Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ސާރާ 1

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 7, 2025 6 Mins Read
25 Comments

ނޯޓް: ކިޔުންތެރިންނަށް!! މިއީ އަޅުގަނޑުގެ ފުރަތަމަ ޕްރޯ ސްޓޯރީ. މި ވާހަކައިގެ ފުރަތަމަ ބައި ހިލޭ ކިޔާލެވޭނެ ވާހަކަ ދަންނަވަން. 2 ވަނަ ބައިން ފެށިގެން 18 ވަނަ ބަޔާއި ހަމަ އަށް މި ވާހަކަ ކިޔާލަން ލިބޭނީ ޕްރޯ ސްޓޯރީ ގެ ގޮތުގައި ކަމުގަ ދަންނަވަން. ވާހަކަ ލިޔުމަކީ ވަރަށް ވަގުތު ނަގައިން ކުރެވޭ ކަމަކަށް ވާތީ މި ވާހަކަ ޕްރޯ ސްޓޯރީ ގެ ގޮތުގަ ހިމަނާލަން. އުންމީދު ކުރަނީ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުގެ ލިޔުންތެރިކަމަށް ކުރިއެރުން އަންނާނެ ފަދަ ކޮމެންޓްތައް ލިބިގެން ދާނެ ކަމަށް. ކިޔުންތެރިންގެ ފައްސި އަދި ނައްސި ކޮމެންޓުތައް އުފަލާއެކު ބަލައިގަންނާނަން.

———————————–

ފިނިފިނި ފަތިހެކެވެ. ހަމަހިމޭން ކަމުގެ އިންތިހާއެވެ. ފަންކާ އިން ޖެހެމުންދާ ވައިގެ އަޑު ފިޔަވާ އިތުރު އަޑެއް ކޮޓަރީގައި ނުވެއެވެ. އަރާމު ތަންމަތިން ތެދުވެ ހަށިގަނޑު ތެދުކޮށްލީ ފަޖްރު ގަޑީގެ ފަތިސް ނަމާދު ކުރުމަށް އަވަސް ވެގަތުމަށެވެ. ހަމަ ހިމޭން ފިޔަވަޅު ތަކެއްގައި ކުޑަ ތަންކޮޅަކަށް ހިނގާލުމަށްފަހު ބުޅި ގަނޑުގައި އަޅުވާފައި އިން ތުވާލި ނަގައިން ފާޚާނާއަށް ވަނީމެވެ.

ފާހާނާއިން ނުކުމެ ތާޒާ ވެލާފައިވާ އަހަރެންގެ މޫނު ބަލާލުމުގެ ކުރިން ކޮޓަރީގެ ހުދުއަލި ދިއްލާލީމެވެ. އެެއަށްފަހު އަހަރެން ޖެހިލީ ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑުގެ ކުރިމައްޗަށެވެ. ރީތި ގޮތަކަށް ބޮލުގައިވާ ފަން އިސްތަށި ކޮޅުތައް އެކި ގޮތްގޮތަށް ތަރުތީބިކޮށްލީ އަހަރެން ދާއިމީކޮށް ކުރާ ކަމަށްވާތީއެވެ.

އަލަމާރިންނެގި ކަޅުކުލައިގެ އަތްދިގު އަބާޔާ އަވަސް އަވަހަށް ގަޔަށް މާހާލަމުން ކުޑަ ބުރުގާކޮޅެއް އަޅާލައިން ހިނގައިގަތީމެވެ. ޑްރެސިންގް ޓޭބަލް މަތީގައި ވަގުތީގޮތުން ބާއްވާލި ތެތްތުވާލި ހިފައިން ބެލްކަނީގެ ރެއިލިންގްސްގައި ތުވާލި އަޅުވާލުމުގެ މަގުސަދުގައެވެ.

“ކިހާ ދެރަކަމެއް!! އަބަދުވެސް މަބުނަންދޯ ކަލޭކައިރީ އެހެން..” ޒީލަގަދަ އަންހެނެއްގެ ހަޅޭކުގެ އަޑުން އަހަރެން ދިޔައީ ސިއްސައިންނެވެ.

“އައްދޯތް… މަށަށްވެސް ތަދުވެޔޭ.. ކޮންމެ ކޮންމެ ދުވަހަކު ތިހެން…” ދެން އިވުނީ އަނިޔާއެއް ތަހައްމަލް ކުރަމުންދާ ފިރިހެނެއްގެ ވޭނީ އަޑެވެ.

އަވަސް އަވަހަށް އަހަރެން ކޮޓަރިތެރެއަށް ވަދެ ސްމާރޓް ފޯނު ނަގައިން އަނެއްކާވެސް ބެލްކަންޏަށް ނުކުމެލީމެވެ. އެއަޑު އަންނަނީ އަހަރެން ހުރި ގެސްޓް ހައުސްގެ ފަހަތުގައިހުރި އާދައިގެ ޒަމާންވީ ގެޔަކުންނެވެ.

އަހަންނަށް އެގެޔާދިމާލަށް ބަލައިލެވުނު ވަގުތު އެގޭގެ ބޮޑު ދޮރުން ނުކުންނަން އައީ މޫނުބުރުގާ އަޅައިންހުރި އަންހެނެކެވެ. އޭނާގެ ރާޑަރަށް އަރާފާނެތީ ވަގުތުން އަހަރެން ކޮޓަރިތެރެއަށް ދެމިގަތީމެވެ. އަތުގައިވާ ފޯނަށް ބަލާލަން އިރުކޮޅަކު ހުރުމަށްފަހު ކަންފަތުގައި ޖައްސާލީމެވެ.

“ތިގުޅުއްވި ނަމްބަރުން މިވަގުތު ޖަވާބެއް ނުދޭ. ފަހުން ގުޅުއްވާލައްވާ.” ކަންފާތުގައި ޖެހުނު ނާއުންމީދީ އަޑާއެކު އަހަރެން އަނެއްކާވެސް ހިނގައިގަތީ ބެލްކަނިން ބޭރު ބަލައިލުމަށެވެ. އޭރު އެގެއިން ނުކުތް އަންހެންމީހާ މަގުމަތީ ފެންނަންވެސް ނެތެވެ.

ދެފަރާތަށް ބޯހަލުވާލުމަށްފަހު އަހަރެން ގޮސް ހޭންޑް ބޭގުން ފަތްޖަހާލާފައިވާ މުސައްލަނަގާ ޓައިލްސްތައް މަތީ އަޅާލީމެވެ. ފަސް މިނެޓްގެ ވަގުތުކޮޅެއް އަޅުކަމުގާ ހޭދަކުރުމަށްފަހު އަހަރެން ގުރްޢާން މުރާޖަޢާ ކުރަމުން ދިޔައީ ސޯފާގައި އިނދެއެވެ. އެއީ އަހަރެންގެ އާދައެވެ. ވޭތުވެ ދިޔަ 12 އަހަރުވެސް އަހަރެންވީ ކޮންމެ ތަނެއްގައި މިގޮތަށް ގުރްޢާން ކިޔެވުމުގައި ފަތިސްގަޑި ފުރާލަމެވެ.

“ހަލޯ” ރިންގް ވަމުންދިޔަ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އަހަރެން ބުނެލީމެވެ.
“ނިޝް!! އަހަރެން ވާހަކައެއް އަހާލަންވެގެން އަސްލު ގުޅާލީ.. އޭރު ފޯނު ނުނެގީމަ ހީކުރީ މިރޭ ފަތިސް ނުވާރެއެއް ކަމަށް.” އަނެއްކާވެސް އަހަރެން ވާހަކަ ދެއްކީމެވެ.

” ނޫނޭ.. އަހަރެން ދަންވަރު ޑިއުޓީގަ އުޅެފަ އައިސް ސައި ތައްޔާރު ކުރަނީ. ކިހިނެއްވީ؟ ތި ރޫމް ކަމުނުދަނީތަ؟” ނިޝާމާ ވާހަކަ ދެއްކިއެވެ.
“ނޫން.. ރޫމްގެ މައްސަލައެއް ނެތް. ވަރަށް ހިތްގައިމު. ބެލްކަންޏެއްވެސް އިންނާތީ އަނެއްހެން ހިތްހަމަ ޖެހޭ. ދެން އެކަމަކު..” އަހަރެން ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލަމުން ކައިރީގައި ހުރި ފުޅިން ފެންފޮދެއް ބޯލީމެވެ.
” ދެން؟ ދެން ކިހިނެއްވީ؟” އަނެއްކާވެސް ނިޝް އަހާލިއެވެ.
“މަބުނީ… ބެލްކަންޏާ ދިމާލުން މި ގެސްޓްހައުސް ފަހަތުގަ ހުންނަގެ…” އަހަންނަށް ބުނެލެވުނީ އެހިސާބަށެވެ.
“އެގޭ ވާހަކަ ނުދައްކާ.. ތީ މަށަށް އިނގޭ ބަޔަކު އުޅޭ ގެއެއް ނޫން.” ނިޝް ބުނެލީ އާދައިގެ ފަރުވާކުޑަ ރާގެއްގައެވެ.
“އޯހް… އެހެންތަ.؟ އެހެންވިއްޔާ އަޅާނުލާ. ރެޑީވެލައިން އެބަދަން ސައިބޯން އިނގޭ.” އަހަރެން ބުނެލީ އިތުރު ސުވާލެއް ކުރަން ބޭނުން ނުވާތީއެވެ.
“ރެޑީ ކުރަނީ.. އަވަހަށް އާދޭ..” އެހެން ބުނުމަށްފަހު ނިޝް ފޯނު ކަނޑާލިއެވެ.

ތުނިތުނި މުސައްލަ އާއި ކުޑަކުޑަ ހަތީމް ހޭންޑް ބޭގަށް ލުމަށްފަހު އަހަރެން، ކަޅު ކުލައިގެ ބޮޑު ބުރުގާއެއް ބޮލުގައި އަޅާލީމެވެ. އެއަށްފަހު، ރީތިރީތި ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ހާކާލަމުން ލޯގަނޑު ކުރިމަތީގައި ހުރެ އަހަރެން ހިނިތުންވެލީމެވެ. އަހަރެންގެ ހިނިތުން ވުމުގައި އައިބެއް ނެތުމަކީ ރީތި ކަމުގެ ރަމްޒެކެވެ. އަހަރެންގެ ރީތި ކަމާމެދު ހިތްހަމަ ޖެހިލަމުން ކައިރީގައި އޮތް މޫނު ފޮތިކޮޅު ނެގުމަށްފަހު ހަމަ އެކަނި ދެލޯ ފެންނާނޭހެން މޫނު ފޮތިކޮޅު އަޅާލީމެވެ.

“ހަލޯ!… ކޮބާތަ؟ މިހުރީ ރެޑީވެގެން ނުކުމެ.. އާދެބަލަ ބަލާ.” ނިޝްއާ ވާހަކަ ދައްކަމުން އަހަރެން ބުނެލީމެވެ.
“ސާބަސް.. ރޭގަ ކާން އައިމެއްނު. ނޭނގުނު ދޯ މިގެޔަށް އަންނާކަށް. އޭރުވެސް މަށަށް ހީވިޔޭ. މިހާރު މިހުރީ ތިތަނާ ވަރަށް ކައިރީގަ.. އެކަމު ދެން މިފަހަރު ދަސްކުރާތި. އޭރުން މިރޭވެސް އަމިއްލައަށް އާދެވޭނީ.” ރުޅި އަންނަކަމަށް ހަދާލަމުން ނިޝާމާ ވާހަކަ ދެއްކީ ހިނިއައިސްފާ ހުރެއެވެ.
“އޯކޭ.އޯކޭ. މަގޭ އުނދަގޫ ބޮޑުވީދޯ 24 ގަޑިއިރު ނުވަނީސް.” އެހެން ބުނުމަށްފަހު ހިނިގަނޑެއް ޖަހާލަމުން އަހަރެން ފޯނު ބޭއްވީ ނިޝާމާ އަންނަތަން ފެނުމުންނެވެ.

ދިލަ ހޫނެއް ފެތުރިފައިވާ ދޮން އަވީގައި ހިނގަމުން ދިޔައިރު ގައިގައި ބީހިލާނެ ތާޒާ ވައި ރޯޅިއެއްވެސް ނެތެވެ. މޫނު ބުރުގާ އަޅައިގެން ހުރި އަހަރެންގެ އެތެރެ ހަށިން ހިއްލަމުން ދިޔަ ދާތަށް ހީވަނީ ހެދުމުގެ ސަބަބުން ބޭރު ނުވެވިގެން އުޅޭހެންނެވެ.

“ހާދަ ހޫނެކޭ މިވަނީ މިއޮށް ހެނދުނާވެސް… އެއޮތީ ހުޅަނގު ފަރާތުން ބަނަވެފަ. ހީވަނީ ވާރޭ އަންނަން އުޅޭހެން ދޯ؟” ކޮންމެސް ވާހަކައެއް ދައްކަން ބޭނުންވާތީ އަހަރެން ބުނެލީމެވެ.
“އާނ.. މިއަދު ނުތިބެވޭނެ ގޯތިތެރޭގަ ސައިބޯކަށް. އެހެންވެ މިއައީ ކާގޭގަ ސައި ތައްޔާރުކޮށްފަ.” ނިޝާމާ ބުނެލިއެވެ.
“ރަނގަޅޭ.” ކުރު ޖަވާބެއް ދެމުން އަހަރެން ކުރިޔަށް ދިޔައީމެވެ.

ލަސް ހިނގުމެއްގައި ކުރިޔަށް ހިނގަމުން ދިޔައިރު އަހަރެން ދިޔައީ މަގު މަގުގެ އެކި ފަރާތް ފަރާތަށް ސަމާލުކަން ދެމުންނެވެ. ނިޝާމާގެ ގެޔަށް އަމިއްލައަށް ގޮސް އައިސް ވާނޭ ގޮތް ދަސްކުރުމުގެ ގޮތުންނެވެ.
ވަަރަށް ރަނގަޅަށް ނަޒަރު ހިންގާ ބަލައިލުމުން އަހަންނަށް ކޮންމެސް ވަރަކަށް ފަސޭހަވިއެވެ.

“އާދޭ… އިށީނދެފަ އަވަހަށް ފަށަމާ! މާދަން އެކަމު އަހަރެންގެ އިނީ ހެނދުނު ޑިއުޓީ.. އެކަމުވެސް ސާރާއަށް ސައި ތައްޔާރު ކޮށްފަ އަހަރެން ދާނީ.” ކޮފީ ތައްޓެއް ދިއްކޮށްލަމުން ނިޝާމާ ބުނެލިއެވެ.

ގޮނޑީގައި ހަމަޖެހިލައިގެން އިށީންނަމުން އަހަރެން ދަތްދޮޅީގައި ކަނާއަތް ވިއްދާލީމެވެ. ނިޝާމާ ދައްކަމުން ދިޔަ ވާހަކަ އަހަންނަށް މާބޮޑަށް ފަހުމެއް ނުވެއޭ ބުނެވިދާނެއެވެ.

“ސާރާ!… އޭތް ސާރާ! މިހާރު ކިހިނެއްވެފަ ތިއިންނަނީ؟” ނިޝާމާ ތަންކޮޅެއް ބާރަށް ބުނެލީ އަހަރެންގެ ސަމާލުކަން ހޯދުމަށެވެ.

“އެނ… އު.. އަނެއްހެން ކަމެއް ނުވެޔޭ. ނިޝްވެސް ސައިބޯންވާނު؟.” މަޑުމައިތިރި އަޑަކުން އަހަރެން ބުނެލީމެވެ.

“އަޅޭ!! ދެން އަހަރެންވެސް ސައިބޯނެއްނު. މިކަން ނިންމާފަ ގޮސް ދެން ނިދާލަންވީ. މަ ނިދީމަ މުޅި ދުވަސް ދެން ސާރާ ވަރަށް ފޫހިވާނެދޯ؟” ނިޝާމާ ވާހަކަ ދެއްކިއެވެ.

“ނޫން.. މިހާރު އަހަރެން ކުރާނެ ރަނގަޅު ކަމެއް ހޯދައިފިން. އެހެންވީމަ ދެން ފޫއްސެއް ނުވާނެއްނު.” ފަރުވާ ކުޑަ ގޮތަކަށް އަހަރެން ބުނެލީ ދޭތެރެއަކުން ކޮފީވެސް ބޮމުންނެވެ.

“އެވަރުގެ ކޮން ކަމެއް؟ ގައިމު ރޭގަ ރަށަށް އައީ.. ދެން ނިދާފަ ތެދުވާއިރު ފޫހި ފިލުވަން ކުރާނެކަމެއް އޮންނާނެތަ؟” ނިޝާމާ ވަރަށް މަޖާ ވެލާފައި ބުނެލިއެވެ.

“ހަމަ އޮވެދާނެއްނު. ވާހަކައެއް އަހާލަންތަ؟ މިރަށުގެ އާބަދީ ވަރަށް ބޮޑުތަ؟” ކޮފީތަށި ނަގަމުން އަހަރެން އަހާލީމެވެ.

“ތިޔެއް ޔަގީންކޮށް ބުނާކަށް މަށަކަށް ނޭނގޭ. ރަށުގަ އުޅޭ މީހުންގެ ޖުމްލަޔާ، އަންހެން ފިރިހެން ހަމަހަމަ ތޯޔާ. ކީއްކުރަން ސާރާ ބަލާއެއްޗެއް؟” ނިޝާމާ ހައިރާންވެފައި އިނދެ ބުނެލިއެވެ.

“ހެހެހެ. އޯކޭ އޯކޭ. އެހެންވިއްޔާ ތިކަހަކަ ކިތައް މީހުން ބުރުގާ ނާޅާ އުޅެނީ؟” މަޖާވެލާފައި އަހަރެން ބުނެލީމެވެ.

“ތިއެއްވެސް ނޭނގެ. އެކަމު ސާރާއާ ލައިގެން މިހާރު މިރަށުގަ މޫނު ބުރުގާ އަޅާފަ ތިބޭނީ ދިހަ ވަރަކަށް މީހުން. އެވަރު މަށަށް އިނގެނީ.” ނިޝާމާވެސް ބުނެލީ ހިނިއައިސްފާ އިނދެއެވެ.

“އެހެންވިއްޔާ ތިވީ. ދެންހެޔޮ މިރަށުގެ އާބާދީ ނޭނގުނަސް. އޭތް. މަދެން ދަނީ. މިހާރު ދާން އިނގޭނެ. އެއޮއް ވާރޭކަނި ޖަހަނީ” އަހަރެން އަވަސް އަވަހަށް ހިނގައިގަތީމެވެ.

ނިޝާމާގެ ގެއަށް ދިޔަ މަގުތައް ހަނދާން ކުރަމުން އަހަރެން ގެސްޓް ހައުސްއަށް ދާން އުޅުނީމެވެ. ދެތިން މަގުން ކުރިޔަށް ދެވުނު އިރު ކުރިޔަށް ދާންވީގޮތް އަހަންނަށް މުޅިން އޮޅިއްޖެއެވެ. އެހެންނަމަވެސް އަހަރެން ބެލީ އަމިއްލަ މަސައްކަތުން ގެސްޓް ހައުސްއަށް ދިޔުމަށެވެ.

“މިރަށު ކުއްޖެއްތަ؟ މޫނު އަޅާފަ ހުރީމަ މިއަހާލީ.. އަހަންނަށް ދާދި ދެންމެ ދެ މަގަކުންވެސް ފެނުނީމަ ހީވަނީ ކޮންމެސް މީހަކު ހޯދަނީހެން. ނޫނީ ތަނަކަށް ދާން އުޅެނީހެން.. މަންޖެ މޫނު އަޅައިން ހުރިއްޔާ އޯކޭ ވާހަކަ ނުދެއްކިޔަސް.. އެކަމު އުޅޭ ގޮތުން އަހާލީ.” އަހަރެން ކައިރިޔަށް ހުއްޓި ހުރެ ފިރިހެނަކު އަހާލިއެވެ

“ކިހިނެއް އިނގެނީ ދެ މަގުންވެސް ފެނުނީ އަހަރެން ކަމެއް؟” ވިސްނާނުލާ އަހަރެން އަހާލީމެވެ.

“މޫނު އަޅާފަ ހުއްޓަސް، ތިހޭންޑް ބޭގުން ފާހަގަވީ.” ބޭގަށް ބަލައިލަމުން އެމީހާ ބުނެލިއެވެ.

“ހޫމްމ… އަސްލު މިއުޅެނީ މަރުހަބާ ގެސްޓްހައުސްއާ ދިމާ ބީޗަށް ދާން.” އަހަރެން ވާހަކަ އޮޅުވާލީ ވަރަށް ހާއްސަ މަގްސަދެއްގައެވެ.

“އެ ބީޗަށް ދަނީ ތިދިމާލުންތަ؟ މަރުހަބާ ބީޗް އިންނާނީ އެ ދިމާލުގައޭ. ރަށު ކުއްޖެއް ނޫންދޯ؟” އެމީހާ އަހާލީ ޔަގީން ކަމާއެކުގައެވެ.

“އަސްލު ވާގޮތަކީ.. ރަށު ކުއްޖަކަސް.. ރަށުން ބޭރު ކުއްޖަކަސް މައްސަލައެއް ނެތެއްނު. އަހަރެން މިދިމާލަށް ފުރަތަމަ މިދަނީ… މިއުޅެނީ ފުރަތަމަ އެހެރަ ފިހާރައަށް ވަންނަން. ބީޗަށް ގޮސް ކާލާނެ އެއްޗެއްވެސް ގެންދަން ޖެހޭނެތާ.” ވާހަކައެއް ހަނދާނެ ގޮތެއް ނޭނގިގެން އެގޮތް މިގޮތުން އަހަރެން ދޮގުތަކެއް ހަދާލީމެވެ.

“އާނ. އެކަމު ތިފިހާރައިގެ އަގުގަ މަރުހަބާ ބީޗްގަ އިންނަ ކަޑަ އިންވެސް އެއްޗެސް ލިބެއެއްނު؟ އެހެންނޫނަސް، މިހާރުވެސް ތެމޭވަރަށް ކަނި ޖަހަނީ. އެކަމު، ވާރޭ ވެހެން ފަށާއިރަށް ބީޗަށް ތިޔަ ދަނީ.. ދޭދޭ. ކީކޭ ބުނާނީދޯ؟” ދެ އަތަށް ބޯހޫރާލަމުން އެމީހާ ހިނގައިގަތެވެ.

ފިހާރައިން ހެޔޮވަރުގެ ކޮތަޅެއްގެ އެއްޗިސް ގަނެގެން އަހަރެން މިސްރާބުޖެހީ “އަތަމާ” ގެސްޓް ހައުސްއާ ދިމާލަށެވެ. ޖަހަމުންދިޔަ ވާރޭ ކަނިތަކުގެ ތެރެއިން މަޑުމަޑުން އަހަރެން ފޯވަމުން ދިޔައެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން ވަރަށް ބިރުގަންނަ ވަގުތެކެވެ. އެ ބިރުވެރި ކަމާއި ނުތަނަވަސްކަން  ހިތުގައި އޮވެ، ހިނގަމުން ގޮސް އަހަންނަށް ލަނބާލެވުނީ ގެސްޓް ހައުސް އިންނަ މަގަށެވެ. އޭރު އަހަރެންގެ ކުރިމަތިން ކުރިޔަށް ދިޔަ ފިރިހެނާގެ ހިނގުމުގައި ވަނީ ފުދޭ ވަރެއްގެ އަވަސް ކަމެކެވެ. ކަޅު ކުލައިގެ ކޯޓެއް ލައިގެން ހުރި އެމީހާގެ އަތުގައި އަލަށް ގަނެފައިވާ ކުޑައެއް އޮތެވެ.

މަޑުމަޑުން އަހަރެން ގެސްޓް ހައުސްއަށް ވަދެ ފަސްޓް ފްލޯއަށް އަރާލީމެވެ. ހޭންޑް ބޭގް ތެރެއިން ތަޅުދަނޑި ނެގުމަށްފަހު ދޮރު ހުޅުވާލަން އުޅެނިކޮށް އަހަންނަށް އައީ ފޯނެކެވެ. އެހެން ނަމަވެސް ފޯނަށް ސަމާލުކަން ދިނުމެއްނެތި އަހަރެން ކޮޓަރިތެރެއަށް ދެމިގަތީމެވެ.

ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ބެލްކަންޏާ ދިމާލަށް ހުރި ބޮޑު ދޮރެވެ. ބޯކޮށް ވާރޭ ވެހޭނަމަ އެދޮރު ލައްޕާލައިން ނޫނީ ހަމަ ޖެހިލައިގެން ނުހުރެވޭނެކަން އަހަންނަށް އެނގެއެވެ. މޫނު ފޮތިކޮޅު ނަގާ ސޯފާއަށް އެއްލާލަމުން އަހަރެން ޖެހިލީ ބެލްކަނީގެ ދޮރާ ދިމާލަށެވެ.

ވެހެނުން ދާ ވާރޭގެ އަޑަށް ބިރުން ހުރެ، އަހަންނަށް މަގުމައްޗަށް ބަލައިލެވުނު ވަގުތަކީ މަގުމަތިން ފެނުނު މީހާ އައިސް ކުރިމަތީ ހުރި ގެއަށް ވަތް ވަގުތެވެ. އޭރު އޭނާ ކޯޓު ބާލަން މަސައްކަތް ކުރަމުން ދޮރު ހުޅުވާލާފައި ގެއަށް ވަނެވެ. އަހަރެން ހުރި ފްލޯއަށް ވަރަށް ރީތިކޮށް އެގޭގެ ގަސް އިންދާފައިވާ ކުޑަކުޑަ ގޯތިތެރެ ފެނެއެވެ.

އެމީހާ އޭނާގެ ކޯޓު ބޭލުމަށްފަހު ގެއަށް ވަންނަ ދޮރު ކައިރި ހުރި ގަހެއްގައި ކޯޓު އަޅުވާލިއެވެ. އެއަށްފަހު އާދައިގެ ހިނގުމެއްގައި ގޭތެރެއަށް ވަދެގެން ދިޔައެވެ.

ބެލްކަނީގެ ދޮރު ރަނގަޅަށް ލައްޕާ ލުމަށްފަހު އަހަރެން ސޯފާގައި ހަމަ ޖެހިލައިގެން އިށީންދެލީމެވެ. ދަބަހުގައި އޮތް ފޯނު ނަގާ ބަލައިލީ އިރުކޮޅެއް ކުރިން އަހަންނަށް ގުޅާފައިވާ ނަމްބަރަށް ގުޅާލުމުގެ މަގްސަދުގައެވެ. ވަގުތުން އަހަރެން އެ ނަންބަރަށް ޑައިލް ކޮށްލީމެވެ

“ހަލޯ! ތިކޮޅިށް ދިޔަފަހުން ނުވެސް ގުޅަމެއްނު.؟” އެކޮޅުން ވާހަކަ ދެއްކީ ޝަނާއެވެ.

“އާނ.. އަސްލު ކުޑަކޮށް ބިޒީކޮށް އުޅޭތީ އިނގޭ އެހެންވީ. ޝަނާ! ކިހިނެއްތަ؟” އަހަރެން ފުން ނޭވާއެއްލަމުން އަހާލީމެވެ.

“ރަނގަޅު. މިއުޅެނީ މިފަހަރުވެސް މުބާރާތުގަ ވާހަކަ ދައްކަން. އެކަމު ނޭނގެ މިފަހަރުވެސް ވާނެ ގޮތެއް.” އުންމީދެއް ނެތް ރާގެއްގައި ޝަނާ ވާހަކަ ދެއްކި އެވެ.

“އާނ! ޝަނާ ތިކަމުގަ ބައިވެރި ވާނެކަމެއްނެތް. ފަހުން ތި ވާހަކަ ދައްކަންވީނު.” އަހަރެން ޝަނާ ގާތު ބުނެލީމެވެ.

“އަބަދުވެސް ބުނާނީ އެހެން… އެކަމު ވަރަށް ބޭނުން. ދެން ނޭނގެ އަބަދު ތިހެން ބުނަނީ ކީއްވެކަމެއް. މިފަހަރު ހަމަ ބައިވެރި ވާން ބޭނުންވަނީ.” ގޮތް ދޫނުކޮށް އަނެއްކާވެސް ޝަނާ ބުނެލިއެވެ.

“ޝަނާ!… ކުއްލިޔަކަށް އެ ވާހަކަ ދައްކަން ޖެހުނިއްޔާ މިފަހަރު ދެން ކިހިނެއް ހަދާނީ؟” އަހަރެން ބުނެލީމެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 25

Next

އިހުސާސުގެ ގަލަން

Next
December 7, 2025

އިހުސާސުގެ ގަލަން

Previews
December 7, 2025

ހިތަކުން ނުދާނޭ ފިލާ 25

25 Comments!

  1. Aisherr says:
    December 7, 2025 at 2:01 pm

    Alhugadhakah nukiyene pro story eh veema
    Vrh dhera shaleen ge mikalah story eh vrh kiyaa hithun mihury 😥

    1. Shaleen says:
      December 7, 2025 at 2:08 pm

      Ehentho?
      School kudhinves mi site ga vaahaka kiyaanekan shaleen ves gaboolu kuran. Dhen ehenveema ( visnaalaanan ) ingey adhi gothei nimmaalan…
      aisherr!!!
      Mi part kiyaalaafa msg kollaane kamah ummeedhu kuran.. vaahaka kiyaalintho ?

  2. Aisherr says:
    December 7, 2025 at 2:12 pm

    Yhh kiyaalaifin vrh reethi Masha Allah 😘

    1. Shaleen says:
      December 7, 2025 at 2:19 pm

      Ok thanks dear 💕💕💕

  3. Nayaa says:
    December 7, 2025 at 2:14 pm

    Mi part ekani Alhugandhah vx kiyeynee vrh salhi mi part
    So sad 😭😭

    1. Shaleen says:
      December 7, 2025 at 2:21 pm

      Oh Nayaa ves??
      Dhera gothei dho pro story kureema mi vanee..
      Ehenveema shaleen jeheynee visnaalan ingey.
      Give me some time 😄

  4. Shiu says:
    December 7, 2025 at 2:18 pm

    Wow wow 😘😘 haadha salhi eyy
    Shaleen ge vhk eh kiyaa hithun huhtaa mi fenuny but pro story eh veema nukiyene 😩 Normal story eh gothah up eh nukoh dheveyne tho??

    1. Shaleen says:
      December 7, 2025 at 2:25 pm

      Shiu vess ???
      Pro story eh veema v dhera gothei dho mivanee baeh kudhinnah nukiyeytheeve.
      Normal story gothah up kurumaai medhu dhen visnaalan jeheynee…
      Gina kudhinnah nukiyenyaaves shaleen v dhera vey.
      Pro story eh experience kollan beynunvaathee aslu miulheny..

  5. Amaany says:
    December 7, 2025 at 4:00 pm

    Alheyyyyyyyyy me pro story eh thr?? First part is so beautiful but I can’t read other parts 😭

  6. Shaleen says:
    December 7, 2025 at 4:42 pm

    Labba pro story eh gothuga up kuranvegen liyefa mi inee.
    Thank you Amaany !!! Vaahaka reethi Veema.
    💕💕💕

  7. Anonymous says:
    December 7, 2025 at 5:39 pm

    Normal story eh ge gothuga up kohdeeba plsss 🙏
    Mihaaru ge Kudhin hama rf dhw beynun vany ehen evany Shaleen ah ves pro stories ah leema rf libeyne ehnu ☺️

  8. Shaleen says:
    December 7, 2025 at 6:32 pm

    Aslu vaagothakee vaahaka liyan v time nagaa… Baeh authors Hama v faseyha koh vaahaka liyelaa…
    Ekam alhugandah ehaa faseyha eh noon. V Gina time dheegen aharaku dhigu vahaka eh nimenee..
    Ehen baeh masakkaithahves kuramun dhen Hama dhiriulhumuge kankamuga ulhefa..
    Aslu mihaa Gina time heydha koggen kuraa kamei veema pro story ah mi vaahaka add Kollan visnumuga huree.
    E ekani alhugandu pro story ah laan beynunvaa kamakee .
    Shaleen ge dhigu vaahaka v nufennaane site ga.
    Dhen ekam kuru vaahaka Hama hunnaanee ginain.

  9. Anonymous says:
    December 7, 2025 at 8:03 pm

    Dhen kon gothakah thi visnany normal story eh tha pro story eh thr

  10. Shaleen says:
    December 7, 2025 at 9:09 pm

    Aisherr
    Nayaa
    Shiu
    Amaany
    Anonymous
    Mi name ga comment kollaafa thibi kudhin alhugandah email fonuvaaladhevvun edhen. Nooni thikudhin use kuraa Instagram account ge name viyas ok ….

    1. Nayaa says:
      December 7, 2025 at 9:24 pm

      Keehkuran

  11. Aakko says:
    December 7, 2025 at 9:52 pm

    Omg… mashallah vrh reethi story eh.. alhugandakee vx vrh bodah vhk site ga liyaa hiyyvaa kuhjjeh ekam test thakaa adhi dhaskuran jehey ehn ehcchiheege sababun vaguthu nuvanee..ekam test ga abadhuvx vhk liyeynee plus adhi first time Mee shaleen ge story eh Kee ..keep it up

    1. Shaleen says:
      December 7, 2025 at 10:13 pm

      Thanks Aakko
      V ufaavejje vaahaka reethi kamah buneleema.
      Next part ah inthizaaru kollavvaa

  12. Shaleen says:
    December 7, 2025 at 10:12 pm

    Naaya
    Kuda Kuda vaahaka eh share Kollan ingeytho

  13. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    December 8, 2025 at 1:01 pm

    Alhugaa ge vhk IA vrh avahah Eba upload kohllan vhk name akee furusathu so hurihaa kudhin vx kiyaalaafa comment kohllahcheyy..user name akee user name akah binthumuhammad jahaafa inas my nickname is aakko I’m the person who commented before ing

  14. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    December 8, 2025 at 4:24 pm

    Hi

  15. Anonymous says:
    December 9, 2025 at 2:16 am

    i dont think most people can read pro story from the comments alone you can tell

  16. Shaleen says:
    December 9, 2025 at 8:16 am

    Alhugandu ves gaboolu kuran

  17. Shaleen says:
    December 9, 2025 at 7:27 pm

    Hi readers
    Alhugandu mi vaahaka kuriyah gendhan beynunvanee pro story ge gothuga.
    Vaahakaiga innaanee 18 parts

    Vaahaka kiyaalan libeynee komme hafthaa Aku ( Sunday and Wednesday ) ga

  18. Anonymous says:
    January 5, 2026 at 2:04 am

    Varah reethi but I can’t read other parts insha Allah one day kiyanan huriha part eh ves. And I am proud of you that you chosed your self❤️. Eha masahkathun vaahaka thi liyani shaleen ah ves benefit liben jehey dho

    1. Shaleen says:
      January 15, 2026 at 11:22 pm

      Thank you so much 👍

Comments are closed.

Next Episodeސާރާ 3←


All Right Reserved!