ތި ލޯބި އެދިގެން… 9
“މިހާރު މާ ލަސްވެއްޖެޔޭ ސްކޯލްޑް ކުރަން… ކުރިން ގުޅާލިނަމަ ސީރިއަސްކޮށް އައި ވިލް ކިލް ޔޫ ބޯތް..” ހެމުން ހެމުން ޒީޝަން ބުނެލިއެވެ.
އެއަށްފަހު އެނދުމަތީ އިށީނދެލިއެވެ. “ދޮންތި…. އައިދަން އާއި މެރީ ކުރީތަ؟”
“ޔެސް.. އެން މެރީ ކުރިޔަސް ދެއަރ އިޒް ނަތިންގް ބިޓްވީން އަސް….. ވީއަރ ބެސްޓީސް އެން މިހެން ކަންނޭނގެ ނިމިގެން ދާނީވެސް… އެކަމް ހިތަށްއަރަނީ ޑިވޯސް ކުރާނޭ އިދީ….. ވަރަށް އަވަހަށް…” ޒީޝަން ދެރަވެލާފައި ބުނެލީ ފުން ވިސްނުމެއްގައި އިނދެއެވެ. އެ ހިޔާލު ހިތަށް ވަނުމާއި އެކު އޭނާގެ ހިތްތެޅިގަތެވެ.
“ވަޓް.. ދޮންތީ ޔޫ ޑޯންޓް ލަވް ހިމް؟ސްޓިލް އައިމް؟؟ ދޮންތީ އަމް ސޯ ސޮރީ”
“ދެން ޒާއްކޮ އައި ޑޯންޓް ލަވް އައިމް.. އެ ދުވަހު ޒާއްކޮ ލޯބިވާކަން އިނގުނީމަ ހިތުން އެކީ ފޮހެލިން އެނަން.. ހެޕީ؟ އެން .. ކޮބާތަ ޒީދަން… ވަރަށް ލޯބި އިނގޭ ނަން.. ދޮންތި… ވަރަށް ބޭނުން މީޓްކުރަން… އެން ބޭބީ އެކަނިން ހޭންޑްލް ކުރެވޭތަ؟ ” ޒީޝަން އަހާލީ ވާހަކަ އޮޅުވާލަމުންނެވެ.
“ހެހެހެ ނިދައިފިޔޭ.. ގިނައިން ނިދަނީ… ދޮންތީ ބޭބީ ލިބުމަށްފަހު ވަރަށް އެކަނިވެރިކަން ފީލްވޭ.. ކުރިންވަރަށް ބެލި ޑްރީމްއެއް އެއީ އެންމެން ތެރޭ އެންމެންނާއި އެކު ބޭބީއެއް ލިބުނަސް އޭނާ އުޅެ ބޮޑުވުން އެކަމް އިނގޭ ދެން މިކަމެއް ނުވާނެކަން… އެން ގެއަށް އައިމް ގެނެއްސާ ހުރި މީހެއް.. އޭނާ އާންމުކޮށް ހެލްޕް ވެދެނީ ބޭބީ ކަންތަކުގައި ބަޓް ބޭނުންވަނީ އެންމެން…. ދޮންތީ މަންމައާއި ބައްޕަ ކޮބާތަ ރަނގަޅުތަ؟ އެން ދޮންތީ.. އައިމް… އައިމްގެ މަންމައާއި ބައްޕަ އެން ދޮންބެ ކޮބާ؟”
“އެންމެންވެސް އެބައުޅޭ.. ނުބުންޏަސް ދޭ އޯލް މިސް ޔޫ ބޯތް އަލޮޓް… ޒާއްކޮ އަންނަންވީނު… ޕްލީސް.. ދޮންތި ހުރިހާ ކަމެއް ހަމަ ޖައްސާނަން. ޖަސްޓް ކަމް ބެކް.. ޕްލީސް.. އެންމެންވެސް އުފާވާނެ ޒީދަން ފެނުނީމަ އެކްސެޕްޓް ވެސް ކުރާނެ.. އާފްޓަރ އޯލް ދެ އާއިލާއަށް ވެސް އެންމެ ފުރަތަމަ ލިބުނު ބޭބީ ތީ.. ދެ މަންމައާއި ބައްޕައަށް ކާފަ މާމާ ކީ ބޭބީ ތީ… ހީ އިޒް ސްޕެޝަލް ޒާއްކޮ ޕްލީސް އާދޭ… ޕްލީސް..” ޒީޝަން ބުނެލިއެވެ.
“ދޮންތި.. ވަރަށް ދާހިތްވެ އައިމްވެސް ނުބުނެ ހުއްޓަސް އިނގޭ ދާން ބޭނުންވާކަން.. އައިމް ނުއެއް ބުނާނެ އެއްޗެއް އެކަމް އިނގޭ އޭނާ ވަރަށް މިސް ވާކަން އެންމެން މަތިން… އެއްބައިފަހަރު އިނދެ ދާނެ ފޮޓޯތަކަށް ބަލަންވެސް.. އެކަމް އެކަކުވެސް ޤަބޫލުނުވިއްޔާ؟”
“ޒާއްކަ ލީވް އިޓް ޓުމީ…. ޕްލީސް .. ޒާއްކޮމެން ކޮންތާކު ތިއުޅެނީ..؟” ޒީޝަން ބުނެލީ ހިތުން އެތަކެއް ކަމެއް ރާވަމުންނެވެ. “ވިލިނގިލީގަ…” ޒާރާ ބުނެލިއެވެ. “ޒާއްކަ ގެޓް ރެޑީ ޓު ކަމް.. އެން އައިމް ކައިރި ބުނޭ ދޮންތި ހުރިހާ ކަމެއް ހަމަޖައްސައިފިޔޭ ދޮންތި ބުނާނަން އަންނަން ވީ ދުވަހެއް…. އިނގޭ.. ޕްލީސް…” ޒީޝަން ބުނެލިއެވެ. އަޑުގައިވަނީ އެކަމެއް ކުރަން ބޭނުންވާ ކަމުގެ ޖޯޝެވެ. “ދޮންތި އެކަމް…” ޒާރާ ފަސްޖެހެވެއެވެ. “ޒާއްކޮ ލޯތްބަށްޓަކައިވެސް ސްޓެޕް އެއް ނެގީމެއްނު؟ ނައު އިޓްސް ފޯރ ޒީދަން… ޕްލީސް..” ޒީޝަން ބުނެލިއެވެ. “އޯކޭ ދޮންތި…” ޒާރާ ބުނެލިއެވެ. އޭނާ ޒީޝަންއަށް ބަރޯސާކުރެއެވެ. އޭނާއަށް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ. ދެމީހުން އެތަށް އިރަކު ވާހަކަދައްކަމުން އެމީހުންގެ ހިތް ބަންޑުންކުރަމުން ދިޔައެވެ. ނަމަވެސް ޒީޝަން އެންމެ ފަހަރަކުވެސް އައިދަން ހިތްހަމަނުޖެހޭ ވާހަކައެއް ނުބުނެއެވެ. އައިދަން ކަނޑައެޅި ޝަރުތެއްގެ ވާހަކައެއް ނުބުނެއެވެ. އައިދަންގެ ވާހަކަފެށުނުމުންވެސް ޒީޝަން ހިންދާލައެވެ. އެތަށް އިރަކަށް ދެމިގެން ދިޔަ ކޯލު މެދުކަނޑާލަން ޖެހުނީ ޒީދަން ތެދުވެގެން އުޅުމުންނެވެ. ފަހުން ގުޅާނެކަމަށް ބުނަމުން ޒީޝަން ފޯނު ކަނޑާލީ ހިތްހަމަޖެހިގެންނެވެ.
“އައިމް… ޒާރާ… ޒީދަން…. ޔޫ އަރ ކަމިންބެކް ޓު ވެއަރ ޔޫ ބިލޯންގް..” ޒީޝަން ބުނެލީ ދެލޯ މަރާލަމުންނެވެ.
އައިދަން ހަވީރު އޮފީހުން އާއިރު ޒީޝަން އުޅެނީ ބަދިގޭގައެވެ. އައިދަން އާއި ކުރިމަތި ލާން އެނާ ބޭނުންނުވަނީއެވެ. ނަމަވެސް މިރޭ ކުރަންޖެހޭނެތާއެވެ. “ޒީ ދަރިފުޅާ ދޭ އަވަހަށް އައިދަން އެއައީ.. ކާން ގެންނާތި” ނުދާން ހުރި ޒީޝަން އެންމެ ފަހުން ދާންޖެހުނީ ސަމީމަ އެހެން ބުނެލުމުންނެވެ. ބޯ ޖަހާލަމުން ޒީޝަން ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. އައިދަން ލައިގެން ހުރި ގަމިސް ބާލައިފާ ދާވަށިގަނޑަށް ލިއެވެ. އަދި ފާހަނައަށް ވަދެލީ ފެންވެރުމުގެ ބޭނުމުގައެވެ. ޒީޝަން ކޮޓަރިއަށް ވަތްވަގުތަކީ އައިދަން ފާހަނައަށް ވަތްވަގުތެވެ. ޒީޝަން މުޅި ކޮޓަރިއާއި ދިމާ ބަލައިލުމަށްފަހު އައިސް އެނދުމަތީ ބާއްވައިފައި އޮތް އައިދަންގެ ލެޕްޓޮޕް ދަބަސް މޭޒުމަތީ ބާއްވާލިއެވެ. އެއަށްފަހު އޭނާ ގޮސް އެނދުމަތީ އިށީނދެލާ އޭނާގެ ފޯނާއި ކުޅެންފެށިއެވެ. ހިތަށް އައި ހިޔާލުގެ ސަބަބުން އަވަސް އަވަހަށް ފޯނުން ލަވައެއް ޖަހާލިއެވެ. އެ ހިމޭން ކޮޓަރިތެރޭ އިވެމުން ދިޔައީ ޒީޝަން ޖަހާ ލަވައިގެއަޑެވެ.
“ތިޔަ ލޯބި މޫނު ފެނުމުން އަހަރެންގެ ހިތް ދެވިއްޖޭ…
އަހަރެން މިވާ ލޯބި ވާވަރު އިހްސާސް ނުކުރެވޭނޭ…..
ބޭ އިޙްތިޔާރު ވެދެޔޭ…
ތިލޮލާ އަމާޒު ވެވުމުން އަހަރެންގެ ހިތްވިރެޔޭ..
ތިޔަ އިންތިޒާރުގާ ވީން އުމުރަށް ތި ލޯބި އެދިގެން..
މިހަށީން ފުރާނަ ދަންދެން…
މިހަށީން ފުރާނަ ދަންދެން..”
ފެންވަރަން ހުރި އައިދަން ހުއްޓުނެވެ. އެ ލަވަ އަޑުއިވުމުން އޭނާ އިހްތިޔާރަކާއި ނުލާ ލޯ މަރާލެވުނެވެ. ކޮންމެ ބައިތަކަކުންވެސް ކުރުވީ ތަފާތު އިހްސާސްއެކެވެ. މަރާލެވިފައިވާ ދެލޮލު ކުރިމައްޗަށް ސިފަވީ ޒީޝަންއެވެ. އެ ރީތި ހިނިތުންވުން ދީގެން ހުރި އައިދަންގެ ޒީޝަންއެވެ. އައިދަން އަވަސް އަވަހަށް ފެންވަރާލިއެވެ. އަދި ތުވާލި އޮޅާލައިގެން ފާހަނައިން ނިކުތެވެ. އޭރު ޒީޝަން އެނދުގައި ހުރަހަށް އައިދަންއަށް ފުރަގަސް ދީގެން އޮތެވެ. އޭރު އިވެމުން ދިޔައީ އެހެން ލަވައެކެވެ.
“ހައިރާންވޭ އާލަމުގާ….
ނެތް މޫނެއް ދެކޭ ހިތްވާ ތިނޫން….
ވެވުނީ ލޯތްބޭ ޔާރު ހުވާ..
ފެނިފާ ޔާރު ހުވާ… ލޯތްބޭ ޔާރު ހުވާ…
ގެއްލިފައި ފުން ހިޔާލުގަ ނިދި ބީވެ އިންނަމޭ ދާނުގާ…
ފުރޮޅިލާ ގޮސް ފަތިސް ވަންދެން..
ރޭ ހޭދަވީ ނޭނގި މިގޮތުގައި…. ކެތްވާނީ ކިހިނެއްހޭ…
ދުރުގައި ހުރުން މިތުރާއޭ…
ދެކިލާށެ ހާލު މަގޭ…
ލޯބިން ވާވަރު މީ ހޭ..”
ޒީޝަން ދެލޯ މަރާލައިގެން އެ ލަވައިގެ އަޑު ދަށުން ކިޔަމުން ދިޔައިރު އައިދަން ހުރި ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ސިފަވީ އައިދަންއެވެ. އެކީ ހޭދަކޮށްލެވުނު ވަގުތުކޮޅުތަކެވެ. އައިދަން އިސްނަގައިގެން ދިން ލޯބީގެ ފުރަތަމަ މަސްތީ އިހްސާސްއެވެ. ޒީޝަންއަށް އެވަގުތު ކޮޅުތަށް ހަނދާންވުމުން ހިތްތެޅިލިއެވެ. ކައިރި އޮތް ބެއަރ ގައި ބައްދާލެވުނީ އޭނާ މިހާރު ކުރަން އުޅޭ ކަމަކުން އުމުރަށް އެ ހަނދާންތަކުގައި ދެން އުޅެންޖެހޭނީ އެކަނިންކަން އިހްސާސްވުމުންނެވެ. އައިދަންއާއި އޭނާ ވަކިވާން މާ ގިނަ ދުވަސްތަކެއް ނެތެވެ. މި ކައިވެނި އެއުޅެނީ ރޫޅެންށެވެ. ނަމަވެސް އެ ކައިވެނި ރޫޅިގެން އައު ގުޅުމެއް ފެށޭނެއެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އައިދަންގެ މަންމައާއި ބައްޕައަށްވެސް އެމިހުން ހައްޤު ލިބޭނެއެވެ. މާމައާއި ކާފަގެ ހައްޤުލިބޭނެއެވެ. މިއީ އެންމެންނަށްވެސް އޭނާ ކޮށްދޭ ކަމެކެވެ. އައިދަން ނުރުހުނަސް ހެވެވެ.
ޒީޝަން އެހެން އޮތްއިރު މެރިފައިވާ ދެލޮލުން ކަރުނަތަށް ފޭބިއެވެ. އެންމެންއުފާވާނެ ދުވަހަކަށް އެ ދުވަސް ވިޔަސް އެވާނީ ޒީޝަންގެ ހިތް ކަތިލެވޭނެ ދުވަހަކަށް ކަން ޔަޤީނެވެ. އައިދަން ސޯޓެއް ލައިގެން އެނދާއި ދިމާލަށް ދިޔައެވެ. ޒީޝަން އޭނާ ލަވަ ހުއްޓާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ތެދުވަން ވިސްނީ ބެލްކަނިއަށް ނިކުމެލާށެވެ. އައިދަން ނިކުތުމުގެ ކުރިން އަވަހަށް ދެވޭތޯއެވެ. ކަރުނަތަށް ފޮހެލަމުން ފަސް އެނބުރި ތެދުވަންއުޅުނު ޒީޝަންއަށް އައިދަން ފެނުނީ ހަމަ ކުއްލިއަކަށެވެ. އެހެންކަމުން ބާރަކަށް ހަޅޭލަވައިގަތީ ސިހިގެންނެވެ. އޭނާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އައިދަންއަށް ވެސް ޒީޝަން ހަޅޭލަވައިގަތުމުން ސިހުނެވެ. “ޒީޝީ އިޓްސް މީ އޭ.. ކަމޯން…” އައިދަން ބުނެލިއެވެ. ޒީޝަން ތުންފަތުގައި ދަތްއަޅާލަމުން އެއްލޯ ހުޅުވާލިއެވެ. ކުރިމަތީ ހުރިއައިދަން ފެނި ފުން ނޭވައެއް ދޫކޮށްލަމުން ދެލޯ ހުޅުވާލައިފާ ތެދުވެ ބެލްކަނިއާއި ދިމާލަށްދިޔައެވެ. އައިދަން ކައިރިއަށް ހިނިއައެވެ. އޭނާ ގޮސް އެނދުމަތީ އޮށޯވެލަމުން ޒީޝަންއަށް ނަޒަރު ހިންގާލިއެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން އައިދަން އަށް ނިދުނެވެ.
ޒީޝަން އޭރުވެސް ހުރީ ބެލްކަނީގައި ފުންވިސްނުމެއްގައެވެ. އޭނާ ސިހުނީ މީހަކު ދޮރުގައި ޖަހާލުމުންނެވެ. ކޮޓަރިއަށް ބޯ ދިއްކޮށްލުމާއި އެކު ނިދާފައި އޮތް އައިދަން ފެނުނެވެ. ހިނގާލާފައި ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީ ހުރީ ލުހާއެވެ. “ކޮބަ އައިދަން ނާންނަނީތަ ކާން މަންމަ ބުނެފި ދާށޭ ގޮވާލަން؟” ލުހާ ބުނެލިއެވެ. “އިދީ ނިދައިފި..” ޒީޝަން އައިދަންއަށް ބަލައިލުމަށްފަހު ބުނެލިއެވެ. “އެހެންތަ އެހެންވިއްޔާ ބާއްވާ ދެން…” ލުހާ އެހެން ބުނެލުމަށްފަހު ދިޔައެވެ. ޒީޝަން ދޮރު ލައްޕާ ތަޅުލުމަށްފަހު އައިދަންއަށް ބަލައިލިއެވެ. އިހްތިޔާރަކާއި ނުލާ އޭނާއަށް އެދިމާލަށް ދެވުނެވެ. އައިދަން އާއި ވީ ފަޅީގައި މަޑުކޮށްލާފައި ޒީޝަން ތަޅުންގަނޑުގައި އިށީނދެލިއެވެ. އައިދަންގެ އިސްތަށިގަނޑުގައި ޒީޝަން ފިރުމާލާ އަތުގައި ހިފަހައްޓާލިއެވެ. އެއާއި އެކު އޭނާ ރޮވެން ފެށުނެވެ. އެ ހިތަށް ތަދުވަމުން ދިޔައެވެ. ޒީޝަން އެނދުމަތީ ބޯ އަޅާލީ އެ އިންގޮތަށް އިނދެއެވެ. ކަރުނަތިކިތަކުން އެނދުމަތި ތެއްމަމުން ދިޔައެވެ.
އައިދަން އަށް ހޭލެވުނީ ކުއްލިއަކަށެވެ. ކައިރި އިން ޒީޝަން އަށް ބަލައިލަމުން އައިދަން ޒީޝަންގެ ކޮނޑުގައި ހިފަހައްޓާލީ އެދެމީހުންގެ ގުޅިފައިވާ އަތަށް ބަލާލަމުންނެވެ. ޒީޝަން ސިހިފައި އެނދުން ބޯ ނަގާލަމުން އައިދަން އަށް ބަލައިލިއެވެ. ރޮވިފައި ހުރި ޒީޝަން ފެނި އައިދަން ދެބުމަ ގޮށް ޖަހާލިއެވެ. ޒީޝަން ކަރުނަތަށް ފޮހެލުމަށްފަހު އަވަހަށް ދާން ތެދުވެލިއެވެ.
“ޒީޝީ.. މަޑުކޮށްބަލަ… ކިހިނެއްވީ؟” އައިދަން އަހާލީ ޒީޝަން ނައްޓުވާލަން އުޅުނު އެދެމީހުންގެ އަތަށް ބާރުކޮށްލަމުންނެވެ. ޒީޝަން ފަސްއެނބުރި ބަލައެއްނުލައެވެ. އައިދަން ޒީޝަންގެ އަތަށް ދަމާލުމުން އެކަމާ ނުވިސްނާ ހުރި ޒީޝަން ކުއްލިއަކަށް ވެއްޓުނީ އައިދަންގެ ގައި މައްޗަށެވެ. “އައުޗްޗްޗް..” އައިދަންގެ މޭމަތީ ޖެހުނު ޒީޝަންގެ ބޮލުގައި އޭނާ ފޮރުމާލަމުން ބުނެލިއެވެ. “މި ހިތަށްވެސް ތަދުވެޔޭ ޒީޝީ…”އައިދަން ބުނެލީ މާނަފުންގޮތަކަށެވެ. އެޖުމްލަ އިވުމާއި އެކު ޒީޝަންއަށް އައިދަންއާއި ހަތަރު ކަޅި ހަމަކޮށްލެވުނެވެ. “ދެން ބުނެބަ ކިހިނެއްވެ ރޮނީ ތި؟” އައިދަން ބުނެލީ ޒީޝަންގެ މޫނުމަތީ ހިފާލަމުންނެވެ. ޒީޝަން އޭނާގެ ނަޒަރު އައިދަންގެ މޫނުން ވަކިކޮށްލިއެވެ. “ޒީޝީ މިކޮޅު ބަލާބަ…. ބުނޭ ދެން…” އައިދަން ޒީޝަންގެ މޫނު އޭނާގެ މޫނާއި ސީދާކޮށްލުއްވަމުން ބުނެލިއެވެ. ޒީޝަން އަނެއްކާވެސް އެހެން ދިމާލަކަށް ބަލައިލާފައި އައިދަންގެ ގައިމަތިން ތެދުވަން އުޅުނެވެ. “ޒީޝީ…” އަނެއްކާވެސް އައިދަން ޖެހީ ކުއްލިއެކެވެ. ޒީޝަން އައިސް އަނެއްކާވެސް ޖެހުނީ އައިދަންގެ މޭމަތީގައެވެ. އެއާއި އެކު ޒީޝަންގެ އިސްތަށިގަނޑުގެ އެއްބައި އައިދަންގެ މޫނުމައްޗަށް ދިޔައެވެ. ޒީޝަން ތެދުވަން އުޅެނިކޮށް އޭނާގެ ކަންފަތަށް އިވުނީ އައިދަންގެ ހިތުގެ އަޑެވެ. ޒީޝަން އެ އަޑު އިވުމުން އެ ހެން އޮވެލަން ބޭނުންވިއެވެ. އައިދަން ޒީޝަންގެ އިސްތަށިގަނޑު އޭނާގެ މޫނުން ދުރަށްލަމުން ޒީޝަންއަށް ބަލައިލިއެވެ. އަދި ހިނިތުންވެލަމުން ޒީޝަންގެ ގައިގާ ބައްދާލިއެވެ.
ޒީޝަން ލޯމަރާލިއެވެ. އޭނާއަށް ކުރި އިހްސާސްތަފާތެވެ. އޭނާގެ ހިތަށްވެސް ގޮތެއްވިއެވެ. ހީވަނީ އައިދަންގެ ހިތުން އޭނާގެ ހިތަށް މެސެޖްތަކެއް ފޮނުވާހެންނެވެ. އައިދަން ޒީޝަންގެ އިސްތަށިގަނޑަށް ބޮސްދިނެވެ. ޒީޝަން ލޯ ހުޅުވާލީ އެހެންވެގެންނެވެ. ތެދުވެލާފައި އައިދަން އަށް ބަލައިލީ އިރު އައިދަންވެސް އޮތީ ލޯބިގޮތަކަށް ޒީޝަންއަށް ބަލަންށެވެ. އައިދަން ޒީޝަންގެ މޫނުމަތީ ހިފާލިއެވެ. އެއަށްފަހު ނިތުގައި ބޮސްދިނެވެ. ޒީޝަން އަނެއްކާވެސް އައިދަންގެ ގައިގާ ބައްދާލިއެވެ. މީ މިހެން އުޅެވޭނެ ފަހުދުވަސްކޮޅޭ ހިތާހިތުން ޒީޝަން ކިޔަމުން ދިޔައެވެ.
އައިދަން އެނބުރިލުމާއި އެކު ޒީޝަން އެނދުމައްޗަށް ޖެހުނެވެ. ޒީޝަން ހިނިތުންވެލީ ލަދުރަކި ގޮތަކަށެވެ. އައިދަން ޒީޝަން ގެ އިސްތަށިގަނޑު އެއްފަރާތްކޮށްލިއެވެ. އަދި ބައްދާލިއެވެ.
……..
ޒީޝަން ފެންވަރާލަން ވަނީ އައިދަން އެނދުމަތީ އޮތްގޮތަށް އޮއްވައެވެ. އޭނާ ވިސްނަމުން ދިޔައީ ޒީޝަން ރުއި ސަބަބަކާއި މެދުގައެވެ. ޒީޝަން ފަރާތުން ޖަވާބެއް ނުލިބުނެއްކަމަކު އޭނާ ހިތްހަމަޖެހުނެވެ. ދުވަހުން ދުވަހަކަށް އެދެމީހުންގެ ގުޅުން ރަނގަޅުވާތީއެވެ. އިރާދަ ކުރެއްވިއްޔާ އޭނާގެ މަންމަ ބޭނުންވާ ކަހަލަ ގުޅުމަކަށް މިގުޅުން ވެގެންދާނެއެވެ.
ޒީޝަން ފެންވަރަން ހުރިއިރު ވިސްނެނީ ހަމައެކަނި އައިދަންއާއި ދޭތެރޭއެވެ. އައިދަން ޒީޝަން ފޮނުވާލާނެކަން ޔަޤީނެވެ. އެކަން ކުރަން ޖެހޭނީ އައިދަން ނެތް އިރަކުއެވެ. ނެތް ވަގުތަކުއެވެ. ޒީޝަން ފުން ނޭވައްދޫކޮށްލިއެވެ.
ދުވަސްތަށް ނިމިގެން ގޮސް ޒީޝަން ބޭނުންވާ ދުވަސް އައެވެ. އަދި އެންމެ ބޭނުންނުވާ ދުވަސްވެސްމެއެވެ. އައިދަން އޮފީހަށް ދިޔުމާއި އެކު ޒީޝަން ޒާރާއަށް ގުޅާލިއެވެ. “ހަލޯ…. އޯކޭ ދޮންތި މިއުޅެނީ މަންމަ މިގެއަށް ގެންނަން.. އެއްވެސް ފިރިހެނަކު ނޫޅޭނެ… ސޯ އިޓް ވިލް ބީ ބެޓަރ.. ދެ ބައްޕަވެސް ވާނީ އޮފީހުގައެއްނު.. އެން އިދީ އާއި ދޮންބެވެސް… ދޮންތި ބުނީމަ ޓެކްސީއަށް އަރައިގެން އާދޭ އިނގޭ..” ޒީޝަން ކިޔައިދިނެވެ. ޒާރާ ހުމްމް ބުނެލިއިރު އޭނާ ހުރީ ބިރުގަނެފައެވެ. “އައިމްއަށް ދީބަ ދެން..” ޒީޝަން ބުނެލިއެވެ. އޭނާ އަހަރެއްފަހުން އައިމްއާއި ވާހަކަ ދައްކަން އުޅޭ މީ ފުރަތަމަ ދުވަހެވެ. ޒީޝަން އައިމްއާއި އޭނަގެ ވާހަކަ ހިއްސާކުރީ ޒާރާ މެދުވެރިކޮށެވެ. އައިމް ފޯނު ކަންފަތާއި ކައިރިކޮށްލަމުން ހަލޯ ބުނެލިއެވެ.
“އަ..އައިމް… ކޮޓަރި އޯކޭތަ؟ އެން ދެންމެ ފޮނުވައިފިން ރައްޓެއްސެއް ތި ކޮޓަރިއަށް… އޭނާ އަތުގައި ހުންނާނެ ލާރި… އެ ލާރިން ގޭގެ ކުލި ދައްކާފަ ބުނީމަ ކާރަށް އަރައިގެން އަންނައްޗޭ…” ޒީޝަން ކިޔައިދިނެވެ. އޭނާ އަށް އައިމަން ގެ އަޑުއިވުމުން ތަފާތުގޮތެއްވިއެވެ. ދެރަވިއެވެ. އެ ދުވަސްތަށް މަތިން ހަނދާންވިއެވެ. “އޯކޭ… އެން ލާރި އޯކޭ ނުފޮނުވިޔަސް އެބަހުރި ދެއްކޭ ވަރަށް.. އެން ޒީ.. ތެންކިޔު ސޯ މަޗް…. ވީ ބޯތް މޭޑް ޔުއަރ ލައިފް ވޯސް އެކަމްވެސް ޔޫއަރ ހެލްޕިން.. ތެންކިޔު.. އެން.. ސޮރީ…” އައިމަން ބުނެލިއެވެ. ޒީޝަން ހިނިތުންވެލިއެވެ. “އެ އޯކޭ ވާނެ.. ތިމީހުންނަށްވެސް އެވަގުތަކު ރަނގަޅު ގޮތް ހެދީނު ދެން ލެޓް އިޓް ބީ…” ޒީޝަން ބުނެލިއެވެ. “ޔޫ އާރ ދަ ބެސްޓް… އެން ޒީ ބިރުނުގަނޭތަ؟ އިދީ އަށް އިނގޭތަ؟ އެއްވެސް މީހަކަށް އިނގޭތަ؟” އައިމަން ސުވާލުކޮށްލިއެވެ.
“ނޫން… ނޭނގޭނެ އެކަކަށްވެސް.. އެން ބިރުގަންނާކަށް މިކުރަނީ ގޯސް ކަމެއް ނޫނެއްނު ދޯ…. ޖަސްޓް ކަމް..” ޒީޝަން އައިމަން ކައިރި ކަންތަށް ކުރަންވީ ގޮތް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޒީޝަން އޭނާގެ މަންމަ ލީޝާއަށް ގުޅާލިއެވެ. އަދި އެގެއަށް އައުމަށް އެދެމުން ފޯނު ކަނޑާލީ އިތުރު ސުވާލެއްކޮށްފާނެތީއެވެ. ޒީޝަން އޭނާގެ ފޮށި ނަގާ އެނދުމަތީ ބައިންދާލިއެވެ. އައިމަންއާއި ޒާރާ ވަންނަ ވަގުތަކީ ޒީޝަން ނިކުންނާނެ ވަގުތެވެ. ޒީޝަން އޭނާގެ އެއްޗެހި ދަބަހަށް އަޅަމުން ދިޔައީ ކަރުނުން ފުރިފައި ހުރެއެވެ.
……..
ޒީޝަންގެ މަންމަ އައުމުގެ ކުރިން ޒީޝަން ދަބަސް ރެޑިކޮށްލާ ދޮރާއި ނިވާކޮށްލިއެވެ. އަދި ތިރިއަށް ފައިބައިގެން ދިޔައީ އައިމަންމެންނަށް ގުޅާފައެވެ. ތިރިއަށް ފޭބިއިރު ލީޝާއާއި ސަމީމާ އަދި ލުހާވެސް އުޅެއެވެ. “މަންމާ….” ޒީޝަން ލީޝާގެ ގައިގާ ބައްދާލިއެވެ. ސަމީމާ ހިނިތުންވެލައިގެން އިނެވެ.
“މަންމާ… މިއަދު އަޅުގަނޑު މިއުޅެނީ ވަރަށް މުހިންމު ކަމެއް ކުރަން… މިކަމުން އެންމެން އަޅުގަނޑު ދެކެ ރުޅިއައިކަމުގައި ވިޔަސް ހެޔޮ… މީ އެންމެ ރަނގަޅު ގޮތް ކަން އަޅުގަނޑުގެ ހިތް ބުނާތީވެ މި ކުރީ..” ޒީޝަން ސަމީމާއަށާއި ލީޝާއަށް ބަލަން އިނދެ ބުނެލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. “ކޮންކަމެއް ޒީޝަން…؟” ސަމީމާ އަހާލިއެވެ. ލުހާވެސް އިނީ ޒީޝަންއަށް ބަލަންށެވެ. ޒީޝަން ފުން ނޭވައެއް ދޫކޮށްލިއެވެ. “މަޑުކުރޭ އިނގޭނެ…” ޒީޝަން ބުނެލިއެވެ. އަދި ސޯފާގައި އިށީނދެލިއެވެ. ލީޝާއާއި ސަމީމާ ހާސްވިއެވެ. ޒީޝަން ކީއްކުރީބާއޭ ހިތަށް އަރަންފެށިއެވެ.
ކުއްލިއަކަށް ޒީޝަންގެ ފޯނު ރިންގް ވި އަޑަށް އެންމެން އޭނާއާއި ދިމާ ބަލައިލިއެވެ. ޒީޝަން ފޯނު ނަގަމުން ދޮރާއި ދިމާލަށް ދިޔައެވެ. އެއަށްފަހު ނުކުމެގެން ދިޔައެވެ. “ސަމީ އޭނާ ކީއްކުރަންކަމެއް އިނގޭތަ އެއްވެސް ވަރަކަށް؟” ލީޝާ އަހާލުމުން ސަމީމާ ނޭނގޭ ބުނެލިއެވެ.
އިރުކޮޅަކުން ޒީޝަން ވަދެގެން އައީ ކުޑަ ކުޑަ ކުއްޖެއް އަތުތެރެއަށް ލައިގެންނެވެ. އެ ކުއްޖާއާއި ދިމާ ބަލަން ހުރެ ޒީޝަން އެތެރެއަށް ވަނުމުން ސަމީމާގެ އިތުރުން ލީޝާއާއި ލުހާ އިށީނދެ ތިބި ސޯފާއިން ތެދުވެލިއެވެ. “ޒީ.. ދަރިފުޅާ ކާކު ކުއްޖެއް ތީ..؟” ޒީޝަން ކައިރި ލީޝާ އަހާލިއެވެ. ޒީޝަން އައިސް އެ ކުއްޖާ ސަމީމާގެ އަތަށް ލައިދިނެވެ. އަދި ދެމީހުން ކައިރި މަޑުކޮށްލަމުން އެ ކުއްޖާއަށް ބަލައިލިއެވެ. “މަންމާ މީ ޒީދަން…. ލޯބި ދޯ؟” ޒީޝަން ބުނެލީ ކުޑަ ކުޑަ ޒީދަންގެ ކޮލުގައި އަތްލަމުންނެވެ. “އާނ ވަރަށް ލޯބި އެކަމް ކާކު………. އަ..އައިމަން…” ސަމީމާ އެ ކުއްޖާއަށް ބަލާލުމަށްފަހު ޒީޝަންއަށް ބަލައިލިތަނުން އޭނާގެ ނަޒަރު ހުއްޓުނީ ދޮރުމަތީ ތިބި އައިމަންއަށާއި ޒާރާއަށެވެ. އެއާއި އެކު ސަމީމާގެ ދެލޯ ބޮޑުވިއެވެ.
7316 Comments
Comments are closed.
Hey guys.. I’m so so sorry… Rey when i came to up the story esfiya was down ehgwthakah open nuvi tried alot i dont know why… ehnve nukurevuny dhn later try eh nukhlevunu.. Sorry for that… n next part mirey.. thankyw guys… 🙂 enjoy
Yahoooo.. Vvvv nice
And me first yeyyy..
Salhi ey
Masha Allah.. haadha reehchey…speech less. Ehaa ves furihama
Mashaa allah so cute speech less alhey emyhungaboolvaanebaa waiting for next part pleaseavahah up kolladhybala pls
Vvv reethi. Ekm zee n idhee dhuru nukurahchey
Big kon hama WOW
Ya dhw. Why esfiya load nuvanee mihaarakah aissa. V udhagoo esfiya site ah vannan.
kohbaa holhuashi admin .. kyveh nuvadheveny .. adminnnn .. answer me ..
We had to remove it as it had some issues. We are working on developing a better chat.
admin avas kurahchey… btw esfiya ah ves vadevenee varah slow koh
sorry about that. we are working to fix this issue
Vvv reethi. Masha allah.. waitin for the next part ?
Mehaaru haada undagulay esfiya ah vahnan
Mehaaru v undagoo me site ah vahnan a keeve