ނިދިފައި އޮތް ޔީޝާއަށް ދެލޯ ހުޅުވާލެވުނީ އިރުގެ ރަންދޯދިތަށް ދެލޮލަށް އުނދަގޫ ކުރަން ފެށުމުންނެވެ. ކޮޓަރި ތެރޭގައި ހުރި ހުރިހާ ބޮތްކެއް ނިވާލާފައި ހުރުމުން، ޖާލި ދޮރުގެ ފޮތީގައި ހުރި ނޫކުލަ މުޅި ކޮޓަރި ތެރޭގައި ވިޔެވެ. މޯޅި އަކަށް ދެމިލާފައި ޔީޝާ ތެދުވެ އިށީނެވެ.
ޔީޝާ ކައިރީ އިން އެނދުގައި އޮތް ނިކާލާއި، ނިކާލްގެ މޭމަތީގައި އޮތް އެ ދެމަފިރިންގެ ލޯބީގެ ނިޝާން ފެނި ޔީޝާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ނިކާލްގެ މޭމަތީގައި އެކުޑަ ކުޑަ ފުރާނަ ކުރުގެޅިލައިގެން އޮތް އިރު، މަޑުމަޑުން ދޫ ނެރެލަ ނެރަލަ އޮތެވެ.
“ނިކް…؟” ޔީޝާ ގޮވާލިއެވެ. ނިކާލްގެ ޙަބަރެއް ނުވިއެވެ. ނިކާލަކީ އެއްވެސް އިރަކު އެހާ ނިދި ގަދަ މީހެއް ނޫނެވެ. ޔީޝާގެ ނިތަށް ރޫތަށް ގިނަވީ އެހެން ވެގެންނެވެ. ނިކާލްގެ ދެލޯ މެރިފައި އޮތް އިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވިޔެވެ. ޔީޝާ އުނދަގޫ ގޮތަކަށް އެނދުން ތެދުވިއެވެ. މަޑު މަޑުން ފިޔަވަޅުތަށް ނަގަމުން ގޮސް ނިކާލްގެ ނިތުގައި އަތް ޖައްސާލިއެވެ. އަދި ހަމަ އެހިނދުގައި ޔީޝާއަށް އަތް ދުރު ކޮއްލެވުނެވެ.
“ޔިޝީ؟” އެވަގުތު ޔޫޝާއާއި އަކްވާންގެ އިތުރުން އެލީކާ ކޮޓަރިއަށް ވަނެވެ. ގަބުވެފައި ހުރި ޔީޝާއަކަށް އެއަޑެއް ނީވުނެވެ. “ޔިޝީ ކިހިނެތް ވީ؟” ޔޫޝާ ނިކާލްގެ އަތުގައި ހިފާލިއެވެ. “ދޮންތާ… ނިކް… ނިކް ހާދަ ފިންޏޭ…” ޔީޝާގެ އަޑު ކުރެހުނެވެ.
ހިތަށް އެރި އެތި ދޮގު ކުރެވޭތޯ އުންމީދު ކުރަމުން އަކްވާން ނިކާލްގެ ނޭފަތް ކައިރީގައި އަތް ޖައްސާލިއެވެ. ނިކާލް ނޭވާ ނުލާކަން އެނގުމުން އަކްވާނަށް މަޑު އާހެއް ލައްވާލެވުނެވެ. “ކޮއްކޯ…” އަކްވާނަކަށް ޔީޝާ ގާތުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. އެވާހަކަ އަކްވާން ބުނާނީ ވެސް ކިހިނެތް ހެއްޔެވެ؟
ނިކާލްގެ މޭމަތީގައި އޮތް ކުޑަ ފުރާނަ އަކްވާން އުރާލިއެވެ. އެއާއި އެކު އެކުއްޖާ ރޯން ފެށިއެވެ. ބުނާ ފަދައެވެ. ބައްޕައާއި އަޅުގަނޑު ދުރު ނުކުރާށެވެ. “ކޮއްކޯ. އައިމް ސޮރީ.. ނިކް އިޒް ނޯ މޯރ…” ކުޑަ ދަރިފުޅު މަސަލަސް ކުރަން މަސައްކަތް ކުރަމުން އަކްވާން ބުނެލިއެވެ.
“ނޫން… ނިކް މަރެއް ނުވާނެ! ކީއްވެ ނިކް މަރުވާން ވީ؟ ނޫން. ނިކް މަރެއް ނުވާނެ. ނުވާނޭ” ޔީޝާ ނިކާލްގެ ހަށިގަނޑުގައި ބައްދައިލިއެވެ. “ނިކް. ހެޔޮނުވާނެ… ޔިޝީ ދޫކޮށްލާފަ ނުދޭ. ކިހިނެތް ޔިޝީ ނިކްއާއި ނުލާ އުޅޭނީ؟ ހެޔޮނުވާނެ ނިކް ލޯހުޅުވާލަބަ” ޔީޝާ ނިކާލްގެ މޫނު މަތީގައި ފިރުމައިލީ ރޮމުންނެވެ.
***
މިހާ ހިސާބުން ޔީޝާގެ ދިރިއުޅުމަށް އަންނާނީ ކޮން ކަހަލަ ބަދަލު ތަކެއް ބާއެވެ؟
ޔީޝާ އެހެން މީހަކާ ކައިވެނި ކުރާނީ ބާއެވެ؟
ނިކާލްގެ ޖަނާޒާގައި ޔަލީޝާ ބައިވެރި ވާނެ ބާއެވެ؟
ޔީޝާއާއި ޔީޝާގެ ދަރިފުޅަށް ޔަލީޝާގެ ލޯބި ލިބޭނެ ބާއެވެ؟
މިސުވާލު ތަކުގެ ޖަވާބު ހޯދެއްވުމަށް “އަބަދުވޭ ހިތުގާ މަގޭ” ސީޒަން 2 އަށް އިންތިޒާރު ކޮއްލައްވާ…!
~މި ވާހަކައަކީ އަޅުގަނޑު ޕްރޯ ސްޓޯރީއަށް ލިޔާ ވާހަކައެކެވެ. މިވާހަކައިގެ ފުރަތަމަ ފަސްބައި ހިލޭ ކިޔާލަން ލިބޭނެއެވެ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Mi season vx pro kohtha
Bruh she literally mentioned it what rya taking ’bout
Hiley kiyaakah nulibey Mihaaru vrh shihaama ge vhk eh rf hoadhan dhw thi ulheny hama heybali vany pls free koh kiyaalevey goiy haadha ba