Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (8)

shiff Level 110 Stories
February 5, 2020 5 Mins Read
6 Comments

ލޯމަރާލައިގެން އޮތް އީލާފް ސިއްސައިގެން ދިޔައީ އޭނާ ޖަހައިގެން އޮތް ހެޑްސެޓް ދަމައިގަތުމުންނެވެ. ”ދެން މާނީ…. ކުރިން ދުވަހުވެސް ހެޑްސެޓް ދަމަން ހަދައިގެން ހަލާކުވީދޯ….” އީލާފް ލޯހުޅުވާލިއިރު ކުރިމަތީ އަމާނީ ދެބުމަގޮށްޖަހާލައިގެން ހުއްޓެވެ. އަމާނީއަކީ އީލާފް ހުންނަގޭގަ އުޅޭ ކުއްޖެކެވެ. އެގޭ ދެމަފިރިންގެ ހުންނަނީ އެންމެ އަންހެން ކުއްޖެއްކަމުން އެމީހުން އީލާފްއަށް ވަރަށް ރަނގަޅެވެ. ” ކޮން ހެޑްސެޓްއެކޭ ކިޔާކަށް މިއަދުވެސް ކޮލެޖަށް ނުދޭ….. ތިހެން ހަދަންޏާ އީލާފް މަންމަކައިރީ ބުނާނަން……” އަމާނީ ހެޑްސެޓް އަތުތެރެއަށްލާ ބޮޑިކޮށްލަމުން ސޯފާގައި އިށީނެވެ. އީލާފް އަމާނީއަށް ބަލާލަމުން ހީލިއެވެ. އަދި މާދަން ކޮލެޖަށް ދާނަމޭ ބުނެލިއެވެ. އާންމުކޮށް އަމާނީ އުޅޭގޮތުން އީލާފް އަނާމަތިން ވަރަށް ހަދާންވެއެވެ. އީލާފްއޭނާގެ ހެޑްސެޓް ހިފައިގެން ކޮޓަރިއަށް ވަނުމުން އަމާނީވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އީލާފްއާ އަމާނީގެ ގާތްރަހްމަތްތެރީންނަށް ވިޔަސް ކޮލެޖުގެ ކުދިން ދެކެނީ އެދެމީހުން ރައްޓެހިވެގެން އުޅޭކަމަށެވެ.

 

އާ ދުވަހެކެވެ. ހަފްތާ ނިމޭ ދުވަސްކަމުން ޔުއާން ހޮޕިޓަލަށް އައީ ތަންކޮޅެއް އަވަހަށެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު ޔުއާން ފުރަތަމަ އުޅުނީ ބަލިމީހުންގެ ރިޕޯޓުތަށް އާކޮށް، ބައެއް އާމައުލޫމާތުތަށް ބަލިމީހުންގެ ރިޕޯޓަށް އިތުތުރުކުރުމުގައެވެ. ޔުއާން ފަރިތަކަމާއެކު އެ މަސައްކަތް ނިންމާލުމަށްފަހު ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ހާލުބަލަން ދިޔައެވެ.  އަވަދިނެތި މަސައްކަތުގައި އުޅުމަށްފަހު، އެދުވަހު ތެރަޕީ ހަދަން ހަމަޖެހިފައިވާ ޕޭޝަންޓެއް ނާންނާތީ އޭނައަށް ގުޅަންޖެހުނެވެ. ޖީބުގައި ފޯނު ނެތުމުން ކެބިންއަށް ދިޔައީ ފޯނު ކެބިންގައި އޮތްތޯބަލާށެވެ. ކެބިންއަށް ވަންނަން އުޅެނިކޮށް ރިސެޕްޝަނުއިން ކުއްޖާ ޑޮކްޓާރ ޔުއާންއަށް ކޯލެކޭ ބުނެލިއެވެ. ޔުއާން ހިނިތުންވެލުމަށް ފަހު ރިސެޕްޝަނު އިން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ”ބޮސް ކަމް ފާސްޓް ޓު ލޭބާރ ރޫމް…..” އެކޮޅުން ވާހަކަދެއްކީ އެލީޝާއަށް ހާއްސަކޮށްފައިވާ ނޯކަރު ޕްރިޔާއެވެ.

ޔުއާން އަވަހަށް ފޯނު ބޭއްވުމަށްފަހު ކެބިންއަށް ގޮސް އޭނާގެ ފޯނުހިފައިގެން ލޭބަރ ރޫމްއަށް ދިޔައެވެ. އެއިރު ޔުއާން ފޯނުގައި ދިހަ ކޯލު މިސްވެފައި އިނެވެ. އެލީޝާއަދި ގޭގައި އުޅޭ ނޯކަރުން ގުޅާފައި ހުއްޓެވެ. އެލީޝާ ދެތިން މެސެޖުވެސް ކޮށްފައި އިނެވެ. ކޮންމެ މެސެޖެއްގައިވެސް އަވަހަށް ގެއަށް އައިސްދިނުމަށް ބުނެފައި އިނެވެ. ޔުއާން ލޭބާރ ރޫމްއާ ހިސާބަށް އައިއިރު ޕްރިއާ ހާސްވެފައި އެތާ ހުއްޓެވެ. ޔުއާން ޕްރިޔާކައިރީ ކިހިނެއް ވީތޯ އެހުމުން އެލީޝާ ވަރަށް ބޮޑަށް ބަނޑަށް ތަދުވާތީ އުޅޭތީ ހޮސްޕިޓަލަށް އައި ވާހަކަ ބުނެލިއެވެ. އަދި މިހާރު ވިހަން ވައްދާފައިވާ ވާހަކަވެސް ބުނެލިއެވެ. ” ބޮސް…. ޝީ ކޭން ސްޕީކް….. ހާރ ވޮއިސް އިޒް ބެކް…. ޝީ އީވެން ޓޯކްޑް ޓު މީ……” ޕްރިޔާ ވަރަށް އުފާވެފައި ހުރެ ބުނެލިއެވެ. އެލީޝާ ވިހެއުމުގެ ވޭނުގެ ތެރޭން އަޑު އަލުން އައީއެވެ. ޔުއާންއަށް ވެސް ވަގުތުން ﷲއަށް ހަމްދު ކޮށްލެވުނެވެ.

އެމީހުން އެތާ ތިބޭތާ މާގިނައިރެއް ނުވެ ނަރުސް ކުއްޖަކު ކުޑަކުޑަ ކުއްޖެއް އަތަށްލައިގެން ނިކުތެވެ. އަދި މިސްޓާރ ޔުއާންއޭ ކިޔާ ގޮވާލިއެވެ.  މުޅިތަނުގައި ގުގުމަމުންދިޔައި އެ ތުއްތު ކުއްޖާގެ ރުއިމުގެ އަޑެވެ. ޔުއާން އެ ތުއްތު ކުއްޖާ އުރާލިއިރު އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޔުއާން އެ ކުއްޖާއަށް ބަލާލިއެވެ. އަދި އެ ކުޑަކުޑަ ނިތުގައި ބޮސްދިނެވެ. ހަމަ ސްޓީވެންގެ ލޮލެވެ. އަޅިކުލައިގެ އެލޮލަށް ބަލާލަމުން ޔުއާންއަށް ހިނިތުންވެވުނެވެ. އެއިރުވެސް އެކުއްޖާ ރޮމުންދިޔައެވެ. ނާސް ކުއްޖާ ގެންދިއުމުން ޔުއާން ލޭބާ ރޫމްއަށް ވަދުނެވެ. އެއިރު އެނދުގައި ގައިން ވަރުހުސްވެފައި އެލީޝާ އޮތެވެ. ޔުއާންފެނުމުން އެލީޝާ ހިނިތުންވެލިއެވެ. ޔުއާން އެލީޝާގެ ނިތުގައި ބޮސްދިނުމަށްފަހު ‘އައި ލަވް ޔޫ’ އޭ ބުނެލިއެވެ. އެލީޝާ އިރުކޮޅަކު ޔުއާންއަށް ބަލަން އޮތުމަށްފަހު ވާހަކަދެއްކިއެވެ. ”އައި ލަވް ޔޫ ޓޫ ޔާން….. ޔާން އެލީއަށް މިހާރު ވާހަކަވެސް ދެއްކޭ….” އެލީޝާ މަޑުމަޑުން ވާހަކަދެއްކިއެވެ. އެލީޝާގައި އެއްވެސް ވަރެއް ނެތެވެ. އެންމެ އަށާރަ އަހަރުގައި ކުއްޖަކު ދުނިޔެއަށް އުފަން ކުރެވުމުން އެލީޝާވެސް ހައިރާންވިއެވެ. ޔުއާން ހިނިތުންވެލުމަށްފަހު އެލީޝާގެ ނިތަށް ބޮސްދިނެވެ.

”ޔާން ދެންމެގަ ދޮންތި…” އެލީޝާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް ދޮރު ހުޅުވާފައި އަންހެންކުއްޖަކު ވަދުނެވެ. އެ އަންހެންކުއްޖާ ފަހަތުން ފިރިހެނަކުވެސް ވަނެވެ. ”ބައްޕާ ބަލާބަ….. އެ އޮތީ ލީޝްއެއްނުން…. ބަލާބަ ނަންނި މޮޔައެއް ނޫނޭ ނަންނިއަށް ލީޝް ފެނުނޭ ހަމަ…..” ފަހަތުން އައި ލާމިއުއަށް އެނދުގައި އޮތް އެލީޝާ ދައްކާލަމުން އަނާ އެލީޝާކައިރިއަށް އައެވެ. ”ލީޝް ކީއްވެތަ މިހާ ދުވަސްވީއިރު ދޮންތިކައިރިއަށް ނައީ…. ލީޝްމަތިން ހާދަ މިސްވިއޭ…..” އަނާ އެލީޝާގައި ބައްދާލަމުން ރޯންފެށިއެވެ. އެލީޝާއަށްވެސް ވީހަމަ އެވަރެވެ. އަނާގައި ބައްދާލެވުނީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާފަދައަކުންނެވެ. ލާމިއުވެސްގޮސް އެލީޝާގެ ބޮލުގައި ފިރުމާލިއެވެ. އެހާދުވަސް ފަހުން ދަރިފުޅު ފެނުމުން ލާމިއެގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޔުއާންއަށް ހުރެވުނީ ކުރަންވީ ކީއްކަމެއްވެސް ނޭނގިފައެވެ.

”ޑޮކްޓާރ…. ނަންނި ބުނީމެއްނުން….ލީޝް ނުދާނޭ……” އަނާ އެލީޝާއާ ދުރުވެލަމުން ބުނެލިއެވެ. ”ޑޮކްޓާރއަށް ނަންނި ދެއްކީމެއްނުން ނަންނިގެ ކޮއްކޮ…… މީ ލީޝް…… ލީޝް މީ ދޮންތިގެ ޑޮކްޓާރ ޔުއާން…. ވަރަށް ރަނގަޅުވާނެ” އަނާ އަނެއްކާވެސް ވާހަކަދެއްކިއެވެ. ޔުއާން އެލީޝާ ދަންނަކަމެއް އަނާއަކަށް ނޭނގެއެވެ. އެލީޝާއަށް އޮވެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔުއާން އޭނަގެ ދޮންތަ އެނގޭއިރު އޭނަ ކައިރީ ނުބުނީ ކީއްވެހެއްޔެވެ. އެލީޝާ ހިތާހިތުން ޝަކުވާކޮށްލިއެވެ. ޔުއާން އެލީޝާއަށް ބަލާލުމަށް ފަހު ފަނޑު ހިނިތުންވުމެއް ދިނެވެ. އަދި ލާމިއު ގޮވައިގެން ބޭރަށް ނިކުތެވެ. ޔުއާން ވަގުތު ޖެހުނީކަމަށް ބަލައި ލާމިއުއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ލާމިއު ހުރީ ޔުއާން ކިޔާދިން ވާހަކަތަށް ގަބޫލުކުރަންވެސް ދަތިވެފައެވެ. އެލީޝާއަށް އެހީވެދިނީތީ ލާމިއު ޔުއާންއަށް ޝުކުރުވެރިވިއެވެ. ޔުއާން ލާމިއުގާތު އެމީހުން ކައިވެނި ނުކުރާ ކަމަށްވެސް ބުނިއެވެ. ނަމަވެސް ޔުއާން އެލީޝާދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. ލާމިއު ނިންމީ އެމީހުން ރާއްޖެ ދާއިރު އެލީޝާވެސް ގޮވައިގެންދާށެވެ.

އެމީހުން ވާހަކަދަށްކަން ތިއްބާ އަނާ ބޭރަށް ނިކުތެވެ. ”ބައްޕާ ހިނގާބަ ލީޝްއަށް ކާއެއްޗެއް ގަންނަން…. ޑޮކްޓާރ މިތާ މަޑުކޮށްލަށްޗޭ ވަރަށް އަވަހަށް އެބައަންނަން…..” އަނާ ލާމިއުގެ އަތުގައި ހިފައިގެން ދަމަމުން ބުނެލިއެވެ. ޔުއާން ބޯޖަހާލުމަށްފަހު އެލީޝާކައިރިއަށް ދިޔައެވެ. ޔުއާން ފެނުމުން އެލީޝާ އެބުރުނީ އަނެއް ފަރާތަށެވެ. އެލީޝާގެ އެއަމަލުން ޔުއާން ދެރަވި ނަމަވެސް އެލީޝާ ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ”އެލީ…. އައެމް ރިއަލީ ސޮރީ…… އަހަރެން މިވާހަކަ ބުނަން އުޅުނީ އެކަމު ބޭބީ ގެއްލިދާނެތީ ބިރުން ނުބުނީ……. އެކަމު މިހާރު އެލީގެ ބައްޕައަށް ހުރިހާ ވާހަކައެއް ކިޔާދީފިން…..” ޔުއާން ފުންނޭވާއެއް ލުމަށްފަހު ވާހަކަދެއްކިއެވެ. އެލީޝާ އިރުކޮޅަކު ވާހަކަ ނުދައްކާ އޮވެފައި ވާހަކަދެއްކިއެވެ. ”ޔާން އެކަމު ކީއްވެ….. ކީއްވެ ދޮންތިއާ އެލީ ދުރުކުރީ……އެލީ ހިޔެއްނުކުރަން ޔާންތީ ތިހާ އަމިއްލަ އެދުން ބޮނޑުމީހެއް ކަމަށް…… ޔާންއަށް ދޯ އެނގޭނީ އެލީ ދޮންތިކައިރިއަށް ދާން ބޭނުންވި ވަރު….. އެކަމު ކީއްވެ އޮޅުވާލީ…..” އެލީޝާ އޭރުވެސް އޮތީ ޔުއާންއަށް ފުރަގަސްދީގެނެވެ.

އެލީޝާ ވާހަކަދަށްކަމުން ދިޔައިރު ޔުއާންގެ ލޮލުން ކަރުނަފައިބަމުންދިޔައެވެ. އޭނާއަކީ ނަފްސާނީ ޑޮކްޓަރެއްކަމަކު މިވަގުތު މިކަންތައްތަކާ ކުރިމަތިލާން ޔުއާން ފަސްޖެހުނެވެ. ޔުއާންދެކޭގޮތުގައި އެލީޝާއާ ވަކިވުމަކީ އެންމެ ރަނގަޅުގޮތެވެ. މައާފަށް އެނދިފައި ޔުއާން އެލީޝާއާ ދުރުވާން އަމިއްލައަށް ނިންމިއިރު އެލީޝާ ބޭނުންވާގޮތެއް ބަލާކަށް ބޭނުމެއް ނުވިއެވެ. ޔުއާންއަށް ވިސްނުންގޮތުގައި އޮޅުވާލި މީހަކަށް ހައްޤު އަދަބަކީ މިއީއެވެ. ”އެލީ……..އަހަރެން ދެން ދުވަހަކުވެސް އެލީގެ ފެމެލީއާ ދުރެއް ނުކުރާނަން… މިއަދުވެސް އެލީ ބޭނުންވިއްޔާ ދާންވީ….. ޕްރިޔާކައިރީ ބުނާނަން އެލީގެ އެއްޗެހި ގެންނަން…… ޓޭކް ކެއާރ….. ދެން ދިމާވާނެކަމެއްވެސް ނޭނގެއްނުން….. ބޭބީ ރަނގަޅަށް ބަލާނެކަމުގެ ޝައްކެތްވެސް ނެތް އެކަމުވެސް ބުނަންބޭނުންވަނީ…..ބޭބީ ރަނގަޅަށް ބަލައްޗޭ….” ޔުއާން ވާހަކަދައްކަން ފެށުމުން އެލީޝާ ޔުއާންއަށް ބަލާލިއެވެ. ނަމަވެސް  އެލީޝާއަށް ބަލާނެހާ ހިތްވަރެއް ޔުއާންގެ ގަޔަކުނެތެވެ. ޔުއާން އަނެއް ފަރާތަށް އެނބުރުނީ ބޭނުންވެގެނެއް ނޫނެވެ. އެލީޝާގެ ހިތުގައި އަނެއްކާވެސް ޝަކުވާ އުފެދުނެވެ. އެހާ ބޮޑު ނިންމުމެއް ޔުއާން ނިންމީ ކީއްވެ ހެއްޔެވެ؟ ޔުއާންއަށް އެލީޝާއާ ނުލާ ނޫޅެވޭނެފަދައިން އެލީޝާވެސްވަނީ ޔުއާންއާ ނުލާ އުޅެން އުނދަގޫވެފައެވެ. ޔުއާންގެ އަތުގައި ހިފައި ނުދާށޭ ބުނަން ބޭނުންވިއެވެ. ނަމަވެސް ޔުއާން އެކޮޓަރިން ނިކުންނަންދެން އެލީޝާއަށް ބަލަން އޮވެވުނީއެވެ.

ޔުއާން ނިކުތްއިރު ލާމިއުމެންވެސް އައިސްފިއެވެ. ލާމިއުމެންނަށް ހިނިތުންވެލާފައި ޔުއާން ހިގައިގަތެވެ. ޕްރިޔާއަށް ގުޅާފައި އެލީޝާގެ އެއްޗެހި ގެންނަންބުނެލިއެވެ. ޕްރިޔާގެއަށް ދިޔައީ ކާއެއްޗެއް ގެންނާށެވެ. ޔުއާންއެހެން ބުނުމުން ހައިރާންވިނަމަވެސް އާއެކޭ ބުނަމުން ފޯނުބޭއްވިއެވެ. ޔުއާން ގޮސް އޭނާގެ ކެބިންއަށް ވަދުނެވެ. އޭރުއޭނާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ޔުއާން އެލީޝާއާ ވަކިން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ ހިތުގެ ވިންދާނުލާ ޔުއާން އުޅޭނީ ކިހިނަކުން ހެއްޔެވެ. ޔުއާން އޭނާގެ ކެބިންގައި އިން ސޯފާއަށް ވެއްޓިގަތެވެ. ޔުއާން ދެން މިއަދު މަސައްކަތް ކުރާ ހިތެއްވެސް ނެތެވެވެ.

”ލީޝް…… އެގޭތަ މިހާރު ތިއްތަގެ ހުރޭ ބޭބީއެއްވެސް…….” ނާސް، ތުއްތުކުއްޖެއް އަތަށްލައިގެން އައުމުން އަނާ ބުނެލިއެވެ. ތިއްތައަކީ ލާމިއުގެ ބޮޑުކުއްޖާ ސިނާއެވެ. ނާސް އެ ކުއްޖާގެނެސް އެލީޝާ ކައިރީ ބޭއްވިއެވެ. އަދި އެލީޝާގެ އައިވީ ފުޅި ބަދަލުކޮށްލުމަށްފަހު ދިޔައެވެ. ”ލީޝް މީ ކޮން ބޭބީއެއްތަ؟……” އަނާ ތުއްތު ކުއްޖާއަށް ބަލާލުމަށް ފަހު ހީލިއެވެ. އަނާއަށް އަދި އެލީޝާ ވިހިކަމެއް ނޭނގެއެވެ. ”މީ ލީޝްގެ ބޭބީއެކޭ ދޮންތީ…… މީ ލީޝްގެ ސަދަފް……” އެލީޝާ  ތުއްތު ކުއްޖާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަނާއަކަށް އެލީޝާ ބުނިއެއްޗެއް ނުވިސްނުނެވެ. ”އެކަމު ލީޝްގެ ކޮން ބޭބީއެއް؟……. ލީޝް އަދި އޭލެވެލްވެސް ނުނިމެއެއްނުން…..” އަނާ އިރުކޮޅަކު ވިސްނަން އިނދެފައި ބުނެލިއެވެ. އަނާގެ ސުވާލަށް ދޭންވީ ޖަވާބެއް އެލީޝާއަކަށް ނޭނގުނެވެ. ”އަނާ…. ދަރިފުޅުދެން ކޮއްކޮ ރެސްޓްކޮށްލަން ބާއްވަބަލަ……” ލާމިއު އަނާ މާއަނގަގަދަ ކުރަންފެށުމުން ބުނެލިއެވެ. އަނާވެސް ވާހަކަ ނުދައްކާ ސަދަފްއަށް ބަލަން އިނެވެ.

އެލީޝާ ދެދުވަސްތެރޭ ގެއަށް ބަދަލު ކުރިއެވެ. އެލީޝާދިޔައީ އަނާމެން ތިބި ގެއަށެވެ. އަނާ މިހާރު އަބަދު ހުންނަނީ ހިނިތުންވެލާފައެވެ. ކައިރީ އަބަދު ކުޑަކުއްޖެއް އޮންނާތީ އެހެންކަމަކާ ވިސްނާކަށް ވަގުތެއް ނުވެއެވެ. އަނާ މިހާރު ކުރިއަށް ވުރެވެސް ރަނގަޅެވެ. އެއާ ޚިލާފަށް އެލީޝާ ހުންނަނީ މަޑުމޮޅިވެފަވެ. އަބަދުވެސް އިންނަނީ ކަމަކާ ވިސްނާށެވެ. ޔުއާން ނުފެންނަތާ މެސެޖްކުރީމަ ޖަވާބެއްވެސް ނުދެއެވެ. ގުޅާއިރު ފޯނުވެސް އޮންނަނީ ނިއްވާލާފައެވެ. އެންމެފަހުން މިއަދު އެލީޝާ ޕްރިޔާއަށްވެސް ގުޅައިފިއެވެ.

 

ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް އަނުމްއާ ރައިސާންގެ ގުޅުން ބަދަހި ވަމުންދިޔައެވެ. ރައިސާންއަށް އަނުމް ޒައުލްއާ ރައްޓެހިވެގެން އުޅޭކަންވެސް އެނގެއެވެ. ނަމަވެސް ކޮންމެގޮތަކުންނަމަވެސް އަނުމް އޭނާގެ މީހަކަށް ހަދަން ބޭނުންވެއެވެ. ރައިސާންގެ އިހްސާސްތަށް ނޭނގޭ ހާލު އަނުމް ދިޔައީ ރައިސާންއާ އޮތް ރަހްމަތްތެރިކަން ދަމަހަށްޓަމުންނެވެ. އަނުމްއަށް ނޭނގުން ނަމަވެސް އޭނާގެ ހިތުގައިވެސް ރައިސާންއަށް ގަދަރެއް ދެވިއްޖެކަން ޔަގީނެވެ. އަބަދުވެސް ރައިސާންގެ ކޯލަކަށް އިންތިޒާރު ކުރެވެއެވެ. ރައިސާން ގުޅަން ބުނާގަޑީ ނުގުޅައިފިއްޔާ އަނުމް ހުންނަނީ މަޑުމޮޅިވެފައެވެ. ޒައުލްގެ ކޯލެއް ނަޔަސް ކުރީވާގޮތަށް ދެރައެއްވެސް ނުވެއެވެ. ނަމަވެސް އަދިވެސް ޒައުލްދެކެ ލޯބިވާކަމަށް އޭނާގެ ސިކުނޑި ބުނަމުން ދިޔައީ ހިތާއި ދެކޮޅަށެވެ. ސަމާއާއެކު ކިތަންމެ އެއްކޮށް އުޅުން ނަމަވެސް އަނުމްގެ މި އުޅުމެއް ސަމާއަކަށް ފާހަގައެއް ނުކުރެވެއެވެ.

އަނުމްއާއި ރައިސާން ތިބީ އެމީހުން ކުރީވެސް ބައްދަލުކުރާ ރެސްޓޯރެންޓްގައެވެ. އޮލަ ވާހަކައިގާ ދެމީހުން ތިބި އިރު ރެސްޓޯރެންޓަށް ވަންނަމުން ދިޔަމީހުންނާއި އެތާ ތިބިމީހުންނެއް އެމީހުންނަކަށް ނޭނގެއެވެ. ރައިސާން ލޮލަށް ފެންނަމީހާއަށްވެސް އޭނާގެ ފަހަތުގައި ތިބީ ކޮންބައެއްކަމެއް ނޭނގެއެވެ. ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް ނުވާތީ ދެމީހުންވެސް ތިބީ ހަމަޖެހިފައެވެ. ވާހަކައިގެ ތެރެއިން ރައިސާން އަނުމްއާ ސުވާލެއްކޮއްލިއެވެ. ކުރިންވެސް ކޮއްފައިވާ ސުވާލެކެވެ. ‘އަންނުއަށް ޒައުލްގެ ގޮތް އެނގޭއިރު ޒައުލްއާއެއްކޮށް ތި އުޅެނީ ކީއްވެ؟’ ސުވާލެކޭ އެއްފަދައިން ޖަވާބަކީވެސް ކުރިން ދީފައިވާ ޖަވާބެކެވެ.

” ދެން ރައިސާން…… ރައިސާންއަށްވެސް އެގެނއެއްނުން އަހަރެން ޒައުލްދެކެ ލޯބިވާކަން…. ވީ ވާ ޓުގެދާރ ފޯ ތްރީ އިޔާރސް……”

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

ތެދުވެރި ލޯބި 15

Next

ހަށިފާރަވެރިޔާ 2

Next
February 5, 2020

ހަށިފާރަވެރިޔާ 2

Previews
February 5, 2020

ތެދުވެރި ލޯބި 15

6 Comments!

  1. Yanaa says:
    February 5, 2020 at 9:51 pm

    Varah reethi maa sha Allah ??
    waiting for the next part..❤❤

    1. shiff says:
      February 6, 2020 at 11:29 am

      Thankyou yanaa❤❤❤

  2. Aliyoh says:
    February 6, 2020 at 1:20 am

    Varah rythi???

  3. ♡Maiii♡ says:
    February 6, 2020 at 9:00 pm

    varah reethi vaahaka eh mee. Kurin bai thakah comment nukuriyas hurihaa baeh vx kiyan?. when next.. waiting

  4. Yan♥️ says:
    February 6, 2020 at 9:02 pm

    Varah reethi ? Masha Allah konirakun next part

  5. Aby says:
    February 8, 2020 at 6:49 am

    Whn next part?? Waiting….

Comments are closed.


All Right Reserved!