Skip to content
އެސްފިޔަ
PRO · MVR 2.00

އަބަދުވޭ ހިތުގާ މަގޭ 2 (18)

އެއީ ޔީޝާގެ ބިޓުތަ؟ ތިހާ ހާޑު ވަނީތި؟” ނިޔާލް އެއްބުމަ އަރުވާލަމުން ސުވާލު ކުރިއެވެ. “އެއީވެސް މައުސޫމް ފުރާނައެކޭ… ނިޔާލް… ހައު ކުޑް ޔޫ…” ޔީޝާއަށް ރޮވޭ ގޮތް ވިޔެވެ. ދެން އެވާހަކަ ނުދެއްކޭނެ ކަން އެނގުމުން ފޯނު ބާއްވާފައި އެތަނުން ނިކުމެގެން ދިޔައެވެ.
އަނދިރި ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައިވީ ފާރުގައި އިން “އޮބްސެސް ވޯލް” ގެ ވަށައިގެން އިން “ލެޑް ލައިޓްސް” ގެ އަލިކަން އެކަންޏެވެ. އެއަލިން އެތަނުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒުވާނާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. “ބައްޕަ މޮޔަވީތަ؟ ކީއްކުރަން ކުރި ކަމެއްތަ އެއީ؟” އެޒުވާނާ އަހާލިއެވެ. “ހަމަ ޖެހިބަލަ ދަރިފުޅާ…” ފޯނުގެ އެކޮޅުން އިވުނީ ނިޔާލްގެ އަޑެވެ.
(18 ވަނަ ބައި)
“ކިހިނެތްތަ ހަމަ ޖެހޭނީ އޭނ؟ ބައްޕާ ހެޔޮނުވާނެ. ދެން މަޑުން ހުރެބަލަ. މިހާރު ދެން މިކަން ކުރާނީ އަޅުގަނޑޭ” އެޒުވާނާ ބުނެލިއެވެ. ގުޅައިގެން ހުރި “އައިޕީ ފޯން” ގެ ވާގަނޑުގައި ނިޔާލް ފިރުމާލިއެވެ. އެމޫނު މަތިން ފެންނަނީ ފަޙުރުވެރިކަމެވެ.
“ތިއީ ބައްޕަގެ ނަސީބު. އަލްހަމްދުލިއްލާހި. ހަމަ ބައްޕަގެ ކޮޕީއެއް ތިއީ” ނިޔާލް އުފާވެލާފައި ބުނެލިއެވެ. “ހަހަ. އެއް ލެޔެނުން މިއީ؟”…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.