ގެއިން ނިކުން ނިޔާލް ޝިވާއާއި ދިމާލަށް ބަލައިލިއެވެ. އެދެލޮލުގައި ވީ އަނގުރު އަލިފާނެވެ. އެހެންނަމަވެސް ޝިވާގެ ތުންފަތުގައި ވީ ފުރިހަމަ ހިނިތުންވުމެކެވެ. މިއަދު ޝިވާ މިނިވަން ވީއެވެ. ޝިވާއަކީ މިއަދު މިނިވަނެކެވެ. އަދި ޝިވާގެ ހަނު ހުރުމުގެ ސަބަބުން ނާއިންސާފުގައި މަރުވި އެންމެނަށް އިންސާފު ލިބޭ ދުވަހެވެ.
ސުވާލު ކުރާ ކޮޓަރީގައި އިން ނިޔާލްއާ ދިމާލަށް ބަލަން ނިކާލް އިނެވެ. ޕޮލިހުގައި އެހާ ގިނަ ދުވަހު އުޅުނު ނަމަވެސް ދުވަހަކު ވެސް އެއްބަނޑު އެއްބަފާ ބޭބެ ތަހުގީގު ކުރަން ޖެހިދާނެ ކަމަކަށް ނިކާލް ހިޔެއް ނުކުރެޔެވެ. މިއީ ނިކާލްގެ ދ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






