި ބޭނުުމީ…؟”
ލަޝްކާގެ އެ ސުވާލު އިވި، ދާއިޔަލް ހުއްޓުން އެރިއެވެ. ނޫނެކެވެ. ލަޝްކާއަށް އެނގިގެން ވިޔަސް، އަދި ނޭނގި ވިޔަސް ފާފައެއް ކުރެވޭކަށް އޭނާ ނޭދެޔެވެ. ޤިޔާމަތް ދުވަހުން ލަޝްކާގެ ހަށިގަނޑުގައި އަލިފާން ކަންޏެއް ޖެހޭކަށްވެސް އޭނާ ނޭދެޔެވެ. އެއަށްވުރެ އޭނާ، ލަޝްކާދެކެ ލޯބިވެޔެވެ. މާ ލޯބިވެޔެވެ.
“އެންމެ ރަނގަޅު. ދާއިވެސް ދާނަން. މަންމައަށް އެނގޭތަ ތިކަން؟”
***
“ނުވާނެ ތިކަމެއް! ލަޝްކާ ގޮސްގެން ނުވާނެ. އެ އިމްރާން ގައިން ހަމަ ލޭ އަންނަންވީ. ލޭ އައިސް އައިސް ގައިން ލޭ ހުސްވެގެން މަރުވިއްޔާ މަށަށް ރަނގަޅީވެސް. ކީއްކުރަން އަހަރެމެން ދާންވީ.؟” އެވާހަކަތައް އިވި ލީރާ ގާތައް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“މަންމާ. ތިހެން ނުބުނޭ. ކޮންމެ ގޮތެއް ވިޔަސް އެއީ ބައްޕަ. އަބަދަކު ބައްޕަ ލަޝްއަކަށް އަނިޔާއެއް ނުކުރެޔެއްނުން؟ ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ ކޮއްކޮ ގެއްލުނު ފަހުން. އޭގެ ކުރިން ބައްޕަ ނުލާހިކު ރަނގަޅު. އެވަރުގެ ބައްޕައެއް ނުވެސް ލިބޭނެ.. އެދުވަސްތަަކަށްޓަކައި އެކަނިވެސް… ލަޝް ބޭނުން ދާން” އިނގިލިތަކާއި ކުޅެން އިނދެ ލަޝްކާ ބުނެލިއެވެ.
ލަޝްކާގެ ވިސްނުން ހުރި ގޮތް އިވި ލީރާ ހިތްހަމަޖެހުނެވެ. ނަމަވެސް އިމްރާންގެ އެ ނުބައި ކަމުން ލަޝްކާގެ ހަޔާތް ބަރުބާދުވީ ކިހާ ޅަ އުމުރުގައި ހެއްޔެވެ؟
“ދަރިފުޅު ކިހިނެތްތަ ހަދަނީ؟ ދާންތަ؟” ފުންނޭވާއެއް ދޫކޮށްލަމުން ލީރާގެ ނަޒަރު ހުއްޓާލީ، ދާއިޔަލްއަށެވެ.
“ލައްބަ. އަޅުގަނޑުވެސް ދާނަން. ލަޝް އެހާލުގައިވެސް ބައްޕަ އެކަނި ނުކޮށްލާ އެހީގެ އަތެއް ދިއްކޮށްލީތީ އަސްލު އުފާވޭ. އެކަމަކު ލަޝް އެކަނި ފޮނުވަން އަޅުގަނޑަށް ލާހިކެއް ނޫން” އަދަބުވެރިކަމާއި އެކު ދާއިޔަލް ވާހަކަ ދެއްކިއެވެ.
ލީރާގެ ގެއިން ދެމަފިރިން ނިކުމެގެން އައި އިރު ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެޔެވެ. ދެއަތް ގުޅުވާލައިގެން ތިބި އިރު ވިސްނެމުން ދިޔައީ އިމްރާންއާއި މެދުއެވެ. ލީރާ ދާން އެއްބަސް ވިޔަސް އޭނާ އެކަން ބޭނުން ނުވާކަން ލަޝްކާއަށް އަދި ދާއިޔަލްއަށްވެސް އެނގެޔެވެ. ހުދު ދާއިޔަލްވެސް ހަގީގަތުގައި ދާކަށް ބޭނުމެއް ނޫނެވެ.
ފިހާރައަކަށް ދާން ނިކުން ހަލީމާ މަގުގެ ދެފަރާތް ބަލައިލަމުން އަޅައިގެން ހުރި ޝޯލް ރީތިކޮށްލިއެވެ. އަތު ގުޅުވާލައިގެން އަންނަމުން ދިޔަ ދާއިޔަލްއާއި ލަޝްކާ ފެނި އޭނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިޔެވެ. 40ގެ އަހަރުތައް ގުނަމުންދާ ހަލީމާއަކީ މުއްސަނދި މީހެކެވެ. ހުރީ ހަމަ އެކަނި ފިރިހެން ދަރިއެކެވެ. އެއީ ރައްޔިތުންގެ މަޖިލީސް މެންބަރެކެވެ. ބޭނުންކޮށްފަ ގިނަ ވާވަރަށްވެސް އެގެއަށް ލާރި ވަދެޔެވެ. އެހެން ކަމުން ހަލީމާ ހުންނަނީ އޭނާއަށް އޭނާ ‘ފެނިފަ’ އެވެ. އެކަމުގެ ސަބަބުން ރަށުގައި އުޅޭ އޭނާއަށް ވުރެ ‘ދަށް’ މީހުނަށް މަލާމާތްކޮށް ފުރައްސާރަ ކުރުން އެއީ ހަލީމާގެ އާދައެކެވެ.
ލައިގެން ހުރި ދިގު ހެދުން އަރުވާ ޖަހައިލަމުން ހަލީމާ ގޮސް ލަޝްކާ ކުރިމަތީގައި ހުއްޓުނެވެ. “އޯހްހް. ތީ ދޯ އިމްރާން ރޭޕް ކުރި ކުއްޖާ؟ މިހާރު ބަނޑުވެސް ބޮޑުވީ ދޯ؟ ޔަގީންތަ ތިއީ އަމިއްލަ ބައްޕަގެ ދަރިއެއްނޫންކަން؟ ހަހަހަހަ” އޭނާގެ އެޖުމްލަ އިވި ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.
ލަޝްކާ ލައިގެން ހުރި ކަކުލާއި ހަމައަށް އަރާ ކުރު ހެދުމުން އޭނާގެ ކުޑަ ބަނޑު ވަރަށް ރީތިކޮށް ފެންނަން އިނެވެ. ބަނޑުގައި އަތް ޖައްސާލަމުން ލަޝްކާ ދުރުބަލާލި ވަގުތުގައި އެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް ފައިބަން ފެށިއެވެ.
(ނުނިމޭ)
ފަސްދޮޅަސްހަތްވަނަބައިގެ ތެރެއިން:
“އެޒިކިއެލްއޭ؟ ކަލޭ ހަމަ އަސްލުވެސް މޮޔަވީތަ؟؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Masha Allah varah reethi vhk… When’s next can’t wait for nexttt 🤍🤍🥹😭😭
Jazaakillah khair LIM 🩶🫶🏻
In sha allah next ep sooon🫶🏻
Whens next part of wafaatherimaveemey
Salaam readers,
I have been trying my best to upload both #vaathyhithakuloabimanmanvefaa and #vafaatherimavymey2 together but with collage, and my illness right now it has been very difficult for me.. as many of you might know already i am diagnosed with CTS and it has been hurting my hand a lot recently.. but for those readers who have been waiting for #thiyanamugaigurubaaneymagey i will publish it soon since the story is already done writing.. so in sha allah i will continue #vafaatherimavymey2 when #vaathyhithakuloabimanmanvefaa is finished.. i hope you all understand that i tried my best🩶🫶🏻
Ive informed this is my viber gc and instagram gc.. you can join for more updates 🫶🏻
Viber gc link: https://invite.viber.com/?g2=AQAC%2Bh638alAplalxW7Ay5DALBAHbVtYZIlGfNiPIRX5A0ZrH7oURMRGuyqeBZ91
Instagram gc link: https://ig.me/j/AbaEnHLHA8kcHz_J/
✅ކިތަންމެ
❌ކިތޭ
✅ވިއެވެ
❌ވިޔެވެ
✅ވަތް
❌ވައިން
✅ޣަރަގު
❌ޢަރަގު
✅ގާތަށް
❌ގާތައް
✅ޚަބަރު
❌ޙަބަރު
Jazaakillah khair އައިޝާ.. in sha allah will focus on these 🩶🫶🏻
Maasha allah. 🌷
Mi prt vs vrh reethi MA. 🌷
Lash male ah nudheyyyyyy. 🌷
Maybe kameh vs dhimaavefaane dhwwwwww. 🌷
Dhaaaaiiiiiii…. Lash nufonuvaathi male ah… 🌷
This ep ga only lashge prt???? 🌷
Anyways v nice mi story. 🌷
How many episodes left shiherrrr??????? 🌷
Anyways when next???????? 🌷
Lysm n tc 🌷
Jazaakilla khair AAL’S LOVER 🩶🫶🏻
Hehe lets see dhww dhn what happens…next out now
Likewise 🫶🏻
Mi part vx vrh furihama MA💗!
Waiting for next..
Issok shierr I understand
Gws and Ly💖
Jazaakilla khair Your fav bab🩶🫶🏻
Next out nowww
Likewise 🫶🏻
Heyy shihaa
I’m not allowed to use any of that viber or Instagram 🥺 that’s why I don’t know
Hi 👋🏻
I’m enable to even read without on knowing my parents…
So sorry for shiherr 🥹🫶🏻…Fyy Amaanillahh…
Avas Shifaaakah edhen.✨
Awww☹️ it’s okayy @Anonymous and @Lu🩶🫶🏻
MaashaAllah 🌷✨ So so Awesome
Here’s 3-5 version for you’re tales;-
‘I ‘m clearly visible to know what Lash gonna do , Dhaaiyal shouldn’t take her there Anyway, if lash want she can go Hehehe…
Even if it’s me I DC what to happen….
Love you so much..🌷✨
Tc of bye ✨
Jazaakillah khairr🫶🏻🩶
Hehe lets see dhw dhn vani kihineiy tho.. next out now
Likewise🫶🏻