Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (9)

shiff Level 110 Stories
February 9, 2020 4 Mins Read
12 Comments

އަނުމައާއި ރައިސާން ތިބީ އެމީހުން ކުރީވެސް ބައްދަލުކުރާ ރެސްޓޯރެންޓްގައެވެ. އޮލަ ވާހަކައިގާ ދެމީހުން ތިބި އިރު ރެސްޓޯރެންޓަށް ވަންނަމުން ދިޔަމީހުންނާއި އެތާ ތިބިމީހުންނެއް އެމީހުންނަކަށް ނޭނގެއެވެ. ރައިސާން ލޮލަށް ފެންނަމީހާއަށްވެސް އޭނާގެ ފަހަތުގައި ތިބީ ކޮންބައެއްކަމެއް ނޭނގެއެވެ. ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް ނުވާތީ ދެމީހުންވެސް ތިބީ ހަމަޖެހިފައެވެ. ވާހަކައިގެ ތެރެއިން ރައިސާން އަނުމްއާ ސުވާލެއްކޮއްލިއެވެ. ކުރިންވެސް ކޮއްފައިވާ ސުވާލެކެވެ. ‘އަންނުއަށް ޒައުލްގެ ގޮތް އެނގޭއިރު ޒައުލްއާއެއްކޮށް ތި އުޅެނީ ކީއްވެ؟’ ސުވާލެކޭ އެއްފަދައިން ޖަވާބަކީވެސް ކުރިން ދީފައިވާ ޖަވާބެކެވެ.

” ދެން ރައިސާން…… ރައިސާންއަށްވެސް އެގެނއެއްނުން އަހަރެން ޒައުލްދެކެ ލޯބިވާކަން…. ވީ ވާ ޓުގެދާރ ފޯ ތްރީ އިޔާރސް……” އަނުމް އޭނަގެ އަތު އޮތް ޖޫގޯ ތަށިން ފޮދުވަރެއް ބޯލަމުން ވާހަކަދެއްކިއެވެ. ”ހްމް… އެނގެއޭ….. އެކަމު ޒައުލްގެ ފަރާތުން މި ފަދަ ހާލަތެއްގަ އެހީތެރިކަން ނުލިބޭތީ ދޯ….. ދެން އެވާހަކަ ނުދަށްކަމާ ދޯ…. ކޮންއިރަކުންތަ މިހާރު އޮޕަރޭޝަން ކުރަނީ؟…..” ރައިސާން މައުޟޫ ބަދަލުކޮއްލިއެވެ. ”ސަމް ބުނީ މި ވީކްތެރޭ އެމީހުން ގުޅާނޭ….. ”އަނުމްއަށްވެސް ސީދާ ކޮންދުވަހެއްކަން ނޭނގޭތީ ސަމާ އޭނަ ގާތު ބުނި ގޮތަށް ބުނެލިއެވެ. ”އަދި އެނގޭތަ ކުއްލިއަކަށް އެމީހުން ބުނެފި މިހާރު ދައްކާފަހުރި ރުފިޔާއިން ވާނޯ…. ދެން އޮތްބައި އާސަންދަ ތްރޫ ކޮށޯނަގަނީ…… އެކަމް ކުރިން ބުނީ މި އޮޕަރޭޝަނަށް އާސަންދައެއް ނީނދެ އޯ….” އަނުމް ވަރަށް ހައިރާންވެފައި ވާހަކަދެއްކިއެވެ. ނަމަވެސް އެ މޫނުމަތީގައިވީ އުފާވެރިކަމެވެ. އަނުމްގެ ހިނިތުންވުން ފެނިފައި ރައިސާންއަށް ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ. ”ދެން އަންނު އެކަމާ ނުވިސްނާ ހުރިހާކަމެއްވެސްވާނީ ރަނގަޅަކަށް…..” ރައިސާން ހިނިތުންވެލަމުން ބުނެލިއެވެ. އަނުމްގެ އޮޕަރޭޝަންގެ ރުފިޔާ ދެއްކީ ރައިސާންއެވެ. އަނުމްއަށްޓަކާ މިލިޔަނުން ޚަރަދުކުރަންވެސް ރައިސާން ޖެހިލުމެއް ނުވާނެވެ.

 

”ދޮންތީ….. ސަދަފްކައިރީ ހުރެދީބަ…… އޭނައެހާއަވަހަކަށް ނުހޭލާނެ މިއަދު އެހާއަވަހަށް ހޭލާފަ އަދި ކިރިޔާ އެ ނިދީ……ލީޝް އަންނާނަން ވަރަށް އަވަހަށް….. ދެން ސަދަފް ހޭލީމަ ގުޅަށްޗޭ……”އެލީޝާ އެއްޗެހި ބަދަލުކޮށްލައިގެން ލޯގަނޑު ކުރިމަތީ ރީތިވާން ހުރެގެން އެނދުގައި ފޯނާކުޅެންއޮތް އަނާއާ ވާހަކަދެއްކިއެވެ. އަނާ ބޯޖަހާލުމަށް ފަހު ކޮންތާކަށް ދަނީހޭ އަހާލިއެވެ. އެލީޝާ ސިއްރުކުރާކަށް ބޭނުމެއްނުވިއެވެ. ޔުއާންކައިރިއަށޭ ބުނުމުން އަނާވެސް އެހެންހޭ ބުނެލިއެވެ. އެލީޝާ ބޭރަށް ނިކުތްއިރު ޕްރިޔާ ފޮނުވި ޔުއާންމެންގޭކާރު އޮތެވެ. އެލީޝާ ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ސްޓާޓް ކޮށްލިއެވެ.

އެލީޝާ ޔުއާންމެންގެއަށް ދިޔައިރު ޕްރިޔާ ދޮރުކައިރީ އެލީޝާގެ އިންތިޒާރުގައި ހުއްޓެވެ. އެލީޝާ ހިނިތުންވެލުމަށްފަހު ޕްރިޔާއާ ވާހަކަދެއްކިއެވެ. އެލީޝާ ޔުއާންގެ ކޮޓަރިއަށް ވަދުމުން ޕްރިޔާދިޔައީ ކާއެއްޗެއް ތައްޔާރު ކުރާށެވެ. އެލީޝާ ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރޭގައިވަނީ މަރުގެ ހަމަހިމޭންކަމެވެ. މުޅި ކޮޓަރީގެ ތަރުތީބު ވަނީ ގެއްލިފައެވެ. އެނދުމަތީގައި އޮތް ރަޖާގަނޑު ރޫޖެހިފައި އޮތްއިރު އެއްބައިއޮތީ ބިންމަތީގައެވެ. ބާލީސްތަށްވެސް އޮތީ އެގޮތްމިގޮތަށް ތަޅުންގަނޑުމައްޗަށް އުކާލެވިފައެވެ. ސޯފާގެތެރޭ ރަޖަލެއްތެރޭ ބޮޑިވެލައިގެން އޮތް ޔުއާން ފެނުމުން އެލީޝާގެ ލޯ ފެންކަޅިވިއެވެ. ޔުއާންގެ މޫނަށް ބަލައިލި ނަމަވެސް ޔުއާންއަށް އައިސްފައިވާ ބަދަލުފެނެއެވެ. އިސްތަށިގަނޑު ހޭވިފައި އޮތްއިރު ތުންފަތްވަނީ ފެންމަދުވުމުގެ ސަބަބުން ފަޅައިގެން ގޮސްފައެވެ. ނިދާފައި އޮތް ނަމަވެސް މޫނުމަތިން ފެނިގެންދަނީ ހިތާމައެވެ.

އެލީޝާއަށް ބޭއިޙްތިޔާރުގައި ޔުއާންއަށް ގޮވާލެވުނެވެ. އަދި ސޯފާގައި އިށީނުމަށްފަހު ޔުއާންގެ ބޮލުގައި ފިރުމާލިއެވެ. ނިދިފައިއޮތް ޔުއާން ނިދީތެރޭން އެލީޝާގެ އަތުގައި ހިފިއެވެ. ”އެލީ….އަހަރެން އެލީއާ ވަކިންނެއް ނޫޅެވޭނެ…..އެލީ ޕްލީސް ޔާންކައިރިއަށް އާދެބަ….. މިގޮތަށް އެލީއާ ވަކިން އުޅެންވެއްޖެއްޔާ ޔާން މަރުވެދާނެ….. އެލީ ޕްލީސް އާދެބަލަ….” ދެލޯމަރައިގެން އޮވެ ޔުއާން ވާހަކަދެއްކިއެވެ. އެއިރު ލޮލާދިމާލުން ރޮގެއްހެން ކަރުނަ ފައިބަމުން ދިޔައެވެ. އެލީޝާ ދެފަހަރަކު ޔުއާންގެ ކޮޑުގައި ހިފާލުމަށް ފަހު ހޭލުމަށް ބުނެލިއެވެ. ނަމަވެސް ޔުއާން ނިދީގައި އޮވެގެން އެކި ވާހަކަދަށްކަމުން ދިޔައެވެ. ” ދެން ޔާން ތެދުވެބަލަ…. އެލީ މިހާރު އައިހޭ މިހުރީ…..ދެން ދާނީ ޔާން ގޮވައިގެނޭ…..ނުވެސް ކައެއްނުން ތިއޮތީ ތެދުވެބަލަ……” އެލީޝާ ޔުއާންގެ އަތުގައި ހިފާ އޭނާއާދިމާލަށް ދަމާލިއެވެ. އެއްވެސް ބާރެއް ނުލާ އޮތުމުން ޔުއާންއަށް ކޮންޓްރޯލްނުކުރެވި އެލީޝާގެ ގައިމައްޗަށް ވެއްޓުނެވެ. ޔުއާން އެލީޝާގެ ގައިމައްޗަށް ވެއްޓުމުން އެލީޝާގެ އަގައިން ތޫލި އަޑެއް ނިކުތްނަމަވެސް ޔުއާންގެ ދެލޯފެނިފައި ހުއްޓުން އެރިއެވެ. މިވީހާ ދުވަހުވެސް އެލީޝާއާ ޔުއާން އެހާ ކައިރި ނުވެއެވެ.

ކުއްލިއަކަށް އެހާކައިރިން އެލީޝާ ފެނުމުން ޔުއާން ހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ. ޔުއާން އެލީޝާގެ ކަޅުކަންގަދަ ކަޅީގެ ތެރެއަށް ގެބެން ނެގީ މަދު ސިކުންތުކޮޅެކެވެ. ހިތުގައިވި އިހްސާސް ކޮންޓްރޯލްކުރަން ޔުއާންއަށް ވީ ދަތިކަމަކަށެވެ. މަޑުމަޑުން އެލީޝާގެ މޫނާ ގާތްވެވެމުން ދިޔައީ އޭނާގެ އިޙްތިޔާރުން ބޭރުގައެވެ. އެކަކު އަނެކަކުގެ ލޮލަށްގެއްލިފައި ތިއްބާ އެ ވަގުތުކޮޅު ނިންމާލަންޖެހުނީ އެލީޝާގެ ފޯނު ރިންގްވާން ފެށީމައެވެ. ގުޅަނީ އަނާކަމުން އެލީޝާ އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ސޯފާއިން ތެދުވިއެވެ. ޔުއާންވެސް ނުވާކަމަށް ހަދާފައި ތުވާލިހިފައިގެން ވަދުނީ ފާހާނާ އަށެވެ.

ޔުއާން ފެންވަރައިގެން ނިކުތްއިރު އެލީޝާ އުޅުނީ ފޮއްޓަށް އެއްޗެހި އަޅައެވެ. ޔުއާން އެނދުމަތީ ފަތްޖަހަން ނަގާފައި ހުރި އެއްޗިއްސަށް ނަޒަރެއް ދިނެވެ. އޭގައި ހުރީ މުޅިންވެސް ޔުއާންގެ އަންނައުނެވެ. ލާމިއު މިއަދު ޔުއާންއަށް ގުޅާފައި އެމީހުންނާ އެކު ރާއްޖެދިއުމަށް ބުނިއެވެ. ނަމަވެސް އެލީޝާއަށް އެކަންވަނީ ސިއްރުވެފައެވެ. އެލީޝާ އަދި ޔުއާން ނުބުނި ނަމަވެސް އެދެކުދިން އެކަކު އަނެކަކު ބޭނުންވާކަން ލާމިއުއަށް އޮޅިފައެއްނެތެވެ. އެލިޝާގެ އުޅުމާއި އިހްސާސްތަށް ލާމިއުއަށް ސިއްރެއްނުކުރެވުނެވެ. އެހެންކަމުން ލާމިއު ނިންމީ އެލީޝާ ޔުއާން އާ ގުޅިގެން އާ ދިރިއުޅުމެއް ފަށާށެވެ.

”އަހަރެން މިގޭން ނެރެލަންތަ ތިއުޅެނީ….” ޔުއާން އެލީޝާގެ ފަހަތުން ބައްދާލުމަށްފަހު ހިނިތުންވެލަމުން ބުނެލިއެވެ. ”ދެން ޔާންވެސް ދޯ…. އެލީ އާ އެއްކޮށް މާލެ ދާންށޭ…. ބައްޕަ ކައިރީ ބުނާނަން ޔާންއަށްވެސް ޓިކެޓްނަގަން…. އެކަމް ފުރަތަމަ ކަމަކަށް ޔާން ކާންވީ ބަލާބަ މީހާ ދަޑިއަކަށް ވަނީތި…..” އެލީޝާ ޔުއާންގެ އަތު ތެރޭން ވީއްލިގަތެވެ. އަދި މީގެ ކުޑައިރުކޮޅެއްކުރިން ޕްރިޔާ ގެނައި ނޫޑްލްސް ތަށި ނަގައިގެން ޔުއާން ކައިރީ އެނދުގައި އިށީނެވެ. ”ހޫނ…. އަހަންނަށް ދަޑިއޭ ކިޔައެއްނުން…… އެލީ ހީވަނީ ހަމަ އިލޮއްޓެއްހެން…. ” ޔުއާން ނޫޑްލްސްކޮޅެއް އަނގަޔަށް ލަމުން ރައްދުދިނެވެ. އަދި އެލީޝާ އެއްޗެކޭ ބުނަން އަނގަހުޅުވާލުމުން އަގަޔަށް ނޫޑްލްސް ކޮޅެއްލިއެވެ. މުޅި ކޮޓަރީގައި ގުގުމައިގަތީ ޔުއާންގެ ހުނުމުގެ އަޑެވެ. އެލީޝާއަށް ޔުއާން ހެދިގޮތް ކަމު ނުދިޔަ ނަމަވެސް  ހިނިތުންވެވުނެވެ. ”ދެން ކޮންއިރަކު ކައިވެނި ކުރަން ދަނީ…. އައި ކާންޓް ވެއިޓް އެނީމޯރ…….” ޔުއާން ނޫޑްލްސް ތަށި އެނދުމަތީ ބެހެއްޓުމަށްފަހު އެލީޝާގެ އަތުގައި ހިފާލިއެވެ. ”ސާބަސް…. ކުރީވެސް ކެތްކުރީ ދޯ….. އަދިވެސް ކެތްކޮށްބަލަ…. އެނީވޭ…. އަދި ޔާން ކުރިކަމަށް މާފެއް ނުކުރަންގޭ….” އެލީޝާ ރުޅި އަންނަކަމަށް ހެދެމުން ބުނެލިއެވެ. ”އޯކޭ އޯކޭ…… އައެމް ރިއަލީ ސޮރީ…. ދެން ހިގާބަ ސަދަފް ބޭބީ ކައިރިއަށް….” ޔުއާން އެނދުން ތެދުވަމުން ބުނެލިއެވެ. ”އެލީ ނުލިބިގެނެއް ނޫން ހަމަ ބޭބީ އެއްނުން މިހާރުވެސް ހޯދަނީ…..” އެލީޝާ ތުންކޮޅު ހަދާލަމުން ބުނެލިއެވެ. ”އަޅެ ފަހެ….. އެލީވެސް ބޭނުމޭ……”  ޔުއާން ދެފަރާތަށް ބޯހޫރާލަމުން އެލީޝާގައި ބައްދާލިއެވެ.

މާހިރާއި ރިއާ ޔުއާންމެން ފުރުވުމަށް ފަހު ގެއަށްދާން ކާރަށް އެރިއެވެ. ޔުއާންމެން ދިއުމުގެ ކުރިން ޔުއާން ހަގީގަތް މާހިރުއަށް ކިޔާދިނެވެ. ސަދަފްއަކީ ސްޓީވެންގެ ދަރިއެއްކަން އެގުމުން މާހިރުގެ އިތުރުން ރިއާވެސް އުފާވިއެވެ. ދަރިފުޅުގެ އެ އަމަލަށް އެލީޝާ އަދި ލާމިއު ގާތުން މާފަށް އެދުނެވެ. މިއަދު ދެން އިތުރަށް ސްޓީވެންދެކެ ރުޅި އައުމުގެ ބޭނުމެއް ނެތްކަން މާހިރު ގަބޫލުކުރިއެވެ. އަދި ޔުއާން އެލީޝާއަށް އެހީވެދިނީތީ އުފާކުރިއެވެ. ޔުއާންގެ މިހާރު ހަގީގަތުގައިވެސް އަންބެއް ހުންނަކަން އެގުމުން އިތުރަށް އުފާވިއެވެ. މާހިރުމެން ދެމަފިރިން އެ ކައިވެންޏަށް މަރުހަބާކީ ވަރަށްވެސް އުފަލުންނެވެ.

ހިޔާލުތަކަށް ގެއްލިފައި އިން މާހިރު ސިއްސައިގެން ދިޔައީ ކާރުގެ ކަނާތް ފަރާތުން ފެންނަން ހުރި ގޯޅިން ފެނުން މަންޒަރަކުންނެވެ. މުމްބާއީގެ މަގުތަކަކީ ކިތަންމެ ބިރުވެރި ތަނެއްނަމަވެސް މާހިރު ކާރު ހުއްޓުވާފައި ކާރުން ނިކުތެވެ. ރިއާއަށް ވަނީ ކިހިނެއްކަން ނޭނގުން ނަމަވެސް ރިއާވެސް ބޭރަށް ނިކުތެވެ. ބޮސް ކާރުން ފޭބުމުން ޑްރައިވަރުވެސް ކާރުން ފޭބީ ވީ ކިހިނެތްތޯ ބަލާލާށެވެ. އޭރު ގޯޅިކޮޅުތެރޭ ތިން  ފިރިހެނުން އަންހެން ކުއްޖަކު ހިފަހަށްޓައިގެން ހުއްޓެވެ. ތަންކޮޅެއް ދޮށީ އުމުރުފުރައިގެ މީހަކު އެއަންހެން ކުއްޖާއަށް އިންޒާރު ދެމުން ދިޔައެވެ.

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

ނަފްރަތުން އުފެދުނު ލޯބި… 7 ވަނަ ބައި

Next

ހީވޭ ހިތް ބުނާހެން 6

Next
February 9, 2020

ހީވޭ ހިތް ބުނާހެން 6

Previews
February 8, 2020

ނަފްރަތުން އުފެދުނު ލޯބި… 7 ވަނަ ބައި

12 Comments!

  1. Quiiin? says:
    February 10, 2020 at 12:47 pm

    Ma sha allah?
    ?Dhn oiy part ah inthixaaru kuran
    Shiff ge mi vhk vrh rythi inge?

  2. ❤️tweety❤️ says:
    February 10, 2020 at 12:51 pm

    When next part very nice curiously waiting

    1. shiff says:
      February 10, 2020 at 1:29 pm

      Thankyou❤❤❤ mi week thereyga up kohdheynan….

  3. Yanaa says:
    February 10, 2020 at 1:14 pm

    Varah varah reethi ❤?❤?❤?
    maa sha Allah ?❤?❤?❤?
    waiting for the next part❤?❤

    1. shiff says:
      February 10, 2020 at 1:31 pm

      Thankyou yanaa❤❤❤

  4. Yan♥️ says:
    February 10, 2020 at 5:45 pm

    Varah reethi Masha Allah ? waiting for the next part ?

    1. shiff says:
      February 10, 2020 at 7:10 pm

      Thankyou yan❤❤❤

  5. Ibsha says:
    February 10, 2020 at 9:12 pm

    Varah reethi

    1. shiff says:
      February 12, 2020 at 12:27 am

      Thankyou ❤❤❤

  6. Ainth says:
    February 10, 2020 at 10:18 pm

    Update vun thankolhah laskamah faahaga kurevey.. Vaahaka v reethi

    1. shiff says:
      February 12, 2020 at 12:29 am

      Thankyou❤❤❤ Yaa.. mihaaru college feshuneemayaa ehkoh busy vaathyve, week aku 2 episode up kuraayothah…hope u all readers still read my story?

  7. nash says:
    February 12, 2020 at 6:40 am

    when next

Comments are closed.


All Right Reserved!