ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…64
އެވަގުތުވީ ގޭގެ ދޮރު ހުޅުވާލާފައި މީހަކު ގޭ ތެރެ އަށް ވަން ވަގުތަށް ވުމުން އަލީކާ ދޮރާއި ދިމާލަށް ބަަލައިލި އެވެ.”އަލީކް.. ފޯނު ނުނަގާ ކީއް ތި ކުރީ މި އޮށްފަދަ ގަޑީގަ ބޭރަށް ގޮއްސިގެން”އަލީކާގެ އަޑުން ހިތްހަމަ ނުޖެހުން ފާޅު ވިއެވެ.”ދޮންތަ ރެޑީވޭ. އެމްބިއުލަންސް އަށް މި ގުޅަނީ”އަލީކާގެ ސުވާލަށް ޖަވާބު ދިނުން އެއީ މި ވަގުތު މާ މުހިއްމުކަމެއްގެ ގޮތަކު އަލީކް އެއް ނުދެކުނެވެ.
****************
ދުވެފައި ކަހަލަ ގޮތަކަށް އަލީކާ ކޮޓަރި އާއި ދިމާލަށް ދިޔައީ އަވަހަށް ތައްޔާރު ވެލުމުގެ ގޮތުން ނެވެ. ކޮޓަރި އަށް ވަން ގޮތަށް އަލީކާ ލައިގެން ހުރި ޓީޝާޓް ހުދު ކުލައިގެ ކުރުތާ ހެދުމަކަށް ބަދަލު ކޮށްލި އެވެ. ކަބަޑު ހުޅުވާލަމުން މަޑު ނޫކުލައިގެ ޝޯލް އެއް ނަގާ އަވަސް ގޮތަަކަށް ތައްޔާރު ވެލުމަށް ފަހު އަލީކާ މޫނުމަތީގައި ފުށް ކޮޅެއް ޖަހާލަމުން ލޯގަނޑުން އޭނާގެ ސޫރަ އާއި ދިމާލަށް ފަހު ފަަހަރަށް ބަލާލި އެވެ.
ހުދުކުލައިގެ ޖިންސަކާއި އެކު ހަމަ އެކުލައިގެ ކުރުތާ އަކާއި އެކު މަޑު ނޫކުލައިގެ ޝޯލް އެއް އަޅާފައިވާ އިރު ބަލާލަން ކިތަންމެ ހާ ވެސް ހިތްގައިމެވެ.މޫނޫމަތީގައި ފުށް ޖެހުން ނޫން އިތުރު މޭކަޕް އެއް ކޮށްފާ ނުވާތީ ސާދާ ގޮތެއް ހުއްޓެވެ.
ލޯގަނޑުން ނަޒަރު ވަކި ކޮށްލަމުން އަލީކާ އެންމެ ސިކުންތަކަށް ވެސް ކޮޓަރީގައި މަޑުނުކޮށް ކޮޓަރިން ނިކުތެވެ.އޭރު ސިޓިންރޫމްގެ އެއްކޮޅުން އަނެއް ކޮޅަށް އަލީކް ފޯނު ހިފައިގެން ހިނގަމުން ދިޔަ އެވެ. އަލީކާ ނިކުތުމާއި އެކު އަލީކް ގެ ނަޒަރު އަލީކާ އަށް ހުއްޓުނެވެ.
“ބައްޕަގެ ފޯނު ރިންގުވޭ…” އަލީކްގެ ޖުމުލަ ފުރިހަމަ ވާ ގޮތް ނުވީ އެމްބިއުލަންސް ގެ ސައިރެންގެ އަޑު ބޭރުން އިވެން ފެށުމުންނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ލަސް ނުކޮށް އަލީނާ އެމްބިއުލަންސް އަށް އެރުވުމަށް އަލީކް އަވަސްވެގަތެވެ.
އަލީނާ އެމްބިއުލަންސް އަށް އެރުވުމާއި އެކު އަލީކް އަލީކާ އާއި ދިމާލަށް ބަލައިލި އެވެ.”ދޮންތަ ދޭ އެމްބިއުލަންސް ގަ.އަލީކް ދާނަން ސައިކު ގަ” އަތުން އަލީކާ އަށް އެމްބިއުލަންސް އަށް އަރަން އިޝާރާތް ކޮށްލުމަށްފަހު އަލީކް ބުނެލި އެވެ.އަލީކާ އެމްބިއުލަންސް އަށް އެރުމާއި އެކު އަލީކް ގޭގެ ގަރާޖު ހުންނަ ދިމާލަށް މިސްރާބު ޖެހި އެވެ.
ސައިކަލު ގަރާޖުން ނަގައިގެން އައިސް އަލީކް ސައިކަލުގައި ގޭގެ ދޮރު ކައިރީގައި މަޑުކޮށްލި އެވެ.ޖީބުން ފޯނު ނަގާ އަލީކް ދެވަނަ ފަހަރަށް ވެސް މިއުވާން ގެ ނަންބަރަށް ގުޅާލި އެވެ. މިފަހަރު ވެސް ރިންގު ވުމަށް ފަހު ކެނޑުނު އިރު ވެސް ފޯނު ނުނެގުމުން އަލީކް ފޯނު ޖީބަށް ލުމަށް ފަހު ސައިކަލު ދުއްވާލީ މިއުވާން އަށް އޭނާ އާއި އަލީކާ ހުރި ތަނުގެ މައުލޫމާތު މެސެޖެއްގެ އެހީގައި ފޮނުވާލުމަށްފަހު އެވެ.
އާދައިގެ ސްޕީޑެއްގައި ސައިކަލު ދުއްވާލާފައި ދިޔަ އަލީކްގެ ސައިކަލު އަށް އޭނާގެ ސައިކަލު ކުޑަ ކޮށް ނަމަވެސް މަޑު ޖައްސާލެވުނީ އޭނާ އާއި ވިހި ވަރަކަށް ފޫޓު ދުރުގައި އެމްބިއުލަންސް އެއްގެ އިތުރުން ދެ ތިން މީހުން ތިބުމުންނެވެ. އެހިސާބުގައި އޮތް ލޭގެ ކޯރުގެ ސަބަބުން ކޮންމެވެސް ނުރައްކާތެރި ކަމެއް ހިނގައިފި ކަމުގެ ރަތް ސިގުނަލް އެއް އަލީކްގެ ހަވަނަ ހިއްސު އޭނާ އަށް ދިނެވެ.
ސައިކަލު މަޑުކޮށްލާފައި ވީގޮތް ބަަލާލުމަށް އަލީކްގެ ގެ ހިތް އޭނާގެ ކިބައިން އެދެމުން ދިޔައީ ވީގޮތް ބަލާލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުމުންނެވެ. ބަނޑުވަތަށް ވެއްޓިފައި އޮތް އެމީހާ ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ވެސް ލެއިން ކަޅިވެ ފައި ވުމުން އެމީހާ ޒަޚަމްވެފައި ވަނީ ވަރަށް ބޮޑަށް ކަން ދޭހަވާ ވަރު ވެއެވެ.
ސައިކަލު ކުޑަ ކޮށް މަޑުޖައްސާލުމަަށް ފަހު ވެސް އަލީކް ސައިކަލު ދުއްވާލީ އަލީނާ ހޮސްޕިޓަލަށް ގެންދިއުމުންނެވެ. ވީ ގޮތް ބަލަން މަޑުކޮށްލަން ބޭނުންވި ނަމަވެސް މި ވަގުތު އެމީހަކަށް ވުރެ އޭނާ އަށް މުހިއްމު ވާނީ އޭނާގެ މަންމަ ތާ އެވެ.
އަލީކް އެމްބިއުލަންސް އާއި އަރާ ހަމަ ކުރި ވަގުތު ވީ އެމީހާ އެމްބިއުލަންސް އަށް އަރުވަން އުޅުނު ވަގުތަށް ވުމުން އަލީކް އެއްލި ކަޅިން ޒަޚަމްވެފައި ވާ އެމީހާގެ މޫނުގެ ބޮޑު ބަޔާއި އެކު އޭނާގެ އަތުގެ ކަށި އިނގިލީގައި އަޅާފައި އިން ރިހި އަނގޮޓި އަޅައިގަތެވެ. ލިބުނު ކުއްލި ސިހުމާއެކު އަލީކް އަށް ސައިކަލު ކުއްލި އަކަށް މަޑު ކޮށްލެވުނެވެ.
އެއީ ހަމަ އެ ސޫރަ އެވެ. މުޅި މޫނު ޒަޚަމްވެ ސިފަ ނޭނގޭ ވަރުވި ނަމަވެސް އޭނާ އަށް އޭނާ އަށް އޭނާގެ ބައްޕަގެ ސޫރަ އޮޅޭނެ ހެއްޔެވެ؟ ވަކިން ޚާއްސަކޮށް އަތުގައި އަޅާފައި އޮތް ރިހި އަނގޮޓި އޭނާ އަށް އޮޅޭނެ ހެއްޔެވެ؟ ކިތަންމެ ދުރުން މިއުވާން ފެނުނު ނަމަވެސް އެ އަނގޮޓި އަކީ އެއީ މިއުވާން ކަން އަންގައިދޭ ރަމްޒެކެވެ.
“ބައްޕާ”ވޭނީ އާހެއްގެ ގޮތުގައި އަލީކް އަށް ބުނެލެވުނެވެ. ޒަޚަމްތަކުން ފުރުގެންވާ މިއުވާން ގެ މޫނު ފެނުމުން އަލީކް އަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ބާރު ކޮށްލި ހެންނެވެ. އޭނާގެ ހިތުގެ ތެޅުން ވެސް އިރުކޮޅަކަށް މަޑުޖެހިލި ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.
އެމްބިއުލަންސް އަށް މިއުވާން އެރުވުމާއި އެކު އަލީކް އަށް އޭނާގެ އިސްތަށިގަނޑުގެ ގައި ހިފާ ބާރު ކޮށްލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އަދި ވެސް ގަބޫލުކުރަން އޭނާގެ ހިތް ބޭނުން ނުވާ ފަދަ އެވެ. އެމްބިއުލަންސް ދުއްވާ ލުމާއި އެކު އަލީކް އުނދަގޫ ގޮތަކަށް ހިންދިރުވާލުމަށްފަހު އޭގެ ފަހަތުން ސައިކަލު ދުއްވާލުމަށް ތައްޔާރު ވެލި އެވެ. އެވަގުތުވީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށި ވަގުތަށް ވުމުން އަލީކް އަވަސް ހަރަކާތްތަކާއި އެކު ޖީބުގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖަހާލީ ލިބެން އުޅޭ ޚަބަރުގެ ހިތިކަން ނޭނގި ހުރެއެވެ.
“ހަލޯ.ކީކޭ ޑޮކް ބުނީ”ކަންފަތުގައި ފޯނު ޖަހާލި ގޮތަށް އަލީކް ސުވާލު ކޮށްލީ އަލީނާގެ ހާލަތު އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ.”ދޮންތާ”އެކޮޅުން އަލީކާ އެއްވެސް އެއްޗެއް ނުބުނުމުން އަލީކް އަލީކާ އަށް ދެ ފަހަރަކު ގޮވާލި އެވެ. ދެން ވެސް އަލީކާގެ ޚަބަރެއް ނުވުމާއި އެކު އަލީކް ކަންފަތާއި ފޯނު ދުރުކޮށްލީ ފޯނު ކެނޑުނީ ކަމަށް ހީކޮށެވެެ. އެހެންނަމަވެސް ފޯނު ނުކެނޑި އިނުމުން އަލީކް ފޯނު ކަންފަތުގައި ޖައްސާލީ އަލީކާ އަށް ގޮވާލަމުން ނެވެ.
“އަ..ލީ.ކް…މަން..މަ” ކެނޑި ކެނޑިގެން އައި އަލީކާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއި އެކު އަލީކް އަށް ކޮންމެވެސް ކަމެއް ނުބައި ވެއްޖެ ކަމުގެ ރަތް ސިގުނަލް ލިބުނެވެ.”މަންމަ އަށް ކިހިނެތް ވީ؟” ހިތުގެ ތެޅުން އަވަސްވެފައި ވާ ހާލު އަލީކް އަހާލިއެވެ. “ޑޮ.ކް ބުނީ….މަންމަ..” ކެނޑި ކެނޑިގެން ނިކުން އޭނާގެ ޖުމުލަ އަލީކާ އަށް ފުރިހަމަ ކުރެވޭ ގޮތް ނުވީ ގިސްލެވެމުން ދިއުމުގެ ސަބަބުން ނެވެ. އަލީކާގެ ހާލުގެ ސަބަބުން އަލީކް ނިންމީ އިތުރަށް އަލީކާ އާއި ސުވާލު ނުކޮށް ހޮސްޕިޓަލަށް ދިއުމަށްށެވެ.”އަލީކް އެބަ ދަން ވަރަށް އަވަހަށް” އެންމެ ސިކުންތު ކޮޅެއް ވެސް ލަސް ނުކޮށް އަލީކް ސައިކަލު އައި ޖީ.އެމް.އެޗް އާއި ދިމާލަށް ދުއްވާލި އެވެ. އޭރު ވެސް އަލީކާ އަށް ގުޅި އޮތީ ފޯނު ކަނޑާ ނުލަ އެވެ. ކެނޑިނޭޅި އަލީކާގެ ގިސްލުމުގެ އަޑު ފޯނުން އިވެމުން ދިޔައީ އަލީކްގެ ނާރުތައް ބުރި ބުރި ކުރަމުންނެވެ.
ސައިކަލު އައި.ޖީ.އެމް.އެޗް ކައިރީގައި ޕާކް ކޮށްލަމުން އަލީކް އައި.ޖީ.އެމް.އެޗްގެ ތެރެ އަށް ވަދެގެން ދިޔައީ ދުވަމުން ކަހަލަ ގޮތަަކަށް ށެވެ. އައި.ޖީ.އެމް.އެޗް ގެ ތެރެ އަށް ވަދެގެން އައި އަލީކް ގެ ދެލޯ ހޯދަމުން ދިޔައީ އަލީކާ އެވެ.
އެމެޖެންސީ ރޫމް އެއްގެ ކައިރީގައި ހުރި ތަނބެއްގައި ލެނގިލައިގެން ހުރި އަންހެންކުއްޖާ އަލީކްގެ ލޮލުގައި އަޅައުގަތުމާއި އެކު އެދިމާލަށް ހަލުވި ފިޔަވަޅުތަކެއްގައި އަލީކް އަށް ދެވުނީ އެއީ އަލީކާ ކަން ޔަގީންވުމުންނެވެ.
އަލީކް އަށް ރަނގަޅަށް އަލީކާ އާއި ހިސާބަށް އެރުމުގެ ކުރިން ވޭނީ ގިސްލުމުގެ އަޑު އަލީކްގެ ކަންފަތުގައި ޖަހުނެވެ. އެ އަޑު ޖެހުމާއި އެކު އަލީކް ގެ ހިތަށް އުނދަގޫވިއެވެ. އަލީކާގެ ރުއިމުގެ އަޑަކީ މީން ދުވަހަކު އޭނާ އަހާފައިވާ އަޑަކަށް ނުވާތީ ބޮޑު ކަމެއް ވެއްޖެ ކަން އަލީކް އަށް ޔަގީން ކުރެވުނެވެ.
އަލީކް ގެ އިންތިޒާރުގައި އިން އަލީކާ އަށް އިސްއުފުލާ ބަލާލެވުނީ އޭނާގެ ކުރިމަތީގައި މީހަކު މަޑު ކޮށްލުމުންނެވެ. މޫނާއި ދިމާލަށް ނުބަލާ ވެސް އެއީ އަލީކް ކަން ޔަގީންވުމާއި އެކު އަލީކާ އޭނާގެ ދެލޮލުގައިވާ ކަރުނަތައް ފުހެލި އެވެ.ރަތްވެ ދުޅަވެފައިވާ ދެލޮލާއި އެކު ވެސް އަލީކާ އިސްއުފުލާ ލީ ޕްލާސްޓިކް ހިނިތުންވުމެއް މޫނުމަތިން ދައްކަމުން ނެވެ.
“ޑޮކް ބުނީ ކީކޭ؟”ސީދާ އަލީކާ އާއި ހަތަރު ކަޅި ހަމަ ކޮށްލަމުން އަލީކް ކޮށްލި ސުވާލުގެ ސަބަބުން އަލީކާ އަށް ހިންދިރުވާލެނެވެ. ޑޮކްޓަރު ބުނެލި ޖުމުލަތައް އޭނާގެ ކަންފަތް ކައިރީގައި ތަކުރާރުވެގެން ދިޔަ ކަމުގެ އިހުސާސް އަލީކާ އަށް ކުރެވުނެވެ. އިޚްތިޔާރަކާއި ނުލާ އަލީކާގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެ ޚަބަރަކީ އޭނާ އަށް ހިތި ހަބަރަށް ވުރެ ވެސް ހިތި އެއްޗަކަށް ވުމުން ނެވެ.
“ދޮންތާ!”އާދޭހުގެ ރާގަކަށް އަލީކް ގޮވާލީ މަންމަ އަށް ވީ ގޮތް އޭނާ ވެސް އެނގެން ބޭނުން ވުމުން ނެވެ. އަލީނާ އަކީ އޭނާގެ ވެސް މަންމަ ތާ އެވެ.ކިތަަންމެ ބޮޑު ޚަބަރެއް ނަމަވެސް އަލީނާ ގެ ކަމެއް ވިއްޔާ އަލީކާ އޭނާ އާއި ޚިއްސާ ކުރަން ޖެހޭނެ ތާ އެވެ.
“މަންމަ..ޝީ..އިޒް ނޯ..މޯ”ކެނޑި ކެނޑިގެން އަލީކާގެ އަނގައިން ނިކުން ޖުމުލަ އަލީކް އަށް އިވުނީ ހޮނު ގުގުރި އަކަށް ވުރެ ވެސް ބިރުވެރިކޮށެވެ.ހިތުގައި ހިފާ މީހަކު ޗިސް ޗިސް ކޮށްލި ފަދަ އިހުސާސް އެއް އަލީކް އަށް ކުރެވުނެވެ. އަލީކާގެ އަނގައިން އެ ޖުމުލަތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވި ނަމަ އޭ އަލީކް ގެ ހިތަށް އަރަމުން ދިޔަ އެވެ.
އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރުމަށް ފަހު އަލީކް އަލީކާ ފަސް ދީފައި ދާން ހިނގައިގަތީ އޭނާގެ ދެލޮލަށް ބޮނޑިވި ކަރުނަތައް ނުދައްކާށެވެ.އަލީކާ އަށް އެއްވެސް ކަރުނަ އެއް އަލީކް ދައްކަން ބޭނުން ނުވީ އޭނާގެ އެންމެ ކަރުނަ ތިއްކެއްގެ ސަބަބުން ވެސް އަލީކާގެ ހިތްވަރު އެއްކޮށް އެލިގެން ހިނގައިދާނެ ތީ އެވެ. އޭގެ ބަދަލުގައި އޭނާ ވާން ޖެހޭނީ އަލީކާ އަށް ހިތްވަރަކަށް ނޫން ހެއްޔެވެ؟
އޭނާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެމުން ދިޔަ އަލީކް އަށް އޭނާގެ ދެލޯ އެކި ދިމަ ދިމާލަށް ހަރަކާތް ކުރެވެން ފެށުނީ އެކި އެކި ނަރުހުން ތައް އެކި އެކި ކަންކޮޅުތަކުގައި ހަރަކާތް ތެރި ވާން ފެށުމުންނެވެ.ދެންމެ އޭނާ އައި އިރު ވެސް ހަމަހިމޭން ކޮށް އޮތް މާހައުލުގެ ހަމަހިމޭންކަން މިހާރު ވަނީ ނަގާލާފައި އެވެ. ގިނަ ނަރުހުންގެ މިސްރާބު ހުރި ދަމާލަށް ބަލައިލި އަލީކް އަށް ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހުސާސް އެއް ކުރެވެން ފެށީ އެމެޖެންސީ ރޫމްގެ ތެރެ އަށް މިއުވާން ވައްދާ ތަން ފެނުމާއި އެކު އެވެ.
އަލީނާ ދުނިޔެ އާއި ވަކިވެގެން ދިޔަ ކަމުގެ ޚަބަރު ލިބުމުން އެހެން ހުރިހާ ކަމެއް އޭނާގެ ޚިޔާލާއި ސިކުނޑިން ފުހެވިގެން ދިޔައީ އެވެ. މިއުވާން ވެއްދި އެމެޖެންސީ ރޫމްގެ ކައިރީގައި ހުރި ގޮނޑިބަރިން ގޮނޑި އެއްގައި އަލީކް އިށީނެވެ.އޭރު ވެސް އޭނާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔަ އެވެ.
އޭރު އޭނާގެ ކަންފަތުގައި ހުއްޓުމެއް ނެތި ގުގުމަމުން ދިޔައީ އަލީކާ ގެ ޖުމުލަ އެވެ. އެންމެ ޖުމުލަ އަކުން އޭނާގެ ހިތް ކުދި ކުދި ކޮށްލެވޭނެ ކަމަކަށް އޭނާ ދުވަހަކު ވެސް ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް މިއަދު މި ވަނީ އެކަން ގަބޫލު ކުރަން މަޖުބޫރުވެފައި އެވެ. އޭނާގެ އެ ހީކުރުމަކީ ދޮގެއްކަން ތަގުދީރު މިވަނީ އޭނާ އަށް ބުނެދީފައި އެވެ.
ކަންފަތަށް އުނދަގޫ ވާ ހާ ބާރަށް އަލީކާގެ ޖުމުލަ އެކޯ ވަމުން އޭނާގެ ކަންފަތުގައި ގުގުމަން ފެށުމުން އަލީކް އަށް ދެލޯ މަރާ ބާރު ކޮށްލެވުނީ ކަންފަތުގައި އަތް އަޅާލަމުން ނެވެ. ދެލޯ މަރާލި ވަގުތު އަލީކްގެ ދެލޮލުގެ ކުރިމަތީގައި ކުރެހިލީ މިއުވާން ގެ ޒަޚަމްތަކުން ފުރިގެންވާ މޫނެވެ. މިއުވާން އޮތް މަގުގައި އޮތް ލޭގެ ކޯރެވެ.ލެއިން ކަޅި ވެފައި ވާ މިއުވާން ގެ ހަށިގަނޑެވެ.
މަރާލި ދެލޯ ވަގުތުން އަލީކް އަށް ހުޅުވާލެވުނެވެ. އޭރު ވެސް އޭނާ ގެ ކަންފަތުގައި ދިޔައީ އަލީކާގެ ޖުމުލަ ހުއްޓުމެއް ނެތި ގުގުމަމުން ނެވެ. އެ ޖުމުލަ އާއި އެކު އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު އިރުކޮޅެއްގެ ތެރޭގައި އެކުވެގެން ދިޔަ އެވެ. އަލީކް ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަން ފެށި އެވެ. ދެންމެ ލޮލުގައި ހިފެހެއްޓި ފައި ވާ ކަރުނަތައް އަނެއްކާ ވެސް އޭގެ މަގާމު ދޫކޮށްފައި އޭނާގެ ކޯތާފަތުގައި ބޮސްދޭން ފެށިއެވެ.
އޭނާ އަށް މި ވަނީ ކީއްް ހެއްޔެވެ؟ އެހެން މީހުންނަށް އަޑު ނީވޭ އެއްޗިއްސާއި އެހެން މީހުންނަށް ނުފެންނަ އެއްޗިހި އޭނާ އަށް ވަކި މިފެންނަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ލިބުނު ޚަބަރުގެ ފަހުން އޭނާގެ ސިކުނޑި ގޯސްވީ ހެއްޔެވެ؟ ނޫނެކެވެ.އެހެނެއް ނުވާނެ އެވެ.
އިންތަނުން ތެދުވި ގޮތަށް އަލީކް އަށް ހޮސްޕިޓަލުން ނިކުންނަން ހިނގައިގަނެވުނެވެ. އިތުރަށް އެންމެ ސިކުންތަކަށް ވެސް އޭނާ އަކަށް އެތާކު މަޑެއް ނުކުރެވޭނެ އެވެ.
ހޮސްޕިޓަލުން ނިކުމެގެން މިސްރާބެއް ނެތި ހިނގަމުން ދިޔަ އަލީކް ގެ ގަޔަށް ވާރޭގެ ކަނިތައް ހަމަލާ ދެމުން ދިޔަ އިރު އޭގެން އެއްވެސް ކަމެއް އޭނާ އަށް އިހުސާސް ނުވާ ފަދަ އެވެ.އަލީކް ގެ ދެލޮލުން ހުއްޓުމެއް ނެތި އަންްނަމުން ދިޔަ ކަރުނަތައް ވާރޭގެ ކަނިތަކާއި އެކު އެހެން މީހުންގެ ލޯތަކަށް ކަޝްފު ވަމުން ދިޔަ އެވެ. އެހެން ނަމަވެސް މޫނުމަތިން އޭނާގެ ހިތުގެ ހާލު ދުރުން ބަލާލާ މީހަކަށް ވެސް އެނގިގެން ދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.
އޭނާ އަށް ފަސްދީފައި އަލީކް ދާން ފެށުމުން އަލީކާ އަޅާ ނުލާ ހުރީ އޭނާ އަށް ކުރާނެ އަސަރު އަލީކް އަށް ކުރާނެ ކަން އޭނާ އަށް ނަގައިގަނެވޭތީ އެވެ. އަލީކް އޭނާ އާއި ދުރަށް ދިއުމާއި އެކު އަލީކާ އޭނާގެ ކޯތާފަތުގެ މަތީގައި ބޮސްދީފައި ތިރި އަށް ފައިބަމުން ދިޔަ ކަރުނަތައް ފުހެލި އެވެ.
ކުއްލި އަކަށް މުޅިތަން އެނބުރެން ފެށި ކަހަލަ އިހުސާސް އެއް އަލީކާ އަށް ކުރެވެން ފެށުމާއި އެކު އޭނާ އާއި އެންމެ ކައިރީގައި ހުރި ގޮނޑިބަރި އާއި ދިމާލަށް އަލީކާ އަށް ހިނގައި ގަނެވުނެވެ.އެހެން ނަމަވެސް ވީ ނުވީ އެއް ނޭނގި އިރުކޮޅެއްގެ ތެރޭގައި މުޅި ތަނަށް އަނދިރި ކަން ވެރިވާން ފެށުމާއި އެކު އަލީކާ އަށް ހުރިތަނަށް ތިރި ވެވުނެވެ. އޭގެ ފަހުން ވީ ގޮތެއް ޚުދު އަލީކާ އަކަށް ވެސް ނޭނގުނެވެ.
ނުނިމޭ
26 ވީ އާދިއްތަ ދުވަހު ވާހަކަ ކުޔުންތެރިންނާއި ހިސާބަށް ނުގެނެސް ދެވުން ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މައާފަށް އެދެން. އަޅުގަނޑަށް އާދިއްތަ ދުވަހު ވާހަކަ ނުގެނެސް ދެވުނީ އަޅުގަނޑު ގެ މޮކް އެގްޒާމް ފެށެން އުޅޭތީ ކިޔެވުމުގެ ކަންތައްތަކާއި ބުރަކޮށް އުޅެވުނީމަ ވާހަކަ ލިޔަން ވަގުތު ނުލިބުމުން . އެހެން ނަމަވެސް އިން ޝާ ﷲ ދެން އޮތް ބައި އަންނަ ހަފްތާގެ އާދީއްތަ ދުވަހު އަޅުގަނޑު ގެނެސްދޭނަން. ހުރިހާ ކިޔުންތެރިން ގެ ކިބައިން އަދި ވެސް އެއް ފަހަރު މަޢާފަށް އެދެން .
މި ބައި ހުރިހާ ކިޔުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަން 😊
9 Comments!
Comments are closed.




Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Alhey mi part kiyaafa rovijje
Heyonuvaane aleek bappa sakaamaiy Kurachey
Nuk and aleeka gulhuvachey
Aleek and aika ves
Zeek and mish ge bayeh ahnaane irakah intizaaru ga
Lai and rayaan gulhuvachey
They all are made for each other
It’s ok rioo
I understand
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaa vey
I appreciate your hard work
Alhey aleek haadha dhera vaane ey 🥺
Love you rifoo❤️😍
Mi part ves v v reethi
Curiously waiting for the next
When next???
Aka ah keehtha vee old buneba ,thi zeek ge maazee kiyaadheeba ,when oh bai dhigukohlaathi
Aika ah keehtha vee old buneba ,thi zeek ge maazee kiyaadheeba ,when oh bai dhigukohlaathi
Aslu ves.i want zeek ge past kiyaalan
Varah Reethi mi part ves
Kon irakun next part kiyaalan libeynee
Wow varah Reethi mi part vec
Aleek ah haadha dhera gothekey e vani.
Rifoo please aleek ge dad ah eh vec kamei nukurahche.
Next avahah genesdhehche
Varah kiyaalaa hithun mi hiry
Your my favourite author
Love you 💙
Hey Rifoo
Varah Reethi mi part ves.
Varah dhuvas vejje dho comment nukohlevey thaa.hehe hama busy kamun.
Alhey aleek haadha dhera vaaney dhw. Please aleek ge dad ah dhera gotheh nahadhahchey and aleeka ah ves.
Next maadhan dhw.hama inthizaaruga
Love you<3