Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަކުޑަކުދިންގެއުފެއްދުންތެރި ލިޔުން

މަލާމާތް ނުކުރަމާ

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 19, 2025 3 Mins Read
8 Comments

ގްރޭޑް 4 ގެ ކްލާހަށް އެކްލާހުގެ މުދައްރިސް ވަނީ އެންމެ ފަހުގަޑި ކިޔަވައި ދިނުމަށެވެ. އެއީ އެކްލާހުގެ ދިވެހި ގަޑިއެވެ. އެދުވަހަކީ ދިވެހި މާއްދާއަށް ބޭނުންވާ ބައެއް ތަކެތި ކްލާހަށް ގެންނަން ބުނެފައިވާ ދުވަހެވެ. ގައުމީ ނުވަތަ ޘަގާފީ ހެދުމެއް ތައްޔާރު ކުރުމަށްޓަކައި އެދުވަހު ވަރަށް ގިނަކުދިން އެތަކެތި ހޯދައިގެން ގެނައެވެ.

ޝާމް އަކީ ކުލާހުގައި އެންމެ މަޑުން އިންނަ ކުއްޖާއެވެ. ކްލާހުގައި ޝާމް އެހާ މަޑުން ބަސްއަހައިން އިންނާތީ އެކްލާހުގެ ކުދިން ޝާމްއާ ވަރަށް ދިމާކުރެއެވެ. މަލާމާތް ކުރެއެވެ. ޝާމްއާ ދިމާލަށް ހީނހަދައެވެ. އެކަމާ ޝާމް ވަރަށް ދެރަވެއެވެ. އެއީ ކޮންމެ ދުވަހަކުވެސް އެކުދިން ޝާމްއާ ދިމާކޮށް މަލާމާތް ކުރާތީއެވެ.

“ޝާމް! ކޮބާ މިއަދު ދިވެހި ގަޑިޔަށް ގެނައި އެއްޗިހި؟ މިއަދުވެސް އެއްޗެއް ނުގެންނަންދޯ؟” މާދުރުގައި އިން ފައިޒާން ވަރަށް ބާރަށް ބުނެލިއެވެ.

އެހެން ބުނުމުން ޝާމް އޭނާގެ ދަބަހުން ފޮތިކޮޅަކާއި ކަތުރެއް ނަގާ ފައިޒާން އަށް ދައްކާލިއެވެ.

“ހައްހައްހާ… ތީތަ ހަމައެކަނި ގެނައި އެއްޗަކީ؟ ކޮބާ އެހެން އެއްޗެސް. މިއަދުވެސް ކިހިނެއް ފިލާވަޅު ނިންމާނީ؟ އަބަދުވެސް ކްލާހަށް އަންނަނީ އެއްޗިހި ހަމަނުކޮށް” ފައިޒާން ވަރަށް ބާރަށް އެހެން ބުނަމުން ހީނގަތެވެ.

“ފައިޒާން… ކޮބާ ހުރިހާ ކުދިން…. އަޑުއަހާބަލަ! އަޑު މަޑުކޮށްލާފަ މަސައްކަތް ފަށަން ހިނގާ.” މުދައްރިސް ވަރަށް ބާރަށް ފައިޒާން އާއި އެހެން ކުދިންނަށް ގޮވާލިއެވެ.

“މިސް… ބަލާބަލަ ޝާމް. ކޮންމެ ދުވަހަކު ކްލާހަށް އަންނަނީ އެއްޗިހި ހަމަނުކޮށް. މިއަދުވެސް ގެނައީ ފޮތިކޮޅަކާ ކަތުރަކާއޯ… އަދި ލިޔަންވެސް ގެންގުޅޭނީ ކުޑަކުޑަ ފަންސޫރުކޮޅެއް. އިންޓަވަލް އަށް ކާންވެސް ގެންނަނީ ބިސްގަނޑެއް އެކަނި.” ފައިޒާން މުޅި ކްލާހަށް އިވޭވަރަށް އެހެން ބުނުމަށްފަހު ހޭންފެށިއެވެ. ބައެއް ކުދިން މަޖާވެގެން ފައިޒާން އާއި ބައިވެރިވެގެން ހެނީއެވެ.

“ފައިޒާން!…. ހުރިހާ ކުދިން!…. ތިކުރެވެނީ ވަރަށް ގޯސްކަމެއް.. ކުދިންނަށް މަލާމާތްކުރީމަ އެކުދިން ދެރަވާނެ. ޝާމްގެ މަންމަ މިސްއަށް ގުޅާފަ ބުނެފައޮތީ އެއްޗިހި ހަމަނުވާނެ ވާހަކަ.” މުދައްރިސް މުޅި ކްލާހަށް އަޑުއިވޭހާ ބާރަށް ބުނެލިއެވެ.

ޝާމް އިނީ ފެންކަޅިވެފައެވެ. ފައިޒާންއާ އެއްވަރަށް ބައިވެރިވެގެން ހުރިހާ ކުދިން ހޭތީއެވެ. ޝާމް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ހުރިހާ ކުދިން ޝާމްއަށް މަލާމާތް ކުރާތީ ކޮންމެސް ވަރަކަށް ރޮވެންފެށިއެވެ. އެހެންކުދިން ފިލާވަޅު ހަދަމުން ދިޔަ ގަޑީގަވެސް ޝާމްއަށް ރޮވެނީއެވެ. ޝާމްގެ ރުއިން ހުއްޓުނީ މިސްގެ އެހީތެރިކަމާއި އެކުއެވެ.

ކިޔަވަމުން ދިޔަ ގަޑި ނިމުނެވެ. ހުރިހާ ކުދިންވެސް ގެއަށް ދިޔުމަށްޓަކާ ތައްޔާރުވަމުން ދިޔައެވެ. ގިނަ ކުދިން ދަބަސް އަޅައިން ކްލާހުން ބޭރަށް ނުކުތްއިރު ކްލާހުގައި ތިބީ ފައިޒާން އާއީ ޝާމްއެވެ. ފައިޒާން ދަބަހަށް އެއްޗެހި އަޅަން އުޅުނު ވަގުތު ދަބަސް އަރިއަޅާލައިން ހުރިހާ ފޮތްތަކެއް ވެރުނެވެ. އެވަގުތު ޝާމް ވަރަށް ބާރަށް ދުވެފައި ފައިޒާން ގާތަށް ދިޔައެވެ. އަދި ވެރިފައިވާ ފޮތްތައް ނެގުމުގައި އެހީތެރިވެދިނެވެ.

“ތޭންކްސް ފޯރ ހެލްޕިންގ” ވަރަށް ފާޑަކަށް ބަލައިލަމުން ފައިޒާން ބުނެލިއެވެ.

“ފައިޒާން އަހަރެން ދެރަކުރިޔަސް.. އަހަރެން އަބަދުވެސް އެހީވާނަން. ކުދިންނަށް އެހީ ވެވުނީމަ އަހަރެން ވަރަށް އުފާވޭ. އަހަރެން ނުވޭ އެއްވެސް ކުއްޖެއް ދެރަކުރާހިތެއް.” ޝާމް ބުނެލިއެވެ.

ދެކުދިންވެސް ދަބަސް އަޅައިން ބޭރަށް ނުކުތްއިރު ޝާމްގެ މަންމަ އާއި ފައިޒާންގެ މަންމަ ހުރީ ވާހަކަ ދައްކާށެވެ. މަޑުމަޑުން ގޮސް ދެކުދިން މަންމަ މެނަށް ދަބަސް ހަވާލުކުރިއެވެ.

“އިނގޭތަ! މިއަދުވެސް މަގޭ ޝާމް ކްލާހަށް ގެންނަން ޖެހޭ އެއްޗެތި ހަމައެއްނުވި. ކޮންމެ ދުވަހަކު ޝާމް އެހާ ދެރަކުއްޖެއް ގޮތަށް ސްކޫލަށް އަންނަންޖެހޭތީ އަހަރެން ވަރަށް ދެރަވޭ.” ޝާމްގެ މަންމަ ފައިޒާންގެ މަންމައަށް ކިޔައިދިނެވެ.

އެވަގުތު ޝާމްގެ މަންމަ ބުނި އަސަރުގަދަ ޖުމްލަތައް އިވި ފައިޒާން ބަލައިލީ ޝާމްގެ މޫނަށެވެ. ފައިޒާން ހީކުރީ ޝާމްގެ މަންމަ އެވަހާކަ ދައްކަނީ ފައިޒާންއޭ ކިޔައިގެން ޝާމް ކޮންމެސް ވާހަކައެއް ދެއްކީމާ ކަމަށެވެ. އެހެންވެ ފައިޒާން އަނެއްކާވެސް މަންމަ މެން ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔައެވެ.

“ދެރަނުވޭ. ތިހެން ތިވަނީ ޝާމްގެ ބައްޕަގެ ފައި ބިނދިގެން ރުފިޔާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރެވޭތީނު. ޝާމް ކިހާ ބަސްއަހާ.. ޝާމްގެ މަންމައަށް ބަރާބަރަށް ސްކޫލު އެއްޗިހި ހޯދައިނުދެވުނަސް ޝާމް ގަވައިދުން ކުލާހަށް އާދޭނު.” ފައިޒާންގެ މަންމަ ބުނެލިއެވެ.

“އާން. ޝާމް ވަރަށް ކެތްތެރި… ވަރަށް ހިތްވަރުގަދަ. ޝާމް ބުނޭ ބައެއްކުދިން ޝާމްއަށް ދިމާކުރެޔޭ. އިންޓަވަލްގަ މީރު އެއްޗެތި ނުކާތީވެ. ހަމަޔަށް އެއްޗިހި ނުގެންދާތީވެ. އެކަމު ޝާމް ދުވަހަކުވެސް ނުބުނާނެ ދިމާކުރަނީ ކޮން ކުދިންނެއްކަމެއް. ކުދިން ޝާމް އާއި ދިމާކުރާތީ އަހަރެން ވަރަށް ދެރަވޭ. ޝާމް ދެރަވެފަ ހުނންނާތީ އަހަރެން ވަރަށް ހިތުގަޖެހޭ.. ވަރަށް ރޮވޭ.. އަސްލުގަ ޝާމްގެ ބައްޕަ ބަލިވީމަ އަހަރެން އަތުގަ ރުފިޔާއެއް ނުހުރޭ. އެހެންވީމަ އަހަރެން ކިހިނެއް ޝާމް އުފާކޮށްދޭނީ؟ ކިހިނެއް މީރު އެއްޗެއްސާ ރީތި އެއްޗެތި ހޯދައިދޭނީ؟” ޝާމްގެ މަންމަ ކުޑަކޮށް ރޮމުން ބުނެލިއެވެ.

“ހުއްޓާލާ… މަގުމަތީ ރޯކަށް ނުވާނެ. ޝާމްގެ ބައްޕައަށް ރުފިޔާ ނުލިބޭކަން ކްލާސް ކުދިންނަށް ނޭނގޭތީ އެކުދިން ދިމާކުރަނީ. ކުދިން އުޅޭ ހާލު ނޭނގި އެގޮތަށް ކުދިންނާ ދިމާކުރާކަށް ނުވާނެއްނު.” ފައިޒާންގެ މަންމަ ބުނެލިއެވެ.

“ޝާމްގެ މަންމާ! ނުރޮއެ ހުއްޓާލާ. ސޮރީ ވަރަށް ބޮޑަށް. އެންމެ ގިނައިން ޝާމްއާ ދިމާކުރަނީ އަޅުގަނޑު.. އެކަމު މިހާރު އިނގިއްޖެ ޝާމްއަށް އެއްޗިހި ނުހޯދެނީ ކީއްވެކަން. ދެން ދުވަހަކުވެސް އެހެން ނުހަދާނަން. އަސްލު ޝާމް ވަރަށް ރަނގަޅު. މިއަދު އަޅުގަޑުގެ ދަބަސް ވެއްޓުނީމަ ފޮތްތައްވެސް ނަގާދިން.” ޝާމްގެ މަންމައަށް ބަލާލަމުން ފައިޒާން ބުނެލިއެވެ.

“އަދި އެހެންވެގެންތަ ޝާމްގެ ބައްޕަ ޝާމް ބަލާ ސްކޫލަށް ނާންނަނީވެސް؟” އަނެއްކާވެސް ފައިޒާން ވިސްނާލާފައި ބުނެލިއެވެ.

“ފައިޒާން! އެހެންވެގެން ޝާމްގެ ބައްޕައަށް ސްކޫލްއަށް ނާދެވެނީ.. މިހާރު ފައިޒާންއަށް ކުޑަކޮށް ވިސްނިއްޖެދޯ؟ ޝާމްގެ މަންމަ އާއި، ޝާމްގެ ބައްޕަވެސް އަދި ޝާމްވެސް ކިހާދެރަވާނެކަން. މަންމަ މިއަދު ވަރަށް އުފާވެއްޖެ އަމިއްލައަށް ތިކަން ވިސްނުނީމަ. ދެން މަންމަ އުންމީދު ކުރަން ފައިޒާން ދުވަހަކުވެސް ޝާމް ދެރަ ނުކުރާނެކަމަށް.” ފައިޒާންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުނެލިއެވެ.

“ދެން ފައިޒާން ބުނެބަލަ! ޝާމް އުފާކޮށްދޭން ފައިޒާން ކުރާނީ ކޮންކަހަލަ ކަންކަމެއް؟” ފައިޒާންގެ މަންމަ އަނެއްކާވެސް ބުނެލިއެވެ.

“ކޮންމެ ދުވަހަކުވެސް ޝާމްއާ ދިމާނުކުރާނީ.. ދެން އިންޓަވަލްއަށް ޝާމްއަށް ދޭވަރަށް ކާނެ އެއްޗިހި ގެންނާނީ.. އޫމްމްމްމް… ދެން އަދި މިސް ގެންނަން ބުނާ އެއްޗެއް ފައިޒާންއަށް ގަންނައިރު މަންމަ ޝާމްއަށްވެސް ގަނެދޭނީ..” ފައިޒާން ވިސްނާލާފައި ބުނެލިއެވެ.

“އަޅޭ!!!! ހާދަ އުފާވެއްޖެއޭ.. ފައިޒާންއަށް ތިހާ ރަނގަޅަށް ވިސްނުނީތީވެ. ދައްތަ އަބަދުވެސް ދުޢާ ކުރާނަން ފައިޒާން އާއި ފައިޒާންގެ އާއިލާއަށް ގިނަގުނަ ނިޢުމަތްތައް ދެއްވާތޯ.” ޝާމްގެ މަންމައަށް އުފަލުން ރޮވުނެވެ. އަދި ފައިޒާންގެ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ.

އެދުވަހު ޝާމް އާއީ ޝާމް މަންމައަށް ވަރަށް ހިތްވަރު ލިބުނެވެ. އޭގެ އިތުރުން އިންތިހާއަށް އުފާވިއެވެ. ހަމައެގޮތަށް ފައިޒާން އެންމެ ބޮޑަށް އުފާވީ ދެން މީގެފަހުން ޝާމް އާއި ދިމާ ނުކޮށް އެހީތެރިވެގެން ބަސްއަހައިގެން އުޅެވޭނެތީއެވެ. އެދުވަހަށްފަހު ފައިޒާންގެ އާއިލާއިން ޝާމްއަށް ބޭނުންވާ އެހީތެރިކަން އަގަކާއި ނުލާ ފޯރުކޮށްދެމުން ދިޔައެވެ.

– ނިމުނީ –

ވާހަކައިން ހާސިލްވި ބައެއް ޢިބްރަތްތައް:-
* އެކި ކުދިންގެ ހާލަތާއި ދިރިއުޅުމުގެ ފެންވަރު ތަފާތުވާނެކަން.
* ކުދިންނާ ދިމާކޮށް ހަނގާ ކުރުމަކީ ގޯސް ކަމެއްކަން.
* ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ މަޢާފަށް އެދި އެކަމެއް ދެވަނަ ފަހަރަށް ތަކުރާރުނުކުރުން.
* މިންވަރަށް އީމާންވެގެން އުޅެން ދަސްކުރަންވާނެކަން.
* ބޭނުން ޖެހިފައިވާ ކުދިންނާއި އާއިލާތަކަށް އެހީތެރި ވުމުގެ މުހިއްމުކަން.

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 41

Next

ނަފްރަތު(3)

Next
September 20, 2025

ނަފްރަތު(3)

Previews
September 18, 2025

ހިތް އެދެ ޔާރާ ތިއޭ – 41

8 Comments!

  1. Falak says:
    September 19, 2025 at 2:16 pm

    Varah ibraitheri vaahakaeh. Varah Gina kudhin mihaaru kuraakamei dhimaakurimakee.
    Mivaahakain Libunu iburai Hama rangalhu

    1. Shaleen says:
      September 19, 2025 at 3:19 pm

      V bodah shukuriyyaa
      V ufaavejje
      Ummeedhu kuran kuriyah huri vaahaka thakah inthizaaru kuraane kamah

  2. Aula says:
    September 19, 2025 at 2:16 pm

    Nice 👍

    1. Shaleen says:
      September 19, 2025 at 3:19 pm

      Thanks dear

  3. Goma says:
    September 19, 2025 at 6:25 pm

    Dhen ehen vaahaka eh kiyaaleveynee kon dhuvahakun?.
    Mikahala vaahaka thah varah kamudhey Kuda kudhinnah kiyaaladheyn.
    V reethi
    Thanks author

    1. Shaleen says:
      September 19, 2025 at 11:07 pm

      Next Friday ga in sha Allah
      V ufaavejje vaahaka kamudhiyaima

  4. Anonymous says:
    September 25, 2025 at 12:55 pm

    Nice

    1. Shaleen says:
      October 3, 2025 at 12:04 am

      Thanks

Comments are closed.



All Right Reserved!