އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ދޮރުމަތީގައި އައްފާނު ހުރީ ހިނގާލަ ހިނގާލައެވެ. ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ. އޭނާގެ މަންމަ ރަމީޒާއާ އެކުގައެވެ. އޭނާ ވަނީ ތަޤްދީރުގެ ނިޔާ ކަނޑައެޅޭނެ ގޮތް ބެލުމަށް ކެތް މަދު ވެފައެވެ. އޭނާގެ ދަރިފުޅު ސާޖިދާގެ އޮޕަރޭޝަނަށް ވާނެ ގޮތަކާމެދު ހިތްއަވަސް ވެފައެވެ. އޮޕަރޭޝަން ކުރެވެމުން އެދާ ސާޖިދާއަކީ އައްފާނުގެ ދެލޮލުގެ ނޫރެވެ. ދިރިހުރުމުގެ އަސްލާއި ބާރެވެ. އުންމީދުގެ ހުޅު ކޮޅެވެ. ސާޖިދާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުމުން […]