”އައި ގޮޓް އަ ގާރލް ޕްރެގްނެންޓް” ދެލޯ މަރާ ތަގުޅިކޮށްލަމުން ސްޓީވެން ބުނެލިއެވެ. އިރުކޮޅެއް ވީއިރުވެސް ޔުއާންގެ ފަރާތުން ބަހެއް ނައުމުން ސްޓީވެން ދެލޯ ހުޅުވާލިއެވެ. އޭރު ޔުއާން އިސްޖަހާލައިގެން އިނެވެ. އޭރު އޭނާގެ އަތު އޮތް ބޯޅައަކީ ފުރާނަ ހުރި އެއްޗެއްނަމަ ވަގުތުން މި ދިނިޔެ ދޫކުރާނެކަން ޔަގީނެވެ. ކިތަންމެ ރުޅި ކޮންޓްރޯލު ކޮށްގެން އިން ނަމަވެސް ޔުއާންގެ އަތަށް ބަލައިލައިފި ނަމަވެސް އޭނާ ރުޅި އައިސްފައި ހުރިވަރު ތަސައްވަރު ކުރެވޭނެއެވެ. ދެއަތުގެ ނާރުތަށް ފުއްޕާފައި ހުރި އިރު ދެއަތްވެސް ވަނީ މުއްކަވާލެވިފައެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ކުއްލިއަކަށް ޔުއާން ތެދުވިއެވެ. އޭރު ޔުއާން ތުރުތުރު އަޅަމުންދިޔައެވެ. ސްޓީވެންވެސް އިނީ ބިރުންނެވެ. އަދި ޔުއާން އެހާ ރުޅި އައިސްފައި ހުއްޓާ އޭނާ ނުދެކެއެވެ. ޔުއާން ދިޔައީ ރުޅި ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޔުއާން އޭނާއަތު އޮތް ބޯޅަ ބިންމަތީ ޖެހިއެވެ. އެ ބޯޅަ ފަސްވަރަކަށް ފަހަރު ސީލިންގުގައި ޖެހިފައި ބިމުގައި ޖެހުނެވެ. ” ސްޓީވެން……. ކިހިނެތް ވެގެންތަ ތިއުޅެނީ….. ތީ ގޮތް ނޭނގޭ ވަރުގެ ކުޑަ ކުއްޖެއްތަ؟……. އެއް ދުވަހު ކުއްޖެއްގެ ހިތް ހަލާކު ކޮށްލަފާނެ…….. އަނެއް ދުވަކު އާއިލާއެއްގެ ހަމަޖެހުން ނަގާލާފާނެ…… ބަލަ މިހާރު ސްޓީވެންގެ ސަބަބުން ހަލާކުވެފަ ތިބި ކުދިން މިތާކު މަދެއް ނޫނޭ…… އަޅެ އެއީ ކުޅޭ ކުޅޭ އެއްޗެއްތަ؟……. ބަލާބަލަ އިޝާފަކީރު….. އެކުއްޖާ ސާފު ލޯބި ވީއިރު…… ސްޓީވަން ދިނީ ކޯއްޗެއް…… އޮޅުވާލާފަ ހިތްދަތިކަން ދިނީ…. އޭނަގެ ބައްޕައަށްވެސް ހާޓް އެޓޭކެއް ޖެހުނު….. އެ ފަކީރު އެ ހުންނީ ދުނިޔޭން މޮޔަވެފަ…. މަގޭ ހިތަށް އަރާ ތި މޭގަ އޮންނަނީ ހިތެއް ބާވަ އޭ…… ސްޓީވެން މި އަވަށު ކުދިން ހަލާކު ކުރާވަރަކަށް ބޭބެ ޔުއާން މިއުޅެނީ އެ ކުދިން ރަނގަޅު ކުރަން….. މިދެން ކޮން ކަމެއް……. ލަދުގަނޭ ކޮއްކޮ އޭ ބުނަންވެސް….” ޔުއާން އައިސްފައި ހުރި ރުޅިޔާއެކު ވާހަކަދެއްކީވެސް ދިވެހިންނެވެ. ސްޓީވެން ދިވެހިން ކޮށިކޮށް ވާހަކަދެއްކިޔަސް ދިވެހިން ކިޔާ އެއްޗެހި ދޭހަވެއެވެ.
ފުރަތަމަ ފަހަރަށް ސްޓީވެން އިނީ ކުރެވުނު ކަންތައްތަކާ މެދު ދެރަވެފައެވެ. އޭނާޔަށް މި ކުރެވެމުންދާ ކަންތައްތައް ރޭކާލީ އަދި ކިރިޔާއެވެ. ”އައި ވިލް ސޭ ސޮރީ……..” ”ކޮން ސޮރީ އެއްތަ…. ސޮރީއަކުން ވޭތަ؟” ސްޓީވެން ވާހަކަދަށްކަން ފެށުމުން ޔުއާން އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ބުނެލިއެވެ. އަދި މޭޒުމަތީ އިން ސެންޓު ފުޅި ބިންމައްޗަށް ޖެހިއެވެ. ސެންޓުފުޅި ތަޅުންގަނޑުގައި ޖެހުމާއެކު މުޅިތަނަށް ބިއްލޫރިތަށް ވިއްސައިގެން ދިޔައެވެ. ”ދެން ބުނެބަލަ ސޮރީ އޭ…… ސޮރީ އައެމް ރިއަލީ ސޮރީ……. އައި ރިއަލީ މީން އިޓް…… އައެމް ސޮރީ ފޯ އީޗް އެން އެވްރީތިންގ” ޔުއާން ކުދިވެފައިވާ ބިއްލޫރިތަކަށް ބަލަހަށްޓްއިގެން އިނދެ ވާހަކަދެއްކިއެވެ. ” ނުވާނެ…. އެ ސެންޓްފުޅި އަލުން ކުރީ އޮތްގޮތަށް ބަދަލުވާނެތަ؟…… ނުވާނެ……އަލްޓިކޯ ލައިގެން ތަތްކުރެވިދާނެ އެކަމު އެ ކޫރުތަށް ފިލާނެތަ؟….. ނުފިލާނެ…. އެއީ ވާނެކަމެއްނޫން…. އަހަރުން ކަހަލަ ޑޮކްޓަރުންނަށްވެސް ކުރެވޭނީ ބޭސް އެ ކުދިންގެ ގައި ލެވިފައިވާ ޒަހަމްތަށް ފަސޭހަ ވިޔަސް ލަކުނު ހުންނާނެ……ދެން އަދި އެ ހިތަށް ވެފައިވާ ޒަހަމް ކިހިނެތް ރަނގަޅުކުރާނީ……..” ޔުއާން ރުޅިގަނޑު މިހާރު ހުރީ ކޮންމެސްވަރަކަށް މައިތިރިވެފައެވެ. ޔުއާން އިސްޖަހާލައިގެން އިން ސްޓީވެންއަށް ބަލާލުމަށްފަހު މޭޒުކައިރީ އިށީނެވެ. ”ހްމް…. ކިހިނެތް ވީ ކަމެއް އޭ…..؟” ގޮޑީގައި އިށީންދެ ހަމަ ޖެހިލަމުން ޔުއާން ވާހަކަދެއްކިއެވެ. އެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ސްޓީވެން އެ ރޭ ވީ ކަންތައްތައް އަލިފުން ޔާއަށް ކިޔާދިނެވެ.
އެއީ މީގެ ހަތަރު މަސް ކުރިން ހިނގާދިޔަ ހާދިޘާއެވެ. ޕްރްއިވެޓް ކާރެއްތެރޭ ސަތާރަ އަހަރުގެ އަންހެން ކުއްޖެއްގެ އަބުރު ނަގާލި ގޮތުގެ ވާހަކައެވެ. އަމިއްލަދުލުން އެވާހަކަ ކިޔާދެމުން ދިޔައިރު ސްޓީވެންއަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. ”ހްމް…… ދެޓް ވޯޒް ހާ ފަސްޓް…… އެކަމު ކިހިނެތް އެގެނީ….. އޭނަ ބަނޑު ބޮޑުކަމެއް…. އޭނަ ދެކުނިންތަ ފަހުން؟” ޔުއާން އިރުކޮޅަކު ވިސްނަން އިނދެފައި އަހާލިއެވެ. ސްޓީވެން ބޯޖަހާލީ މަޑުމަޑުންނެވެ. ހަމަ ރަގަޅަށްވެސް އޭނާއަށް ކުރެވުނު ކަންތަކާމެދު ލަދު ގަނެއްޖެއެވެ. ސްޓީވެންއަށް އެ އަންހެންކުއްޖާ ފެނުނީ މިސްކިތެއް ކައިރިންނެވެ. ލައިގެން ހުރީ ހުދު ހެދުމެކެވެ. ހީވާގޮތުން އެ އަންހެންކުއްޖާ ނިކުތީ މިސްކިތުންނެވެ. އެއަންހެން ކުއްޖާގެ ކުޑަކުޑަ ބަނޑު ފެނުނު ފަހުން ސްޓީވެންއަށް ހަމަޖެހިލައިގެން ނުހުރެވެއެވެ. ”ހިނގާދާން އޭނަ ބަލާ…..”ޔުއާން ގޮޑިންތެދުވަމުން ބުނެލިއެވެ. ”މިގަޑީ؟” ޔުއާންގެ ޑިއުޓީ ގަޑީ ދާން އުޅުމުން ބޭއިޚްތިޔާރުގައި ސްޓީވެންއަށް އަހާލެވުނެވެ. ”އާ ހަމަ މިހާރު….. ސްޓީވް ބޭނުންތަ ސްޓީވްގެ ދަރިޔަކު މަގުމައްޗަށް ބިކަވާން؟…” ޔުއާން އޭނާލައިގެންހުރި ކޯޓާވެސް އެކު ބޭރަށް ނިކުތެވެ. އެމީހުން ދިޔައީ ޔުއާންގެ ކާރުގައެވެ.
ޔުއާން ކާރު ހުއްޓާލީ ސްޓީވެން ބުނި މިސްކިތް ހުރިމަގުގެ އަނެއް ފަރާތުގައެވެ. ކާރު ޕާކު ކޮށްލުމަށްފަހު ދެމީހުން ކާރުން ފޭބިއެވެ. އެއިރު ސްޓީވެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އެއަންހެންކުއްޖާ އޭނާ ބުނާ ގޮތް ޤަބޫލު ކުރާނެ ހެއްޔެވެ؟ ދެމީހުންގެ މިސްރާބު ހުރީ މިސްކިތާ ދިމާލަށެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެ. އެވަގުތު މިސްކިތުން ނިކުތީ އެއަންހެންކުއްޖާއެވެ. ސްޓީވެން ވަގުތުން އެ ކުއްޖާ ޔުއާންއަށް ދަށްކާލިއެވެ. އެ ކުއްޖާ މިސްކިތާ މާދުރަށް ނުގޮސް ކައިރީ ހުރި ކުޑަ ފާރެއް މަތީ އިށީނެވެ. އެ މޫނުމަތީގައިވީ މާޔޫސްކަމާއި ހިތްދަތިކަމެވެ. އެކަނިވެރިކަމާ ހިތާމައެވެ. ޔުއާންމެން އެއަންހެންކުއްޖާގެ ކައިރީގައި ހުއްޓުމުން އެކުއްޖާ އިސް އުފުލާލިއެވެ.
ޑޮކްޓަރުންގެ ކޯޓެއް ލައިގެން ހުރި ޔުއާން ފެނުމުން އެ ކުއްޖާ ފަނޑު ހިނިތުންވުމެއް ދިނެވެ. ނަމަވެސް އިރުކޮޅެއްނުވެ އެ ހިނިތުންވުން ފިލާދިޔައީ ޔުއާންގެ ކަނާތްފަރާތުގައި ހުރި ސްޓީވެން ފެނިފައެވެ. ވަގުތުން އެ ކުއްޖާއަށް ތެދުވެވުނީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. އެ ކުއްޖާ ތެދުވުމުން ޔުއާންއަށް ވީގޮތް އެނގި ހުރެ ޔުއާން ވާހަކަދެއްކިއެވެ. ޔުއާން ވާހަކަދެއްކީ ހިންދީންނެވެ. ” އަހަންނަށް ކިޔަނީ މުހަންމަދު ޔުއާން…. ނަފްސާނީ ޑަކްޓަރެއްމީ…… އަހަންނަށް އެނގޭ އަހަރެންގެ ކޮއްކޮ ކަންތައްކުރީ ރަނގަޅަށް ނޫންކަން އެކަމު މާފަށް އެދުމުން ގޯހެއް ނެތެއްނުން…….އަހަރުމެން ބޭނުން ވާހަކަދަށްކާލަން….”ޔުއާން މަޑުމައިތިރިކަމާއެކު ވާހަކަދަށްކަން ފެށުމުން އެކުއްޖާ އަނެއްކާވެސް ފާރުމަތީ އިށީނެވެ.
އިރިކޮޅަކު އިސްޖަހާލައިގެން އިނުމަށް ފަހު އެ ކުއްޖާ ޔުއާންއަށް ބަލާލިއެވެ. އެ ދެލޯވަނީ ކަރުނައިން ފުރިފައެވެ. އެކުއްޖާ ހަރަކާތުން ވާހަކަދެއްކިއެވެ. ތުންފަތްމަތީ މަޑުމަޑުން އަތްޖައްސާލުމަށް ފަހު އެއަތް ދުރުކޮށްލުމަށް ފަހު ތަޅުވާލިއެވެ. އެއަންހެންކުއްޖާ ބުނަން އުޅުނު އެއްޗެއް ޔުއާންއަށް ފަސޭހައިން ނަގައިގަނެވުނެވެ. އެ އަންހެންކުއްޖާއަކަށް ވާހަކައެއް ނުދެއްކެއެވެ. ޔުއާން އެކުއްޖާއަށް ބަލާލުމަށްފަހު ލިޔެވޭނެހޭ އަހާލިއެވެ. އޭނާއަށް ކުދި ކުދި އިޝާރާތްތަށް އެގުނަސް ސައިން ލެންގުއޭޖް އޭނާއަކަށް ނޭނގެއެވެ. ޔުއާން އެހެން ބުނުމުން އެކުއްޖާ މަޑުމަޑުން ބޯޖަހާލިއެވެ. ޔުއާން ވަގުތުން އޭނާ ލައިގެންހުރި ކޯޓުގެ ޖީބުން ކުޑަފޮތަކާ ގަލަމެއް ނެނގިއެވެ. އަދި ބަނޑަށް ކިތަށް މަސްހޭ އަހާލިއެވެ. އެ ކުއްޖާ ފޮތުގަ ލިޔުމުގެ ބަދަލުގައި އަތުން ހަތަރު އިނގިލި ދަށްކާލިއެވެ. އެކުއްޖާގެ ބަނޑުގައި އޮތީ ސްޓީވެން ގެ ދަރިއެއްކަން ޔަޤީންވިނަމަވެސް ނަމަވެސް އެސުވާލުވެސް ކޮށްލިއެވެ. އެކުއްޖާ މަޑުމަޑު ބޯޖަހާލިއެވެ.
”އަހަންނަށް މައާފް ކުރޭ…….ތިކުއްޖާ ބޭނުންވިއްޔާ އަހަރެން ކައިވެނި ކުރަން ވެސް ތައްޔާރު…….ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއްވެސް ދޭނަން…….” ސްޓީވެން އެންމެފަހުން ކެތްނުވެގެން ވާހަކަ ދެއްކިއެވެ. ސްޓީވެން އިނީ ބިންމަތީ އިށީންދެގެންނެވެ. އިސްޖަހައިގެން އިންއިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ސްޓީވެންގެ މި އަމަލުން އެ އަންހެންކުއްޖާ އިތުރު ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ. ހިންދީ ފިލްމުތަކުން ފިރިން އަނބިންނާ ދޭތެރޭ ކަންތަށް ކުރާގޮތް އޭނާވެސް ދެކެއެވެ. ނަމަވެސް މިގޮތަށް މަގުމަތީ އިނުމަށް ވުރެ އަނިޔާ ލިބިގެންނަމަވެސް ބަނޑުގައި އޮތް ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭންޖެހެއެވެ. މީގެ ކުރިން ގަޔަށްލާ ހެދުންވެސް އެހެންމީހުން ކަނޑައަޅާ ކުއްޖާ މިއަދު މިޖެހުނީ ދިރިއުޅުމުގެ ބޮޑު ނިންމުމެއް އެކަނިމާއެކަނި ނިންމާށެވެ.
އެއަންހެންކުއްޖާ ސްޓީވެންއަށް ބަލާލިއެވެ. އިސްތަށިގަނޑު ދިގުކޮށްފައި ހުރިއިރު ކަރުގައި ދެތިން ޗޭނުގަނޑު އަޅުވާފައި އޮތެވެ. އޭގެ އެއްޗެއްގެ ފަށު ފުލަކަށް ސޮލީބެއް އަޅުވާފައި އޮތެވެ. އެ ސޮލީބު ފެނިފައި އެކުއްޖާ ޔުއާން ދިން ފޮތުގައި އެއްޗެކޭ ލިޔެލިއެވެ. ޔުއާން ކިއުމުގެ ކުރިން އެ ފޮތް ނަގައިގެން ކީ ސްޓީވެންއެވެ. އޭގައި އޮތީ އިނގިރޭސިން ‘އަހަންނަކީ މުސްލިމެކޭ’ ޖަހާފައެވެ. ސްޓީވެން ވަގުތުން އޭނާގެ ކަރުގައި އޮތް ޗޭނުތަށް ނެނގިއެވެ. އަދި ޔުއާންގާތު ސަހާދަތް ކިޔަން ބުނެލިއެވެ. ޔުއާން ސްޓީވެން ގެ އަމަލު ހުރިގޮތުން ހައިރާންވި ނަމަވެސް ސަހާދަތް ކިޔަންފެށިއެވެ. ސްޓީވެން ޔުއާންގެ ފަހަތުން ސަހާދަތް ކިޔަމުން ދިޔައިރު ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފުހެމުން ދިޔައެވެ.
”މިހާރު އަހަންނާ ކައިވެނި ކުރާނަންތަ؟….” ސްޓީވެން އެ އަންހެން ކުއްޖާއަށް ބަލާލުމަށްފަހު އަހާލިއެވެ. އެ އަންހެންކުއްޖާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިތާ ކުޑައިރުކޮޅެއް ކުރިން ހިނގާ ދިޔަ ކަންތައްކަކީ އޭނާ ކުރިމަތީ ކުޅެވުނު ޑްރާމާއެއް ކަމެއްވެސް ނޭނގެއެވެ. ސްޓީވެން އޭނާކައިރީ ދަރިފުޅު އެބޯޓުކޮށްލަން ނުބުނިކަމަށް ޝުކުރުކޮށްލައިގެން ކައިވެންޏަށް އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ. ސްޓީވެން ކޮޅަށް ތެދުވުމަށްފަހު ޔުއާން އަތުން ކާރު ތަޅުދަނޑި ނަގައިގެން ކާރުބަލައި ދިޔައެވެ. ޔުއާން ހިނިތުންވެލާފައި ތަޅުދަނޑި ދިނީ ކޮއްކޮއާމެދު ފަހުރުވެރިވެފައެވެ. ޔުއާން އެ އަންހެންކުއްޖާއަށް ބަލާލިއެވެ. އެ ކުއްޖާގެ މޫނުމަތީގައިވެސް ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް ފާޅުވާން ހުއްޓެވެ.
ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑުން ޔުއާންއަށް އަޑު އައި ދިމާލަށް ބަލާލެވުނެވެ. އެއިރު ދެކާރު ޖެހިފައި ބޮޑު އެކްސިޑެންޓެއް ހިނގާފައި އޮތެވެ. އެތާ ދިބި މީހުން ބާރަށް ދުވަމުން އެދިމާލަށް ދާންފެށިއެވެ. ކުޑައިރުކޮޅަކު ޔުއާންއަށް ހުއްޓިގެން ހުރެވުނެވެ. މީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ އެތާ އޮތް ކާރަކީ އޭނާގެ ކާރެވެ. ޔުއާންއަށް އެ ދިމާލަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ދުވެފައި ޔުއާން ދިއުމުން އެ އަންހެންކުއްޖާވެސް ވީގޮތް ބަލާލަން ދިޔައެވެ. މީހުންގަނޑުތެރޭން ފަޅާފައި އަންހެންކުއްޖާ ކާރު އޮތް ހިސާބަށް ދިޔައެވެ. އެތާ އޮތް އެއްކާރު އޮތީ ބަންޑުން ޖެހިފައެވެ. އަނެއް ކާރުގެ ދޮރުފަތް ހުޅުވާފައި ހުރި އިރު ކާރުކައިރި އިށީންދެގެން އޭނީ ޔުއާންއެވެ. ސްޓީވެންގެ ފުރާނަނެތް މަސްގަނޑު އަތަށް ލައިގެން އިންއިރު ޔުއާން ދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން އެ އަންހެންކުއްޖާ ހުއްޓުން އެރިއެވެ. އަބަދު އޭނާއަށް މިގޮތަށް ދިމާވަނީ ކީއްވެ ހެއްޔެވެ؟ ޔުއާންގެ އަތުތެރޭ ލެއިންފޯވެފައި އޮތް މީހަކީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާކައިރީ އިންނާން އެހި ޒުވާނާއެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕައެވެ. އެ ޒުވާނާއަށް ކިތަންމެ ނަފްރަތުކުރެވުން ނަމަވެސް މިހާރު އޭނާގެ ލޮލުން ފައިބަމުންދާ ކަރުނައަކީ އެ ޒުވާނާއަށް މައާފް ކުރިކަމުގެ ހެއްކެކެވެ.
6 Comments!
Comments are closed.
Shiff mi part vc vrh reethi❤️❤️
Thankyou… lamko….❤❤❤
Varah reethi ?
Thankyou yan…..❤❤❤
So excitinggggggggg ?????????
Mujey❤❤❤