ގަޑިން ބާރަގަޑި ބައި ވުމާއިއެކު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދޮރާށިން ހީވީ އެތަށް އިރެއް ވަންދެން ހައްޔަރު ކޮށްފައިތިބި ދޫނިތަކެއް ދޫކޮއްލިހެނެވެ. ސްކޫލުގެ ކުޑަ ދޮރާށިން ކުދިންތައް ނިކުންނަން ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ހީވަނީ އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު އަވަހަށް ނިކުންނަން އުޅޭހެނެވެ. ފެންނަ މީހަކަށް މީ މުބާރާތެކޭވެސް ހީވެދާނެވެ. ކުދިންތައް ދުރުކުރަމުން ރާގަކަށް ‘އެކްސް ކިއުޒް މީ’ ކިޔަމުން ނޫކަށިފުރައިގެ އަންހެން ކުއްޖެއް ގޭޓުން ނިކުތެވެ. ނިކުމެވުމާއެކު އެ އަންހެންކުއްޖާ އެއްފަރާތަކަށް […]