Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރިމަވީމޭ 15

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 28, 2025 3 Mins Read
7 Comments

ކޮޓަރިތެރޭގާ އޮތް ރިއާނާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮށްފައި އަންނަމުން ދިޔައެވެ. މިއަދު އޭނާއަކީ އެކަނިވެރިއެކެވެ. ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޔޫއާ ކައިރީ ބުނަންވީ ހެއްޔެވެ؟ މިކަމުގެ ސަބަބުން އޭނާ އެކުވީ އެކުވެރިކަމައް ބުރޫއަރާފާނެ ހެއްޔެވެ؟ ހުސް ޖަވާބެއް ނެތް ސުވާލެވެ. “މިއީ ކައިގެ ހިތްހަލާކު ކޮއްލުމުގެ ޝަޒާތަ؟” ތުންފިއްތާލަމުން ރިއާނާ ބުނެލިއެވެ.

(15 ވަނަ ބައި)

އިޔާލް ނިކުމެގެން ދިޔުމުން އުނދަގޫ ގޮތަކަށް ބާލިސް ދަށުގާ އޮތް ފޯނު ލަޔާލީ ނެގިއެވެ. އަވަސް އަވަހަށް ފޯނުން ކޮންމެވެސް މީހަކައް ގުޅާލިއެވެ. އޭނާގެ ހަރަކާތްތައް އަވަސް ކަމުން ހީވަނީ މީހަކަށް އޭނާ ކުރާ ކަމެއް ފެނިދާނެތީ އުޅޭހެންނެވެ. “ހަލޯ؟”

“ކޮބާ ކިހިނެތްވީ؟” އެކޮޅުން އަހާލިއެވެ. “ޒިން… އޭނަ މިކަން ގަބޫލު ކޮއްފި. މިއީ އޭނާގެ ދަރިއެއްކަމަށް ގަބޫލު ކޮއްފި” އުފަލާއެކު ލަޔާލީ ބުނެލިއެވެ. “ހެހެ އެހެންތަ؟ ތިވީނުން؟ ހާސް ނުވޭ. އަހަރެމެންގެ ގުޅުން އޮންނާނީ ހަމަ ވަންހަނާވެފަ. ދެން އިޔާލްއަށް ޖެހޭނީ ލަޔާ ވިހުމުން ލަޔާ ވަރިކުރަން. ތިއީ މަގޭ ހައްގެއް. ހެހެހެ” އެކޮޅުން ފައިޒިން ބުނެލިއެވެ.

“އޮފްކޯސް. އޯލްވޭސް އެންޑް ފޯރްއެވާރ ޔުއާރސް” ލަޔާލީ އުފާވެލާފައި ބުނެލިއެވެ.

“ސޯސަން” ގޭ ކުރިމަތީގާ ހުއްޓިގެން ހުރި އިޔާލް ފުންނޭވާއެއް ދޫކޮއްލިއެވެ. ބަރުހެލި ފިޔަވަޅު ތަކެއްގާ އޭނާ އައިނަމަވެސް މިހާރު އޭނާ އެހުރީ އެކަން ކުރަން ނުކެރިފައެވެ. އެއީ ކީއްވެ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އެކަން ކުރާނެޔެވެ. ހަލުވި ފިޔަވަޅު ތަކެއްގާ އެތެރެއަށް ވަނީ އެހެންވެގެންނެވެ.

ގެއަށް ވަނުމާއެކު އިޔާލްގެ ކަންފަތުގާ ޖެހުނީ ހިންދީ ޑްރާމާއެއްގެ އަޑެވެ. އެއިވެނީ ކާކު ބަލާ އެއްޗެއްގެ އަޑުކަން އޭނާއަށް އެނގެޔެވެ. ލުއި ފިޔަވަޅު ތަކެއްގާ ގޮސް އެތެރެއަށް ވައިން އިރު ސޯފާގާ އޮށޯވެގެން މެދުއުމުރުގެ އަންހެނަކު އޮތެވެ.

“އަސްތާ؟ ދަރިފުޅާ؟ އަވަހައް އާދޭ” އިޔާލް ފެނުމުން ލީނާ ޓީވީ ނިވާލިއެވެ. “ކޮބާ ދަރިފުޅު ކިހިނެތްތަ؟ ކޮބާ ލަޔާލީ؟” އިޔާލް އައިސް ސޯފާގައި އިށީނުމުން ލީނާ ވާހަކަ ދައްކަންފެށިއެވެ،

“ލަޔާވީ ގޭގަ. މަންމަ ކައިރީ ވާހަކައެއް ދައްކާލަންވެގެން މިއައީ” އިތުރައް ވާހަކަ ދިގު ނުދަންމާ އިޔާލް ބުނެލިއެވެ. “ހޫނ. ކިޔާބަލަ”

“ލަޔާ ބަނޑުބޮޑު” އިޔާލް ބުނެލިއެވެ. “ނާހަމަތެދެއް؟ އަލްހަމްދުލިއްލާހި” ލީނާ އުފަލުން ފުމެން ފެށިއެވެ. “އެކަަމަކު ލަޔާ ބޭނުންވަނީ ކުއްޖާ ވައްޓާލަން…” ދުރުބަލާލަމުން އިޔާލް ބުނެލިއެވެ.

“އޭނ؟ ކީކޭ؟” ހިނދުކޮޅަކަށް ލީނާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއް ތެރޭގައި އެ އިހުސާސް ފިލައިގެން ދިޔައެވެ. “އެއީ ލަޔާލީގެ ގޮތް. އަހަރެންވެސް ބޭނުންވީ ކަމެއްނޫންއެއީ ބަނޑުބޮޑުވުން. ސަބަބަކައްވީ ހަށިގަނޑު ހަޑިވާނެތީ. އެހެނެއް ނޫންތަ ބުނީ؟” ލީނާ އަހާލިއެވެ.

“އެހެންބުނީ…” އިނގިލިތަކާ ކުޅެން އިނދެ އިޔާލް ބުނެލިއެވެ. “ހޫމް. އަހަރެންވެސް ހަމަ އެހެން އުޅުނީ. އެކަމަކު ލަޔާލީ ލިބުމުން ލަޔާލީއަށްޓަކާ މިހިތުގާ ލޯބި އުފެދުނު. އެހެންވާނެ ލަޔާލިއަށްވެސް އިންޝާ ﷲ ދަރިފުޅު ކެއްކުރޭ” ލީނާ ބުނެލިއެވެ. “އޯކޭ…” ބޯޖަހާލަމުން އިޔާލް ގެއިން ނިކުމެގެން ދިޔައެވެ.

ގެއިން ނިކުމެ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް މެއަށް ފިތޭހެން ހީވަނީއެވެ. މޭގާ ފިރުމާލަމުން ކައިރީ އިން ސައިކަލުގާ އިށީނދެވުނީ އެހެންވެގެންނެވެ. “ލަޔާ… ޕްލީޒް… ވެދާނެއްނުން މިއީ އަހަރެމެންގެ ގުޅުން ރަނގަޅުވުމަށް ފެނުނު މަގެއް ކަމައްވެސް؟” ހިތާހިތުން އިޔާލް ބުނެލިއެވެ. ސައިކަލުގާ ހަމަޖެހިލަމުން އޭނާ ދެލޯ މަރާލިއެވެ. ކުލަ ނޫންކޮއް ސިފަވަމުން ދިޔަ އެމަންޒަރުގާ ކުލަ ޖައްސާލާށެވެ.

***3 އަހަރު ކުރިން***

“ސޯސަން” ގޭ ކުރިމަތީގާ ހުރި އިޔާލްގެ މޫނުގައި ހާސްކަންވިއެވެ. ދެތިންފަހަރަކު ގެއަށް ވަންނަންވެސް ފިޔަވަޅެއް އަޅައިފިއެވެ. އެހަނަސް ކުރިއަށް ދާން ނުކެރިގެން އަނެއްކާވެސް ފަހަތައް އެނބުރެވެނީއެވެ.

“އިޔާ؟” ފަހަތުން އިވުނު ލަޔާލީގެ އަޑު އިވި އޭނާ ސިހުނެވެ. “ލަޔާ؟ ހޭ؟ ކޮންތާކައް؟” ހަމަޖެހިލަމުން އިޔާލް އަހާލިއެވެ. “މިދަނީ އިނގުރުކޮޅެއް ގަނެލަން. އިޔާ ކީއްތިކުރަނީ؟” ލަޔާލީ އަހާލިއެވެ.

“މިއައީ ފޫހިވެގެން. ލަޔާއާ އެކު ފިލްމެއް ބަލާލަން ކަމަށް…” އިޔާލް ބުނެލިއެވެ. “ހެހެ އެހެންތަ؟ ވަދޭ އެތެރެއަށް. މަންމައާ ބައްޕަ އެބަ ތިބި ސިޓިންގރޫމްގަ. އަންނާނަން އިނގޭ ވަރަށް އަވަހައް” ހިނގައިގަންނަމުން ލަޔާލީ ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިޔާލް އެތެރެއަށް ވަނެވެ.

ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ދިމާވީ ލަޔާލީގެ ބައްޕަ މުހައްމަދުއާއެވެ. “އަސްތާ؟ އިޔާލް؟ އަވަހަށް އާދޭ” މުހައްމަދު ހިނިތުންވުމަކާއެކު ބުނެލިއެވެ. “ލަޔާލީ އެދިޔައީ ފިހާރައަކަށް”

“މިއައީ… ވާޙަކައެއް ދައްކާލަން. ލަޔާގެ ބައްޕަމެންނަށް” އިޔާލް ލަދުން ހުރެ ބުނެލިއެވެ. “ހެހެ އެހެންތަ؟ ވަދޭ ވަދޭ” މުހައްމަދު އިށީނެވެ. އޭރު ލީނާވެސް ސޯފާގައި އިނެވެ.

“މަންމާ… ބައްޕާ… އަޅުގަނޑު ބޭނުން… ލަޔާއާ ކައިވެނި ކުރަން… ބައްޕަމެންގެ ދަރިފުޅު އަޅުގަނޑައް ހަވާލު ކޮއްދީފާނަންތޯ؟ އަޅުގަނޑު ވަރަށް ލޯބިވޭ ލަޔާދެކެ…”

***

ދެލޯ މަރައިގެން އިން އިޔާލް ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ލަޔާލީ ކަމުން އަވަސް އަވަހަށް ފޯނު ނެގިއެވެ.

“ދަރި ވައްޓާލާކައް ކަލޭ ބޭނުމެއް ނޫން. އެކަމަކުވެސް މަގޭ އަތްފައި ބަނދެފަ ކާންވެސްނުދޭންތަ ތިހުރީ؟ ބަނޑުހައި ވެގެން ދެލޯ އަރާއެބަ” ލަޔާލީ ރުޅިވެރި އަޑާއެކު ބުނެލިއެވެ.

“މި.. މިދަނީ… ކޯއްޗެއް ގެންގޮސް ދޭންވީ؟” އިޔާލް ސައިކަލުގައި ހަމަ ޖެހިލިއެވެ. “ގެނޭ ބަޖިޔާ ކޮޅަކާ ސޮސެޖް ރޯލްސްއާ” އެހެން ބުނެ ލަޔާލީ ފޯނު ބޭއްވިއެވެ. އަވަސް އަވަހަށް އިޔާލް ސައިކަލު ދުއްވާލިއެވެ.

ކޮލެޖް ނިންމާފައި ގެއަށް ދިޔަ ޔޫއާ ދިޔައީ ރިއާނާ ގާތުގާ ތަފާތު އެކި އެކި ވާހަކަ ދައްކަމުންނެވެ. އެހެނަސް އިޔާލްގެ ޙިޔާލުގާ ޤަރަގުވަމުން ދިޔަ ރިއާނާއަކަށް އޭނާ ދައްކާ ވާހަކަ އިވޭހެންނެއް ހިޔެއް ނުވެއެވެ.

“ރިއާ؟ ކިހިނެތްވެފަތަ؟” ރިއާނާގެ އަތުގާ ކޮއްޓާލަމުން ޔޫއާ އަހާލިއެވެ. “ކަމެއް ނުވޭ…” ދުރުބަލާލަމުން ރިއާނާ ބުނެލިއެވެ. “ހީވަނީ ވަރަށް ބޮޑު ކަމަކާ ވިސްނާހެން…” ރިއާނާގެ މޫނުމަތީގާވީ އިހުސާސްތައް ދެނެގަތުމައް މަސައްކަތް ކުރަމުން ޔޫއާ ބުނެލިއެވެ. “ޔާ… ކުޑަ ކަމަކަށް… ފަހުން ބުނާނަން” ރިއާނާ ބުނެލިއެވެ. “އޯކޭ… އިނގޭތަ؟ ރިއާ ޔޫ އާރ ގޮނަ ބީ އަ އާންޓީ” ޔޫއާ ހީލަމުން ބުނެލިއެވެ. ރިއާނާ ދެލޯ ބޮޑު ކޮއްލަމުން ޔޫއާއާ ދިމާލަށް ބަލައިލިއެވެ.

“ވަޓް؟ ޔޫއާރ ޕްރެގް؟” ޔަގީން ކޮއްލާފަދައިން ރިއާނާ އަހާލިއެވެ. “ޔެސް… 2 މަންތްސް” އުފާވެލާފައި ޔޫއާ ބުނެލިއެވެ. “ޔޭ އަލްހަމްދުލިއްލާހި.” ރިއާނާ އުފަލުން ފުމެން ފެށިއެވެ.

ރިއާނާ ގެއަށް ދިޔުމުން ޔޫއާ ވެސް ދިޔައީ ގެއަށެވެ. ލިފްޓައް އަރަން ދިޔަ ޔޫއާއަށް ފެނިގެން ދިޔަ މަންޒަރުން ހިތުގާ ރިއްސާލީ އިންތިހާއަށެވެ. ކައިރީ ހުރި ތަނބުގާ އަތް ޖައްސާލެވުނީ ވެއްޓެން އުޅޭހެން ހީވުމުންނެވެ.

(ނުނިމޭ)

ސޯޅަވަނަބައިގެ ތެރެއިން:

“ކިހިނެތް އަހަރެން ތިކަން ގަބޫލު ކުރާނީ؟ ހުރިހާ ގޮތަކުންވެސް ބުނެވޭނީ ކަލޭ މަށަށް ބޭވަފާތެރިވީއޭ” ދެލޮލުން ކަރުނަ އަންނަ ހާލުގާ އޭނާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އާއެކޭ ލޯބިވޭ… އެގާރަވަނަބައި ( ކައިވެނީގެ މުހިންމު ކަންކަން ނިމިގެންދިއުން)

Next

މަގޭ ރަންކޮޅާ 1

Next
October 28, 2025

މަގޭ ރަންކޮޅާ 1

Previews
October 28, 2025

އާއެކޭ ލޯބިވޭ… އެގާރަވަނަބައި ( ކައިވެނީގެ މުހިންމު ކަންކަން ނިމިގެންދިއުން)

7 Comments!

  1. shihaamaa ali shihaamaa ali says:
    October 28, 2025 at 2:29 pm

    Salaam kiyuntherin…
    I have a lot of collage works these days I have been very busy.. thats why the episodes are a bit short, and i am sorry abt that.. the episodes are 600+ words.. i will write them longer when the works are done.. hope u all understand
    ly🫶🏻

    1. Er says:
      October 29, 2025 at 12:17 pm

      yeeaauh it’s absolutely fine💗
      Lym

    2. shihaamaa ali shihaamaa ali says:
      October 29, 2025 at 2:10 pm

      Jazaakallah khairan for understanding🥰

  2. Aanaa says:
    October 28, 2025 at 9:16 pm

    Masha allah mi part vs vrh reethi
    Sooo layaaly preg evii ehn myhehge dhari akh dhwww??? Ekm kaaku???
    Riana vs nuvaane kaishaan kahala rangalhu myheh libifa huhta myhehge firiaka vgn ulheykah
    Koachehh yooo ah e fenuny??? Eyna aky yoo tha nuny iyaal tha???soo curious when next??? Ly🫶🏻

    1. Cherry 🍒 says:
      October 29, 2025 at 1:27 pm

      Maasha Allah 🤍🥹
      I am so so emotional after reading it Maybe Nikyan might be cheating on Yoa Coz she was having unexpected feeling at that moment I think she might faint Anyways,I am so so curious Shiherr ✨You’re so so intelligent When’s next ?

    2. shihaamaa ali shihaamaa ali says:
      October 29, 2025 at 2:11 pm

      Jazaakallah khairan dearr
      Hmmmm🤔 keke lets see dhww..
      Jazaakallah khairan Cherry🥹 may allah bless you❤️
      In sha allah on friday

    3. shihaamaa ali shihaamaa ali says:
      October 29, 2025 at 2:10 pm

      Jazaakallah khairan dear
      Keke more details annaane fahun
      Yess dhw..
      Hehe next ep ga ingeyne.. next in sha allah on friday lyt

Comments are closed.

Next Episodeވަފާތެރިމަވީމޭ 16 (ފަހުބައި)←


All Right Reserved!