“އައިމް ސޮރީ ކޮއްކޯ… ދޮންބެ ވިވީއާ ގާތް ނުވި ނަމަ މިހުރިހާ ކަމެއް ނުވީސް. މިއީ ދޮންބެގެ ކުށް. ދޮންބެއަށް މަޢާފް ކުރައްޗޭ…” މަޑުމަޑުން އީވާން ބުނެލިއެވެ. މިއަދު އޭނާ ދުނިޔެއަށް ލޯ ހުޅުވާލަންވެސް ލަދުގަނެޔެވެ. ވިނާލްއަކީ އޭނާގެ ކޮއްކޮއެކެވެ. އެހެނަސް މިއަދު ވިނާލް އެއިނީ އޭނާގެ ދަރިއަކަށް ބަލިވެޔެވެ. ދިރިއުޅުން އޭނާއާ އެކުޅުނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ ކޮޅަށް ތެދުވެ ލަސް ހިނގުމުގާ ގޮސް ކުރިމަތީގާ އޮތް މާސިންގާ ކަނޑާ ދިމާލައް އީވާން ހިނގަިއގަތެވެ…
(ބޯނަސް އެޕިސޯޑް)
ލާންޗު އޭގެ ބާރު މިނުގާ ދުއްވާފައި އައިސް ހދ ކުޅުދުއްފުށީ ބަނދަރަށް މަޑު ކޮއްލިއެވެ. ޖީބައް އަތް ޖަހާލައިގެން ހުރި އީވާންގެ ތުންފަތުގާ ލުއި ހިނިތުންވުމެއް ކުރެހުނެވެ. ލަސް ހިނގުމުގާ ލާންޗު ކައިރީ ހުއްޓުނެވެ. އެންމެ ފުރަތަމަ ލާންޗުން ފޭބީ ވާއިލްއެވެ. ވާއިލް ފަހަތުން ނިކުން ވިނާލް ފެނި އީވާން އަތް ދިއްކޮއްލިއެވެ. މަޑު މަޑުން އޭނާގެ އަތުގާ ހިފާލަމުން ވިނާލް ލާންޗުން ފޭބިއެވެ.
“އައި މިސްޑް ޔޫ ސޯ މަޗް” ވިނާލްގެ ހަށިގަނޑުގާ ބައްދާލަމުން އީވާން ބުނެލިއެވެ. އޭރު އެދެލޮލުގާ ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. “އައި މިސްޑް ޔޫ މޯރ” ވިނާލްގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ.
ކަޅު ކުލައިގެ ދޫ އަބާޔާއެއް ލައިގެން ހުރި އިރުވެސް ވިހަން ގާތްވެފާވާ އޭނާގެ ބަނޑު ވަރަށް ރީތިކޮށް ފެންނަމުން ދިޔައެވެ. އަޅައިގެން ހުރި ކަޅު ކުލައިގެ ޝޯލްއިން އޭނާގެ ދޮން މޫނު ވަރަށް ރީއްޗެވެ. ބަނޑުބޮޑުވީ ފަހުން ކޮލެއް ލާފާ ވުމުން މާރީތިކަން ކަށަވަރެވެ.
ލާންޗުން ފޭބުމުން އެންމެން އެކުގާ ކާރަކަށް އަރައިގެން ގެއާ ހަމައަށް ދިޔައެވެ. ގެއަށް ވަދެވުން އިރު އެންމެނަށް ވެސް މަރްހަބާކިއީ ފަޅުކަމާ އަނދިރިކަމެވެ. އެއްވެސް މީހަކު ގެޔަކު ނެތް ކަން ކަށަވަރެވެ.
އެންމެންގެ ތެރެއިންވެސް އެންމެ އަސަރު ކުރީ ވާއިލްއަށެވެ. ހިންދިރުވާލެވުން އިރު ދެލޮލުގާ ކަރުނައިގެ މުތީތައް ބަބުޅައިގަތީ ބަސް ބުނާހާ އަވަހަށެވެ.
“ކޮބާ ކާން ވީނުން؟” ތިންމައިންގެ ދަބަސްތައް އެތެރެއަށް ވައްދާފައި ނިކުމެ އީވާން ބުނެލިއެވެ. “އަންނާނަން ފާހާނާއަށް ވަދެލާފަ…” ވާއިލް އެތެރެއަށް ވަންނަމުން ބުނެލިއެވެ. ނީރާއާ ވިނާލް ގޮވައިގެން އީވާން ދިޔައީ ކާގެއަށެވެ.
ލަސް ހިނގުމުގާ ވައިން ވާއިލް ވަނީ އީނާލްގެ ކޮޓަރިއަށެވެ. ހުރިހާ ބޮތްކެއް ނިވާލާފައިވީ އިރު ކޮޓަރި ތެރޭގައިވީ ކަނު އަނދިރިކަމެވެ. ވާއިލްއަށް ކެއްކުރެވުނީ އެހިސާބަށެވެ. ގިސްލަ ގިސްލާފާ ރޯން ފެށުނެވެ.
“ނާލު ކީއްވެ…؟ ނާލު ކީއްވެ އަހަރެން އެކަނި ކޮއްލާފަ ދިޔައީ…؟” ބިންމަތީ އުޑަފައިން އިށީންނަމުން ވާއިލް ޝަކުވާ ކޮއްލިއެވެ. ބިންމަތީގާ ހުރި ހިރަފުސްތައް އޭނާގެ ކަކުލުގާ ކުލަ ޖައްސާލިއެވެ. ބިންމަތީގާ އަތް ހާކަން ފެށި އިރު ހީވަނީ ހުރިހާ ހިރަފުހެއް ފުހެން މަސައްކަތް ކުރާހެންނެވެ. “ނާލު ޕްލީޒް… ކަމް ބެކް… ކޮއްކޮއެއް ގޮތަށް ވިޔަސް އަހަރެން ނާލު ބޭނުން. ހެޔޮނުވާނެ…” ރޮމުން ރޮމުން ވާއިލް ބިންމަތީގައި އޮށޯވެލިއެވެ.
އީނާލްގެ މަރަށް މިހާރު 9 މަސްވެފާވީ އިރު އަދިވެސް ވާއިލްގެ ހިތުގާވީ ލަކުނު ހުރީ ތާޒާ ކަންމަތީގައެވެ. ވާއިލްއާ އީނާލްގެ ހަގީގީ ގުޅުން އެނގުނު ވަގުތުގާ ޖެހުނު ހާޓް އެޓޭކް ވެގެން ދިޔައީ އީނާލްގެ ނިމުމަށެވެ…
ރޭގަނޑުގެ ވަގުތެވެ. އެނދުގައި ލައްގަނެގެން އިން އީވާންގެ އެއްއަތް ވިނާލްގެ ބަނޑުގާ އޮތް އިރު އަނެއް އަތް އޮތީ އޭނާގެ އިސްތަށިގަނޑު މަތީގައެވެ. މަޑުމަޑުން ބޮލުގާ ފިރުމާލަ ފިރުމާލަ އޮތް އިރު އެތުންފަތުގާ ލުއި ހިނިތުންވުމެއް ވިއެވެ.
“މިއަދު އަޅެ ނާލު ހުރި ނަމަ ދޯ؟ ހާދަ އުފާވާނޭ…” އެންމެ ފަހުން ހިތުގާ އޮތް ޖުމްލަ ދުލާހަމައަށް ގެނެވުނެވެ. “ޔެސް… އަސްލުވެސް ދޯ؟…” ވިނާލް ދުރުބަލާލަމުން ބުނެލިއެވެ.
އެވަގުތު އޭނާގެ ދެފައިދޭތެރެ ތެމުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ވަގުތު ޖެހުނީކަން ކަށަވަރު ވިއެވެ. “ވާން… މައި ވޯޓާރ ބްރޯކް” ހާސްވެފައިވާ ހާލުގާ ވިނާލް ބުނެލިއެވެ. އީވާންވެސް ހާސްވިއެވެ. ކުރަންވީ ކީއްކަމެއް އޭނާއަކަށްވެސް ނޭނގެޔެވެ.
އަވަސް ގޮތުގާ ވިނާލް ހޮސްޕިޓަލަށް ގެންދެވުނެވެ. “ތިމީހުން ދޭ އިނގޭ؟ އަހަރެން އެބަ އަންނަން ފާޙާނާއަށް ވަދެލާފަ” ހޮސްޕިޓަލަށް ވަދެވުމުން އީވާން ބުނެލިއެވެ. ވިނާލް ބޯޖަހާލާފައި އެތެރެއަށް ވަނެވެ.
ބަނޑުގާ ރިއްސަމުން ދިޔަވަރުން އޭނާއަށް ކެއްވާވަރެއް ނޫނެވެ. ނީރާގެ އަތަށް ބާރު ކޮއްލަ ކޮއްލަ އޮތް އިރު ތިރީ ތުންފަތުންވެސް ހީވަނީ ލޭއަރާފާނެހެންނެވެ. “ކެއްކޮއްލާ ވިވީ” ވާއިލް ބުނެލިއެވެ.
“ޝީ އިޒް 8 ސެންޓިމީޓާރ ޑައިލޭޓެޑް. އަޅުގަނޑުމެނާ އެކު ވިއްސާ ކޮޓަރިއަށް ވަންނަންވީނުން ތޯ؟” ޑަކްޓަރު ވިނާލްގެ ހާލު ބަލާފައި އަހާލިއެވެ. “އޭނ؟ ނޫން” ވާއިލްގެ ދެލޯ ބޮޑުވިއެވެ. އޭނާ ވަންނަންވީ ކީއްކުރަން ހެއްޔެވެ؟
“ތިއީ ވިނާލްގެ ފިރިމީހާއެއް ނޫންތޯ؟” ޑަކްޓަރު ހައިރާންވިއެވެ. “ޔެސް… އެހުރީ ވިވީގެ ފިރިމީހާ” އެވަގުތު އެތަނަށް ވައިން އީވާން ދައްކާލަމުން ވާއިލް ބުނެލިއެވެ. ޑަކްޓަރަށް ހެވުނެވެ. ވޭނުގާ އޮތް ވިނާލްއަށްވެސް ހެވުނެވެ.
ވިއްސާ ކޮޓަރީގައި ހުރި އީވާން ހުރީ ބޯއަނބުރާގަނެފައެވެ. އެހެނަސް ކެއް ކުރެވުނު ވަރަަކަށް އޭނާ ދިޔައީ ކެއް ކުރަމުންނެވެ. މާގިނަ އިރު އިންތިޒާރު ކުރާކައް ނުވެސް ޖެހުނުވެސްމެއެވެ. “މަރްހަބާ. އަންހެން ކުއްޖެއް”
ކުއްޖާ ނަގާ ފޫޅު ކެނޑިތަން ޔަގީނުންވެސް އީވާންއަށް ފެނުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ.
އީވާންއަށް ދެލޯ ހުޅުވާލެވުނު އިރު ކުޑަ ކުއްޖަކު ކުކުރާ އަޑު އިވެމުން ދިޔައެވެ. ކުއްލިއަކަށް ކޮޅަށް ޖެހިގަނެވުނީ އެހެން ވެގެންނެވެ. “ހޭ އެރީ ދޯ؟ މީނަ މާ ބަލިކައްޓެއްނުން ވިވީއަށް ވުރެވެސް؟” ޖެހިގެން އިން އެނދު ކައިރީގައި އިން ގޮނޑީގާ އިން ވާއިލް ބުނެލިއެވެ. ވާއިލްގެ އުނގުގާ އޮތް އޭނާގެ ދަރިފުޅު ފެނުމުން އީވާން ތެޅިގަތެވެ. އަވަސް އަރުވާލައިގެން ފައިބަން އުޅުމުން ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ.
“ސާބަހޭ ވާން. މީހަކު ނޫޅޭ ދަރިފުޅު ގެންދާކައް. ހެހެހެހެހެ” ވިނާލް ހީލަމުން ބުނެލިއެވެ. ދުވެފާ ކަހަލަ ގޮތަކަށް އައިސް އީވާން ދަރިފުޅު އުރާލިއެވެ. ދޮން ދޮން ފުއްގަނޑެއްފަދަ ކުއްޖެކެވެ. ބޮޑު ދެލޮލާއި ކުޑަ ތުންފަތެކެވެ. މަޑުމަޑުން ދޫނެރެލަ ނެރެލަ އޮތް އިރު މައުސޫމް ކަމުގެ އިންތިހާއެވެ.
ދެމަފިރިންނަށް އެކަނި ވަގުތު ކޮޅެއް ދިނުމަށް ނީރާއާ ވާއިލް ނިކުމެގެން ދިޔައެވެ. އީވާން ލަސް ހިނގުމުގާ ގޮސް ވިނާލް ގާތުގާ އިށީނެވެ. “އައިމް ސޯ ޕްރައުޑް އޮފް ޔޫ” ވިނާލްގެ އަތުގާ ހިފާލަމުން އީވާން ބުނެލިއެވެ. “ކޮން ނަމެއްތަ އަހަރެމެންގެ ދަރިފުޅަށް ކިޔާނީ؟” އީވާން އަހާލިއެވެ.
“އީނާލް… ނާލުގެ ހަނދާނުގަ…” ކަރުނަވީ ދެލޮލުގާ ވިނާލް ބުނެލިއެވެ. އީވާން ހިނިތުންވެލިއެވެ. “ޕާފެކްޓް” އީނާލްގެ ކޮލުގާ ތުންޖައްސާލަމުން އީވާން ބުނެލިއެވެ.
(ނިމުނީ)
10 Comments!
Comments are closed.







So emotional this story makes me cry i am sorry to hear that they are siblings ending hama Vrh perfect Eenal ge hadhan ves ove story nimidhiyaee mi but who is neera
Jazaakallah khairan Nayuu varah ufaa vejje mi vaahaka vess kamudhiyaiima🥰..
Neeraa iss vaail and vinaal’s mum
Heyyy shiherr..
Mi part vx vrh vrh vrh reethi maasha Allah.. this part was soooo sweetttt… Alheyy ekam I’m so sad eenal maru v ma.. how could U😥.. this part was a emotional rollercoaster darll vrh reethi maasha Allah.. lyssssm💜🦋
Heyyyy marrshh
Jazaakallah khairan dearrr… ikk poor eenaaal😭😭 jazaakallah khairan dearr and jazaakallah khairan for helping me with this part🥹
Illllyyyyyyymmmmm❤️❤️
Masha allah mi part vs vrh reethi
Vinaal eevaan kaeriah aikan engunyma vrh happy vefa huhta boduboduuuu shock eh thidhiny..heyonuvaane dhww eenaal maruevy…vaail haadha dheravaaneyyy😭
Shihaage ehn vhk akh inthizaaru vrh kurevey
Btww yoo r layaal pregvy ey bunyma dheloa mudhunah araign Ingey dhiyai,,,e part vs vrhh reethi
Lyy🫶🏻
Jazaakallah khairan dear
Awh😭😭😭 dhwww he is heartbroken.. 🙃
Ithuru ehn vaahaka eh dhn liyan fashaany “abadhuvey hithugaa magey” and “vafaatherimavymey” nimunyma.. i have started prep with the story as well.. its a free story🫶🏻
Hehe stay tuned gor next ep of the story lyt
plx dhen genna vaahakaye ga ehvatharu nan nulun endhen..vrh olhey
Lahbba 🫶🏻
Maasha Allah ❤️🫶
This story bonus is the best It’s completely The story I appreciate Next time you write a story Could you include this name “Alooka”I just request if you want you can
Jazaakallah khairan dearr
Suree i will add🫶🏻