ކިޔުންތެރިންގެ ސަމާލުކަމަށް
އައްސަލާމު އަލައިކުމް ކިޔުންތެރިން…
ކިޔުންތެރިންގެ ހާލު ރަނގަޅުވާނޭ ކަމަށް އުންމީދު ކުރަން. ޖެނުއަރީ 15 ވަނަ ދުވަހުގައި އަޅުގަނޑު ބަލިވެގެން މިދުވަސްކޮޅު ވާހަކަ ނުލިޔެވޭނެ ވާހަކަ އަޅުގަނޑު ވާނީ ކިޔުންތެރިންނަށް ހިއްސާ ކޮއްދީފައި. އަދި ހަމަ އެހެންމެ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުގައި އަޅުގަނޑު މި ހަފްތާގައި “ވާތީ ހިތަކު ލޯބި މަންމަންވެފާ” އަލުން ގެނެސްދޭން ފަށާނެ ވާހަކަ އަޅުގަނޑު އިންސްޓަގްރާމްގައި ބުނެލާފައިވާނެ. ނަމަވެސް ހިތާމައާއި އެކު ބުނެލަން އޮތީ އަނެއްކާ ވެސް ވާހަކަ ލަސް ވާނެވާހަކަ 🥲
އަޅުގަނޑުގެ ބަލި ހާލަތު އަދިވެސް މުޅިން ރަނގަޅު ނުވޭ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަޅުގަނޑަށް ވަރަށް ބޮޑެތި އުނދަގޫ ތަކެއް މިދުވަސްކޮޅު ވަމުން އެބަދޭ. އަޅުގަނޑު ދަންނަ ކުއްޖަކަށް ނަމަ އަޅުގަނޑު ހިކި އަނަރޫފަ ވީ ވަރުންވެސް އެކަން އެނގިގެން ދާނެ. އަޅުގަނޑަށް އުނދަގޫ ކުރަމުން ދާ ޙިޔާލު ތަކުގެ ސަބަބުން ވާހަކަ ލިޔުން ވަނީ އަޅުގަނޑަށް ވަރަށް އުނދަގޫ ކަމަކަށް. “ވާތީ ހިތަކު ލޯބި މަންމަންވެފާ” ގެ 15 ވަނަ ބައި ލިޔަން އަޅުގަނޑު މަސައްކަތް ކުރާތާ މިހާރު 2 ހަފްތާ ވަނީ. އަދިވެސް 200 ބަސް ހަމަ ނުކުރެވޭ. އެހާ ހިތްވަރެއް އަޅުގަނޑުގެ ހިތަކު ހަށިގަނޑަކު ނުހުރޭ…
އަޅުގަނޑު ލިޔަމުން ދާ “ޕްރޯ ސްޓޯރީ” ގެނެސްދޭތީވެ އެކަމާއި މެދުވެސް ކުދިންގެ ހިތުގައި ސުވާލު އުފެދިދާނެ. “ޕްރޯ ސްޓޯރީ” އަޕްލޯޑް ކުރަން ފެށުމުގެ ކުރިން އަޅުގަނޑުމެން ވާހަކަ އެކީ ލިޔެ ނިންމާފައި އެޑްމިންއަށް ފޮނުވަން ޖެހޭ. އަދި ކަނޑައަޅާ ދުވަސްތަކުގައި ވާހަކަ ނެރުން އެއީ މަޖުބޫރު ކަމެއް. ނަމަވެސް އެވާހަކަ ކިޔާ ކުދިންނަށް ފާހަގަ ވެދާނެ މިހާރު ބައެއް ދުވަސްދުވަހު އެއްދުވަހަށް ނަމަވެސް އެވާހަކަ ވެސް ލަސްވޭ. އެކަމަށް ވެސް ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މަޢާފަށް އެދެން.
ހުރިހާ ވާހަކައެއް މިހާ ޕަބްލިކްކޮށް ކިޔައިދޭކަށް އަޅުގަނޑު ނެތިން. ނަމަވެސް ކިޔުންތެރިންނަށް އަޅުގަނޑުގެ ހާލަތު ގަބޫލު ކުރެވޭނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑަށްޓަކައި ހެޔޮ ދުޢާ ކޮއްދޭނެ ކަމަށް އުންމީދު ކުރަން. ކެއްތެރިކަމާއި އެކު އަޅުގަނޑުގެ ވާހަކައަށް އިންތިޒާރު ކުރާނޭ ކަމަށް ވެސް އުންމީދު ކުރަން. އަދިވެސް އެއްފަހަރު ވާހަކަ ލަސްވާތީވެ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މަޢާފަށް އެދެން…
12 Comments!
Comments are closed.







Hope to see next soon
In sha allah soon🩶
Get well soon
Jazaakallah khairan dearrr🩶
shafakallah dear
Jazaakallah khairan dearrr🩶
Shafaakallah darl…
May Allah bless you with speed recovery💕
You don’t have to be worried or sorry for this! Konme insaanakee ves abadhu eh gothakah hunnaane meeheh noon. Bali vaa dhuvas kolhu thah ves annane but that’s not the point. Instead you should take better care of yourself and absolutely no stress!
Shierr akee v.strong kujjeh kan ik. And I know, konme hen shier ves beynun nuvaane kan vhk delay kuran. But haalathu than nudheythee break eh negeekan I understand.
Don’t pressure your self! everything will be alright IA
But I really miss your stories 😔
Waiting impatiently for the day you’ll be back, way healthier and stronger😌
Ly💗 AND TC
Jazaakallah khairan dearrr🩶
This is sooo sweettt i litterly cried after reading this comment🥺🩶 biggggggg jazaaakallah khairan dearrr may allah bless you🥺🩶 in sha allah next soon.. stay tuned ilyt🩶
Shafakillah..
Get well soon… May allah ease your pain and give you a better life!
Jazaakallah khairan dearrr🩶
Aameen, may allah make everything easier for you, too 🩶
Shafakallah❤️
Jazaakallah khairan dearrr🩶