
ސާރާ 5

“ސާރާ! ސޮރީ ވަރަށް ބޮޑަށް.” އެ މެސެޖްގައި ވެއެވެ. އެއީ ނިޝާމާ ފޮނުވި މެސެޖެކެވެ.
“އޯކޭ. އެވަރު ކަމެއް ނޫން. ސޮރީ ބުނަން ޖެހޭނީ ކުށެއް ކުރި ނަމައެއްނު. ހެހެ.. އަސްލު އެކަކުގެ ވެސް މައްސަލައެއް ނެތް. މައްސަލައަކީ ނިޝާގެ ވިސްނުން. ފަހަރެއްގަ އަހަރެންގެ ހުރިހާ ވާހަކަތައް އަޑު ނާހާ އެހެން ގޮތަކަށް އެކްސްޕެކްޓް ކުރީމަ މައްސަލައަކީ” އަހަރެން ރިޕްލައި ފޮނުވާލައެވެ.
“މިވަގުތު މިހުރީ ތި ރޫމް ކުރިމަތީ. މާފް ކުރިއްޔާ އަހަރެން ބޭނުން ވާހަކަ ދައްކާލަން ވަންނަން.” ނިޝާމާގެ ރިޕްލައި ލިބުނުނެވެ.
ތައްޔާރު ވެލައިން އަހަރެން ކޮޓަރި ދޮރު ހުޅުވާ ބޭރު ބަލައިލީމެވެ. އޭރު ކުރިމަތީގައި ނިޝާމާ ހުއްޓެވެ. ކޮޓަރިޔަށް ވަންނާށޭ ބުނާފަދަ ގޮތަކަށް އަހަރެން ބޮލުން އިޝާރާތް ކުރީމެވެ.
އަހަރެން ސޯފާގައި އިށީންދެލައިގެން އިންއިރު ނިޝާމާވެސް އަހަރެން ގާތު އިނެވެ. އަހަރެން އިނީ ނިޝާމާގެ ވާހަކައިގެ އިންތިޒާރުގައެވެ.
“ސާރާ! އަހަރެން މިއައީ ވަރަށް ވިސްނާފަ.. އަހަންނަށް ސާރާ އާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.” ނިޝާމާ ބުނެލިއެވެ.
“ކިހިނެއް ނިޝާމާއަށް އެދުހު ޔަގީން ނުވި އެއްޗެެއް މިއަދު ޔަގީންވީ؟ އެވަރުގެ ކޮންކަމެއް ނި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.