Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަދިވެސް …

shurm
August 28, 2016
3 Mins Read
38 Views
119 Comments

 

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ރަށުގެ އެންމެން ނިދީގެ ފޮނިމީރުކަން ހާސިލްކުރަމުން ދާއިރު، ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ޖިފުޓިގަނޑެއްގެ ތެރެއިން ވަރަށް ބަލިގޮތަކަށް މީހަކު ކެއްސާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. އެއީ މުދިންގޭ ތައްޚާނުބޭ ނޫން ދެން އެހެން ކާކުހެއްޔެވެ؟ އެބޭ އެ ގޮތަށް އޮންނަތާ އަހަރަކާ ގާތްކޮށްފިއެވެ. ނަމަވެސް އަޅާލާނެ ޔާރެއް އިޔާރެއް އެބޭ ފަކީރުގެ ނެތެވެ. ކީއްވެ ހެއްޔެވެ؟ އަނބި މަރުވެފައި ވިޔެއްކަމަކު، މަރުގެ ތުންފަތް މަތީގައި އޮންނައިރު، ހެޔޮ ދުޢާ ކުރުމަށް އުފަންކުރުވި ދަރިފުޅު ކޮބައިބާވައެވެ؟

 

ތައްޚާނުބެގެ ބައިމަތި ފުޅާ ހަށިގަނޑާއި، ފިރިހެންވަންތަ ސިފަތަކަކީ އަންހެން ކުދިން އޭނާއާއި ހެދި މޮޔަވާން ޖެހެނު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ގިނަ އަންހެންކުދީން ތަކެއް ތައްޙާނުބެގެ އިޝާރާތަކަށް އިންތިޒާރު ކުރަމުން ދާއިރުވެސް، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ބެލީ ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯއެވެ. ކާށި ކެވޭނީ ދަތް ހުއްޓައޭ ބުނާ ބީދާއިން ލިބުނުހާ އަންހެންކުއްޖަކު “ބޭނުން” ކޮށްލުމަކީ ތައްޚާނުބޭގެ އާދައަކަށް ނުވާތީވެސްމެއެވެ.

 

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު، ތައްޚާނުބޭގެ ހިތުގައިވެސް މަރިޔަން މަނިކެގެ ނަން ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑަށް ފެވި ކުލަގަދަ ވަމުންނެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެކަން އެނގޭތީ، ދަނޑިވަޅު ބަލާފައި ތައްޚާނުބޭ މަރިޔަންމަނިކެ ކުރެ ލޯބީވާ ވާހަކަ ބުނެފިއެވެ. ޖަވާބު ލިބުނީ އޭނާ ބޭނުންވި ގޮތަށެވެ.

 

މާގިނަ ދުވަހެއް ނުވެ ދެމީހުންގެ ކައިވެނި ވެވިއްޖެއެވެ. އުފަލުގައި، ރައްޓެހި ރަޙުމަތްތެރީންނަށާއި އާއިލާ މެންބަރުންނަށް ވަލީމާއެއް ބޭއްވުނެވެ. މި އުފަލުގައި ބައިވެރިވި އެންމެންގެ މޫނުމަތިންވެސް އުޖާލާކަމާއި އުފާވެރިކަން ފާޅުވެވޭ ހުއްޓެވެ.

 

ދެން އައީ ތައްޙާނުބޭ ދެމަފިރިންގެ އެންމެ އުފާވެރި ދުވަސްކޮޅެވެ. މާމުއި ހަނދުގެ ދުވަސްކޮޅެވެ. ދުވަސްވަރުގެ ގޮތުން ސީނުކަރައަށާއި އުތުރުކަރަ ފަދަ ތަންތަނަށް ނުދެވުނު ކަމުގައި ވިޔަސް، ދެމަފިރިންގެ މާމުއި ހަނދު ނުލާހިކު އުފާވެރިއެވެ. ރީތި ބުރުސޫރައެއް ލިބިފައިވާ މަރިޔަންމަނިކެ އާއި ތައްޚާނުބޭގެ ލޯބިކުރުންތައް ގިނައެވެ. އާޚިރު ނަތީޖާ ވަރަށް ވެސް ފޮންޏެވެ. މަރިޔަންމަނިކެ ދަރިމާއިވާކަށް ގިނަ ދުވަސްތަކެއް ނުނަގައެވެ.

 

ނުވަމަސް ދުވަހުގެ ގަދަ ވޭނާއި އެކު ރޭދުވާ ހޭދަކޮށް، މަރިޔަން މަނިކެ ދުވަސް ފުރާ ވިހައިފިއެވެ. އޭރު ތައްޚާނުބޭވީ ވަޑާމުގެ މަސައްކަތުގައި ވަޑާން ގޭގައެވެ. ތައްޚާނުބެއަށް “ބައްޕަ” ކީ ޚަބަރު ލިބިގެން މަސަކަތާއި މަސައްކަތެއް ދޫކޮށް ގޭދޮށަށް ދިޔައިރު ފޫޅުމައި ދައިތަ އަތުގައި ލޯބިލޯބި ފިރިހެން ކުއްޖަކު އޮތެވެ. ފޫޅުމައި ދައިތަގެ ކިބައިން އެނގުނު ގޮތުގައި އޭރު މިފަނާވެނިވި ދުނިޔެއާ ތައްޚާނުބޭ ފުރާނަފަދައިން ލޯބިވާ އަނބިމީހާ އަލްވަދާޢު ކިޔައިފިއެވެ. އޭނާގެ ރަހިމުގެ މޭވާ، އަމާނަތްތެރި ކަމާއެކު ތައްޚާނުބެއާ ހަވާލު ކޮށްފައެވެ. ހާދަހާ ވާ ދެރައެވެ. ދުނިޔެމަތިން އެންމެ ލޯބިވި އިންސާނާއާއި އެންމެފަހު ފަހަރަށްވެސް ބައްދަލު ނުވީއެވެ.

 

ތައްޚާނުބޭގެ އަލަތު ދަރިފުޅަށް ހަތް ދުވަސް ވީ ތަނުން ބޯބައިލާ، ޝާމިންގެ ނަމުން އެ ފިރިހެން ކުއްޖާއަށް ނަން ދީފިއެވެ. އަދި ލާރިއަށް މިހަކު ލައްވައި ބޮނޑިބަތް ކައްކާ، މިރުހުލިމަސް ފިހެ، އަވަށު މީހުންނަށް ބަހައިފިއެވެ. މީން އެއްވެސް ކަމެއްގައި ތައްޚާނުބޭ ފަރުވާ ކުޑަ ކޮށްފައެއް ނުވެއެވެ. މަރިޔަންމަނިކެ ނެތްކަމުގެ އިހުސާސް އަވައްޓެރިން ކީއްކުރަން ހެއްޔެވެ؟ ޚުދު ޝާމިންއަށް ވެސް އޭނާގެ މަންމަ ނެތްކަމުގެ އިހުސާސް ނުކުރެވޭހާ ފުރިހަމައަށް ތައްޚާނުބޭ ހުރިހާ ކަމެއްވެސް ކޮށްދެމުން ދިޔައެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް، ޝާމިންއަށް ވެސް އެދުރުގެއަށް ދެވޭ ވަރުވެއްޖެއެއެވެ. އެއާއެކު ތައްޚާނުބޭ ކުރަން ޖެހޭ މަސައްކަތް ވެސް ގިނަވިއެވެ. ވަޑާންކުރުމުގެ އިތުރަށް ކަތީބުގޭ ދޯނީގައި މަހަށްދިޔުމާއި ފަރަށް ބޮލިހިލަން ދާންފަށައިފިއެވެ.

 

ފަތިހުގެ ފުރަތަމަ ކޮވެލީގެ އަޑާއެކު މަސަކަތުދާ ތައްޚާނުބެއަށް އެނބުރި ގެއަށް އާދެވޭއިރު ގިނަރޭރޭ ހުންނަނީ މެންދަންވެފައެވެ. ގުދާރު ބިނދޭ ވަރަށް މަސައްކަތް ކޮށްކޮށް މީހާ ހުންނަނީ އަވަދިވެފައެވެ. ނަމަވެސް ޝާމިނަށް ކިޔެވެނިކޮށް އޭނާއަށް ނިމުނީއެވެ. އޭނާ ކޮންމެ ހާލެއްގައި އުޅެގެން ވިޔަސްއެވެ. އެދުރުގެއިން އެދުރު ވެވެން އޮތް އެންމެ މައްޗަށް އެދުރުވެވުމުން، ތައްޚާނުބޭ ނިންމީ އޭނާ މާލެ ފޮނުވުމަށެވެ. އޭނާގެ ރައްޓެއްސެއްގެ ގޭގައި ހުރެގެން ޝާމިން އިތުރަށް ކިޔަވައި، ކާތިބު ކަމުގެ ސަނަދު ނެގުމަށެވެ. އޭރުން އޭނާ ކިޔަވައިނިމި އެނބުރި ރަށަށް އައިސް ރަށަށް ޚިދުމަތް ކޮށްދޭނެކަމުގެ ފޮނިފޮނި އުންމީދުގައެވެ.

 

ކޮންމެއަކަސް ޝާމިން މާލެ ދިޔުމާއިއެކު ތައްޚާނުބޭ ހީވަނީ މޮޔަވެގެން އުޅުނުހެނެވެ. މީސްމީހުންނަށް ލާރި ދީގެން ފަތްތެލުލާ، ބަނބުކެޔޮ ބޯކޮށް ޝާމިންއަށް ފޮނުވައެވެ. ދުވަސްވަރަކީ މުއާސަލާތީ ޚިދުމަތް ކުރިއަރާފައި ނުވާ ދުވަސްވަރަކަށް ވުމުން، އެތަކެއް ސިޓީއެއް ލިޔެ ކަތީބުގޭ ދޯނި މާލެ ދާ ކޮންމެ ފަހަރަކު ޝާމިންއަށް ސިޓީބިޓީ ފޮނުވައެވެ. ނަމަވެސް ކީއްވެގެން ކަމެއް ނޭނގެއެވެ. ދުވަހަކުވެސް ޝާމިން އޭނާގެ ބައްޕައަކަށް ސިޓީއެއް ނުލިޔެއެވެ. ކުޑަމިނުން ޝުކުރު އަދާނުކުރާތާ، ހާލުވެސް ބަލާ ނުލައެވެ. ނަމަވެސް އެއީ ޝާމިން އަވަދިނެތި އުޅެންޖެހުމުން ކަމަށް ނިންމައި، އެއްވެސް މިންވަރެއްގެ ޝަކުވާއެއް ތައްޚާނުބޭ ފާޅެއް ނުކުރެއެވެ. ހަމަ އެ ހިތުގައިވާ ކުލުނެއްގެ ބޮޑުކަމުންނެވެ.

 

އަހަރުތަކަކަށްފަހު، އެއްދުވަހަކު ޝާމިން އޭނާގެ އުފަން ރަށަށް އަތުވެއްޖެއެވެ. އެ ޚަބަރު ލިބިގެން ތައްޚާނުބޭ އަތިރިއަށް ފޭބިއިރު އޭނާގެ ޝާމިން އާއިއެކު އަންހެނަކާއި ހަތަރުވަރަކަށް އަހަރުގެ އަންހެން ކުއްޖެއް ހުއްޓެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދަރިފުޅާއޭ ކިޔައި ގޮސް ޝާމިންގެ ގައިގާ ތައްޚާނުބޭ އޮޅުލައިގަތެވެ. ހަމަ އެ ވަގުތު” ޗީ! ޗީ! ދުވާ ވަހޭ” ކިޔައި ޝާމިން އޭނާގެ ބައްޕަ ގަޔާ ދުރަށް ފޮޅުވާލިއެވެ.

 

ތައްޚާނުބެއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެއަށްވުރެ ބޮޑަށް އޭނާ ދެރަވީ ގެއަށް ގޮސް ޝާމިން ބުނި ވާހަކައަކުންނެވެ. ” އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން.. ބައްޕަ މިގޭގަ ހުރުން ރަނގަޅެއް ނުވާނެ.. އެއީ އަހަރެންގެ އަންހެން ދަރިއަކު ހުރީމަ.. އެހެންނޫނަސް އަހަރެން ބޭނުމެއްނޫން ގައިން ރުއްކަނދު ވަސް ދުވާ މީހެއް އަހަރެންގެ މި ކުޑަކުޑަ އާއިލާއާއި ވައި އެޅޭކަށްވެސް..”

 

ޝާމިންގެ މި ނިންމުމާއިމެދު ދެކޮޅުހެދުމެއްނެތި، ބައުކަމުން ގޮސް ރަތް އަރައިފައިވާ ދެތިން މުންޑަކާއި ގަމީސް ކޮޅެއް ހިފައިގެން ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ގެއަކަށް ތައްޚާނުބޭ ބަދަލުވެއްޖެއެވެ. އެއްވެސް ޝަކުވާއެއް ކުރުމެއް ނެތިއެވެ. އޭނާވެސް އޭނާގެ ކާފަދަރިފުޅާ ލޯބިކޮށްލަން ބޭނުން ނުވާނެ ހެއްޔެވެ؟  ދަރިއެއްގެ ފަރާތުން ބަފައަކަށް ލިބެން ޖެހޭ އަޅާލުމާއި ލޯބި ބޭނުން ނުވާނެ ހެއްޔެވެ؟ ނޫނެކެވެ. ތައްޚާނުބެ ވެސް ބޭނުން ވަނީ އެ ގޮތެވެ. ނަމަވެސް ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ގެއްލުމުންވެސް ތައްޚާނުބޭ ކެތްތެރިކަން އިސްކުރީއެވެ.

 

ތައްޚާނުބެއަށް ޚަރަދުކޮށްދިނުން ކީއްކުރަން ހެއްޔެވެ؟ އެބޭ ފަކީރުގެ ހާލުވެސް ޝާމިން އަދިއަދަށް ދާންދެންވެސް ބަލާނުލައެވެ. އެކަމަކު އެ ދެބަފައިން ވެސް ދިރިއުޅެނީ އެއް ފަސްގަނޑެއްގައެވެ. އެއް ހިސާބުގަނޑެއްގައެވެ. އެއް އަވަށެއްގައެވެ.

 

ކުއްލިއަކަށް ތައްޚާނުބޭގެ ކެއްސުމުގެ އަޑު ހުއްޓިއްޖެއެވެ. އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވީއެވެ. ޝާމިންއަށްޓަކައި ހިތުގައި އެއްވެސް ބުރަކަމެއް ނެތް ހާލުގައެވެ. އާޚިރަތުގައި ބައްދަލުވުމަށް އެދި ދުޢާ ކުރާ ހާލުގައެވެ. ޝާމިން އަށް ހެޔޮ ވިސްނުން ދެއްވާ، އުފާވެރި ހަޔާތެއް މިންވަރު ކުރައްވާތޯ ދުޢާ ކުރާ ހާލުގައެވެ. އަދިވެސް އިންތިހާއަށް ލޯބި ވާތީއެވެ.

****

 

 

 

 

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shurm

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 9

Next

އެދުނީމޭ ލޯތްބާއި އުފާ 12

Next
August 28, 2016

އެދުނީމޭ ލޯތްބާއި އުފާ 12

Previews
August 28, 2016

ނޭނގޭހެ ހާދަ ލޯބިވޭ 9

119 Comments

  1. shurm says:
    August 28, 2016 at 5:46 pm

    mi vaahaka inn ibratheh haasil kuravvaa!! hurihaa beyfulhun ves comment eh kohdhinumaky alhugaduge vrh bodu edhumeh..

  2. Thu says:
    August 28, 2016 at 5:53 pm

    v v salhi..

    1. shurm says:
      August 28, 2016 at 5:57 pm

      10x thu:)

  3. shaima says:
    August 28, 2016 at 5:55 pm

    haan salhiey dho keep it up shaam

    1. shurm says:
      August 28, 2016 at 5:59 pm

      thanks shaiii.. thanks for the support ur giving me all the time as well 🙂

  4. Laal says:
    August 28, 2016 at 5:58 pm

    nimuneetha v reethi

    1. shurm says:
      August 28, 2016 at 6:02 pm

      yah e nimuny.. i just wanted to give a moral to todays generation in a sweet n simple way.. BTW, thanks for the comment laal

  5. Anonymous says:
    August 28, 2016 at 6:03 pm

    Vvvvvv reeeethi

    1. shurm says:
      August 28, 2016 at 6:04 pm

      thanks anonymous

  6. shaima says:
    August 28, 2016 at 6:05 pm

    ehen vaahakaehge inthizaatuga igey mi iny mainge bff

    1. shurm says:
      August 28, 2016 at 10:01 pm

      yah.. Insha allah.. lets c dhw.. BFF 🙂

  7. Sabeeha says:
    August 28, 2016 at 6:07 pm

    vv reethi vaahaka eh..??

    1. Sheyn says:
      August 28, 2016 at 7:16 pm

      Saby habarehh vss nuvey dhw handhaann nethuniitha?

    2. Sabeeha says:
      August 28, 2016 at 7:41 pm

      Nope..

    3. shurm says:
      August 28, 2016 at 10:02 pm

      thanks sabeeha

  8. Shiyaa says:
    August 28, 2016 at 6:07 pm

    Thankolhah kuree..,…. Ekamaku ves v v reethi

    1. shurm says:
      August 28, 2016 at 10:04 pm

      haha.. kury dhw.. insha allah dhn liyaa vaahaka dhigu kureveytho masakkai kuraanan.. N thanks for the comment shiyaa

  9. Shiny says:
    August 28, 2016 at 6:32 pm

    V salhi

    1. shurm says:
      August 28, 2016 at 10:05 pm

      thanks shiny

  10. Shaal says:
    August 28, 2016 at 6:36 pm

    Varah iburaytheri vaahaka eh

    1. shurm says:
      August 28, 2016 at 10:06 pm

      alhamdhu lillah! mi vaahaka liyumuge magsadh haasil kurevuny if u had got a moral.. thanks shaal

  11. meesha says:
    August 28, 2016 at 7:56 pm

    varah reethi vaahaka eh

    1. shurm says:
      August 28, 2016 at 10:07 pm

      thanks meesha

  12. ހސނ says:
    August 28, 2016 at 8:11 pm

    Saamin ah kommes loti dhyfa nimmaalinama fahi vaane

    1. shurm says:
      August 28, 2016 at 10:09 pm

      haha.. good point.. thanks for the comment.. will try to improve in my next story @ ހސނ

  13. Shaxun says:
    August 28, 2016 at 8:32 pm

    V ibraitheri…

    1. shurm says:
      August 28, 2016 at 10:11 pm

      alhamdhu lillah! mi vaahaka liyumuge magsadhu iraadha kurevythy haasil vejje kanneynge dhw.. thanks shaxun

  14. Majilis says:
    August 28, 2016 at 9:02 pm

    ?very nice.☺

    1. shurm says:
      August 28, 2016 at 10:12 pm

      thank you @ majilis

  15. ken? says:
    August 28, 2016 at 9:44 pm

    not so…i mean de moral is ok but story is not dat much touching…? u cud hv done better dan this…nyways dn ok dhw..

    1. shurm says:
      August 29, 2016 at 3:19 pm

      will try my best next time.. btw thanks for the comment ken

  16. Shara says:
    August 28, 2016 at 10:27 pm

    Vaahaka kiyamun dhiya iru hykury shaamin ah v ragalhu filaavalheh libigen kamah nimeyni, libun nama v habeys vs!! “” v v nice interest stry eh,, keep it

    1. shurm says:
      August 29, 2016 at 3:20 pm

      thanks shara

  17. Marsha says:
    August 28, 2016 at 10:35 pm

    So touching… really vv nice… shaamin ah bappa aky kihaa varehge myhen kan visnifa vaahaka nimunu nama miah vureves furihama veess.. waiting for more stories like this… keep going!!!

    1. shurm says:
      August 29, 2016 at 3:20 pm

      thanks Marsha

  18. asoo says:
    August 28, 2016 at 10:37 pm

    Reethi asarugadha vaahaka ea.alhugandu menge mujthamauga mihaaru ginain hinganee mifadha haadhisaa thah.

    1. shurm says:
      August 29, 2016 at 3:21 pm

      yah agree with u asoo

  19. Axoo says:
    August 28, 2016 at 10:57 pm

    Vaahaka kurakas vv reethi. Hama ehaa asaruves koffi. Aslu varah real genesdheefa in goiy.

    1. shurm says:
      August 29, 2016 at 3:22 pm

      thanks axoo

  20. Ryn says:
    August 28, 2016 at 11:15 pm

    awwwnn wowww dear.. this is so awesome.. i mean u said to just check it out for things u can improve but there is nothing i could say about this to improve, its just superb n so emotional serious kh… i love this.. keep going girl, well now m a big fan of u shurm.. so awesome.. ? ? ? ?

    1. shurm says:
      August 29, 2016 at 3:23 pm

      awwn really? thanks a lot ryyn 🙂

  21. sheen says:
    August 28, 2016 at 11:50 pm

    woww..Vv ibraihtheri vaahaka eh..Mi vaahaka liyumuge magsadhu hageegathugaves kaamiyaab vejje..Keep it up

    1. shurm says:
      August 29, 2016 at 3:24 pm

      hmmm.. iraadha kurevvythy kaamiyabu vejje kamah ummydh kuran.. thanks 4 da commemnt @ sheen

  22. Majilis says:
    August 29, 2016 at 12:34 am

    Very good story.keep it up.

    1. shurm says:
      August 29, 2016 at 3:25 pm

      thanks @ majilis

  23. Bro says:
    August 29, 2016 at 12:36 am

    The best story ever.So far.?

    1. shurm says:
      August 29, 2016 at 3:26 pm

      awnn really? em so thrillled to hear that 🙂 @ bro

  24. FrogPrince says:
    August 29, 2016 at 12:37 am

    Haadha reethi vaahakaeh. Varah bodah shukuriyaa walhamdhulillaah

    1. Ufaaufalun mimaaagathamun says:
      August 29, 2016 at 12:40 am

      Aslu ves hama vara reethi mi vaahaka. ☺⭐⭐⭐⭐⭐

    2. shurm says:
      August 29, 2016 at 3:27 pm

      thanks @ frogprince & ufaaufalun mimaaagathamun

  25. Olhigen isthiufaa says:
    August 29, 2016 at 12:43 am

    Alugandu dhugothugaa mi vaahaka varah rangalhu.Maai amuraa iraadhafulhaa eku mikahala vaahaka liyyuvun edhen.Dhai falhaairu thadhuvaane.ehenveema dhonkeyovakakaa kirudhalhe varah muhimmuvaane.valhamdhulillaahi

    1. shurm says:
      August 29, 2016 at 3:30 pm

      insha allah will try to write more stories like ths.. thanks @ olhigen isthiufaa

  26. Island press a dint says:
    August 29, 2016 at 12:45 am

    Good story. All the best.

    1. shurm says:
      August 29, 2016 at 3:33 pm

      thanks @ island press a dint

  27. Minjuvaan haha says:
    August 29, 2016 at 12:46 am

    Good story. All the best.

    1. shurm says:
      August 29, 2016 at 3:33 pm

      thanks @ minjuvaan haha

  28. Jenny says:
    August 29, 2016 at 12:51 am

    Nice story?

    1. shurm says:
      August 29, 2016 at 3:34 pm

      thanks jenny

  29. Saawan says:
    August 29, 2016 at 12:52 am

    So happy.nice story.thankyou.

    1. 3d ehemehem says:
      August 29, 2016 at 12:53 am

      Mohabbat barsaa dheynaa tu saawan aayaahey

    2. shurm says:
      August 29, 2016 at 3:35 pm

      thanks @ saawan & 3d ehemehem

  30. Romromromantic says:
    August 29, 2016 at 12:58 am

    Iburaitheri vaahakaeh ?

    1. shurm says:
      August 29, 2016 at 3:36 pm

      thanks @ Romromromantic

  31. Shaai says:
    August 29, 2016 at 1:13 am

    v nice. aharen hiykuri fahuvaguthu eynayah visnigen bappa kairiyga maafah edhen kamah annaany.

    1. shurm says:
      August 29, 2016 at 3:38 pm

      owhh.. btw thanks for the comment

  32. Appy says:
    August 29, 2016 at 8:23 am

    Rythi adhi iburaitheri vaahaka eh. …shamin ah eyna e kuri kuh ihusaasve visnunu nama adhi miah vure furihama vys

    1. shurm says:
      August 29, 2016 at 3:38 pm

      yah.. vrh bodah shukuriyyaa thi dhn cmmnt ah @ appy

  33. Mary says:
    August 29, 2016 at 10:42 am

    Vv reethi v ibrehtheri vaahaka eh, v v intruding, adhives mikahala ehen vaahaka akah inthixaarukuran, keep it up

    1. Hahaha? says:
      August 29, 2016 at 12:56 pm

      Intruding?!?!?!??interesting jahan ulheniko typing mistake eh dho

    2. shurm says:
      August 29, 2016 at 3:40 pm

      thanks .. insha allah @ Mary

  34. Mary says:
    August 29, 2016 at 12:58 pm

    Hahaha haadha rangalhey.Thanks

  35. Katra katra mei girun says:
    August 29, 2016 at 4:44 pm

    Best story eh

    1. shurm says:
      August 29, 2016 at 10:27 pm

      thanks katra katra mei girun

  36. Anth says:
    August 29, 2016 at 4:47 pm

    Hageegee vaahaka eh next time genesdheeba.mi story varah reethi?☺

    1. BabyDoll ? says:
      August 29, 2016 at 4:52 pm

      Ya I want a true story tooo.puleeeeeeeeeeeeees.your story is superb.I love the way you arranged the senteneses and words.Description is good too.suitable for everyone to read.no slang used.best of luck.⭐⭐⭐⭐⭐

    2. shurm says:
      August 29, 2016 at 10:29 pm

      ehehehe.. em not really good at writing true stories.. but will try 🙂 vrh bodah thanks thi dhn comment ah @ anth & babydoll

  37. Buruma says:
    August 29, 2016 at 4:54 pm

    ?????

    1. shurm says:
      August 29, 2016 at 10:30 pm

      🙂 @ bururma

  38. Ekoi says:
    August 29, 2016 at 4:55 pm

    ?????reethi

    1. shurm says:
      August 29, 2016 at 10:33 pm

      thanks Ekoi

  39. Fathun says:
    August 29, 2016 at 4:58 pm

    Storyves reethi.Cover ves varah reethi.?⭐⭐⭐⭐⭐

    1. shurm says:
      August 29, 2016 at 10:34 pm

      ehehe.. first time to hear that cover is nice as well.. thanks @ fathun

  40. Shhhh says:
    August 29, 2016 at 4:59 pm

    Good story⭐⭐⭐⭐⭐

    1. shurm says:
      August 29, 2016 at 10:35 pm

      thanks shhhh

  41. Saff says:
    August 29, 2016 at 5:02 pm

    Hageegee haadhisaaeh dhenfaharakun genesdheefinama vara happy vaane.ehen kudhinves star dheefa hureema aharenves star dheynan?????

    1. shurm says:
      August 29, 2016 at 10:37 pm

      em not really good at that.. but will try ingey.. Btw ehen kudhn star dhinythy star dhinumuge badhalugai, give stars if u like ingey.. negative comments are also welcomed hama.. ekms thanks @ saff

  42. Yum says:
    August 29, 2016 at 5:03 pm

    ❤❤❤❤❤

  43. Greenheart says:
    August 29, 2016 at 5:05 pm

    ????? yes.I like your story.

    1. shurm says:
      August 29, 2016 at 10:39 pm

      thanks @ yum & Greenheart

  44. Raees says:
    August 29, 2016 at 5:07 pm

    ?????very much happy abt the story.good language. Good content.great moral.wish to read more stories especially true ones are needed.

    1. shurm says:
      August 29, 2016 at 10:41 pm

      ehehehe.. have demand for true ones , right? So, will try my best ingeyy.. btw thanks for the comment @ Raees

  45. Kokko says:
    August 29, 2016 at 5:09 pm

    ??????????????????????????????????????????????

    1. shurm says:
      August 29, 2016 at 10:41 pm

      🙂

  46. OldmcDonald says:
    August 29, 2016 at 5:11 pm

    Hama kamugossi varah.☺????????

    1. shurm says:
      August 29, 2016 at 10:42 pm

      thanks at oldmcdonald

  47. Alsage frend Oalaf⛄ says:
    August 29, 2016 at 5:14 pm

    Mujuthamaah fetheykahala emmennaves iburathe haasilvaakahala vaahaka eh.Reethi.❄❄❄❄❄

    1. shurm says:
      August 29, 2016 at 10:42 pm

      thanks @ alsage frend oalaf

  48. ? says:
    August 29, 2016 at 5:16 pm

    Haadha kamugossiey dho kudhinna.masha ves kamugossiey. Istaaa eh dheynan?????

    1. shurm says:
      August 29, 2016 at 10:46 pm

      owhh.. ekm ehen kudhn sticker eh dhinythy sticker eh nudhy, like viyya sticker dhehchey ingey .. btw thanks

  49. ? says:
    August 29, 2016 at 5:19 pm

    Me too??????

    1. shurm says:
      August 29, 2016 at 10:47 pm

      🙂 thanks

  50. Hash says:
    August 29, 2016 at 10:22 pm

    Shurrm!!
    Varah Reeethi Thi Story.

    1. shurm says:
      August 29, 2016 at 10:48 pm

      hashuuu… thank yew beeeg koh.. 🙂

  51. 9b says:
    August 29, 2016 at 11:18 pm

    shaamiliano hama varah habeys vaahaka eh

    1. shurm says:
      August 30, 2016 at 7:26 pm

      thanks juma .. i myn 9b 🙂

  52. Police says:
    August 30, 2016 at 3:11 pm

    Cover photo is so touching and very matching for this story.good work sham.Nice story.all the best.
    ?????

    1. shurm says:
      August 30, 2016 at 7:27 pm

      first time to hear that cover pic matches with story.. 🙂 thanks at police

  53. saara says:
    August 30, 2016 at 5:24 pm

    e nimunytha
    touching story shurrm
    keep up the good wrk….goodlk

    1. shurm says:
      August 30, 2016 at 7:28 pm

      yah .. thanks a lot saralo 🙂

  54. saara says:
    August 30, 2016 at 5:36 pm

    1 more story plxx lik this one

    1. shurm says:
      August 30, 2016 at 7:30 pm

      will try ingeyy..

  55. Raees Office says:
    August 30, 2016 at 8:11 pm

    Great story.?

    1. shurm says:
      September 15, 2016 at 7:40 pm

      thanks Raees office

  56. Rose says:
    August 30, 2016 at 10:36 pm

    Asarugadha pic eh.Asarugadha storyeh. Pic ah balaafa hama fenkalhivey.?

    1. shurm says:
      September 15, 2016 at 7:41 pm

      fyl great to hear that rose

  57. Sh? says:
    August 30, 2016 at 10:44 pm

    Very few have good fathers.I want to be small now and hold my father’s hands and walk with him.but that never happened and I’m all grown-up.No such love and affection from him so far.? gud story btw

    1. shurm says:
      September 15, 2016 at 7:44 pm

      awnn.. insha allah adhi ur father will hold ur hand and walk with u even if ur now grown up.. thanks for the comment Shok

  58. Naash says:
    September 2, 2016 at 12:02 pm

    Varah salhi… ryhthi kamun goss dhera vi varun rovijje me… i must say this story is beautiful.. thankx 4 ryting this story

    1. shurm says:
      September 15, 2016 at 7:45 pm

      assu? thanks a lot Naash

Comments are closed.

All Right Reserved!