ނަވްޔާ އަށް ވެސް އެފޮޓޯ ފެނުމާއި އެކު ވަގުތުން ހުއްޓުން އެރިއެވެ.”ވަޓް ދަ” ބޭއިޚްތިޔާރުގައި ނަވްޔާ ގެ އަނގައިން އެ ޖުމުލަ ނިކުތީ ފޮޓޯ އިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވުމުން ކަންނޭނގެ އެވެ.”ވެއިޓް.އެއީ ޒީކް ތަ؟”ނަވްޔާ ގެ އަޑުން ހައިރާން ކަން ފާޅުވެގެން ދިޔައެވެ.
*****************
ފޮޓޯ އިން ފެންނަމުން ދިޔައީ ޒުވާން ޖޯޑެކެވެ. ފިރިހެންކުއްޖާ އެއް ފައި މައްޗަށް ތިރިވެ ލައިގެން އިން އިރު އޭނާގެ ކުރި މަތީގައި ހުރި އަންހެން ކުއްޖާ ހުރީ ފިރިހެން ކުއްޖާ ދިއްކޮށްލި ރަތް ކުލައިގެ ފިނިފެންމަލުގައި ހިފައިގެން ނެވެ.ދެމީހުން ތިބީ ހިތެއްގެ މެދެއްގައި ކަމުން އެއީ އެދެޒުވާނުންގެ ހަޔާތުގެ އާ ބާބެއް ފެށުނު ރޭ ނަގާފައި ވާ ފޮޓޯ އެއް ކަން ފޮޓޯ އަށް ބަލާލި މީހަކަށް ވެސް އެނގޭ ހާ ވެއެވެ.
“ވެއިޓް ވެއިޓް ވެއިޓް އެ ގާރލް އަކީ ކާކު ތަ؟” ނަވްޔާ ބޯ އަރި ކޮށްގެން ބަލަމުން ދިޔަ އިރު އޭނާގެ ދެލޯ ވެސް ހުރީ ހަނިވެފައި އެވެ.ނަވްޔާ ގެ ސުވާލަށް އައިކާ ދެކޮނޑު އަރުވާލީ ނޭނގެ އޭ ބުނުމުގެ ގޮތުންނެވެ. ނަވްޔާ އަށް ނޭނގޭ އެއްޗެއް ވަކި އައިކާ އަށް އެނގެނީ ކިހިނެތް ހެއްޔެވެ؟
އިރުކޮޅެއް ވަންދެން ބަލަން އިނުމަށް ފަހު ނަވްޔާ ފޮޓޯ ފައިލްގެ ތެރެއިން ނަގާ ބަލާލި އެވެ.”ފައިވް މޭ ޓްވެންޓީ ޓްވެންޓީ ވަން” އައިކާ އަށް އަޑު އިވޭ ވަރަށް ބާރަށް ނަވްޔާ ކިޔާލީ ފޮޓޯގެ ފަހަތުގައި ޖަހާފައި އިން ތާރީޚެވެ.”ޓްވެންޓީ ތްރީ ރަމަޟާން ސާދަސަތޭކަ ސާޅީސް ދޭއް” ނަވްޔާ ޖެހިގެން އިން ތާރީޚު ވެސް ކިޔާލި އެވެ.
“ވާ މީ ރަމަޟާން މަހު ދޯ”ނަވްޔާ ބުނެލީ ދެވަނަ ފަހަރަށް ވެސް އެ ފޮޓޯ އާއި ދިމާލަށް ބަލައިލަމުންނެވެ.ނަވްޔާގެ ބޯ ކައިރިން ފޮޓޯ އާއި ދިމާލަށް ބޯ ދިއްކޮށްގެން އޮތް އައިކާ އަށް އެ އަންހެންކުއްޖާ ސިފަވީ އެންމެ ސޫރަ އަކާއި އެވެ.ވަގުތުން ދެލޯ ބޮޑު ކޮށްލަމުން ނަވްޔާ ގެ މޫނާއި ދިމާލަށް ބަލައިލި އެވެ.”ނާޔާ…ތި ކުއްޖަ ވައްތަރީ އެއްކަލަ ޒާގެ އެކްސްގެ ކޮއްކޮ ޔާ” ނަވްޔާ ގެ މޫނާއި ދިމާލަށް ބަލައިލަމުން އައިކާ ބުނެލީ ޔަގީން ކަމާއި އެކުގައި އެވެ. “ރައި އޭ ތަ ތިބުނީ؟”އައިކާ އޭނާ އަަށް ސިފަވީ ރައިނާ އޭ ބުނުމުން ނަވްޔާ އަށް ހީވީ އޭނާގެ ހިތަށް ފެން އެއްޗެއް މީހަކު އަޅާލި ހެންނެވެ. އެހާ ވެސް ބޮޑަށް އޭނާގެ ހިތަށް ސިހުން ލިބުނެވެ.”ހަމަ އަސްލަށް ބަލާބަ”އައިކާ އެއް ފަރާތުން ފެންނަމުން ދިޔަ އެ އަންހެން ކުއްޖާ ގެ މޫނު ނަވްޔާ އަށް ދައްކާލި އެވެ.
އެ އަންހެން ކުއްޖާގެ ކޮންމެ ސިފަ އަކަށް ބަލާލި ނަވްޔާ އަށް ވެސް އެކުއްޖާ ވައްތަރުވީ ރައިނާ އާއި އެވެ.ހިމަ ތޮޅި ހަށިގަނޑެކެވެ.ދޮން އޮމާން ހަންގަނޑެކެވެ.ރީތި ވަރެއްގެ އިސްކޮޅެކެވެ.ކަޅު ކަން ގަދަ ފަން އިސްތަށިގަނޑު އޮތީ އުނަގަނޑާއި ހިސާބަށް ށެވެ.
“އެހެންވީމަ ޒީކް އެންޑް ރައި އުޅެނީ ސީކްރެޓް ރިލޭޝަން އެއްގަ ތަ؟”ނަވްޔާ އަހާލީ ޝައްކެއްގެ މަތީގައި އިނދެ އެވެ.”މޭބީ.ބަޓް ކިހިނެތް އިނގެނީ މިހާ ދުވަސްވީ އިރު ބްރޯކް އަޕް ވަދާނެ ދޯ.އައި ޑޯންޓް ނޯ”އައިކާ ކޮނޑު އަރުވާލިއެވެ.”ވެދާނެ والله اعلم ” ނަވްޔާ ވެސް އިތުރަށް އެކަމާ ބަހުސް ކުރަން ނުނިންމީ ގެ އަށް ގޮސް ނުކްޝާން ގެ ގާތު އަހާލާށެވެ. އެހެން ނަމަވެސް ނުކްޝާންގެ އޭނާ ގެ ހިތުގައި އުފެދޭ ސުވާލަކީ ނުކްޝާން ތެދު ތެދަށް ޖަވާބު ދޭނެ ހެއްޔެވެ؟
އެ ފޮޓޯ ނަގާ އޭނާ ގެންގުޅުނު އަތް ދަބަހުގެ ތެރެއަށް ލަމުން ނަވްޔާ ގެއަށް ދާން ތައްޔާރު ވެލިއެވެ.”ދޮންބެ އަށް ގުޅަނީ މި ނާޔާ ބަލާ އަންނަން.އައިކާ ވެސް ދާނީ ނާޔާ އާއި އެއްކޮށް ދޯ”ނަވްޔާ ބުނެލީ ފޯނު ނަގާ ނުކްޝާން ގެ ނަމްބަރަށް ފިތާލަަމުންނެވެ. “ޕިސް އައިކާ ދާނީ އަމިއްލަ އަށް”އައިކާ ދެފަރާތަށް ބޯ ހޫރުވާލީ އޭނާ ގެއަށް ލާން ނުކްޝާން ދިއުމަށް ދެކޮޅު ހަދަމުންނެވެ.
“ދޮންބޭ.ނާޔާ ބަލާ އާދެބަ ކާރުގަ”ނަވްޔާ ބުނެލީ އެކޮޅުން ނުކްޝާން ފޯނު ނެގުމުންނެވެ. މާ ގިނަ ދެބަސްވުންތަކަކާއި ކުރިމަތި ނުލާ ނަސީބަކުން ނުކްޝާން އަންނަން އެއްބަސްވި އެވެ.ވިއްސާރަ ދުވަހަކަށް ވީމަ ތޯ އެއްޗެކެވެ.
ނުކްޝާން އެކޮޅުން ފޯނު ކަނޑާލުމާއި އެކު ނަވްޔާ ބަލާލީ އައިކާ އާއި ދިމާލަށް ށެވެ.”ދެން އައިކާ…ދޮންބެ އަކަށް އުނދަގުލެއް ނުވާނެ ޔޭ އައިކާ ގޮވައިގެން ދާކަށް.ދެން ބަލާލަބަލަ ގަޑިވެސް މިހާ ދަން އިރު އެކަނި ދާކަށް ވެސް ނުވާނެ ދޯ”ނަވްޔާ އައިކާ އަަށް ރާގު ލާފައި ގޮވާލި ގޮތުން އެކަނި ވެސް އައިކާ އަށް ނަވްޔާ ފަތިވަރު ދަމާނެ ކަން އެނގުނެވެ.
“މިތާ ކައިރީގަ އެއް ނުން އައިކާ މެންގެ އެ އިނީ. ހިނގާލާފަ ދެވޭނެ”އައިކާ ދެންވެސް ނަވްޔާ އޭނާ އަށް ދޭން އުޅުނު އެހީ ތެރިކަމުގައި ހިފާކަށް ނުވިސްނިއެވެ.”އާރ ޔޫ ޝުއާރ.ގެ އަށް އެއްވެސް ގެއްލުމަކާ ނުލާ ދެވޭނެ ތަ؟” ނަވްޔާ އަހާލީ އެ ޔަގީންކަން އައިކާ އަށް ނުދޭވޭނެކަން ޔަގީންވެފައި ހުރެ އެެވެ.
ނަވްޔާ އާއި ދިމާލަށް ބަލައިލި އައިކާ ބޯ ޖަހާލީ އޭނާ އަށް ދެވޭނެ އޭ ބުނުމުގެ ގޮތުންނެވެ. އައިކާގެ ޖަވާބުން ނަވްޔާ އައިކާ އާއި ދިމާލަށް ބަލަން އިރުކޮޅެއް ވަންދެން އިނެވެ.މިފަދަ ވަގުތެއްގައި މާލެ ކަހަލަ ތަނެއްގައި އަންހެން ކުއްޖަކު އެކަނި މަގުމަތީގައި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަން ކޮންމެ މީހަކަށް ވެސް ޔަގީން ވާނެ ތާ އެވެ.
އެލް އެކްސް އެން ކޮމްޕެނީގެ ދޮރު ކައިރި އަށް ނުކްޝާން އޭނާގެ އޮފު އަރަމުން ދިޔަ ކަޅު ކާރު މަޑުކޮށްލި އިރު ނަވްޔާ އޭނާގެ އިންތިޒާރުގައި ހުއްޓެވެ.ކާރުގެ ލޯގަނޑު ތިރިކޮށް ލަމުން ނުކްޝާން ނަވްޔާ އަރަން ދެން މަޑު ކޮށްލި އެވެ.
“ކޮބާ އައިކާ ދިޔައީ ތަ؟”ނުކްޝާން އެ ސުވާލު ކޮށްލީ ނަވްޔާ އައީ އައިކާ އާއި އެކުގައި ކަން އޭނާ އަށް އެނގޭތީ އެވެ “ހްމްމްމް ގޮއްސި” ނަވްޔާގެ ޖަވާބުން ނުކްޝާން ގެ ދެބުމަ ގޮށްޖެހުނެވެ.”މާމަ ގަނޑު މޮޔަ ވީތަ؟އައިރާ ދޮންބެ އަށް ގުޅާފަ ބުންޏޭ އައިކާ ގެ އަށް ލާ ދެއްޗެ އޭ.އެކަނި ދޯ ދިޔައީ”ނުކްޝާން ނަވްޔާ އަށް ދޯ އެއްލި އިރު އޭނާގެ އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ.”އަޅެ އައިކާ ކައިރީ ބުނީމޭ ގެއަށް ލާ ދޭނަމޭ.މަޑު ކުރާށޭ އެކަމު ވެސް ދިޔައީ އޭ”ނަވްޔާ ތަންކޮޅެއް ބާރަށް ބުނެލީ ނުކްޝާން އޭނާ ކުށްވެރި ކުރަމުން ގެންދާތީ އެވެ.”މީނަގެ ފްރެންޑެކޯ.އެކަމު ވެސް އެމަންޖެ އެކަނި ދާންނޭ ދޫކޮށްލީ.މިއޮށް ފަދަ ރޭ”ނުކްޝާން އެހެން ބުނެލި އިރު އޭނާގެ އަޑުގައި ވި ނުރުހުމުގެ ބަދަލުގައި ހުރީ ކަންބޮޑުވުމުގެ އަސަރެވެ.
ނުކްޝާންގެ ޖުމުލަ އަށް އިތުރަށް ނަވްޔާ ރައްދު ދޭން ނުއުޅުނީ ނުކްޝާން އެބުނި ވާހަކަ އަކީ ތެދަކަށް ވީމައެވެ.ނަވްޔާ އާއި ދިމާލަށް ނުރުހުފައި ބަލާލުމަށް ފަހު ވެސް ނުކްޝާން އިތުރަށް އެއްޗެކޭ ނުބުނެ އިނީ ގެއަށް ދެވެން ދެން ކަން ނޭނގެއެވެ.
ޝަހްނާގެ ކޮންމެ ވާހަކަ އެއް އަޑު އަހަން ހުރި ދިޔާންގެ މޫނުމަތިން ފެންނަނީ ވަމުން ދިޔަ ގޮތް ނޭނގޭ ކަހަލަ އަސަރު ތަކެކެވެ.”ތިކިޔާ އައިކާ އެއް ހުންނަނީ ކިހިނެތް ތަ؟ހަމަ ފެންނަހާ އައިކާ އަކަށް މަ ހަމަލާ ދެންޏާ ކޮބާ ސަލާމަތް”ދަޔާާން އަހާލީ ޝަހްނާ އާއި ދިމާލަށް އެއް ބުމަ އަރުވާލަމުން ނެވެ.”އައިކާ ދޯ.އޭނަގެ ފޮޓޯ އެއް މަައެ އަތަކު ނެތް”މީހުންނަށް ލަނޑު ދޭން ޕްލޭން ކުރާ ބޮޑު މީހާގެ އަތުގައި އޭނާގެ އަމާޒު ފަތްގަނޑުގެ ފޮޓޯ އެެއް ވެސް ނެތެވެ. ދެން އެކަހަލަ ކަމެއް ކުރަން ވާނީ ވެސް ވަރަށް ތައްޔާރު ވެފައި އެއް ނޫން ހެއްޔެވެ؟ރަނގަޅަށް ވިއްޔާ މިހާ ތައްޔާރު ނުވެ މިކަން ކުރަން އުޅޭ މި ބައި މީހުން ފަޅާ އަރާނެ އެވެ.
“މަގޭ އަތުގަ އިންނާނެ”މައިރާ އޭނާގެ ފޯނު ނަގާ ހާވާލިއެވެ.”މީ އަހަރުން މި ކިޔާ އައިކާ”މައިރާ އޭނާގެ ފޯނު ސްކްރީން ދިޔާން އަަށް ދައްކާލިއެވެ.”ތިހާ ރީތި މަންޖެ އެއް ފެނުނިއްޔާ މަށަކަށް ވެސް ހިއެއް ނުވޭ މަށަށް ވެސް އެހެން މީހެއްގެ ފަހަތުން ދުވެވޭނެ ހެނެއް”ދިޔާންގެ ނަޒަރު އައިކާގެ ކޮންމެ ވަނާ އަކަށް ހުއްޓެމުން ދިޔަ އެވެ.ދިޔާންގެ އެޖުމުލަ އިން މައިރާގެ ހިތުގައި އައިކާ އަށް ޓަކައި އުފެދިފައިވާ ހަސަދައިގެ އަލިފާނަށް ޕެޓްރޯލް އުޅުނު ފަދަ އެވެ.”ހެވޭ ކަލޭ ބޭނުން ކޮށްފަ ވިޔަސް މީނަގެ ދުވަސް ދުއްވާލަނިކޮށް ނިމުނީ”ޝަހްނާ ބުނެލީ މައިރާ ގެ ހިތް ކިޔާލަމުންނެވެ.
“ދެން މިރެ އަށް ނިމުނީ އިނގޭ.މާދަމާ ދެން ދެން އިން ޕްލޭން ރާވާނީ”ޝަހްނާ ބުނެލީ މައިރާ އަތުގައި އޮތް ފޯނު ނިވާލަމުންނެވެ.ހީވީ ދެން އިތުރަށް ތި ސޫރަ ބެލުމުގެ ބޭނުމެއް ނެތޭ ބުނެލި ހެންނެވެ.
ޝަހްްނާ އާއި އެކީ މައިރާ އިމާރާތުން ނިކުންނަން ދިއުމާއި އެކު ޔަޝާ ވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.ތިން އަންހެން ކުދިން ނިކުނަން ދިޔަ ނަމަވެސް ދިޔާން އެތަނުގައި ޖެހި ބުދެއްހެން ހުރުމުން ޔަޝާ ފަސް އެނބުރި ބަލާލި އެވެ.އެވަގުތު ދިޔާންގެ ނަޒަރު އޭނާ އަށް ހުއްޓިފައި ހުރި ތަން ފެނުމާއި އެކު ޔަޝާ ދިޔާން އާއި ދިމާލަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ.އެބަލާލުމުން އެކަނި ވެސް ޔަޝާގެ ބޭނުން ދިޔާން އަށް ނަގައިގަނެވުނީ ކަންނޭނގެ އެވެ.އެއްވެސް ދެކޮޅު ހެދުމަކާއި ނުލާ ބޯ ޖަހާލިއެވެ.
ދިޔާން އޭނާ އަށް އެދިނީ އޭނާ އެދުނު ކަން ތައް ފުއްދައިދޭނެ ކަމުގެ ޔަގީން ކަމެވެ.ޔަޝާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް މައިރާމެންނާއި އެއްވަރު ކުރިއެވެ.
ޝަހްނާ އާއި މައިރާގެ އުތުރުން ޔަޝާ އިމާރާތުން ނިކުތުމާއި އެކު ދިޔާން އޭނާގެ މޫނުގައި އަތް ހާކާލިއެވެ.ޖީބުން ސިނގިރޭޓް އެއް ނަގާ ރޯ ކޮށްލަމުން ދިޔާން ސިނގިރޭޓް އަނގަ އަށް ޖަހާލިއެވެ.ވައި ގެ ތެރެއަށް ދުން ތައް ބުރު ވަމުން ދިޔަ އިރު އޭނާ ބެލީ އޭނާގެ ސިކުނޑީގައިވާ ހައިޖާން ގަނޑާއި ދުރަށް ދެވޭތޯއެވެ.
“ޔަޝާން”ދިޔާންގެ އަނގައިން އެ ނަން ނިކުތީ މަޑުމަޑުންނެވެ.”އެއީ ހަމަ ޔަޝާންގެ ކޮއްކޮ ތަ؟އަހަރެންގެ ކުރިމަތީގައި މީހަކު މަރާލަން އެއްބަސް އެވީ ހަމަ ޔަޝާންގެ ކޮއްކޮ….ނޫން އޭނަގެ ކޮއްކޮ އެހާ ނުލަފައެއް ނުވާނެ”ދިޔާންގެ ސިކުނޑީގެ ތެރޭގައި އެކި އެކި ކަހަލަ ހިޔާލުތައް ދައުރުވަމުން ދިޔަ އެވެ.”ޔަޝާންގެ ކޮއްކޮ ނޫނިއްޔާ އެއީ ދެން ކާކު؟އެކުއްޖާގެ ކޮންމެ ސިފަ އެއް ވެސް ވައްތަރީ ޔަޝާން އާ.އާނ އެއީ ހަމަ ޔަޝާ.އެހެން ނޫން ނަމަ އޭނާ އަށް އަހަރެން ނެއް ނޭނގުނީސް” ދިޔާން އަތުގައި އޮތް ސިނގިރޭޓު ނަގާ ހޫރާލީ އޭގެން ވެސް އޭނާގެ ސިކުނޑި އަށް ހަމަޖެހުމެއް ނުލިބުމުންނެވެ.
ހިތަށް ހަމަޖެހުމެއް ލިބިފައި ނުވާ ހާލު ދިޔާން އެ އިމާރާތުން ނިކުން ނަން ހިނގައިގަތީ ވެސް ހިޔާލީ ކަނޑުގައި ފީނަމުން ނެވެ.އޭނާގެ ހިތުގައި ޔަޝާން އާއި އެކު އޭނާ އުޅުނު އުފާވެރި ދުވަސްތައް ހަނދާނުން ފޮހެވިގެން ނުދާނެއެވެ.އޭނާގެ ދިރއުޅުމަށް ކޮންމެ ފަދަ އިންގިލާބެއް އައިސްފައި އޮތް ނަމަވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ އަށް އަދި ވެސް ދެރަ އެއް ލިބޭކަށް ނޭދެއެވެ.ޔަޝާ އެ ކަހަލަ ބޮޑު ފާފަ އަކަށް އަރައިގަން ކަން އެނގުމުން އެކަނި ވެސް ޔަޝާން ދެރަވާނެ ވަރު އޭނާ އަށް އެނގެ އެވެ.ޔަޝާން ގެ ގާތު ޔަޝާ ގެ ވާހަކަ ބުނުމަށް އޭނާގެ ޟަމީރު އޭނާގެ ގާތު ބުނަމުން ދިޔަ އެވެ.ނޫން ނަމަ ވަގުތު ފާއިތު ވެ ޔަޝާ ޖަލު ގޮޅީގައި އިންނަން ޖެހޭނެ ފަދަ ފާފަ އަކަށް އަރައިގަނެދާނެ އެވެ.އޭނާ އަކީ ޔަޝާގެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ ނޫން ކަން ވެސް ޚުދު ދިޔާން އަށް އެނގެއެވެ.އޭނާ އެ އަންނަނީ އެކަލާނގެ ނަހީ ކުރެއްވި ކޮންމެ ކަމެއް ކުރަމުންނެވެ.އެހެން ނަމަވެސް އޭނާ ކުރަމުން އަންނަ ފަދަ ބޮޑެތި ފާފަތައް ކުރާ މީހަކު ކަމުގައި އޭނާގެ އެކުވެރިޔާގެ އައިލާ މީހަކު ވާން އޭނާގެ ޟަމީރު ނޭދެނީ އެވެ.ޝަހްނާ ބުނި ކަންތައް އޭނާ ކޮށްދޭނެ އެވެ.އެއީ އޭނާ އަށް ފެންފޮދެއް ބޯލުން ހާ ފަސޭހަ ކަމެކެވެ.އެހެން ނަމަވެސް….
ޚިޔާލީ ކަނޑުން ދިޔާން އަށް ނިކުމެވުނީ ދުރު ދުރުން ހިނގާފައި އައި އަންހެން ކުއްޖެއް ފެނުމުން ނެވެ.ޝޯލް އަކުން ބޯ ނިވާ ކޮށްފައިވާ އެ އަންހެން ކުއްޖާ އަކީ ހަމަ މައިރާ އޭނާގެ ފޯނުން ދެއްކި އަންހެން ކުއްޖާ ކަން އެނގުމުން ދިޔާން ގެ މޫނުމަތިން ފެނިގެން ދިޔައީ ނުރައްކާތެރި ކަމުގެ އަސަރުތަކެކެވެ.
“އެއީ ހަމަ އައިކާ.ދެން މި ކަހަލަ ފުރުސަތެއް ނުލިބޭނެ”ހުރެވުނީ އޭނާ ޝަހްނާ މެންނާއި ބައްދަލު ކުރީ އިމާރާތާއި މާ ދުރުނޫން ހިސާބެއްގައި ކަމުން ދިޔާން އޭނާގެ ހިތު ތެރޭގައި ހުރިހާ ކަމެއް ރާވާލިއެވެ. މަގުމަތީގައި އެވަގުތު އޭނާ އާއި އައިކާ ނޫން އިތުުރު މީހަކު ނެތުން ވެގެން ދިޔައީ އެވަގުތު ދިޔާން އަށް ލެއްވި ނަސީބަކަށްށެވެ.
އާދައިގެ ވަރަކަށް ހިނގާފައި ދިޔަ އައިކާ ގެ މިސްރާބު ހުރީ އޭނާގެ ގެ އާއި ދިމާލަށް ށެވެ. އިސްޖަހާލައިގެން ހިނގާފައި އައި އައިކާ އަށް ނޭނގުނު ކަމީ މީހެއްގެ ނުރައްކާތެރި ނަޒަރު އޭނާ އަށް ހުއްޓިފައިވާ ކަމެވެ.އޭނާގެ މަންޒިލާއި ނުހަނު ގާތަށް އާދެވިފައި ވުމުން ހިތުގައި އޮތް ބިރުވެރިކަން ވަނީ ފުދޭވަރަކަށް ނިވިގެން ގޮސްފައި އެވެ.
ގެ އާއި ފުދޭވަރަކަށް ކައިރިވުމުގެ ސަބަބުން އައިކާ ހިނގުން ބާރު ކޮށްލި އެވެ.ޖެހިގެން އިން މަގަށް އަޅަން އުޅުނު ވަގުތު މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅާލަމުން ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް ހަދަން ފަށާފައިވާ އިމާރާތެއްގެ ތެރެއަށް ވެއްދި އެވެ.
އެ އިމާރާތަށް ވެއްދި އިރު ވެސް ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ސަބަބުން އައިކާ އަށް ހުރެވުނީ ހުއްޓުން އަރާފައި އެވެ.އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ހާ ގާތުން ފެންނަމުން ދިޔަ ޒުވާން ފިރިހެން މީހާގެ މޫނު އޭނާ އަށް ސިފަ ކުރެވުނީ ވަލު ޖަނަވާރެއް ގެ ސިފައިގައި އެވެ. އެމީހާގެ އަތް އޭނާގެ އަނގައިގައި އަޅާ ބާރު ކޮށްލާފައި ހުރުމުގެ ސަބަބުން އަނގައިން ލޭ ރަހަ ވެސް އައިކާ އަށް ލިއެވެ.
“ހަޅޭއްނުލަވާ މަޑުން ހުންނާނީ.އެހެން ނޫނީ..”އެ ޒުވާނާ އޭނާގެ ޖުމުލަ ފުރިހަމަ އެއް ނުކުރިއެވެ.ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ސަބަބުން ކުރަންވީ ކަމެއް ނުވަތަ ނުކުރަންވީ ކަމެއް ވެސް އައިކާ އަކަށް ނޭނގުނެވެ. އެޒުވާާނާ އޭނާގެ އަނގަމަތީގައި އަޅާފައިވާ އަތް ދޫކޮށްލުމާއި އެކު އައިކާ އަށް ހިންދިރުވާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.ސަލާމަތް ވާން ކުރާނެ ކަމެއް މިވަގުތު އޭނާގެ ސިކުނޑި އަކަށް ވެސް ނުވަދުނެވެ. އައިކާ އަށް ލިބިފައިވާ ޝޮކުގައި އޭނާ ގެ ސިކުނޑި ވެސް އިރުކޮޅަކަށް ހުއްޓުން އެރި ފަދައެވެ.
އެޒުވާާނާގެ މޫނު އޭނާ އާއި ގާތްވަމުން ދިޔަ ކަން ޔަގީންވުމާއި އެކު އައިކާ އަށް އެޒުވާާނާ ދުރަށް ކޮއްޕާލެވުނެވެ. ކުއްލި އަކަށް އޭނާގެ ސިކުނޑި ވެސް މަސައްކަތް ކުރަން ފެށިއެވެ.ސަލާމަތް ވާނެ ގޮތަކާއި މެދު ވިސްނަން ގިނަ އިރު ހުންނަން ވެއްޖެ ނަމަ އޭނާގެ ހަށިގަނޑު މި ޒުވާނާގެ ޝިކާރަ އަކަށް ވެގެން ދާނެ ކަމުގެ ޔަގީން ކަން ހިތުގައި އޮތުމާއި އެކު އައިކާ އޭނާގެ ކަރު ބުޑުން ހާޅޭއްްލައިގަތީ އޭނާގެ އަޑު ކޮންމެވެސް މީހަކަށް އިވޭނެ ކަމުގެ އުންމީދުގައި އެވެ.
“ހަޅޭއް ލެވިއަސް ތި އަޑު އަހާނޭ މީހަކު މި ވަގުތު ނެތް.ހަމަ ތި ލޯބި ލޯބި ކުއްޖާގެ އަޑު ދިއުން ނޫން ކަމެއް ނުވާނެ” އައިކާގެ ހިތުގައި އޮތް ބިރުވެރިކަން އުތުރި އަރަން ފެށީ އެހިސާބުންނެވެ.އެޒުވާނާ އޭނާގެ ބޭނުން ކޮށްފައި ނޫނީ ދޫނުކޮށްލާނެ ކަން އެނގުމުން އޭނާ ގެ ހިތަށް ލިބިފައިވާ ބިރުވެރިކަމާއި އެކު ރޮވެން ފެށުނެވެ.ދެވަނަ ފަހަރަށް ހަޅޭއްލައިގަތުމަށް އަނގަ ހުޅުވާލުމާއި އެކު އެޒުވާނާ އޭނާގެ އަނގައިގައި ބާރަށް ހިފައިގަތެވެ.ވީ ތަދުން އައިކާގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ.
އަނގަ މަތި އިންތިހާ އަށް ފަޅައިގެން ދިޔަ ކަން އައިކާ އަށް ޔަގީންވީ ކުރި އަށް ވުރެ ބޮޑަށް އަނގައިން ލޭ ރަހަ ލުމުންނެވެ.އެހެން ނަމަވެސް އެވަގުތު ސަލާމަތް ވެވެން އޮތް ހަމަ އެކަނި ގޮތަކީ އެއީ ކަން އެނގުމުން އައިކާ ސަލާމަތް އެދި ގޮވަން ފެށިއެވެ.
އައިކާގެ ހަޅޭކާއި އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު އެ ޒުވާނާ އައިކާ ގެ ބޮލުން ޝޯލު ވަކި ކޮށްލިއެވެ.ޖަހާފަައިވާ ޕިން ތަކާއި އެކު ޝޯލު ބޮލުން ނެގުމާއި އެކު އޭނާގެ ކޫރުމެއް ނުވާ ހަށިގަނޑުގައި ޕިންތަކުގެ ކަށިތައް ހެރުނެވެ.
އެޒުވާނާ ގެ އަތުގެ ބީހުން އޭނާގެ ކަނދުރާގައި ޖެހުމާއި އެކު އައިކާ އަަށް އޭނާގެ ކައިރީގައި ހުރި ފިރިހެން މީހާ ކޮށްޕާލެވުނެވެ.އޭނާގެ އަތުގައި އޮތް އެންމެ ބޮޑު ޚަޒާނާ ގެއްލި ދާތަން ބަލަން ކެތްވާނީ ކާކަށް ހެއްޔެެވެ؟
“ކަލޭ މައިތިރިވެގެން އޮވެބަަލަ.ނޫނީ ގަދަކަމުން ތަ ބޭނުން ވަނީ”އެޒުވާނާގެ ރުޅިވެރި ނަޒަރު އޭނާގެ ހަށިގަނޑަށް ހުއްޓުމާއި އެކު އައިކާ އަށް އޭނާގެ ކައިރީގައި އޮތް ޝޯލްއިން ބޮލާއި އެކު މޭމަތި ނިވާ ކޮށްލެވުނެވެ.އޭނާގެ އަމާޒަކީ ކޮބާ ކަން އައިކާ އަށް އެނގުނީ އެވެ.
އެޒުވާނާގެ ފިޔަވަޅުތައް އޭނާ އާއި ކައިރިވާކަން އެނގުމުން އައިކާ އަށް ދެލޯ މަރާލެވުނެވެ. ޝޯލުން ބޮލާއި އެކު ކަރު ނިވާވެފަައިވީ ނަމަވެސް ހަށިގަނޑު ގައި ނުވާކަމެއް ނެތް ކަމުގެ އިހުސާސް ކުރެވުމުން ދިޔައެވެ.
ނުނިމޭ
12 Comments!
Comments are closed.




mi part ves v reethi masha allah
curiously waiting for next part
keep it up
nuk and aleeka gulhuvachey
zeek and mish ves
aika and aleek ves
lai and rayaan dhuru nukurachey
they all are made for each other
heyonuvaane aikaa ah dhera gotheh nuhadhachey
shahuna men ge plan flop kohladhy
v intresting story eh
v kiyaala hithun kiyani
i appreciate your hard work
your my fav author
love you rifoo
Thanks cutie girl
Hehe dhen vaane gotheh balamaa dho
Next in sha Allah next week Sunday ga
Love you more ❤️
Mi part bes v v reethi……
Keep it up……
When next?????
Thanks naikko
Next in sha Allah next week ga
I mean next week Sunday ga
Wat will happen to aika 😱😭
Aikaa ah gotheh nuhadhahcheyy!!!
N zeek n raina broke up dhw ehmma
So unbelievable
Anyways vhk veh reethi as usual
Curiously waitin for he next part
Lots of love from me sis 💗💜
Next part ga in sha Allah ingeyne aika ah vee goi vx
Vedhaane thi hen vx.or maybe mihaaru vx relationship eh ga ulhe dhaane ehnu
Next in sha Allah next week Sunday ga
Love you more 😘
E fakeerah ehen nahadhaa…
Kobaa thr aleek…
Hero akah vegen e gola e thanah vahtaalabala….
Mi part vx varah varah reethi….
Saabas girrloo
Kalo ma fakeerah vx neyngey eyna vee thaneh
Eyna tha dhen hero akah pis pis.mashah heevani e golaa mashah vure feekalhaa vaane kanneynge
Hmmm dhen thankus ingey varah bodah.
when next part cant wait for next
Next part in sha Allah next week ga
Salaam
Rifoo ge id ah vanyma next part fennaane 5 days ego ge gothuga.e part kiyan beynun vaa hurihaa beyfulhun alhugandu ge id ah vanyma koyaalan libeyne
Love you
Hope you guys loved it 😊