Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 14

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 30, 2020 4 Mins Read
62 Comments

މިއީ ސަމީރުގެ އެކަނިވެރި ޙަޔާތެވެ. ހިތްދަތި ކަމާ ހިތާމައިން މުޅި ދުނިޔެ ސަމީރަށް ކެހި ދެނިއްޔޭ ސަމީރަށް ވިސްނެންފެށިއެވެ. ކޮންމެ މަހަކު ތުގާއާ ބައްދަލު ކޮށްލަންދާ ސަމީރަށް މިހާރު މިވަނީ ކުރިމަގު ބެދިފައެވެ. ތުގާ އަށްޓަކާ ދެން ސަމީރަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއަދު ސަމީރުދެކެ ލޯބިވާނޭ އަތންބަކު ނެތެވެ. މިއަދުން ފެށިގެން ސަމީރަށް އަޅާލަން މަންމައެއް ނެތެވެ. ނޫނެކެވެ. މަންމަ ނެތީއެއް ނޫނެވެ. މަންމަގެ އަޅާލުމާ އޯގާތެރިކަން ސަމީރަށްޓަކާ ވަޅުލީއެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބާހެއްޔެވެ؟

މިއަދަކީ ފާއިދު ހޮސްޕިޓަލުން އަނބުރާ ގެއަށް ފޮނުވާލިދުވަހެވެ. ފާއިދުގެ އިންތިޒާރުގާ ސީމާވަނީ ކުޑަކުޑަ ތައްޔާރީއެއް ވެފައެވެ. ސިޓިންގ ރޫމްގެ ފާރުތައް ވަނީ އެކި ކުލަ ކުލައިން ހަން އެލުވާ ރީތިކޮށްފައެވެ. ފާއިދުގެ އުފަލަށްޓަކާ ތަފާތު ވައްތަރުގެ ހަދިޔާގެ އިތުރުން ކިޔަވަން ބޭނުންވާ ބައެއް ސާމާނުން ފުރިފައިވާ ބޮޑު ފޮށްޓެއް ވަނީ ތައްޔާރު ކޮށްފައެވެ. އެފޮށީގެ ބޭރުގައި އޮފު ބަނޑައެރިއެއް ލާފައިވެއެވެ.

މެންދުރު ނަމާދު ކޮށްލައިން އައިސް ސީމާ ސޯފާގައި އިނެވެ. ޓީވީ ހުޅުވާގެން އިނެއްކަމަކު ސީމާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ތުގާގެ ހަލަބޮލި ހަރަކާތްތަކަށެވެ. ކޮށީގައި އިނދެ އެއްކޮޅަށް ދުއްވާލުމަށް ފަހު އަނެއް ކޮޅަށް ދުއްވަމުން އުފަލާއެކު ތުގާ އުޅެއެވެ. ބައެއްފަހަރަށް ހިނިއައިސްފާއިނދެ ސީމާ ކައިރިއަށް އައިސް މަޖާކޮށްލައެވެ. އެއްފަހަރު ސީމާގެ ހެދުމަށް ދަމާލައެވެ. އަނެއްފަހަރު ސީމާގެ ކަކުލުގައި އެކުޑަކުޑަ އަތުން ޖަހާލައެވެ. ތުގާގެ މި ހަރަކާތްތަކުން ސީމާގެ ހިތަށް ވެރިވަމުންދާ ކޮންމެ އުފާވެރިކަމެއް ހިނިތުން ވުމެއްގެ ސިފައިގާ ސީމާ ބޭރުކޮށްލައެވެ.

ކާގެ ތަޅުންގަނޑު މައްޗަށް ވެރިފައިވާ ފެންފޮދެއްގެ ތެރެއަށް ވެއްޓިފައިވާ ކަނޑާ ހަލުވި މިނުގާ ހަރަކާތްތެރި ިވަމުންދެއެވެ. އެއްވެސް ބާރެއްނެތް އެކުޑަކުޑަ މަޚްލޫޤް ފެންގަނޑު ތެރެއިން ސަލާމަތް ވާނެ ގޮތެއް ހޯދަން ކެނޑި ނޭޅި މަސައްކަތް ކުރަމުން ދަނީއެވެ. އެކިފަހަރު އެކި ދިމާލަށް މިސްރާބު ބަދަލުކޮށްލައެވެ. އެ ކަނޑާ ސަލާމަތް ނުވެވިގެން އުޅޭތަން ބަލަން އިން ސަމީރުގެ ވިސްނުން ގުޅިފައިވަނީ ހަމައެފަދައިންނެވެ. މިއަދު އެކަނޑަލެކޭ ސަމީރެކޭ ތަފާތެއް ކޮބައިހެއްޔެވެ؟ ޙަޤީޤީ ފެންގަނޑެއްގައި ނޫނަސް ސަމީރުވެސް ފަތަމުން ދަނީ ޙަޔާތުގެ ކަރުތާފެނުގައެވެ. ހާސްކަމާއެކުއެވެ. ނުތަނަވަސްކަމާ އެކުގައެވެ. ދާނެ މަންޒިލެއް ހޯދުމަށެވެ. ސަލާމަތުގެ އައްސޭރިޔަށް މިސްރާބުޖެހުމަށެވެ. ނިޔާމަ ޙަޔާތެއް ހޯދުމުގެ މަޤްޞަދުގައެެވެ.

“ކޮންކަމަކާ ވިސްނަން؟ ގޮތްހުސްވީމަ ޖޯރު އެލުނުގޮތަށް އިސްނަގާނެ ހިތްވަރު ނުލިބިފަދޯ ތީނީ؟ ހެހެ..” ކާގެ ދޮރުކަނީގައި އަތް އަޅުވާލަމުން ފަހުދު ސަމީރަށް މަލާމާތްކޮށްލިއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އަޑު އިވުނުކަމަށް ހަދާވެސް ނުލާ ސަމީރު މަޑުމަޑުން އިނީއެވެ.

“ބަލަ އަހަރެން އެބަ ވާހަކަ ދައްކަމޭ. އަނެއްކާ ބީރު ވީތަ؟ ނޫނީ ވާހަކަ ދައްކަން ނޭނގޭވަރަށް މަންމަނު ވީތަ؟ އުހުމް.. މަށަށް މިބުނެވުނީ މުޅިން ނުބައިކޮށް. އެމީހުންވެސް އަތުން ފައިން ކޮންމެސް ވައްތަރެއް ޖައްސަމުންވެސް ވާހަކަ ދައްކާނެ.
އެމީހުނަށް ވުރެވެސް ކަލޭގެ ހާލުކޮޅު ދަށްވީދޯ؟ އަނެއްކާ ކަލޭ ނުކުޅެދޭ މީހަކަ..” ފަހުދުގެ ޖުމްލަ ބޭރުނުވެ ދޫ ތަޅުލެވުނުކަހަލައެވެ.

ކުއްލި ސިހުމަކާއެކު ފަހުދުގެ އަނގަ ބަންދުވެގެން ދިޔައީ ސަމީރު ވަރަށް ބާރަށް ރުޅިއައިސްގެން މޭޒުގައި ޖެހުމުންނެވެ.
ސަމީރުގެ ރުޅިވަނީ އިންތިހާއަށް ގަދަވެފައެވެ. ހިތާމަވެރި އިޚްސާސްތަކެއް ލޭގެ ނާރުތަކުގައި ދައުރުވަމުންދަނިކޮށް ކުއްލިޔަކަށް ތަބީޢަތު ބަދަލުވީއެވެ. އެ ހިތާމަވެރިކަމާ ރުޅިވެރިކަން އެކުވުމުގެ ސަބަބުން ތާޒާ ކަމާއެކު ހަށިގަނޑުގައި ހިނގަ ހިނގާ ހުރި ލޭ ކެކި ހޫނުވެގެންދިޔައީއެވެ.

“ކިހާދެރަކަމެއް! ކޮބާތަ މަގޭ ކުށަކީ؟ މި ސަމީރު ނޫން މީހަކު ފަހުދަށް ނުފެނުނީތަ މިރަށުން. އަބަދު އަބަދު އަބަދު…
މަށަށް ހަމަޖެހިގެން ހަމަ އެންމެ ނޭވާއެއް ލާނެ ފުރުޞަތު ދީބަލަ. އަހަރެން ކޮން އުނދަގުލެއް ކުރާތީތަ ތިއުޅެނީ؟ ކުށެއް ވެވިފަ އޮތިއްޔާ މާފަށްއެދެން. އެކަމަކު މަށަކަށް ނޭނގެ ކީއްވެ ކަމެއް ތިހެން ތިހަދަނީ!! އަހަރެން ވާހަކަ ނުދެއްކީ، ވާހަކަ ނުދެއްކީމަ ފަހުދު ދާނެކަމަށް ހީކޮށް. ކޮންމެހެން އަހަންނާ ދިމާލަށް ބީރެކޭ.. މަންމަނެކޭ.. އަނދިރި މީހެކޭ ނުކިޔަސް ވެދާނެދޯ؟..
ނަސީބެއްނު އަހަރެން މިއަދު ތިބުނާކަހަލަ ނުކުޅެދޭ މީހަކަށް ނުވިކަން. އެހެން ނޫންނަމަ… އެހެން ނޫންނަމަ ކަލޭ އަހަރެން އެހާލާއިންވެސް އުޅުނަ ނުދިނީސް. ނުކުމޭ. ނުކުމޭ މިތަނުން.”
ސަމީރު ވަނީ އިންތިހާއަށް ހިތުގަ ޖެހިފައެވެ. ދިރިއުޅުން މަތިން ފޫހިވެ މާޔޫސްވެފައިވާ ނިކަމެތި އިންސާނެކޭ އެއްވެސް ފަރަގެއް ނެތެވެ.

“މިތަނުން ދާންމިއައީ. ހުންނާކަށް ނޫން.. ހާސްނުވޭ. އަދި ބުނާނަން ވީގޮތް.. ފެންދީފަ މަރާލަން މިމަޑުކުރަނީ.. ހެހެހެ. ވަގުތު ނުޖެހޭތީ މާފް ނުކުރެވިގެން މިއުޅެނީ. ހެހެހެހެ.. އެގޭ މީހުން ބުނީ މިއަދު ހެދިކާ ނަހަދާ ވާހަކަ ބުނެލަދޭށޭ. އެހެންވެ މިއައީވެސް މިގެޔަށް.” ފަހުދު ނުކުމެގެން ދަމުން ބުނެލިއެވެ.

ދޮރުގައި ޓަކިޖަހާލި އަޑަށް ސީމާ ދޮރު ހުޅުވާލިއެވެ. ކޮތަޅުތަކެއް ހިފައިން ހުރި މޫސަ ވަރުބަލިކަން އިޙްސާސްވެފައި ހުރިނަމަވެސް ފުރަތަމަ ހިނިތުންވުން ސީމާއަށް ހަދިޔާކޮށްލިއެވެ. އެކަމުގެ ސަބަބުން ސީމާއަށް ލިބުނު އުފާ ބަޔާން ކޮށްދޭކަށް ނޭނގެއެވެ. އެހެން ގޮތަކަށް ބުނަންޏާ ސީމާގެ އެއުފާވެރި ކަމުގެ އިޙްޞާސް މިއަދު ތަފާތެވެ. ސީމާ ހިތުން ސީމާގެ އުފަން ދަރިއެއް މިއަދު ދުނިޔޭގައި ހުރިނަމަވެސް މޫސަ ކަންތައް ކުރާނީ މިފަދައިންނެވެ. ނޫނީ މިއަށްވުރެވެސް ލޯބިން ޤުރުބާންވަމުންނެވެ.

“ފާއިދު! ހާލު ކިހިނެއް؟ އަވަހަށް އެތެރެއަށް ވަދޭ.” ފާއިދުގެ ކޮނޑުގައި ހިފާ ސީމާގެ ގަޔާ ކައިރި ކޮށްލާ ބައްދާލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“ދައްތާ! ކޮބާ ކޮއްކޮ؟ ތުގާ ކޮއްކޮގެ އުފަންދުވަސްތަ؟ ހާދަ ރީތިކޮށްލާފަ މިއޮތީ މިތަން.” ފާއިދުގެ މޫނުމަތިން އުޖާލާކަން ފާޅުވިއެވެ.

“ފާއިދު! ދަރިފުޅު އަންނާތީ އުފަލުން ދައްތަ ކުރިކަމެއްމީ..
ބަލާބަލަ. މޭޒުމަތި… ގޮސް އެފޮށި ކަނޑާބަލަ. އެވެސް ދަރިފުޅަށް ދައްތަ ހެދި ހަދިޔާއެއް. ދައްތައަށް ފާއިދު ކައިރިޔަށް ގޮވާލަންވެސް ނުދެވުނެއްނު. އެހެންވެ ހަދިޔާއެއް ހެދީ” ސީމާގެ
ހުރިހާދަތެއް ދައްކާލަމުން ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ.

ފާއިދު ހައިރާން ވިއެވެ. އެހެނަސް އެހައިރާން ކަމުގެ މައްޗަށް އުފާވެރިކަން ވެރިވެގަތީ ނުހަނު އަވަހަށެވެ. ސީމައްތައާ މޫސަބެގެ ފަރާތުން މިފެންނަ ހިތްހެޔޮކަމާއި އޯގާތެރިކަމަކީ މުޅިން އަލަށް ފާއިދަށް މިދުނިޔޭން ދެކޭ ސިފައެކެވެ. މިފަދަ އުފާވެރި ކަންކަމުގެ ސަބަބުން ގިނަ ފަހަރަށް ފާއިދު އޭނަގެ މަންމަ މަތިން ހަނދާންނެތެއެވެ. ނޫނީ ބައެއް ފަހަރު މާބޮޑަށް ހަނދާންތަކެއް އާލާވެއެވެ. އެފަދަ ކޮންމެ ވަގުތަކު ފާއިދަށް ސީމާއާ އޭނަގެ މަންމަގެ ތަފާތު ފާހަގަ ކުރެވެއެވެ. އަޅާ ކިޔާލެވެއެވެ. ދެމީހުންގެ އަޚްލާޤް އުޑާ ބިމާހާ ތަފާތެވެ.

ޖައްވުގައި މުޅިދުހު އުފައްދާލި ހޫނުކަން މަޑުމަޑުން ކެނޑެމުން ގޮސް ރޭގަނޑުގެ ފިނިކަމަށް މަރުޙަބާ ކިޔެވެ.
މަހޫއާ މާލިކް ނިންދެވުމަށްފަހު ބޭރުގައިވާ އުނދޯލި ވަރަށް މަޑުމަޑުން ހެއްލާލަ ހެއްލާލާ ސަމީރު އިނެވެ. އެކަނިވާ ކޮންމެ ވަގުތަކު ސަމީރުގެ އެންމެ ގާތް އެކުވެރިއަކީ ތަފާތު ޚިޔާލުތަކެވެ. ބޯ ގޯސް އެތަށް ޚިޔާލެކެވެ. ބުއްދިވެރި ނިންމުންތަކެވެ. ނޫނީ ވަކިގޮތެއް ނިންމަން އުނދަގޫ އެތައް ގޮންޖެހުންތަކެކެވެ. އެތައް އިރަކު ވިސްނަން އިން ސަމީރު އުނދޯލިން ތެދުވިއެވެ. ސަމީރުގެ މިސްރާބު ހުރީ ގެއިން ބޭރަށް ދިޔުމަށެވެ.

“އައްސަލާމް ޢަލައިކުމް.” ތަނަވަސް ގޭތެރެއަށް ސަމީރު ސަލާމް ގޮވާލި އަޑަށް އަންހެނަކު ނުކުމެގެން އައެވެ.

“ވަޢަލައިކުމުއް ސަލާމް. ސަމީރު… ހާލު ކިހިނެއް؟ ބަލިވެގެން ވަރަށް ދުވަހު މާލޭގަ އުޅެލާފަ މިއައީ.،. މާލެ ގެންދިޔަފަހުން ތުގާގެ ޙާލަކީ ކޮބާ؟” އާދިލާ ސުވާލުކޮށްލިއެވެ. ކޮންމެހެން ވިޔަސް އާދިލާއަށް ދުވަހަކުވެސް ތުގާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެއެވެ.

“އަހަރެން ދެން އެކަހަލަގޮތެއް. އަދިވެސް ދިރިއުޅުން މުޅިން ހަމައަކަށް ނޭޅޭ. އެހެން ގޮތަކަށް ބުނަންޏާ އަހަރެންގެ ދިރިއުޅުން މިހާރުވެސް މިވަނީ ބޮއްސުންލާފަ. ދަތި ޙަޔާތެއްމީ. ހެހެ.. އެކަމަކު ތުގާއާ ކޮންމެ މަހަކު ބައްދަލުވޭ. އެމަންޖެ ހަމަ ވަރަށް އުފާވެރި. الحمدالله…” ގަދަކަމުން އުފާވެރިކަން ވެރިކޮށްލަމުން ސަމީރުގެ ދިރިއުޅުން ހުރިގޮތް ކުޑަގޮތަކަށް ކިޔައިދިނެވެ.

“އެހެންތަ؟ ކޮބާ އަނެއްކުދިންކޮޅު؟ ބޮޑު ސޮރު ތުގާ ހޯދާކަށް ނޫޅޭތަ؟” އާދިލާ ޖޯޝާއެކު އަހާލިއެވެ.

“ނިދާފަތިބީ. ކުރީކޮޅު މާލިކް އުޅުނެއްނު ވަރަށް ކޮއްކޮވެގެންދޯ؟ އަހަރެމެން އޭރު ބުނެދިނީމެއްނު މާލެ ދިޔާމަ ދެން ކޮއްކޮއެއް ނުފެންނާނޭ. މިހާރު އެއްވަރަކަށްވެސް އެހެން ނުކިޔަ. ބައެއްފަހަރު ނިދާގަޑީގަ ހަނދާންވީމަ އަހާލާނެ. އަހަރެން ދެން ކޮންމެސް އެއްޗެކޭކިޔާފަ ހަމަޖައްސާލަނީ. އާދިލާ ކީއްކުރަނީ މިގޭގަ؟” ހަ އަހަރުގެ މާލިކްގެ ވާހަކަ ކިޔާދިނުމަށް ފަހު ސަމީރު އަހާލިއެވެ.

“އަހަރެން ކަމަކު މިގެއަށް އައީ. އެކަމަކު މިގަޑީގަ ކުރަން އައިކަންތައް ވާންނެތީމަ ގެއަށްދާން މިދަނީ. ސަމީރު ކާކު ހޯދަން؟” އަަދިލާ އަހާލިއެވެ.

“އަފީފާ އުޅޭތޯ ބަލައިލަން މިއައީ. ދޮށީ ދަރިފުޅު ވަރަށް ފަހުން ބަލިވި. އޭނަ އެދުހު ވަރަށް އަޅާލި އަހަންނާ އަހަރެންގެ ދެކުދިންނާވެސް. ދެން އެކަމަކު ވީގޮތެއް ނޭނގޭ. އޭގެ ފަހުން އަފީފާގެ ޚަބަރެއް ނުވާތީ ވީކީއްތޯ ބަލައިލަންމިއައީ. ރަށުގަ އެބައުޅޭތަ؟” ސަމީރު ސުވާލުކޮށްލިއެވެ.

” އާނ! އާއިލާގެ އެންމެންވެސް އެބަތިބި. އަފީފާގެ ކައިވެނީގެ ކަންތައްތަކާ ވާހަކަ ދައްކަންތިބީ. ތާރީޚް ހަމަޖެހުނުހާ އަވަހަށް ކައިވެނި ކުރަން އެކިޔަނީ. އެމީހުން އެވާހަކައިގަ ތިބީމަ ދެން އަހަރެންވެސް މިދަނީދާން.” އާދިލާ ހިނގައިގަތެވެ.

އާދިލާގެ އެ ޖުމްލަތަކުން ސަމީރުގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ހަޤީގަތުގަވެސް މިރޭ ކަންތައް އެދިމާވީ ސަމީރު އުންމީދުކުރި ގޮތަކަށް ނޫނެވެ. އަފީފާގެ ކައިވެނި ހަމަޖެހި ނިމުނީއެވެ. ސަމީރުގެ ޖަވާބެއް އަފީފާއަށް ނުދެވެނީސް އާކައިވެންޏަކަށް އަފީފާ ތައްޔާރުވީއެވެ. ސަމީރަށް އިތުރަށް އިންތިޒާރުކުރަން އަފީފާ ބޭނުން ނުވީކަންނޭނގެއެވެ. ކުރާނީ ކީއްހެއްޔެވެ؟ އަފީފާއަށް ރަސްމީ ދަތުރެއްކޮށް ޖަވާބު ދޭން އައިރު ޙާލަތު މިވަނީ ބަދަލުވެފައެވެ. ސަމީރުގެ ހިތްބުނާކަހަލައެވެ. މިނޫން ގޮތެއް ހަމަ ސަމީރުގެ ޙަޔާތުގާ ނެތީހެއްޔެވެ؟

– ނުނިމެ –

——————-*******—————-
މިޕާރޓް ހުރިހާ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް ހީކުރަން. ? މިފެށުނު ނިއު ނޯރމަލްގައި ހުރިހާ ކުދިންވެސް ޞިއްޚަތާ އަމިއްލަ ރައްކާތެރިކަމަށް ސަމާލުކަން ދީގެން އުޅޭނެ ކަމަށް އުންމީދު ކުރަން. ? ހުރިހާ ކިޔުންތެރިންނަށް ޝުކުރިއްޔާ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޖައިޝް 3

Next

ޝަހަރު 15ވަނަބައި

Next
June 30, 2020

ޝަހަރު 15ވަނަބައި

Previews
June 30, 2020

ޖައިޝް 3

62 Comments!

  1. No.1 fan says:
    June 30, 2020 at 3:23 pm

    Yes sissy mi part vrh kamugossi hama. Masha Allah. Alhe Sameeru ah haadha baivaru hithaamaekey effaharaa e libenii. Vrh dhera vey Sameeru ulhey gothun. Vrh asarugadha mi part. Shaleen adhi basmagu beynunkoffa hunna gothun dhn hama heevanii kurimathin sifa vaahen.Thiulhey kuda kuda Malik ge kankan balailan vrh shauguverikan ithuruvey eba dhuvaheh dhuvahakah. 6 yrs v ma Malik ge umuraa balaafa eyna ge visnun hunna gothun. Afeefaa aa dhimaalah buni baskolhu. Ehaa rulhi aisgen belun vx . E umuruge kujjegge kibain vrh thafaathu and unexpected kameh. Anyway vrh vrh curious vejje Malik aa behey gothun ithuru kankan hoadhan. Thaaniya men ge habareh vx veythw hama kiyaanan kuriah huri part thah vx as always insha allah. Waiting for next part. Stay safe sissy

    1. Shaleen says:
      June 30, 2020 at 4:48 pm

      hey you
      Thank you for the very first comment dear.
      Ya vaahaka kiyaalumuga vaguthu heydha kollanvaany vaahakaige namah visnaigen aslu. Mibalanee hama vaahakaige namaa vaahaka ah seedha amaaz kolleveytho.
      IMTHIHAAN
      SO V gina kankan huredhaane meege thereyga dho. Hehhe
      Dhen kuda kuda maalik. Lets c hama hurihaa kudhinge mizaajves ehaa egoii vaanebaa? nooni malik ge backround balaalan madukollama dho.
      V ufaavey aslu thigothah vaahakain suvaalu ufahdhaalaathee.
      Thank you thank you thank you

  2. No.1 fan says:
    June 30, 2020 at 3:26 pm

    And i almost forgot. Congrats sissy hafthaage magbooluga last part himenifa iniima???. Vrh ufaavey hama mi vhk and Shaleen ah kuri erun libeythii. Will always support you insha allah . Good luck?

    1. Shaleen says:
      June 30, 2020 at 4:51 pm

      Alhamdhu lillah
      oh wow. Thanks a lot anekkaaves. V support kolladhevvaa readers kolhei shaleen ah libifa thibee
      Ma sha allah
      So hafthaa magboolgaves inyma realy hama v ufaavey
      Thi kudhin thi kohdhevvaa masakkathuge sababun.
      Thanks again

  3. Azura says:
    June 30, 2020 at 3:45 pm

    ??????????
    ??????????
    Shaleeen heyonuvaane sameer fakyrah thi haalu nujjasabala

  4. shaiiii says:
    June 30, 2020 at 4:06 pm

    wowww…hama vrh habeys mi prt vx….waitinggggg…..lysmmm…tc

    1. Shaleen says:
      June 30, 2020 at 4:52 pm

      thanks shaiiiii
      V ufaavejje reethi reethi comment eh libifa inyma
      Lysm

  5. Kiara says:
    June 30, 2020 at 4:27 pm

    Masha Allah Shaleen this story is totally awesome. Unique and heart touching. I’m waiting for upcoming parts. Keep it up

  6. Shaleen says:
    June 30, 2020 at 4:57 pm

    AZURA!
    Shaleen ves v balan eba sameeru ufaluga ulheyne dhuvahei feneytho
    Ekamves shaleenves mihaaru eba jehey v gina meehunnaa fight kuran sameer salaamai kuran beynun vanyaa.
    Readers ah takaa miulhenyves enyhunnaa fight koggen sameeru ah gothei feneytho balan ingey.
    Thihaa varah dhera vefa hunna imoji leema mihaaru shaleen maa emotional vejje.
    Ekam sameer mihaaluga ulhunas vaahala dhoonukollaa kiyaane kamah ummydhu kuran ingey AZURA

  7. Shaleen says:
    June 30, 2020 at 5:02 pm

    thank you KIARA for the very first comment form you.
    Dhevvaafa in baskolhah hama thafaathu shukurei. Hehe
    Lysm

  8. koimala says:
    June 30, 2020 at 5:42 pm

    V ufaavejje tuesdayga vaahaka up vefa inyma. Ekam mioh vaahakaeh dho.
    Sameer haadha hithaamaekey ekurany.
    Eulhey fahudhuves dhen pis pis.
    Ekamaku mi vhk hama v asarugadha. Shaleen v molhu hithaamaveri baithah liyan.
    Curiously waittttttttinggggg

  9. Dreams says:
    June 30, 2020 at 5:49 pm

    asarugadha mee haadhisaaeh
    Faharugaa mee imthihaanei
    Habarugaa vaa hithi handhaanei
    Ajalugaa vaathee sameerei
    Asarakun rohvvaifi hihthah
    Faharakun fahareime baarah
    Falakugaa nethakas ufaathah
    Fahudhakaa hedhi maduvi hihthah

  10. Manje says:
    June 30, 2020 at 6:42 pm

    Wowwwwwww. Nice nice nice masha allah. Waiting for next

  11. Shaleen says:
    June 30, 2020 at 8:31 pm

    KOIMALA!!
    v ufaavejje comment libifa inyma pending ga inas,
    ummydh kuran kuriyah oiithaaves vaahaka kiyaane kamah

  12. Shaleen says:
    June 30, 2020 at 8:34 pm

    DREAMS!!
    WOW WOW WOW
    ma sha allah
    Haadha reethi baithukolhekey
    Thafaathu commenteh
    V ufaavejje
    Ekam dheraee pending ga ineethee
    Ehen namaves hama bunelaany v reehchey thi dhevvi comment
    Lysm

  13. Shaleen says:
    June 30, 2020 at 8:37 pm

    thank you MANJE
    Comment fenuneema hama v ufaavejje.
    Lysm

  14. Shyyn says:
    June 30, 2020 at 9:02 pm

    O vrh reethi adhi thafaathu vahaka eh kamah faahaga kurevey. Vaahakaige namaa eggothah kiyuntherin ge keiyytherikamuge vx imthihaanakah vamun hama midhanii. Vrh reethi hama namaa gulhuvain egothah genesdheythii. Budha dhuvahuge inthizaaruga mihurii hehehe. Take care

  15. Saara says:
    June 30, 2020 at 9:04 pm

    Kamugossi varah mi vahaka. Liyuntheriyaage bura masaiyykaiyy faahaga kurevey kiyaaliima. Reethi masha allah

  16. Shaleen says:
    June 30, 2020 at 11:51 pm

    thank you SHYYN
    Comment fenuneema v ufaavejje.
    Ummeedh kuri fadhain vaahaka reethiveemaves hama v ufaavejje.
    Ya. Dhen hama next part akah inthizaaru kollaa ingey

  17. Shaleen says:
    June 30, 2020 at 11:53 pm

    SAARA
    Thank you hama so much
    Lysm
    Stay safe
    Stay home
    Saty quarantine

  18. Reader says:
    July 1, 2020 at 6:29 am

    Adhikiriyaa kiyaalevey varu mi v . Anekkaa vx sameeru ah ithuru hithaama eh dhw. Ekam vx dhn ok . Vahakaige namuge gothun vx ingeythaa eba ehaa faseyha eh nuvaane kan sameeru hinithun velain hunnathan balaakah. Will be waiting till that day hama.

    1. Shaleen says:
      July 1, 2020 at 9:11 am

      hehe. Aan emme furathamaves hama bunelaany v bodah shukuriyyaaey reader ge faraathun alah comment eh hama milibuni.
      Dhen thibunaahen sameeruge haalakee ei .v imthihaan ge vaahakaeh miee. Dho.

  19. Hawwa says:
    July 1, 2020 at 6:31 am

    Varaha reethi mi part. Kuriah oiyy bayah inthizaaru kuranee mi

    1. Shaleen says:
      July 1, 2020 at 9:13 am

      thanks hawwa.
      V ufaavejje inthizaaru kuramundhaa vaahaka buneleethee
      Hehe

  20. Dhisha says:
    July 1, 2020 at 7:30 am

    OMG. Imthihaan thah hama gina vanii dhw hehe. Anyway abadhuvx Sameeru n Shaleen ah support kuran hunnaanan. Sameeru ge imthihaan pass vaa goiyy balailan vrh beynun. Ehnve mi vahaka hama kiyan komme week aku vx.

    1. Shaleen says:
      July 1, 2020 at 9:14 am

      hehe. Asluvestha.
      V ufaavejje. Imthihaanakun pass vaany v gina hihvaru koggen dho.
      Lets see kihineitho mivaahaka nimigen dhany.
      Ummydhu kuran vaahaka nimigenves dhaany thihaa curious vefa thibba kama

  21. Maree says:
    July 1, 2020 at 7:34 am

    Oh again hama varah interesting part eh. Masha Allah. Vahaka dhuvaheh dhuvahakah dhigu vamun dhaakamah vx hama faahaga kurevey as readers want. Great job Shaleen. Keep up your hard work. Waiting waiting……

    1. Shaleen says:
      July 1, 2020 at 9:16 am

      Hey thanks a lot
      Ya vaahaka dhigu kurumah mi masakkai kurany.
      Ehen namaves huredhaane baeh part thah hama kuruvefa ves
      Ummydhaki ekamves vaahaka nimey irukiyuntherin hih hama.jehey vaahaka akah vegen dhiun

  22. Hanan says:
    July 1, 2020 at 10:44 am

    Hi shaleen
    Mi vaahaka feshigen kiyaalan hithah eree hafthaage magboolga ineema
    Feshigen kiyaalaifin hama 2 dhuvas therey.
    Vhk aa dheythere ehchei bunanyaa buneveynee.. Mee varah suvaalun furifavaa vaahaka ekey. Hama v undhagoovi guess kuraa gothaa hilaafah kanthahthah dhaathy.
    V hairaan vaa gothah vaahaka liya kulhadhaana liyuntherieh thee

  23. Imthihaan says:
    July 1, 2020 at 10:48 am

    Hey shaleen
    Full of questions
    Waiting so curious
    Need more answers
    Alhey dhen afeefa kaakaatha marry kuran e ulheny

  24. Shaleen says:
    July 1, 2020 at 10:52 am

    Hi HANAN
    Hanan get faraathun libunu furathama comment ves iny pending ga Veena v dhera.
    Ehnnamaves this dhevvaafa in commentah hama ufalun hih furijje.
    Ya thafaathu ekikahala liyuntherin ulheyne dho
    And v ufaavejje magbool ga innathan fenigenves vaahaka kiyaaleema 2 dhuvas therey
    Thanks a lot

  25. Shaleen says:
    July 1, 2020 at 10:55 am

    IMTHIHAAN!!
    Thank you for the comment.
    Hehe.
    Dhen balan madukollabala alhe afeefa kaakaatho miulheny marry kuran. Dhera gothei dho sameerah mi vanyves anekkaa

  26. Masha9092 says:
    July 1, 2020 at 12:57 pm

    Masha Allah
    Mi vahaka ah hama miharu v inthizaru kurevey,
    ?
    V furihama, hafthage maguboolu vahaka ah v thi maruhabaa
    Waitting 4 next up cumin

  27. Idhy says:
    July 1, 2020 at 3:15 pm

    Hi Shaleen. Alhe Afeefaa ehn meehaka marry kurantha e ulhenii hama. Ehn viyyaa dhn Shaleen avahah Sameeru ah vx ehn meehaku hoadhadhii heheh. Vrh habeys ingey hama mi part. Witing for part 15. Well done

    1. Shaleen says:
      July 1, 2020 at 5:22 pm

      ldhy hi
      Afeefa dhen miulheny kaakaatha hama innan dho. Shaleenves v hithah araaeba kaakah baaey sameeru dheynvee. Kommes meehakaa sameeru havaalu kuraanyhey dhen . Nooni bahattaaneehey

  28. Shaleen says:
    July 1, 2020 at 5:25 pm

    HI MASHA
    so much thanks for the support from u and your precious comments.
    Thihaavarah story kiyan madukollaathyves v ufaavey hama.
    Lysm

  29. Shaleen ge kokko says:
    July 1, 2020 at 7:57 pm

    Shaleeeeeen. Alhe Sameeru ah haadha hithaamaekey effaharaa thidhenii. Dhn alhe Sameeru heelaa kahala kameh vx kollaba. Ekam vx vahaka vrh reethi ingey. Title aa vx gulhey masha allah. Waiting waiting waiting waiting……..

    1. Shaleen says:
      July 1, 2020 at 9:07 pm

      hehe. Thanks
      Sameeru hevvaalanvaanee adhi readers rovvaalaafa dho.
      Egoi kihinei vaany?
      nooni sameeruge ajalu hamavandhen hithaamaaga bahattaalamaa?
      egoives kihinei vaany.
      Any ways sameeru adhives heenula shaleen v masakkai koffin hevvaalanves
      Ekm ves..

  30. Ayaanaa says:
    July 1, 2020 at 8:12 pm

    Wowwwww. Hafthaage magbooluga 13 n 14 vx. Congrats dear. Mi vhk reethikamuge hekkeh dhw hehehe

    1. Shaleen says:
      July 1, 2020 at 9:08 pm

      Hehe saabas ingey Ayaanaa sis.
      Shaleenge fanun v masakkai kohdheythee egothah eynee vefa.
      Alhamdhu lillah

  31. Aadhila says:
    July 2, 2020 at 2:03 pm

    Varah vs furijama
    Abadhu vs vahaka ah inthixarukurevey

  32. Afeeefaaa says:
    July 2, 2020 at 2:08 pm

    Sameer ufa vaane dhuvaheh fennane dhuvaheh ge innthizaru ga a ba hurinn
    Sameer aa aki hama

  33. Thugaa says:
    July 2, 2020 at 2:09 pm

    Mahoo & maalik aa dheytherey varah vs vissney
    Dhn vaani kihineh baa a

  34. Faathina says:
    July 2, 2020 at 3:07 pm

    Mi vahaka kiyann feshunu moya hithah araiifi,
    Vaahaka rythi v ma huvani haftha vs 3 haftha ah vejje henn, haadha thigu inthixareh kurann jehey henn, kehtherikann kolhunn lani hama, vahaka a ki kiyala hihvani
    Mi immthihanunn fass vani kaaku baa
    Shaleen heyonuvane sameer ah thihenn nahadhabala

  35. Saamiya says:
    July 2, 2020 at 5:17 pm

    Mivahaka mi e mifahuge dharyhehga kiyunu amme asarugadha ae vahaka
    Dhnvani kihineh ba?

  36. Shaleen says:
    July 2, 2020 at 5:26 pm

    thanks AADHILA
    abadhuves inthizaaru koh koh hunnaashey shaleenves bunelan othee

  37. Shaleen says:
    July 2, 2020 at 5:28 pm

    Afeeefaaa
    Haadha rangalhey dho sameeruge ufaaverikamah inthizaaru kuraathy.
    Thihen ulhefa esorah hithaamaeh nudheynekamah heekuran.

  38. Shaleen says:
    July 2, 2020 at 5:36 pm

    Thank you THUGAA
    maalik and mahoo dho
    Ekudhinnah vaagoi balaalan.madukollamaa hingaa
    Hehe.

  39. Shaleen says:
    July 2, 2020 at 5:39 pm

    nooney FAATHINA
    faathinaa kahala reader eh inthizaaru koh koh moyanuvahchey.
    Mi vaahaka hama veevarakun up kureveytho mi balany.
    Bz bz bz schedule ehga ulhemunves

  40. Shaleen says:
    July 2, 2020 at 5:41 pm

    SAAMIYA
    haadhahauwa thank you ekey bunaahih vanee . Thi buni vaahaka akun
    Ehnve bunelaafin.
    Hehe v ufaa feel
    Thanks a lotz

  41. Lil sis says:
    July 3, 2020 at 8:57 pm

    Hey.. Haalu kihineh sis? Hama varah ves reethi mi part in’gey, Masha allah. Allah bless you in your works. Alhey.. Sameer ah kihineh mi vanee dhw. But I don’t think Afeefa will take her decision like this henneh. Because adhi adhah fenun gothun nama vrh kind meeheh dhw asluga. Maalik 6 years ey??? But how? Eynave talking style, every single action. Something’s wrong with him. Curiously waiting for the next part to get answers to my questions. Try well and Stay safe.
    Lots of love ❤
    Lil sis

    1. Shaleen says:
      July 4, 2020 at 12:58 pm

      hi Lil sis.
      Thank you ingey
      Hingaabala balamaa dho alhe afeefa ge decission. And dhen maalikge age aa malik varu kujjakaa nugulhey kankan vhk ga vaathy doubt vanytho? lets c maalik ge story adhi onnaany kuriyah. Wait kollaa.
      Hehe

  42. 2000 says:
    July 3, 2020 at 9:48 pm

    Sis kihineii tha?mi part vx vrh vrh vrh reethi…waiting for the next part?

    1. Shaleen says:
      July 4, 2020 at 12:59 pm

      oh really
      Thanks

  43. Minha says:
    July 4, 2020 at 8:55 am

    Afeefa alhe kuraa kanthah dhw. Aameeru kairi adhi ehn bunefa mihaaru e ulhenii kaiveni hamajassan. Waiting waiting

    1. Shaleen says:
      July 4, 2020 at 1:00 pm

      thank you fr the cmnt
      Ya afeefa ves kaiveni kuran ulheny dho
      Sameerah anekkaaves hithaama milibeny

  44. Kasshaf says:
    July 4, 2020 at 8:59 am

    Miulhey Fahudhu eh alhe ulhey goiyy. Anekkaa kobaa baa ekam fahudhu e sirru kuraa kamaki? Fendheefa maraalan hehe i liked that sentence a lot. Dhn anekkaa afeefaa kaiveni hamajassan e ulhenii kaakaabaa? Sameeru aa tha anekkaa??? Curious for next part. Lysm

    1. Shaleen says:
      July 4, 2020 at 1:02 pm

      thanks fr the cmnt dear
      Lets c dho afeefa kaiveni hama jassany kaakaatho.
      And fahudhu ge ebunaa bodu sirru heevany readers mikamah v wait kollan jeheynehen
      Hehehe

  45. Halle says:
    July 4, 2020 at 8:32 pm

    Maasha allaah.. vvv reethi mipartves..hama obinoavey..kuriyah huribaithah kiyan v bodah intrest ebahuri…keep it up..tvgc.lysm

  46. Shaleen says:
    July 4, 2020 at 11:09 pm

    Thanks Halle
    Ummydhaki vaahaka nimendhen abadhuves shauguverikamaaeku vaahaka kiyumugaa dhemihurun

  47. Real Me says:
    July 5, 2020 at 8:16 pm

    Hey dear how’s you? Vrh vrh bodah maafah edhen mihaa lasvaathee comment kurumuga. Vhk hama vrh habeys. Kiyaalaa hithun kiyaalevey eh sababakee vhk liyumugaa gengulhey ukulhuthakaa sifakurun thah. Fahudhu mee adhi haadha vareh vaa firihenekey dhw. Sameerah hama neyvaa liyah nudheyey e meehaa. Dhn Maalik aa kudhin dhas nukuraanetha mi gothah vaahaka dhakkan? Keekey dhn bunaanii? Thagudheeruga faaidh ah ves lahvaifi ufaaveri dhuvas kolheh. Dhn e kujjaa balai ayas ves nudhaane kanneynge dhw. Lets see what happens?. Keep your great work same as now is. Stay home and quarantined. Love you sisss ❤

    1. Shaleen says:
      July 5, 2020 at 11:53 pm

      omg!
      Real Me !!
      v v v v v v wait koffin Real Me ge comment akah. Comment nulibifa dheravefa huttaa lahun viyas cmnt kolleema mireyge nidhives filaa hingajje. Hehe
      Faaidh balaa anna dhuvas dhekelan beynuntha Real Me??
      hingaabalamaa faaidh bodah baruvaany kon side akahtho??
      Ya fahudhu othy kurinves malik kurinathee egothah vaahaka dhakkaafa dho.
      Lets lets lets C ?
      Hey you
      So much thankxxxxxx fr the grt comment dear

Comments are closed.

Next Episodeއިމްތިޙާން 15←


All Right Reserved!