Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 67

Listen to this story Audio · 7:04 Powered by Esfiya Voice
0:00 7:04

“ޖިންނި އަވަލައިގެން އަހަރެން މަރުވާނެނަމަ ދޯ؟ ކިހާ ރަނގަޅު… އޭރަށް… އަހަރެން އެލާ ނެތް ދުނިޔެއަކު އުޅޭކަށް ބޭނުމެއް ނޫން. އެލާ… އައިމް ސޮރީ އައިމް ސްޓިލް އެލައިވް…” ތުންކޮޅު ފިއްތާލަމުން ޔައުލާން ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެ ކުޑަކުޑަ އަމަލުންވެސް ޔައުލާންގެ ހިތުގައި އެލާރާއަށްޓަކައިވީ ލޯބި ވަރަށް ސާފުކޮށް އެޒިކިއެލްއަށް ފެނުނެވެ. ދުރުބަލާލެވުން އިރު އޭނާގެ ލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.

(70 ވަނަ ބައި)

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި ޒަވުލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ލައިގެން ހުރި މުށި ކުލައިގެ ގަމީސް ރީތިކޮށްލާފައި ބޮލުގައި ވެސް އަތްފުނަ އެޅުން އަދަދު ބުނަންވެސް ނޭނގެޔެވެ. ސެންޓު ޖަހާފައި ކަރުދޮށުގައި އަތަރު ކޮޅެއްވެސް ހާކާލިއެވެ. ފަހު ކަމަކަށް އަތުގައި ކަޅު ކުލައިގެ ‘އެޕަލް’ ގަޑިއެއް އަޅައިލިއެވެ.

މިހުރިހާ މަންޒަރެއް ބަލަން ދޮރު ކުރިމަތީގައި ޒާލާ ހުރިކަމެއްވެސް ޒަވުލްއަކަށް ނޭނގުނެވެ. އޭނާ ހުރީ އެކަމުގެ ތެރެޔަށް އެހާމެ ގެއްލިފައެވެ. “ހޫމްމްމް. ހާދަ ވަރަކަށް މޭކަޕް ކޮށްގެން ކޮންތާކަށް ތި ދަނީ؟ އަނެއްކާ އެހެން ބިޓެއް ހޯދީ؟” ހަރަމް ބަނދެލަމުން ޒާލާ އެހިއެވެ.

“ސާބަސް ދޮންތާ. މިއަދު ވިޝާ ގުޅި. ބައްދަލު ކޮށްލަން ބޭނުމޯ. އޭރު ޖެހުން މައްސަލައަށް ފަހު އެގުޅީ އަދި. އެހެންވެ ދިމާ ކުރަން މިދަނީ” ފުރިހަމަ ހިނިތުންވުމަކާއި އެކު ޒަވުލް ބުނެލިއެވެ.

“ބުނަންތަ؟ ތީ ދޮންތަގެ ކޮއްކޮ ވިޔަސް ދޮންތަ ބުނާނަން މިހެން. ކޮއްކޮ ކުރީ ވަރަށް ކަޑަ ކަމެއް. އަންހެން ކުދިންނަކީ ކުޅޭ އެއްޗެއްސެއް ނޫނޭ. ހެޔޮނުވާނެ ކުށަކާއި ނުލާ އެހެން ހަދަން. ނިކަން ވިސްނާލަބަލަ އެލާރާއާއި މެދު. އެލާ-”

“ދޮންތާ. އަހަރެން ތި ވާހަކަ ގަބޫލު ކުރަމޭ. އެކަމަކު މިއޮށް އުފާވެރި ރޭ އެލާރާ މަތިން ހަނދާން ނުކޮށްދީބަލަ” ޒާލާގެ ވާހަކަ ހުއްޓުވާފައި ޒަވުލް ބުނެލިއެވެ.

“އެލާރާގެ ވާހަކަ ދެއްކީމަ ޒަވޫއަށް އުނދަގޫތަ ވަނީ؟ ޒަވޫގެ ލޯބީގައި ދީވާނާ ވެގެންނޭ އެލާރާ ނިޔާވީ.” ޒާލާގެ އަޑު މިފަހަރު އައީ ތަންްކޮޅެއް ބާރަށެވެ.

“ދެން ދޮންތަ ތި ބުނީ އަހަރެންނަކީ ޤާތިލެކޭތަ؟ ހާދަ ހެއްވައޭ. އަހަރެންނެއްނުން ދޯ އެލާރާ ގައިގައި އެ ކާރުން ޖެއްސީކީ؟ ނޫނީ އެލާރާ ހޮސްޕިޓަލުގައި އޮށްވާ މަރާލީ” ޒަވުލްގެ އަޑުގައި ރުޅިވެރިކަން މިފަހަރު ވިޔެވެ. ދެން އިތުރަށް އެއްޗެކޭ ބުނަން ބޭނުން ނުވުމުން ޒާލާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ސައިކަލުގައި ލަސް ދުވެލީގައި ޒަވުލް ގޮސް މަޑުކޮށްލީ ރަށު ބަނދަރަށެވެ. ބަނދަރު ފާލަން ކައިރީގައި ކޮޅަށް ހުރި ވިޝާޔާ ފެނި ޒަވުލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ގަދަ މުށި ކުލައިގެ އަބާޔާއެއް ލައިގެން ހުރި އިރު، މަޑު މުށި ކުލައިގެ ޙިމާރެއް އަޅައިގެން ހުރި ވިޝާޔާގެ މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. ގަމީސް ރީތިކޮށްލަމުން ޒަވުލް ގޮސް ވިޝާޔާ ފަހަތުގައި ހުއްޓުނެވެ.

“ވިޝާ…؟” ޒަވުލްގެ އަޑަށް ވިޝާޔާ ފަހަަތަށް އެނބުރުނެވެ. އެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނިފައި ޒަވުލްގެ ތުންފަތުގައިވީ ހިނިތުންވުން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެޔެވެ.

“ޒަވޫ.. އަހަރެން ޒަވޫދެކެ ވަރަށް ވަރަށް ލޯބިވޭ. މިގުޅުން ކުރިއަށް ގެންދަންވީކަން ނޭނގިގެން ޖެހި ޖެހިގެން 7 ރޭ އިސްތިޙާރާ ނަމާދު ވެސް ކުރިން. ޖަވާބަކަށްވީ އަބަދުވެސް އެނބުރި ޒަވޫ ގާތަށް އައުން. އަހަރެންގެ ހިތުގައި ޒަވޫއަށްޓަކައި ވީ ލޯބި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އަހަރެން ކިހިނެތްތަ ހަދަންވީ ޒަވޫ…؟” ކަރުނަތައް ހިންދަން ވެގެން ވިޝާޔާ ކުރަމުން ދިޔަ މަސައްކަތްތައް ދިޔައީ ބޭކާރު ވަމުންނެވެ. ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮށްފައި އަންނަމުން ދިޔައެވެ.

އެއްވެސް އެއްޗެއް ނުބުނެ ވިޝާޔާގެ ހަށިގަނޑުގައި ޒަވުލް ވަރަށް ލޯބިން ބައްދާލިއެވެ. އަދި އޭނަގެ ބޮލު މެދުގައި ބޮސް ދިނެވެ. “ވިޝާ… ތިއީ ޒަވޫގެ ފުރާނަ. ވިޝާދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަރެންނަށް އިނގޭ މިއީ މާ ރަނގަޅު މީހެއް ނޫންކަން. އެކަމަކުވެސް… އަހަރެން ވިޝާއަށްޓަކައި ރަނގަޅު މީހަކަށް ވާން ބޭނުން. ހެޔޮނުވާނެ. އަހަރެން ދޫކޮށްނުލާ…” ޒަވުލްގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.

ވިޝާޔާ އޭނާއާއި ދުރަށް ޖެހިލިއެވެ. “އަހަރެން ޒަވޫއަށް މަޢާފު ކޮށްފާނަން. އެކަމަކު… މިއީ ފަހު ފަހަރު. ދެން ޒަވޫގެ ފަރާތުން އެކަހަލަ ކަމެއް ފެނުނީއާއި އަހަރެން ޒަވޫ ދޫކޮށްލާނަން” ވިޝާޔާ ބުނެލީ އިންޒާރެއް ދޭފަދައިންނެވެ.

“ޔަގީންތާ. ދެން ދުވަހަކުވެސް ވިޝާއަކަށް ދޮގެއް ނުހަދާނަން” ވިޝާޔާގެ ދެއަތުގައި ޒަވުލް ބޮސް ދިނެވެ.

ފަތިހުގެ އަލިކަން ފިލާ އިރުގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލި އިރު، މީހުން ހުސްވެފައިވީ މަގުތަކުގައި ދުވަން ގޮސް ޔައުލާން އުޅުނެވެ. ހަގީގަތުގައި ދުވަން ދާން ޖެހޭ އެއްވެސް ސަބަބެއް ނުވެސް ނެތެވެ. އޭނާގެ ހަށިގަނޑު ހުރީ ވަރަށް ފުރިހަމަ ކޮށެވެ. ދުވަން ދާން އޭނާ ނިންމި ސަބަބަކީ އެލާރާގެ ހަނދާންތަކާއި ދުރަށް ދާން ކުރާ މަސައްކަތެވެ.

ހިތްހަމަ ޖެހޭ ވަރަށް ދުވެވުމުން ދެން އޭނާ ދިޔައީ އަތިިރިއަށެވެ. އަތިރި މަތީގައި ހިނގާފައި ދިޔައީ ވަރުބަލި ފިލުވާލާށެވެ. ހިތް ހަމަ ޖައްސާލާށެވެ. އެހެނަސް އެހިޔާލުގައިވީ ހަމަ އެލާރާއެވެ. އެހަނދާންތަކުން ދުރަށް ދިޔުމަށް އެހިތް ނުކުޅެދިފައިވާ ފަދައެވެ.

އެހެން ހިނގާތާ 30 ވަރަަކަށް މިނިޓް ފަހުން ތަންކޮޅެއް އެކަހެރިކޮށް ހުރި ގެޔެއް އޭނާއަށް ފެނުނެވެ. މާ ބޮޑު ނޫން އެ ގެ އިނީ ހަތަރިސްކަން ގޮޅިއެއް ހެންނެވެ. އޭނާ ހުރި ދިމާލުގައި ބަންދު ކޮށްފައި ހުރި ޖާލި ދޮރެއް ހުއްޓުނެވެ. އެ ދޮރުގައި ހުރި ނިޝާންތަކުން ހީވަނީ މީހަކު އެތަނުގައި ބާރަށް ޖަހާފައި ހުރި ހެންނެވެ. އެދިމާލަށް އޭނާ ހިނގައިގަތީ އެއީ މަސްތުވާ ތަކެތި ބޯ މީހުންގެ ޖަގަހައެކޭ ހިތައެވެ. އޭނާގެ ސަމާލުކަން ހުއްޓުނީ އެ ޖާލި ދޮރާއި ދިމާލަށެވެ. އެތާ ކައިރިން ހޯދި ދަގަނޑު ގަނޑެއް ނަގާ އެތަނުގައި އޭނާ ބާރު ބާރަށް ޖަހަން ފެށިއެވެ.

ބާރު އަޑު ފައްގަނޑެއް އިވިގެން ނިދިފައި އޮތް އެލާރާއަށް ހޭލެވުނެވެ. ދެލޯ ކަހާލަމުން ތެދުވެ އިށީނެވެ. އޭރު އޭނާގެ ނިއްކުރީގައި ހިކިފައި ލޭ ހުއްޓުނެވެ. ލަސް ހިނގުމުގައި ގޮސް ޖާލި ދޮރު ކައިރީގައި ހުއްޓުނެވެ. ހަމަ އެވަގުތު އެތަންގަނޑު ހަލާކު ވެގެން ވެއްޓުނެވެ.

ކުއްލިއަކަށް އަލި ވުމުން އެލާރާއަށް މޫނުމަތީގައި އަތް އެޅުނެވެ. ދުނިޔޭގެ އަލިކަން އޭނާގެ ހަމުގައި އެބީހިލީ ކިތައް ދުވަސް ފަހުން ކަމެއްވެސް އޭނާއަކަށް ނޭނގެޔެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އޭނާ ހީގަތެވެ.

ކުރިމަތީގައި ހުރި ޔައުލާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެއީ ހަމަ އެލާރާ ހެއްޔެވެ؟ ނޫނީ އެއީ އޭނާއަށް ފެންނަ ގޮތް ހެއްޔެވެ؟ މިއީ ހުވަފެނެއް ހެއްޔެވެ؟ “އެ.. އެ.. އެލާ..؟” ޔައުލާންގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.

ލޯމަތިން އަތް ނަގަމުން އެލާރާ އިސް އުފުލާލާ ބަލައިލިއެވެ. ކުރިމަތީގައި ހުރި ޒުވާނާގެ މޫނަށް ބަލައިލީ އިރު އެމޫނުމަތީގައިވީ ސުވާލު މާކެކެވެ. “ތީ ކާކު…؟” އެލާރާ ކޮށްލި ސުވާލުން ޔައުލާންއަށް ހީވީ މީހަކު އޭނާގެ ކަންކަށިމަތީގައި ޖެހި ހެންނެވެ.

(ނުނިމޭ)

ހަތްދިހައެއްވަނަބައިގެ ތެރެއިން:

ޑަކްޓަރު ނިކުތުމުން ދުވެފައި ކަހަލަ ގޮތަކަށް ޔައުލާންއާއި އެޒިކިއެލް ޑަކްޓަރު ކުރިމަތީގައި ހުއްޓުނެވެ. ޑަކްޓަރުގެ މޫނުމަތީގައިވީ އަސަރުތަކުން ލިބެން އެއުޅެނީ ރަނގަޅު ޙަބަރެއް ނޫންކަންވެސް ދެމީހުނަށްވެސް އެނގި ޔަގީން ވިޔެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. ^_^ @!I

    Finally….
    Elaa came backkkkkkkkkkkkk.
    I cant wait for the nxt ep.
    I think elaa memory lost v hn.
    Anyways…. When nxt?????
    Lysm n tc

    1. shihaamaa ali
      ^_^ @!I

      Yesshhhhhh Ella is bacckkk
      In sha allah next very soon..
      Next episode ga will know what happened to her.. lets see dhww ehehe.. likeiwse 🩶🫶🏻

  2. Gabrielle

    Just a Wonderful!!🦚🥲
    MA… Don’t stop until you feel proud.

    1. shihaamaa ali
      Gabrielle

      Jazaakillah khair Gabrielle🥹🫰🏻

  3. Gurrl_8

    Yayyy shiherr when is nexttt my ellllaaa is back kokko yayyyyyuyyyyy
    Finally when is next
    Cant waittt itttty frrr 🫠🫠🫠🫠

    1. shihaamaa ali
      Gurrl_8

      heyyy Gurrl_8
      yesyes Ella is backkk kekeke
      in sha allah next episode maadhamaa genessdheynan, stay tuned🩶🫶🏻

  4. Your fav bab

    Vrh reethi mi part vx MA✨
    Oh danm!! What a suprise!! Elaa rlly got discovered by yau tha?? Alhe so curious to know what’s gonna happen next?
    Btw how’s you shier?
    Ly and tc💗💗

    1. shihaamaa ali
      Your fav bab

      jazaakillah khair Your fav bab🩶🫶🏻
      hehe yess emme fahun Yau ah hama e fenunii vess Ella hehe.. stay tuned for next in sha allah next on tuesday
      likewise 🫶🏻

Comments are closed.