ވޭނީ އުދާސް މުސައްނިފާ ރޯޒް 1 އޮކްޓޯބަރ 2018 އެއީ މާޒީގެ ސޮފްހާތަކޭ ކިޔާފަ ވަފާ އަށް އޭނާގެ ޑައިރީގެ ގަނޑުތަށް އުކައެއްނުލެވޭނެއެވެ. މިވަގުތު އޭނާ ލިޔަމުންދާ ސޮޕްޙާތަށް އޭނާގެ ކަރުނައިން ފޭދެމުން ދިޔައީ އޭނާގެ ޙަޔާތުގެ ފަލްސޮފާއެކެ އެއްގޮތަށެވެ. ހިތްދަތި ހަނދާން ތަށް އޭގައި އެކުލެވިގެންވާފަދައިންނެވެ. ވާފާ އޭނާގެ ފޮތްލައްޕާ ލުމަށްފަހު އެނދުގައި ފުރޮޅީގޮތުން ހީވީ ދެން އޭނާ އެފޮތުގައި އަތްނުލާނެހެންނެވެ. ވަފާއަކީ ވަރަށް ދީންވެރި އަންހެންކުއްޖެކެވެ. އޭނާއެވަގުތު އެތެދުވީ ފަތިސް ނަމާދު ކުރުމަށެވެ. އާއެކެވެ. […]
ޙަޔާތުގެ ފަސާނާ މުސައްނިފާ ރޯޒީ ރަމްލާ އޭނާގެ ގަލަމުގެ ދޯރި ނައްޓާލާފައި ފޮތުގައި އިނގިލި ޖައްސާލީ ވަކި ޙިޔާލެއް ނޫނީ މަގުސަދެއް އޮވެގެނެއް ނޫން ކަހަލައެވެ. މިކަން ދޭހަވަނީ ތިން ހަތަރު ފޮޅުވަތް ލިޔެލާފައި އެފޮޅުވަތް ލިޔެފައިވާގަނޑު، ފޮތުން ވަކި ކުރުމަށްފަހު ބޮނޑި ކޮށްލާފައި ރަމްލާއެގަނޑެއް އެއްލާލާތީއެވެ . ފޮތެއްގެ ދެބައިކޮށްފައި އެއްބައި އޭނާ މިހެން އުކާލިއެވެ. އޭނާގެ ސިކުނޑިވަނީ އޭނާއާއި އެކު ނޫންކަހަލައެވެ. ފޮތް ލައްޕާލާފައި އޭނާ ބޭރަށް ނިކުތެވެ. ހިނގަމުން ހިނގަމުން ގޮސް ރަމްލާއަށް […]
ފަހަރު ތަޢުބާ ވެވުނު ޖިހާދު1000 މުސައްނިފާ ރޯޒީ ކޮންމެ އަންހެއްކުއްޖެއްގެ ހަޔާތަކީ ފަލްސަފާއެކެވެ. އޮޅުން ބޮޅުން ގިނަ ހާދިސާ ތަކެކެވެ. ރައިހާނާގެ ހަޔާތުގެ ހާދިސާތަކަކީވެސް ހަމަ މިކަހަލަ ހާދިސާ ތަކުން ފުރިފައިވާ ހަޔާތުގެ ސޮފްހާތަކެކެވެ. ރައިހާނާ ބޭނުންވަނީ އޭނާގެ ހަޔާތުގެ މިހާދިސާތަށް މިފޮތުން ކިޔާލާފަ ކޮންމެ މީހަކުވެސް ރަނގަޅު ފިލާވަޅެއް ދަސް ކުރުމަށެވެ. އަހަރެންނަށް މިފޮތް ލިބުނީ އަހަރެން ދަތުރު ކުރަމުން ދިޔައިރު ދަތުރުގަ ދިމާވި އަރަބި ކުއްޖެއްގެ އަތުންނެވެ. ލަންކާގެ ޓާމިނަލް ތެރޭގައި އަހަރެން އިނީ […]
ގިނަ ކިޔުންތެރިންގެ އެދިލެއްވުމަކަށް މިވާހަކަ ކުރުގޮތަކަށް ފާއިތުވެ ދިޔަ ބައިތަކަށް އަލިއަޅުވާލުމެއް؛ މަޝްހޫރު އާށާ އޭނާގެ ހައިބަތުގައި މީހުންނާ ސަލާމް ކުރަމުން މުބާރަކްބާދް ހޯދަމުން އެހާމެ ޒީނަތްތެރި ކޮށްފައިވާ ހޯލަކަށް ވަދެގެން ދިޔައެވެ. މިހޯލުވެސް އޭނާއަށްޓަކައި ތައްޔާރު ކޮށްފައިވާ ކަހަލައެވެ. ހަމަޔަޤީނުންވެސް ކޮންމެވެސް ބޮޑު ކަމަކަށް ތައްޔާރު ކޮށްފައިވާކަން ދޭހަވެއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. އެހަފްލާއަކީ އޭނާގެ 125 ވަނަ ފޮތް މާކެޓަށް ނެރެނީއެވެ.އޭނާގެ ޤަލަމުން އެތަށް ފޮތެއް އޭނާ ލިޔެފިއެވެ. ތަފާތު ނަންތަކުގަ އޭނާ ފޮތްތަށް […]
ނިޝާ ފަރީދާ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން ރޮމުން ގެންދިޔައެވެ. ހަޔާތުގެ މިހަލަބޮލިކަމާއި ކުރިމަތި އޭނާ ލާނީ ކިހިނެތްބާއޭ އޭނާ ވިސްނަމުން ދިޔައެވެ ޝާހިދުގެ އޮފީސް މީހުން އަހަރީ ދުވަސް ފާހަގަ ކުރަން ބޭނުންްވީ ޝާހިދު އަލަށް ގަނެލި ބަންގުލޯގައެވެ. އެއަހަރީ ދުވަހު ހުރިހާ މުވައްޒފުންނާ އެމީހުންގެ އަނބީން ބައްދަލުކޮށް ހީޔާލު ބަދަލު ކުރާނެއެވެ. ނިޝާ އާއި ދުންޔާ އަށް ވެސް މިހަފްލާގެ ދައުވަތު ކާޑު ހިފައިގެން އައިސް ޕިޔޯނު މީހާ ދިނެވެ. މުޅިގޭތެރެ އަލަތު އަންބެއްހެން ތައްޔާރު […]
ނިޝާ ފޮޓޯތަކާއި އުކާލި އެއްޗިހި ޖެހުނީ ކޮޓަރިއަށް ވަން ދުންޔާގެ ފައިގައެވެ. ޝާހިދު އާއި ދުންޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ކަންތައް ގޯހުން ގޯސްވެއްޖެ ކަން އެމީހުންނަށް އެނގުނެވެ. ޝާހިދު އަވަސް އަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. ދުންޔާ ކުރިޔަށް ޖެހިލާފަ އެއްޗެތި ހޮވަންފެށިއެވެ. އެކޮޓަރީގެ ކަބަޑުގައިވެސްހުސް ދުންޔާގެ އަންނައުނެވެ. ނިޝާ ރުޅިވެރިކަމާއެކު ހުރިހާ އެއްޗިހި ބޭރަށް އުކަމުން ދިޔައެވެ. “ދައްތާ ތިއައީ އަދި ކުރީދުވަހު ދޮވެފައި ބޭރަށް ނުގެންދެވޭ ހެދުންތައް.. ކީއްވެ ތިޔަ އުކަނީ” “އެހެންވެތަ […]
“ދަރިފުޅާ ތިޔަ ހިމޭންކަމުގެ ސިއްރަކީ ކޮބާ؟ ހިތުގައި ގިލަންވެރިކަމެއް ވާނަމަ މިދައްތަޔާ ވާހަކަ ދައްކާލާ މާބޮޑު ކަމެއް ނުކޮށްދެވުނަސް ޔަގީނުންވެސް ހެޔޮދުޢާ ކޮށްދޭނަން. މި ކޮނޑު ހުންނާނީ ދަރިފުޅުގެ ހައްގުގާ. މީގައި ބޯ ބާއްވާލާފަ ހިތްހަމަ ޖެހޭވަރަށް ރޯލާ. ދަރިފުޅުގެ ބޮޑުދައިތަގެ ރަނގަޅު ކަން ދަރިފުޅަށް އެހީވުމަށް ދުންޔާ މިގޭގައި ބެހެއްޓުން.މިހާރު ފުރިހަމަ 9 މަސްވީ ދެން ކޮއްކޮ އެގޭގެ ކަންތަައްވެސް ކުރަންޖެހޭނެ އަބަދަކު ހިލޭގެއެއްގަވެސް ނުހުރެވޭނެނެނު.ބޮޑުދައިތަވެސް އެގޭގައި އެއުޅެނީ އެކަނިވިއްޔަ. މިހާރު ބޭބީގެ ކަންތައް ދަރިފުޅަށްވެސް […]
ވާހަކަ: އެއީ ކީއްވެ..؟ 9 ވަނަ ބައި “ފަރީދާ ދައްތަވީ ރަށަށްގޮސްފަ ދުންޔާ އެކަނި އެގޭގައި ބިރު ގަންނާނެތަ؟” ޝާހިދު ކާރުގައި ދަމުން ދުންޏާއާއި ވާހަކަ ދެއްކިއެވެ. “ޅިޔަންބެ ހުންނާނަމެއްނު ވީއިރު ކޮންބިރެއް” “އެންމެ ރަނގަޅު އަހަރެން ދުންޔާ ވައްޓާލާފަ ދާނީ އޮފީހަށް އާދެވޭނީ ރޭގަނޑު އަހަރެން އަންނާނީ ބޭރުން ކައިގެން” “އެންމެ ރަނގަޅު” މިހެން ބުނެލާފަ ގެޔާއަރާ ހަމަވުމުން ފޭބީއެވެ. މާނަ ވީގޮތަކަށް ހީލާފައެވެ. “ނިޝާ ކަލާއަށް ލިބުނީ ލޯބި އަންހެންކުއްޖެއް. ” ނަރުސް ކުއްޖާ […]
“އައްދެ އަނބިމީހާ ނުކުރާ އަމުރު މިކުޑަ ފަހަރި މިއޮއްކުރަނީ” ޝާހިދު ނިޝާއަށް ބަލާލާފަ ހީލަމުން މިހެން ބުނެފަ ބޯޖަހާލާފަ ދިޔައީއެވެ. ރޭގަނޑު އެތަށް ދަމެއްވިއިރުވެސް ޝާހިދު ގެޔަށް ނާދެއެވެ. ނިޝާއާއި ދުންޔާ އޮށޯވެލައިގެންތިބީ ނިޝާގެ އެނދުގައެވެ. ކުއްލިއަކަށް ކާރު ގޭގެޕޯޓިކޯތެރެއަށް ވަންއަޑު އިވިގެންް އަވަހަށް ތެދުވެގެން ދާން ދުންޔާ އުޅުނެއެވެ. ނިޝާ ދުންޔާ މަޑުކުރުވިއެވެ. “ކޮއްކޮ ދާނެ ކަމެއްނެތް” “އެކަމަކު ޅިޔަންބެ …” “އަޅާނުލާ އެހާލަހުން އަންނަރޭ އޭނާ އަންނާނީ ކައިގެން ކޮއްކޮ ނިދާލާ” ކުޑަކޮށް ހިންހަމަ […]