“ޒައީ” އުޔައިނާ ގޮވާލި އަޑަށް ޒައިނީ ސިހުނެވެ. “ޔެސް؟” ޒައިނީ ހަމަ ޖެހިލިއެވެ. “ޕިންކް ރާމެން ކޮޅު އަޅާލަބަ” އުޔަައިނާ ބުނެލިއެވެ. “ލައްބަ” ޒައިނީ ފިޔާތޮށި ކުލައިގެ ޕެކެޓުތަށް ނަގާ ފެންގަނޑު ތެރެއަށް އަޅަން ފެށިއެވެ. ރާމެންތަށް އެޅުމުގެ ތެރެއިން އޭގެން ފެންތިއްކެއް ދަރުތަށް ހަމަޖައްސަން ހުރި ޔުއެލްގެ އަތަށްބުރިއެވެ. “އައްދޯތް” ޔުއެލް ބާރަކަށް ބުނެލިއެވެ. އެއަޑަށް ސިހުނީ ޒައިނީ އެކަންޏެއް ނޫނެވެ. އެންމެން ވެސްމެއެވެ. (5 ވަނަ ބައި) “ތަންކޮޅެއް ބަލާލައިގެން އުޅިބަލަ” އަތުގައި ފިރުމާލަމުން […]
ހިނދުކޮޅެއް ފަހުން ޔުއެލް ތިރިއެއް ފޭބިއެވެ. “ކިހިނެތް ވެފަތަ ބުރާންތި ވެފަ ތިހުރީ؟ ވަދޭ އެތެރެއަށް” ޔުއެލްގެ ވިހަ ބަސްތަށް އިވި ޒައިނީއަށް ހިންދިރުވާލެވުނެވެ. އަތުގެ އިނގިލި ތަކާއި ކުޅެމުން މަޑު މަޑުން ޔުއެލްއާއި އެކު އެތެރެއަށް ވަނެވެ. (4 ވަނަ ބައި) ޔުއެލް ނަގާފައި އިން ކޮޓަރިއަށް ވަދެވުމާއި އެކު ހައިވެފައިވާ ސިންގާއެއް ފަދައިން ޒައިނީގެ ހަށިގަނޑުގައި ތަތްވެގަތެވެ. ވަގުތުން ޒައިނީ އަށް ރޯން ފެށުނެވެ. “މިދެން ކިހާ ދެރަ ކަމެއް ތަ؟ ކާކަށް ދައްކަން، ނޫނީ […]
“ދެން ތިވަރު ނުވެ އިންނަން އަހާބަލަ. ހަހަހަ” ރައިޒެކް ހީލިއެވެ. “ނުކެރޭނެ. އޭނަ އެހުންނަނީނުން ދުވަހަކު ވެސް ބިޓެއް ނުހޯދަން. އާހް. އެންމެ އަވަހަށް ވެސް ކުއްޖަކާ ރައްޓެހި ވާނީ އޭލެވެލް ނިންމާފައޯ” އުޝާ ތުންކޮޅު އޮޅާލިއެވެ. (3 ވަނަ ބައި) “އެހެންވެ ދެން އިންތިޒާރުގެ ގިޓާ ކުޅިލަކުޅިލަ އިނދޭ ހަހަހަ” ރައިޒެކް ދޫނެރެލާފައި ބުނެލިއެވެ. “ހޫން ނިކަން ދިމާ ކޮއްބަލަ. އެލީ ކައިރީ ބުނާނަން ދޮންބެ ވާހަކަ” އުޔައިނާ ފޮނި ވެލާފައި ބުނެލިއެވެ. “އެހެން ވިއްޔާ ދޮންބެ […]
“އެހެންތަ؟ އެހެންވެ ހަމަ ލެސަން ނަގަންވީ އިނގޭ؟ ތައްޔާރުވޭ ހެހެހެ” ހީލަމުން ޒަވުލް ބުނެލިއެވެ. އެވަގުތު މިލްކްޝޭކްތައް އައުމުން އެވަގުތައް އެވާހަކަ ކުރު ކޮއްލިއެވެ. (8 ވަނަ ބައި) “މީރުތަ؟” މިލްކްޝޭކްއިން އެތިކޮޅެއް އެލާރާ ބޯލުމާއި އެކު ޒަވުލް ސުވާލު ކޮއްލިއެވެ. “ހެހެ ލައްބަ. ވަރަށް މީރު” ހިނިތުންވެލަމުން އެލާރާ ބުނެލިއެވެ. “ކޮން ކަހަލަ ވާހަކައެއްތަ ލިޔާ ހިތްވަނީ؟” ޒަވުލް ސުވާލު ކޮއްލިއެވެ. “އަމްމްމް… އެންމެ ގިނައިން ލިޔެ އުޅެނީ ބިރުވެރި ވާހަކަ” އެލާރާ ބުންޏެވެ. “އޯ އެމް […]
މޫނު މަތީގައި އަތްހާކާލި އިރު ނިޝްވާގެ ލުއި ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި ލުއި މިއުޒިކެއް ފަދައިން އިވެމުން ދިޔައެވެ. އެގިސްލުމުގެ އަޑުން ވެސް ނިޝްވާގެ ހިތަށް ތަދުވެފައިވާ ވަރު ދޭހަވެޔެވެ. (2 ވަނަ ބައި) މުސައްލަ މަތީގައި އިނދެ ނިޝްވާ އިރުކޮޅަކު ޤުރްޢާން ކިޔަވާލިއެވެ. ދެން ތެެދުވެ ރީތިވާ މޭޒު ކައިރީ އިން ގޮނޑީގައި އިށީނދެލިއެވެ. އުމުރުން 17 އަހަރުގެ ނިޝްވާ ހީވަނީ ނިކާލްގެ “ކޮޕީ” އެއްހެންނެވެ. ހަމަ އެތުންފަތެވެ. ނިކާލްގެ ތުންފަތް ކައިރީ އިން […]
އަޅުގަނޑު ފުރަތަމަ “ޕްރޯ ސްޓޯރީ” އަކަށް ވާހަކަ ލިޔުނީ 29 ޖޫން 2025 ވަނަ ދުވަހުގައި. އެކަމުގެ ސަބަބުން އަޅުގަނޑަށް ކިޔުންތެރިންގެ ފަރާތުން ނުރުހުން ލިބުންކަން ވެސް އިނގޭ. މިހާ ތަނަށް 4 “ޕްރޯ ސްޓޯރީ” އަޅުގަނޑު ލިޔުނިން. އަޅުގަނޑަކީ “ލާރިއަށް ބޫތު ކައިފައި ހުރި ކުއްޖެއް” ގެ ލަގަބު ވެސް އަޅުގަނޑަށް ލިބުނު. ނަމަވެސް އަޅުގަނޑު “ޕްރޯ ސްޓޯރީ” އަށް ވާހަކަ ލިޔުނީ އުންމީދެއް އޮވެގެން. އެއީ އަޅުގަނޑުގެ ވާހަކަ ފޮތެއް ނެރުން. އަޅުގަނޑުގެ ރަށަކީ މާ […]
(1 ވަނަ ބައި) މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އެހެނަސް ޖައްވުގައި ހޫނު ކަމުގެ އެއްވެސް ހިލަމެއް ނެތެވެ. މުޅި ޖައްވުގައި ވަނީ ތެތް ފިނި ކަމެކެވެ. ވެހެމުން ދިޔަ ބޯ ވާރޭ ވެސް ޔީޝާއާއި އެކު އެހިތާމައިގައި ބައިވެރިވާ ފަދައެވެ. ކަފުން ކޮއްފައި އޮތް ނިކާލާއި ދިމާލަށް ބަލަން ޔީޝާ އިނީ ގަބުވެފައެވެ. އަދިވެސް ނިކާލް ދިޔައީ ކަން އޭނާއަކަށް ގަބޫލެއް ނުކުރެވެޔެވެ. “ނިކާލް ނިޔާވީ ފުއްޕާމޭގެ ކެންސަރުގެ ސަބަބުން…” އަނެއްކާވެސް ޔީޝާގެ ކަންފަތުގައި ޑަކްޓަރުގެ […]
ތުންފިއްތާލެވުނު އިރު ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. އަމިއްލަ މީހާގެ ހުރި ބަދުނަސީބުކަން އިހުސާސްވެ މޭގައި ރިއްސައިގަތީ އިންތިހާއަށެވެ. “ސޮރީ…” އިސްޖަހާލަމުން ލަޝްކާ މަޢާފަށް އެދުނެވެ. “ހުހް! ސޮރީއޯ! ހަނދާން ކުރާތި! މިކަމުގެ ހަސްކާ މިރޭ ކަލެއަށް ފެންނާނެ! ރައްކާވޭ ސުކޫލަށް!” އަމުރު ކޮއްލާފައި ލީރާ ގާތުގައި އިމްރާން އިށީނެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ލަޝްކާ ނިކުމެގެން ދިޔައެވެ. އެ އާއިލާއަށް ނޭނގުނު ނަމަވެސް އެމަންޒަރު ބަލަން ހަތަރުވަނަ މީހަކުވެސް އެތަނުގައި ހުއްޓެވެ… (8 […]
ނިދިފައި އޮތް ޔީޝާއަށް ދެލޯ ހުޅުވާލެވުނީ އިރުގެ ރަންދޯދިތަށް ދެލޮލަށް އުނދަގޫ ކުރަން ފެށުމުންނެވެ. ކޮޓަރި ތެރޭގައި ހުރި ހުރިހާ ބޮތްކެއް ނިވާލާފައި ހުރުމުން، ޖާލި ދޮރުގެ ފޮތީގައި ހުރި ނޫކުލަ މުޅި ކޮޓަރި ތެރޭގައި ވިޔެވެ. މޯޅި އަކަށް ދެމިލާފައި ޔީޝާ ތެދުވެ އިށީނެވެ. ޔީޝާ ކައިރީ އިން އެނދުގައި އޮތް ނިކާލާއި، ނިކާލްގެ މޭމަތީގައި އޮތް އެ ދެމަފިރިންގެ ލޯބީގެ ނިޝާން ފެނި ޔީޝާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ނިކާލްގެ މޭމަތީގައި އެކުޑަ ކުޑަ […]