Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 67

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 22, 2026 3 Mins Read
0 Comments

ލަޝްކާ ލައިގެން ހުރި ކަކުލާއި ހަމައަށް އަރާ ކުރު ހެދުމުން އޭނާގެ ކުޑަ ބަނޑު ވަރަށް ރީތިކޮށް ފެންނަން އިނެވެ. ބަނޑުގައި އަތް ޖައްސާލަމުން ލަޝްކާ ދުރުބަލާލި ވަގުތުގައި އެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް ފައިބަން ފެށިއެވެ.

(67 ވަނަ ބައި)

“ހަލީމާ! ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ އޭނ؟؟” ލަޝްކާގެ ދިފާއުގައި ދާއިޔަލް ކުރިއަށް ފިޔަވަޅު އަޅައިލިއެވެ.

“ކަލޭ ކޮން ހަޅޭކެއްތަ ތި ލަވަނީ؟ ކަލެއަށް ކޮން ޔަގީންކަމެއް އޮތީ އެއީ ކަލޭގެ ދަރިއެއް ކަމެއް؟ ކައިވެނި ކުރިތާ އަހަރު ނުވޭ ބަނޑުބޮޑުވީ އިރު. ހަހަ. އެހެން ނޫނީ…؟ ކަލޭ އެމަންޖެ ރަހީމު ކޮށްގެން އުޅުން އިރު އޭނާ ގަޔަށް އެރީތަ…؟” ހަލީމާ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަރެންގެ ހިތުގައި ލަޝްއަށްޓަކައިވީ ލޯތްބަކީ ސާފު ޠާހިރު ލޮތްބެއް. އަހަރެން ލަޝްގެ ހަށިގަނޑުގައި އެފަދަ ނަޒަރަކުން ކައިވެނިން ބޭރުން ބެހިފައެއް ނުހުންނާނެ. އަދި ކީއްތަ، ބަލާލާފައި ވެސް ނުހުންނާނެ” ސާބިތު ކަމާއި އެކު ދާއިޔަލް ބުންޏެވެ.

“ދާއި. މިތަނަށް މީހުންތައް އެއްކުރުމަށް ބަހުސް ކުރުމުގެ ބޭނުމެއް ނެތް. ހިނގާ ދާން. ޕްލީޒް…” ދާއިޔަލްގެ އަތުގައި ފިރުމާލަމުން ލަޝްކާ މަޑުމަޑުން ބުނެލިއެވެ. ހަލީމާއަށް އަލިފާން ކަނި ބުރާފަދަ ރުޅިވެރި ނަޒަރަކުން ބަލައިލަމުން، ލަޝްކާގެ އަތަށް ބާރުކޮށްލާފައި އޭނާ ހިނގައިގަތެވެ.

ހަސްފަތާލުން ގެޔަށް ދޫކޮށްލުމުން ޝަރަފް މަޒީނާއާއި އެކުގައި ނިކުތެވެ. އިރުއިރުކޮޅުން މަޒީނާއަށް ޝަރަފްއާއި ދިމާލަށް ބަލައިލެވެޔެވެ. އޭނާއާއި އެކުގައި އެވީ ވަގުތު ތަކުގައި އެންމެ ފަހަރަކުވެސް އޭނާގެ ހަށިގަނޑުގައި ބެހެން ޝަރަފް އުޅިފައި ނުވެޔެވެ. ހިނގާފައި ދިޔަ އިރުވެސް ދިޔައީ އޭނާއާއި ތަންކޮޅެއް ދުރުގައެވެ. ނުބައި ނަޒަރަކުން އޭނާއާއި ދިމާލަށް ބަލައިނުލައެވެ.

ހަސްފަތާލު ދޮރު ކުރިމަތީގައި ހުއްޓި ހުރިތާ މާ ގިނައިރެއް ނުވެ، ކާރެއް އައެވެ. “ގެއަށް ދޭ އިނގޭ؟ އަހަރެންގެ ނަންބަރު ދިނީމެއްނުން؟ ކަމަކު ބޭނުމިއްޔާ ހަމަ ގުޅާލާ އިނގޭ؟ ހަނދާންކޮށް ޑަކްޓަރު ދިން ބޭސްތައް ކައްޗޭ. މިހާރު ބަންގި ގޮވާ ގަޑި ކައިރިވަނީނުން؟ އަހަރެން މިދަނީ މިސްކިތައް” ޝަރަފްގެ އެ ވާހަކަ އިވި މަޒީނާގެ ހިތުގައި އައު ވިންދެއް ޖަހައިލިއެވެ. ނަމާދަށް ފަރުވޭތެރި މީހުންނަކީ އޭނާގެ ހިތުގައި ހާއްސަ ޖާގައެއް ދެވިފައި ވާބަޔެކެވެ. ޝަރަފްއާއި ޙިލާފަށް އެންމެ ފަހުން ނާމާދެއް ކުރި ދުވަސްވެސް މިހާރު ޒެންއަށް ނޭނގޭނެކަން މުޖައްރިބެވެ. ކާރަށް ރުފިޔާ ދައްކާފައި ޝަރަފް ގޮސް ސައިކަލަށް އަރަންދެންވެސް މަޒީނާއަށް ހުރެވުނީ ބަލާށެވެ.

ގެއަށް ވަދެގެން އައި އިރު ވެސް މަޒީނާއަށް ވިސްނެމުން ދިޔައީ ޝަރަފްއާއި މެދުއެވެ. އޭނާގެ ހިތުގައި އެ ޒުވާނާއާއި މެދުގައި ހާއްސަ މަގާމެއް ދެވިއްޖެ ކަން މުޖައްރިބެވެ. ދޮރު ހުޅުވާފައި ވައިން މަޒީނާއަށް ސޯފާގައި ރުޅިއައިސް ރަތްވެފައި އިން ޒެން ނުވެސް ފެނުނެވެ.

“އޭ! ކަލޭ ކޮންތާކު ތެޅިފަ ތިއައީ؟؟؟” ޒެންގެ ރުޅިވެރި އަޑުން މަޒީނާ ދިޔައީ ސިއްސައިގެންނެވެ.

“ހޮސްޕިޓަލުން” މަޒީނާގެ ޖަވާބު ކުރެވެ.

“ކީއްކުރަން ހޮސްޕިޓަލަށް ދިޔައީ؟ ޔަގީން އެހެން ފިރިހެނަކާއި އެކު ތެޅިފައި ތިޔައީ. ބުނޭ. ތެދަށް ބުނޭ. ކީއްކޮށްގެން ތިއައީ؟” ކުރިއަށް ފިޔަވަޅު އަޅައިލަމުން ބުރުގާ މަތިން މަޒީނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަމުން ޒެން އެހިއެވެ.

ޖަވާބު ދޭން އަނގަ ހުޅުވާލި މަޒީނާއަށް އަނެއް ފަރާތައް ބަލައިލެވުނީ ކޮޓަރި ދޮރު ހުޅުވުން އަޑަށެވެ. ކޮޓަރިން ނިކުން އަޒީންގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ވަޅު ވަދެފައިވީ ދެލޮލުގައި އެއްވެސް އިހުސާސެއް ނެތެވެ. ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތައް ފެންނަން ހުއްޓެވެ. އަތުގައި މިއަދު ޑައިލަސިސް ހަދާފައި އިން ފާރު ފެންނަން އިނީ ތާޒާކޮށެވެ. މަލަންގަނޑުގެ ހުދުކަން މާ ދުރަށްވެސް ފެންނަމުން ދިޔައެވެ. ވާތު ފައިގައި އިން ‘އެންކަލް މޮނިޓަރު’ ވެސް ލައިގެން ހުރި ކުރު ސޯޓުގެ ސަބަބުން ފެންނަމުން ދިޔައެވެ.

“ކަލޭ ކޮން ކަޅިއެއްތަ ތި އަޅަނީ؟” ހިތްހަމަ ނުޖެހިފައި ޒެން ސުވާލު ކުރިއެވެ.

“ތި ދެމީހުންގެ ޒުވާބުގެ ތެރެޔަށް އަހަރެން ނުވައްދާ” އަޒީންގެ އަޑުގައި ވެސް އެއްވެސް ދިރުމެއް ނެތެވެ. އެއީ ނުފެންނަ މަންޒަރަކަށް ހަދާފައި އަޒީން ގޮސް ވަނީ ކާގެއަށެެވެ.

“ދުރުގަ ހުރޭ. އަހަރެން ދާން ވެއްޖެ އަޒޭއަށް ކާންދޭން” ޒެން ކޮށްޕާލަމުން މަޒީނާވެސް ދިޔައީ ބަދިގެއާއި ދިމާލަށެވެ.

މަޒީނާ ބަދިގެއަށް ވައިން އިރު އަޒީން ބަދިގެ ތެރޭގައި ކާން ހުރީ ކޯއްޗެއްތޯ ބަލަން ތެލިތަކުގެ މަތިނަގަން އުޅެޔެވެ. “އަލުވިބައި ހުންނާނީ” މަޒީނާ އެހެން ބުނުމުން އަޒީނާ ބޮޑު ތެލީގެ މަތި ނަގާލިއެވެ. އަލުވި ބަތުގެ މީރުވަސް މުޅި ކާގޭގައި ދުވަން ފެށީ ބަސް ބުނާހާ އަވަހަށެވެ. ދުވާ މީރު ވަހުންވެސް ބަނޑުފުރި އަރާހާ ވެޔެވެ.

“އިށީންދޭ. ދޮންތަ ކާން ހަދައިދޭނަން” މަޒީނާ އެހެން ބުނުމުން އަޒީން ގޮސް އިށީނެވެ. ތައްޓަކަށް ބަތް އަޅާފައި އޮރެންޖު ޖޫސްތައްޓެއްވެސް ކައިރީގައި މަޒީނާ ބޭންދިޔެވެ.

މަޑުމަޑުން އިނދެ އަޒީން ކަމުން ދިޔައެވެ. ދެބެންގެ މެދުގައިވީ މަރުފަދަ ހިމޭންކަމެކެވެ. އެހަމަ ހިމޭންކަން ކަނޑުވާލުމުގެ ގޮތުން ފިލުވާލުމުގެ ގޮތުން މަޒީނާ ވާހަކަ ދައްކަން ފެށިއެވެ. “އިނގޭތަ؟ ދޮންތަ ބަނޑުބޮޑު…” އެ ވާހަކަ އިވި އަޒީންގެ ތުންފަތައް ހިނިތުންވުމެއް ވެރިވާނެ ކަމުގެ އުންމީދު މަޒީނާގެ ހިތުގައި ވިޔެވެ.

ސޯފާގައި ބޮސް އިން އިރު ތުނމުގައި ސިނގިރޭޓެއް އިނެވެ. ކައިރީގައި ހުސްކޮށްފައި އިން ޕުލާސްޓިކު ތައްޓެއް އިނެވެ. ކައި ނިންމައިގެން ‘ސިކު’ ފިލުވާލަނީތާއެވެ. އަނދިރި ގަނޑުގެ ތެރެއިން އެ ސިނގިރޭޓުގެ ދުންތައް ފެންނަނީ ރީތި ކުރެހުމެއް ފަދައިންނެވެ. ދުވަމުން ދިޔަ ސިނގިރޭޓު ވަހާއި ރަލުގެ ވަހުން ނޭފަތައް އުނދަގޫ ކުރުވައެވެ.

ސިނގިރޭޓު ބޮއެ ނިމުމުން އޭނާ އޭތި އެއްލައިލިއެވެ. އޭނާ ހުސްކުރި ތަށި ކައިރީގައި އިން ޕުލާސްޓިކު ތަށި ހިފައިގެން އޭނާ ވަނީ އެލާރާ އޮތް ކޮޓަރިއަށެވެ.

ކޮޓަރި ދޮރު ހުޅުވާލިއަޑު އިވުމާއި އެކު ފާރު ކައިރީ އިށީނދެގެން އިން އެލާރާ ފަހަތައް އެނބުރުނެވެ. އަދި ވަރަށް އުފަލުން ދުވެފައި ގޮސް ބޮސްގެ ހަށިގަނޑުގައި ބައްދާލިއެވެ. “ދޮންބޭ. ހާދަ ދުވަސްކޮށްފަ ތިއައީ؟ ހާދަ މިސްވިޔޭ…” ބޮސްގެ މޭގައި ބޮނޑިވެލަމުން އެލާރާ ބުނެލިއެވެ.

“އެޒިކިއެލްއޭ؟ ކަލޭ ހަމަ އަސްލުވެސް މޮޔަވީތަ؟؟” ބޮސް އެލާރާ ކޮއްޕާލިއެވެ. ވަގުތުން އޭނާ ބިންމައްޗަށް ގުޅަޔަކަށް ޖެހުނެވެ.

(ނުނިމޭ)

ފަސްދޮޅަސްއަށްވަނަބައިގެ ތެރެއިން:

“ދޮންތަ މޮޔަވީތަ؟ ކީއްކުރަން އެކަހަލަ ޖަނަވާރަކާއި އެކު ކުއްޖަކު ހޯދަން ތިއުޅެނީ…؟” އަޒީންވީ އުފަލެއް ނޫނެވެ. ގަތީ ބިރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ރަހުމްކުރާށެވެ – 2

Next

ސިއްރު ކައިވެނި – 4

Next
June 22, 2026

ސިއްރު ކައިވެނި – 4

Previews
June 21, 2026

ރަހުމްކުރާށެވެ – 2



All Right Reserved!