~މިވާހަކައަކީ ހިލޭ ކިޔާލަން ލިބޭ ވާހަކައެކެވެ~ ދަންވަރުގެ ވަގުތެވެ. އެހެނަސް އެއްވެސް ހަމަހިމޭން ކަމެއް މަގުތަކަކު ނެތެވެ. ވެހެމުން ދިޔަ ބޯވާރޭގެ އަޑު ސީލިންގު ކޮއްފައި ހުރި ކޮޓަރިތަކަށް ވެސް އެއްވެސް އުނދަގުލެއް ނެތި އިވެމުން ދިޔައެވެ. ޖަހަމުން ދާ ބާރު ގުގުރީގެ ސަބަބުން ވެސް ބިރުން ރޫރޫ އަޅާހާވެޔެވެ. ޖެހެމުން ދިޔަ ވައިތަކާއި އެއްވަރަށް ގަސްގަހާއި ރުއް ރުއް ވެސް ނަށަމުން ދިޔައެވެ. ދުވެފާ ކޮޓަރިއަށް ވައިން އަންހެން ކުއްޖާގެ ގިސްލުމުގެ އަޑު މެދު ކެނޑުމެއް […]
ގެއިން ނިކުން ނިޔާލް ޝިވާއާއި ދިމާލަށް ބަލައިލިއެވެ. އެދެލޮލުގައި ވީ އަނގުރު އަލިފާނެވެ. އެހެންނަމަވެސް ޝިވާގެ ތުންފަތުގައި ވީ ފުރިހަމަ ހިނިތުންވުމެކެވެ. މިއަދު ޝިވާ މިނިވަން ވީއެވެ. ޝިވާއަކީ މިއަދު މިނިވަނެކެވެ. އަދި ޝިވާގެ ހަނު ހުރުމުގެ ސަބަބުން ނާއިންސާފުގައި މަރުވި އެންމެނަށް އިންސާފު ލިބޭ ދުވަހެވެ. ސުވާލު ކުރާ ކޮޓަރީގައި އިން ނިޔާލްއާ ދިމާލަށް ބަލަން ނިކާލް އިނެވެ. ޕޮލިހުގައި އެހާ ގިނަ ދުވަހު އުޅުނު ނަމަވެސް ދުވަހަކު ވެސް އެއްބަނޑު އެއްބަފާ ބޭބެ ތަހުގީގު ކުރަން […]
“…ކީއްވެ މަންމި ދޫކޮށްލާފަ ތި ދިޔައީ؟ މަންމި ކިހިނެތް ދަރިފުޅާ ނުލާ މި ދުނިޔެއާއި ކުރިމަތި ލާނީ؟ ކީއްވެ އެހާ އަވަހަށް ތި ދިޔައީ؟ ދަރިފުޅު ބޮޑުވެ ސުކޫލަށް ދާނެ މަންޒަރު ބަލަން މަންމަ އުންމީދު ކުރިން. ވަޒީފާއަކަށް ގޮސް މީހަކާ އިނދެ ދަރިން ލިބޭތަން ބަލަން ބޭނުން ވި. ކީއްވެ މަންމި ދޫކޮށްލާފަ ތި ދިޔައީ؟” ޝިވާ ރޮމުން ދައްކަމުން ދިޔަ ވާހަކަ ތަކުން ނިކާލްގެ އިތުރުން ދެން އެތަނުގައި ތިބި ފުލުހުންގެ ލޮލުންވެސް ކަރުނަ […]
ރިއާނާ ގެއަށް ދިޔުމުން ޔޫއާ ވެސް ދިޔައީ ގެއަށެވެ. ލިފްޓައް އަރަން ދިޔަ ޔޫއާއަށް ފެނިގެން ދިޔަ މަންޒަރުން ހިތުގާ ރިއްސާލީ އިންތިހާއަށެވެ. ކައިރީ ހުރި ތަނބުގާ އަތް ޖައްސާލެވުނީ ވެއްޓެން އުޅޭހެން ހީވުމުންނެވެ. (16 ވަނަ ބައި) ޑިއުޓީ ނިންމާފައި ގެއަށް ދާން ދިޔަ ނިކްޔާންގެ ތުންފަތުގާ ލުއި ހިނިތުންވުމެއްވިއެވެ. އަތުގާ އޮތް ކުޑަ ހެދުންކޮޅަށް ބަލާލުމާއެކު އެތުންފަތުގާވީ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. “ނިކް؟” ފަހަތުން އިވުނު ތުއި އަޑު އިވި ނިކްޔާންގެ މޫނުމަތީގާވީ ހިނިތުންވުން ފިލާ […]
ނިދިފައި އޮތް އުޔޫނާއަށް ހޭލެވުނީ ބަނޑަށް ތަދުވާން ފެށުމުންނެވެ. އޭރު އުޔޫނާގެ ދެފައި ދޭތެރެ ތެމިފައި އޮތުމުން އުޔޫނާގެ ހިތް ތެޅި ގަތެވެ. ފޯނު ހޯދާލެވުނީ ރައިޒެލްއަށް ގުޅާލުމަށެވެ. ނަމަވެސް ފޯނު އޮތީ ރީތިވާ މޭޒު މަތީގައެވެ. އުޔޫނާއަށް ރޯން ފެށުނެވެ. ބަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެންނެވެ. ތެދުވެގެން ހިނގައި ގަންނާނެހާ ވަރެއް އުޔޫނާގެ ނެތެވެ. “ނޫން ނޫން… ނިޔާ ނޫން.. ހެޔޮނުވާނެ. އާދޭސް ކޮއްފަ މިބުނީ ޝިވާނަށް ކަމެއް ނުކުރައްޗޭ” ޝިވާ ކުއްލިއަކަށް […]
ކޮޓަރިތެރޭގާ އޮތް ރިއާނާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮށްފައި އަންނަމުން ދިޔައެވެ. މިއަދު އޭނާއަކީ އެކަނިވެރިއެކެވެ. ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޔޫއާ ކައިރީ ބުނަންވީ ހެއްޔެވެ؟ މިކަމުގެ ސަބަބުން އޭނާ އެކުވީ އެކުވެރިކަމައް ބުރޫއަރާފާނެ ހެއްޔެވެ؟ ހުސް ޖަވާބެއް ނެތް ސުވާލެވެ. “މިއީ ކައިގެ ހިތްހަލާކު ކޮއްލުމުގެ ޝަޒާތަ؟” ތުންފިއްތާލަމުން ރިއާނާ ބުނެލިއެވެ. (15 ވަނަ ބައި) އިޔާލް ނިކުމެގެން ދިޔުމުން އުނދަގޫ ގޮތަކަށް ބާލިސް ދަށުގާ އޮތް ފޯނު […]
ރުޅި އައިސްފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނިޔާލާއި ދިމާލަށް ބަލަން ޔަލީޝާ އެނދު މަތީގައި އިނެވެ. “ދަރިފުޅު އަޅެ މަންމަ ގާތުގަ ބުނެބަލަ. ޔީޝާ ނިކާލަށް ކައިވެނި ކޮއްގެން ދަރިފުޅު ކީއްވެ ތިހާ ރުޅި އަންނަނީ؟ ޔީޝާއާ ދަރިފުޅު ގުޅުމެއް އޮވޭތަ؟ މަންމައަށް ކިޔާ ދީބަލަ” ޔަލީޝާ އެދުނެވެ. “މަންމާ. ބުނީމޭނުން އަހަރެންނަށް އަންހެން ކުއްޖެއް ކަމުދާ ވާޙަކަ؟ މާލެ ގޮސް އައި ފަހުން އެކުއްޖާ ގެއްލުން ވާހަކަ؟ އެއީ ޔީޝާއޭ” ނިޔާލް ބުނެލިއެވެ. ޔަލީޝާ […]
“އައިމް ސޮރީ ކޮއްކޯ… ދޮންބެ ވިވީއާ ގާތް ނުވި ނަމަ މިހުރިހާ ކަމެއް ނުވީސް. މިއީ ދޮންބެގެ ކުށް. ދޮންބެއަށް މަޢާފް ކުރައްޗޭ…” މަޑުމަޑުން އީވާން ބުނެލިއެވެ. މިއަދު އޭނާ ދުނިޔެއަށް ލޯ ހުޅުވާލަންވެސް ލަދުގަނެޔެވެ. ވިނާލްއަކީ އޭނާގެ ކޮއްކޮއެކެވެ. އެހެނަސް މިއަދު ވިނާލް އެއިނީ އޭނާގެ ދަރިއަކަށް ބަލިވެޔެވެ. ދިރިއުޅުން އޭނާއާ އެކުޅުނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ ކޮޅަށް ތެދުވެ ލަސް ހިނގުމުގާ ގޮސް ކުރިމަތީގާ އޮތް މާސިންގާ ކަނޑާ ދިމާލައް އީވާން ހިނގަިއގަތެވެ… (ބޯނަސް […]
އެކުއްޖާގެ މޫނު މަތިން ޔުނާލަށް ފެނުނީ ޝިވާއެވެ. ޝިވާ ވެސް ތަނަކަށް ތަދު ވުމުން ނުވަތަ ބަލިވެ، ދެރަވުން ކަހަލަ ކަމެއް ވުމުން ތުންކޮޅު ފިއްތާލަނީ ހަމަ އެހެންނެވެ. ޔުނާލް އިސްޖަހާލިއެވެ. ފުން ނޭވާއެއް ލާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ކެއްކުރުމަށެވެ. ނަމަވެސް މިހާރަކަށް އަހިސް ޔުނާލް ޝިވާ މަތިން ހަނދާން ވަނީ މާބޮޑަށެވެ. ދުވަސްތަށް ފާއިތު ވަމުން ގޮސް ހަފްތާއެއް ފާއިތުވީ ބަސްބުނާހާ އަވަހަށެވެ. ޔޫޝާއާއި އަކްވާން ދިޔައީ ލިބެން އުޅޭ ދަރިފުޅަށްޓަކައި އިންތިޒާރު ކުރަމުންނެވެ. […]