Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (2)

shiff Level 110 Stories
January 21, 2020 3 Mins Read
17 Comments

………………..ދެ އަހަރު ފަސް……………….

ވަގުތަކީ މެންދަމުގެ ވަގުތެވެ. އެވަގުތުވެސް މުމްބާއީގެ އެންމެ ހަލަބޮލި ސަރަހައްދުގައި އެހެންދުވަސްތަކެކޭ އެއްގޮތަށް ދުއްވާ އެއްޗެހި ހުއްޓުމެއްނެތި ދުއްވަމުން ދިޔައެވެ. އެ ހަލަބޮލި މާހައުލުގައި ކޮތަޅަކަށް ދެތިން ފިޔާލައިގެން މަޑު ހިނގުމެއްގައި ސަތާރަވަރަކަށް އަހަރުގެ އަންހެން ކުއްޖަކު މަގުގެ އެއްފަރާތެއްގައި ހިނގަމުން ދިޔައެވެ. އެކުއްޖާ ލައިގެން ހުރީ އާދައިގެ ޕާކިސްތާނު ހެދުމެކެވެ. ނަމަވެސް ތަފާތަކީ އެ ހެނދުމުގެ އެކިތަންތަން ކޮޅުން ވީދައިގެން ގޮސްފައި ހުރުމެވެ. ހެނދުމުގެ ކުލަވެސްވަނީ ވެއްޓިފައެވެ. ހީވަނީ މިއިން ދުވަހަކު ދޮވެފައި ނުވާ ހެދުމެއްހެނެވެ.

އެ އަންހެންކުއްޖާ ހިނގަމުން ހިނގަމުންގޮސް ތަންކޮޅެއް އަނދިރި ގޯޅިއަކަށް އެޅިއެވެ. އެ ކުއްޖާގެ މޫނުމަތީގައިވީ ހިތާމަޔާ ބިރުވެރިކަމެވެ. ކުޑަކޮށް ހިނގުން ބާރުކޮށްލީ ގޯޅިގަނޑުތެރޭ އޮތް ޕްރައިވެޓް ކާރު ފެނިފައެވެ. ނަމަވެސް ބާރަށް ހިނގާނެހާ ހިތްވަރެއްވެސް ނެތެވެ. އޭރުވެސް އެ ކުއްޖާ ތުރުތުރު އަޅަމުންދިޔައެވެ. އަދި މިޔަދު ބަނޑަށް އެއްޗެއް ނުލެވެއެވެ. ކޮންމެ ދުވަހަކުވެސް ކާއެއްޗެއް ލިބޭވަރުވަނީ އެތަށް މަސައްކަތެތް ކޮށްގެނެވެ. އެ އަންހެންކުއްޖާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުރިމައްޗަށް ފިރިހެނަކު އެރީމައެވެ. އެ މީހާގެ ގައިން ދުވަނީ ރަލުގެ ވަހެވެ. އޭނާ ހުރީ ހަމަ ހޭގައެއްވެސް ނޫނެވެ. ”އޭ ކަލޭ މިރޭ މީނަ ގެންދަންވީނުން…… ސަޅިވާނެ…..” އެ އަންހެންކުއްޖާގެ އަތުގައި ހިފަމުން އެ ފިރިހެންމީހާ ބުނެލިއެވެ.

”އޭ ތީ ކޮންކަމެއް އޭނަ ދޫކޮށްލާ…. ހިނގާ ސްޕާއަކަށް ދާން…..” ކާރުތެރޭން ފިރިހެނަކު ބުނެލިއެވެ. އެމީހުން ވާހަކަދަށްކަމުން ދިޔައީ ހިންދީ ބަހުންނެވެ. ހީވާގޮތުން އެ އަންހެންކުއްޖާއަށްވެސް އެމީހުން ދަށްކަމުން ދިޔަ ވާހަކަ އެނގެއެވެ. އެމޫނުމަތީގައިވީ ބިރުވެރިކަމެވެ. ގަދަ ހަދަން އުޅުންނަމަވެސް އެފިރިހެންމީހާ ހިފަހަށްޓައިގެން ހުރީ މާ ބާރަށެވެ. ”އޭ ބްރޯ…. ކީކޭ ކިޔާކަށްތަ މީ ފްރީ ކޮށޭ…. ކަލޭ ޖެހޭނެ ސްޕާއަށް ގޮސް ރުފިޔާ ދަށްކަން އެކަމު އަހަރުމެން ގެއަށް ގޮސްވެސް އެކަން ވެދާނެ…. ހަމަ ހިލޭ…….” ކާރުތެރޭން އެހެން ފިރިހެންކު ވާހަކަދެއްކިއެވެ. އެ ފިރިހެންމީހާ އަންހެންކުއްޖާ ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ކާރުތެރެއަށް ވެއްދިއެވެ.

”އަށް މި އޮތީ ކަލޭގެ ކާނާ އަހަރުން މިދަނީ ގެޔަށް….” އެ ފިރިހެންމީހާ އަންހެންކުއްޖާ ކާރުތެރެއަށް ކޮށްޕާލަމުން ބުނެލިއެވެ. ކާރުތެރޭ އޮތް ދެ ފިރިހެނުންވެސް ‘ގުޑްލަކް’އޭ ކިޔާފައި ކާރުން ނިކުތެވެ. މުޅި ކާރުތެރޭންވެސް ދުވަނީ ރަލުގެ ނުބައި ވަހެވެ. އެ އަންހެންކުއްޖާ އޮތީ ޖެހުނުގޮތުން ނުތެދުވެވިފައެވެ. އޭރު އެ ކުއްޖާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ކާރުތެރޭ ދެލޯމަރާލައިގެން އޮތީ ވިހިވަރަކަށް އަހަރުގެ ފިރިހެނެކެވެ. އޭނާ އޮތީ ރަގަޅަށްވެސް މަސްތުވެފައެވެ. އެ އަންހެންކުއްޖާ އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވާން އުޅުނެވެ. ނަމަވެސް އޭނާގެ ނަސީބުދެރައީއެވެ. އޭނާގެ ހެނދުން އޮތީ ތާށިވެފައެވެ. ބިރުންހުރި ވަރުން ދަމަން ހަދައިގެން ހެދުން ދިޔައީ އިރައިގެނެވެ. އެއަޑަށް ކާރުތެރޭއޮތް ފިރިހެނާ ދެލޯ ހުޅުވާލިއެވެ. އަދި އިޝާރާތުން ދާށޭ ބުނެލިއެވެ.

އެއަންހެންކުއްޖާ ކާރުގެ ދޮރު ހުޅުވަން އުޅެ ދޮރެއް ނުހުޅުވުނެވެ. އަންހެންކުއްޖާއަށް ދޮރު ނުހުޅުވިގެން އުޅޭތީ ދޮރުހުޅުވަން ދަމާލިއަތް ހުއްޓުނީ އެ އަންހެންކުއްޖާގެ ބަނޑާދިމާލުން ވީދައިގެން ގޮސްފައި އިންތަން ފެނިފައެވެ. ވީދައިގެންގޮސްފައި އިންދިމާލުން އެ އަންހެންކުއްޖާގެ ދޮންބަނޑު އޮތީ ފެންނާށެވެ. އެ އަންހެންކުއްޖާ ސަލާމަތްކުރަން ނެނގިއަތުގެ މިސްރާބު ވަގުތުން ބަދަލުވެގެން ދިޔައީ އޭނާގެ އިޚްތިޔާރަކު ނޫނެވެ. އެ ފިރިހެނާގެއަތް ބަނޑުގައުއިޖެހުމާއެކު އަންހެންކުއްޖާއަށް ތެޅިގަނެވުނެވެ. ކުޑައިރުކޮޅެއް ކުރިން ސަލާމަތްވާނެކަމުގެ ކުޑަ އުންމީދެއް އޮތްނަމަވެސް މިފަހަރު އެއަންހެންކުއްޖާއަށް ރޮއެގަނެވުނީ އެއްވެސް އުންމީދެއް ނެތިއެވެ. ކިތަންމެ ވަރަކަށް ހަޅޭތްލެވި ނަމަވެސް އެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. ފިރިހެނެއް ކައިރި ނިކަމެތި އަންހެންކުއްޖަކަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ. އެ މަސްތުވެފައިއޮތް ފިރިހެނާ އެ އަންހެންކުއްޖާ ސަތާރަ އަހަރުވަންދެން ރައްކާކޮށްގެން ގެންގުޅުނު އަބުރު ވެއްޔާ މޮޑެލީ އެންމެ ސަތާރަ މިނެޓް ތެރޭގައެވެ.

ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް އެ އަންހެންކުއްޖާގެ ހިތުގައިވީ ޝަކުވާއެވެ. އެއިރު ގައިގެ އެކި ތަންތަނުން ދިލަ ނަގަމުން ދިޔައެވެ. ރޮއެ ރޮއެ ދެ ލޯވަނީ ރަތްވެފައެވެ. މުޅިހަށިގަނޑު ތުރު ތުރު ލަމުން ދިޔައިރު، އެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. މީ ހަމަ އޭނާގެ ތަޤްދީރުގައި ލިޔެވިފައި ވާގޮތް ހެއްޔެވެ؟ ތަޤްދީރު މިފަދަ ސަމާސާކުރަނީ ކީއްވެ ހެއްޔެވެ.؟ ހަމަ ފިރިހެނުންނަށް ނުވިސްނެނީ ހެއްޔެވެ؟ އަންހެންކުދިންގެ އަބުރު މިގޮތަށް ނަގާލުމުން ފިރިހެނުންނަށް ލިބެނީ ކޮން ހިންހަމަޖެހުމެއް ހެއްޔެވެ؟ އެ އަންހެންކުއްޖާ ގައިގެ ވަރުހުސްވެފައިވީ ނަމަވެސް ވަރަށް ހާލުން ކާރުތެރޭއޮތް އޭނާގެ ހެނދުންލުމަށްފަހު ކާރުގެ ދޮރުހުޅުވަން މަސައްކަތް ކުރަން ފެށިއެވެ. ވަރަށް ވަރުން ދޮރު ހުޅުވުނެވެ. ދޮރު ހުޅުވުމުން އެ އަންހެންކުއްޖާ ކާރުން ނިކުމެ ތަންތަނުގައި ހިފަހަށްޓައިގެން ހިގަމުން ދިޔައެވެ. އޭރުވެސް އެކުއްޖާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ  ފައިބަމުން ދިޔައެވެ.
އޭގެ ފަހުން ހަތަރު މަސް ފާއިތުވެ ދިޔައީއެވެ. ދުނިޔެ ހިގަމުންދިޔައީ ކުރިއެކޭވެސް އެއްގޮތަށެވެ. އެއްބަޔަކަށް ހިންހަމަޖެހުން ލިބެމުންދާއިރު އަނެކުންނަށްދަނީ ހިތްދަތިކަން ލިބެމުންނެވެ. އާއެކެވެ. މިއީ ދުނިޔޭގެ ކަންވާގޮތެވެ. މި ގޮތް ބަދަލު ކުރެވޭނެ ގޮތެއް އަދި އެނގިފައެތް ނެތެވެ. އެނގުނަސް މިކަން ބަދަލުކުރާނެ ބަޔަކު ނުވާނެއެވެ.

” ސްޓީވެން…… ޔޫ ކޭން މީޓް ހިމް ނައު……” ރިސެޕްޝަނުގެ އިންނަ އަންހެންކުއްޖާ ބުނެލިއެވެ. ސްޓީވެން އޭ ބުނުމުން ދެލޯ މަރައިލައިގެން އޮތް ޒުވާނާ ލޯ ހުޅު ވާލުމަށްފަހު ތެދުވިއެވެ. އަދި ރިސެޕްޝަނުއިން ކުއްޖާއަށް ހިނިތުންވެލަމުން އެންމެ ކައިރީ ހުރި ދޮރުގައި ދެފަހަރަކު ޓަކިޖަހާލުމަށް ފަހު އެތެރެއަށް ވަނެވެ. ”ސްޓީވް….. ވަޓްސް ރޯންގް؟….” ޑޮކްޓަރުންނަށް ހާއްސަކޮށްފައިހުންނަ ވައްތަރުގެ ކޯޓެއް ލައިގެން އިން ޔުއާން ވާހަކަ ދެއްކިއެވެ.

ސްޓީވެންއާ ޔުއާންއަކީ އެކަކަށް ބައްޕަ ކިޔާ ދެކުދިންނެވެ. އެމީހުންގެ ބައްޕަ މާހިރަކީ ދިވެއްސެކެވެ. ނަމަވެސް މިހާރު އުޅެމުންދަނީ އިންޑިޔާގައެވެ. ޔުއާންއަކީ މާހިރު ދިވެއްސަކާ އިނދެގެން ލިބިފައި ހުރި ކުއްޖެކެވެ. ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބުންނަމަވެސް މާހިރުގެ ހަގު ފިރިހެންކުއްޖާ ހުދު މާހިރުވެސް ނުދެކެއެވެ. ޔުއާންއަށްވެސް އޭނާގެ ކޮއްކޮއެއް ހުންނަކަން އެނގެއެވެ. ނަމަވެސް އެންމެ ކުޑަމިނުން އެ ކުއްޖާއަށް ކިޔަނީ ކޮންނަމެއްކަމެއްވެސް އެދެބަފައިންނަށް ނޭނގެއެވެ. ސްޓީވެންއަކީ މާހިރު ނަސާރާދީނުގެ އަންހެނަކާ އިނދެގެން ލިބިފައި ހުރި ކުއްޖެކެވެ. ސްޓީވެންވެސް ބޭނުންވީ އޭނާގެ މަންމަގެ ދީނުގައި ހުންނާށެވެ. މާހިރު ކިތަންމެ ވަރަކަށް ކީ ނަމަވެސް ސްޓީވެން އޭނާގެ ނިންމުން ބަދަލު ކުރާކަށް ނޫޅުނެވެ. އެއްވެސް ސަބަބަކާނުލާ އޭނާ މުސްލިމުންނަށް ނަފްރަތު ކުރެއެވެ.

”ސްޓީވް……ދިސް އިޒް މައި ޑިއުޓީ ޓައިމް” ސްޓީވެން ވާހަކަ ނުދައްކާ އިންނާތީ އަނެއްކާވެސް ޔުއާން ވާހަކަ ދެއްކިއެވެ. ނުބުނާންހުރެފައިވެސް ގޮތްހުސްވެފައި ހުރެ ސްޓީވެން ވާހަކަދެއްކިއެވެ.  ”ބްރޯ…… އިފް… ޔޫ…. ޕްރޮމިސް ނޮޓް ޓު ބީ އެންގްރީ…… އައި ވޯންޓް ޓު… ޓެލް ޔޫ…. ސަމްތިންގ” އަޅައަޅައިގަނެގެން ކަހަލަ ގޮތަކަށް ސްޓީވެން އޭނާގެ ބޭބެ ޔުއާންއާ ވާހަކަ ދަށްކަމުން ދިޔައެވެ. އެމީހުން ތިބީ ޔުއާންގެ ކެބިންގައެވެ. ޔުއާން ވަށްކަޅިން ސްޓީވެންއަށް ބަލާލަމުން ބޯޖަހާލިއެވެ. އޭރު އޭނަގެ އަތު ކުޑަކުޑަ ބޯޅައެއް އޮތެވެ. ”އައި ގޮޓް އަ ގާރލް ޕްރެގްނެންޓް” ދެލޯ މަރާ ތަގުޅިކޮށްލަމުން ސްޓީވެން ބުނެލިއެވެ. އިރުކޮޅެއް ވީއިރުވެސް ޔުއާންގެ ފަރާތުން ބަހެއް ނައުމުން ސްޓީވެން ދެލޯ ހުޅުވާލިއެވެ. އޭރު  ޔުއާން އިސްޖަހާލައިގެން އިނެވެ. އޭރު އޭނާގެ އަތު އޮތް ބޯޅައަކީ ފުރާނަ ހުރި އެއްޗެއްނަމަ ވަގުތުން މި ދިނިޔެ ދޫކުރާނެކަން ޔަގީނެވެ. ކިތަންމެ ރުޅި ކޮންޓްރޯލު ކޮށްގެން އިން ނަމަވެސް ޔުއާންގެ އަތަށް ބަލައިލައިފިނަމަ އޭނާ ރުޅި އައިސްފައި ހުރިވަރު ތަސައްވަރު ކުރެވޭނެއެވެ. ދެއަތުގެ ނާރުތަށް ފުއްޕާފައި ހުރި އިރު ދެއަތްވެސް ވަނީ މުއްކަވާލެވިފައެވެ.

 

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

ރާސްތާ 2 ނަވާވިސް ވަނަބައި

Next

މައުޝޫމް

Next
January 21, 2020

މައުޝޫމް

Previews
January 20, 2020

ރާސްތާ 2 ނަވާވިސް ވަނަބައި

17 Comments!

  1. Aaliyo says:
    January 21, 2020 at 12:54 am

    Wow…I’m so excited to read the coming part…

    1. shiff says:
      January 22, 2020 at 12:47 am

      Hehehe…..thankss…

  2. mujey? says:
    January 21, 2020 at 6:59 am

    Varah exciting and nice when next part shiff ???

    1. shiff says:
      January 22, 2020 at 12:48 am

      Thanks…. Wednesday ga….

  3. Lamko says:
    January 21, 2020 at 7:16 am

    Shiff mi part vc vrh reethi….. Whn nxt❤️❤️❤️

    1. shiff says:
      January 21, 2020 at 8:20 am

      Thankyou❤❤❤…. Wednesday ga submit kohlaanan…IA

  4. Umny ??? says:
    January 21, 2020 at 8:38 am

    Nice and when is the next part?

    1. shiff says:
      January 21, 2020 at 11:10 am

      Thankyou umny ❤❤❤…… next part Wednesday ga…IA

  5. Aaliyo says:
    January 21, 2020 at 6:22 pm

    Wow! I’m so excited for the coming part

  6. Nash says:
    January 23, 2020 at 8:49 am

    When next part

    1. shiff says:
      January 24, 2020 at 2:10 am

      Submit kohlaafa innaanee…..

  7. Comment says:
    January 23, 2020 at 8:17 pm

    Siff ah wednesday adhi naahnanee dhw.. Vaahak up nukohdhevenee a …
    Mihaa hisaaabun vaahak up kohdhee nimunee thnwche ehnve…v gina liyun therin 2 episode varakah up kohdheefa coments thakuga aadheyn kurey thw balan hunnanee vahaak up nukohdheee… ? bt mihen buneema bunaa meeha goas vaane.. Bt its true… Dhogeiii nooon mibunee kyhn …?..yah bxy vedhaane ekm 4nga aii nuleveyhaa bxy eh nuvaa kannege mixamaanuga ….

    1. shiff says:
      January 24, 2020 at 1:54 am

      Hehehe….. vv ragalhu vaahaka eh thi bunee…. ekamu episode 3 submit kohfa innaanee Wednesday ga…. esfiya ge faraathun publish nukoh dhinumakee liyuntheriyaage kusheh kamah nudheken…. vv bodah sorry vaahaka up vaaleh las v ma

  8. Haha says:
    January 23, 2020 at 8:59 pm

    Dhw. Vrh boring dhen…. stry up kobbaaaaaa….. stry haadha reechey

    1. shiff says:
      January 24, 2020 at 1:57 am

      Lasvaathy vv bodah sorry…. vaahaka submit kohfa innaanee esfiya ge faraathun publish kurihaa avahakah kiyuntherinnah vaahaka kiyaalan libeyne…. again im sorry… hope readers understand it……

  9. shiff says:
    January 24, 2020 at 2:06 am

    To all readers….. mee alhugadu mi site ah hushaelhi enme furathama vaahaka…. kurin alhugadu vx vv ginain mi site in vaahaka kiyan adhi gina faharu liyuntherin vaahaka kuriah nugengos huttaalumun maayoos vi faharu vx dhiya…ekamu eiruga eh neynge mee kihineh vaakameh kameh…. liyuntherin vaahaka submit kureema esifiya in check kohfa publish kuraakan egunee vaahaka liyan feshi fahun…. e faraathun kuda massala eh dhimaavumun vaahaka publish kurun las vaneehen heevanee…. hurihaa kiyunthrinah vx vx mi haalathu visneyne kamah unmeedhu kuran…..

  10. @M!N@T# says:
    March 12, 2020 at 2:36 pm

    This part is also nice dear… I am interested to read this story…….. Keep it up dear…..

Comments are closed.


All Right Reserved!