ނުހައްގުލޯބި 8
ގެއަށް އަައުމަށްފަހު މައި ވަރަށް ރުޔެވެ. އަހަރެން މައި ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރަމެވެ. މައި ހިތްހަމަ ޖެހޭ ވަރަށް ރޯން ފުރުސަތު ދިނީ އެކަނިވާން ބޭނުންވާނެކަން އެނގޭތީއެވެ.
އަދި ހިތްހަމަ ޖެހޭ ވަރުވުމުން ހަމަޔަކަށް އެޅޭނެކަން އެނގޭތީއެވެ.
ދުވަސްތައް ފާއިތުވަމުންދިޔައީ އެއްބަޔަކަށް އުފާވެރިކަން, އަނެއްބަޔަކަށް ހިތާމައާއި ހިތްދަތިކަން ގެންނަމުންނެވެ. މިއީ ދުނިޔޭގަ ކަން ހިނގަމުން އަންނަ ގޮތެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުން ބާއްޖަވެރި ކުރެވޭތޯ މަސައްކަތްކުރެވެ. އަހަރެމެން އިންސާނުންނަށް އޮންނާނީ ގަދައަޅާ މަސައްކަތްކުރުމެވެ. ކާމިޔާބު ދެއްވާނީ އެންމެ ފަރާތަކުން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ެއެގޮތުން މައިވެސް ކުރި ހިތްވަރުން މިހާރު މައި އެއްކޮއްހެން ރަނގަޅެވެ. މައިގެ މަންމަ މަރުވުމަށްފަހު މައި ދިރިއުޅެމުންދަނީ އަހަރެމެންގެ ގޭގައެވެ. އެއީ މައިގެ އާއިލާގެ އެކަކުވެސް ނެތުމުން އަހަރެންނާއި އަހަރެންގެ މަންމަ އަދި ބައްޕަ ބޭނުންވިގޮތެވެ. އަހަރެމެން ވަރަށް އާދޭސް ކުރުމުން މައި ބަދަލުވިއެވެ. އަދި މައިމެންގެ ކުއްޔަށް ދިނެވެ. އަދި މައިއަށް ހާއްސަކޮށް އަހަރެން ކޮޓަރިއާ ޖެހިގެން އިން ކޮޓަރި މައި ބޭނުންވާ ގޮތަށް ހަދައިދިނެވެ. އަހަރެންގެ މައިންބަފައިން މައި ބަލައިގަތީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހާ ލޯބި ދީ އެހާ އަޅާލައެވެ. އެކަމާ އަހަރެން ވަރަށް އުފާވެއެވެ.
މައި ހަމަޔަކަށް އެޅުމުން ވިލާ ކޮލެޖްގެ ޓީޗިންގެ ބެޗްލަރ ޑިގްރީއަށް ޖޮއިންކުރިއެވެ. އެއީ މައި ބޭނުންވަނީ ޓީޗިން ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށްވާތީއެވެ. ވިލާ ކޮލެޖަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ކޮލެޖެވެ. ލިބުނު ފުރުސަތު ގެއްލުވާނުލާ އަމިއްލަ ފައި މައްޗަށް ތެދުވެ, ދިރިއުޅުން ބާއްޖަވެރިކުރުމަށް އަހަރެންގެ މައިންބަފައިން މައި އަށް ވަރަށް ހިތްވަރުދެއެވެ. އެހެންކަމުން މައި ވަރަށް ހިތްވަރާއެކު ކިޔަވަމުން ދިޔައެވެ.
އަހަރެންވެސް ދިރިއުޅުމައިގެން ކުރިއަށް ދާން އަޒުމު ކަނޑަ އެޅީމެވެ. އެހެންކަމުން އަހަރެން އެންމެ ކުޑައިރުވެސް ދެކެމުން އައި ހުވަފެނަކީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ވެގެން އައިސް އަމިއްލަ ކްލިނިކެއް ހުޅުވުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެން ގަދައަޅާ މަސައްކަތް ކުރާނަމެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ މެލޭޝިޔާއިން ޑޮކްޓަރ ކަން ކިޔެވުމަށް އަހަރެންނަށް އެޑްމިޝަން ހަމަޖެހޭނެ ދުވަހަކަށެވެ. ހަފްތާއެއް ތެރޭ ޖަވާބު ލިބޭނެކަމަށް އެންގުމުން އަހަރެން ދިޔައީ ދުވަސްތައް ގުނަމުންނެވެ.ހީވީ އެންމެ ދުވަހަކީވެސް އަހަރެއްހާ ދުވަސްހެންނެވެ. އެހެންޏާ އަހަރެން އުޅެނީ ެުދުވަސް ފާއިތުވާލެއް އަވަސްކަމުންނެވެ. އެހެންނަމަވެސް މިއަދު އެޔާ އިދިކޮޅެވެ.
ހަވީރުގެ ވަގުތެވެ. އަހަރެންކޮޓަރީގައި އޮތީ ފޫހިވެގެންނެވެ. މައިވެސް ކޮލެޖަށް ދިއުމާއެކު ދެން ކުރާނެ ކަމެއް ނޭނގިގެންނެވެ. އިރުކޮޅަކު އެހެން އޮތުމާއެކު އަހަރެންގެ ލޮލަށް ނިދި ސަވާރުވިއެވެ. އެހެންނަމަވެސް ނިދޭ ގޮތެއްނުވިއެވެ. އެއީ ނިދިނިދި އޮއްވާ މައި އައިސް ގޮވަންފެށުމުންނެވެ.
“ޖަން. ނުނިދާ ހިނގާބަލަ މަށާ އެކު ފިހާރަޔަށް ދާން”. މައި އަހަރެންގެ އަތުގައި ހިފާ ދަމަމުން ބުންޏެވެ. އަހަރެން ލޯ ހުޅުވާލުމަށްފަހު އަނެއްކާވެސް ލޯ މަރާލީމެވެ. ކުއްލިއަކަށް ހޭލެވުނީ އަހަރެންގެ މޫނަށް ފެންއެޅުމުންނެވެ. “މައި ކީއްތިކުރީ” މިހެންބުނެ އަހަރެން މޫނުގަ ހުރި ފެންތައް އަތުން ފޮޮހެލާ ރުޅިއަންނަ ކަމަށް ހެދީމެވެ.
“ކީއްހޭ ކުރީ. ގޮވީމަ ނުތެދުވަންޏާ ވާނީ ތިހެން، މަންމަ ބުނީ ނެގުނު ގޮތަކަށް ނަގާށޭ, ސޯ މީ މައިއަށް ހިތަށް އެރި ގޮތް” މިހެން ބުނެ މައިގެ ދޫ ބޭރަށް ނެރެލާ މޫނަށް ގޮތެއް ހަދާލިއެވެ. މައިގެ އެ އަމަލުން އަހަރެންނަށް ވެސް ހެވުނެވެ.
“ހޫން ދެން ހެވޭ ގޮސްދާނަން ރެޑީވާން” މިހެން ބުނެ އަހަރެންވަނީ ހެދުމާ އެއްޗެހި ހިފައިގެން ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުތްތަނާހެން މައި ދޮރުގަ ޓަކި ދިނެވެ. އަހަރެން ވަންނާށޭ ބުނުމުން މައި އެތެރަށް ވަނެވެ. އަދި ކޮތަޅެއް ދިއްކޮއްލުމަށްފަހު އޭގަ އޮތް ހެދުން ލުމަށްބުންޏެވެ.
އަހަރެން ސުުވާލުގެ ނަޒަރަކުން މައި އަށް ބަލާލީމެވެ. “ހޫން ބަލަން ހުންނަންވީ އެއްނުން. މިހެދުން ލާންވީ”, މިހެން ބުނެ ރަތްކުލައިގެ ހެދުމުގެ މެދުން މަތިން ފެށިގެން ތިރިއަށް ކަޅުކުލައިގެ ގޮއްހުރި އަތްދިގު ހެދުމެއް ދިއްކޮއްލިއެވެ. “މީ އަހަރެން ޖަންއަށް ގަތްދިން ހެދުމެއް، މީތި ފެނުން ތަނާ ހަމަަ ޖަން ވައްތަރު ޖެހީ, ޕްލީޒް މީތި ލާ” ކުޑަ ކުއްޖެއްހެން ކިޔަން ފެށުމުން އަހަރެން އިތުރު ސުވާލެއްނުކޮއް އެ ހެނދުންލައިގެން ތައްޔާރުވީމެވެ. މައި އެހާ ލޯބިން ދިނީމަ އަހަރެންނަށް ނޫނެކޭ ބުނަން ނުކެރިގެންނެވެ.
ހަވީރު ފަހެއްޖަހާ ކަންހާއިރު ފިހާރަޔަށް ނިކުތް މީހުންނަށް ގެޔަށް ދެވޭ ވަރުވީ ރޭގަނޑު 8 ޖަހަން އުޅެނިކޮށެވެ. ގެއާ ހިސާބަށް އާދެވުންއިރު ފައިގަ ކުރާނެ ކަމެއްނެތެވެ. އެހެންްނަމަވެސް ވަރަށް ހިތްވަރުކޮއްލާފަ ލިފްޓަށް އެރީމެވެ. މައިވެސް ހުރީވަރަށް ވަރުބަލިވެފައެވެ. ގެޔަށް ވަތް އިރު އެއްވެސް މީހަކު ނެތުމުން އަހަރެން ވަރަށް ހައިރާންވިއެވެ. މައިވެސް މަންމަ ކޮބާހޭ އަހާލިއެވެ. ކުއްލިއަކަށް އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ އަހަރެންގެ މަންމަ ދަރިފުޅާއޭ ކިޔައި ގޮވާލުމުންނެވެ. އަހަރެންނަށް ގޭގެ ފަހަރަކު ތަނެއް ބަލަމުން ދުވެވުނެވެ. އޭރު އަހަރެންނަށް ރޮވެމުންދިޔައެެވެ.އިންތިހާއަށް ބިރުވެސް ގަތެވެ. މައި ކައިރީ މަންމައަށް ގުޅުމަށް ބުނުމަށްފަހު އަހަރެން އަނެއްކާވެސް ހުރިހާ ފާހާނައެއް ބަލަންފެށީމެވެ. އިރުކޮޅެއްނުވެ މަންމަގެ ފޯން ރިންގްވާ އަޑު އިވެންފެށިއެވެ. ޓެރަސް މަތިންކަމަށް ބުނުމުން އަހަރެން ޓެރަސްއަށް އެރުމަށް ދުއްވައިގަތީމެވެ. މި ވާން އުޅެނީ ކީއްކަމެއް އެވަގުތު އަހަރެންގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ.
ޓެރަސް އަށް އެރި އިރު ފުރަތަމަވެސް ފެނުނީ ބިންމަތީ އޮތް ފޯނެވެ. ފޯނުގެ އަލި ފިޔަވައި އިތުރު އަލިކަމެއް ނެތެވެ. ބަލާކަށް ނުހުރެ މަންމާއޭ ކިޔައި ރޮއެގަނެ އެދިމާލަށް ދުއްވާގަނެވުނެވެ. އެހެންނަމަވެސް އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުއްލިއަކަށް މުޅިތަން ދިއްލާލުމުންނެވެ. އެވަގުތު އެންމެން އެއް އަޑަކުން މަރުހަބާ އޭ ބުނެލިއެވެ. އަހަރެން ހުރީި މިވަނީ ކީއްކަން ނޭނގިފައެވެ. ވަށައިގެން ބަލަން ފެށުނީ ހައިރާންވެ ހުރެއެވެ. އެކި ކުލަ ބޮކިން ޒީނަތްތެރި ކުރެވިފައި ވާލެއް ވަރަށް ފުރިހަމައެވެ. ކުދި ގަސްތަކުން މުޅިތަނަށް ހިތްފަސޭހަ ކަމެއް ގެނެސްދޭހާވެއެވެ. އަހަރެންގެ ލޮލުގައި ދެން އަަޅައިގަތީ “ފިއުޗަރ ޑޮކްޓަރ ޖަނާން” މިހެން ލިޔެފަ އިން ބެނާއެކެވެ. އަހަރެންނަށް އުފަލުން ރޮވުނެވެ. މިވަނީ ކީއްކަން ރޭކާލިއެވެ. އަހަރެން ޝުކުރުވުމުގެ ގޮތުން އެންމެންނަށް ބަލާލީމެވެ. މަންމައާއި ބައްޕަގެ އިތުރުން އަޝްފާން އަދި އޭނަގެ ވައިފްވެސް ހެވިފައި ހުއްޓެވެ. އަދި އަހަރެންގެ ބައެއް ޓީޗާރ ވެސް ހިމެނުނެވެ. މައިވެސް ހިނިއައިސްފައި ހުއްޓެވެ. އަހަރެން މައި އަށް ލޯ އަޅާލީމެވެ. މައިވެސް މި ރޭވުމުގައި ބައިވެރިވެގެން އަހަރެން ބޭރަށް ގެންދިޔައީ މިކަމުގަކަން އެނގުމުންނެވެ. ތަންކޮޅެއް ކުރީން އަހަރެން ރުއީ ބިރާއި ވީ ދެރައިންނެވެ. މިހާރު އުފަލުން ގޮހެވެ. އަހަރެން ދުވެފަގޮސް މަންމަގައިގަ ބައްދާލާ ހާދަ ގޯހޭ ބުނެ ރޯންފެށީމެވެ. އުފަލުން ގޮހެވެ. އަހަރެންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަގުތު ކުޑަތަންވީއޭ ހިތަށް އެރުމުންނެވެ.
ކުޑަ ކުޑަ ޕާޓީ ވަރަށް އުފަލާއެކު ނިންމާލީމެވެ. އެެެންމެންގެ ފަރާތުންވެސް ހެޔޮދުއާ އަހަރެންނަށް ލިބެމުންދިޔައެވެ
ދުވަސްތައް ފާއިތުވަމުންގޮސް އަހަރެން ފުރާ ދުވަހަށްވީއެވެ. އަހަރެން ފުރުވުމަށް މަންމަ އާއި ބައްޕަ އަދި މައިވެސް ހުއްޓެވެ.
އަޝްފާންއަށް ބިޒީ ކަމުން ނާދެވުނީއެވެ. މައިންބަފައިންގެ ވެސް ހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެން ދަތުރު ފަށަންވީއޭ ހިތަށްއެރިއެވެ. އެންމެންގެ މޫނުމަތިންވެސް އުފަލާ ހިތާމަ ފެންނަމުން ދިޔައެވެ. އަހަރެންވެސް ނުރޮއެ ވޭތޯ ވަރަށް މަސައްކަތް ކުރީމެވެެ. އަހަރެންް މަަަންމަ އާއި ބައްޕަކައިރީ ދެރަނުވުމަށް ބުނީމެވެ. އަހަރެންނަށްޓަކައި އެމީހުން ކުރާ ފޮނި އުއްމީދު ހަގީގަތަކަށް ހެދުމަށް އަޒުމްވަރުގަދަކުރީމެވެ. އަދި މައި ކައިރީ މަންމަމެން ރަނގަޅަށް ބެލުމަށް ބުނުމަށްފަހު ފަހަރަކު މީހެއްގެ ގައިގަ ބައްދާލީމެވެ. ކޮންމެ މީހަކު ވެސް ކިޔަވާ މޮޅުވެގެން އަންނަން ނަސޭހަތް ދިނެވެ. ގިނައިރު ހުންނަން ވެއްޖެނަމަ އަހަރެންނަށް މާ ބޮޑަށް ރޮވިދާނެތީ ހިނގައިގަތީމެވެ. އެހެންނަމަވެސް އަހަރެންގެ ފިޔަވަޅުތަކަަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ޖަނާންއޭ ކިޔާ ގޮވާލުމުންނެވެ. އަހަރެން ހައިރާންވެ ހުރެ ފަހަތް ބަލާލީމެވެ
ނުނިމޭ
5 Comments!
Comments are closed.
yay nuhaggu loabi vvv miss vi
Sry ingey hurihaa kudhin. me ge athuge hulhah thadhuvegen nuliyevigen las v. Uhmeedhu kuran reethi vaanekamah. ❤??? And yesss. Then othy last part. Inthizaaru kuraanekamah uhmeedhu kuran..
vvvv reethi story curiously waiting next part ah
Janna dheke loabi vaa kujjaa tha Ey . Noone ashfan tha E ulheny . Ashfan ge Adu faahaga vaane dho Janna ah . V ufaavey Janna ah happy life eh liben ulheythee. When next part
V vvv reethi mi part ves
Noon ashfaan kiyany janna ehnu ehn v ma ehen meeheh dho