ގެއިން ނިކުން ދާލިޔާ ފެނި އެލްވީންގެ ހިތުގައި ހަސަދަ އުފެދުނެވެ. ދާލިޔާއަކީ ރީތި ކުއްޖެކެވެ. އެލްވީންއަށް ވުރެ ކިތަންމެ ގޮތަކުން ރީއްޗެވެ. ހިތުގައި ޖެހުނެވެ. އޭނާގެ ހުރި އުނިކަމެއްގެ ސަބަބުން ކައިވެނި ރޫޅި ދިޔުމުން އަމިއްލަ ހާލާއި މެދު ޝަކުވާ ކުރެވުނެވެ. ދާލިޔާއަށް އައްޒަ އަޅާލާވަރު ފެނިފައިވެސް އެލްވީންގެ ހިތުގައި ރިއްސާލިއެވެ. އެލްވީން “ޕީ.ސީ.އޯ.އެސް” ހުންނަކަން އެނގުމުގެ ކުރިން އޭނާއާއި އެކުވެސް އައްޒަ އުޅުނީ އެހެންނެވެ. ނަމަވެސް މިހާރު… (17 ވަނަ ބައި) އާއިލާއަށް އަލްވަދާއު ކިޔާފައި […]
އަތިރިމަތީގައި ހުރި ބެންޗެއްގައި އިށީންނަމުން ނިޝްވާ ފިނި ނޭވާއެއް ދޫކޮއްލިއެވެ. ދުވަަހަކީ ވާރެ ނުވެހުނަސް ތަންކޮޅެއް ބަނަ ދުވަހެކެވެ. ފުދޭވަރަކަށް ވައިވެސް ޖެހެމުން ދިޔައެވެ. ޖައްވުގައިވީ ތެތްފިނި ކަމެކެވެ. ކާޅާއި ކަނބިލި ގޮވާ އަޑު އިވެމުން ދިޔަ އިރު، މާދުރު ނޫން ހިސާބަކުން މާކަނާއެއްވެސް ފެންނަމުން ދިޔައެވެ. ދެލޯ މަރާލަމުން އޭނާ ހަށިގަނޑު ބެންޗު މައްޗައް ދޫކޮއްލިއެވެ. “ހިތްހަމަ ޖެހިއްޖެ ދޯ ބޭރަށް ނިކުމެވުނީމަ…؟” ނިޝްވާ ގާތުގައި އިށީންނަމުން އެލީކާ އަހާލިއެވެ. “ހެހެ… ޔެސް… ވަރަށް ބޮޑަށް…” […]
ވަހީދުގެ އަތުގެ ހަމަލާއައި ދިމާ ރަތްވެގަތީ ބަސް ބުނާހާ އަވަހަށެވެ. އިސްޖެހިފައި ހުރި ޒީނާ އަލުން ވަހީދުގެ މޫނަށް ބަލާލި އިރު އެދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ. “މިއީ… މިއީ ވަހީދުގެ ދަރިއެއް. މަށަށް މުޖައްރިބު” ނުރޯން މަސައްކަތް ކުރަމުން ޒީނާ ބުނެލިއެވެ. “ހަހަ. ދެން މަވީ ތިވާހަކަ ގަބޫލު ކުރަންތަ؟ ހަހަ. ނުވާނެ ތިކަމެއް. މުޅި ކުޅުދޫފުށި ކީއްކުރަން؟ ހދ އަތޮޅު އެންމެނަށް އެނގޭނެ ތިއީ ފައިފުއްސެއްކަން. މިރަށު މަދުވާނެ ގައިމުވެސް މީނަޔާ އެކު […]
އެޒިކިއެލްގެ ވާހަކަ އިވި މިކްޔާގެ ހިތަށް ފިނިވިއެވެ. “ތޭންކްސް…” މިކްޔާ ހިނިތުންވެލަމުން ޝުކުރު އަދާ ކުރިއެވެ. “ހެހެ. ވެލްކަމް. ދެން ހިނގާ ގެއަށް. އަހަރެން މިކްޔާ ގެއަށް ގެންގޮސް ދޭނަން” ވެލިގަނޑުމަތިން ތެދުވެ، ވެލިތައް ފޮޅާލަމުން އެޒިކިއެލް ބުނެލިއެވެ. (14 ވަނަ ބައި) “ބައުލްބީގެ ހަނދާނުގަތަ މިއަދު މާ ހެޔޮ ވީތި؟ މިއަދު މިއީ ކޮން ދުހެއްތަ އަނެއްކާ؟ ބައުލްބީގެ އުފަން ދުވަސްތަ؟” އަނގަމަތީގައި އަތް އަޅާލަމުން މިކްޔާ ބުނެލިއެވެ. “އަނެއްކާ. ޕިސް ޕިސް. ކިތޭ ހެޔޮ […]
“ހެހެ. ބުނެލަފާނަން އެއްވާހަކަ” ހީލަމުން ނިޔާލް ބުނެލިއެވެ. ޔީޝާގެ ހަރަކާތްތައް ހުއްޓާލަމުން ނިޔާލްއަށް ހުރިހާ ސަމާލު ކަމެއް ހުއްޓާލިއެވެ. “ދި ސްޓޯރީ އިޒިންޓް ރިޕީޓިންގ. އިޓް އިޒް ކޮންޓިނިއުއިންގ” އެއްމިޔަކަނުން ހީލަމުން ނިޔާލް ބުނެލިއެވެ. އަދި އެއްލޯ މަރާލަމުން ފޯނު ބޭއްވިއެވެ. ޔީޝާގެ މުޅި ހަށިގަނޑުގައި ކަރަންޓުގެ ރާޅެއް ޖަހާލި ފަދައެވެ. ބިރުން ރޫރޫ އަޅަން ފެށީ ބަސްބުނާހާ އަވަހަށެވެ. އެނދުގައި އޮށޯވެލައިގެން، ބޯދަށަށް އަތް ލައިގެން އޮތް އަކްޔަލްގެ ނަޒަރު ހުއްޓިފައިވަނީ އެނބުރެމުން ދިޔަ ފަންކާއަށެވެ. ކަޅު ކުލައިގެ […]
ނިސްރީންގެ ވާހަކައިން ޔީޝާގެ ދެލޯ ބޮޑުވިއެވެ. ނިސްރީންއަށް އެކަން އެނގުނީ ކިހިނެތް ހެއްޔެވެ؟ ގައިމުވެސް އެވާހަކަ އެއްވެސް ޙަބަރަކު އަދި ނެތެވެ. “އަނެއްކާ…؟ ރީން…؟” ހިތާހިތުން ޔީޝާއަށް ސުވާލު ކޮއްލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހެން ހިތަށް އެރުމުން ބޯހޫރުވާލެވުނެވެ. ނިސްރީން އެހެނެއް ނަހަދާނެއެވެ. ނޫނީ ހަދައިދާނެ ބާއެވެ؟ މިހާރު ދެން އިތުބާރު ކުރަންވީ ކާކަށް ކަމެއް ޔީޝާއަކަށް ނޭނގުނެވެ. އެކަން އެނގުނު ގޮތް އަހަން އުޅިފައިވެސް ޔީޝާ ޙިޔާލު ބަދަލު ކޮއްލިއެވެ. މިވަގުތު ނިސްރީންއާއި މައްސަލަ ޖެހިއްޖެ […]
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އެއްހަފްތާ ފާއިތު ވެއްޖެއެވެ. ނިޝްވާއާއި އަކްޔަލްގެ ގުޅުން ވަރުގަދަ ވަމުން ދިޔަ ނަމަވެސް އެގުޅުމަށް ވިހަލުމަށް ކުރެވިދާނެ ހުރިހާ ކަމެއް ކުރެވޭތޯ އުޔައިނާ މަސައްކަތް ކުރަމުން ދިޔައެވެ. ރައިޒެކްއާއި އެލީކާގެ ލޯބީގެ ގަހުގައިވެސް ތަފާތު އެކި ކުލަކުލައިގެ މާތަށް ފޮޅެމުން ދިޔައެވެ. އެލްވީންއާއި އާއިލްގެ ގުޅުން ހީނަރުވެފައިވީ އިރު އެދޭތެރެއަށް ދާލިޔާ ވެއްދުމަށް ކުރެވުނު ހުރިހާ ކަމެއް ކުރެވޭތޯ އައްޒަ މަސައްކަތް ކުރަމުން ދިޔައެވެ. ޔަމްނަތުގެ ވޭދަނައަށް […]
“ދެން… އެކަހަލަ ގޮތެއް އައި ގެސް…” ނިޝްވާ ބުނެލިއެވެ. “ހެހެ ކިހިނެތްވީ އައި ގެސް؟؟” ހީލަމުން އަކްޔަލް ސުވާލު ކޮއްލިއެވެ. “ދެން… މިކޭސް ކަންތަކާ ހުރެ ދޯ. މަންމަ ވަރަށް ދެރަވެފަ ހުންނަނީ. ނިޝްވެސް ބައްޕަ މަތިން ވަރަށް ހަނދާންވޭ…” އިސްޖަހާލަމުން ނިޝްވާ ބުނެލިއެވެ. “އަސްލު… ނިޝްގެ ބައްޕަ މަރުވީ ކިހިނެތް ވެގެންތޯ އަހާލަންތަ؟” އަކްޔަލް ސުވާލު ކޮއްލިއެވެ. “ހެހެހެ ތި އެހީނުން؟” ނިޝްވާ ހީލިއެވެ. “ހެހެ. އައި މީން… ނިޝްގެ ބޮޑުބޭބެތާ އެފަހަރު އެހުރިހާ މީހުންމެރީ. […]
ކިޔުންތެރިންގެ ސަމާލުކަމަށް… އެންމެ ފުރަތަމަ ކަމަކަށް ވެސް މިބައި ލަސްވީތީ، އަދި އެހެން ބައިތަކަށް ވުރެ މިބައި ކުރުވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މަޢާފަށް އެދެމެވެ. މި ހަފްތާ ފެށިގެން މިދަނީ އަޅުގަނޑަށް ވަރަށް ބިޒީކޮށް. ކޮލެޖްގެ އެސައިންމެންޓްތަކާއި ޓިއުޓޯރިއަލް ތަކުގެ އިތުރުން އަމިއްލަ ކަންކަމުގައިވެސް… އެހެންވެ ދެން އަޅުގަނޑު ކިހިނެތްތޯ ހަދަންވީ؟ އެއްގޮތަކީ އަޅުގަނޑު ފްރީ ވަންދެން ކުޑަ ބްރޭކެއް ނެގުން. އަނެއް ގޮތަކީ އަޅުގަނޑު ފްރީ ވަންދެން ކޮންމެ ބަޔަކު 500 ބަސް ހިމެނޭ […]