އިމްތިޙާން 15
އަފީފާގެ ކައިވެނި ހަމަޖެހި ނިމުނީއެވެ. ސަމީރުގެ ޖަވާބެއް އަފީފާއަށް ނުދެވެނީސް ކައިވެންޏަށް އަފީފާ ތައްޔާރުވީއެވެ. ސަމީރަށް އިތުރަށް އިންތިޒާރުކުރަން އަފީފާ ބޭނުން ނުވީކަންނޭނގެއެވެ. ކުރާނީ ކީއްހެއްޔެވެ؟ އަފީފާއަށް ރަސްމީ ދަތުރެއްކޮށް ޖަވާބު ދޭން އައިރު ޙާލަތު މިވަނީ ބަދަލުވެފައެވެ. ސަމީރުގެ ހިތްބުނާކަހަލައެވެ. މިނޫން ގޮތެއް ހަމަ ސަމީރުގެ ޙަޔާތުގާ ނެތީހެއްޔެވެ؟
ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ.
ދިއްލާފައިވާ ބޮކީގެ މަޑުމަޑު ރީނދޫ ކުލައިން މުޅިތަނަށް ވެރިވެފައިވަނީ ރޭގަނޑުގެ ނާމާންކަމެކެވެ. ކޮޓަރިތެރޭގެ ފިނިހޫނުމިން ހިފަހައްޓަ ދީފައިވަނީ ހުއްޓުމެއްނެތި ދައުރުވަމުންދާ ފަންކަލުންނެވެ. ފަންކާގެ ބުން އަޑު ނޫން އެހެން އަޑެއް މުޅިކޮޓަރި ތެރޭންވެސް ނީވެއެވެ.
“ސީމާ! އާދެބަލަ އޮށޯންނަން.. ހޮސްޕިޓަލުން އައިފަހުން ހަމަޖެހިލައިން އަދި ސީމާއާ ވާހަކަވެސް ދައްކާނުލެވެއެއްނު… އެރޭތަކުގަ އެހާރަނގަޅަށް ނުނިދުން. އަދި މިއަދު ހަމަޖެހިލައިން މި ނިދާލެވުނީ.” ފާޚާނާއިން ނުކުތް ސީމާއަށް ގޮވާލަމުން މޫސަ ބުންޏެވެ. މޫސަގެ އެދުމަށް ހަމަ ކުޑަ އިރުކޮޅެއްތެރޭ ސީމާއައިސް އެނދުގާ އޮށޯއްވެލިއެވެ.
“އަހަންނަށްވެސް އިނގޭ މޫސަ ވަރަށް ވަރުބަލިވާނެކަން. ނިދިވެސް ހަމައަށް ނުލިބޭނެކަން. އެތާވަރަށް އެކަނިވި ދޯ؟”
ސީމާވެސް ވާހަކަ ކުރިޔަށް ގެންދަން ފެށިއެވެ.
“ނޫނޭ. ފާއިދު ހޭއެރުމަށްފަހު، އެހާ އެކަންޏެއް ނުވޭ. ސީމާ!.. ފާއިދު އަހަންނަށް ވަރަށް ގިނަ ވާހަކަތައް ކިޔައިދިން.. އޭނަގެ ދިރިއުޅުމުގަ ކަންތައްތައް ހިނގަމުން ދިޔަގޮތް މިބުނީ…. ފާއިދު ބުނި އޭނަ ދުވަހަކުވެސް އޭނަގެ ބައްޕައެއް ނުދެކެމޭ.. ވެދާނެދޯ ތެދެއްކަމަށްވެސް؟ ފާއިދުގެ އެއްވެސް ރަސްމީ ލިޔެކިޔުމަކު ނެތެއްނު އޭނަ ބައްޕަގެ ވަނަވަރެއްވެސް. ފާއިދު މިގެއަށް އައިމަވެސް އެރޭ އެލިޔުންތައް އަހަރުމެން ބެލީމެއްނު. ފާއިދު މަންމަބުނީ ތެދެއްތޯބަލަން.. އަދި އެނގޭތަ ދެން ބުނި ވާހަކަ؟… މަންމަ ބުނާނެޔޯ ބައްޕަ ދިމާވާ ދުވަހަކުން ފާއިދުގެ ބައްޕައަށް ފާއިދު ދޭނަމޭ…” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް މޫސަ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“އަސްލުގަ އެސޮރަށްވެސް ނޭނގެ އެސޮރުދެކެ އެހާ ރުޅިއަންނަނީ ކީއްވެކަމެއް. އެކަމު ފާއިދުވެސް ޤަބޫލުކުރޭ ފާއިދުގެ ޞިއްޙީ މައްސަލަ ހުންނާތީ ވަރަށް ރުޅިއަންނަކަން. ފާއިދު ދެއްކި ވާހަކައިން އަހަންނަށް މާނަކުރެވުނީ، ފާއިދުގެ މަންމައަކީ އަނިޔާވެރި މީހެއްކަން. އެ މަންމަގެ އަނިޔާތަކަށް ހޭނުނީމަ ފަހުން އެހާބޮޑުކަމަކަށް ފާއިދު ނުހަދަނީ.. އެއީ އެސޮރުބުނީ މަންމަ އަބަދު ފާއިދު ރުޅިއަރުވާތީ ފާއިދުވެސް ބޭނުންވިއްޔޭ ފަހުން ފަހުން މަންމަ ރުޅިއަރުވާފަ ބަހައްޓަން. އެކަމަކު ބުނި ފާއިދު ވަރަށް ލޯބިވާ މީހަކު އެގޭގަ އުޅޭނެޔޭ. އެއީ ކާކު ކަމެއްނުބުނި… އެކަމަކު އަހަރެން އެބަވިސްނަން ގޮތެއް.” ކުރުގޮތަކަށް ތަފްޞީލު ދެމުން ސީމާއަށް މޫސަ ކިޔައިދިނެވެ.
އާދުވަހެއް އަނެއްކާވެސް ބައްދަލުކޮށްފިއެވެ. މޫސުމީ ގޮތުން ތަފާތު ދުވަހެކެވެ. އިރުގެ ދޯދިތަކުގެ ދިލަ ހޫނު މިއަދު ޖައްވަކު ނެތެވެ. މުޅި ފަޒާގައިވަނީ ބާރު ވައި ރޯޅިތަކެވެ. އުޑުމަތި ވަނީ ބަނަ ވިލާތަކުން ވަށާލާފައެވެ. ރަށު ފަޅުތެރޭ ރާޅުތަކުގައިވަނީ ބޮޑެތި ބާނިތަކެވެ. ފިނިފިނި ވައިގެ ތެރޭން އެކި މީހުން ހޭލަމޭލައަށް އުޅެމުންދެއެވެ. ފިހާރައިން ވިޔަފާރިކޮށް ނިމިގެން އަފީފާ ގެއާދިމާލަށް މިސްރާބު ޖެހިއެވެ.
“އަފީފާ! އޭތް.. އަފީފާ! މަޑުކޮށްބަލަ.” އަންހެނެއްގެ އަޑަށް ފަސް އެނބުރި ބަލައިލަމުން އަފީފާ ހުއްޓުނެވެ.
“އަހަރެން ދިޔައިން ތިގެއަށް ރޭގަ އަފީފާ މަންމަ އަތުން ފޮތިކޮޅެއް ހޯދަން. އެކަމަކު މާއޮލަ ވާހަކައެއްގަ ތިބީމަ މަޑުކޮށްލައިން ހުރެފަ ނުކުތީ. ދެން ސަމީރު ފެނިގެން ތުގާގެ ވާހަކަ އަހާލާ، ސަމީރުއާ ވާހަކަ ދައްކަން މަޑުކޮށްލީ ތިގޭ ދޮރުކައިރި. އޭތް!… ކައިވެނި ކުރަން އުޅެނީދޯ؟” އާދިލާ އެއްލޯ މަރާލަމުން ލާނެއް ގޮތަކަށް ހިނިތުންވެހުރެ ބުނެލިއެވެ.
“ހެހެ… އާނ! މަޑުކުރެވެން އެބައޮތްތަ؟ ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިދާނެހެން… ކޮންއިރަކު އާދިލާ ރަށަށް އައީ؟ ހާދަ ދުވަހެއްކޮށްފަ..” އަފީފާ ކައިވެނީގެ ވާހަކަ ކުރިޔަށް ގެންދަން ބޭނުންނުވާތީ އާދިލާއަށްވެސް ސުވާލު އަމާޒުކޮށްލިއެވެ.
“އިހައްދުހު މިއައީ.. އަހަރެން މާބޮޑަށް ބަލިވެގެން ދާންޖެހުނީ.” އާދިލާ ކިޔައިދިނެވެ.
“އެގަޑީގަ ކޮންތާކުން ސަމީރާ ދިމާވީ؟ އެހެންޏާ އޭނައަކީ ކަމެއް ނެތި ރޭގަނޑު ބޭރަށް ނުކުންނަ މީހެއްވެސް ނޫން”
އެއް ލޯ ކުޑަކޮށްލަމުން ހައިރާންވެ ހުރެ އަފީފާ އަހާލިއެވެ.
“އަފީފާ ހޯދަން ދިޔައީ. ތިގެއަށް ގޮސް ސަލާމް ގޮވީމަ، އަހަރެން ބުނިން ކައިވެނީގެ ވާހަކަ ދައްކަނިއްޔޭ އާއިލާ އެންމެން ތިބެގެން. ބުނި އޭނަގެ ދަރިޔަކު ބަލިވިފަހުން އަފީފާ ދިޔަގޮތަށް ފަހުން ނުފެނެޔޭ. ވީގޮތެއް ނޭނގިގެނޯ އައީ. އެހެންވީމަ އެރޭ އަފީފާއާ ދިމަލެއް ނުވޭދޯ؟” އެރޭ ކަންތައް ހިނގާ ދިޔަގޮތް އާދިލާ ކިޔައިދިނެވެ.
މަޑުމަޑުން ވެހެންފެށި ހިމަފޮދު ވާރޭގެ ފެން ތިކިތަކުން
ޖައްވު ފިނިކުރަންފެށިއެވެ. ފަހަރަކު ވައި ރޯޅިއެއް ފަޒާގެ ތެރޭގައި ބީހެމުން ދާންފެށިއެވެ. ސަމީރުގެ ހަރަކާތްތައް ހަލުވި ވެފައިވަނީ ހީނުކުރާހާ ބާރުމިނުގައެވެ. ހިއްކަން އަޅުވާފައިވާ އަންނައުނު ތަކުގައި ފެންތިއްކެއްގެ މިންވަރު ޖެހެންވެސް ސަމީރު ބޭނުމެއްނޫނެވެ. އެހެންކަމުން ފަހަރަކު އެއްޗެއް ނަގާ ކަނާއަތު ކޮނޑުގައި އަޅުވައެވެ. ބައެއްފަހަރަށް އެނަގާ އެއްޗެތި ވައަތު މަތީގައި އަޅުވަމުން ދިޔައެވެ.
“މާލިކް! މިހާރު ކިހިނެއްތަ؟… ކޮބާ ބައްޕަ؟” އެގޭތެރެއަށް ވަދެގެންއައި އަފީފާއަށް ފުރަތަމަ ދިމާވީ މާލިކްއެވެ.
އެހެންކަމުން ހިނިތުންވެ ހުރެ މާލިކްއާ ވާހަކަ ދައްކަން އަފީފާ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބެއް ނުވީއެވެ. ފާޑަކަށްހުރެ އަފީފާއަށް ބަލައިލުމަށްފަހު މާލިކް ކޮންމެސް ހިސާބަކަށް ގޮސް ދުވެފިލީއެވެ. މާލިކްގެ ފަރާތުން ފެންނަމުންދިޔަ ތަފާތު މިޒާޖަށް އަފީފާއަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.
“އަފީފާ!… ކަމަކުތަ؟” ސަމީރުގެ އޮމާން އަޑަށް އަފީފާ ސިއްސައިން ދިޔައެވެ.
“ރޭގަ އަހަރެން ހޯދަން ގެއަށް ދިޔައީ ކަމަކުތަ؟” ބަދަލުގައި އަފީފާވެސް ކޮށްލީ ސުވާލެކެވެ.
“ނުފެންނާތީ… އެދުހު މަރުކަޒުން ދިޔަފަހުން ޚަބަރެއްވެސް ނުވާތީ… ވާހަކަ ދައްކާލަންވެގެން ދިޔައީ. އެކަމަކު…” ސަމީރު ބުނަން ބޭނުންވި ޖުމްލަ ބުރިކޮށްލިއެވެ. ވާހަކަ މެދުކަނޑާލީ އަފީފާއެވެ.
“އަހަރެން ނުފެނުނީމަ ހާސްވާނެ ކަމަކަށް ހިޔެއް ނުކުރަން.
އަހަރެންގެ ޚަބަރެއްނުވީމަ ޚަބަރު ބަލަންދާނެ ކަމަށްވެސް ހިޔެއް ނުކުރަން. ސަމީރު އަހަންނާ ވާހަކަ ދައްކާހިތުން ހުރެ ވާހަކަ ނުދައްކާ އަންނަން ދިމާވީ އެވަރުގެ ކޮން ސަބަބެއްތަ؟” އަފީފާ މޭގައި އަތް ޖައްސާލައިންހުރެ ސަމީރަށް ބަލަމުން ގެންދިޔައެވެ. އެއިން ކޮންމެ ޖުމްލައެއް އަފީފާބުނީ ސީދާ ސަމީރަށް ނަޒަރު ހުއްޓައިން ހުރެއެވެ. އެހެން ނަމަވެސް ސަމީރު ތަފާތެވެ. އަފީފާގެ ނަޒަރު ހުރިގޮތުން ސަމީރަށް އިސް އުފުލާލަންވެސް ނުކެރުނެވެ. ސަމީރުކަހަލަ ފިރިހެނެއްގެ ކުރިމަތީ އަފީފާ ހުށިޔާރެވެ.
“ކާކާ އިންނަން ތިއުޅެނީ؟” މިފަހަރު އެހެން ބުނަމުން ސަމީރު އަފީފާއަށް ބަލައިލިއެވެ.
“ތީތަ އެ ސަބަބަކީ؟.. އާދިލާ ބުނިދޯ އެވާހަކަ. ކައިވެނި ކުރަން މިނިންމީ ވަރަށް ރަނގަޅު މީހަކާ.. މުއްސަންޖަކާ.. އަހަރެން ގޮވައިން އުޅެވޭނެވަރުގެ ކުޅަދާނަ މީހަކާ.. ލޯތްބާ އަޅާލުން ދޭން އިނގޭ އޯގާތެރި މަހުޖަނަކާ.. އަނިޔާއެއް ދޭންނޭނގޭ އަޚްލާޤް ރަނގަޅު މީހެއްއެއީ.. ދުވަސް ހަމަ ޖެހެންދެން މިހުރީ. ހަމަޖެހުނީމަ އަހަރެން ބޭނުންވަނީ ވީހާ އަވަހަށް ކައިވެނި ކުރަން.” އަޖައިބެއްހާ އަވަސް މިނުގަ އެމީހެއްގެ ސިފަތައް އަފީފާ ކިޔާލުމުން ސަމީރު ހައިރާން ވިއެވެ.
– ނުނިމެ –
——————-*******—————–
އުފަލަކީވެސް އިމްތިހާނެއް، ?
ދެރައަކީވެސް އިމްތިޙާނެއް ?
ކުލަތަކުން ކޮށްލާ އަޖައިބެއް، ?
އަސަރުކުރުވާ ގައިމު އެއްޗެއް. ?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.







v reethi mivaahaka feshunissure aharen midhany kiyamun
Dhen aslu v shauguveri kuruvaa gothakah liyefa in vaahaka eh mee
Ehnve hama bunelaany curiously wait ingey
reyga mi part kiyaalin up vefa inthan fenigen.
hama bunelaanee v v v reehchey mivaahaka.
Dhen hithah mi aranee kaakaa baaey afeefa innan mi ulheny
hi Quin me
Thanks fr the comment.
Ehenveema ummydhu kuran vaahaka nimendhen neyvaayaa eku hifahattaalaanekamah .
Hehe
Thanks
komasthey!!!
shaleen v ufaavey komastheyge commetves libeythee.
Dhen afeefa marry kuran miulheny haadha rich meehakaaey dho??
hingaabala balan vaagoi
Hi sissy… dhemme up vefa inkan ingunee. Kiyaalaafa hama avahah comment kollee mi.mi part nimaalaafa liyefa e in baskolhu vrh reethi ingey masha allah. varah ves thedhu vhk eh eii. Afeefaa emme fahun hama ehn meeheh hoadhee dhw.kobaa baa anekkaa moosa e visnaa gothakee? Kobaa mihaaru mahoo? Hehe varah suvaalu gina dhw. Malik mifaharu filee afeefaa fenuneema. Varah thafaathu kujjeh. Hama Malik aa beheygothun ithurah hoadhan shauguveri vanii hehe. Waitin curiously for next part.
hi my dear.
Hws you No.1 fan?
thank you shaleen hadhaalaafa in kuda kuda baithu v kamudhiyaama.
Ya afeefa mihaaru marry kuran ulheny.
Moosage visnun kiyuntherinnah connect vaane ingey vaahakaige kommes hisaabakun .hehe
Mahoo hama heyo haaluga dear.
Malik ge intbizaaruga thibbavaa hurihaa readers ah bunelan othy v kehkurahchey malik ge hageegai ingen beynun vanyaa. Hehe
so adhives effaharu v bodah thanks mi comment libuneema.
Support kohdhemun gendhaathyve. Ingey.
Wowwww. Masha allah nice nice. Alhe afeefaa nuvaane ehnu ehn hadhaakah. Faaidhu kiyaidhin vahaka kiyuntherinnaa hama ah deliver koddheefa in goiyy varah nice. varah kiyaa hithun hama mi part vx kee. Keep it up?
Reethi masha allah. Waiting waiting
thanks ldhy
Wait wait wait ingey
hi kasshaf
Omg thnks for the comment ingey
Afeefa mikuri kamei dho. Shaleen v ulhefin sameer ah dheyn.
Afeefa ekam goi nimmany dho
And faaidh ge vaahakathah dho. Yes eyna hama v dheravegen.
So dhen wait kollaamaa anekaaves vaahakaiga vaagothei vaan
Hey shaleen
Vaahaka? salhi fikurei visnumei hiyaalei.
Ummeedhu kuran ibraiitheri vaahaka akah vaanekamah. Waiting ga anei part ah
Ya. Thanks
Shaleen ves masakkai mikurany ibraiitheri vaahaka akah veytho
Vaahaka v reethi
Mihisaabah aiiruga mi vaahaka anekkaa mivanee ehn gothakah badhaluvaan fashaafa.
Anekkaaves sameeru aa innaanee kaakubaa?? Ehaa care koffa afeefa ekury kyhtha alhe. Lamma beynumi sameer n afeefa marry kuran shaleen.
Bt waiting ga hama mihuree
ya vaahahaka hama dhaany changes annamun. For readers. Hehe
Lamma beynunviyas afeefa gothei nimmaafi. Dhen kykey dho bunaani
Hingaabala anekkaaves balan mivaagothei dho
Oh gud gud nice nice. Masha allah . Waiting for next?
hey Dhisha
Shukuriyya
Shukuriyya
Wait
Wait
And wait for the nxt prt
Saaaad anekka dhw. Bt varah molhu Shaleen readers ge emotions aa kulhelan ingey. Keep it up. Waiting…
hehe thanks dear
Ufaa hama
Hehe
Faaidhige vahaka kiyaidheefa in bai varah kamudhiya mi part in. Mulhi part vx hama varah reethi masha Allah. Dhn oiyy part ge inthizaaruga mihurii
thank you minha
Ehen viyya v ufaavejje ehaa hih hama jehey gothakh ebai genes dhevifa inymaves.
Yes plz b wait
Maasha Allaah.. haadha asarugadhaey.. jumlathah beynun koffa hunna goih v furihama. Dhen bunelan othee afeefa hama emeehaa aai hama innaanebaaey. V inthizaar kurevey eba.. tc . Lysm
thanks fr the cmnt khaleel
V ufaavejje liyuntherikamah ehchei bunelaafa otheema. Afeefa kaiveni kuran miulheny rich meehakaayo. Hingaa balaalamaa afeefa and sameeruge relation ah anna changes.
So plz keep waiting
Lysm
Hey, How’s you? Masha allah vaahaka hama dhany dhuvahakun dhuvaheh reethi vamun. Hama suvaalu thahves dhany dhuvahakun dhuvaheh ithuru vamun. Faaidh e dhekky anekkaa kaakuge vaahaka eh baa? Maalik afeefa dheke ehaa rulhi annany keehvebaa? Afeefa kaiveni kuran e ulheny kaakaabaa? Kiyuntheringe shauguverikan ithuru kurumah amilla ah molhu goiyythah himanaathy story hama vrh ves reethivey eba mihaaru. Liyuntherikamuge ron’gun kuriyah dheveyne, Insha Allah! Keep up your great work,Stay home and stay safe❤ Love you sis
hey you. I am doing well ingey. Alhamdhu lillah.
Thanks for the cmnt dear.
Faaidh ebunaa meehakee kaakukanves engidhaane hama. Liyun up kuraavarakah kiyamun gendhavaa.
Maalik afeefa dheke mianna rulheege hageegai ingeyne dhuvas dho??? v v v wait kollaa dhen hama.
Afeefage kaivenives mi vaahakaiga kureven eulheny.
Dhen balanvee sameer aa gulheynee kaakutho dho?
hehe ok readers wait kollamaa
Hey Sissyy! Haalu kihineh theena ge? Hama An’ga bandhu vejje in’gey. Must appreciate your work! Thigothuga kuriyah dhaashey bunelaanee. Sameer ah anekkaaves mi dhimaavee hithaama akaa dhw. Haadha keiyytheri meehakashey ekahala kankan dhimaavaa iruves dhuniyeyga ulheveyny dhw?. Afeefa sameer kairi ehen ahaafa adhi kaiveni ehaa avahah e kurany keehve? Faaidh ge e loabivaa meeheh ves balan vejje ehnu. Waiting for the next part. Stay safe and try hard.
Lots of love,
Lil sis♥️
hi you!
much more thanks dear..
Yes haassakoh sameerah mivaru vaathy vaahaka ah IMTHIHAAN kiyanee.
And adhives ethah imthihaan thakei ebahuri kamah balamaa.
Yes. Afeefa v visnaa dhin dho fageerakaa ves kaiveni kurevidhaanekan. And sameeru ge javaabakahves v inthizaaru kurithaa dho?
dhen faaidh dho. Faidh ge emme loabivaa insaanaage hageegai hoadhanves vaahakaiga fight kuraane. Inthizaaru kollahvvaa