“ކާކު؟ ނުވޭ އެކަކުވެސް ލޯތްބެއް!” އެލްވީން އަނެއްކާވެސް ބުނެލިއެވެ. ބާރު ބާރަށެވެ. އެ އަޑުގައިވީ ވޭނުގެ އަޑު އިވި ހުޒާންގެ ހިތް ފިސް ފިސް ވިއެވެ. “އަހަރެން މިއީ ހަމަ އެހާ ބޭކާރު މީހަކީތަ؟” ހުޒާންގެ އަޑު އިވުނީ ކެނޑި ކެނޑިގެންނެވެ. “އަހަރެން ވީންދެކެ ވަރަށް ލޯބިވޭ…” ހުޒާން މަޑު މަޑުން ބުނެލިއެވެ. މަޑު މަޑުން އިން އެލްވީން ކުއްލިއަކަށް ހުޒާން ކޮއްޕައިލިއެވެ.
“ހަހަ އެހެންތަ؟ ‘ވަރަށް ލޯބިވޭ’ ތިއީ އެއްވެސް އިތުބާރެއް ހިފާ ޖުމުލައެއް ނޫން. މަށަކީ ދަރިން ނުލިބޭ މީހެއް. ކަލެއަށް މަށާއި އެކީ އުޅެވޭނެތަ؟ އޭނ؟؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






