Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 9

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 8, 2025 4 Mins Read
2 Comments

“އެއްކަލަ އީވާން އަށޯ ކައިވެނި ކުރަންވީ” ވިއާމް ބުނެލިއެވެ “ކޮން؟” ވިޔާމް އަހާލިއެވެ. “އީމާންއާ ހުމޭދުގެ” ވިއާމްގެ ޖުމްލައާއި އެކު އެތަނުގައި ބޮމެއް ގޮވިފަދައެވެ. “އޭނ؟ ކީކޭ؟ ނުވާނެ ތިކަމެއް. އީވާންއާ ވިނާލްގެ ކައިވެނި ކުރެވިގެން ނުވާނެ! އެކަން ދުވަހަކު ވެސް ވެގެން ނުވާނޭ!” ވިޔާމް އަޑަށް ބާރު ލަމުން ބުނެލިއެވެ.

(9 ވަނަ ބައި)

“ތި އަނގަ މައިތިރި ކޮއްބަލަ. މިތާ ތިބި އެންމެނަށް އެވާހަކަ އިއްވަންތަ ތިއުޅެނީ؟ ވިޔާމް ބޭނުމީއާ އަމިއްލައަށް ފަޟީހަތްވޭ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ޑަކްޓަރީ މަގާމު ގެއްލޭކައް” ވިއާމް ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ދެން ރުޅި އަންނާނެ ދޯ؟ ކިހިނެތް ވިނާލްއާ އީވާން ކައިވެނި ކުރަނީ؟ އެކަމެއް ނުވާނެ. ދުވަހަކު ވެސް ނުވާނެ” މިފަހަރު ވިޔާމް ބުނީ ތަންކޮޅެއް ސިއްރުންނެވެ.

“އެބެން ގޮތެއް” ވިޔާމްގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. “ކޮން؟” ވިއާމް އެއްބުމަ ހިއްލާލިއެވެ. “އީމާންއަށާ ހުމޭދުއަށް ހެދިހެން؟” ވިޔާމްގެ ތުންފަތުގައި ކުރެހިފައިވީ މަކަރުވެރި ހިނިތުންވުމެކެވެ.

“އަހަރެން ނަމަ ހަދާނެ ގޮތް ބުނަންތަ؟” ނުހައިކް ގޮނޑީގައި ހަމަ ޖެހިލިއެވެ. “ބުނެބަލަ؟” އީވާން ބުނެލީ ކެއްމަދުވެފާވާ ހާލުގައެވެ. “އަހަރެން ނަމަ ވިނާލްއާ ކައިވެނި ކުރާނީ. އައި މީން… ދެޓް ސީމްސް ލައިކް ދި ސޮލިއުޝަން ހިއާރ” ނުހައިކް އޭނާގެ ޙިޔާލު ފައުޅު ކޮއްލިއެވެ.

“ދެން ނޭނގެ” ކައިރީގައި އިން ކޮފީތަށިން ކޯވަރެއް ބޯލަމުން އީވާން ބުނެލިއެވެ. “ތިހެންޔާ ބުނެބަލަ. ވާން ލޯބިވޭތަ ވިނާލްދެކެ؟ ވާން ބޭނުން ތަ ވިނާލްއާ ނުލާ ދިރިއުޅެން؟” ނުހައިކް ކޮއްލީ ބޮޑު ސުވާލެކެވެ.

“ނޫން… ނުބޭނުން. ވިވީދެކެ ވަރަށް ލޯބިވޭ” އީވާން ބުނެލިއެވެ. “ޔެސް. އެހެން ވީމާ؟” ނުހައިކް އަނެއްކާ ވެސް ބުނެލިއެވެ. “އިންޝާ ﷲ ވިވީއާ ކައިވެނި ކުރާނަން” އެހެން ބުނެ އީވާން ދުއްވައިގަތެވެ.

އީވާން ދިޔުމުން ނުހައިކް ގޮނޑީގައި ހަމަ ޖެހިލިއެވެ. ފުންނޭވާއެއް ދޫކޮއްލަމުން އުޑާ ދިމާލަށް ބަލާލިއެވެ. އެއްދުވަސް ވަރެއްގައި ނުހައިކް ވެސް އުޅުނީ އެހެންނެވެ. ނަމަވެސް މިހާރު ކްލާރާއާ މެދު އެކަހަލަ އިހުސާސެއް އޭނާއަކަށް ނުކުރެވެޔެވެ.

ކޮޓަރި ތެރޭގައި އޮތް ވިނާލްގެ މޫނު މަތީގައި ހިތާމައިގެ ތަސްވީރެއް ކުރެހިފައިވާ ފަދައެވެ. ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮއްފައި އަންނަމުން ދިޔައެވެ. “ވާން… ކޮން އިރަކުތަ ލޯބި މިހާ އަނިޔާވެރި އެއްޗަކަށް ވީ؟… ކީއްވެ…؟ ކޮން އިރަކު…؟” ހިތާހިތުން ވިނާލް ސުވާލު ކޮއްލިއެވެ. އެވަގުތު ވިނާލްގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިަޔައީ އީވާން ކަމުން އަވަސް އަވަހަށް ފޯނު ނެގިއެވެ.

“މިއަދު ރަން ކިޔަން ތައްޔާރު ވޭ” އީވާން ފުރަތަމަ ވެސް ބުނީ އެހެންނެވެ. “ވަޓް؟ އަސްލުތަ؟” ވިނާލް އުފާވެފާ އަހާލިއެވެ. “ހީވީ ޔަގީން ކޮއްލަން އަހާލި ހެންނެވެ. “ޔެސް %100” އީވާން ވެސް ހުރީ ވަރަށް އުފާވެފައެވެ.

ފިހާރައިން އާފަލު ކޮޅަކާއި އޮރެންޖު ކޮޅެއް ގަނެގެން ނިކުން އީނާލް ހިނގައިގަތީ ގެއާ ދިމާލަށެވެ. ކަޅު ކުލައިގެ ހަރުވާޅަކާއި އެކު ރަތް ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެއް ލައިގެން ހުރި އިރު ކަޅު ކުލައިގެ ބުރުގަލެއް އަޅާފައި ވިއެވެ.

“މިއުޅެނީ ސަންތި މަރިޔަބު ތަ؟” ފަހަތުން ދަންނަ އަޑެއް އިވުމުން ވިނާލް ފަހަތް ބަލާލިއެވެ. “ކަޅު ކުލައިގެ ހޫޑީއަކާ އެކު އައިސް ބްލޫ ޖީންސެއް ލައިގެން ހުރި ވާއިލް ފެނި އީނާލް ހީލިއެވެ. “ވިއާލް…؟” އީނާލް އަހާލީ ޔަގީން ކޮއްލާށެވެ.

“މިހާ އަވަހަށް އަހަރެންގެ ނަން ހަނދާން ނައްތާލީތަ؟ ހެހެ ނޫނޭ. މިއީ ވާއިލް” ވާއިލް އަލުން ތަޢާރަފް ވެލިއެވެ. “އޯހް. ހެހެ. ކީއްކޮއްލަނީ؟” އީނާލް ބޯކަހާލިއެވެ. “މިދެން ހަމަ ހިނގާލަނީ” ވާއިލް ބުނެލިއެވެ.

“ހިނގަނީ އޭ؟ މިއޮށް ހޫނު ވަގުތުގަ؟” ވަގުތަކީ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތު ކަމުން އީނާލްއަށް އަހާލެވުނެވެ. “ވަކި ވަގުތެއް އޮވޭތަ ހިނގަން ހަހަ” ވާއިލް ހީލިއެވެ. ހަގީގަތުގައި ވާއިލް ގެއިން ނިކުތީ އަތިރިއަށް ދިޔުމަށެވެ. ބޯހަމަ ޖައްސާލާށެވެ. އެތަނަށް އެއައީ އީނާލް ފެނުމުންނެވެ. އީނާލްއަށް ވާހަކަ ދައްކާލުމަށް އެހިތް ބޭގަރާރު ވަމުންދާ ވަރުންނެވެ.

“ސޯ… ހައު އޯލްޑް އާރ ޔޫ؟” ވާއިލް އަނެއްކާ ވެސް އަހާލިއެވެ. “އައިމް 15. ޔޫ؟”

“15 އޭ؟ ހާދަ ކުޑައޭ ދޯ؟ އިއްލު ހީކުރީ ނާލުއަށް ގާތްގަނޑަކަށ 17، 18 ކަމަށް ވާނީ” ވާއިލް ދެލޯ ބޮޑު ކޮއްލަމުން ބުނެލިއެވެ. ވާއިލް “ނާލު” އޭ ބުނެ މުޙާތަބު ކުރުމުން އީނާލްގެ ހިތުގެ ހިނގުން އަވަސް ވެލިއެވެ. ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ.

“ހަހަ. އައިމް ޖަސްޓް އަ ބޭބީ” އީނާލް ތުންކޮޅު އޫކޮއްލަމުން ބުނެލިއެވެ. ވާއިލްއަށް ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ. ކޮންފަދަ ޖާދޫވީ ރީތި ކަމެއް ހެއްޔެވެ؟ ކޮން ފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ދުވަހަކު ވެސް ބަލާ ބަލާ ފޫހި ނުވާނޭ ކަން ކަށަވަރެވެ.

“ދަނީ އިނގޭ. މިހުރީ ނާލުގެ ގެ” ގެއާ ހަމައަށް ވާސިލް ވެވުމުން އީނާލް ބުނެލިއެވެ. “ހާދަ ކައިރިއޭ ދޯ؟” ވާއިލްގެ ހިތުގާ ރިއްސާލީ އެހާ އަވަހަށް ވަކިވާން ޖެހުމުންނެވެ. “ޔާ. ހެހެ. ބާއި. ފަހަރިއަށް ސަލާމް ބުނައްޗޭ” އީނާލް ދަމުން ބުނެލިއެވެ. ވާއިލް ބޯޖަހާލިއެވެ.

އީނާލް އެނބުރި ވައިން އިރު އީނާލްގެ އިންތިޒާރުގައި އީވާންއިނެވެ. “ނާލު އާދެބަ ދޮންބެ ވާޙަކައެއް ބުނާނަން” ޖޯލީގާ އަތް ޖައްސާލަމުން އީވާން ބުނެލިއެވެ. ކޮތަޅުގައި އޮތް ތަނުން އާފަލެއް ދޮވެލާފައި އީނާލް އައިސް އިށީނެވެ. “ޔެސް؟”

“ދޮންބެ މިރޭ ވިވީއާ ރަން ކިޔަން…” އީވާން ދުރުބަލާލަމުން ބުނެލިއެވެ. “ވަޓް؟؟؟ އަސްލުތަ؟؟؟ އަލްހަމްދުލިއްލާހި” އީނާލް ހަގީގަތުގާ ވެސް ވަރަށް އުފާ ވެއްޖެއެވެ. “ދެން ނާލު ދޮންބެއަށް ޕްރޮމިސް ކުރޭ. ދުވަހަކުވެސް ދެން ނުރޯނަން ކަމަށް” އީވާން ކުޑަވައިން އިނގިލި ދައްކާލަމުން ބުނެލިއެވެ. “ޔެސް ޕްރޮމިސް” އީނާލް ޔަގީންކަން ދިނެވެ.

“ކޮޓަރި ތެރޭގާ އޮތް ކްލާރާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެހިތަށް ކެއްވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އަދިވެސް ވަކިވެދިޔަ ފުރާނައިގެ ބައިތަށް އޭނާގެ ހަށިގަނޑުގައި ވާކަން އެނގުމުން އެހިތުގާ ރިއްސައިގަތީ އިންތިހާއަށެވެ. “ދަރިފުޅާ… ބައްޕިއަށް މަންމި ހެދި ދޮގުގެ އަދަބުތަ ތި ދެނީ މަންމިއަށް؟” ކްލާރާ މަޑު މަޑުން އަހާލިއެވެ.

ގޭ ދޮރު ހުޅުވާލީ އަޑަށް ކްލާރާ ކަރުނަތައް ފުހެލިއެވެ. އެނދުގައި ހަމަ ޖެހިލަމުން ފޯނު ނެގިއެވެ. ކޮޓަރިއަށް ވައިން ނުހައިކް އޭނާއާ ދިމާލަށް ބަލާވެސް ނުލިއެވެ. ކްލާރާ ތުންފިއްތާލިއެވެ. ނުހައިކްއަށް ވާހަކަ ދައްކަން ނިންމިއެވެ. “އިކޫ…” ކްލާރާ ގޮވާލިއެވެ. ނުހައިކް “ހޫމް” ލައްވާލިއެވެ.

“ލާރާ ބޭނުން ވާހަކައެއް ދައްކާލަން…” ކްލާރާ ފެށީ ދުރުދުރުންނެވެ. “މިއަދު ނުވާނެ. މިއުޅެނީ ވާން ރަން ކިޔަން އުޅޭތީ އެތަނައް ދާން. އައިސް ދޯ؟ މަމީ ހެކިވެރިއެއް. ވަގުތަށް ދާން ޖެހޭނެ” ކްލާރާއާ ދިމާލައް ބަލާވެސް ނުލާ ނުހައިކް ބުންޏެވެ. “އެހެންތަ؟ އީވާން ގާތު ލާރާ މަރުހަބާ ބުނި ވާހަކަ ބުނައްޗޭ” ކްލާރާ ބުނެލިއެވެ. އެހެނަސް ނުހައިކް އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ.

ކޮޓަރި ތެރޭގައި ޝޯލް އަޅަން އިން ވިނާލްއާ ދިމާލަށް ބަލަން ވާއިލް އިނެވެ. ކަޅު ކުލައިގެ އަބާޔާއެއް ލައިގެން އިން އިރު ސިލްކު ޝޯލްއެއް އަޅަން އިން ވިނާލްއާ ދިމާލަށް ކަޅި ޖަހާނުލާ އޭނާ އެއިނީ ރީތިވާން އެތާ އޭނާ އިިށީނީން ސުރެއެވެ.

“އަޅެ ދޮންބެ ހާދަ ވަރަކަށޭ ތިބަލަނީ” އެންމެ ފަހުން ވިނާލް ބުނެލިއެވެ. ވާއިލް ފިނި ނޭވާއެއް ދޫކޮއްލިއެވެ. “މިހިތައް އަރަނީ މިކަން އެނގުމުން ދެން ބައްޕަ ހަދާނީ ކިހިނެތް ބާއޭ…” ވާއިލް އޭނާގެ ކަންބޮޑުވުން ފާޅު ކުރިއެވެ. ވިނާލް ގޮނޑިން ތެދުވިއެވެ. އަދި ލުއި ފިޔަވަޅު ތަކެއްގައި ގޮސް ވާއިލް ގާތުގައި އިށީނެވެ.

“ލުކް… މިއީ ބައްޕަމެންގެ ނުގަބޫލުގަ ކުރެވޭ ކައިވެންޏެއް ވިޔަސް އައިމް ހެޕީ އޭ ދޮންބޭ. މިއީ ވިވީ ބޭނުންވާ ގޮތް. ވިވީ ހުންނާނީ ވާންއާ އެކު އުފަލުގަ. އިންޝާ ﷲ މުޅި އުމުރަށް ވެސް…”  ވިނާލް ޔަގީން ކަން ދިނެވެ.

“ދޮންބެގެ ޕްރިންސެސް ބޮޑުވީ ދޯ؟” ވާއިލް ހީލާފައި ވިނާލްގެ ކޮލުގާ ހިފާލިއެވެ.

(ނުނިމޭ)

ދިހަވަނަބައިގެ ތެރެއިން:

“އެމީހުން ކާވެނި ކޮއްފި” ވިއާމް ބުނެލިއެވެ. ދެން އިވުނީ އެކޮޅުން ހަޅޭ ލަވާގަން އަޑެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ގާތުގައިވި އަނދިރިކަން 10-2

Next

އެދިގެން ކަލާ ލިބޭތޯ 15

Next
October 9, 2025

އެދިގެން ކަލާ ލިބޭތޯ 15

Previews
October 8, 2025

ގާތުގައިވި އަނދިރިކަން 10-2

2 Comments!

  1. Arrmyy gurrl says:
    October 8, 2025 at 7:09 pm

    Woww vivy n vaan hama aslu vx marry kuranytha..
    Surprised to see it was literally 1 sec ago..
    Mi prt vx vrh reethi Maasha Allah
    Curiously waiting for the nxt prt
    Whn nxt???
    Tc.. Lyy💜🖤💜🖤💜🖤💜

    1. shihaamaa ali shihaamaa ali says:
      October 9, 2025 at 12:16 pm

      heheheh yess.. jazaakallah khairan dear.. stay tuned for next in sha allah on sunday tc lyt

Comments are closed.

Next Episodeހަންޖަރު 10←


All Right Reserved!