Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 19

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 30, 2020 3 Mins Read
21 Comments

“ކާކު ބުނީ؟ ކާކު ބުނީ ބައްޕަ ބޭރަށް ދެޔޭ؟؟ އެހެންނޫނަސް ބައްޕަ ބައެއްފަހަރު ދަރިފުޅު ފޮނުވަމެއްނު ބޭރަށް.” ސަމީރު ހައިރާންވިއެވެ. މާލިކްއަށް ސަމީރު ރޭގަނޑު ބޭރަށް ދިޔަކަން އެނގެންވީ ކީއްވެހޭ ހިތަށް އަރާފައެވެ. އެއަށްވުރެ ބޮޑަށް ސަމީރު ހިތުގައިވެސް ޖެހިއްޖެއެވެ. އެހާ ލޯބި ފިރުމުމަކުން މަހުރޫމުވާން މާލިކްގެ އަމިއްލަ ނަފްސު އެކުޑަކުޑަ ސިކުނޑިއަށް ވިސްނައިދިނީތީއެވެ.

“ހޭލެވުން އިރު ބައްޕަ ނެތީމަ. ބޭރު ބެލިއިރު އުނދޯލީގަވެސް ނެތް.” މާލިކްގެ މޫނުމައްޗަށް ރުޅިވެރިކަމުގެ ރޫތައް އަރުވާލަމުން ބުނެލިއެވެ.

“ކީއްވެތަ ދަރިފުޅު މިހާރު ބައްޕަދެކެ ތިހާ ރުޅިއަންނަނީ؟ ބައްޕައެއްނު ހުރިހާ ކަމެއްވެސް ދަރިފުޅަށް މިކޮށްދެނީ؟ ދެން ބައްޕަދެކެ ރުޅި ނާންނައްޗެ އިނގޭ.” އަނެއްކާވެސް ސަމީރު ލޯބިން ނަސޭހަތް ދިނެވެ.

“ޔުސްރާއްތަ މިގޭކައިރި ހުރިއްޔާ ދޭ ގޮސްލާފަ އަންނަން. އަވަހަށް އަންނައްޗެ.” ސަމީރު އެހެން ބުނުމާއެކު މާލިކް ދުއްވައިގަނެގެން ނުކުތެވެ.

ވައަތު ކިހިއްޔަށް ފެން ބަނޑިޔާ ޖަހައިގެން ފަރިހިނގުމެއްގާ އަފީފާ އޭނާގެ ގެޔާ ދިމާލަށް ހިނގަމުން ދިޔައެވެ. އަފީފާގެ ފަހަތުން އެހެން މީހަކު އަންނަކަން އޭނާއަށް އެނގުނީ އެމީހާ ކަރުކެހިލުމުންނެވެ. އެއީ ގަސްތުގައި އެމީހާ ކޮށްލި ޖެއްސުމެކެވެ. އަފީފާ ފަސް އެނބުރި ބަލައިލުމަށްފަހު އަނެއްކާވެސް މޫނު އަނބުރާލިއެވެ.

“އޭތް! ހާދަ ރުޅި އައިސްފަ އަދިވެސް… މަޑުކޮށްބަލަ.” ފަހުދު ގޮވާލުމާއެކު އަފީފާ ވަގުތުން ހުއްޓުނެވެ. އަފީފާގެ ބޭނުމަކީ ފަހުދުކަހަލަ މީހުންނާ ކުރިމަތިލާ އަމިއްލަ ނަފްސު ހިމާޔަތް ކުރަން މަސައްކަތްކުރުމެވެ.

“މަޑުކޮށްލީ.. ހިނިވެސް އައީމިދެން.. ކިހިނެއްވީ؟” އަފީފާގެ ލާނެއްކަމުން ފަހުދު ހިސާބަކަށް ރަކިވިއެވެ.

“ދެން ބުނެބަލަ. މަގޭ ކޮން ވާހަކައެއްތަ އެނގިގެން ތިއުޅެނީ.”
ފަހުދު ހީވަނީ މަޑު ފުށްކޮޅެއް ހެންނެވެ. ނޫނީ ކުށެއް ކުރެވި އަދަބެއް ލިބެމުންދާ މީހެއްހެނެވެ.

“ކަމެއް ހަމަ ނުކުރަންތަ؟ ހަމަ ދުވަހަކުވެސް؟.. ބުނަންތަ ރަނގަޅު ވާހަކައެއް. އަމިއްލަ މީހާގެ ކުށަކީ ކޮބައިކަން ނޭނގޭ މީހުން އެހެން މީހުންގެ ކުށް ހޯދަން ނޫޅެބަލަ. އަމިއްލައަށް އުޅެވޭނެކަން އެނގޭ ފެންވަރުގެ މީހެއްނުތީ…. އެހެންވީމަ އެހެން މީހުންގެ އެހީތެރިކަމުގަ އުޅޭ ނިކަމެތިންނަށް އެމީހުންގެ ފެންވަރު ކިޔާދޭން ނޫޅޭ.. ބަޔަކު ނުބުންޏަސް އެމީހުންނަށް އެނގޭނެ އެމީހުންގެ ނިކަމެތިކަން.” އަފީފާ ވަށްބަހުން ބުނި ކޮންމެ ޖުމްލައެއް ނިސްބަތްވަނީ ފަހުދުގެ އިތުރުން ސަމީރަށެވެ. އެކަން ފަހުދަށްވެސް އެންމެ ރަނގަޅަށް އެނގެއެވެ.

“ހެހެ… ސަމީރާ ނުޖައްސާ އެއްޗެއްވެސް ނުބުނެވޭދޯ މީނައަށް. އަފީފާ އެހެންވީމަ މޮޅީ. މަށަށް ނޭނގުނަސް މަގޭ ކަންކަން އަފީފާއަށް އެބަ އެނގޭ… ސަމީރު ރުޅި ނާންނަންޏާ ގޮތް ދޫކޮށްފަ ތި ބަނޑިޔަލުން އަހަރެން އަތަށް ފެން އަޅާދީބަލަ. ވަރަށް ކަރުހިއްކާފަ މިހިރީ.” ޒާތެއްގެ މަލާމާތެއް ކުރަމުން ފަހުދު ހިނިގަނޑެއް ޖަހާލިއެވެ.

“ސަމީރު ރުޅިއަންނާނެ…. އަދި އަމުދުން ފަހުދަށް އެހާ އިއްޒަތުގަ ފެންދޭން. ތިހިރީ މިތާ ކައިރި ޔުސްރާމެންގެވެސް ގޮސް ފެންބޯންވީނު… ތިއުޅެނީ މަލައްވާ މިތާ ޑްރާމާ ކުޅުވަން.” އަފީފާ ގޮތްދޫ ނުކޮށް ހިނގައިގަތެވެ. ފަހުދު ކީއެއްވެސް އެއްޗަކަށް އަޅާނުލައެވެ. ފަހަތަށް އެނބުރި ބަލައިވެސް ނުލައެވެ.

“ހާދަ ބޯވެސް ބޮޑޭދޯ. މަބަލާނަމޭ ތިހެން ގޮސް އުޅެވޭތޯ! އަމުދުން ސަމީރާ އިނިއްޔާ. ހައްހައްހާ…” ރުޅިއައިސްފައިހުރެ ފަހުދު ބުންޏެވެ.
ފަހުދު އައީ ފަހުދަށް ކުރެވިފަ އޮތް ކުށަކީ ކޮބައިކަން އަފީފާގެ ފަރާތުން ހޯދުމަށެވެ. އެހެންނަމަވެސް މިފަހަރުވެސް އެކަން ކާމިޔާބު ނުވުމުން ފަހުދުގެ އަމިއްލަ ނަފްސު އޭނާއަށް މަލާމާތް ކުރިހެން ފަހުދަށް ހީވިއެވެ. ފަހުދުގެ ހިތުގާ އުފެދެމުން ދާންފެށި ގިނި އިތުރަށް ރޯވާން ފެށިއެވެ. ބަދަލު ހިފުމުގެ ރޫހު އިތުރަށް އާކޮށްލަން ފަހުދުގެ އަމިއްލަ ނަފްސު އޭނާއަށް ފުރުޞަތު ދޭންފެށިއެވެ.

“ސަމީރު! ހާދަ ބުރަކޮށް. ކޮބާ ކުދިން؟ ކޮންކަންތައް ގަނޑެއް ތިކުރަނީ؟” ސަމީރުގެ ކޮޓަރިއަށް ވަދެގެން އައިސް އެނދުމަތިން ހުސްކޮށް ހުރި ތަންކޮޅެއްގައި އިށީންނަމުން އަފީފާ ބުނެލިއެވެ.
އެ އެނދު މަތީގައިވަނީ އަލަމާރިން ނަގާފައިވާ ތަފާތު އެކި އެއްޗެއްސެވެ. އެއިން ކޮންމެ އެއްޗަކަށް އަފީފާ ވަރަށް ރަނގަޅަށް ނަޒަރު ހިންގަމުން ދިޔައެވެ.

“މަހޫ ނިދާފަ. މާލިކް ވެއްޖެ ޔުސްރާކައިރި. މިހާރު ވަރަށް ޔުސްރާއާ ދޯޅުވެގެން އުޅެނީ. ހެހެ… އެކަމަކު މިހާރު ވަރަށް ގިނަ އިރުވެއްޖެ ދިޔަފަހުން. އަދިވެސް ނާދެ. މިކަން ނިމުނީމަ ދެން ބަލާދާނީ.. އެކުދިން ނެތް ގަޑިއަކު މިހެން ސާފު ކޮށްލަންވެސް ފަސޭހަވާނީ” ސަމީރު މަސައްކަތް ކުރަންހުރެ ބުންޏެވެ.

“މިހާރު މަހޫއަށް ފަސްއަހަރު ފުރުމާ ގާތްވީ.. އަދިވެސް ނީންދަވަންތަ؟ ތިހެން ފަރިތަ ކުރުވާކަށް ނުވާނެ.. ދެން ދަސްކޮށްބަލަ އެސޮރު ނުނިންދަވާ ގެންގުޅެން.” އަފީފާ ރަނގަޅު ނަސޭހަތެއް ދިނެވެ.

“އާނ ވަރަށް ނުނިދާނަމޭ ކިޔައޭ. އަހަރެން ގަދަކަމުން ނިންދަވަނީ.. ނޭނގޭނެއްނު.. ކަންތައްތައް ކުރަންވީގޮތް ކިޔާލަދޭ މީހަކީވެސް ތީވިއްޔަ… ތިކަން ރަނގަޅު ކޮށްލާނަން.” ސަމީރު އެކަން ޤަބޫލު ކުރިއެވެ.

“ސަމީރު! ދެން ބުނެބަލަ އަހަންނާ އިންނާނަންތަ؟ ހަމަ ހުވާ!އަހަރެން މިހިރީ ސަމީރު ޖަވާބެއްގެ އިންތިޒާރުގަ. މިހާރު ސަމީރަށްވެސް މަޖޫބޫރު ވެއްޖެއެއްނު މީހަކާ އިންނަން” އަފީފާގެ އެހެން ބުނުމާއެކު ސަމީރުގެ މަސައްކަތައް ހުއްޓުން އެރިއެވެ. ވަރަށް ހައިރާންވެ ހުރެ ސަމީރު ގޮސް އަފީފާގެ ކުރިމަތީ ހުއްޓިލިއެވެ.

“ބުނީމެއްނު މުއްސަނދި މަހުޖަނަކާއޭ އިންނަން ތިއުޅެނީ. ބުނީމެއްނު މާއަޅާލާ އޯގާތެރި ބައިވެރިޔެކޭ.. އޭނަ ލިބުނީމަ ނޫންތަ ތިގޭ އެންމެން ވެގެން ކައިވެނީގެ ވާހަކަ ދެއްކީ. އަހަރެން ހީކުރީ ފަހުން.. އަހަނަނަށްވުރެ ހުރިހާ ގޮތަކުން ތަނަވަސް މުއްސަނދި ޙަޔާތެއް ލިބޭތީ އަހަރެން މަތިން ހަނދާން ނެތީކަމަށް.” ދެލޯ ކުޑަ ކޮށްލަމުން ސުވާލުގެ ނަޒަރަކުން ސަމީރު އަފީފާއަށް ސުވާލު ކުރިއެވެ.

ސަމީރުގެ ލޮލުން ފެންނަނީ ލޯތްބެވެ. އެހެންނަމަވެސް ސަމީރު ވާހަކަ ދެއްކީ އަފީފާގެ ކުރިމަތީ ވަރަށް ހިތްވަރު ކުރަމުންނެވެ. އެ ލޯބި ފޮރުވަން ސަމީރު ދިޔައީ މަސައްކަތް ކުރަމުންނެވެ.

“ސަމީރުގެ ޖަވާބެއްގެ އިންތިޒާރުގަ ކިހާދުވަހެއް މިހާރު މިހެން ހުންނަތާ.؟ އަހަރެންނާ ކައިވެނިކޮށް އަލުން މަހަށްދާންވެސް ފެށޭނެއްނު… ތެދެއް.. އަހަރެން ބުނިން މުއްސަނޖެކޭ އެއީ. އެމީހަކީ ސަމީރު… އަހަރެން ގަބޫލު ކުރާގޮތުގަ ފައިސާނެތަސް އެއީ ހިތުގެ މުއްސަނދިކަން. އަހަންނަށް އިނގޭ އަހަރެން ގޮވައިން އުޅެވޭނެވަރުގެ ކުޅަދާނަ މީހެއްކަންތީ.. ލޯތްބާ އަޅާލުން ދޭން އިނގޭ އޯގާތެރި އަކަށްވުރެ މުއްސަނދި ދީލަތި މީހަކު އުޅެފާނެތަ؟… އަހަންނަށް އިނގޭ ސަމީރު އަހަންނަށް އަނިޔާއެއް ނުކުރާނެކަން. އަޚްލާޤް ރަނގަޅުވެފަ އެހެން މީހެއްގެ އަޅާލުން މިވަގުތު ބޭނުންވެފަހުރީ ސަމީރުކަމަށްވާތީ އެދުހު އެހެންބުނީ.. އަހަރެންގެ ވިސްނުން ގޯސްނަމަ މީއެންމެ ފަހުފަހަރުކަމަށް ބަލާފަ އަހަންނަށް މާފްކުރޭ” އަފީފާ ވަރަށް ބާރަށް ނުކުންނަން ހިނގައިގަތެވެ.

އަފީފާގެ ލޮލުގައިވާ ކަރުނަތައް ބޭވަފާތެރިވީ ކޮން އިރަކުކަމެއް ޚުދު އޭނައަކަށްވެސް ނޭންގެއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ފައިބަން ތައްޔާރު ވަމުންދިޔަ ކަރުނަތައް އޭގެ މަޤާމުގައި ބަހައްޓަން އަފީފާއަށް މަސައްކަތް ކުރެވުނީއެވެ. އެހެނަސް އެއީ ބޭކާރުކަމެކެވެ. އަފީފާގެ ލޮލުގައިވާ ހުރިހާ ކަރުނައެއް އެއްފަހަރާ ބޭވަފާތެރިވީ ކަހަލައެވެ. ސަމީރުގެ ކޮޓަރިން ބޭރަށް ނުކުންނަންދިޔަ އަފީފާ ކުއްލިއަކަށް މަޑުކޮށްލީ ސަމީރު ބުނެލި ވާހަކައެއްގެ ސަބަބުންނެވެ.

– ނުނިމެ –
ޮ
——————-*******—————–
ޝަލީންގެ ހުރިހާ ކިޔުންތެރިންނަށް!
އުފާވެރި އަޟްޙާ ޢީދުގެ ތަހުނިޔާ ތިޔަފަރާތަށާ ތިފަރާތުގެ
ލޯބިވާ އާއިލާއަށް އަރިސްކުރަން. ???
އުންމީދު ކުރަނީ އަޅުގަނޑުގެ މި ހަދިޔާ ތިޔަ އެންމެހާ ކިޔުންތެރިން އުފަލާއެކު ބަލައިގަންނާނެ ކަމަށް. ✍️?
ކުރިޔަށް ހުރި ބައިތައް އަނެއްކާވެސް ކޮންމެ ބުދަ ދުވަހަކު ކިޔާލަން ލިބޭނެ.?
إن شآءالله

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޤުރުބާނީ

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..20

Next
July 30, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..20

Previews
July 30, 2020

ޤުރުބާނީ

21 Comments!

  1. No.1 fan says:
    July 31, 2020 at 1:56 pm

    Eid Mubarak Shaleen n Shaleenge family ah. Vrh vrh vrh vrh vrh vrh…. reehi mi part. Hama hevenii fahudhu ulhun gothun???. Alhe Afeefaage visnun dhw. So nice. Ekahala meehaku madhuvaane. Hope eyna hama aslu vx ehaa rangalhu kamah Sameeru ah. Sameeru keeky buniima baa afeefaa huttunii. Lemme guess. Sameeru yes bunii dhw???. Once again varah kamugossi mi part ingey. Dhuvaheh dhuvahakah hama Shaleen ge liyuntherikamuge hunaru vx heevanii ithuru vaahen. Well done sis?. Keep it up. Wish u all the best?. Lysm sissy?❤?

    1. Shaleen says:
      July 31, 2020 at 2:29 pm

      hello! No.1 fan
      ethah haaaaas fashun shukuriyyaa.?❤️
      Ya afeefa haadha kulhadhaana meehekey Mee dho.
      Sameeru alhe keekeybaa bunaanee.?
      This guess jolly dho. Let’s c kihinei tho vaan miulheny. ✍️✍️
      *******
      Kommehen viya thee shaleenge v bodu fan ehkamah abadhuves gaboolu Kuran.
      Thihaa support dhevvaathy ????❤️❤️❤️❤️
      V v v bodah ufaavey
      Thanks a lot
      Lysm❤️ dear

  2. azooazoo says:
    July 31, 2020 at 4:18 pm

    Woow

  3. Shaleen says:
    July 31, 2020 at 4:54 pm

    Thank you azooazoo
    Comment libuneema v ufaavejje
    ??❤️

  4. Quin me says:
    July 31, 2020 at 5:00 pm

    Hi shaleen
    This is wow..
    V v v v kiyaahithun indha mi nimunee.
    V ufaavejje thikahala comment eh viyas kollyma

  5. Dhaan says:
    July 31, 2020 at 5:05 pm

    Nice ? alhe Sameer keekeytha mikiyan ulheny. V vey next part kiyaalaahih.
    Ava’s Kolla dheeba

  6. No.1 fan says:
    July 31, 2020 at 6:15 pm

    Hey Shaleen adhi handhaan nethun kameh ebainey. My last part comment ah Shaleen reply kollaafa in iru bunefa in eccheh fenuniima vrh happy vi?…. M one of ur fav regular commenter ey bunefa iniima…?????????????. Thank yuhh sissy… I’ll always be there to support u ingey… lots of love?❤?

    1. Shaleen says:
      July 31, 2020 at 8:07 pm

      Oh asluves v ufaavi dho? Ehenveema shaleenves mihiree Hama v ufalun. ??
      Ekam miadhu adhi v ufaavejje 2 vana commented libuneema.?
      Dhe comment kollaigen shaleen ah point hoadha dhineema Hama v happy.
      Ummeedhakee No.1 fan ge 3 comment bed adhi kommes dhuvahakun libun. ?
      Thank you soooooooooooooooo much for the second comment from you .
      Lysm ?

  7. Idhy says:
    July 31, 2020 at 7:18 pm

    Eid Mubarak Shaleen. Loved this gift for Eid. Great one.ok waiting for next…take care

    1. Shaleen says:
      July 31, 2020 at 8:09 pm

      Ohho idhy?
      Thank you
      Thank you thank you ❤️?

  8. Shaleen says:
    July 31, 2020 at 8:11 pm

    Hi Quin me
    Keekey kiyan ulhefa thiothy.
    Bt thanks ❤️ for the comment ??

  9. Shaleen says:
    July 31, 2020 at 8:12 pm

    Hi dhaan
    Hama jeheynee wait kollan
    Sameeru mibinan ulheny keekeytho balaalan ingey.
    Kiyaahithun indha nimuneema shaleen v ufaavejje. Hehehe

  10. Naaidh says:
    July 31, 2020 at 11:56 pm

    Varah reethi masha allah. Afeefaa ah hama assaribahun saabas. Dhn Sameeru thi buni eccheh ves balailan hama keiyy madhu vey eba. Waiting for next part. Eid mubarik

    1. Shaleen says:
      August 1, 2020 at 8:36 am

      thank you Naaidh
      Yes afeefa gadha meehei dho mee.
      Ya dhen in part kiyaalan wait kollaa wednesdayah in sha allah

  11. Khaleel says:
    August 2, 2020 at 10:25 am

    Wow. Maaasha allaah.. haadha reechey mipartves. Sameer aai afeefage thioh asarugadh basthakeh dhw..hama obinoavey..keep it up dear..tvgc.luv u sooo much..?????????

    1. Shaleen says:
      August 2, 2020 at 1:43 pm

      thanks khaleel
      Hehe. Reethitha hama?
      so anei part ah madu kollaa ingey.
      Again thanks a lot

  12. Real Me says:
    August 2, 2020 at 10:38 am

    Eid Mubarak Shaleen. Masha Allah mi part ves hama varah reethi. Basthakaa Jumlathakaa ves hama varah furihama. Mi fahudhu mi ulheny konmeves varah bodu nubai kameh kohgen. Noonnama eyna kusheh nukuraanama eh nudhaane dhw afeefa kairi irukolhakaa kon kusheh tho eyna kury ahaakah?. OMG anekka Sameer buny Yes ey tha? Can’t wait ingey hama. Curious to know! Thanks. Varah ifaavejje in’gey one of favourites ey bunyma. ‘Favourite author’. Stay quarantined. And enjoy your eid.

    1. Shaleen says:
      August 2, 2020 at 1:48 pm

      hey Real Me
      V ufaavejje ingey comment libuneema. Haadha irei vejjey thi commentah inthizaaru kuraathaa.
      IMTHIHAAN vaahakaige evves parteh furihamaeh nuvaane Real Me ge commentakaa nulaaves,.
      Ehenveema shaleen ah mihen buneveny.
      Dhen fahudhu dho?
      Oh sameeru keekeybaa bunaani??? anekkaa anei kanthah dho?
      Hehehe.
      Ok wait kollaa dear

  13. Anonymous says:
    August 2, 2020 at 4:42 pm

    Hey Shaleen! Eid Mubarak❤. Kihineiyytha haalu? Great job. Vaahaka hama vrh ves reethi. Mi part was hama FABULOUS. Trust yourself and write, eyrun hama ok vaane.19 parts v dho? Congratulations! Vaahaka mihaa furihama ah dhaathii. Fahudhu varah kadavefa hunnaanii mihaaru?. Can’t wait for the secret to bust Out. Finally, suvaaluthakuge javaabu libijje dho. Afeefa ehn hedhii keehvekan. Sameer dheyne javaabehge inthizaaruga mi inee. Hehe. Take care. Stay safe. Love you sis.
    Lots of love
    Lil sis ❤

    1. Shaleen says:
      August 2, 2020 at 8:30 pm

      furathamaves hama thanks a lot.
      Ekam suvaalei eboi
      Lil sis ? Or anonymous?
      Okay dhenves
      Thee komme meehakas v ufaavejje comment libuneema ingey.
      Anekkaa dhen hama bunelaany faharaku javaabei libemun anekkaa hama suvaaluves ufedhemunney dhaany.. hehe
      Dhen anekkaaves hama v v wait kolla dhen oi part in kommes ehchei engidhaane.
      Guess kuraagoi nooni eyge idhikolhu hehe.

  14. Lil sis says:
    August 6, 2020 at 8:42 pm

    Hey dhemme reply fenunii mi. It was me, LIL SIS. Name nujehi ineema araa name eh eii Anonymous eii. Hehe. But actually name liyuninhen heevanii han’dhaanvaa gothun nama. But I have no idea kihineh kameh name badhaluvee name liyuneema ves. You know dhw sis abadhuves liyamehnu comment nimmamun ” Lots of love lil sis” ey. That’s how you can know if its me or not. Hehe❤

Comments are closed.

Next Episodeއިމްތިޙާން 20←


All Right Reserved!