އަނުމައާއި ރައިސާން ތިބީ އެމީހުން ކުރީވެސް ބައްދަލުކުރާ ރެސްޓޯރެންޓްގައެވެ. އޮލަ ވާހަކައިގާ ދެމީހުން ތިބި އިރު ރެސްޓޯރެންޓަށް ވަންނަމުން ދިޔަމީހުންނާއި އެތާ ތިބިމީހުންނެއް އެމީހުންނަކަށް ނޭނގެއެވެ. ރައިސާން ލޮލަށް ފެންނަމީހާއަށްވެސް އޭނާގެ ފަހަތުގައި ތިބީ ކޮންބައެއްކަމެއް ނޭނގެއެވެ. ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް ނުވާތީ ދެމީހުންވެސް ތިބީ ހަމަޖެހިފައެވެ. ވާހަކައިގެ ތެރެއިން ރައިސާން އަނުމްއާ ސުވާލެއްކޮއްލިއެވެ. ކުރިންވެސް ކޮއްފައިވާ ސުވާލެކެވެ. ‘އަންނުއަށް ޒައުލްގެ ގޮތް އެނގޭއިރު ޒައުލްއާއެއްކޮށް ތި އުޅެނީ ކީއްވެ؟’ ސުވާލެކޭ އެއްފަދައިން ޖަވާބަކީވެސް […]
ލޯމަރާލައިގެން އޮތް އީލާފް ސިއްސައިގެން ދިޔައީ އޭނާ ޖަހައިގެން އޮތް ހެޑްސެޓް ދަމައިގަތުމުންނެވެ. ”ދެން މާނީ…. ކުރިން ދުވަހުވެސް ހެޑްސެޓް ދަމަން ހަދައިގެން ހަލާކުވީދޯ….” އީލާފް ލޯހުޅުވާލިއިރު ކުރިމަތީ އަމާނީ ދެބުމަގޮށްޖަހާލައިގެން ހުއްޓެވެ. އަމާނީއަކީ އީލާފް ހުންނަގޭގަ އުޅޭ ކުއްޖެކެވެ. އެގޭ ދެމަފިރިންގެ ހުންނަނީ އެންމެ އަންހެން ކުއްޖެއްކަމުން އެމީހުން އީލާފްއަށް ވަރަށް ރަނގަޅެވެ. ” ކޮން ހެޑްސެޓްއެކޭ ކިޔާކަށް މިއަދުވެސް ކޮލެޖަށް ނުދޭ….. ތިހެން ހަދަންޏާ އީލާފް މަންމަކައިރީ ބުނާނަން……” އަމާނީ ހެޑްސެޓް އަތުތެރެއަށްލާ ބޮޑިކޮށްލަމުން […]
އަނުމްމެން ރެސްޓޯރެންޓްއިން ނިކުމެގެން ދިޔައިރުވެސް ރައިސާންއަށް ހުއްޓުންއަރާފައި ހުރެވުނީއެވެ. ” ހޭ މޭން….. އާ ޔޫ އިން ލަވް؟…..” ރައިސާންގެ ކޮނޑަށް އަތްވަށްޓާލަމުން އޭނާގެ ރަހުމަތްތެރިޔާ ޑިރެކް ބުނެލިއެވެ. ”ހްމް….. ލަވް އެޓް ފަސްޓް ހޭޓް” ހުވަފެނީ ގޮތަކަށް ރައިސާން ބުނެލިއެވެ. އަދި ދެވަނަ ސިކުންތުގައި ހޭންފެށިއެވެ. ރައިސާންއަށް ނޭންގި ނަމަވެސް އޭނާގެ ހިތުން އަނުމްއަށް ޖާގައެއް ދެވިއްޖެއެވެ. އުމުރުން މި ވީހާތަނަށް އަންހެން ކުއްޖަކަށް އެހިތުން ޖާގައެއް ނުދެވުން ނަމަވެސް މިއަދު ރައިސާންގެ ހިތަށް އެގުންވެއްޖެކަން […]
”އީލު އެނގޭތަ…. ލީޝް ދޮންތިއާ ވާހަކަވެސް ނުދައްކާ…. ރުޅިއައިސްފަ ހުރީ……. މީ ހަމަ އީލުއާ ހެދި ވީކަމެއް…..” އީލާފްގައި ބަށްދާލައިގެން ރޮމުން ދިޔަ އަނާ އީލާފްއާ ދުރުވިއެވެ. އަސްލު ހަޤީގަތުގައި އަނާއަށް ކުއްވެރިކުރަންވީ ކާކުކަމެއް ނޭނގެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް އީލާފްގައި ބައްދާލިއެވެ. އަނާގެ ރުއިމުގެ އަޑު މުޅި ކޮޓަރިތެރޭ ގުގުމަމުން ދިޔައިރު އެކަކުގައިވެސް ‘ހިއްވަރުގެ ބަހެއް’ ބުނެލާނެ ވަރެއްނެތެވެ. އެންމެ ހިއްވަރު ކުރަންވީ ވަގުތު ލާމިއުވެސް ފިނޑި ވީއެވެ. އީލާފްވެސް އަޑުން އަޑުނަގައި ނުރޮއުނެއްކަމަކު […]
”އައިޝަތު އެލީޝާ ލާމިއު؟……” ޔުއާން އިރުކޮޅަކު ވިސްނަން ހުރެފައި އަހާލިއެވެ. އެލިޝާ ބޯ ޖަހާލަމުން ޔާނިއުއަށް ބަލާލީ އެނގުނީ ކިހިނެއްހޭ އަހާފަދައަކުންނެވެ. ” ސުބުހާނަﷲ……..” ޔާނިއުއަށް ފަށަންވީ ދިމާލެއް ނުވިސްނުމުން ބޮލުގައި ހިފަހަށްޓާލެވުނެވެ. ************ ………………..ހަމަސް ކުރި………………….. ”ދޮންތީ…… ހަމަ ތެދަށް ބުނެބަ…….. އީލުއާ ދޮންތިއާ އެއްވެސް ލޯބީގެ ގުޅުމެއް އޮވޭތަ؟…….” އެލީޝާ އެނދުމައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ. ”ދެން މި ލީޝް ގަބޫލެއް ނުކުރާނެ….. ދޮންތި ބުނެފީމެއްނުން ވީ އާ ބެސްޓް ފްރެންޑްސް އޭ…. އަނެއްކާ ލީޝްއަށް […]
ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑުން ޔުއާންއަށް އަޑު އައި ދިމާލަށް ބަލާލެވުނެވެ. އެއިރު ދެކާރު ޖެހިފައި ބޮޑު އެކްސިޑެންޓެއް ހިނގާފައި އޮތެވެ. އެތާ ތިބި މީހުން ބާރަށް ދުވަމުން އެދިމާލަށް ދާންފެށިއެވެ. ކުޑައިރުކޮޅަކު ޔުއާންއަށް ހުއްޓިގެން ހުރެވުނެވެ. މީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ އެތާ އޮތް ކާރަކީ އޭނާގެ ކާރެވެ. ޔުއާންއަށް އެ ދިމާލަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ދުވެފައި ޔުއާން ދިއުމުން އެ އަންހެންކުއްޖާވެސް ވީގޮތް ބަލާލަން ދިޔައެވެ. މީހުންގަނޑުތެރޭން ފަޅާފައި އަންހެންކުއްޖާ ކާރު އޮތް ހިސާބަށް […]
”އައި ގޮޓް އަ ގާރލް ޕްރެގްނެންޓް” ދެލޯ މަރާ ތަގުޅިކޮށްލަމުން ސްޓީވެން ބުނެލިއެވެ. އިރުކޮޅެއް ވީއިރުވެސް ޔުއާންގެ ފަރާތުން ބަހެއް ނައުމުން ސްޓީވެން ދެލޯ ހުޅުވާލިއެވެ. އޭރު ޔުއާން އިސްޖަހާލައިގެން އިނެވެ. އޭރު އޭނާގެ އަތު އޮތް ބޯޅައަކީ ފުރާނަ ހުރި އެއްޗެއްނަމަ ވަގުތުން މި ދިނިޔެ ދޫކުރާނެކަން ޔަގީނެވެ. ކިތަންމެ ރުޅި ކޮންޓްރޯލު ކޮށްގެން އިން ނަމަވެސް ޔުއާންގެ އަތަށް ބަލައިލައިފި ނަމަވެސް އޭނާ ރުޅި އައިސްފައި ހުރިވަރު ތަސައްވަރު ކުރެވޭނެއެވެ. ދެއަތުގެ ނާރުތަށް ފުއްޕާފައި […]
………………..ދެ އަހަރު ފަސް………………. ވަގުތަކީ މެންދަމުގެ ވަގުތެވެ. އެވަގުތުވެސް މުމްބާއީގެ އެންމެ ހަލަބޮލި ސަރަހައްދުގައި އެހެންދުވަސްތަކެކޭ އެއްގޮތަށް ދުއްވާ އެއްޗެހި ހުއްޓުމެއްނެތި ދުއްވަމުން ދިޔައެވެ. އެ ހަލަބޮލި މާހައުލުގައި ކޮތަޅަކަށް ދެތިން ފިޔާލައިގެން މަޑު ހިނގުމެއްގައި ސަތާރަވަރަކަށް އަހަރުގެ އަންހެން ކުއްޖަކު މަގުގެ އެއްފަރާތެއްގައި ހިނގަމުން ދިޔައެވެ. އެކުއްޖާ ލައިގެން ހުރީ އާދައިގެ ޕާކިސްތާނު ހެދުމެކެވެ. ނަމަވެސް ތަފާތަކީ އެ ހެނދުމުގެ އެކިތަންތަން ކޮޅުން ވީދައިގެން ގޮސްފައި ހުރުމެވެ. ހެނދުމުގެ ކުލަވެސްވަނީ ވެއްޓިފައެވެ. ހީވަނީ މިއިން ދުވަހަކު […]
ގަޑިން ބާރަގަޑި ބައި ވުމާއިއެކު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދޮރާށިން ހީވީ އެތަށް އިރެއް ވަންދެން ހައްޔަރު ކޮށްފައިތިބި ދޫނިދަކެއް ދޫކޮއްލިހެނެވެ. ސްކޫލުގެ ކުޑަ ދޮރާށިން ކުދިންތައް ނިކުންނަން ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ހީވަނީ އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު އަވަހަށް ނިކުންނަން އުޅޭހެނެވެ. ފެންނަ މީހަކަށް މީ މުބާރާތެކޭވެސް ހީވެދާނެވެ. ކުދިންތައް ދުރުކުރަމުން ރާގަކަށް ‘އެކްސް ކިއުޒް މީ’ ކިޔަމުން ނޫކަށިފުރައިގެ އަންހެން ކުއްޖެއް ގޭޓުން ނިކުތެވެ. ނިކުމެވުމާއެކު އެ އަންހެންކުއްޖާ އެއްފަރާތަކަށް […]