Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި 8

Sh@_n@ Level 410 Stories100 Comments100 Login
July 3, 2018 5 Mins Read
9 Comments

އެހެންނަމަވެސް އަހަރެންގެ ފިޔަވަޅުތަކަަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ޖަނާންއޭ ކިޔާ ގޮވާލުމުންނެވެ. އަހަރެން ހައިރާންވެ ހުރެ ފަހަތް ބަލާލީ ކޮންމެވެސް ވަރަކަށް ކޮންމެސްތާކުން އެ އަޑު އިވުނުހެން ހީވެގެންނެވެ.

އަހަރެން ބަލާލިއިރު މަންމަމެން ކައިރިއަށް ގޮސް ވާހަކަދައްކަން އިރުކޮޅަކު ހުރުމަށްފަހު އަހަރެންނާ ދިމާލަށް އެމީހަކު އާދެއެވެ. އޭރުވެސް އަހަރެންނަށް އެއީ ކާކުކަމެއް ނޭނގުނެވެ. ކޮންމެސްތާކުން ފެނުނު މީހެއްހެން ހީވިއެވެ. އެހެންނަމަވެސް މާ ރަނގަޅަކަށް ނޭނގުނެވެ.

އެމީހަކު އަހަރެންނާ ހަމައަށް ވަކި ހިސާބަކުން އައީ ދުވެފައެވެ. އަދި އަހަރެންގެ ކުރިމައްޗަށް އެރިއެވެ. އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެއީ މީގެ އެތައް ދުވަހެއް ކުރިން އަހަރެންނަށް ފަރުވާ ދިން ޑޮކްޓަރެވެ. އާނ އެކެވެ. އެއީ ޑޮކްޓަރ އާކިފްއެވެ.
އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އާކިފް ފުރަތަމަ ވެސް އެދުނީ ކުޑަ ވަގުތުކޮޅެެއް ދިނުމަށެވެ. އަހަރެން އިންކާރެއް ނުކުރަމެވެ. މީހަކަށް ވަގުތު ކޮޅެއްދީގެން ވާނީ ކޮންގެއްލުމެއް ހެއްޔެވެ. އާކިފްގެ ވާހަކަ އަޑު އަހަމުން ދިޔަވަރަކަށް އަހަރެންގެ ގައިން ހީބިހި ނަގަމުންދިޔައެެވެ. މިއުޅެވެނީ ހުވަފެެނެއްގަ ބާއޭވެސް ހިތަށް އެރިއެވެ. އާކިފް ބުނާގޮތުން އާކިފްއަށް އަހަރެން ފެނުނު ފުރަތަމަ ދުވަހުންފެށިގެން އަހަރެންދެކެ ލޯބިވެވުނީއެވެ. އަބަދުވެސް އަހަރެން ދެކެން ބޭނުންވަނީއެވެ. އަހަރެން އާކިފްގެ މީހަކަށް ހަދަން ބޭނުންވަނީއެވެ. އަދި އަހަރެންގެ އިންތިޒާރުގައި ހުރި ވާހަކަ ބުންޏެވެ. އަހަރެން ދޭނެ އިތުރު ޖަވާބެއް ނެތުމުން ހަމައެކަނި ބުނެވުނު އެއްޗަކީ ހިތް އެދޭ ގޮތަށް ކަންތައް ކުރީމަ ހުރިހާ ކަމެއް ރަނގަޅުވާނެކަމަށެވެ. ހުރިހާވެސް އެއްޗަކީ ކެތްތެރިކަމެެވެ.

އާކިފް ފުން ލޮލަށް ފުރަތަމަ ފަހަރަށް އަހަރެން ބަލާލީމެވެ. އާކިފްގެ ލޮލުން އަހަރެންނަށް ފެނުނު އިހުސާސް ކިޔައިދޭކަށް ނޭނގުނެވެ. ހަމަ ގައިމުވެސް ކުއްހީ އަކަށް އެއްވެސް ކަމެއް އަހަރެން މިފަހަރު ނުކުރާނަމެވެ. ދުލުން ބުނާ ބަހަށްވުރެ އަމަލުން އެމީހަކު ލޯބިވާކަން ހާމަކޮއްދޭން ޖެހޭނެކަން އަހަރެން މިހާރު ގަބޫލްކުރަމެވެ.

އާކިފްއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އަހަރެން އެނބުރި ހިނގައިގަތީމެވެ. ވަކި ހިސާބަކުން އަހަރެން ފަސް އެނބުރި ބަލާލީމެވެ. އާކިފް އަހަރެންނާ ދިމާލަށް ކަނާތު އަތުގެ ޝަހާދަތް އިނގިލި ދިއްކޮއްލުމަށްފަހު, އެ އަތް އޭނަގެ ހިތާ ދިމާލުގަ ބާއްވާލިއެވެ. އަދި އަނެއް އަތްވެސް އެ އަތް މަތީ ބާއްވާލީމެވެ. އޭނަގެ އެ ހަރަކާތުން އަހަރެންނަށް ރަނގަޅަށްވެސް އެބުނީ ކީކޭ ކަން އެނގުނެވެ. އެހެންނަމަވެސް އަހަރެން ޖަވާބެއް ނުދީ ދިޔަގޮތަށް ދިޔައީއެވެ.

7 އަހަރުފަސް
އަހަރެން ކިޔަވަމުން ދިޔަ ކޮލެޖުން އެއްވަނަ ދަރަޖައިގަ ފާސްވުމަށްފަހު ޑޮކްޓަރގެ ލަގަބު ލިބި އަހަރެން ތައްޔާރުވަމުން ދިޔައީ އެނބުރި އަހަރެންގެ ގައުމަށް ދިއުމަށެވެ. ކުއްލިއަކަށް އަހަރެން އާކިފްމަތިން ހަނދާންވިއެވެ. މިހާރު އޭނަ މީހަކާ އިނދެގެން ދަރިއަކުވެސް ހުންނާނޭ ހިތަށް އެރިއެވެ. ހަތް އަހަރުގެ މުއްދަތަކީ ކުރު މުއްދަތެއް ނޫނެވެ. އާކިފް އަހަރެންދެކެ ލޯބިވާނަމަ މިވީ މުއްދަތުގައި އަހަރެންނާ ވާހަކަ ދައްކަން އުޅޭނެ ނޫންހެއްޔެވެ. އެއްމެ ފަހަރަކުވެސް އަހަރެންގެ ހާލު ނުބަލައެވެ. އެއިން ކަމެއް ނުކުރެވެ. އެހެން ވީމާ އޭނާ ލޯބި ނުވަނީއޭ ހިތަށްއެރިއެވެ. ހަގީގީ ލޯބިވާ މީހަކު އެކަން ކުރާނެ ނޫން ހެއްޔެވެ. ލޯބިވޭ ފަސޭހައިން ކޮންމެ މީހަކުވެސް ބުނާނެއެވެ. ފެނި ގެއްލޭ އިރަށް އެހެން މީހަކު ފެނި އެ ލޯބި ގެއްލޭނެކަން އެނގެއެވެ. އެހެންކަމުން އާކިފް އާ ދޭތެރެ ނުވިސްނުމަށް ނިންމީމެވެ.

ހުޅުލޭ އެއަރޕޯޓްގައި ފައި ޖެހުމާއެކު ބޭ އިހްތިޔާރުގައި އަހަރެންނަށް ހިނިތުންވެވުނެވެ. އަހަރެންގެ އިންތިޒާރުގައި މަންމަ, ބައްޕަ މައި ހުންނާނެކަން އެނގުމާއެކު އަވަސް ފިޔަވަޅުގައި ކުރިއަށް ދިޔައީމެވެ.
އަހަރެންނަށް އަހަރެންގެ މަންމަމެން ފެނުމާއެކު ދުއްވައިގަނެވުނެވެ. އަދި އުފަލުން މަަންމަމެންގެ ގަައިގަ ބައްދާލީމެެވެ. މައިވެސް އައިސް އަހަރެންގެ ފުރަގަހުން ބައްދާލިއެވެ. އަހަރެންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްފަހު މިއަދު އަހަރެން މިހުރީ އަހަރެންގެ އުފަން ގައުމުގައެވެ.
އަހަރެން އެެންމެންނާ ދުރުވެލަމުން އަވަހަށް ގެއަށް ދާން ދިއުމަށް ބުނީމެވެ. މަންމަ ގެ ކެއްކުން ނުކާތާ ހަތް އަހަރު ފާއިތުވެގެންދިއުމުން އަހަރެން ހުރީ އެ ކެއުން ކާހިތުން ކެތް މަދުވެފައެވެ. ދުވަހުގެ ހާއްސަ ކެއުމުގައި އަހަރެން ކްލިނިކެއް ހުޅުވަން ބޭނުންވާ ވާހަކަ ހިއްސާކުރީމެވެ. ބައްޕަ ވަރަށް ހަމަޖެހިލާފައި ތިކަން ހަމަޖެހިއްޖޭ ބުންޏެވެ. އަދި މިއަދު ކްލިނިކް ބަލާލަން ދާންވާނޭ ބުނެލިއެވެ.

ހަވީރު ކްލިނިކް ބަލާލަން އަހަރެންދިޔައީމެވެ. އަހަރެން އުއްމީދު ކުރި ގޮތަށްވުރެ ވެސް އެތަން މާ ފުރިހަމައެވެ. އަހަރެންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އައީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ވުމަށް މާގިނަ ދުވަސް ދެން ނެތޭ ހީތަށް އެރުމުންނެވެ. ބައްޕައަށް އަހަރެން ޝުކުރުއަދާކުރީމެވެ. އެހެންނަމަވެސް ބައްޕަ ބުނިގޮތުން އެތަނުގެ ޝުކުރު ހައްގުވަނީ އެހެން ފަރާތަކަށެެވެ. އަހަރެން ބައްޕަކައިރީ އެމީހަކާ ބައްދަލުކޮއްދިނުމަށް އެދުނީމެވެ. ބައްޕަ ވަގުތުން މީހަކާ ގުޅާލުމަށްފަހު އިރުކޮޅެއްނުވެ ފޯން ބޭއްވިއެވެެ. އަދިި މިރޭ ބައްދަލު ކުރަން އަންނާނެ ކަމުގައި ބުންޏެވެ.

އަހަރެން ތައްޔާރު ވަމުންދިޔައީ އެ ފަރާތާ ބައްދަލުކުރުމަށެވެ. މައި އަހަރެން ބަލާ އައުމުން އަވަސް ކޮއްލުމަށްފަހު ޓެރަސްއަށް ދިއައީމެވެ. މިރޭގެ ހާއްސަ ފަރާތަށް އޮންނަ ބައްދަލުވުމާއެކު ކެއުމެއް އޮންނަ ވާހަކަ މަންމަ އޮތީ ކުރިން ބުނެފައެވެ. އެހެންކަމުން މައި އާ އެއްކޮއް އަހަރެން ޓެރަސްއަށް ދިޔައިރު އަހަރެންގެ އިންތިޒާރުގައި މަންމަ އާއި ބައްޕަ ތިއްބެވެ. އަދި އަހަރެންނަށް ފުރަގަސްވާ ގޮތަށްއިން މީހާ ދައްކާލަމުން މީއޭ އެފަރާތަކީ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އެމީހާގެ ކުރިމައްޗަށް އަރާ އެ އަތުގައި ހިފާލަމުން އެ ފަރާތުގެ މޫނަށް ބަލައިލީމެވެ. އަހަރެންނަށް އެމީހާ ފެނުމާއެކު މުޅި ގައިގަ ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. އަހަރެންނަށް މަޑުމަޑުން އާކިފް އޭ ބުނެލެވުނެވެ. މާ ބޮޑު ތަފާތެއް އާކިފްގެ ކިބައަކުން ނުފެނުނެވެ. އާކިފް ހިނިތުން ވެލައިގެން ހުރުމުން އަހަރެންނަށް އިސްޖަހާލަން މަޖުބޫރުވިއެވެ. އިތުރަށް ގެންނާނެ ހަރަކާތެއް އަހަރެންނަކަށް ނޭނގުނެވެ. ތަފާތު ސުވާލުތައް އަހަރެންގެ ސިކުނޑީގައި ދައުރުވަމުންދެއެވެ.

އަހަރެންނަށް ހަމަބިމަށް އާދެވުނީ ބައްޕަ އަހަރެންނާ މުހާތަބުކޮއް ދަރިފުޅާ އޭ ކިޔާ ގޮވާލުމުންނެވެ. އަހަރެން އާކިފްގެ އަތުން ދޫކޮއްލުމަށްފަހު ހަމަޖެހިލީމެވެ. އަދި ބައްޕަމެން އިށީނުމުން އަހަރެންވެސް އިށީނީމެވެ. ކަންދިމާކުރި ގޮތުން އަހަރެންނަށް އިންނަން ޖެހުނީ އާކިފްއާ ސީދަލަށް ކަމަށްވުމާ އެކު އަހަރެންގެ ހިތް ތެޅެންފެށިއެވެ. އަހަރެންނަށް ސިއްރު ސިއްރުން އާކިފްއަށް ބަލާލެވޭ ކޮންމެފަހަރަކު އާކިފް އިންނަނީ އަހަރެންނަށް ބަލައިގެންނެވެ. އަހަރެން އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލަމެވެ. އަހަރެން ދުއާ ކޮއްލަ ކޮއްލަ އިނީ އާކިފް އަވަހަށް އެތަނުން ދޭތޯއެވެ. ކުއްލިއަކަށް އާކިފްގެ ފޯން ރިންގްވާން ފެށިއެވެ. އަދި ފޯނަށް ވާހަކަ ދެއްކުމަށްފަހު ކުއްލިއަކަށް ދާން ޖެހުނީއޭ, ފަހުން އަންނާނަމޭ ބުނެ ޓެރަސްއިން ފައިބަައިގެން ދިޔައެވެ. އަހަރެންނަށް ހެވުނެވެ. ނުހެވޭންވީ ކީއްވެ ހެއްޔެވެ. އަހަރެން އާކިފް ދޭތޯ ދުއާ ކުރީ ދެންމެއެވެ. އެހާ އަވަހަށް ދާން ޖެހުނީއެވެ. އަހަރެން ހިތަށް އެރިއެވެ. އެ ގުޅި މީހަކު ގުޅީ އަނެއްކާ އަހަރެން އެހެން ބުނި އަޑު އިވިގެންބާއެވެ. ކޮންމެ މީހަކަސް އެމީހަކަށް ވަރަށް ޝުކުރެވެ.

އެދުވަހަށްފަހު އަހަރެން މަސައްކަތްކުރީ އާކިފްގެ ކުރިމައްޗަށް ނާރަ ވޭތޯއެވެ. އެހެންކަމުން ކްލިނިކް ހުޅުުވުމުގެ ބަހަނާގައި އެކަމުގެ މަސައްކަތުގައި އުޅެމުންދިޔައީމެވެ. އާކިފް ފެނުމުން ބުނަން ނޭނގޭ ގޮތްތަކެއް އަހަރެންނަށް ވާކަން އަހަރެން ގަބޫލުކުރަމެވެ. އެހެންނަމަވެސް އަހަރެން އެކަން ގަބޫލުކުރަން ބޭނުންނުވަނީއެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެންނަށް އާކިފްއާ ދޭތެރޭ ވިސްނެމުންދިޔައެވެ. އެހެންނަމަވެސް އަހަރެންގެ ގައިގަ އެކަމާ ކުރިމަތިލާނެ ހިތްވަރެއްނެތެވެ. ސަބަބަކީ އާކިފް މީހަކާ ނީންނަކަން އެނގުނަސް މިހާ ދުވަސްވީއިރު އޭނަގެ ހިތުގަ އެހެންކުއްޖަކު އޮވެދާނެތީ އަހަރެން ޖެހިލުންވަނީއެވެ. އަނެއްކާވެސް އެހެންމީހެއްގެ ދިރިއުޅުމަށް ވަދެވިދާނެތީ އަހަރެން ހަނު ހުންނަން ބޭނުންވިއެވެ.

ވަރަށް ކުލަގަދަ ހަފްލާއަކަށްފަހު “ލައިފް ކެއާ ކްލިނިކް” ހުޅުވެގެން ދިޔައީ އަހަރެންގެ ހިތަށް އުފާވެރިކަން ގެންނަމުންނެވެ. ހަފްލާއިން އާކިފް ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ހުދު ކުލައިގެ ގަމީހުގެ މަތިން ކަޅު ކޯޓެއް ލާފަ ހުރުމުން އާކިފްގެ ރީތިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އާކިފް އެހެންދުވަސް ދުވަހު އުޅޭހާ ގާތްކަން ނެތުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. އެހެންނަމަވެސް އެކަން ނުދައްކަވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންނަށް ނޭނގުނު ކަމަކީ މައި އަހަރެންގެ މި ހުރިހާ ކަމެއް ބަލަން ހުރިކަމެެވެ.
އެ ހަފްލާގައި ރާއްޖޭގެ މަޝްހޫރު އެތަކެއް ޑޮކްޓަރުންނާއި ބޭރު ޑޮކްޓަރުންނަށް ދައުވަތު ދެވި, އެތައްބައެއްގެ ހުވަފެނުގައި ކުލަޖެހުނުފަދައެވެ. ހުރިހާ ބައްޔަކަށް ހާއްސަކޮއްގެން ހުޅުވި މި ކްލިނިކްގައި އެތަކެއް ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާދިނުމަށް ވަނީ ހަމަޖެހިފައެވެ. ހިތުގެ, އަންހެނުންގެ, އެތެރެހަށީގެ, ކުޑަކުދިންގެ, ނާރުގެ, ކަރުންމަތީގެ, ފުއްޕާމޭގެ ޑޮކްޓަރުންވެސް ފަރުވާދިނުމަށްވަނީ ހަމަޖެހިފައެވެ.
އެރޭ އަހަރެންނަށް ނިދޭ ގޮތެއް ނުވެއެވެ. އާކިފްއާ ދޭތެރެ ވިސްނުން ނޫން ކަމެއް ނުކުރެވެ. އާކިފްގެ ގާރލް ފްރައިންޑެއް ހުރެޔޭ ހިތަށް އެރިޔަސް އަހަރެންގެ ހިތް ހަސަދައިން ފުރުނެވެ.
އަހަރެން ނުނިދި ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ދޮރުގައި ޓަކި ޖެހުމުން ގޮސް ބަލާލިއިރު ކުރިމަތީ މައި ހުއްޓެވެ. އަހަރެންނަށް އަނގައިން ނުބުނެވި އުޅެނިކޮއް މައި ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އަދި އަހަރެން ކައިރީވެސް އިށީނުމަށް ބުންޏެވެ. އަހަރެން އިށީނުމުން މައި ކުރި ސުވާލުން އަހަރެންނަށް ހީވީ ވައްކަމެއް ކުރަނިކޮއް އަތުލައިގަތްހެންނެވެ.
އަހަރެން އެއްޗެކޭ ނުބުނެ އިނުމުން މައި އަނެއްކާވެސް ސުވާލުކުރިއެވެ. ” ކާކާ ދިމާލަށް އެހާވަރަކަށް ބެލީ, އެ އާކިފް ހާދަ ސްމާޓޭ ދޯ, ސެޓް ކުރަންވީ ކަންނޭނގެ”. “ކީއްކުރަން އޭނަ ސެޓްކުރަންވީ” އަހަރެންނަށް ދެއަތް ދެއަތާ މޮޑެލަމުން އަހާލެވުނެވެ.

“ތިޔެއް ނޫނޭ ޖަން،, މިއަދު ދެކުނިން އާކިފް އަންހެން ކުއްޖެއް އޭނަ ސައިކަލްގެ ފަހަތަށް ލައިގެން ދަނިކޮށް, ހަމަ ގައިމުވެސް އެއީ ރައްޓެއްސެއް ނޫން. ރައްޓެއްސެއް ނަމަ ތަތްވެގެން ނީންނާނެތާ, ވާނެ އޭނަ ފެނުނީމަ ދިމާކޮއްލަން”. މައިގެ އެވާހަކައިން އަހަރެންނަށް ރުޅިއާދެވުނެވެ. އަދި އެނދުމަތިން ތެދުވަމުން ދެކޮޅަށް ހިނގަމުން ކިޔެންފެށުނެވެ. އަހަރެންނަށް ކިޔެން މިއުޅެނީ ކިހާ ވަރެއްގެ އެއްޗެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން ބޭނުންވީ އަހަރެންގެ އިހުސާސްތައް ބޭރުކުރާށެވެ

“ތިޔަ އާކިފް އަކާ ހެދި ނެތޭ މަށަށް ހަމަ ނޭވާ ލެވޭކަށް, ނިދާފިއްޔާ ނިދީގަވެސް ފެންނަނީ، އެހެން ނޫނީ ތިޔަ މީހެއް މަތިން ހަނދާންވާވަރުން ނުނިދިފަ މިހުންނަނީ, ހަމަ ފެންނަނީ އޭނަ އަހަރެންދެކެ ލޯބިވެޔޭ ބުނިގޮތް. ލޯބިވާ މީހުން އުޅޭ ވައްތަރުތަ އެއީ, އޭނަޔަށް މަށަށް އިންތިޒާރު ނުކުރެވެނީތަ, އަދި ކުރިންރޭ ހަފްލާގަ މަށާ ދިމާލަށް ބަލާވެސް ނުލިއެއްނު, އޭނަ އެހެން އަންހެނަކު ގޮވައިގެން ދާއިރު އޭނައަށް ހަމަ ނޭނގެނީބާ އަހަރެން ލޯބިވާ ވަރު, ހާދަ ޖޭވޭ……. އަހަރެންނަށް ހުއްޓުމެއްއައީ މައި އަހަރެން ކައިރިއަށް އައިސް އަހަރެން ލޯ މަތީ އަތް ހިންގާލުމަށްފަހު ތީޔޭ މިހޯދާ ޖަވާބަކީ ދެން ނިދާލާށޭ ބުނެ އަހަރެންގެ ގައިގަ ވިކާގަތްފަ ދިއުމުންނެވެ. އަހަރެންނަށް ހުރެވުނީ ދެެންމެ ކުރެވުނު ކަންތަކުން ދެން ހަދަންވީ ގޮތް ނޭނގިފައެވެ.

ނުނިމޭ

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އެކުގަވާނަން ( ޕާރޓު 2 )

Next

ހުޅުކޮޅު 35

Next
July 3, 2018

ހުޅުކޮޅު 35

Previews
July 2, 2018

އެކުގަވާނަން ( ޕާރޓު 2 )

9 Comments!

  1. pretty says:
    July 3, 2018 at 12:57 pm

    Me first dhw

  2. sh@-n@ says:
    July 3, 2018 at 1:05 pm

    Yes! Pretty ur first. Kihineh hurihaa kudhin. Storyga mistakes huredhaane ingey. Check nukoh up kurevuny, uhmeedhu kuran mi part vess kamudhaane kamah❤❤❤❤?.

  3. Sh@n@ says:
    July 3, 2018 at 1:20 pm

    Yaa. Kihineh hurihaa kudhin. Uhmeedhu kuran mi part vess kamudhaane kamah. Mistakes vess huredhaane, nuvess kiyaa up kurevuny Sry for that.

  4. Nunnu says:
    July 3, 2018 at 1:24 pm

    Hehe
    Poor janaan kieh e kuree
    Ihusaas thah beyrukollee e v majaakoh dho
    Vv furihama mi part ves

  5. Mixu says:
    July 3, 2018 at 2:09 pm

    aaaiii….kihinei janaan e hedhy…hehe…v majaa e than kolhu….anyways story hama habeys….keep it

  6. Livee says:
    July 3, 2018 at 2:23 pm

    Hahaha
    mai haadha molhey dho
    Vaahaka hama habeys

  7. unique says:
    July 3, 2018 at 3:05 pm

    vvv reethi….. hama curious next part ah

  8. Mate says:
    July 3, 2018 at 3:57 pm

    Vrh.reethi……next pat konirakun..waiting

  9. Baby girl ❤ says:
    July 3, 2018 at 10:24 pm

    Mee first comment aharenge mi storyah kuraa….busy kamun comment vess nukohlevey….sorry for that…btw story is awsome?,fantastic? nd speech less❤…..kihineh janaan ehedhy…ihusaas thah ebeyru kohlee haadha majaa gothakashey…ekam janaan huritha misaalakah baby girl huri namavess kada vegen ehen kiyuniss…hehe….. curiously waiting to next part …….

Comments are closed.


All Right Reserved!