Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ ޓްރޭލާރ

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 5, 2025 3 Mins Read
16 Comments

~މިވާހަކައަކީ ހިލޭ ކިޔާލަން ލިބޭ ވާހަކައެކެވެ~

ދަންވަރުގެ ވަގުތެވެ. އެހެނަސް އެއްވެސް ހަމަހިމޭން ކަމެއް މަގުތަކަކު ނެތެވެ. ވެހެމުން ދިޔަ ބޯވާރޭގެ އަޑު ސީލިންގު ކޮއްފައި ހުރި ކޮޓަރިތަކަށް ވެސް އެއްވެސް އުނދަގުލެއް ނެތި އިވެމުން ދިޔައެވެ. ޖަހަމުން ދާ ބާރު ގުގުރީގެ ސަބަބުން ވެސް ބިރުން ރޫރޫ އަޅާހާވެޔެވެ. ޖެހެމުން ދިޔަ ވައިތަކާއި އެއްވަރަށް ގަސްގަހާއި ރުއް ރުއް ވެސް ނަށަމުން ދިޔައެވެ.

ދުވެފާ ކޮޓަރިއަށް ވައިން އަންހެން ކުއްޖާގެ ގިސްލުމުގެ އަޑު މެދު ކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލާފައި ދޮރު ކައިރިއަށް ތިރިވެ ރޯން ފެށުނީ ހިތަށް ނުކުޅަދާނަ ވެގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓުގެ ކަރުވަޅު ވީދިފައިވީ އިރު ލައިގެން ހުރި ހަރުވާޅެއް ނެތެވެ. ހަށިގަނޑުގެ އެތަން މިތާގައި ނޫފާގަނެ ރަތްވެ، ދުޅަވެފައިވިއެވެ.

އެގޮތުގައި ރޯން އިންނަތާ 15 ވަރަކަށް މިނިޓް ފަހުން ވެފާ ހުރި ވަރުބައްޔާއެކު އެކުއްޖާގެ ލޮލުގައި ނިދި ޖެހުނެވެ. ދެން ފެނުނީ ކޮޓަރި ޖާލި ދޮރުތަޅާލި މަންޒަރެވެ. ޒުވާން ފިރިހެނެއް ކޮޓަރި ތެރެއަށް ވަނެވެ. އަދި އެއަންހެން ކުއްޖާ އަތްދަނޑި މައްޗައް ލައިގެން ކޮޓަރިން ނިކުތެވެ…

***

ހޮސްޕިޓަލު ތެރެ ވަނީ ހަލަބޮލި ވެފައެވެ. ނަރުހުންނާ ޑަކްޓަރުންގެ ހަރަކާތްތަަށް އަވަހެވެ. މަރުވެފާ އޮތް ޒުވާނާގެ މަރުގެ ފޯމު ފުރަން ތައްޔާރު ވަނީއެވެ. މަރުވެފާ އޮތް މައްޔިތާގެ މޫނު މަތީގައިވީ ވަރުބަލި ކަމެވެ. ދެލޯ ވަނީ ވަޅުވެފައެވެ. ތުންފަތްވަނީ ކަޅުވެފައެވެ. ކޯތާފަތުގައި ހިކިފާ ހުރި ކަރުނަ ހުއްޓެވެ.

މައްޔިތާ އޮތް އެނދާ ތަންކޮޅެއް ދުރުގާ ނަރުހަކު އިށީނދެ އިނެވެ. ގަބުވެފާ އިން އެކުއްޖާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮއްފައި އަންނަމުންދިޔައެވެ. “ޒާލް…” ނަރުސް ކުއްޖަކު ގޮވާލި އަޑަށް އެއަންހެން ކުއްޖާ ބަލާލިއެވެ.

“އަން…” ނަރުސް ކުއްޖާ ދިއްކޮއްލި މަރުގެ ފޯމު ފެނި އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑު ނަގާ ރޯން ފެށުނެވެ. އޭނާގެ މަރުގެ ފޯމު ފުރާނީ ކިހިނެތް ހެއްޔެވެ؟ އެކަން ކުރަން އެހިތަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ ނޫނެކެވެ. އެކަމެއް ނުވާނެއެވެ…

***

“އާހްހްހް ނޫން… ނޫނެކޭ. އަހަރެން އެލާދެކެ ވަރަށް ލޯބިވެޔޭ. އެލާއާ ނުލާ ނޫޅެވޭނެ. ހަމަ މިހާރު އަހަރެންގެ އެލާ އަހަރެން ގާތަށް ގެނޭ” ރޮވިފާ ވާހާލުގައި ފިރިހެން ކުއްޖާ ކުރިމަތީ ހުރި ޑަކްޓަރު ކޯޓުގައި ހިފާ ތަޅުވައިގަތެވެ.

“އެލާ ބުނީ އަހަރެންދެކެ ލޯބިވެޔޭ… ދެން ކީއްވެ…؟ ކީއްވެ ތިިހާ ގޯސްވާންވީ؟” ބިންމައްޗަށް ޖެހިގަންނަމުން އޭނާ ހަޅޭލަވައިގަތެވެ. އެންމެންގެ ނަޒަރުވެސް އޭނާއަށް ހުއްޓިފައި ހުރި އިރު, އެންމެންގެ ލޮލުގައިވެސްވީ ހަމްދަރުދީއެވެ…

***

ދަންވަރުގެ ވަގުތެވެ. ވެހެމުން ދިޔަ ބޯވާރެއާ އެއްރާގުގާ ގުގުރަމުންވެސް ދިޔައެވެ. ޖެހެމުން ދިޔަ ވަޔާއެކު ގަސްތަށް ވެސް ނަށަމުން ދިޔައެވެ. އެފިނި ފިނި ވަގުތުގައި ނިދީގެ ފޮނި މީރުކަން ހާސިލް ކުރުމައިގެން މީހުންތައް ނިދަން ތިބި އިރު ޒުވާން ފިރިހެނެއް ގެޔެއްގެ ޖާލި ދޮރުގައި ޖަހަމުން ރޮމުން ދިޔައެވެ. އެއަޑުގާ ވީވޭން އިވި ހިލަ ހިތެއްގެ ވެރިޔާ ވެސް ހިތް ފިސްފިސް ވާނޭކަން ކަށަވަރެވެ.

“ހެޔޮނުވާނެ… އަހަރެން މި ދުނިޔެއަށް އެކަނި ކޮއްފަ ނުދޭ…” ޖާލި ދޮރުގާ އަނެއްކާވެސް އޭނާ ޖަހާލިއެވެ. ރޮއެ ރޮއެ ކޮޅަށް ހުންނާނެހާ ވަރުވެސް އޭރު އޭނާގެ ހަށިގަނޑުގާ ނެތެވެ. “އަހަރެން ބޭނުމެއް ނޫން ތިކަހަލަ އަނިޔާވެރި އާއިލާއެއްގެ މީހަކާ އެކު އުޅޭކަށް. އަހަރެންގެ ދިރިއުޅުމުން ފެއްސިގެން ދޭ” ކޮޓަރި ތެރެއިން އަންހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ. ރުޅިވެރި ކަމާ އެކު އެހެން ބުނި ނަމަވެސް އެދެލޮލުގާވީ ކަރުނައެވެ…

***

“އަހަރެން އޭނާ ހޯދާނަން! ދުވަހަކުވެސް އޭނާއަށް ހަމަ ޖެހިލާގެން ނޫޅެވޭނޭ” އެޒުވާނާ ކޮޅަށް ތެދުވަމުން ބުނެލިއެވެ. “ސާރ. ބެލެވޭ ގޮތުން ސީރިޔަލް ކިލާރ ކޭސް، އަދި ކިޑްނެޕިން ކޭސްގަ ވެސް މިއުޅެނީ ހަމަ އެކަކު” ފުލުސް ކުއްޖަކު އިތުރު ކޮއްލިއެވެ.

***

“ކީއްވެތަ ތިހެން ތިހަދަނީ؟ ކީއްވެތަ؟ އިންސާނުންނަށޭ ކުށްވެސް ކުރެވޭނީ…” އޭނާ ހިނގައިގަންނަން އުޅުމުން އަންހެން ކުއްޖާ އޭނާގެ އަތުގާ ހިފިއެވެ. “ދޫކުރޭ” އަޑަށް ރުޅިވެރިކަން އިތުރު ކޮއްލަމުން އޭނާ ބުންޏެވެ. އޭރު ރެސްޓޯރެންޓުގާ ތިބި އެންމެންގެ ނަޒަރުވެސް އެދެމީހުނަށް ހުއްޓިފައިވިއެވެ.

“ކީއްވެ؟ ތި ދެލޮލުން މަށަށްޓަކާ ލޯބި ފެނޭ އެބަ. ދެން ކީއްވެ އެހެން ނުބުނެވެންވީ؟ ކީއްވެ؟” އަންހެން ކުއްޖާ އޭނާގެ ކުރިމައްޗަށް އަރަމުން ސުވާލު ކުރިއެވެ. “ދެން؟؟؟ ކޮބާތަ މައްސަލައަކީ؟ އަހަރެން ލޯބިވާނީ އަހަރެން ލޯބިވާން ބޭނުން މީހެއްދެކެ. އަހަރެން ކަލޭދެކެ ލޯބިވީން. އެލޯބީގަ ކޮޅުފައިން ޖެހީ ކާކު؟ ކަލޭ! ހަމަ ކަލޭ! ދުވަހަކުވެސް އަހަރެންގެ ހިތް ކަލެއަކަށް ހެވެއްނުވާނެ. އަހަރެންގެ ހިތުގަ ކަލެއަށްޓަކާ ވީ ލޯބި މަންމަން ވެއްޖެ!”

***

އެ އަންހެން ކުއްޖާ އަކީ ކާކު ބާއެވެ؟

އެ އަންހެން ކުއްޖާ ގޮވައިގެން އެދިޔައީ ކާކު ބާއެވެ؟

މަރުވެފާ އޮތް މައްޔިތާއަކީ ކާކުބާއެވެ؟

އެނަރުސް ކުއްޖާއާ އޭނާއާ ހުރި ގުޅުމަކީ ކޮބާބާއެވެ؟

އެފިރިހެން ކުއްޖާ އެރޮނީ ކީއްވެބާއެވެ؟

އެއަންހެން ކުއްޖާއާ ފިރިހެން ކުއްޖާގެ ހުރި ގުޅުމަކީ ކޮބާ ބާއެވެ؟

އަންހެން ކުއްޖާގެ ކޮޓަރި ޖާލި ދޮރުގާ ޓަކި ޖަހަނީ ކާކުބާއެވެ؟

“ސީރިޔަލް ކިލާރް” އާއި “ކިޑްނެޕާރް” އަކީ ކާކުބާއެވެ؟

އަންހެން ކުއްޖާދެކެ އޭނާ ނަފްރަތް ކުރަން އޭނާއަށް ކުރެވުނު ކުށަކީ ކޮބާބާއެވެ؟

މިސުވާލު ތަކުގެ ޖަވާބު ހޯދެއްވުމަށް އަޅުގަނޑުގެ 13 ވަނަ ދިގު ވާޙަކަ “ވާތީ ހިތަކު ލޯބި މަންމަން ވެފާ” އަށް އިންތިޒާރު ކޮއްލައްވާ…! މިވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނޭ ކަމަށް އުންމީދު ކުރަން ♡

~އިންޝާ ﷲ މިވާހަކައިގެ ފުރަތަމަ ބައި ނޮވެންބަރު 11 ވަނަ ދުވަހު ކިޔާލަން ލިބޭނެ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މާސްކު (ޕާޓް 26)

Next

އެދިގެން ކަލާ ލިބޭތޯ 20

Next
November 5, 2025

އެދިގެން ކަލާ ލިބޭތޯ 20

Previews
November 5, 2025

މާސްކު (ޕާޓް 26)

16 Comments!

  1. Your fav bab Your fav bab says:
    November 5, 2025 at 1:43 pm

    Alheyy cover pic haadha lovely ey💗💗💗
    Dark romance + thriller + enemies to lovers!!!!!! My fav type of storiesssss!
    Trailer hama habeyss👏👏
    Varah furihama Maashaa Allah!
    k I’ve already predicted that this will top my favs!
    It fees like u trapped me in a box of questions with no answers😂😂😂
    Waiting impatiently for the first part
    Lysssm💗💗

    1. shihaamaa ali shihaamaa ali says:
      November 5, 2025 at 2:13 pm

      Hehe jazaakallah khairan your fav bab 💕 even i myself am in love with the cover pics i chose for the story..
      Hehe same gurll.. you will love this story ehn vihya hehe.. hehe hmmmm hurihaa suvaalehge javaabu libeyne story nimumuge kurin in sha allah
      First part on 11.11 stay tuned
      Lyyt

  2. shihaamaa ali shihaamaa ali says:
    November 5, 2025 at 2:18 pm

    In sha allah ep1 11.11.25 vana dhuvahu mendhuru 12 jahaa iru.. stay tuned @all 🫶🏻

  3. Aanaa says:
    November 5, 2025 at 3:35 pm

    Masha allah mi trailer vss vrrhh reethiii
    💯💯💯sureee mi vhk vs reethi vaanekan
    Ehaa curious kohfa trailer vs enimuny,,,anehkaa vs eyna eh dhwww,, amilla akh hyva goi balaa iru it doesn’t make sense😫
    Curiously waiting
    Shihaaa vehje kuda kuda kmh kohla dheyn…willl mail uu
    Lyyy🫶🏻

    1. shihaamaa ali shihaamaa ali says:
      November 5, 2025 at 9:01 pm

      jazaakallah khairann Aanaa… hehe jazaakllah khairan.. 🤣🤣🤣my stories ga there is always a “eyna”
      okay mail
      lyt

  4. darkqueen38 darkqueen38 says:
    November 5, 2025 at 6:36 pm

    Varah reethi waiting for first part,
    Is this a pro story or not?

    1. Anonymous says:
      November 5, 2025 at 7:57 pm

      It is not a pro story

    2. shihaamaa ali shihaamaa ali says:
      November 5, 2025 at 9:01 pm

      jazaakallah khairann darkqueen38 stay tuned
      no, this is a free story

  5. Maash Maash says:
    November 5, 2025 at 10:25 pm

    Heyy shiherr
    Trailer vrh vrh vrh reethi maasha allah.. I’m sure siher ge ehe stories hen mi vhk vx reethi vaane kan.. Lyssm💜

    1. shihaamaa ali shihaamaa ali says:
      November 6, 2025 at 11:23 am

      Heyyy marshh.. hehe i hope you will love it.. lyymmm❤️

  6. Cherry 🍒 says:
    November 6, 2025 at 4:37 am

    Heyy Chiherr ✨💝
    The trailer is so so beautiful You’re So intelligent You have strength, confidence, dedication, determination….Hope that you will fulfill my wish 💞✨Bx it’s your opinion Anyways ,I am so so curious about the part 1

    1. shihaamaa ali shihaamaa ali says:
      November 6, 2025 at 11:24 am

      Heyyy cherryyy.. hehe yess jazaakallah khairan.. yes in sha allah i will.. stay tuned for 11.11

  7. ފަޒޫ says:
    November 7, 2025 at 8:29 pm

    intresting.. varah reethi vaane hen heevey.

    1. shihaamaa ali shihaamaa ali says:
      November 8, 2025 at 7:57 am

      Jazaakallah khairan fazuu.. ummeedhu kuran kamudhaane kamah🫶🏻

  8. Alaaxxy says:
    November 9, 2025 at 10:38 am

    Omgaad thi is so curious..😭
    Can’t wait for first ep its really interesting
    Masha Allah I love ts story 💗

    1. shihaamaa ali shihaamaa ali says:
      November 9, 2025 at 10:56 am

      Jazaakallah khairan Alaaxxy🫶🏻
      Stay tuned for episode one in sha allah maadhamaa noon aneh dhuhu mendhuru baara jahaairu kiyaalan libeyne

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 1←


All Right Reserved!