ނޭދެން ވަކިވާކަށް (7)
އަނުމްމެން ރެސްޓޯރެންޓްއިން ނިކުމެގެން ދިޔައިރުވެސް ރައިސާންއަށް ހުއްޓުންއަރާފައި ހުރެވުނީއެވެ. ” ހޭ މޭން….. އާ ޔޫ އިން ލަވް؟…..” ރައިސާންގެ ކޮނޑަށް އަތްވަށްޓާލަމުން އޭނާގެ ރަހުމަތްތެރިޔާ ޑިރެކް ބުނެލިއެވެ. ”ހްމް….. ލަވް އެޓް ފަސްޓް ހޭޓް” ހުވަފެނީ ގޮތަކަށް ރައިސާން ބުނެލިއެވެ. އަދި ދެވަނަ ސިކުންތުގައި ހޭންފެށިއެވެ. ރައިސާންއަށް ނޭންގި ނަމަވެސް އޭނާގެ ހިތުން އަނުމްއަށް ޖާގައެއް ދެވިއްޖެއެވެ. އުމުރުން މި ވީހާތަނަށް އަންހެން ކުއްޖަކަށް އެހިތުން ޖާގައެއް ނުދެވުން ނަމަވެސް މިއަދު ރައިސާންގެ ހިތަށް އެގުންވެއްޖެކަން ޔަގީނެވެ.
އެލީޝާގެ ކޮނޑުގައި ބޯއަޅާލައިގެން ނިދިފައި އޮތް ޔުއާންއަށް ހޭލެވުނީ އެލީޝާ ގޮވުމުންނެވެ. އެލީޝާ ޔުއާންގެ ފޯނުނަގައި ދައްކާލިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ޔުއާންގެ ނިދިވެސް ފިލިއެވެ. އަވަހަށް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެތިންފަހަރު ‘ޔެސް’ އޭ ބުނުމަށް ފަހު ފޯނު ބޭއްވިއެވެ. ”އެލީ އަހަރެން ދާންޖެހިއްޖެ…… ތަންކޮޅެއް ލަސްވެދާނެ… ރަނގަޅަށް ކައިގެން އަވަހަށް ނިދާތި……” ޔުއާން ސޯފާއިން ތެދުވެފައި ބުނެލިއެވެ. އެލީޝާ މަޑުމަޑުން ބޯޖަހާލުމަށްފަހު ހިނިތުންވެލިއެވެ. ޔުއާން އަވަސް އަވަހަށް އެއްޗެހި ބަދަލު ކޮއްލައިގެން ދިޔައެވެ.
”ކޮބާ މިހާރު…. ރަނގަޅުތަ؟…… އަހަރެން ބުނީމެއްނުން އޭނައަށް ބަލައިގެން އުޅެއްޗޭ…….” ޔުއާން ކާރުން ފައިބަމުން ފޯނުން ވާހަކަދެއްކިއެވެ. ޔުއާން ގޮސް ވަދުނީ ފެންވަރުގައި ހަދާފައިވާ ގެއަކަށެވެ. ޔުއާން ލިފްޓަށް އެރުމަށްފަހު އަށަކަށް ފިއްތާލިއެވެ. މާލަހެއް ނުވެ ޔުއާންއަށް އަށްވަނަ ފަންގިފިލާއަށް ދެވުނެވެ. އޭރުވެސް މީހަކާ ފޯނުން ވާހަކަދައްކަމުން ދިޔައެވެ. ޔުއާންގޮސް އެޕާޓްމެންޓްއެއްގެ ބެލްއަށް ފިއްތާލިއެވެ. މާ ގިނައިރެއް ނުވެ ސާޅީހަކަށް އަހަރުގެ ފިރިހެނަކު ދޮރު ހުޅުވިއެވެ. ”ބައްޕާ ޑޮކްޓާރ އައީތަ؟……” ފަހަތުން އަންހެން ކުއްޖަކު ގޮވާލިއެވެ. ”ހޭ….. ނަންނި އާ ޔޫ އޯކޭ؟…….” ޔުއާން އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އެއިރު ސޯފާގައި އިށީންދެލައިގެން ޓީވީ ބަލަން އަނާ އިނެވެ. އަނާ ބޯޖަހާލުމަށް ފަހު ވާހަކަ ދެއްކިއެވެ. ”ޑޮކްޓާރއަށް އެނގޭތަ ނަންނި މިއަދު ސިޑިން ވެއްޓުނީ….. އެގަޑީގަ ވަރަށް ތަދުވި އެކަމު މިހާރު ރަނގަޅު….. އެކަމު މި ބައްޕައުޅެނީ މާދަން ހޮސްޕިޓަލްއަށް ދާންވެގެން…” އަނާ ހުއްޓުމެއްނެތި ވާހަކަދަށްކަމުން ދިޔައެވެ. ޔުއާން ހިނިތުންވެލަމުން ސޯފާކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ. ”ޑޮކްޓާރ ބުނީމެއްނުން ނަންނިއަށް ސަޕްރައިޒްއެއް ދޭނަމޭ…… އެކަމު އަދިވެސް ނުދޭ…….” އަނާ ތުންދަމާލަމުން ބުނެލިއެވެ. ”ނަންނިއަށް ސަޕްރައިޒް ދޭނަމޭ ވަރަށް އަވަހަށް އަދިވެސް ނަންނި ތިއުޅެނީ ބޭބީއެއްހެން……. ޓްރަސްޓް މީ އައި ވިލް ނޮޓް ބްރޭކް މައި ޕްރޮމިސް” ޔުއާން އަނާއަށް ބަލާލަމުން ބުނެލިއެވެ. އަނާވެސް ހިނިތުންވެލަމުން ޓީވީއަށް ނަޒަރެއް ދިނެވެ.
އާއިލާގެ މެންބަރުން ގެއްލުމަށްފަހު އަނާ އުޅެމުން ދަނީ ކުޑަކުއްޖެއް ފަދައިންނެވެ. ކުރިން މީހަކާ އަނގައިންވެސް ނުބުނެއެވެ. ނުކައި ނުބޮއެ އުޅުމުގެ ސަބަބުން އަނާގެ ހަށިގަނޑުވަނީ އަނަރޫފަވެފައެވެ. ލާމިއު އިންޑިޔާއަށް އައީ ރާއްޖޭގެ ނަފްސާނީ ޑޮކްޓަރެއްގެ އެނދުމުގެ މަތިން ޔުއާންއަށް ދަށްކާށެވެ. މިހާރު އަނާގެ އުޅުންވަނީ މުޅިންބަދަލުވެފައެވެ. ކުރީ މީހަކާ އަނގައިން ނުބުނާ ކުއްޖާ މިހާރު މީހަކާ ޖެހިއްޖެއްޔާ އަނގަ ހުއްޓާނުލައެވެ. އަދިވެސް ދޭތެރެއަކުން މަންމަމެން މަތިން ހަނދާންވަނީއޭ ކިޔާ ރޮއެ ހަދައެވެ.
”ޔުއާން ކީމެއްނުން ރާއްޖެ ބަދަލުވާ ވާހަކަ، މިހާރު އެކަން އޮތީ ކިހިނެއް؟” ލާމިއު ޔުއާންއަށް ބަލާލަމުން އަހާލިއެވެ. އެމީހުން ތިބީ އެގޭ ބެލްކަނީގައެވެ. ”އާނ…… ވަރަށް އަވަހަށް ބަދަލުވާންވެގެން މިއުޅެނީ….. އަންހެނުން ވިހީމަ އެކަމާ އުޅޭނީ…..” ޔުއާން އިސްތަށިގަނޑުތެރެއަށް އަތްމަހާލަމުން ފުންނޭވާއެއް ލުމަށްފަހު ބުނެލިއެވެ. ލާމިއު ގާތު ހަގީގަތްވެސް ބުނަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އެލީޝާ އޭނާއާ ވަކިވެއްޖެނަމަ ސްޓީވެންގެ ދަރިފުޅު އުމުރަށް ގެއްލޭނެއެވެ. މިހާރު އެލީޝާ ދޫކޮށްލާކަށްވެސް ޔުއާން ބޭނުމެއް ނުވެއެވެ. އެދުވަހު އަމިއްލަ އެދުން އިސްކުރެވުނީތީ ޔުއާން ދެރަވިއެވެ. އޭނާ އެވަގުތުވެސް ވިސްނަމުން ދިޔައީ އެލީޝާ އަދި ލާމިއެމެން ކައިރީ އެވާހަކަ ބުނާނެ ގޮތަކާ މެދުއެވެ. ކޮންމެ ގޮތެއް ވިޔަސް މި ވާހަކަ ބުނަން އެބަޖެހެއެވެ. ނަމަވެސް މިފަހަރުވެސް އެވާހަކަ ދެއްކުމުގެ ބަދަލުގައި ޔުއާން ދެއްކީ އެހެން ވާހަކައެކެވެ.
އެ ނުދަންނަ ކުއްޖާއާ ބައްދަލުވި ދުވަހަށްފަހު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައިސާންއަށް އެ ރެސްޓޯރެންޓްއަށް އާދެވެއެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އެކުއްޖާ ދެކިލުމަށެވެ. މިއަދު ރައިސާން އެތަނަށް އައީ އޮފިހުގައި ވަރަށް ބުރަކޮށް އުޅެފައި ބޯހަމަ ޖަށްސާލުމަށެވެ. ކާކުގެ ނަސީބެތް ކަމެއް ނޭނގެއެވެ. ރެސްޓޯރެންޓަށް ވަދެގެން އެ އަންނަނީ އަނުމްއެވެ. އަނުމްގެ އަތުގައި ހިފާލައިގެން ސަމާ ހުއްޓެވެ. ދެކުދިން އިށީނުމަށްފަހު އޯޑާރ ދިނެވެ. ރައިސާންއަށް އިނދެވުނީ އެސްފިޔަޖަހާވެސް ނުލާ ބަލާށެވެ. ”އަޅެ ރާއްޖޭގަވެސް މިހާ ރީތި ކުދިން އުޅޭތަ؟…. ހަމައެކަނި ރީތީކީ ނޫނޭ އަހަންނަށް ސިހުރުވެސް ޖަށްސައިފި…….. ޔާ އައެމް އިން ލަވް……” އަނުމްއަށް ބަލަން އިން ރައިސާންގެ ބޮލުގައި އެކި ޙިޔާލުތަށް އެބުރެމުންދިޔައެވެ. ”އަންނު އަހަރެން އެބަ އަންނަން” ސަމާ ފޯނު ރިންގުވާންފެށުމުން ރިންގު ކަނޑާލަމުން ބުނެލިއެވެ. އަނުމް މަޑުމަޑުން ބޯޖަހާލިއެވެ.
ސަމާ ގޮނޑިން ތެދުވުމާއެކު ރައިސާން އަނުމް ކައިރިއަށް ދިޔައެވެ. އިތުރު ވިސްނުމަކަށް ނުގޮސް ކައިރީއިން ގޮނޑި ދަމާލުމަށް ފަހު އިށީނެވެ. ”ހާދަ އަވަހަކަށް ތި……” ސަމާކަމަށް ހިތަށްއަރާ ވާހަކަދަށްކަން ފެއްޓިނަމަވެސް އަނުމް ވާހަކަ މެދުކަނޑާލީ ނޭފަތުގައި ޖެހުނު ވަހުންނެވެ. ”އަސްލު މިއައީ ސޮރީއޭ ބުނަންވެގެން…..އެގިއްޖެ ދޯ މީ ކާކުކަން…” ރައިސާން މަޑުމަޑުން ބުނެލިއެވެ. ”ހުމް….. އެގިއްޖެ…. ރައިއްޓެދޯ…. ހުމް… ދެންބުނެބަލަ…” އަނުމް ހިނިތުންވެލަމުން ބުނެލިއެވެ. ”ކީކޭ ބުނަންވީ” ރައިސާންވެސް ހިނިތުންވެލަމުން އަހާލިއެވެ. ”ހުމް… މިބުނީ އެއްޗެކޭ ބުނާކަށްނުން އައީ…. ދެން ސީދާ ޕޮއިންޓަށް ދިޔާމަ ޓައިމް ސޭވް ވާނެ….” އަނުމް ކުރިއަށް ވުރެ ފުޅާ ހިނިތުންވުމެއް ދިނެވެ. ”އޯ… އެހެންދޯ…ޔާ.. އައެމް ރިއަލީ ސޮރީ އަސްލު އެދުވަހު މޫޑު ހުރި ގޮތުން ވީގޮތް އޭ….. ސޮރީ” ރައިސާން އަދި އެތަނަށްއައިފަހުން އަނުމްއަށް ނޫނީ ނުބަލައެވެ. ”ޔާ އިޓްސް އޯކޭ..” އަނުމް މަޑުމަޑުން ބުނެލިއެވެ. އަދި އިސްޖަހާލަމުން މޭޒުމަތީއިން ޖޫސްތަށިން ފޮދުވަރެއްބޯލިއެވެ.
އިރުކޮޅެއްވީއިރުވެސް ރައިސާން ގެ ހަބަރެއް ނުވުމުން އަނުމް ރައިއްޓެ އޭ ކިޔާ ގޮވާލިއެވެ. ”ހްމް…. އަދި ނުދަމޭ…. ނުދާންވީތަ… ބޭނުންވިއްޔާ މިތާ މަޑުކޮށްފާނަން” ރައިސާން އެނާގެ ފޯނުނަގައި އަނުމްގެ ފޮޓޯއެއްނެގިއެވެ. ”ނޫނޭ ނުދާށެކޭ ނޫން އެއީ އެމީހެއްގެ އަމިއްލަ ކަމެއްނުން…..ގައިމުވެސް ފޮނުވާލާކަށް ނޫޅެން…..” އަނުމް ހިނިތުންވެލާފައި ވާހަކަދެއްކިއެވެ. ”ޔާ ދެން ތައާރަފް ވާންވީނުން… އަހަންނަށް ކިޔަނީ ރައިސާން….. އިންޑިޔާގަ އުޅެ ބޮޑުވީ އެކަމު ދިވެއްސެއް….. ” ރައިސާން ވާހަކަދަށްކަމުން ދިޔައިރު އެ މޫނުމަތިގައިވީ ނުފިލާ ހިނިތުންވުމެކެވެ. ”ރައިސާން… ރައިއްޓެ… ކޮންނަމެއް ކިޔަންވީ؟…. ބައިދަވޭ…. މީ އަނުމް…ދިވެއްސެއް ދިވެހިރާއްޖޭގަ އުޅެނީވެސް…. ޑޮކްއަށް ދަށްކަންވެގެން މިކޮޅަށް އައިސް މިއުޅެނީ….” އަނުމް އޭނަގެ ކުޑަ ތައާރަފެއް ދިނެވެ. އަނުމްއަށްވެސް އެނުދަންނަ ފިރިހެނާއާ ވާހަކަދެއްކޭތީ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބެމުންދިޔައެވެ.
އެދެމީހުން އެތާ ވާހަކަދައްކަން އެތައް އިރަކު ތިބި ނަމަވެސް ސަމާގެ ޙަބަރެއް ނުވެއެވެ. ”ދެން ނަންބަރު ދޭންވީނުން މިހާރު ފްރެންޑްސް އެންނުން؟” ވާހަކައިގެތެރެއިން ރައިސާން ބުނެލިއެވެ. ” ކޮންނަންބަރެއް ބޭނުންވަނީ؟” އަނުމް އިރުކޮޅަކު ވިސްނަން އިނދެފައި އަހާލިއެވެ. ” ހްމް…. ދެ ނަންބަރުވެސް އޭރުންދޯ ރާއްޖެދެވުނީމަ ގުޅޭނީވެސް” ރައިސާން ފަހަށްވެސް ވިސްނަމުން ބުނެލިއެވެ. ”ހްމް… ހާދަ ވިސްނެއޭ ދޯ…… އޯކޭ… ރައިސާން ނަންބާރ ބުނޭ….. ” އަނުމް ރައިސާންގާތު ނަންބަރުދޭށޭ ބުނިއިރަށް ރައިސާން ނަންބަރު ކިޔަން ފެށިއެވެ. އަނުމް ފަސޭހައިން ނަންބަރު އޭނާގެ ބައްތި ފޯނަށް ސޭވްކޮށްލިއެވެ. ނުބަލައި ބައްތި ފޯނާ ކުޅުމަކީ އަނުމްއަށް ވަރަށް ކުޑައިރުއްސުރެ ލިބިފައިވާ ހުނަރެކެވެ.
”އަންނު….. ކުޑަ މައްސަލައެއް……” ކުއްލިއަކަށް ސަމާ އައިސް ވާހަކަދަށްކަން ފެށިއެވެ. ނަމަވެސް ރައިސާން ފެނުމުން ވާހަކަ މެދު ކަނޑާލިއެވެ. ” ސަމް…. ހާދަ އިރެއްވީ… މީ މިތަނުން ދިމާވި ދިވެއްސެއް…..ރައިސާން މީ އަންނުގެ ބެސްޓްފްރެންޑް ސަމާ” އަނުމް ސަމާ ތައާރަފްކޮށް ދިނުމުން ސަމާ ރައިސާންއަށްބަލާލަމުން ހިނިތުންވެލިއެވެ. ”އަންނު ވީ ހޭވް ޓު ގޯ” ސަމާ އަނުމްގެ އަތުގައި ހިފަމުން ބުނެލިއެވެ. އަނުމްވެސް ސަމާގެ އަތުގައި ހިފައިގެން ތެދުވަމުން ރައިސާންކައިރީ ދަނީ ކަމަށް ބުނެލިއެވެ. އަނެއްކާވެސް މިއަންނަނީކަމަށް ބުނެ ސަމާ ދިޔައީ ބިލްދަށްކާށެވެ. ”އަންނު ދެން ސަލާމްވެސް ކޮށް ނުލާނަންތަ؟ ދެން ނޭނގެއެއްނުން ދިމާވާނެ ދުވަހެއްވެސް” ރައިސާން ނުބުނާން ހުރެފައިވެސް ބުނެލިއެވެ. ރައިސާން ހީކުރިގޮތާ ހިލާފަށް އަނުމް ހިނިތުންވެލައިފައި އަތް ދިއްކޮށްލިއެވެ. ރައިސާން އަނުމްގެ އަތުގައި ހިފާލީ އަނުމްގެ ލޮލަށް ބަލަހަށްޓައިގެން ހުރެއެވެ. ފެންނަމީހަކަށް ރައިސާންގެ ހިތުގައި އަނުމްއަށް ދެވިފައިވާ ގަދަރު އެނގޭނެކަން ޔަގީނެވެ.
އަނުމް ދިޔައިރުވެސް ރައިސާންއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ރައިސާން ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑުގައި މީހަކު ހިފަހަށްޓާލުމުންނެވެ. ” މޯމް…… މިތާ ކީއްކުރަނީ…” ފަހަތް ބަލާލިއިރު އެތާ ހުރީ ރައިސާންގެ މަންމަ ރައިހާނާއެވެ. ރައިހާނާ ފެނިފާ މީހަކު އޭނާއަކީ ދިވެއްސެކޭ ނުބުނާނެއެވެ. ރައިހާނާ ހުރީ އިންޑިޔާ މީހުން ލާ ވަށްތަރުގެ ކަކުލަށް ވުރެތިރިކޮށް ހުރި ހެދުމެއްލައިގެނެވެ. ފުޅާ ހަރުވާޅެއް ލައިގެންހުރިއިރު އަތާއި ކަރުގައިވަނީ ތަފާތު ގަހަނާ އަޅާފައެވެ. ” މޯމް މިތަނަށް މިއައީ ރައްޓެއްސަކާއެކު… ދަރިފުޅު ކީއްކުރަނީ؟…” ރައިހާނާ ތަންކޮޅެއް ދުރުހުރި މޭޒެއް ކައިރީއިން އަންހެނެއް ދަށްކާލަމުން ބުނެލިއެވެ. ރައިސާން އެހެންދޯހޭ ބުނުމަށް ފަހު ދަނީކަމަށް ބުނަމުން ރެސްޓޯރެންޓުންނިކުތެވެ.
ސޯފާގައި އޮށޯވެލައިގެން އޮތް އީލާފް ދިޔައީ ކަމަކާ ވިސްނަމުންނެވެ. ދެކަންފަތަށް ހެޑްސެޓް ޖަހައިގެން އޮތް އިރު ވޮލިއުމް ހުރީ އެންމެ ބާރުކޮށްލާފައެވެ. މިއަދު ކޮލެޑްޖްއަށްވެސް ނުގޮސް ގޭގައި އޮތީއެވެ. އީލާފް ކިޔެވުމަށް މެލޭޝިޔާއަށް އައިތާ ދެތިން މަސްވެއްޖެއެވެ. މަންމަޔާ ވަކިން އުޅެންޖެހޭތީ އީލާފް ވަރަށް ދެރަވެއެވެ. އަނެއް ކޮޅުން އަނާވެސް ނުފެނެއެވެ. ލާމިއުއަށް ގުޅައިގެން އަނާގެ ހާލުބަލާ ހެދި ނަމަވެސް އަނާ އީލާފްއާ ވާހަކައެއް ނުދައްކައެވެ. ފަހުން ފަހުން އައިސް އީލާފްވެސް ކޮންމެހެން އަނާއާ ވާހަކަދައްކަން މަސައްކަތެއް ނުކުރެއެވެ. އަނާ ރަނގަޅުވުމުން ހުރިހާ ކަމެއްވެސް ރަގަޅުވާނެއެވެ.
ލޯމަރާލައިގެން އޮތް އީލާފް ސިއްސައިގެން ދިޔައީ އޭނާ ޖަހައިގެން އޮތް ހެޑްސެޓް ދަމައިގަތުމުންނެވެ. ”ދެން މާނީ…. ކުރިން ދުވަހުވެސް ހެޑްސެޓް ދަމަން ހަދައިގެން ހަލާކުވީދޯ….” އީލާފް ލޯހުޅުވާލިއިރު ކުރިމަތީ އަމާނީ ދެބުމަގޮށްޖަހާލައިގެން ހުއްޓެވެ. އަމާނީއަކީ އީލާފް ހުންނަގޭގަ އުޅޭ ކުއްޖެކެވެ. އެގޭ ދެމަފިރިންގެ ހުންނަނީ އެންމެ އަންހެން ކުއްޖެއްކަމުން އެމީހުން އީލާފްއަށް ވަރަށް ރަނގަޅެވެ. ” ކޮން ހެޑްސެޓްއެކޭ ކިޔާކަށް މިއަދުވެސް ކޮލެޖަށް ނުދޭ….. ތިހެން ހަދަންޏާ އީލާފް މަންމަކައިރީ ބުނާނަން……” އަމާނީ ހެޑްސެޓް އަތުތެރެއަށްލާ ބޮޑިކޮށްލަމުން ސޯފާގައި އިށީނެވެ. އީލާފް އަމާނީއަށް ބަލާލަމުން ހީލިއެވެ. އަދި މާދަން ކޮލެޖަށް ދާނަމޭ ބުނެލިއެވެ. އާންމުކޮށް އަމާނީ އުޅޭގޮތުން އީލާފް އަނާމަތިން ވަރަށް ހަދާންވެއެވެ. އީލާފްއޭނާގެ ހެޑްސެޓް ހިފައިގެން ކޮޓަރިއަށް ވަނުމުން އަމާނީވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އީލާފްއާ އަމާނީގެ ގާތްރަހްމަތްތެރީންނަށް ވިޔަސް ކޮލެޖުގެ ކުދިން ދެކެނީ އެދެމީހުން ރައްޓެހިވެގެން އުޅޭކަމަށެވެ.
3 Comments!
Comments are closed.
Varah Reethi ingyy mi part ves sis❤️??❤️❤️ whn is next.. waiting for the next part ?????ly
Varah reethi Masha Allah ? konirakun next part ? curious
Varah reethi maa sha ??Allah.waiting for the next part.?