އިމްތިޙާން 13
އެއަޑުގައި އެކުލެވިފައިވި ހަރުކަށިކަމުގެ އަސަރުން އަފީފާގެ މުޅި ހަށިގަނޑު ހުއްޓުން އެރިއެވެ. އެވަރުގެ ކުއްޖަކު އެވާހަކަ ދައްކަންވީ ސަބަބެެއް ކޮބައިހެއްޔެވެ؟ ސަމީރަކީ ދަރިންނަށް އެކަހަލަ ވާހަކަ ހިއްސާކުރާ މީހެއް ނޫންކަން އަފީފާއަށް އެނގެއެވެ. ކުޑަކުޑަ މާލިކްގެ ކުރިމަތީގައި އަފީފާއަށް ފުރަތަމަ ފަހަރަށް އިސްޖަހާލަން މަޖުބޫރުވިއެވެ. އެމަޖުބޫރު ކަމުގައި ވަނިކޮށް ޑޮކްޓަރާއި ނަރުހަކު އައިސް އެނދު ކައިރިޔަށް ހުއްޓިލިއެވެ.
“މާލިކް! ކިހިނެއް؟ ދެން ކޮންމެސް ލުއިލުއި އެއްޗެއް ކާލަން އުޅޭ. ފަނަރަ މިނެޓް ފަހުން ލޭ ޗެކްކޮށްލާފަ ގެއަށް ފޮނުވާލާނަން. ދެންވެސް ބަސްއަހައިން ގަޑިން ގަޑިޔަށް ކައިގެން ހުންނަންވާނީ އިނގޭ..” މާލިކްގެ އަތުގާ ފިރުމާލުމަށްފަހު ޑޮކްޓަރ ނުކުމެގެން ދިޔައެވެ. ނަރުސް ކުއްޖާވެސް މާލިކްގެ އަތަށް ޖަހާފައިވާ ކެނިޔުލާ ނައްޓާލުމަށްފަހު އެތަނުން ނުކުތެވެ.
“ހިނގާ ކާން! މިހިރީ ދެންމެ ގެނައި ކަނޑޫކޮޅެއް. ބައްޕަ ބުނި މާލިކްއަށް ވަރަށް މީރު އެއްޗެކޭ. ކުޑަކޮށް ތެދުވެލަންވީނު”
މާލިކްގެ ސަބަބުން ހިތުގައި ޖެހިފައި އިނަސް، އަފީފާގެ އުދާސްތައް ކަނުއެއްޗަކަށް ހަދަމުން މާލިކްއާ ވާހަކަ ދެއްކިއެވެ.
“ގެނޭ.. އެކަނި ކެވޭނެ.” މާލިކް ފޫހިގޮތަކަށް ބުނެލިއެވެ.
“މާލިކް.. ބަސްއަހައިން ދައްތައާއެކީ ކާލީމަ އަވަހަށް ގެއަށް ދެވޭނީވެސް.” އަފީފާ ބެލީ މަޑުމަޑުން ނަސޭހަތް ދެވޭތޯއެވެ.
ރޭގަނޑުގެ ވަގުތެވެ. އެޑްމިޓް ކުރެވިފައިވާ ފާއިދުގެ އޮޕްރޭޝަން ކުރެވުނީ ދަންވަރުގެ ވަގުތެއްގައެވެ. އޮޕްރޭޝަންގެ ސަބަބުން އިތުރު މައްސަލައެއް ނެތް ފާއިދު އާންމު ޙާލަތަށް ރުޖޫޢަވުމަށް ވަގުތު ބޭނުންވާނެ ކަމަށް ޑޮކްޓަރުވަނީ ލަފާދީފައެވެ. ޑޮކްޓަރުގެ އެދުމުގެ މަތިން ތިން ދުވަސް ވަންދެން ފާއިދު އެނދުމަތި ވެފައި އޮންނަންޖެހެއެވެ. އެހެންކަމުން ގެއަށްވެސް ނުގޮސް މޫސަގެ ހަމަ ކޮންމެ ވަގުތެއް ވޭތުކުރަނީ ފާއިދުގެ ބަލި ދާންމަތި ބެލެހެއްޓުމުގައެވެ.
“މޫސަބޭ! މިހެން އޮންނަން ވަރަށް ފޫހިވޭ. ސީމައްތައާ ތުގާ ކޮއްކޮމަތިން މާބޮޑަށް ހަނދާންވަނީ.. މޫސަބެއަށް ވަރަށް ގިނަ ވާހަކަ ކިޔައިދޭން ބޭނުންވޭ. އަޑު އަހާނަންތަ؟” ފާއިދު ވާހަކަތަކެއް ހިއްސާކުރަން ބޭނުންވާތީ ބުނެލިއެވެ.
“ފާއިދު! ބޭބެމެން ފާއިދު މިގެންގުޅެނީ ހަމައެކަނި ސީމައްތައާ ބޭބެގެ އަަޑު އަހާކަށް ނޫނެއްނު. ދަރިފުޅު ދައްކާ ވާހަކަތައްވެސް އަޑުއަހަންނޭ… ހެހެ… ދެންކިޔާބަލަ. މީއިނީ އަޑުއަހަން.” ހިނިއައިސްފާ އިނދެ ފާއިދު ބޮލުގެ އިސްތަށިތަކާ ކުޅެލާ ސަމާސަ ކޮށްލަމުން މޫސަ ބުނެލިއެވެ.
ކުޑަކުޑަ ތުގާއަކީ ސީމާގެ ޙަޔާތަށް އުޖާލާކަން ގެނެސްދިނުމަށް ޤުދްރަތުން ލިބިފައިވާ ސީމާގެ ނުއުފަން ދަރިއެވެ. މޫސައާ ފާއިދުއާ ވަކިން ގޭގައި ހޭދަކުރަން ޖެހޭ ކޮންމެ ވަގުތަކީ ސީމާއަށް ދަތި ވަގުތުތަކެކެވެ. ހަމަ އެހެންމެ ތުގާއަށްޓަކާ ފާއިދު ހޯދައިދެމުންދާ މަޖާ ވަގުތުތައްވެސް މިވީ ކުޑަ ވަގުތުކޮޅު ތެރޭގައި ހަމަހިމޭން ކަމަށް ބަދަލުވިހެން ތުގާއަށްވެސް ހީވާ ކަހަލައެވެ. އަޖައިބެއް ނޫންހެއްޔެވެ؟ މޫސައާ ފާއިދު ގޭގައި ނެތްކަން ތުގާއަށް އިޙްސާސް ވަނީ ކަންނޭނގެއެވެ. ހިނގަން ދަސްކުރާ ކޮށީގައި ދުއްވާލާފައި ދަމުންވެސް ތުގާ އެމީހުން ހޯދާކަހަލައެވެ. ދިމަދިމާއަށް ބޯއަނބުރައެވެ. އެކި ކޮޓަރީގެ ދޮރުކައިރި ހުއްޓި އިނުމަށްފަހު ކޮންމެސް އަޑެއް ލައްވާލައެވެ. ކޫސަނި އަޑެކެވެ. ނޫނީ ކޮންމެސް ކުކުރުމެއްގެ އަޑެވެ.
މެންދުރުގެ ވަގުތެވެ. ކޮންމެ ދުވަހަކުވެސް ސަމީރު އެގެއަށް އަންނަ ކުދިންނަށް އާދަވެގެން ޤުރްއާން ކިޔަވައިދީ ހަދަނީ މެންދުރު ނަމާދަށް ފަހުއެވެ. މިއަދުވެސް ސަމީރު އެގެއަށް އާންމުކޮށް އަންނަ ދެކުއްޖަކަށް ޤުރްއާން ކިޔަވައިދެނީއެވެ. ބޮޑުއަށިމަތީ އިށިންދެލައިގެން އިން ސަމީރުގެ އުނގުގާ މަހޫ އިނެވެ. މާލިކްއިނީ އެއްފަރާތެއްގާ ބަސްއަހާލައިންނެވެ. ސަމީރުގެ ކުރިމަތީ ފޮތްގޮނޑިއެއް އިނެވެ. އެގޮނޑި މަތީ ބާއްވާލާފައިވަނީ މިދުނިޔެމަތީގައިވާ އެންމެ މާތްފޮތެވެ. އެފޮތަށް ކުރިމަތި ވާގޮތަށް ކައިރި ކައިރީގައި އިށީންދެލައިން ދެފިރިހެން ކުދިން ތިއްބެވެ. އެކުދިންގެ ބޮލުގައި ތާކިހަލެއް އަޅާފައިވެއެވެ. ކިޔަވަމުންދަނީ ސޫރަތުލް ކާފިރޫން އިން ނާސްގެ ނިޔަލަށެވެ. އެކުދިންގެ އަޑުގައި އޮމާންކަމާ ފަށުވިކަން ވެއެވެ. އެއީ އިޙްތިރާމްގެ ވަގުތެވެ. މަޑު މައިތިރިކަމާ ޚުޝޫޢަތްތެރި ކަމާއެކު އަޅުކަމުގައި އެކުދިން ތިއްބެވެ.
“އައްސަލާމް ޢަލައިކުމް!… ކިޔެވުން މެދުކަނޑާލަން ޖެހުނީމަ މާފަށްއެދެން. އަޅުގަނޑު ބޭނުން ސަމީރާ ބައްދަލުކޮށްލަން ހަމަ މިވަގުތު.” ކަތީބުގެ އަޑަށް ކިޔެވުން މެދކަނޑާލަމުން ސަމީރު ތެދުވިއެވެ.
“ދެކުދިންވެސް އެތާ ބޭރު އުނދޯލީގަ މަޑުކޮށްލައިން ތިބޭ މަންމަ ބަލާއަންނަންދެން. ސަމީރުބެ މިއުޅެނީ ކަތީބާ ވާހަކަ ދައްކާލަން. މާލިކްވެސް ދޭބަލަ އެކުދިންނާއެކީ” ސަމީރު އެކުދިން ފޮނުވާލަން މަސައްކަތް ކުރިއެވެ.
“ޔުސްރާއްތަ އެބަހުރި އައިސް. ގޮސްލަންތަ މިއަދުވެސް ބައްޕާ.” މާލިކް ބޭރަށް ބަލައިލުމަށްފަހު ބުނެލިއެވެ. މާލިކަށް ހުއްދަ ދިނުމުގެގޮތުން ސަމީރު ބޯޖަހާލިއެވެ.
“ކިހިނެއްތޯވީ؟ އިށީންނަންވީ ނޫންތޯ؟” އަދަބު އިޙްތިރާމާއެކު ކަތީބަށް މަރުޙަބާ ކިޔަމުން ސަމީރު ޢިޝާރާތް ކުރީ ބޮޑު އަށްޓަށެވެ. އިށީންދެ ހަމަޖެހިލަމުން ކަތީބު ވާހަކަ ދައްކަން ފެއްޓިއެވެ.
“ސަމީރު! އަޅުގަނޑު މިއައީ ސަމީރުގެ މަންމަ ފޮނުވައިން. މަންމަ ބުނި ވާހަކައެއް ދައްކާލަން… މީގެފަހުން ސަމީރު މާލެދާ އެއްވެސް ދަތުރެއްގަ އެހީތެރި ވުމުގެ ގޮތުން ސަމީރުގެ ދަރިން ބަލައިދެވެން ނެތްވާހަކަ ބުނެލަދޭށޯ ބުނީ. ކޮންމެ ފަހަރަކު މަންމައަށް ބަރޯސާވެގެން ސަމީރުގެ ދަރިން ބަލަން ހަވާލު ނުކުރާށޯ. އަދި ބުނި… ދަރިންގެ ޒިންމާ އަމިއްލައަށް ނުނެގެންޏާ ކޮންމެސް ތަނަކުންވިޔަސް މީހަކު ހޯދައިން އަވަހަށް އިންނާށޯ.” ކަތީބުގެ އަތްވަނީ ސަމީރުގެ ކަނާއަތު ކޮނޑު މަތީ ބާއްވާލާފައެވެ. ހީވާގޮތުން ކަތީބުވެސް މިވާހަކަތައް ސަމީރުގާތު ބުނަން ދެރަވެއެވެ.
އިސްޖަހާލައިގެން އިން ސަމީރުގެ ލޮލުން ވެއްޓުނު ކަރުނަ ތިކިތައް މަހޫގެ ފައި ތެންމަމުންދެއެވެ. ހަމަ ކޮންމެ ކަރުނަ ތިއްކެއް ވެއްޓުމާއެކު މަހޫ ސަމީރުގެ މޫނަށް ބަލައިލައެވެ. ހައިރާން ކަމާއެކުއެވެ. ސަމީރުގެ މިލާފައިވާ މޫނުފެނި މަހޫއަށް އޭނާގެ ބައްޕަ ރޮނީކަން އިނގުނެވެ.
“ބައްޕަ ރޮނީ.. ކުދިން ރޯންނުވާނެޔޭ ބައްޕާ..” ހަތަރު އަހަރު ފުރުމަށް ގާތްވެފައިވާ މަހޫއަށް ބުނެލެވުނީ ކުޑަކުޑަ ޖުމްލައެކެވެ. ސަމީރުގެ ކޯތާފަތުގައި އެކުޑަކުޑަ އަތްތިލައިން ފިރުމާލިއެވެ. ހީވަނީ ބޮޑުމީހަކު ކަރުނަ ފޮހެދެމުން ހިތްވަރު ދޭން މަސައްކަތް ކުރާހެނެވެ.
“ސަމީރު! ހުއްޓާލާ. ކޮންމެސް އެއްޗެއް ބުނެބަލަ… އިނގޭ ސަމީރު ވަރަށް ދެރަވާނެކަންވެސް.” ކަތީބަށް އެގޭގައި ގިނައިރު މަޑުކުރެވެން ނެތުމުން ސަމީރުގެ ޚިޔާލު ހުރިގޮތް ބަލަން ބޭނުންވިއެވެ.
“ކަތީބު! ތީ މަންމަގެ ނިންމުން ކަމަށް ވަންޏާ އަހަރެން ތިކަމުގަ ކުރާނީކީއް؟ ބުނާނީވެސް ކީކޭ؟ ބުނެވޭނީވެސް ދެން ކީކޭ؟ އަހަރެން ކިހިނެއް މަންމަ ނުކޮށްދޭނެ ކަމަކަށް މަޖުބޫރު ކުރާނީ؟ މަންމައެއްގެ ނިޢުމަތް އަހަންނަށް ވަނީ ލިބިފަ. އެއީ ހަމައެކަނި ނަމަކަށް. އެކަމަކު މަންމަ ނުވިސްނާ އަހަރެން މަންމައަށް ބޭނުންވާނެ ވަރެއް. އަހަންނަކީ މަންމައަށް ކިހާ މުހިއްމު މީހެއްކަން އިނގޭނީ ކޮންދުވަހަކުންބާ؟ އަހަރެން ކިތަންމެ ބޮޑަސް މަންމައަށް ވުރެ އަހަރެން ބޮޑުވީ ކޮންއިރަކުތަ؟ އަހަންނަށް ހީވަނީ މުޅިދުނިޔެ އަހަރެން ވަށައިން ފިއްތާލަނީހެން. އަހަންނަށް މިދިމާވާ ކަންތައްތައް އެހެން މީހަކަށްވެސް ދިމާވާނަމަ އެނގޭނީ. ދެން އަހަރެން ބުނާނެ އެއްވެސް އެއްޗެއް ނެތް. ތިކަންވެސް އަހަރެން ޤަބޫލު ކޮށްފިން.”
ސަމީރުގެ ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގާ ބޭރުކޮށްލިއެވެ.
“ހިތްވަރުކުރޭ ސަމީރު! ހިތްވަރުކުރޭ! މިވަގުތު ދެން ގޮސްލީ އިނގޭ؟.” ސަމީރުގެ ކޮނޑުގައި އަތުން ފިރުމާލާ ހިތްވަރު ދެމުން ކަތީބު ނުކުތެވެ.
މިއީ ސަމީރުގެ އެކަނިވެރި ޙަޔާތެވެ. ހިތްދަތި ކަމާ ހިތާމައިން މުޅި ދުނިޔެ ސަމީރަށް ކެހި ދެނިއްޔޭ ސަމީރަށް ވިސްނެންފެށިއެވެ. ކޮންމެ މަހަކު ތުގާއާ ބައްދަލު ކޮށްލަންދާ ސަމީރަށް މިހާރު މިވަނީ ކުރިމަގު ބެދިފައެވެ. ތުގާ އަށްޓަކާ ދެން ސަމީރަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއަދު ސަމީރުދެކެ ލޯބިވާނޭ އަތންބަކު ނެތެވެ. މިއަދުން ފެށިގެން ސަމީރަށް އަޅާލަން މަންމައެއް ނެތެވެ. ނޫނެކެވެ. މަންމަ ނެތީއެއް ނޫނެވެ. މަންމަގެ އަޅާލުމާ އޯގާތެރިކަން ސަމީރަށްޓަކާ ވަޅުލީއެވެ.
ނުނިމެ –
—————***********————–
ކިޔުންތެރިންނަށް ވަރަށް ލޯބިން!!
ތިބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާ ވާހަކައަށް ދެއްވަމުން ގެންދަވާ ތަރުހީބުގެ ސަބަބުން އަޅުގަނޑުގެ ވާހަކައަށް މިސައިޓުން 10ކޭ+ ? ވިޔުސް ލިބިފައިވާ ވާހަކަ އުފަލާއެކު ފާހަގަކޮށްލަން.
އެކަމަށްޓަކާ ތިބޭފުޅުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. الحمد الله ???
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
73 Comments!
Comments are closed.







V reethi mi prt vx.
Nxt prt ah inthixar kuran
shukuriyya piglet.
V ufaavejje mi wk gaves commenteh libuneema.
Next part anna hafthaaga in sha allah. ✍️✍️✍️
Masha Allah
Varah vs kamu gossi
Hi S#!maya
Thank you varah bodah vaahaka kamudhiyaima.?
Hama angainn bass huttey varuvey,
Masha Allah
V ves furihama,
Sameer ah mi vai haadha ? gothe key
Sad life
Bodu himmthihanakah fahu ujaalaa dhuvass thakeh vs annane kamuge ummydhuga hama mi hiri
Hifehettumeh neii inthizaareh ga
Waitting 4 next up cumin
hi shaleen
V reethi dhn hama mibaives
V ufaavey komme hafthaa akuves vaahaka up kolladhethee
Waiting fr the next prt
Lysm
mi hafthaage part kyvve lasveee shaleen
Iyye v belin mi vaahaka up vefatho iny.
BTW mi hama v reethi mi prt ves. Sameeruge mom e ulheny kyvvegentha alhe.
shaleen alhe mi sameeru evarah dhera nukobbala dhen
V reethi vaahakaeh.
V beynun sameeruge mom aa connect velan mivaahakain
hey Masha9092
Anekkaaves such a great great comment from you ?
Sameerge life dho.
Vaahaka aki hama imthihaanei
Inthizaaru kollabala thafaathuvaane in Sha allah
Vaahaka ah hifehettumei nethi inthizaaru kuraavaahaka buneleema dhen bunelan othy vaahaka kiyaalan thihaa inthizaaru kuramun dhaathy hifehettumeinei shukuruves dhannavamey?
Yes koimalaa
Thank you for the comment fr you
Anekkaaves ? ya hama mi try kurany evves week eh miss nukollaa thiya kiyun therinnaa v gulhilaamehigen ulheveytho. Hehe
Lysm?
Dearest yumn!!
Thank you
Anekkaves dhimaaveema
V bodah sry. V ufaavejja site haavaalikan inguneema vaahaka kiyalan. Ekam shaleen innaany hama vaahaka submit kollaafa site ah. Ehennamaves sitege faraathun vaahaka up kurumuga lassveema publishvefa iny lahun.
Ya hingaabala balan dhen sameeru mom ge story dhaagoives dho
Dhaan!
Pending ga komme faharaku innanany comment so sad
By bunelaanan v thanks for the comments komme faharakuves.
Alhe sameerge vaahaka Mee shaleenves dheravey sameeru dherakuran. Ekm vaahakeh veema dho kommes meehaku hithamves kuraanethaa. Hehe.
Lysm ?
V furihama
Hama immthihan ge nimunn v fonivaane kamah ummydhu kurann
Fothehge sifaiga shaleen ge vaahaka ae kiyalann libeyne dhuvahakah innthixaru kurann,
Liyunn theri kamaa ibaraii kurunn shadhaavefaa v fashuvi, manzaru lokurimathi sifavamunn dha kahala
shukuriyya shenhaa
Dhuvaskolhakah fahun anekkaaves mi dhimaavee dho?
Shenhaa edhey fadhain imthihaanei fadhain vaahaka nimigen dhaany
In Sha allah
Inthizaaru kollavva
Part 12 ga fenigenn dhiya family ae mi part ga nufenunukann faahagavi, a bai himenifaa nethima knmess vareh ge falhukameh ihusass vejje,
A e anekka nividhilley boikeh kahala family ae baa?
Any ways very interesting
Dear Fahudhu ge dhari
V ufaavejje mifaharuves commented libuneema.
Faahaga kollaafa ingothah e familyge vaahaka dho
Ei aslu kon familyeh kanves adhi ingeyne
Ehennamaves komme vaahaka eggaves part part eki dhuvahu up kuraairu
V undhagoo kamei hurihaa characters komme partegga genaumaki
Mivaahaka liyanee v raavaigen kamah vaathy adhives e family readers aa connect vaane v Gina faharah.
V ufaavejje fahudhuge dhari ah ehaa haassa family akah e family veema. V ufaavejje ekamah shauguverikan aissa hurivarun. ??
Thanks
Hi faaiga
Ufaaveri commented kalaage faraathun.?
Thafaathu shukurei bunelan.
Pending ga comment huttas reply dheveytho mi balany.
Aslu faaiga edhifa in gothah fotheigge sifaiga vaahaka neren adhi khiyaalei nukuran.
Ehn namaves liyuntherikamah thidhevvi tharuheebah v bodah shukuriyya
Hi dear. Congra for 10k views. N hafthaage magbooluga himenuneema vx. Vrh vrh ufaave Shaleen kahala thihaa talented author akah kurierun libeythan fennaathee. Abadhuvx edhenee Shaleen ah kaamiyaabee?. Dhn mi part ge vaahaka dhakkanyaa buneveynii hama abadhuhn vx varah reecchey. Masha Allah. Alhe Sameeru ah thihaa hiyydhathikoh kanthah dhimaa vaathee varah dhera vey. Vrh asarugadga ingey hama. Kiyamun dhia iru vrh vrh dhera vi. Malik ge age akii kobaabaaey mi part kiyaali iru kulliyakah hama hithah erii. Waiting for next ingey. Luv yuu sissy….
Hi my dearest No.1 fan
Welcome n thank you for the perfect comment from you.
Ya aslu v dheravey Sameer ah mihen hadhan jeheytheeves. Ekamakuves shaleen ummydhu kurany vaahaka nimey iru mulhi vaahakaige faraathun readers ah v bodu filaavalhei dhasvegen dhaane kamah.
Lysm ?
Ya dear sorry mention kollaafa dho iny maalik ge age aa behey gothun.
Maalikge age innaane nxt part ga
Keep waiting ?
Mi part vx twist eh nethas hama vrh habeys ingey. Waiting for next part.
thank you she for the comment,
Miss you
Masha allah vrh reethi. Waiting for next part
hi Me
Thank you
Thank you
OMG finally anekkaa vx mi vhk ge aa part eh kiyaalan libunii mi. Mi part vx hama masha allah vrh reethi.
Her!
Next part reethi vaane kamah v ummydhu kuran ingey.
Thanks a lot
Masha Allah Shaleen hama varah molhu readers ge hiyythakaa kulhelan. Overall part was guddd hama. Masha Allah. Waiting waiting……
thank you Teen
V ufaavejje hama thi baskolhuthah fenuneema
Yes wait kolladhevvaa
Twist thah hama kuriyah othy
Vrh kiyaahithun mi part vx kiyaalii hama. Buneven othii hama vrh vrh vrh reecchey mi part vx. Alhe Sameeru mamma nuvaane ehnu ehn hadhaakah. Kommeyakas Shaleen Sameeru ah dhera gotheh nahadhaane kan ingey. Waiting for next
Ey anhen kujjaa!
haadha dheravee alhe.
Vaahakaige namunves ingeyne mee ehaa avahah ufaa veven nei vaahakaehkkan dho. Ehn namaves hingaabala sameeruge imthihaan ge ajuma balaalamaa
Asarugadha, asarugadha, vrh asarugadha. Waiting for next?
thank you That gurrlll
Asarugadhavee varakah mi balanee readers kiyaahih veytho ehnveema.
Yes wait kollaa
Faaidhu moosa ah kiyaidheyn ulhun vaahaka vx varah ingen beynunvefa inii. Ekam kommeyakas vrh reethi ebai adhi mi part ga nethas eyge fahun aissa oiyy bai. Sameeru ah ehn v ma varah dhera vey. Ekam hama varah reethi mi part . Waiting………
Gurrlll
Ya faaidhu dhekki konvaahakaehbbaa dho? yageenunves kommes vaahakathakeii dho.
Hehee
Thanks fr the comment dear
Varah vx reethi hama mi part vx. Komme part eh vx hama abadhuhn badhaleh naadhe. Masha Allah vrh reethi vahaka eh
thanks Liar
V ufaavejje anekkaaves comment kolleethee shukuriyya
Mii mihaaru esfiya sote ga in emme thafaathu vahaka adhi emme.asarugadha vahaka hn heevanii. Varah reethi Masha Allah. Waiting for next
hi 1990
thank you.
Mi site therein mivaahaka kiyaalaathy.
V millions of shukuriyyaa
Vrh vrh reecchey hama buneveynii. Thaaniyaa mn kobaa mihaaru? Waiting for next. Luv yuh dear
hey Mishya
Thaaniyaamen ves dhethere akun connect vaane ingey.
Ekudhin hama v madhu madhun namaves readers aa hama ah genes dheynan. Ei v thafaathu sirru baeh
Hehehe
Shaleeeeen. Hama comment kiraashey reply kuraanamey buneema mi bunelanii comment ey mi kuranii mifaharuvx. Reethikamun hama bunaane eccheh vx neynge. Masha Allah. Waiting….
oh manjeyyyy!
thank you hama buneleema ves comment kollytheeve.
Love you
Shaleen thi hadhaa gothun comment kuraanii kihineh dhn. Comment kuraairu bunaane eccheh vx neynge mihaaru. Reeeeeethi kamun.❤ vrh reethi ingey dear mi vaahaka. Will always be there to support you komme week aku comment nukuriyas
Oh thank you dear for the comment
Ehn namaves ummydhu kuran hama dheythere akun comment eh libeyne kamah
Gellifa huri tharieh mihuregen mihaaru fennanii. Proud of u. Varah reethi mi part vx mi vahaka vx.
oh hehe thanks dear
Thanks a lot
Varah reethi mi part vx Masha Allah. Faaidhu operation kurevuniima happy. Ekam Sameeru ah ehn v ma dhera vejje. Ekam hama Shaleen ge molhukan dhw mii Masha Allah. Readers hevvaalaafa rovvaalii eh part in. Keep it up dear. LUV YUHHH….WAITING FOR NEXT
Dear
Thank you
Eki part ga vaany hama eki gothah ehennamaves mulhi vaahaka mihaaru kuriyah midhany hama v thafaathu gothakah dho
Sameeru bunaahen
Sameeru fihthaalany hama emmenvegen dho.
Lysm
Varah reethi hama Masha Allah. Mi faharu las vejje dhw comment. Aslu maa busy v ma. Ekam abadhuvx support kuraanan ingey. LYSM❤
hehe thank you
Comment lasvumaki massalaeh noon
Support kuraakan ingijje v fahun comment libuneemaves hehehe
Love you more
Nice….
thaaaank u
Reethi varah . Vasha Allah. Kuriah oiyy bai kiyaalaa hiyy vey
hehe
Shukuriyyaa
So hingaa inthizaaru kollamaa dho bext part akah
Masha Allah . Masha Allah.. Congratulations mi vaahaka ah ehaa kaamiyaabee libeythii. Waitin Waiting
hehe. Thank you dear
Thihira kasgeege hihvaru nereythee kaamiyaabeeves milibenee
Alhamdhu lillah
Dhen v ufaavejje comment libuneema thibaage faraathun alhaa ah
Mi part kee iru jehunii heeheefa roan. Hama handhaan v alhugan’du ge Maama kiyaidhey vhk eh. Murangatholhi vhk ga ukhey kujjaa heeheefa roanii. Shaleen vx miadhu thiheddhii ehn readers ah?. Thii vx talent eh ingey dear. Keep going. Luv yu
Masha Allah vrh reethi mi part vx…..waiting for the next part?
thanks2000
v ufaavejje comment eh dhevveethee
hi thanks Again here!!
pending ga comment iny
Ehen namaves v ufaavejje mi part kiyaafa hihufaavefa hihvaru dheravikan inguneema
Lysm
Hey Shaleen! It’s me here again.. Masha allah ,vrh reethi mi part ves. Sameer ah iraadha kurevviyaa adhi kuriah oiyythaaga ufaaverikan libeyne. Ekam haadha ehn kahala ey dhw eynage life. And neynge dhn kon irakun kameh ves Thugaa aa Sameer dhimaavaanee kon dhuvahakun kamehves. Anekka eynaage mamma ehn kankurumuge fahathugaa sababeh otheebaa ey ves. Dhn just don’t know hama gaimuves mi story hama varah tricky. You are an awesome writer dear. Stay home, Stay quarantined and work best on your story and life.
Lots of love,
Lil sis
hey anekkaaves Lil sis dho
Ufaavejje comment kiyaalan libuneema anekkaa.
Dhen sameeruge life dho
Thafaathu hayaathei dho.
Sameeruge momves..
Hingaabala mivaa ehchei balaalamaa.
Thank you anekkaaves hama v ufaavejje
What’s up girl? Finally mi part ves kiyaalaifin.
I was just shocked for your talent dear?.. Thioh bas athuraalaa goiyy gotheh dhw.. Just wowww.. Bunelan othii kuriyah oiyythaaga ves gadha alhaa masakkaiyy kuracche ey.. And mi vhk kiyumah hageegathuga vrh interest hurey. Shaleen ah kuri erun libumakee hama gaimuves Aayu vrh ufaa vaane kameh. Keep it up dear. Stay safe ❤
thanks Aayu
Aayuves thi kollaa reethi reethi comment thakuge sababun komme wk akuves hama v bodah miss vey Aayu mathin.
Dhen liyun therikamah kommes ehchei bunelaafa inymaves hama bunaani hithun filuvaalan hama v undhagoovey. Hehe
Yes abadhuves edhenee kaamiyaabee ah
Thi readers ge hihvaru dhn hama othy
Masha allah vrh reethi mi part ves. Should say hama vrh talent eba huri Shaleen gaiga. Vhk ah mi annamundhaa twist thakuge sababun hama andhaazaa kuranves dhathi dhn vaanee kihinehkanves. Vrh reethi hama sifakurunthah ves. Thugaa ah dhen sameer aa dhimaavaanebaa? Faaidh eii kaakuge dhariehbaa? Afeefaa aa Sameer marry kuraanebaa? Maalik adhi Mahoo ah ekudhinge ehban’du ehbafaa kokko aa bahdhalu vaanebaa? Sameer ge mamma e gothah kanthah kurii keehvebaa? Mee hama hurihaa suvaalu. Vaahaka ah thioh genna badhalthakun dhn nuves in’gey kuriah vaan oiyy kankameh. Fan ehge gothun bunelan othy unmeedheh baahvaigen thigothugaa kuriah dhaashey. And sorry mifaharu comment lasveethee. Maa busy v ma phone aa kairi velaane vagutheh ves nulibe. Vaguthu veleema mi vhk kiyaalaafa comment kohlee. By the way, keep it up dear. Stay safe and stay home. Luv you sissy from an unreal sis❤
thak you Real Me
V ufaavejje comment ge inthizaaruga indha comment libuneema. Dhen hama thihithuga ufedhey suvaaluge komme bolhakah faharakah fahu fahareii javaabu libemun dhaany ingey.
Hama inthizaaru kollun othy.
Hehe
Kithamme bz koh ulhemunves comment eh kolladhineethee hama v ufaavey shaleen miss vegen viyas.
Unreal sis eh noonas hama esfiya situn mithibenee hama real sis akah vefa ingey. Hehe.
Luv u dear.
Thank you anekkaaves
And Ya, congrats for 10K views and being selected for hafthaage maguboolu vaahaka
thank you Anonymous
V ufaavejje commenteh libuneetheeve.
Adhives ummydhu kuran mifadha kaaniyaabeethah hoadhai dhinumuge fahathuga kiyuntheringe hissaa v bodah bavvaadheyne kamah
Hi Shaleen. I have been a big fan of you since IMTHIHAAN ge first part. Masha allah, hama vrh ves reethi mi vaahaka. Vaahaka eh reethi vumuge fahathuga vaanee liyun theriyaa ge minneiyy maasakkaiyy kan miee hama shakkeh ves neiyy kameh. Aslu comment nukohliyas hama konme part eh ves kiyamun mi gendhany. Congrats for 10k views. Esfiya site in kiyaalevey vrh furihama vaahaka eh mee. Have a nice quarantine and stay safe. Love you sis❤.
oh thanks dear for the wonderful comment
V ufaavejje komme partehves kiyaalamun gendhaakujjeiveema.
Adhi support kolladhevvaathyve bunelan othy stay supporting
Thanks again
Thanks a lot
Maasha Allaah. Vvv reethi mipartves. Hama fenkalhi vejhe.. sameeru haadhavarakasey hithuga thijassany.. v asarugadha. Keep it up.. LYSM.tvgc
thanks and alhamdhu lillah
Hehe. Asarugadhaiyyaa bodah rangalhy dho . Next part ah inthizaaru kollabala
Lysm