Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (1)

shiff Level 110 Stories
January 17, 2020 4 Mins Read
18 Comments

ގަޑިން ބާރަގަޑި ބައި ވުމާއިއެކު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދޮރާށިން ހީވީ އެތަށް އިރެއް ވަންދެން ހައްޔަރު ކޮށްފައިތިބި ދޫނިދަކެއް ދޫކޮއްލިހެނެވެ. ސްކޫލުގެ ކުޑަ ދޮރާށިން ކުދިންތައް ނިކުންނަން ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ހީވަނީ އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު އަވަހަށް ނިކުންނަން އުޅޭހެނެވެ. ފެންނަ މީހަކަށް މީ މުބާރާތެކޭވެސް ހީވެދާނެވެ.

ކުދިންތައް ދުރުކުރަމުން ރާގަކަށް ‘އެކްސް ކިއުޒް މީ’ ކިޔަމުން ނޫކަށިފުރައިގެ އަންހެން ކުއްޖެއް ގޭޓުން ނިކުތެވެ. ނިކުމެވުމާއެކު އެ އަންހެންކުއްޖާ އެއްފަރާތަކަށް ޖެހެލެމުން ފުންކޮށް ދެފަހަރަކު ނޭވާ ލިއެވެ. އެ އަންހެންކުއްޖާ ލައިގެން ހުރީ އެ ސްކޫލު އޯލެވެލް އަށް ހާއްސަ ކޮށްފައިވާ ޔުނީފޯމެވެ. އިސްތަށިގަނޑު އޮތީ ރީތި ގޮތަކަށް ގަތާލާފައެވެ. ބުރުގާ ނޭޅިއެއް ކަމަކު ލައިގެން ހުރި ޔުނީފޯމް ކުރެއްނޫނެވެ. އިރުކޮޅަކު ފާރުގާ ލެނގިގެން ހުރުމަށް ފަހު ކުޑަކޮށް ފައި ހިއްލާލަމުން ގޭޓުތެރޭ ބޮޑިވެފައި ތިބި ކުދިންނަށް ބަލާލިއެވެ. އަދި އަތުގައި އޮތް ގަޑިއަށް ބަލާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ހީވާގޮތުން އެ އަންހެންކުއްޖާ އެހެން ކުއްޖަކަށް އިންތިޒާރު ކުރަނީއެވެ.

އެ އަންހެންކުއްޖާ އެތާ ފަސް ވަރަކަށް މިނެޓު ހުރުމަށް ފަހު އަނެއްކާވެސް ގޭޓުތެރެއަށް ނަޒަރެއް ދިނެވެ. އެ އިރު ކުދިން ތަންކޮޅެއް މަދު ވެއްޖެވެ. އެ ކުއްޖާގެ ލޮލުގައި އަޅައިގަތީ ސަކަރާތްޖަހަމުން ނިކުތް ތިން އަންހެން ކުދިންނެވެ. އެ އަންހެން ކުއްޖާ ފެނުމާއެކު އޭގެތެރޭން މެދަށް ހުރި ކުއްޖާ ދުވަމުން ކަހަލަ ގޮތަކަށް އެ އަންހެންކުއްޖާ ކައިރިއަށް އައެވެ. “ދޮންތާ ވަރަށް ލަސް ވެއްޖެ ދޯ… އަސްލު ޓީޗާރ މާ ލަސް ކޮއްލީ އޭ…. ދެން ލީޝް ވެސް ފްރެންޑްސް އާ ވާހަކަ ދައްކާލަން މަޑުކޮއްލީ……..” ކުއްވެރިއެއް ފަދައިން އެލީޝާ އޭނަގެ ދޮންތަ އަނާގެ ކޮޑުގައި އެލިގަންނަމުން ބުނެލިއެވެ. “ހޫނ…. ދެންވެސް ހިނގާބަ ދާން….. އީލު ހުންނާނެ މިހާރު ރުޅިގަދަ ވެފަ…..” އަނާ އެލީޝާގެ ބުރިކަށީ މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.

އަނާ ހިނގައިގަތުމުން ފަހަތުން އެލީޝާވެސް ހިނގައި ގަތެވެ. ދެކުދިން އެކީ ގޯޅި އެޅި އިރު ފިހާރައެއް ކައިރީ ވާހަކަދައްކަން ދެ ފިރިހެން ކުދިން ތިއްބެއެވެ. އަނާމެން އަންނަތަން ފެނުމުން އެދެކުދިންގެ ނަޒަރު އަމާޒުވީ އެމީހުންނަށެވެ. “ކޮބާ އާދެވިއްޖެ ދޯ…….. މިހާރު ކޮން އިރެއް މިތާ ހުންނަތާ…. މިހާރު ދެ ޕާސް ޕޭޕަރު ހަދާހާ ވަގުތޭ މިދިޔައީ……މި ދައިތާއާ ހެދި ދޯ މިއަދުވެސް ލަސްވީ؟……” އީލާފް އަތުގައި އޮތް ގަޑިއަށް ބަލާލަމުން އެލީޝާގެ ކަންފަތުގައި ހިފިއެވެ. “އަށްދޯއި…. ތަދުވެއޭ…..” އެލީޝާ އީލާފް އަތުން ވީއްލިގެން އީލާފް ކައިރީ ހުރި ނާފިލް ގެ ފަހަތަށް ދަމުން އީލާފަށް ދޫދިއްކޮށްލިއެވެ.

ނާފިލް އަކީ އީލާފުމެންނާ އެކު ގެއަށް ދާއިރު އެކީ ދާކުއްޖެކެވެ. ބައެއް ދުވަސްދުވަހު ނާފިލް ބައްޕަ ބަލައި އަންނާތީ ނާފިލް ދަނީ ބައްޕައާ އެކީ ސައިކަލުގައެވެ. މިއަދުވެސް އެމީހުންނާ އެކީ ދާންޖެހުނީ ބައްޕަ ބިޒީ ވުމުންނެވެ. “ހޫނ…. މި ދެމީހުންގެ ކަންތައް ފެށުނީއޭ…. މަށަށް ޔަގީނޭ ތި ދެމީހުން ހިފަހިފާފަ އެންމެ ފަހުން ދެމީހުން ލޯބިވާނީ ތޯއްޗެއް؟……” ނާފިލް އެހެން ބުނުމާ އެކު ދެމީހުން އެއްފަހަރާ ‘އައި ހޭޓް ޔޫ’ އޭ ބުނެލީ ހަތަރު ކަޅި ހަމަ ކޮއްލަމުންނެވެ. ލޯއަޅައިގެން ތިބި ދެމީހުންނަށް ބަލާލަމުން ނާފިލް ދެން ބުނެލި އެތިން ކައިރީ ތިބި ތިން މީހުންވެސް އޭނާއަށް ބަލާލިއެވެ. “އެއީ ދޮގެއް ނޫނޭ ނަފްރަތަކީ ލޯބީގެ ފެށުމޭ….. ތިމީހުން ގަބޫލު ނުކުރަންޏާ ލާރާޔާ ޒިވާން މިސާލަކަށް ބަލާބަ….” މިފަހަރު ނާފިލް ބުނެލީ ހެއްކާވެސް އެކީއެވެ. ލާރާޔާ ޒިވާނަކީ މިހާރު ސްކޫލު އެންމެންނަށް އެނގޭ ދެލޯބިވެރިންނެވެ. ކުރީ މި ދެމީހުންގެ ކަމަކީ އަބަދުމެ ތަޅާފޮޅުމެވެ. ސްކޫލުގައި އަންހެން ފިރިހެން ވަކި ނުކޮށް ހުރިނަމަ އެދެމީހުން ކުރެ އެކަކު މި ދުނިޔެ ދޫކޮށްފީސް ކަން ޔަގީނެވެ. ނާފިލް އެހެން ބުނުނުމުން އެންމެން ހޭންފެށިނަމަވެސް އީލާފް ބަލާލީ އަނާ އަށެވެ. އީލާފް ބަލާލިގޮތުން އަނާ ހޭންފެށީ ކުރިއަށްވުރެވެސް ބާރަށެވެ. އީލާފް އަށް ވެސް ކެއްކުރެވުނީ އެހިސާބަށެވެ. އީލާފް ބާރަށް ހޭންފެށުމުން އޭރު މަގުމަތީ ތިބި މީހުންވެސް އެމީހުންނަށް ބަލާލިއެވެ. ނަމަވެސް އެކަމާ އަޅާނުލާ ހަތަރު ކުދިން ހެމުން ހެމުން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ނާފިލް ގެ ގެއާ ހިސާބަށް ދެވުމުން ނާފިލް އެ ކުދިންނާ ވަކިވިއެވެ. ”އީލު… މަންމަ ބުނި ގެއަށް ވަދެލައްޗޭ…. ނަންނިމެންގެއަށް ގޮސްފަ ދޯ ގެއަށް ދާނީ؟” ނާފިލް ދިއުމުން އަނާ އީލާފް އާ ވާހަކަ ދެއްކިއެވެ. އީލާފް މަޑުމަޑުން ހޫމް ލައްވާލިއެވެ. އޭރު އީލާފް ދިޔައީ ކަމަކާ ވިސްނަމުންނެވެ. އެހެންވެ ފަހުން އަނާ ދެއްކި ވާހަކައެއް އީލާފްއަކަށް ނޭނގުނެވެ. އީލާފް އަށް ހިޔާލުތަކުން ދުރުވެވުނީ އެލީޝާ އޭނާގެ ދަށްބޮލުގައި ޖެހުމުންނެވެ. ”އައުޗް… ދައިތަގަނޑާ ތަދުވެއްޖޭ…” އީލާފް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ހޫނ…. އީލު މިތާ ގަބުވެފަ ހުރީމަ އޮބާމާ އަންނާނެތަ ގެއަށް ވަންނަން އިންވިޓޭޝަން ކާޑެއް ހިފައިގެން” އެލީޝާ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ”ހެވެއްނުން އޮބާމާ ނަޔަސް ކުއީން އެލްސާ ތިހުރީނުން…..” އީލާފްވެސް ދޫނުކުރަންވެގެން ބުނެލިއެވެ. ތިންކުދިން އެއްކޮށް ގޮސް އަނާމެން އުޅޭ އެޕާޓްމެންޓަށް ވަދުނެވެ. އޭރު އަނާގެ މަންމަ އާތިފާ ބަދިގޭތެރޭ އުޅުނެވެ. އެމީހުންގެ ކޮއްކޮ ލަޔާވެސް ބަދިގެތެރޭ އިން ގޮޑިއެއްގައި އިށީންދެލައިގެން ފޮތެއް ކިޔަން އިނެވެ. ”ތޮއްތޮ ކިހިނެއްތަ… މިހާރު ހާދަ ނުފެނެއޭ… ކޯއްޗެއްތަ ތިކިޔަނީ؟” ލަޔާގެ ބަނޑުގައި ކޮއްޓާލަމުން އީލާފް ވާހަކަ ދެއްކިއެވެ. އީލާފް ލަޔާއަށް އުދަނގޫ ކޮއްލުމުން ލަޔާ ތުންދަމާލިއެވެ. ”ދަރިފުޅުމެން އައީ ދޯ… އީލާފް ދަރިފުޅު މި ގޭސްފުޅި ގުޅާ ދީބަލަ…. މިފަހަރު ގެނައި ގޭސްފުޅި ތަފާތު ވީމަ ދައްތައަށް ގުޅަން ނޭނގިގެން މިއުޅެނީ…..” އާތިފާއަށް އީލާފްގެ އަޑު އިވުމާއެކު ވާހަކަ ދެއްކިއެވެ. އީލާފްވެސް އަވަހަށް އެކަން ކޮށްލަދޭން ދިޔައެވެ. އޭރު އެލީޝާޔާ އަނާ ވީ އެއްޗެހި ބަދަލުކުރަން ކޮޓަރިއަށް ގޮހެވެ.  އާތިފާ ދޭތެރެއަކުން ގޭތެރޭގެ ބައެއް ކުދި ކަންތައްތައް އީލާފް ކައިރިން އެދެއެވެ.

އާތިފާ ދެކެނީ އީލާފް އަކީ އޭނާގެ އަމިއްލަ ދަރިއެއް ގޮތަށެވެ. އެހެންވެ ގޭތެރޭ ފިރިހެނެއްނެތުމުން ކުދިކުދި ކަންތައްތަކުގައި އީލާފްގެ އެހީވެސް ހޯދަންޖެހެނީއެވެ. އާތިފާ އޭނާގެ ތިންވަނަ ކުއްޖާއަށް ބަނޑު ބޮޑުވެގެން އުޅުން ދުވަސްކޮޅު އޭނާ ފިރިމީހާގެ ކައިރިން ވަރި ވީއެވެ. އޭނާގެ ކުށެއް އެކަމުގައި ނެތްނަމަވެސް ދެ ލޯބިވެރިންގެ މެދަށް އެނގިހުރެ ވަންނަން ބޭނުން ނުވީއެވެ. އާތިފާއާ ލާމިއުގެ ކައިވެނި ކުރެވުނީ މައިންބަފައިންގެ އެދުމަށެވެ. އާތިފާގެ އާއިލާއަށް ނޭންގުން ކަމުގައި ވީނަމަވެސް ލާމިއު އާތިފާއާ ކައިވެނި ކުރީ މަޖުބޫރު ވެގެންނެވެ. އެ ކައިވެނި ކުރެވުނު އިރުވެސް ލާމިއުގެ އަންބަކާއި ދަރިއެއް ހުއްޓެވެ. ނަމަވެސް މިކަންވެސް އޮތީ ސިއްރު ކުރެވިފައެވެ. އެތައް އަހަރަކަށްފަހު އާތިފާއަށް ހަގީގަތް އެގުނު އިރު އެދެމީހުންނަށް ދެ ދަރިންލިބި އާތިފާ ހުރީ ތިންވަނަކުއްޖާއަށް ބަނޑު ބޮޑުވެފައެވެ. ކަންތައްތައް ވެފައިއޮތް ގޮތް އެނގި ހުރެ އާތިފާ ލާމިއުއާ ވަރިވީއެވެ. ނަމަވެސް ލާމިއުގެ ފަރާތުން އެތިން ކުދިންނަށްވެސް ލޯބިލިބެއެވެ. ތައުލީމާއި އެހެނިހެން ބައެއް ހަރަދުތައްވެސް ލާމިއު ބަލަހައްޓައެވެ. ދޭތެރެއަކުން އެގެއަށްވެސް އާދެއެވެ.

އީލާފް ގޭސްފުޅި ގުޅާދިނުމަށްފަހު އާތިފާއަށް ގޭސްފުޅިގުޅާގޮތް ކިޔާދިނެވެ. ”ދެން ދަރިފުޅު ދާންވާނީ ކައިގެންގޭ…… ކޮބާތަ މަންމަ؟…..ކުރިން ދުވަހު ލަޔާ ސްކޫލަށް ލައިފަ ތިގެއަށް ވަދެލިން…. ދެ ތިން ފަހަރު ބެލްވެސް އެޅިން އެކަމު މަންމަގެ ހަބަރެއް ނުވީމަ އައީ…..” އާތިފާ އީލާފްއަށް ކާންހަދަމުން ވާހަކަދެއްކިއެވެ. ”ވެދާނެ މަންމައަށް ނިދުނީކަމަށް… އެނގޭތަ އާތިފައްތައަށް….. މަންމަ މިހާރު ވާހަކަވެސް ލިޔޭ….. ކުރިން ދުވަހުވެސް ވަރަށް ރީތި ވާހަކައެއް ލިޔުނު…..” އީލާފް ވަރަށް ފުޅާހިނިތުންވުމަކާއެކު ބުނެލިއެވެ.

އީލާފްގެ މަންމަ އައިމިނައަކީ މަންމަނު މީހެކެވެ. އީލާފް ކުޑައިރު ދިމާވި އެކްސިޑެންޓެއްގައި އަޑު އިވުމާއި ވާހަކަދެއްކުމުން މަހުރޫމް ވީއެވެ. ނަމަވެސް އީލާފް އޭނާގެ މަންމައަކީ ނުކުޅެދޭ މީހެކޭ ދުވަހަކު ވެސް ހިތަށް ނާރުވައެވެ. އެދެމައިން އުޅެނީ ނުހަނު އުފަލުންނެވެ. އައިމިނައަކީ މަދުމީހުން ދަންނަނަމަވެސް ގިނަބައެއްގެ ތައުރީފް ލިބެމުންދާ މީހެކެވެ. މިހާރު މާލޭގައި އެންމެ މަސްޚޫރު ‘އައިންތު ހެދިކާ’ އަކީ އައިމިނަ ދިރިއުޅުމަށްޓަކާ ކުރާ މަސައްކަތެވެ. ހެދިކާގެ އިތުރުން ތަފާތު ލުއިކާނާވެސް އައިމިނަ ވިއްކައެވެ.

”އީލު މިހާރު ކަނީތަ ތި… ނުވެސް ބުނޭ ކާން މަޑުކުރާނަމެކޭވެސް…. ނަންނިއަށް ހީވަނީ އީލުގެ ބެސްޓީއަކީ މޯމް ހެން” އަނާ ތުން ދަމާލަމުން ކާމޭޒުކައިރީ އިށީނެވެ.  ” އަނާ ދަރިފުޅު އަދިވެސް ބޮޑުވާކަށް ނޫޅޭތަ؟” އީލާފް ވާހަކަދެއްކުމުގެ ކުރިން އާތިފާ ވާހަކަދެއްކިއެވެ. އާތިފާ އެހެން ބުނުމުން އާތިފާއަށް ނުފެންނާނެހެން އީލާފް އަނާއަށް މަލާމާތްކޮށްލިއެވެ. ”ދޮންތީ…. ކޮބާތަ ލީޝްގެ ވޫލްކޮޅު؟….. އެއްކަލަ އީލު ކަނީ ދޯ……. އަޅެ މި ކޭމާޓަށް އެންމެ އިރުކޮޅަކުވެސް އަނގަ ހުއްޓައިލައިގެން ނީނދެވޭނެ……” ބޮލުގަ އަށްސާ ވޫލުކޮޅު ނުފެނިގެން އައި އެލީޝާ މިހާރު ވޫލުކޮޅު މަތިން ހަދާނެއްވެސްނެތެވެ. އެލީޝާ އެހެން ބުނުމާއިއެކު ފެށުނީ އީލާފްއާ އެލީޝާގެ ޒުވާބެވެ. އަނާވެސް ދޭތެރެއަކުން އެމީހުންގެ ޒުވާބުގައި ބައިވެރިވެލައިވެ.

 

…………………………ދެއަހަރު ފަސް………………………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 16

Next

ބުނަން ބޭނުމޭ 2

Next
January 17, 2020

ބުނަން ބޭނުމޭ 2

Previews
January 17, 2020

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 16

18 Comments!

  1. Umny ??? says:
    January 17, 2020 at 9:43 pm

    Nice and when is the next part

    1. shiff says:
      January 17, 2020 at 11:36 pm

      Thank u… vv avahah up kohdheynan… Insha Allah…

  2. mujey? says:
    January 18, 2020 at 9:54 am

    Oooooh v nice first part pls up soon bby

    1. shiff says:
      January 19, 2020 at 6:24 pm

      thankss….

  3. Mishelyn says:
    January 18, 2020 at 2:27 pm

    Wow.tuff..when next..?

    1. shiff says:
      January 19, 2020 at 6:27 pm

      thankyou… miadhuga up kohdheynan… insha allah

  4. Lamko says:
    January 18, 2020 at 3:23 pm

    SHIFF GOOD STORY….. N INTERESTING❤️❤️….. WHN NXT PART…… CURIOUSLY WAITING FOR THE NEXT PART…. LYSM ❤️???

    1. shiff says:
      January 18, 2020 at 11:05 pm

      Thankyou❤❤❤

  5. ishra says:
    January 18, 2020 at 8:58 pm

    vaahaka v reethi waiting for next part babe

    1. shiff says:
      January 18, 2020 at 11:06 pm

      Thanksss ishra….❤❤❤

  6. malsamalkkomal says:
    January 18, 2020 at 10:46 pm

    Varah rythi. Waitting♡

    1. shiff says:
      January 19, 2020 at 6:25 pm

      thanyou….

  7. shiff says:
    January 18, 2020 at 11:04 pm

    Thanks ❤….. vvv avahah up kohdheynan…. luv u too

  8. Aaliyo says:
    January 20, 2020 at 5:48 pm

    Varah salhi inge…?

    1. shiff says:
      January 24, 2020 at 10:07 am

      Thankss

  9. Aaliyo says:
    January 20, 2020 at 5:52 pm

    ?super

  10. Amie says:
    February 26, 2020 at 10:48 am

    Getting interested… Keep it up…

  11. @M!N@T# says:
    March 12, 2020 at 2:17 pm

    WOW V NICE FIRST PART

Comments are closed.

Next Episodeނޭދެން ވަކިވާކަށް (2)←


All Right Reserved!