Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް (4)

ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑުން ޔުއާންއަށް އަޑު އައި ދިމާލަށް ބަލާލެވުނެވެ. އެއިރު ދެކާރު ޖެހިފައި ބޮޑު އެކްސިޑެންޓެއް ހިނގާފައި އޮތެވެ. އެތާ ތިބި މީހުން ބާރަށް ދުވަމުން އެދިމާލަށް ދާންފެށިއެވެ. ކުޑައިރުކޮޅަކު ޔުއާންއަށް ހުއްޓިގެން ހުރެވުނެވެ. މީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ އެތާ އޮތް ކާރަކީ އޭނާގެ ކާރެވެ. ޔުއާންއަށް އެ ދިމާލަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ދުވެފައި ޔުއާން ދިއުމުން އެ އަންހެންކުއްޖާވެސް ވީގޮތް ބަލާލަން ދިޔައެވެ. މީހުންގަނޑުތެރޭން ފަޅާފައި އަންހެންކުއްޖާ ކާރު އޮތް ހިސާބަށް ދިޔައެވެ. އެތާ އޮތް އެއްކާރު އޮތީ ބަންޑުން ޖެހިފައެވެ. އަނެއް ކާރުގެ ދޮރުފަތް ހުޅުވާފައި ހުރި އިރު ކާރުކައިރި އިށީންދެގެން އޭނީ ޔުއާންއެވެ. ސްޓީވެންގެ ފުރާނަނެތް މަސްގަނޑު އަތަށް ލައިގެން އިންއިރު ޔުއާން ދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން އެ އަންހެންކުއްޖާ ހުއްޓުން އެރިއެވެ. އަބަދު އޭނާއަށް މިގޮތަށް ދިމާވަނީ ކީއްވެ ހެއްޔެވެ؟ ޔުއާންގެ އަތުތެރޭ ލެއިންފޯވެފައި އޮތް މީހަކީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާކައިރީ އިންނާން އެހި ޒުވާނާއެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕައެވެ. އެ ޒުވާނާއަށް ކިތަންމެ ނަފްރަތުކުރެވުން ނަމަވެސް މިހާރު އޭނާގެ ލޮލުން ފައިބަމުންދާ ކަރުނައަކީ އެ ޒުވާނާއަށް މައާފް ކުރިކަމުގެ ހެއްކެކެވެ.

ސްޓީވެން ވަޅުލާނިމުނު އިރުވެސް ޔުއާންއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ފުލުހުންވެސް އޭރު އެހިސާބުގަނޑުގައި ހަރަކާތްތެރި ވަމުންދިޔައެވެ. ޔުއާންކައިރިންވެސް ބަޔާނެއްނެގިއެވެ. ހުއްޓުންއަރާފައިއިން ޔުއާން ފަހަތްބަލާލީ މީހަކު އޭނާގެ ކޮޑުގައި އަތް ބާއްވާލުމުންނެވެ. ”ދަރިފުޅާ ދެން ހިނގާ ގެއަށް ދާން…… ” މާހިރު ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. ”ބައްޕަމެންދޭ ގެއަށް އަހަރެން އެބައަންނަން…..” ޔުއާން ބޭނުންވީ އެ އަންހެންކުއްޖާ ގެއަށް ގެންނާށެވެ. އޭނާ އެކުއްޖާއަށް އެހީތެރިވާނެއެވެ. ”ދަރިފުޅު ޑްރައިވަރު ގޮވައިގެންދާނީ….” ޔުއާން ހިނގައިގަތުމުން މާހިރު ބުނެލިއެވެ. ފެންނަ ހިސާބުގައި ދެ ދަރިންހުރިއިރު އެއްކުއްޖަކު އަބަދަށް ވަކިވުމުން މާހިރު ޔުއާންއަށް ގޮތެއް ވެދާނެތީ ކަންބޮޑުވިއެވެ.

ޑްރައިވަރުކައިރީ ދާންވީތަން ބުނުމަށްފަހު ޔުއާން ކާރަށް އެރިއެވެ. ކާރުތެރޭ އިންއިރުވެސް ޔުއާން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ޔުއާންއަށް އަމިއްލަ ދުނިޔޭން ނިކުމެވުނީ ޑްރައިވަރު ދެތިންފަހަރު ގޮވާލުމުންނެވެ. އޭރު ކާރުމަޑުކޮށްލައިގެން އޮތީ މިސްކިތު ކައިރީގައެވެ. އެ ސަރަހަށްދު އޮތީވެސް ބަންދުކޮށްފައެވެ. ޔުއާން މަޑުމަޑުން ކާރުން ފޭބިއެވެ. ޔުއާންއަށް ވަށައިގެން ހޯދާލެވުނީ އެ އަންހެންކުއްޖާ ހުރިތޯއެވެ. އެއްލިކަޅިއަކުން މިސްކިތްކައިރީ ހުރި ކުޑަ ފިހާރައެއް ކައިރީއިން ގޮޑިއެއްގައި އިށީންދެގެން އެކުއްޖާ އިންދާ ފެނުނެވެ. ޔުއާން މަޑުމަޑުން ހިނގާލާފައި އެދިމާލަށް ދިޔައެވެ.

މިއަދު ހިނގާދިޔަ ހާދިޡާއާމެދު ވިސްނަން އިންދާ ޔުއާން ކުރިމައްޗަށް އެރުމުން އެކުއްޖާ ސިއްސައިގެން ދިޔައެވެ. ”މިއައީ ތިކުއްޖާ ބަލާ…. ކޮއްކޮ ދުނިޔޭގަ ނެތަސް ކޮއްކޮގެ ނިޝާނެއް އޮތީތީ އުފާވޭ….. އަހަރެން ބޭނުންވަނީ ތިކުއްޖާއަށް ވެވެން އޮތް އެހީއެއްވާން…..” ޔުއާން މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. ޔުއާން އެހެން ބުނުމަށްފަހު ޑްރައިވަރަށް އިޝާރާތް ކޮށްލިއެވެ. އެ ކުއްޖާ ދެކޮޅުހެދުމެއްނެތި ކާރަށް އެރިއެވެ. ގެއަށް ދެވެންދެން ކާރުތެރޭ އޮތީ ހަމަހިމޭންކަމެވެ. ގޭގެ ދޮރާށިން ކާރު ވަނުމާއެކު ގޭޓު ލެއްޕުނެވެ. ކާރު ގޮސް ހުއްޓާލީ ދެބުރިއަށް ނަގާފައި ހުރި ގޭގެ ދޮރުމައްޗަށެވެ. ރޭގަނޑުގެ ވަގުތުކަމުން މުޅިގެ އޮތީ ދިއްލާލާފައެވެ. ޔުއާން ކާރުން ފޭބުމުން އެއަންހެން ކުއްޖާވެސް ކާރުން ފޭބިއެވެ. ޔުއާންމެން ކާރުން ފޭބުމާއެކު ނޯކަރަކު ގޭގެ ދޮރު ހުޅުވާދިނެވެ.

”އެބައަންނަން އިރުކޮޅަކުން……މާޔާ….. މީނަ އަހަރެންގެ ކޮޓަރިއަށް ގެންގޮސްދީ…..” ޔުއާން ނޯކަރުކައިރީ އެހެން ބުނުމަށްފަހު ކާރަށް އެރިއެވެ. ޔުއާން ކާރަށް އެރުމާއެކު ކާރު ސްޓާޓްކޮށްލިއެވެ. މާޔާ އެއަންހެންކުއްޖާއަށް ޔުއާންގެ ކޮޓަރިދެއްކިއެވެ. ” މެޑަމް…. އިތުރު ކަމެއް އޮތިއްޔާ ބުނެލަ” މާޔާ ހިނިތުންވުމެއް ދިނުމަށްފަހު ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މީރުވަހެއް ނޭފަތުގައިޖެހުނެވެ. އެކުއްޖާ މަޑުމަޑުން ކޮޓަރީތެރެއަށް ވަދުނެވެ. އޭސީޖަށްސާފައި ހުރުމުން ކޮޓަރިތެރެއަށް އޮތީ ފިނިހިފާފައެވެ. ކޮޓަރީގަ ހުރި ފަރުނީޗަރުތަށް މުޅިންވެސް ހުރީ ހުދާއި ކަޅުންނެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ބިތާ އެއްވަރަށް ހުރި ބޮޑު އަލަމާރިއެވެ. އަލަމާރިކައިރީ ސްޓަޑީޓޭބަލްއެއް ހުރިއިރު މުޅި އަލަމާރި ހީވަނީ ލޯގަނޑެއް ހެނެވެ. އަލަމާރިއާ މާދުރުނޫން ހިސާބެއްގައި ކިންގް ސައިޒް އެނދެއް ހުއްޓެވެ. އެނދާ ކުރިމައްޗަށްވާގޮތަށް ސޯފާއަކާ ހެޔޮވަރުގެ ޓީވީއެއް ހުއްޓެވެ. ކޮޓަރި ފުރިހަމަ ކަމުން އެކުއްޖާ ހުރީ ތަނަކު އިށީންނާންވެސް ނުކެރިފައެވެ. އެހެން ކޮޅަށް ހުއްޓާ މާގިނައިރެއް ނުވެ ޔުއާން ކޮޓަރިއަށް ވަދުނެވެ. އޭނާގެ އަތު ދެ ކޮތަޅު އޮތެވެ. ”އަހަ…. ކީއްވެ ކޮށްޅަށް ތިހުރީ؟…… އަން މިހުރީ ހެނދުންކޮޅެއް ދެން މާދަން ޝޮޕިންކޮށްލަން ދާނީ…. އިހަށް ފެންވަރައިގެން ކާންދާން ހިނގާ…..”ޔުއާން ހިނިތުންވެލާފައި ބުނެލިއެވެ. އެކުއްޖާ ކައިރީ ފެންވަރާލާށޭ ކިޔާފައި އޭނާގެ އެއްޗެހި ހިފައިގެން ކޮޓަރިން ނިކުތެވެ.

ގެސްޓް ކޮޓަރިން ފެންވަރާލައިގެން ޔުއާންއޭނާގެ ކޮޓަރިއަށް އައެވެ. ކުއްލިއަކަށް ދޮރުހުޅުވުމުން ސިއްސައިގެންގޮސް ސޯފާގައި އިނދެފައި އެކުއްޖާ ތެދުވިއެވެ. ”ހާދަ ބިރުން ތީނީ…. މިކޮޓަރިއަށް ޓަކި ނުޖަހާ ވަންނާނީ އަހަރެން އެކަނި…. އެކަމު ދެންފަހަރަކުން ޓަކި ޖަހާނަން….” ޔުއާން ހިނިތުންވެލާފައި ވާހަކަދެއްކިއެވެ. އަދި އޭނާ އަތު އޮތް ތުވާލި ހަރުގަނޑުގައި އަޅުވާލިއެވެ. ”ހިނގާ ކާންދާން….” ޔުއާން އެހެން ބުނުމަށް ފަހު އޭނާގެ ފޯނު ހިފައިގެން ނިކުތެވެ. ޔުއާންގެ ފަހަތުން އެ އަންހެންކުއްޖާވެސް ނިކުތެވެ. މިއަދު އޭނާ އެހުރީ ސައިތަށްޓެއް ބުއި ގޮތަށެވެ.

ޔުއާންމެން ކާގެއަށް ދިޔައިރު މާހިރު އަދި ސްޓީވެންގެ މަންމަ ރިއާވެސް ކާމޭޒުކައިރީ ތިއްބެވެ. ”ދަރިފުޅު…. ތިއައީ ދޯ……މީ ކޮން ކުއްޖެއް” މާހިރު ޔުއާންކައިރީ ހުރި ކުއްޖާ ފެނުމުން އަހާލިއެވެ. ”މީ އަހަރެންގެ އަންހެނުން…..އެލީޝާ…….. ބައްޕަކައިރީ ބުނީމެއްނުން އަހަރެން މިއެޅެނީ ކައިވެނި ކޮށްގެންނޭ…………. އިތުރު ސަޕްރައިޒްއެއް ވެސް އެބައޮތް……… ބައްޕަމެން ވަރަށް އަވަހަށް ގްރޭންޑް ޕޭރެންޓްސްއަށް ވާނެ…..” ޔުއާން ގޮނޑީގައި އިށީނުމަށްފަހު ވާހަކަދެއްކިއެވެ. މީގެ ފަސްމަސް ކުރިން މާހިރު ޔުއާންއާ ކައިވެނީގެ ވާހަކަދެއްކުމުން މާހިރުގެ އަނގަ ބަންދުކުރަން ޔުއާން މަޖަލަކަށް އޭނާ އުޅެނީ މީހަކާ އިނދެގެން ކަމަށް ބުނިއެވެ. ”ބައްޕަ ހީކުރީ ދަރިފުޅު މަޖަލަކަށް ބުނި އެއްޗެއް ކަމަށް ދެން ކީއްވެ ބައްޕްމެންނަށް އަންގާނުލީ؟” މާހިރު ހުރީ ޔުއާން ކައިވެނި ކުރިކަން އެގުމުން ވަރަށް އުފަލުންނެވެ. ރިއާވެސް ސްޓީވެންގެ މަރުގެ ހަބަރު ލިބުމަށްފަހު ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ. ރިއާ ގޮޑިން ތެދުވެ އެލީޝާ ކައިރީ ހުއްޓިލިއެވެ. އަދި ހިނިތުންވެލާފައި އެލީޝާގެ ބޮލުގައި ފިރުމާލިއެވެ. އެލީޝާ އިނީ ހައިރާންވެފައެވެ. ޔުއާން އޭނާއާ ކައިވެނި ނުކޮށް އޭނާ އަތްބަކަށް ހެދުމަކުން ނޫނެވެ. އެ މީހުން ދިވެހިން ވާހަކަ ދެއްކުމުންނެވެ. އަމިއްލަ މާދަރީ ބަހުން ވާހަކަ ނުދެއްކޭތާ އެ ބަސް އަޑު ނީވޭތާވެސް މިހާރު ހަމަސް ވެއްޖެއެވެ.

ކަމުން ދިޔައިރުވެސް އެލީޝާއަށް ވިސްނެމުން ދިޔައީ އެކަމާއެވެ. އޭނާއަށް އާއިލާ އަދި ފެންނާނެކަމުގެ އުންމީދު އާވިއެވެ. ކައިނިމިގެން ކޮޓަރިއަށް ދެވުމާއެކު އެލީޝާ ޔުއާންގާތު ވާހަކައެއް ބުނަން ބޭނުންކަމަށް އިޝާރާތުން ބުނެލިއެވެ. ޔުއާން ވަގުތުން ގަޑަކާއި ގަލަމެއް ދިނެވެ. އެއީ މިއަދު އެލީޝާ ނަން ލިޔުނު ގަނޑުކޮޅެވެ. ގަނޑުގައި އަވަސްއަވަހަށް އެއްޗެކޭ ލިޔެލުމަށްފަހު ޔުއާންއަށް ދިއްކޮށްލިއެވެ. އޭގައި އޮތީ ތާނަ އަކުރުން ‘އަހަންނަކީ ދިވެއްސެއް’ ޖަހާފައެވެ. އަދި މީގެ ހަމަސް ކުރިން އާއިލާއާ ވަކިވި ވާހަކަވެސް ބުނިއެވެ. ”އައިޝަތު އެލީޝާ ލާމިއު؟……” ޔުއާން އިރުކޮޅަކު ވިސްނަން ހުރެފައި އަހާލިއެވެ. އެލިޝާ ބޯ ޖަހާލަމުން ޔުއާންއަށް ބަލާލީ އެނގުނީ ކިހިނެއްހޭ އަހާފަދައަކުންނެވެ. ” ސުބުހާނަﷲ……..” ޔުއާންއަށް ފަށަންވީ ދިމާލެއް ނުވިސްނުމުން ބޮލުގައި ހިފަހަށްޓާލެވުނެވެ.

************
………………..ހަމަސް ކުރި…………………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Meekkomee

    Alhyy eh oh kiyaahithun hutha eh numuny???.woww??varah Reethi ingyyy…..shiff sis ……whn is next….. waiting for it ingyyy…….??????❤️ly

    1. shiff
      Meekkomee

      Heheh…. thankyou meekkomee❤❤…ly2❤…. vv avahah up kohdheynan…IA

  2. Lamko

    Alheyyyyy mi part vx varah furihama…. N whn nxt….. ???❤️❤️❤️ly

    1. shiff
      Lamko

      Thankyou lamko❤❤❤…..ly2❤….vv avahah up submit kohlaanan…..

  3. Yan♥️

    Alhey haadha reechey dhen elyshaa eiee yuaan he kuryge loabi veriyatha nooni best friend tha ? konirakun next part ? curious to know what will happen ???

    1. shiff
      Yan♥️

      Hehehe…higaadhww balamaa…..vv ahavah up kohdheynan…..thankyou yan❤❤❤

  4. Aaliyo

    Very nice Inge mi part..❤️❤️❤️

    1. shiff
      Aaliyo

      Thankyou ali❤❤❤

  5. ♡Maiii♡

    ވަރަށް ރީތި މި ވާހަކައިގެ ހުރިހާ ބައެއްވެސް. ވަރަށް ކިޔާލާ ހިތުން އިންދަ ނިމުނީވެސް. ކޮންއިރަކުން ނެކްސްޓް ޕާރޓް؟.
    ފޯރ އިޓް ވެއިޓިންގ

    1. shiff
      ♡Maiii♡

      Thankyou maiii

  6. mujey?

    Wowwwww haadha reehcheyyyyy keep up the gud work shiffs

    1. shiff
      mujey?

      Thankyou mujey❤❤❤

  7. shaai

    story vvvvvvvv rythi. eyoh kiyahithin indha e nimuni ?
    kondhuvahaku up kohdheyni…

    1. shiff
      shaai

      hehe…. thankyou shaai… miadhu vaahaka submit kollaanan…

  8. Nash

    When next part

    1. shiff
      Nash

      submit kohlaafa innaanee

  9. shaai

    haadha lahey up vaaleh???
    story v kiyahihvefa mi innany ….
    plz avas kohlladhiba ?

    1. shiff
      shaai

      Vv dheravey kiyuntherinn madu kuranjeheythy… ekamu vaahaka submit kohlaafa innaanee publish kurihaa avahakh kiyaalan libeyne…

  10. Mal

    V luv story

  11. Comment

    Ajaabeii dhw .. Ehn story thah ebah libey kiyaalan.. Ekm mi vaahak kiyan milebenee.. Ethah vaahak eh up koh kiyaa foohi vaa fahun… V lol dhn knme akas ingeyyg esfiya team..?

  12. Shiv

    Rangalhah story nufonu vene ekamah vx vedhaanun .. Alhe try kohlabala ul veythw …..eyrun ingidhaanhn vaa ehcheiii dhw??

Comments are closed.