Skip to content
އެސްފިޔަ

ކުށްވެރިޔަކީމޭ

އަތިރިމަތީގައިވީ މީހުންތައް މަދުވާން ފެށީ އިރު އޮއްސުމުގެ ދަޅަތައް ފެންނަން ފެށުމުންނެވެ. މީސްމީހުން އެމީހުންގެ ދަރިންތައް ގޮވައިގެން ގެއަށް ދާން ފެށި އިރު ކާޅާއި ކޮވެލިތައް ވެސް އެސޮރުމެންގެ ގޭތަކަށް ދިޔުމައް އުދުއްސައިގަނެއްޖެއެވެ. ހުރިހާ އެންމެން އެމީހުންގެ ގޭގެއަށް ދާން ފެށި އިރު ވެސް އުމުރުން 25 އަހަރުގެ އަޔާޒް އިންގޮތަށް އިނެވެ.

ސާފު ހުދު ވެލިގަނޑުގައި އިށީނދެލައިގެން އިން އިރު ކަކުލުގައި ދަތްދޮޅި ޖައްސާލައިގެން އިން އަޔާޒްގެ މޫނުމަތީގައި ވީ ހުސްކަމެވެ. އެކަނިވެރިކަމެވެ. ހިތާމައެވެ. އެ ރީތި މޫނު ވަނީ މިލާ މޯޅިވެފައެވެ. އެއީ ކީއްވެގެން ބާއެވެ؟ މިޒުވާނާ އެވަގުތު އެކަނިމައި އެކަނި އެތަނުގައި އިންނަން ޖެހުނު ސަބަބަކީ ކޮބާބާއެވެ؟

ނޭފަތް ދަމައިލަމުން އޭނާ ކުރިމަތީގައި އިން އިރާއި ދިމާލަށް ބަލައިލިއެވެ. އަދި ކައިރީގައި އޮތް ފޮތާއި ގަލަން ނަގާ އުނގުގައި ބާއްވާލިއެވެ. އޮރެންޖު ކުލައިގެ ވަށް ބޯޅައެއްފަދަ އިރާއި ދިމާލަށް ބަލަން އިރުކޮޅަކު އޭނާ އިނެވެ. ބަލާ ބަލާ ފޫހި ނުވާނޭ ފަދަ ހިތްގައިމު މަންޒަރެކެވެ. އިރުގެ ރަން އަލި މޫދަށް އެޅިފައި ވުމުން ވަކިން ރީއްޗެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ލާމަސީލު މިސާލެކެވެ.

އެހެނަސް އޭނާގެ ޙިޔާލުގައިވީ އެހެން ކަމެކެވެ. އޭނާގެ ހިތި މާޒީ އެ ސިކުނޑީގައި ދައުރުވަމުން ދިޔަ އިރު ހީވަނީ އެއީ އިއްޔެ ވީ ކަމެއް ހެންނެވެ. ނަމަވެސް މިހާރު އެކަނަތައް ވެ ނިމުން ފަހުން އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ތާޒާ ކަންމަތީގައި އެ ލަކުނު އޭނާގެ ހިތުގައިވިއެވެ. އެކަނިވެރިކަމުން އެ ހިތްވަނީ މިލާ މޯޅިވެފައެވެ. ނަމަވެސް އޭނާ ޝަކުވާ ކުރާނީ ކާކަށް ހެއްޔެވެ؟ ކުށްވެރިޔަކީ ހުދު އަމިއްލަ ނަފްސެވެ. އޮއްސެމުން ދިޔަ އިރާއި ދިމާލަށް ބަލަން އިން އަޔާޒް ދެލޯ މަރާލިއެވެ. އެއާއި އެކު ފިލްމެއް ހެން އޭނާ އަށް އޭނާގެ ހިތި މާޒީ ފެންނަން ފެށިއެވެ.

****

ލަސް ފިޔަވަޅުތަކެއްގައި ގެއަށް އައިސް ވައިން އުމުރުން 14 އަހަރުގެ އަޔާޒް ހުރީ ހޫރި ހޫރިއެވެ. މީހާ އެކީހެން އޮށްދާ ހިތްލާފައި ހުރި އިރު ދެލޯ ވެސް ވަނީ ވަޅުވަދެފައެވެ. މުޅި ހަށިގަނޑުގައި ވެސް ދުވަމުން ދިޔައީ އޭނާ ބޭނުން ކުރި މަސްތުވާ ތަކެތީގެ ވަހެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ވެސް މަސްތުވެފައިވީ ވަރު ދޭހަ ވަމުން ދިޔައެވެ.

ގެއަށް ވަދެގެން އައި ފާތުންއަށް ނޭފަތުގައި އަތް ޖައްސާލެވުނީ ދުވަމުން ދިޔަ ނުބައި ވަހުން ކެތްނުކުރެވިގެންނެވެ. ސޯފާ އަށް ވެއްޓިގަނެގެން އޮތް އަޔާޒް ފެނި ބޯހޫރުވާލެވުނީ އެ ދޮވާ ވަހުގެ ސިއްރު އެނގުމުންނެވެ.

“އަޔާޒް؟” އަޔާޒް ގާތުގައި އިށީނދެލަމުން ފާތުން ގޮވާލިއެވެ.

“ހޫމް. މިހާރު ކިހިނެތްވީ؟” އަޔާޒްގެ އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ.

“އަޔާޒް ދެން ތިއުޅުން ދޫކޮށްލަންވީނުން؟ އަޔާޒްއަށް އެބަ އިނގޭ އަޔާޒްގެ މަންމައާއި ބައްޕަ ވެސް މިދުނިޔެ ދޫކުރީ މަސްތުވާ ތަކެތީގެ އަވާގައި ޖެހިގެންކަން. އަޔާޒްވެސް ބޭނުމީ އެހެންތަ އުޅެން؟ ހެޔޮނުވާނެ އަޔާޒް. ތިއުޅުން ދޫކޮށްލާ…” ފާތުންގެ އަޑު ކުރެހުނެވެ. ފާތުންއަކީ އަޔާޒްގެ ބޮޑުދައިތައެވެ.

“އޭ! ބުނަންތަ ވާހަކައެއް؟؟ ދިރިއުޅުން ބިނާކުރުވާނީ އެމީހެއްގެ މަންމައާއި ބައްޕަ. މަށަށް އެންމެ ކުޑައިރުން ސުރެ ފެނުން މަންޒަރަކީ މިއީ. މިއީ އަހަރެން އަމިއްލަ އަށް އިޙްތިޔާރު ކުރި މަގު. މި މަގު އަހަރެންނަށް މާ ކަމުވެސްދޭ” ހޫރެމުން ކަހަލަ ގޮތަކަށް ތެދުވެ އިށީންނަމުން އަޔާޒް ބުނެލިއެވެ.

“ހެޔޮނުވާނެ. ނޫން. ތި އުޅުން ދޫކޮށްލާ. ތިއީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް…”

“ކިހާ ދެރަކަމެއްތަ؟ ރައްކާވޭ މިތަނުން. އަހަރެން ނެތިން ކަލޭ ތި ދައްކާ ބޭކާރު ވާހަކަ އަޑު އަހާކަށް” އަޑަށް ބާރު ކުރަމުން އަޔާޒް ބުނެލިއެވެ. އަދި ހޫރެމުން ހޫރެމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ.

“އަހަރެން އަޔާޒް ރީހެބަށް ފޮނުވަންވީބާ…؟” ހިތާހިތުން ފާތުން އަމިއްލަ ނަފްސަށް ސުވާލު ކޮށްލިއެވެ. “ނޫން… އެހެނެއް އަޔާޒްގެ އަބުރާ އިއްޒަތް މޮޑެ ނުލެވޭނެ…” ފާތުންގެ ބުއްދި އެގޮތް ބޭނުންވީ ނަމަވެސް އޭނާގެ ހިތް އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ.

ތަފާތު އެކި އެކި ޙިޔާލުތަކުގައި އޮވެފައި ފާތުންއަށް ނިދުން އިރު 3 ޖަހަން އުޅެޔެވެ. ނަމަވެސް ނިދުންހެން ހީނުވަނީސް އޭނާއަށް ހޭލެވުނީ އޭނާގެ ދަރިފުޅު ފަރީޝާ ރޯއަޑަށެވެ. ވަގުތުން އޭނާގެ ނިދިގަނޑު ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެޔެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފަރީޝާގެ ކޮޓަރިއަށް ވައިން އިރު ކަމަކު ދާކަށް ނެތެވެ. ހައިވެފައި އޮތް ސިންގާއެއްފަދައިން ފަރީޝާގެ ގައިގައި ތަތްވެގެން އެއޮތީ އަޔާޒެވެ. “އަޔާޒް!!!” ފާތުން ބަރުހެލި ހިނގާފައި ގޮސް އަޔާޒް އުގަނޑުގައި ހިފާ ކޮއްޕާލިއެވެ.

***

“ބޮޑުދައިތަ އަހަރެން ރީހެބަށް ފޮނުވަން މެދުވެރިވީ ސަބަބަކީ އެއީއެވެ. އަހަރެން މިއީ ކިހާ ހަޔާތް ކުޑަ މީހެއް ހެއްޔެވެ…؟” ފޮތުގައި އެތަންކޮޅު ލިޔެލި އިރު އަޔާޒަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ.

އަޔާޒް ފަރީޝާ ދެކުނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. ލޯބިވީވެސް އެނަޒަރުންނެވެ. ނަމަވެސް މަސްތުވާ ތަކެތީގެ އަވާގައި ޖެހި، ފަރީޝާގެ ދިރިއުޅުން ހަލާކު ކޮށްލީ އަޔާޒްގެ އަތުންނެވެ. އަންހެން ކުއްޖެއްގެ އަތުގައިވާ އެންމެ އަގު ބޮޑު ގަހަނާ ކަމުގައިވާ އިއްފަތްތެރިކަންވެސް ފޭރިގަތީ ހުދު އަޔާޒެވެ. މިއަދު އަޔާޒް ފަރީޝާއަށް ކުރިމަތި ލާނީ ކިހިނެތް ހެއްޔެވެ؟ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ދައްކާނީ ކޮން ވާޙަކައެއް ހެއްޔެވެ؟

ރީޙެބަށް ވަދެ އަޔާޒް ކިޔެވިއެވެ. މިހާރު އޭނާ އެތަނުން ދޫކޮށްލައިފިވެސްމެއެވެ. ނަމަވެސް އަލުން މުޖުތަމައަށް ނިކުންނާނެ ހިތްވަރެއް ނުލިބުނެވެ. ވަޒީފާގެ މަގަށް ވެސް އަޔާޒް އިހުތިޔާރު ކުރި ތަނަކީއެއީއެވެ. އެއީ އޭނާ ކުރި ކުށުގެ ޝަޒާ ކަމަށް އަޔާޒް ހިތުގެ އެންމެ ފުނުން ގަބޫލު ކުރެޔެވެ.

(ނިމުނީ)

Comments (10)

  1. Anonymous

    nice

    1. shihaamaa ali
      Anonymous

      Jazaakallah khairan 🩶

  2. Your fav bab

    Hi draling…
    This story is a powerful lesson about life and it’s quite relatable😭
    Btw when is the next part of ‘vaathee hithaku laobi manman vefa’
    Waiting for it^³
    Ly and tc💗

    1. shihaamaa ali
      Your fav bab

      Heiii dearr..
      Yeaahh asluvess dhww..
      In sha allah vaathy hithaku loabi manmanvefaa neredheynan starting next month🫶🏻
      Stay tuned , ly and tc 🩶🫶🏻

  3. Battt_girrrrll

    After ah long time dhw
    Vrh ufaa vejje anekka vx vhk eh kiyaalan libuneema
    How are you??
    Shiherrr ge dhigu vhk eh neh tha??
    I’m waiting for another stry of yours…
    Btw mi vhk vx vrh reethi
    Keep it up

    1. shihaamaa ali
      Battt_girrrrll

      Heiii dearrr…
      Awwwnn thats sweet to hear🥹 alhamdhulihllah slowly getting better..
      Noon shihaage vaathy hithaku loabi manmanvefaa stry neredhen fashaanan in sha allah april ga.. jazaakallah khairan dearrr 🩶🩶

  4. BlackHeart_23

    MA… THE Best ever… 😉❤️
    Hru? My dear, Long to know see Ur tales!!! Actually, An tale that gives
    Moral for others!
    Waiting for Ur beauty of tales!!
    IA, when u start publishing daily???
    Are U sick, or Ur health issues??? Plx answer me
    Miss you A lot and lot, my fav Authorrrr

    1. shihaamaa ali
      BlackHeart_23

      Awwhhh jazaakallah khairan dearrr.. 🥹🩶
      In sha allah april ga.. shihaa bali vegn break negy vess.. i uploaded iulaan eh on jan 27, 2026 ga.. you can read eythi to get the details.. roadha mahu i was planning ekm kuru stories kolheh geness dhen but I’ve been veryy sick with a severe cold and had my vitamin D was low very much.. thats why i was completely gone for a whole month and im sorry about that… alhamdhulihllah im slowly getting better now.. jazaakallah khairan for asking🥺🩶 i miss you readers too🫶🏻

    2. BlackHeart_23
      BlackHeart_23

      Shafakillah 🤌🏻🩶
      Ur health is more important than other things based on life…🩶🩶
      It’s fine,my Darl 🩶 I believe ehn vedhaanekan & Sorry For not checking Typing it!! IA,Shiherr ragalhu vee varakun stories Publish kuranwee Hama…
      Btw,Take care of yourself 🫶🏻🖤
      Hope I’ll get a chance to read Ur other tales…
      Iraadhakurahvihyya,Shiherr ge new stories thah publish kurevii emmehaa loabuvethi readers ge appreciate & support libeyne…🩶🩶
      Lysm & Tc ingey…

    3. shihaamaa ali
      BlackHeart_23

      🩶🩶🩶 jazaakallah khairan
      In sha allah 01.04.2026 ga upload kuran fashaanan

Comments are closed.