Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 18

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 26, 2020 4 Mins Read
39 Comments

“އާނ!… އާނ! ތިބުނީ ރަނގަޅަށް. ސަމީރު ތާރީޚެއް ބުނަންދެން އަހަރެން މިކެތްކުރަނީ. އަހަރެން މިހުންނަނީ ސަމީރުގެ އިންތިޒާރުގަ. އަހަންނަށް އިނގޭ މިނޫނަސް ވަރަށް ގިނަފަހަރަށް ފަހުދު ތިގޮތަށް ބަހުގެ ހަމަލާތައް ސަމީރަށް ދީފިކަން. މިތަނުން ނުކުމޭ… ރުޅިއައިސް ހިތްހަމަ ނުޖެހިފައި ހުރި އަފީފާ ފަހުދުގެ ކުރިމަތީ ހަތިޔާރު ބެހެއްޓިއެވެ. ސަމީރުގެ ދިފާއުގައެވެ. ސަމީރުގެ އުފަލައްޓަކައެވެ.

“ކީއްކުރަން މިތަނުން ނުކުންނަންވީ؟ ވަރަށް ނިދިއައިސްފަ
މިހިރީ.” މޫސަ ސިޓިންގ ރޫމަށް ދާން ބުނުމުން ސީމާ ބަހަނާއެއް ދައްކްމުން ކޮޓަރިން ނުކުތެވެ.

“ވާހަކަ ދައްކާލަން. ބައެއް ރޭރޭވާނެ ވާހަކަ ދައްކާލަން މަޑުކޮށްލަން. ސީމާ!… ސަމީރު ނާންނަތާ ދުވަސްކޮޅެއް ވެއްޖެދޯ؟ އަނެއްކާ ކިހިނެއްބާވީ؟” ވާނުވާގައި ހުރެ މޫސަ އަހާލިއެވެ.

“ނޭނގެ.. އަހަރެންވެސް ހިތަށް އަރައިފި. އެވާނީ ކޮންމެސް ބޮޑުކަމެއް ދިމާވީ ކަމަށް.” ސީމާގެ ވިސްނުން ހުރިގޮތް ބުނެލިއެވެ.

“ވާހަކައެއް ބުނަންތަ؟ ސީމާއަށް ހީވޭތަ އަނެއްކާވެސް މާލީގޮތުން ކޮންމެސް ވަރަކަށް އަހަރުމެން ކުރިއަރަމުން އަންނަހެން؟ މިބުނީ ދަރިޔަކު ނުލިބިގެން އުޅެއުޅެފަ…ފަހުން މިދިޔަ ޙައްޖު ދަތުރުގަ އަހަރުމެން ގޮސް ދުޢާކުރި ފަހުން.؟ އޭގެފަހުން އަދި އަހަރެއްވެސް ނުވެއެއްނު.. އަސްލު ފުރަތަމަ ދަތުރު އަހަރުމެން ޙައްޖަށް ދިޔައީ ސީމާ ކައިވެނީގެ ރަނަކަށް ޙައްޖު ދަތުރަކަށް އެދުނީމަ.. ދޯ؟. އޭރު ނޭނގޭނު ސީމާއަށް ދަރިން ނުލިބޭ ކަމެއް..” ސީމާގެ އަތުގަ ލޯބިން ހިފާލަމުން ވަރަށް ޙިކްމަތްތެރި ކަމާއެކު މޫސަ ބުނެލިއެވެ.

“އާނ! އަހަރެން ވެސް ވަރަށް ހައިރާންވި. ޙައްޖުން އައިސް ކުޑަ ދުވަސްކޮޅެއްނު ވީވެސް. ވަގުތުން ވިހާފަ އޮތްފަދަ ކުޑަކުޑަ ކުއްޖެއް މުޅިއުމުރަށް ބަލަން މިލިބުނީ. އަނެއްކާ ހަމަ ދުވަސްކޮޅެއްނުވެ ފަސޭހަ ކޮށްލަދޭވަރުގެ ފިރިހެންކުއްޖެއްވެސް މިލިބުނީ.. އެވެސް… މަންމައަކު އެކުއްޖާ މަގުމަތި ކޮށްލާފަ އިންދަ… މޫސާ! އެންމެ ކުއްޖަކު ނުލިބުމަށްވުރެ ދެކުދިން އަހަންނަށް ގެންގުޅެން ލިބުނީމަ އަހަރުމެން މިހާރު ކިހާ އުފާވޭ. އަހަރުމެންގެ ދުޢާ ވަގުތުން އިޖާބަ ނުކުރެއްވިޔަސް، ތުގާ ލިބުމާ ހަމައަށްވެސް އަހަރުމެން ދުޢާ ކުރުމުގަ ވަރަށް ކެތްތެރި ވީމެއްނު.. ވިސްނެނީ މީހަމަ އެމާތް ދަތުރުން އަހަރުމެނަށް މިދުނިޔެ މަތީ ލިބުނު ފޮނި މޭވާއެއްކަމަށް.” އިލާހީ ޤާނޫނު ސީމާގެ ދެމަފިރިންނަށް މިންވަރުކޮށްދެއްވި އުފާވެރި އިމްތިހާނަށްޓަކައި ރުހެމުން ސީމާ ބުނެލިއެވެ.

“އެހެންވިއްޔާ މިދެކުދިންގެ ފަރާތުން ބަދަލެއްގެ ގޮތުން… ފަހުން ސީމާ ބޭނުންވަނީ ކޯއްޗެއް؟” މޫސަ ކޮށްލި ސުވާލުން ސީމާ ދިޔައީ ސިއްސައިންނެވެ. އެހެން ނަމަވެސް ހަމަ އެސިކުންތުގައި ސީމާގެ ތުންފަތުގައި އުފާވެރިކަމުގެ މަޑުމަޑު ހިނިތުންވުމެއް ދުވެލިއެވެ.

“ސާބަސް އަފީފާ! އަހަރެން ހަމަ ހައިރާންވެއްޖެ. ފަހުދު މިތަނުން ފޮނުވާލަން ރަނގަޅު ވާހަކައެއް ތިދައްކާލީ.. ހެހެހެ..
މީހަކާ އިންނަން އުޅޭއިރުވެސް ތިހާ ބިރެއްނެތި އަހަންނާއޭ އިންނަން ތިއުޅެނީ ބުނީ ކީއްކުރަން.؟ އޭނަ ގޮސް އެވާހަކަ ފަތުރަފާނެ ރަށުތެރޭގަ. އަފީފާ ޖެހިލުމެއްވެސް ނުވޭތަ؟” ސަމީރުގެ މޭޖެހޭގޮތް ވުމުން ބުނެލިއެވެ.

“އަހަރެން ބިރެއްނުގަނެ… ފަހުދަށް އިނގޭނެ އަހަރެން މިބުނީ ކީކޭކަން.. ނޭނގޭކަމަށް ހަދައިން އުޅުނަސް. އެކަމަކު ސަމީރުވެސް އަހަރެންކައިރި އެއީ ކޮންކަމެއްތޯ ނާހައްޗެ. އަހަރެން ބޭނުން އޭނަ އެއްޗެކޭ ބުނީމަ ތިސަމީރަށް ވާގޮތް އޭނައަށްވެސް ކޮންމެސް ދުވަހަކުން އިޙްސާސް ކޮށްދޭން.” އަފީފާގެ ހަށިގަނޑުގައި ތަފާތު ދިލަ ހޫނެއް ހިނގާކަން ސަމީރަށް އިހްސާސް ކުރެވެންފެށީ އަފީފާ ބުނި ޖުމްލަތަކުންނެވެ.

“އަހަރެން ހިއެއް ނުކުރަން ތީތިހާ ކެރޭމީހެއް ކަމަކަށް. ހީވީ އަފީފާ ދޫކޮށްލި ވަޒަނެއްދެކެ ބިރުން ފަހުދު ފިލައިގެން ދިޔަހެން..” ސަމީރު އަނެއްކާވެސް ހޭންފެށިއެވެ.

“އާނ! އެވަޒަނުގެ ތަދު ރަނގަޅަށް އިހްސާސްވީސް އޭނަގެ ތަނެއް ފޫއެޅިނަމަ… އޭތް! ވަރަށް ލަސްވެއްޖެ. އަހަރެން ދެންދަނީ.” އަފީފާގެ ވިހަ ހިނިތުންވުން ތުންފަތުގައި ލުއިލުއިކޮށް ދުވެލިއެވެ.

ހުޅުވާލާފައިވާ ޓީވީއެކެވެ. މަޑުމަޑު މިޔުޒިކެއްގެ އަޑަށް ތަފާތު މަންޒަރުތައް ބަދަލުވަމުން ދެއެވެ. އެ ޓީވީއަށް ބަލަން އިން ލަހުމާގެ ކަނާއަތް ފަރާތުން ތަރުފާލު މަތީގައި ކޮންމެސް އެއްޗަކާ ކުޅެން ޝާމް އިނެވެ. ލަހުމާގެ ކުރިމަތީގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. ހީވާގޮތުން އޭނާ އެއިނީ މީހެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ ގޭގެ ދޮރުގައި ކޮންމެސް މީހަކު ޓަކި ޖަހާލި އަޑުއިވުނެވެ.

“އޭތް! ސަލާމް ނުގޮވިޔަސް ވަދެވޭތަ؟” އެމީހާ އަހާލިއެވެ.

“ހޫމް!! ކޮން ސަލާމެއްތަ؟ މިއޮއް ހެނދުނުވެސް.. މަމީނީ މިތާ ނޫންތަ؟ ވަދެބަލަ.” ނިތްކުރިޔަށް ދެތިން ރޫ އަރުވާލަމުން ރުންކުރު ގޮތަކަށް ލަހުމާ ބުނެލިއެވެ. ހަމަ އެޔާއެކު އެމީހާ އައިސް ލަހުމާ ކުރިމަތިން ހުރި ގޮނޑިއެއްގައި އިށީނެވެ.

“އަވަސްކުރޭ ޠާރިޤޫ… ކޮބާ ފައިސާކޮޅު؟ މިހާރު މިމަސް ނިމެން ކައިރިވީ. މިއުޅެނީ ބޭނުންކޮށްލާނެ ވަރުވެސް ނެތިގެން. އެބަޖެހޭ މަންމަ ޑޮކްޓަރަށް ދައްކާލާ، މަންމައަށް ހައެއްކަ ހެދުން ފަހާލަދޭން.” ލަހުމާ ގަސްތުގާ ދޮގުހަދާލަމުން ބުނެލިއެވެ.

“ސާބަސް ކަލެއަށް. އަބަދުވެސް ފައިސާ ބޭނުންވެފަ ތިހުންނަނީ.. މިހާރު އެގޭގަ ކުއްޔަށް އުޅެވޭވަރެއްނޫން. މަސް ނުނިމެނީސް ފައިސާއަށް ތިކިޔަނީ.. ބޫތުކައިފަ. ބޮޑުވަރުތީ.. އަނެއްކާ ކޮންމެ މަހަކު ކަލޭ މަންމަ ޑޮކްޓަރަށް ދައްކަންޖެހެޔޭ،
ދިހަ ބާރަ ހެދުން ފަހަން ވެޔޭ ކިޔާފަ ކޮންމެ ފަހަރަކު ފައިސާ އަތުލަނީ. އަނބި ދަރިންނާ ވާހަކަ ދައްކާފަ އެގޭން ނުކުންނާނީދެން.” ކުރިމަތީ ހުރި ގޮނޑިމަތީ ފައިސާ ބަހައްޓަމުން ޠާރިޤު ބުންޏެވެ.

“ހެހެހެ… ނުކުމެގެން ދާނީ ވަކި ކޮންތާކަށް؟ ރާއްޖެތެރޭގަ އޮތް ރަށަކުން އައިސް މާމޮޅުވާން މިތާތިއުޅެނީ ދަރިންނަށް ކިޔަވާދޭން. ދަރިން ކަލޭމެނަށް ކޮށްދޭނީ ކޮންކަމެއްތަ؟ އެއޮތީ އަހަރުން މަންމަވެސް.. މުސްކުޅިވީމަ އެހެން ހަމަ އޮންނަން ޖެހޭނީ.. ދަރިން ދެން އުޅޭނީ އަހަރެން މިއުޅޭހެން. މި ފައިސާ.. ބަލާލަ. މަންމަގެ އެއްޗެކޭ. އެކަމު އެމީހުން މީގަ މިއަދު ކީއްކުރާނީ؟؟ އެހެންވީމަ މީގެ ބޭނުން މިކުރާނީ އަހަރުމެން. މަންމައަށް ދައްކާވެސް ނުލާ މިހުސްކޮށްލަނީ.. ހެހެހެ.. މާމޮޅެއް ވާނެކަމަށް ދަރިން ތިބަލަނީ ކީއްކުރަން؟” ލަހުމާގެ ވިހަގަދަކަމުން ޠާރިޤް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މީހަކު ބެލީމަނޫންތަ ކަލޭ ތިވަރުވެފަ ތީނީ. ލަދެއް ނުގަނޭދޯ… ދަރިންގެ މުހިއްމުކަން އެނގޭނީ ދަރިއެއްގެ ބޭނުންޖެހޭ ދުވަހު. އަދި ތިއުޅެނީ ދަރިއެއްގެ އުފާވެރިކަން ނުފެނިގެން. ދައްކާ ވާހަކަ. ހާދަފަސޭހައޭދޯ އަނގައިން ތިހެން ބުނެލަން.” ޠާރިޤް ރައްދު ދިނީ އިންތިހާ ރުޅިވެރިކަމާ އެކުގައެވެ.

“ހައްހައްހާ.. ބަލާބަލަ. މީ މަގޭދަރި ޝާމް. ދުވަސްކޮޅަކު ގެންގުޅެލާނީ. ފަންސޫރަކުން އަޅާފަ އިންނަ ރޮނގެއް ފޮހެލާހާ ފަސޭހައިން އޭނަވެސް މަގޭ ހަޔާތުން ފޮހެލާނަން. މަމީ ވަރަށް ތަފާތު މީހެއް. ހަމައެކަނި އަނގައިން ބުނެލާކަށް ނޫން ފަސޭހައީ.. ޢަމަލު ކުރަންވެސް… ހައްހައްހާ” ލަހުމާދައްކަމުން ދިޔަވާހަކަތައް އަޑުއަހަންއިން ޠާރިޤް ވަނީ އަޖައިބުވެފައެވެ.

“ބުނަން؟ މަށަށް ހީވަނީ ކަލޭ ބޭނުންވަނީ އުފަލާ އަރާމުގަ އުޅެންހެން. އެކަމަކު އެހެން އުޅެން ބޭނުމިއްޔާ އެންމެ ފުރަތަމަ
ކަލޭގެ ގައިގަ ތިހިނގާ ލެޔަށް އިޙްތިރާމު ކޮށްބަލަ. ކަލޭ މަންމައާ އެއްލޭގެ ގުޅުން ހިނގާ ކޮންމެ ވިންދަކަށްވެސް. އޭގަ ހިމެނޭނެ ދަރިންވެސް. ވިސްނާލާތި މިބުނި އެއްޗަކަށް. އަހަރެން ދަނީ… ދެން ހުރޭ ތިފައިސާމަތީ އުދުހެން. ތިހެން އުދުހެވޭނީ ވަރަފަތް ބިނދެންދެން. އެހިސާބުން ގޮވަންފަށާނެ ހަޔާތުން ތިފޮހެލަން އުޅޭ ދަރިއަށް” ތާރިޤު އެދިން މެސެޖް ހަޤީޤަތުގައިވެސް މާނަ ފުނެވެ. އެހެންނަމަވެސް އޭގެ މާނަ ވިސްނޭނީ ވިސްނަން އުޅެގެން ނޫންހެއްޔެވެ؟

ލަހުމާއާ އެއްވަރަށް އިތުރަށް ޖަދަލު ކުރުމަކީ ބޭކާރު ކަމެއްކަން ޠާރިޤަށް އެނގެއެވެ. އެހެންވެ ވަރަށް ވިސްނަން އިނުމަށްފަހު ޠާރިޤް އެގެއިން ނުކުމެގެން ދަމުން ފަސް އެނބުރި ހަމައެންމެ ފަހަރަކު ޝާމްއާ ދިމާލަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

މިއަދަކީވެސް އާދައިގެމަތިން ދުވަހެކެވެ. ސަމީރުގެ ދަރިވަރުންނަށް ކިޔަވާދިނުމަށްފަހު ކޮޓަރި ތެރޭ ހުރި އަލަމާރި ސާފު ކުރުމުގައި އަވަދިނެތި އުޅެއެވެ.

“ބައްޕާ! ދަންތަ ބޭރަށް. އެބައަންނަން ވަރަށް އަވަހަށް” ސަމީރު ހައިރާންވީ މާލިކް ބުނެލި ޖުމްލައިންނެވެ.

“ކޮންތާކަށް؟ މިހާރު ހާދަގިނައިންނޭ ބޭރަށްދަނީ. ދަރިފުޅު އަދިތީ ކުޑަކުއްޖެކޭ. ދެން މިއަދު ބޭރަކަށް ނުދާނެ.” ސަމީރު ވަރަށް ލޯބިން މާލިކްގެ ބުރަކަށީގަ ފިރުމާލަމުން ބުންޏެވެ.

“ނޫން. ދާނަން. ބައްޕަވެސް މިހާރު ރޭގަނޑު ބޭރަށްދޭ. އަހަންނަށްވެސް ދެވޭނެ.” ސަމީރުގެ އަތް ފޮޅުވާލަމުން ރުޅުއައިސްފައިހުރެ މާލިކް ބުންޏެވެ.

“ކާކު ބުނީ؟ ކާކު ބުނީ ބައްޕަ ބޭރަށް ދެޔޭ؟؟ އެހެންނޫނަސް ބައްޕަ ބައެއްފަހަރު ދަރިފުޅު ފޮނުވަމެއްނު ބޭރަށް.” ސަމީރު ހައިރާންވިއެވެ. މާލިކްއަށް ސަމީރު ރޭގަނޑު ބޭރަށް ދިޔަކަން އެނގެންވީ ކީއްވެހޭ ހިތަށް އަރާފައެވެ. އެއަށްވުރެ ބޮޑަށް ސަމީރު ހިތުގައިވެސް ޖެހިއްޖެއެވެ. އެހާ ލޯބި ފިރުމުމަކުން މަހުރޫމުވާން މާލިކްގެ އަމިއްލަ ނަފްސު އެކުޑަކުޑަ ސިކުނޑިއަށް ވިސްނައިދިނީތީއެވެ.

– ނުނިމެ –

——————-*******———————-
ހުރިހާ ކިޔުންތެރިންނަށް!!!
މިނިވަން ކަމާއެކު، މިނިވަން ދުވަހުގެ ތަހުނިޔާ ޝަލީންގެ ފަރާތުން އަރިސްކުރަން. ??????
އުންމީދު ކުރަނީ އަޅުގަނޑުގެ މި ހަދިޔާ ތިޔަ އެންމެހާ ކިޔުންތެރިންނަށް ވަރަށް ކަމުދާނެކަމަށް. ✍️?
އަންނަ ބުދަ ދުވަހުގެ ޕާރޓް އަޅުގަނޑު ދެން ތިޔަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގަ (ޢީދު ދުވަހު)?
إن شآءالله

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 8

Next

އައިނާ (2) 17

Next
July 26, 2020

އައިނާ (2) 17

Previews
July 26, 2020

ނޭނގި ވެވުނީ ލޯތްބޭ- 8

39 Comments!

  1. Dhaan says:
    July 26, 2020 at 12:58 am

    hi shaleen
    Hws you dear
    Vaahakaige mi part ves hama v habeys ingey. Shaleenge idea ves hama v molhu. Ma sha allah. Dhen e lahumaa dho???
    hama ekahalameehunves ulheny kannenge dhuniyeyga.
    Balaabala eyna e dhakkaalaa vaahakaves,
    Anekkaa shaam ah kihineibaa hadhaany dhen? pispis
    Adhi maalikves dho??
    v nice mihaaru mi story ingey
    Keep it up dear

  2. Dreams says:
    July 26, 2020 at 1:01 am

    shaleen ah minivan dhuvahuge thahuniyaa aris kuran. V ufaavejje mi dhuvahah haassa part eh genes dhineema.
    Also bunelaany hama v varah v varah excited vejje mi part reethivefa kiyaalan libuneema.
    Vaahakaige mi ulhey characters thakah balaafa bunaany shaleen v molhey emeehun vaahakaiga gengulhey goi
    Thanks shaleen

  3. Humeysha says:
    July 26, 2020 at 1:03 am

    Comment nudhee v hih varu koffin
    Ekam mi partves reerthivefa
    Minivandhuvahuge thahuniyaa kiyaalaa hithun shaleen ah furathama faharah alhugandu mi comment kollyves .
    Happy independence day dear

  4. Shaleen says:
    July 26, 2020 at 8:48 am

    thank you dhaan
    V ufaavejje furathamaves commenteh kollaafa inyma.
    Yes hama ekahala meehunves ulhefaane dho.
    Mee hama vaahakaeh idea akah liyefa inna. So vidhaalhuvamun gendhavaa. Kuriyah oi baithah v reethi vaanekamah ummydhu kuran
    Thanks again

  5. Shaleen says:
    July 26, 2020 at 8:51 am

    hi dreams
    Comment iny adhu pendinga.
    anyways hama v ufaavejje thikahala commenteh kollaafa inyma.
    Shaleenge faraathunves minivan dhuvahuge thahuniyaa ingey.
    And thi dhevvaa support ah v bodah shukuru dhannavan.
    Thanks dreams

  6. Shaleen says:
    July 26, 2020 at 8:54 am

    thanks Humeysha
    Shaleen ah dhuvahuge thahuniyaa kiyaalan commenteh kollyma v ufaavejje.
    And thank you so much.
    Ummydhu kuran ehen part akah comment kollain shaleen aa adhives dhimaavaane kamah

  7. No.1 fan says:
    July 26, 2020 at 10:54 am

    Minivandhuvahuge heyo edhumaa thahuniyaa Shaleen ah ves ariskuran. Yes mi hadhiyaa varah kamugossi?. Mi hadhiyaage vahaka Shaleen buni hisaabun feshigen mi hadhiyaa ah hama inthizaaru kuree hehe. Varah reethi mi part masha allah. Shaleen beynun kollaafa hunna reethi maana fun , saadhaa jumulathah mi vaahaka ah ithuru reethikameh genesdhey????. Keep it up sissy. Malik ah ehaa baivaru kankan ingenii kevvebaa. Fahudhu kuraa kamehbaa eii. Varah suvaalu eba huri. Javaabu hoadhan hama huttumeh nethi mi vaahaka kiyaanan insha allah☺. Waiting for next part

  8. Shaleen says:
    July 26, 2020 at 12:30 pm

    Hey dear No1.fan?
    Haadha ufaleiiveyey ingey thihen support kohdheythee.?
    Maa bodahves thanks dearuu.
    Hahaha dhen vaahakaiga mivaagoi balan hunnaane kamah heekuran emme fahu part aa hama ah. (YOU) ? one of my favourite regular commenter ????.
    Let’s c Malik ah mivany kihinei tho ?
    Happy independence day ? anekkaaves.??

  9. Mansha says:
    July 26, 2020 at 11:24 pm

    Hey happy independence day shaleen
    Alheyy mi part haadha reehchey dho
    V kiyaahithun indha mi nimunee
    Ekamves vaahakaige mi part dhigukan faahaga kollan.
    Thankx shaleen

    1. Shaleen says:
      July 26, 2020 at 11:36 pm

      Hi
      Thank you
      Hehe. Dhen huri baithahves dhiguvaane kamah balamaa..
      ?

  10. ❤ says:
    July 26, 2020 at 11:27 pm

    Hi thanks shaleen
    Dhuvahah up kolla dhineema
    Hithah miarany alhe mi lahumaa haadhagoahey.
    Shaleenge fashuvi ibaaraaithah hama kiyaaleveny v shauguverikamaa ekee.
    So thanks shaleen

    1. Shaleen says:
      July 26, 2020 at 11:38 pm

      Hehe. Thanks dear
      V ufaavejje this comment fenifa.
      Also hama bunelan othee thi dhevvaa ebbaarulumah Haas fashuge shukurey

  11. Koimala says:
    July 26, 2020 at 11:29 pm

    Hey
    Furathamaves bunelaany mi hadhiyaa v kamugossiyey.
    Dhen v inthizaaru kurin miadhah. Vaahaka up vaaney bunelaafa ineema
    Shaleen ge thihira liyuntherikamah hama saabas. Ma shaa allah.
    V suvaaluthah ufedhey mi vaahaka in. So hama v waiting ga…

    1. Shaleen says:
      July 26, 2020 at 11:40 pm

      Thank you koimalaa for the comment.
      Suvaalu thakuge javaabu hoadhan inthizaaru kollamaa dho
      Hehe

  12. Naaidh says:
    July 27, 2020 at 3:48 pm

    Minivandhuvahuge hadhiyaa varah kamugossi. Mi part dhigu kan ves faahaga kurevey. Mi part hama obi ingey. Inthizaaru kuranii mi eid hadhiyaa ah dhn.

    1. Shaleen says:
      July 27, 2020 at 5:10 pm

      thank you naaidh
      Yes inthizaaru kollavvaa dhen anna eid ge part ah.
      Ummeedhu kuran edhuhuves commenteh libeyne kamah

  13. Ikko says:
    July 27, 2020 at 3:51 pm

    Haai Shaleen. Mi part ves varah kamu gossi. Waiting for next part

    1. Shaleen says:
      July 27, 2020 at 5:11 pm

      haaaii!! thank ingey v bodah.

  14. Kasshaf says:
    July 27, 2020 at 4:21 pm

    Masha Allah varah reeeeeeeeethi mi part ves. Malik hama varah confuse kuruvaa eba hehe. Ehenve shauguverikan ithuru vey mi vahaka ah. Waiting for next. Lysm?

    1. Shaleen says:
      July 27, 2020 at 5:13 pm

      Alheyy!!
      thank you v bodah
      Yes maalikge kankan balanyaa komme part akah inthizaaru kollaa

  15. Idhy says:
    July 27, 2020 at 4:59 pm

    Wowwwwww. This was the best gift for independence day. Loved this a lotttt. Keep it up. Curious for the next part.

    1. Shaleen says:
      July 27, 2020 at 5:14 pm

      Shukuriyya varah bodah idhy.
      V ufaavejje commenteh libuneema anekkaaves
      Thanks a lot

  16. Minha says:
    July 27, 2020 at 6:06 pm

    Alhey Shaleen. Hama emotional varah. Dhn vaane goiyy balailaa hiyy vey varah. Thaaniyaa menge habareh nuvey ekkala part ge fahun. Ehenve varah hithah araa kobaa baaey emeehun. Waiting for next

  17. Shaleen says:
    July 27, 2020 at 6:44 pm

    Hi Minha
    Thanks fr the comment ingey.
    Ehenveem hama wait kollaa dhenves v emotional vaane kannenge dho.
    Yes thaaniyaamenves adhi readers ah connect vaane dear
    Hehe.

  18. Liar says:
    July 27, 2020 at 8:45 pm

    Oh god. Mi lahumaa mee kon kahala maeh tha . Alhe ehen kanthah kiraakah nuvaane dhw. Dharinnaa dheytherey rahumeh ves neiyy. Faisaa myhimmu vefa. Alhe Sameeru dhera vaane dhw maalik eynage aiyy folhuvaaleema. E soru gaathu kaakubaa ekahala ecchihi kiyanii. Interesting. Waiting waiting waiting.

    1. Shaleen says:
      July 27, 2020 at 9:11 pm

      Furathamaves v bodah shukuriyyaa ingey.
      V ufaavejje thi comment dhineema.
      Ya lahumaa v thafaathu charactereh mee. And yes sameeru ehaa lowbin balaa dharieh dho maalik.
      Keeveebaa lahuma?
      kyvvebaa maalik?
      plz wait kollaa,
      Hehehehe

  19. Maree says:
    July 27, 2020 at 8:47 pm

    Varah reethi masha allah. Afeefaa ves molhey dhw. E fahudhu ge anga bandhu kollaafa fonuvaalee viyya e? . Hehe. Waiting for next☺

    1. Shaleen says:
      July 27, 2020 at 9:15 pm

      yes maree..
      Afeefa akee hama super charactereh dho.
      Fahudhaa kurimathilaan kerey hamaekani meeha.
      Bt y???
      dhenves wait kollaa
      Jaavabuthah hama ready ga
      In sha allah
      And
      Thank you ingey commentah

  20. Halle says:
    July 27, 2020 at 8:49 pm

    Maasha Allaah..vvv reethi mipartves. Maalik ah thianna badhalthakakun dhw.. sameeru anehka hama dheravaagoih vany. Next partah v inthizaar kurevey..tc.luv

    1. Shaleen says:
      July 27, 2020 at 9:17 pm

      thanks halle
      Anekkaaves commenteh libuneema v ufaavejje.
      Abadhuves comment kuraakan v faahagavey.
      Dhen maalik dho.
      Maalikge story aki kobaa????

  21. Dhisha says:
    July 28, 2020 at 5:02 am

    Seemaa n moosa haadha cute ey dhw?… dhn afeefaa vx varah hushiyaaru… eoh varugadha fahudhu balikollii viyyaa?… mifaharu varah lahun vahaka kiyaa levunii mi ehenve comment ves las vee hehe. Masha allah hama superb mi part… curiously waiting for next part… comment kollaanan insha allah avahah next part ga hehe. Lysm?

    1. Shaleen says:
      July 28, 2020 at 8:36 am

      dhisha its okay! and thank you fr the comment ingey.
      Dhen v ufaavejje fahun namves cmnt kollyma. Ehenveema dhen kuriyah huri baithakah inthizaaru kollaa

  22. Dhisha says:
    July 28, 2020 at 5:06 am

    Oh adhi lahumaa ge vahaka eh nudhekkunehnu… eyna dharinnaa dheytherey ehen kanthah kuran beynun vanee keevvetha alhe… faisaa dhw…pispis… mamma ge faisaa o thimanna o beynunkuranii bunan ladheh ves nugathey dhw alhe eyna. Hehe okei comment maa dhigu ves vey hen heevanii eba… take care… stay safe

  23. Shaleen says:
    July 28, 2020 at 8:37 am

    hehe . Its okay dhisha.
    Comment dhiguveema rangalheeves ingey.
    Dhen balan hingaabala lahuma ah mihen mi vany kyvvethao?
    reasons v gina mi vaahakaiga.
    So wait wait wait ingey

  24. Real Me says:
    July 28, 2020 at 8:19 pm

    Masha allah! Salute for your hard work. Yeah, allah rangalhah kan kan kuraameehunah konmeves dhuvahakun ufaaverikan dhevvaane. Ekamah keiyytheri vaa meehun dheke ekalaange loabi ves vaane. Lahumaa kahala nubai role kulhey meehun real life gaves ulheyne. Maa thitthi kamah hedhigen ulhunas hithuga evves rahumeh nuhunnaane. Kameh kurumuge kurin visnaalaany ves vrh madhu bayeh. Eoh kuda kuda maalik ahves nuran’galhu kan kan dhaskohdheny fahudhu kanneynge. Keehkuraany zamaanaa ehvarah meehunves badhalu vehje viyya dhw. Dhn keekey bunaany? Emeehunah eyge jazaa konmeves dhuvahakun allah dhevvaane. Keep it up Shaleen! Vrh happy dhw.. Happy independence day. Will read next part on eid. Till then take a very gud care. Stay quarantined.

    1. Shaleen says:
      July 29, 2020 at 12:08 am

      hey Real Me
      Filaigentha thiulheny shaleen ah. Shaleen v v v wait koffin Real Me ge commenteh libeyne irakah.
      Finally miothee libifathaa
      Favourite commenter eh thee hama ingey. Vaahaka readers aa hama ah dhookollaafa v wait kuran thikudhinge comments ah.
      So happy ingey.
      Yes dhuniyeyga hama ulheyne v v thafaathu mizaajuge meehun. Komme meehakuves kommes imthihaan akaa kurimathi laane.
      Dhen hingaa vaahakaiga vaagoi balamaa?
      v ufaavejje hama comment libuneema

  25. Shaleen says:
    July 29, 2020 at 12:08 am

    hey Real Me
    Filaigentha thiulheny shaleen ah. Shaleen v v v wait koffin Real Me ge commenteh libeyne irakah.
    Finally miothee libifathaa
    Favourite commenter eh thee hama ingey. Vaahaka readers aa hama ah dhookollaafa v wait kuran thikudhinge comments ah.
    So happy ingey.
    Yes dhuniyeyga hama ulheyne v v thafaathu mizaajuge meehun. Komme meehakuves kommes imthihaan akaa kurimathi laane.
    Dhen hingaa vaahakaiga vaagoi balamaa?
    v ufaavejje hama comment libuneema

  26. Lil sis says:
    July 29, 2020 at 6:20 pm

    Hey my dear Shaleen! How’s you? Hope you are fine. Masha allah, vrh reethi in’gey mi pat vx. Lahuma laari bon’di ah ulhey meeheh dhw. Faaidh nethyma eyna ah faseyha ehnu?. Maalik ge mi personality ge fahathuga fahudhuge atheh ulhey hen haadha heeveyey.. Let’s see dhw. Fudhey varakah comment lasveethy vrh bodah sorry dear. Keep your great work up. Take care and stay safe. Love ya!
    Lots of love,
    Lil sis❤

    1. Shaleen says:
      August 1, 2020 at 8:41 am

      hi Lil sis
      V lasvejje dho shaleenge reply libunlei.
      Anyways v ufaavejje mi comment fenuneema.
      Alhe hingaabala lahuma ah mivany kyththo balan.
      And hingaabala maalik ah mivamundhaa goives balan. Mayb its a surprise for readers ingey.

Comments are closed.

Next Episodeއިމްތިޙާން 19←


All Right Reserved!