ރުޅި އައިސްފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނިޔާލާއި ދިމާލަށް ބަލަން ޔަލީޝާ އެނދު މަތީގައި އިނެވެ. “ދަރިފުޅު އަޅެ މަންމަ ގާތުގަ ބުނެބަލަ. ޔީޝާ ނިކާލަށް ކައިވެނި ކޮއްގެން ދަރިފުޅު ކީއްވެ ތިހާ ރުޅި އަންނަނީ؟ ޔީޝާއާ ދަރިފުޅު ގުޅުމެއް އޮވޭތަ؟ މަންމައަށް ކިޔާ ދީބަލަ” ޔަލީޝާ އެދުނެވެ.
“މަންމާ. ބުނީމޭނުން އަހަރެންނަށް އަންހެން ކުއްޖެއް ކަމުދާ ވާޙަކަ؟ މާލެ ގޮސް އައި ފަހުން އެކުއްޖާ ގެއްލުން ވާހަކަ؟ އެއީ ޔީޝާއޭ” ނިޔާލް ބުނެލިއެވެ. ޔަލީޝާ ވެސް ދެލޯ ބޮޑު ވިއެވެ. “މިއޮށް ބޮޑު ދުނިޔެއިން ނިކާލަށް އެނޫން މީހަކާ އިންނަން ނޭނގ�
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






