Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 11

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 10, 2020 3 Mins Read
45 Comments

“އަޅުގަނޑު ބޭނުން ފާއިދުގެ ބައްޕައާ ސުވާލެއްކުރަން.. ފާއިދުގެ އުމުރުން ދިހަ އަހަރުވީއިރުވެސް ކީއްވެތޯ ހިތާނު ނުކޮށްހުރީ؟” ގޮނޑީގައި އިށީންދެލުމަށްފަހު މޭޒުމަތީ އޮތް ގަނޑުތަކަށް ބަލަން އިނދެ ޑޮކްޓަރ މޫސައަށް ސުވާލުކޮށްލިއެވެ.

“މާފްކުރައްވާ! އަޅުގަނޑަކަށް ނޭނގޭ… އެކަމަކު ފާއިދުގެ މައްސަލައަކީ ކޮބައިތޯ؟” މޫސަ ހާސްވެފައި އިނދެ ފާއިދަށް ބަލައިލަމުން ޑޮކްޓަރާ ސުވާލުކޮށްލިއެވެ.

“ކީކޭތޯ؟ ތީފާއިދުގެ ކިހާ ގާތްމީހެއްތޯ؟ ސުވާލުން ފުރިފައިވާ ހައިރާންކަމަކާއެކު އަނެއްކާވެސް ޑޮކްޓަރ ސުވާލު ކޮށްލިއެވެ.

“އަޅުގަނޑާ އަޅުގަނޑުގެ އަންހެނުން ފާއިދު ބަލަނީ. ފާއިދަކީ އެއްވެސް ހިސާބަކުން އަޅުގަނޑުމެނާ ތިމައިގެ ކުއްޖެއްނޫން. ފާއިދާބެހޭ ގޮތުން މާބޮޑުއެއްޗެއް އަޅުގަނޑުމެނަށްވެސް އަދި ނޭނގެ. ފާއިދު ބަލަމުންދާތާ ކުޑަ ދުވަސްކޮޅެއްމިވީ.” މޫސަގެ ވާހަކަތަށް އަޑުއަހަން ޑޮކްޓަރ ޝަޢުޤުވެރި ކަމާއެކު އިނެވެ.

“އެހެންތޯ؟ އެހެންވީމަ ފުރަތަމަ ޖެހޭނީ ޔޫރޯ ޑައިނަމިކް ޓެސްޓެއް ހަދާލަން. އަދި ބޭނުންވާނެ ކަލްޗާ ޓެސްޓަށް ސާމްޕަލްތައް. ލޭވެސް ނަގާލަންވާނެ. އަދި އިތުރު އެހެން ޓެސްޓްތަކެއްވެސް ހަދާލަން ދީފަ ހުންނާނެ. އެހާބޮޑަށް އާންމުކޮށް މިމައްސަލައަކީ ފިރިހެނިންނަށް ދިމާވާ މައްސަލައެއް ނޫން. އެހެންނަމަވެސް ހިތާނަނުކޮށް މިހާ ގިނަދުވަސްވެފަ ހުރީމަވެސް ޖަރާސީމު އަށަގަތުމަކީ ވަރަށް މަދުންނަމަވެސް ދިމާވާ މައްސަލައެއް. ބޮޑަށް ރަނގަޅީ ދިހަ އަހަރުން ދަށުގެ އުމުރެއްގަ ހިތާނަ ކޮށްފަހުރުން…. ދެން އަަަޅުގަނޑަށް ފާހަގަކުރެވިއްޖެ ކޮންމެސް ވަރަކަށް ގޮށްލާފަ ހުރިކަން. އެކަން ރަނގަޅު ކުރެވޭނީ ކުޑަކުޑަ އޮޕަރޭޝަނެއް ކޮށްގެން. އެކަމަކު މިވަގުތަކު ނޫން. އެކަމަށް ތައްޔާރުވާންވީ ދުވަސް އަޅުގަނޑު ދަންނަވާލާނީ ޓެސްޓްތަކުގެ ނަތީޖާ ބަލާލާފަ… ފުރަތަމަ ތި ޓެސްޓްތައް ހަދާލައްވާ. ނަތީޖާ ލިބުނުހާ އަވަހަކަށް ދައްކާލަންވާނެ އިނގޭ. ދެން އެންމެ ރަނގަޅު ދިޔަސް.” މޫސަ އަތައް ގަނޑުތައް ދިއްކޮށްލަމުން ޑޮކްޓަރ ހިނިތުންވެލިއެވެ.

ހުއްޓުމެއްނެތި ދުނިޔެ ދައުރުވަމުންގޮސް ފުރިހަމަ ދެދުވަސް ފާއިތުވެއްޖެއެވެ. ފަތިހުގެ އަލިން އަލިކަން ލިބިދެމުން ގޮސް އާދައިގެ ދުވަހަކަށް އިރުއަރައިފިއެވެ. މަހޫއާ މާލިކް ގޮވައިން މަޑުމަޑުން ހިނގަމުންދިޔަ ސަމީރުގެ މިސްރާބުހުރީ ކަނޑޫފަލާ ދިމާލަށެވެ. ފޮނިކޮށް ހަދައިން ކަނޑޫ ކެއުމަކީ މަހޫއާ މާލިކަށް މާމީރު ކެއުމެކެވެ. އެހެންވެ މިއަދު ސަމީރު ބޭނުންވަނީ އެކުދިން އެދިފާވާ ފަދައިން އެކަން ކޮށްދިނުމަށެވެ.

“ބައްޕާ!” މާލިކް ވަރަށް ބާރަށް ގޮވާލިއެވެ.
“މާލިކް! ދަރިފުޅާ… ދަރިފުޅާ ކިހިނެއްވީ؟ ދަރިފުޅާ
ލޯހުޅުވަބަލަ! ބައްޕައާ ވާހަކަ ދައްކަބަލަ. މާލިކް.. މާލިކް..”

މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެހިސާބަކީ އާއްމުކޮށް މީހުން ދިރިއުޅޭ ހިސާބެއް ނޫންކަމުން އެހެން މީހެއްގެ ހިލަމެއް ނުވެއެވެ. ހާސްވެފައިވާ ސަމީރު ވެއްޓިފައި އޮތް މާލިކަށް ގޮވަމުން ގެންދިޔައެވެ. ސަމީރުގެ ހަރަކާތްތައް ކުއްލިއަކަށް އަވަސްވިއެވެ. އެ ހާސްކަމުގެ ތެރެއިން ތެމި ފޯވަމުންދިޔަ ސަމީރަށް ގޮތް ހުސްވިކަހަލައެވެ. މިއީ މީގެ ކުރިން މާލިކްއަށް ދިމާވެފައިވާ ކަމެއް ނޫނެވެ. މާލިކް ވެއްޓެން ދިމާވީ ކޮން ސަބަބެއްކަން ޚުދު ސަމީރަށްވެސް ނޭނގެއެވެ. މާލިކް ގާތު މަހޫ ބޭންދުމަށްފަހު ސަމީރު ދުއްވައިގަތެވެ. އެއިރު މާލިކް ކައިރި އިނދެ މަހޫ ހުއްޓާނުލާ ރޮމުން ގެންދަނީއެވެ. ބާރަށެވެ. ވަރަށް ބާރަށެވެ.

ސަމީރުގެ ދުވެލީގެ މިސްރާބު އެކި ދިމަދިމާއަށް ހަލުވިކޮށްލިއެވެ. ކުޑަ ތަންކޮޅަކަށް ދެވުމާއެކު ސަމީރުގެ ލޮލުގައި އަޅައިގަތީ ގޮނޑުދަށުން މޫދުކައިރި ގުދުވެއޮތް އަންހެނެކެވެ. ސަމީރުގެ އަޑުގައި ހުރި ބާރެއްލަމުން ގޮވަމުން ގެންދިޔައެވެ. އެއަޑުގައި ވަނީ ވަރުބަލިކަމެވެ.

“މީހެކޭ.. ވަރަށް އަވަހަށް އައިސްބަލަ.. އަހަރެންގެ ދަރިފުޅު..”

ސަމީރަށް ވިސްނޭ ގޮތުގައި އެމީހަކަށް މިހާރުވާނީ ސަމީރުގެ އާދޭސް އަޑު އިވިފައެވެ. އެއީ ކާކުތޯ ބަލާކަށް ސަމީރު ކޮންމެހެން މަޑެއް ނުކުރެއެވެ. ވީހާ ބާރެއްލަމުން އަނެއްކާވެސް ސަމީރު ދުއްވައިގަތީ ދަރިންނާ ދިމާލަށެވެ. ސަމީރުގެ ފަސްފަހަތުން ދުވެފައި މީހަކު އަންނަކަން ސަމީރަށް އިޙްސާސްވެއެވެ.

“ދަރިފުޅާ.. ދަރިފުޅާ!!” މާލިކްގެ ގައިގައި ހިފާ ތަޅުވާލަމުން ސަމީރު ގޮވަންފެށިއެވެ. އޭރުވެސް މާލިކް ކައިރި އިނދެ މަހޫ ރޮމުން ގެންދަނީއެވެ. ދެވަނަ ޚަރަކާތާއެކު ސަމީރު އަވަސްވެގަތީ މަހޫ އުރާލުމަށެވެ.

“ސަމީރު! ކިހިނެއްވީ؟ ދައްކާ އަހަރެން އުރާލާނަން މަހޫ. އަވަހަށް ބަލާބަލަ ގޮސް ޑޮކްޓަރަށް ދެއްކޭތޯ.” ސަމީރުގެ ފަހަތުން އައިސް މަހޫ އުރާލަމުން އެމީހާ ވާހަކަ ދެއްކިއެވެ.

“އަފީފާ! މާލިކްއަށް މިވީ ކިހިނެއްތަ؟ ފޮނިކޮށް ކަނޑޫ ހަދައިން ކާހިތުން އުޅޭތީ އަހަރެން މިއައީ ކަނޑޫ ބިންނަން. ހަމަ އައިސް އައިސް ހުއްޓަ އެވެއްޓުނީ..” ވާނުވާއެއް ނޭނގޭ ސަމީރު ހާސްވެފައިހުރެ ވާހަކަދެއްކިއެވެ.

“މިކުދިން ގޮވައިން ސަމީރަށް ކިހިނެއް ކަނޑޫ ބިނދެވޭނީ.؟ ދެންވެސް އަވަހަށް ދޭ މާލިކް ގޮވައިން. އަހަރެން މަހޫ ގެންދާނީ ގެޔަށް. ތިކަން ނިމުނީމަ ސަމީރު އާދޭ ބަލާ. ދެންވެސް އަވަހަށް ދޭ” އަފީފާ ގެންގުޅުނު ތެލި ކިހިލީގަ ޖަހާލަމުން ގެޔާދިމާއަށް ހިނގައިގަތެވެ.

ހަމަހިމޭން ސިޓިން ރޫމްގެ ސޯފާގައި ސީމާ އިށީންދެލައިން އިނެވެ. ސީމާގެ ދެއަތް މަތީ ބާއްވާލާފަވާ މަޑުމަޑު ބާލީހުގައި ލޯ މަރާލައިން ތުގާ އޮތެވެ. އެކުޑަކުޑަ ދެލޯވަނީ ނިދާފައެވެ. އެލޯބި ލޯބި ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ. ތުގާގެ ކުޑަކުޑަ ހަށިގަނޑުން ފެންނަނީ ހުދު ދޮންކަމެވެ. ތުގާ ނިދާލާފައި އޮއްވަ ފެންނަ ކޮންމެ މީހެއްގެވެސް ހިތް ލޯބިން ވިރިދާނެއެވެ.

“ސީމާ! ފާއިދު އޮޕްރޭޝަން ކުރަންޖެހުނިއްޔާ ކިހިނެއް ހަދާނީ؟.. މިއަދު ހަވީރު ދެއްކީމަ ބުނާނެ ދުވަހެއްވެސް. ކޮންމެހެނެއް ވިޔަސް އަހަރެން އެތާ މަޑުކުރަން ޖެހޭނެ. ފާއިދު ގެއަށް ދޫކުރަންދެން. ތުގާ ގޮވައިގެން ސީމާ ކިހިނެއް އެކަނި އުޅޭނީ؟.” މޫސަގެ ވިސްނުމާ ކަންބޮޑުވުންތައް ސީމާއަށް ކިޔާ ދެމުންދިޔައެވެ.

ކޮޓަރިން ނުކުމެގެން އައިސް ފާއިދު ސީމާ ކައިރި އިށީނެވެ.
ވަރަށް އަދަބުވެރިކަމާ އެކުގައެވެ. ނިދާފައިވާ ތުގާގެ ފައިގާ މަޑު މަޑުން ފިރުމާލަމުން ތުގާއަށް ބަލަމުން ދިޔައެވެ. ތުގާ ހޭލާ އުޅުނަސް ފާއިދު ތުގާއަށް އެހާ ގާތްކަން ބަހައްޓައެވެ. ތުގާއާއެކު ކުޅެން އުޅެއެވެ. ސީމާއަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ގިނަވަގުތު އުރައިގެން ގެންގުޅެދެއެވެ. ކުޑަކުޑަ ތުގާ ދެކެ ފާއިދު ލޯބިވާވަރު ސީމާއާ މޫސައަށް އާކަމަކަށް ނުވެއެވެ. އެކަމަށްޓަކާ އެދެމަފިރިންވެސް ތިބެނީ ނުހަނު ހިތްހަމަ ޖެހިފައެވެ.

“އެކަމާ ނުވިސްނާ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށް ވިސްނާ. އަހަންނަށް އެހާ އުނދަގުލެއް ނުވާނޭ. ފާއިދު ކަހަލަ ކުއްޖަކަށް ކަމެއް ކޮށްދެވުން ކަމުގެ ހިތްހަމަޖެހުން ލިބުނީމަ އަހަންނަށް އެނިމުނީ.” ސީމާގެ ހިތްހަމަ ޖެހުމަކީ އެއީއެވެ.

“ފާއިދު!… އޮޕްރޭޝަން ކުރާވާހަކަ ފާއިދު މަންމަ ގާތު ބުނަން ދާންވާނެ ދޯ؟” ސޯފާގައި އިށީނުމަށްފަހު ފާއިދުގެ ކޮނޑުގައި ހިފާ މެޔާލާ ބޮނޑިކޮށްލަމުން މޫސަ ބުނެލިއެވެ.

———–************——————-

މިވާހަކަ އަމިއްލަ ސިކުނޑީގައި ފިލްމެއްގެ ގޮތުގައި ސިފަކުރައްވަމުން ގެންދަވާ އެންމެހާ ކިޔުންތެރިންނަށް!!!
ވާހަކައިގެ މިހާ ހިސާބައް އައިއިރު ތިޔަބޭފުޅުން ދެއްވަން ބޭނުންވާ ފައްސި / ނައްސި ޚިޔާލެއް ވާނަމަ އަޅުގަނޑަށް ހުށައަޅުއްވާލަދެއްވާ. ތިބޭފުޅުންގެ ޚިޔާލުތައް އަޅުގަނޑު އުފަލާއެކު ބަލައިގަންނާނަން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ވާލޯބި އެނގޭނަމަ…(15)

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..7

Next
June 10, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..7

Previews
June 10, 2020

ވާލޯބި އެނގޭނަމަ…(15)

45 Comments!

  1. koimalaa says:
    June 10, 2020 at 10:14 am

    wow v reethi ingey aslu . Dhen adhives kobaatha javaabu afeefage. Faaidh mi vee haadha dhera gothekey dho

  2. dhaan says:
    June 10, 2020 at 10:16 am

    mi prt vs dhen reethi hama. Shaleenge liyuntherikamah hama saabas. Ummydhu kuran next prt ves avas vaane kamah. Mi prt v dhigukan faahaga kollevun. Gd wrk dear shaleen

  3. Shaleen says:
    June 10, 2020 at 10:24 am

    Hi
    Koimalaa
    Yes.. afeefaage javaabuge inthizaaru v dhiguvey dhoeba. Shaleenves hithah araa haadha lahunney afeefage javaabu mi annany. Adhives madu Kiran mijehunee dho.
    Faaidhge vaahakaaiga bunelaani thibunihen hama v deraey.
    Koimalaa thanks ingey comment kollaathyve.
    Abadhuves miss you koimalaa mathinves vhk up kollevuneema.
    Hehe
    Thank you so much ?

  4. Shaleen says:
    June 10, 2020 at 10:27 am

    Dear Dhaan!
    Love to read your comment and thank you so much. Shaleen ves mi try kuranee thibunaahen vhk he parts hama dhigu kolladheveytho readers beynunvaa gothah. Next part hama next wk get next Wednesday ga in Sha Allah
    Hehe.
    Vhk up veema hama v miss get bunelaany regular Koh comment dhevvaathyve mihaaru Dhaan mathinves
    Miss you hama ?

  5. never mind says:
    June 10, 2020 at 11:32 am

    vaahaka ah bunelaany hama v rangalhey. Bahuge gavaidhuga hifattaigen liyuntherikan kuriyah gendhanyaa rangalhu vaaneyhama. Ummydhu kurany mi vhk v salhi vaanekamah. Mi veehaathanah cmt nukolly phone massalaeh jehigen. Shaleen ah v salaam

  6. Wasn't me says:
    June 10, 2020 at 11:35 am

    shaleen dhen alhe kobaatha afeefaage javaabu.
    Hama hithah aranee mi sameer ah ufalei lbeynebaaey.
    Seema ves haadha rangalhey dho. Vaahaka dhen nimeyne gothei nengeny. Waiting ga mihuree hama

  7. X treem says:
    June 10, 2020 at 11:41 am

    Shaleen. May allah bless ur wrk. Kp it uppp. I knw ur v telented author here in this platform. U r brave and good at writting. So i would like to pray for u. Do the best as u can. U r my most favourite, and best author in my heart,
    Vaahaka kiyamun kiyamun goss commnt eh nudhee hama neeendhevunee mihisaabun.
    Lysm

  8. Shaleen says:
    June 10, 2020 at 11:52 am

    hi never mind !
    Thi dhevve varah barudhan rangalhu comment eh. Shaleen bunelaany thi dhennevi fadhain eba balamey bahuge gavaidhu thahves hifahattaalaigen vhk kuriyah gendheveytho. Dhen v ufaavejje dhivehi bahuge gavaidh aa gulhigen kommes ehchei bunelaafa inyma. Ei hama v ufaa kuraakamei .
    Abadhuves comment eh libeyne kamah ummydhu kuran ?

  9. Shaleen says:
    June 10, 2020 at 11:57 am

    Hey!
    Wasn’t me
    Afeefage javaabu dho? Shaleenves mi inthizaaru kurany readers aa eki hama thikamah.. hehe
    Sameer ah ufalei libeytho dua kobbala readers ves..
    Kiyuntherin dheravey sameeru ehaa hihdhathi gothakah ulheythee dho?
    Yeah! Seema aki hama v rangalhu meeheigge gothuga dho fenigen midhany.
    Dhen ekam adhu vhk he nimun annan kairives nuvey my dear wasn’t me.
    Thanks fr the comment?

  10. Shaleen says:
    June 10, 2020 at 12:01 pm

    Hi X treem
    Haadha ufaavaa fadha commentekey theenee kollaafa.
    Hama hageegathugaves v ufaavejje x treem ge fvrt author akah vevuneema ingey. Alhamdhu lillah
    Abadhuves thigothuga hunnahche sprt kohdheyn.
    Lysm
    ?

  11. Shaleen says:
    June 10, 2020 at 12:05 pm

    Shaleenge hurihaa kiyuntherinnah!!!
    V dheravey Gina kudhin kollaafa hunna comments pending ga hunnaathyve. Ehn namaves mibalanee hama hurihaa kudhinge comment thakah kommes reply eh dheveytho.
    Thee shaleenge v loabivaa kiyuntherinthakei.
    Pending ga vaa komme comment eh kiyaalumuge naseeb shaleen ah libifavey. Alhamdhu lillah.
    Ummydhu kurany site get faraathun pending ga huri comments veehaa avahah publish kolla dheynekamah.

  12. Inaa says:
    June 10, 2020 at 2:17 pm

    Hafthaayaku 1fahuru gennairu kuda thankolhe

    1. Shaleen says:
      June 10, 2020 at 2:39 pm

      yes inaa.
      Hafthaa aku effaharu.
      Ekamaku shaleen adhi alah adhi hama start koggen ulhey kujjei mee. Ekamaku speed fast vamun dhaa varakah balaanan hama adhives dhigu kolleveytho. Aslu ehn part thakaa balaafa part 11 dhiguvaaneeeves. V ufaavey part thah kurey kiyaigen shakuvaa kollaathy v hih hama jehey. Eygein ingeny v dhigukohves kiyaalan beynunvefakan thibeny.
      V ufaavejje thi comment alhugandah libuneema.
      Lysm?

  13. lockdown says:
    June 10, 2020 at 4:55 pm

    shaleen. Mi vaahakaiga thugaamen avahah bodukollabala.
    Dhen miulhey faaidhuge mom kairi kykkurantha kommehen bunany opprationge vaahaka. Emeeha kihaa nubaitha. Bunaane kameinethey plz.
    Vhk v reethi ingey
    Waitging

  14. lamma says:
    June 10, 2020 at 4:59 pm

    curiously waiting . Dhn faaidhu mammage rulhi kannenge aneekkaa ekujja ah annaany. Kobaatha mashooru fahudhu. Eyna nethyma kudakoh vai. Eynaves genesbala. Ekm sameeru dhera kuraakah noon ingey
    Anyways salhi vhk ehhhhhhhhh,
    Lysm
    Miss you sissy

  15. Shaleen says:
    June 10, 2020 at 5:13 pm

    Dear lockdown!
    Aslu bunelaalaany vaahaka dhaagothunney hama ingeynee faaidhge mamma kairi oprationge vaahaka bunaanetho noontho? Lockdown get aadheys akee thee. Hingaa dho balamaa dhen kihineitho vanee.
    Hahaha
    Thugaamen body kollanveetha ehaa avahah. Adhi ebahuri kuriyah baeh haadhisaathah. Hingaa adhi keiikollamaa.
    Anyways
    V ufaavejje lockdown he comment eh alah fenileema ingey
    Lysm?

  16. Shaleen says:
    June 10, 2020 at 5:18 pm

    !lamma
    Hey you. Shaleen bunelan othy faaidhuge mammagaathu mivaahaka bunaanetho nubunaanetho balaalan madukollamaa hingaashey.
    Lol…
    Fahudhu dho?
    Lamma! Fahudhuves anekkaa hinga kommes hisaabakun gennan. Sameer dheranukuranyaa lammage hithaa kulhelanviyas shaleen mibalany fahudhu anekkaa geneveytho ingey vaahakaige kommes hisaabakun.
    Lammage comment eh libuneethee v ufaavejje
    Thank you
    Lysm?

  17. lilly says:
    June 10, 2020 at 7:44 pm

    its a nice story shaleeen keeeep up the good workkkk ?❤❤❤❤❤❤

  18. Shaleen says:
    June 10, 2020 at 8:41 pm

    hey lilly
    So much thank you
    Mi part kiyaalaafa commenteh kollaafa inthan fenuneema hama v ufaavejje asluves. Ummydhu kuran abadhuves lillyge commenteh dhen libeyne kamah ingey.
    Thihen kollaa kuda kuda comment aki shaleen ah v bodu ehchei.
    Lysm?

  19. Rooni says:
    June 10, 2020 at 9:47 pm

    Dhen kon irakun next part?

    1. Shaleen says:
      June 10, 2020 at 11:09 pm

      Rooni
      Next part dhen anekkaa anna wednesday ga in sha allah. ?

  20. Readerr says:
    June 10, 2020 at 9:49 pm

    Salhi vhk eh.
    V beley up veythoves
    Author ah hama saabas
    Keepu itu upu
    Hehehe
    Molhu shaleen

    1. Shaleen says:
      June 10, 2020 at 11:12 pm

      Thank you Readerr!!
      V ufaavey vaahaka up veytho waiting ga hunnaathyve.
      Abadhuves thigothuga huredhehcheyy?

  21. Besty says:
    June 10, 2020 at 9:50 pm

    Wow
    Ma hama wait kuraa vaahakaeh mee. Mikiyaahithun indha nimeny. Faaidhuge moma dhen kobaatha. Eynaves genesbala. Fileetha alhe faaidhu nerelaafa dhoru leppigothah

  22. Shaleen says:
    June 10, 2020 at 11:23 pm

    Thank you besty for the very first comment from you.
    Wait Kolla dear besty. Thi doubt vaa faaidhuge mammage vaahaka adhi nunimey. Inthizaaru kollaa faaidhu mammaves adhi aisslaane readers he hihthakaahama ah.?

  23. Halle says:
    June 11, 2020 at 12:14 am

    Maasha Allaah.. vvv reethi mipart. v furihama. Anehka maalik ah vee kihinehbaaey hithah arany.. dhen partakah hama kehmadhuvefa mihury.. keep it up. Tvgc. Luv u alot????

    1. Shaleen says:
      June 11, 2020 at 12:19 am

      Shukuriyya Halle!
      alhamdhu lillah.
      Maalik ah veegoi balaalan hingaa dho madukollamaa. Maabodah inthizaaru kuraakah nujeheyney bunelaany. Hama emme hafthaaeh. Hehe.
      Thank you
      Lysm
      Miss.you?

  24. Shaleen says:
    June 12, 2020 at 1:45 am

    hey miss you
    Whr r u ppl?
    No.1 fan
    Real Me
    Masha9092
    Aayu
    Lil sis
    N other commenters..

  25. ?Alika?? says:
    June 12, 2020 at 7:33 pm

    Maasha Allah V reethi mi part ves. When is next
    Miadhu story thah upload eh nukurey ehnve v foohi

    1. Shaleen says:
      June 12, 2020 at 8:41 pm

      thank you Alika
      Next part tuesdayga alhugandu submit kollaany in sha allah
      Ummydhu kuran hama tuesday nooni wednesday ah kiyaalan libeyne kamah
      In sha allah
      Thank you Alika

  26. No.1 fan says:
    June 12, 2020 at 9:45 pm

    Sorry ingey thankolheh las vejje dhw mifaharu comment .OMG. Mioh lwbi story eh. Vrh kiyaa hithun hama kiyanii komme part eh vx. Totally awesome. Mihaaru abadhuvx wait kureveny Wednesday ah. Vrh reethi mi part vx. Alhe dhn sameeru afeefa ah yes bunaanii kannenge dhw. Well u r doing a great job. Keep it up. Waiting for Wednesday ?

  27. Shaleen says:
    June 13, 2020 at 1:19 am

    thank you No.1 fan
    Its okay dear.
    Ekamves hama v handhaanvey komme faharaku comment dhey kujjei veema.
    Dhen hama bunelan othy v ufaavejjey lahun namaves No.1 fan ge comment eh libuneema.
    Dhen afeefa n sameeru ge vaahaka ah inthizaaru kollamaa.
    Adhives kanthahthah othy hama kuriyah. Next part hama v surprise vedhaane kamah mi visnany .
    Thank you dear
    Thanks a lottttt?

  28. Real Me says:
    June 13, 2020 at 7:01 pm

    Yah dho. Aslu vrh lahun comment kurevenii mi. Miadhu mee Saturday.
    Really sorry for the late comment. Early or late I commment, I will be always there to support you dear.. Really sorry for being late.

    1. Shaleen says:
      June 13, 2020 at 8:45 pm

      Oh thanks dear.
      Bt hama hithuge kanakun viyas miss vaathy govaaly hehe.
      ?

  29. Real Me says:
    June 13, 2020 at 7:12 pm

    Masha allah mi part was FABULOUS. Kihineh v ba dhw alhe Malik ah. Afeefa ah dhw dhevunii ethanah.. Eyruves heeviyey anheneh fenuniyyey buneema afeefa hen. Faaidh eii kaakuge dhariyehbaa,I mean his father. Thuga boduvaane dhuvahehge inthizaaruga mi innanii hama. Vrh reethi describe kohdheefa hunnaleh. Best author ever.. So happy that you reply to all eventhough who’s commenf isn’t published. Waiting for the next. LUV YA❤

    1. Shaleen says:
      June 13, 2020 at 8:50 pm

      Such a wow comment from you dear Real Me.
      V ufaavejje hama abadhuves support kohdhehvaathyve.
      Hama bunelan othy thuga boduvaan adhi dhuvaskolhei vedhaaney. Ehn namaves inthizaaru kollaashey.
      Faaidh he bappaves ingey hisaabei annaane hama in Sha Allah
      Surprise akah ves vedhaane
      Vhk aki v body imthihaanei hama
      Mi vhk in thafaathu ibrathei mi mujthama ah neredheveytho mi balany.
      Effaharaa 2 comment libuneema v ufaavehje.
      When dhuvahukun effaharaa 3 comment he inthizaaruga hureemeve.
      Lysm ?

  30. Masha9092 says:
    June 14, 2020 at 8:01 am

    V furihama mi part vs,
    Masha Allah
    Hama amme part akah comment nukollima vs a thi notice vey thw balailann madukolli mi ?
    Kiyunn therinna liyunn theriya aa huri gaikann ihusass kurevijje,
    V ufavejje
    Next upcumin ah hama kehmadhuvefa a ba hurinn

  31. Shaleen says:
    June 14, 2020 at 10:14 am

    Thank you Masha9092
    V ufaavejje comment kiyaalan libuneema.
    Ya kiyuntherinnaa connect velaigen kuriyah dhaan vaany asluga dho
    Next part v rythi vaane kamah ummydhukuran
    In Sha Allah
    Anekkaaves hama thanks for the comment from u ?

  32. Dreams says:
    June 14, 2020 at 8:43 pm

    Vvv reethi..maasha allaah. Alhe maalik ah veegothakaa dheytherey haasvany.. ehenvyma dhen partakah v inthizaar kurevey eba.. shaleenge mivaahakayah v bodah interest vejje..tc dear..

    1. Shaleen says:
      June 15, 2020 at 12:48 am

      Hi Dreams.
      Thank you for the lovely comment.
      Maalik ah veegoi balaalan inthizaaru kollamaabahee.
      Thank you anekkaaves hama vhk ah thihaa inthizaaru kuravvaathy.
      Lysm
      ?

  33. Reethi says:
    June 14, 2020 at 8:47 pm

    Reethi reethi hama emme reethi
    Vee thivee gothun hama haasvejje maalikuah…Ma Sha Allaah.. keep it up..

    1. Shaleen says:
      June 15, 2020 at 12:50 am

      Hi Reethi!
      Thank you for the comment.
      Alhamdhu lillah.
      And
      Dhen maalik ah veegoi balan inthizaaru kollamaa
      Lysm?

  34. Asluves says:
    June 14, 2020 at 8:49 pm

    Asluves hama v furihama thivaahaka.. hama obinoavey..

    1. Shaleen says:
      June 15, 2020 at 12:51 am

      Hey Asluves !.
      Thanks
      Thanks
      Thanks
      So
      Much
      Thanks
      Lysm?

  35. Lil sis says:
    June 17, 2020 at 9:48 pm

    Wow.. Masha allah mi part ves vrh reethi. Kihineh baa evii maalik ah dhw. Afeefa adhi hama gaimuves vrh caring. Let’s see kuriah oiyythaaga vaane gotheh dhw. Vrh talent eba huri Shaleenge. Masha allah. Keep it up. Will wait for the next. LUV YA ❤️
    Lots of love
    Lil sis

Comments are closed.

Next Episodeއިމްތިޙާން 12←


All Right Reserved!