Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…60

Anonymous Level 4100 Login10 Stories100 Comments
January 2, 2025 7 Mins Read
20 Comments

އެހެދުމާއި ދިމާލަށް އަނގަ އޮރި ކޮށްގެން ބަލަން ހުރި މިޝްޔާ އަށް ހަށިގަނޑު ސީދާ ކޮށްލެވުނީ ޒީކާން އައިސް ކައިރީގައި ހުއްޓުމުން ނެވެ.އެއް ފަހަރު ހެދުމާއި ދިމާލަށް ދެވަނަ ފަހަރު ޒީކާންގެ މޫނާއި ދިމާލަށް ބަލައިލި މިޝްޔާ ގެ ހިތުގެ ތެޅުން ކުޑަ އިރު ކޮޅަކަށް ނަމަވެސް މަޑު ޖެހިލީ ޒީކާންގެ ތޫނު ނަޒަރު އޭނާ އަށް ހުއްޓިފައިވާ ތަން ފެނުމުންނެވެ.ޒީކާންގެ ކަނޑެއް ފަދަ ފުން ދެލޮލަށް ގެނބެމުން ދިޔަ މިޝްޔާ ގެ ހިތަށް ފެން އެއްޗެއް އޮށްސާލި ކަމުގެ އިހްސާސް ކުރެވުނީ ޒީކާން ޖީބަށް އަތް ޖަހާލަމުން ބުނެލި ޖުމުލަ އެއްގެ ސަބަބުންނެވެ.

********************

“ތި ލާން ބޭނުން ނޫނިއްޔާ ޓީޝާޓް އެއް ލައިގެން ނިދި އަސް ހެޔޮ”މިޝްޔާ ގެ ދެލޮލަށް ބަލައިލަމުން ޒީކާން ބުނެލި އިރު ހީވީ މިޝްޔާ ގެ ހިތުގައި އޮތް އެއްޗެއް ކިޔާލި ހެންނެވެ. ޒީކާން ގެ ޖުމުލަ އިން މިޝްޔާ އަށް ދެލޯ ކުޑަކޮށްލަމުން ޒީކާން އާއި ދިމާލަށް ބަލައިލެވުނެވެ.ކޮންމެ ގޮތެއް ވިޔަސް ޓީޝާޓެއް ލައިގެން އޭނާ ނިދާނީ ކިހިނެތް ހެއްޔެވެ؟ޒީކާން މި ކޮޓަރި ތެރޭގައި އުޅޭ އިރު އޭނާ ޓީޝާޓް ލައިގެން އުޅުމަކީ ނާދިރު ކަމެކެވެ.

 

މިޝްޔާ އޭނާ އާއި ދިމާލަށް ބަލަން ހުރި ގޮތުން ކަންނޭނގެ އެވެ.ޒީކާން މިޝްޔާގެ އަތުގައި ހިފައިގެން ގޮސް ހުއްޓިލީ އަލަމާރީގެ ކުރިމަތީގައި އެވެ.އަލަމާރީގެ ދެ ދޮރު ހުޅުވާލުމާއި އެކު ޓީޝާޓް ތަކަކާއި އެކު ޖީންސް ތަކެއް އޭނާ އަށް ފެނުނެވެ.އެއީ ހުސް ޒީކާން ގެ އެއްޗިހި ކަން މިޝްޔާ އަށް ޔަގީންވީ ޒީކާން އެތަނުން ނެގި ޓީޝާޓު ޒީކާން ލައިގެން ހުއްޓާ އޭނާ އަށް ފެނިފައި ވުމުން ނެވެ.ޒީކާން މި ކޮޓަރި އަށް މި އައީ މިއަދު ނޫން ކަން މިޝްޔާ އަށް ޔަގީންވީ އެހިސާބުންނެވެ.

 

އެތަނުން ހުދު ކުލައިގެ “ރިޕްކާރލް”ޖަހާފައި ވާ ޓީޝާޓެއް ނަގާ ޒީކާން މިޝްޔާގެ އަތަށް ލައިދިނުމުން މިޝްޔާ އަށް ހުރީ އަތް ތިރި ކޮށްލަން ވެސް ނޭނގިފައި އެވެ.މިޝްޔާ ހުއްޓުން އަރާފައި ޒީކާން އަށް ބަލަން ހުރުމުން ޒީކާން ކުރި އަށް ފިޔަވަޅު ތަކެއް އަޅަމުން ގޮސް އެނދު ކައިރީގައި ހުއްޓިލިއެވެ.އެނދު ކައިރީ ގައި އިން ސްވިޗަކަށް ފިތާލުމާއި އެކު އައި ނައި ތަނެއް ނޭނގި ބިއްލޫރި ފަރުދާ އެއް އޭނާ އާއި ޒީކާންގެ ދެމެދުގައި ދެމުނުތަން ބަލަން ހުރި މިޝްޔާ ހުރީ އާޝޯހުވެެފައި އެވެ.ޒީކާން ދެވަނަ ފިތަށް ފިއްތާލިމާއި އެކީ އެ ބިއްލޫރި ފަރުދާ އެކީ ފުސް ވެގެން ދިޔައީ އެތެރޭގައި ހުރި ޒީކާންގެ އެންމެ ހަރަކާތެއް ވެސް ނުފެންނާނެ ވަރަށް ށެވެ.

 

ޒީކާން އެތަނުން ނިކުތުމަށް ޓަކައި ސްވިޗް އޮފް ކޮށްލުމާއި އެކު އެ ފަރުދާ ދެދިމާލަށް ކަހިގެން ގޮސް ގެއްލުނެވެ.”ބޭރުގަ ހުންނަ މީހަކަށް އެތެރެ ނުފެނުނަސް އެތެރޭގައި ހުންނަ މީހަކަށް ބޭރު ފެންނާނެ”ޒީކާން ބުމަ އަރުވާލަމުން އިތުރު ތަފްސީލު ދިނީ މިޝްޔާ ފިއްތާ ފިއްތާ އެ ސުވިޗު ހަލާކު ކޮށްލަ ފާނެތީ ކަންނޭނގެ އެވެ.

އިރުކޮޅަކަށް ނަމަވެސް ދެމީހުންގެ ދެމެދަށް ހަމަހިމޭން ކަން ވެރިވިއެވެ.ދެ ޒުވާނުން ގެ ލޯ އެކަކު އަނެކަކާއި ދިމާލަށް ހުއްޓިފައިވާ އިރު އެކަކު ވެސް ނަޒަރު ވަކި ކޮށްލަން ބޭނުން ނުވާ ފަދަ އެެވެ.

 

“އެގާރަ ޖަހާ އިރަށް އަންނާނަން.އެހާ އިރަށް ކުރާނެ ކަމެއް ކޮށް ނިންމާތި”ދެ ޒުވާނުންގެ ދެމެދަށް ވެރިވެފައި އޮތް ހަމަހިމޭން ކަން ކަނޑުވާލަމުން ޒީކާން ބުނެލީ ފަސް އެނބުރި ލަމުންނެވެ.

 

ޒީކާން ކޮޓަރިން ނިކުތުމާއި އެކު މިޝްޔާ އަށް ބަލާލެވުނީ ގަޑި އެވެ.ގަޑިން ދިހަ އެއް ޖަހަން ދިހަ މިނެޓަށް ވެފައި ވާ ތަން ފެނުމުން މިޝްޔާ އަށް އޭނާގެ މޫނުގައި އަތް އުނގުޅާލެވުނެވެ. އޭނާ ވީ ތަނެއް ގޭ އަކަކަށް ވެސް ނޭނގޭނެ ކަން އެނގުމުން މިޝްޔާ އަށް ދެލޯ މަރާލެވުނެވެ.ދިހަ އެއްގެ ކުރިން ބައްޕަ ގެ އަށް ވަންނަން ބުނެފައި އޮށްވާ ފަތިސް ވާ ފަހުން ގެއަށް ދިއުމުން ބައްޕަ އޭނާ ނުމަރާލައިފިއްޔާ ވާ ރަނގަޅެވެ.

 

ވިސްނުމުގެ ކަނޑުގައި ފީނަމުން ދިޔަ މިޝްޔާ އަށް ހަމަ ދުނިޔެ އަށް އާދެވުނީ އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާ އަޑަށް ށެވެ. ފޯނު ޖީބުން ނަގާލި ވަގުތު މިލާންގެ ނަން އަރާފައި އިނުމުން ތުން ފިއްތާލެވުނެވެ.މިލާން އެގުޅަނީ އޭނާ ވީ ހިސާބެއް ބަލަން ކަން އެނގުމުން މިޝްޔާ އަށް ފުން ނޭވާ އެއް ލެވުނެވެ.މިލާންގެ ކުރާ ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދޭން މިޝްޔާ ތައްޔާރުވެލި ކަހަލަ އެވެ.

 

“ހަލޯ”ކަންފަތުގައި ފޯނު ޖަހާލުމާއި އެކު އިވުނީ ދާނިޝްގެ އަޑެވެ.މިޝްޔާ އަށް ލިބުނު ސިހުމުގައި ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. ކަންތަކާއި ލައިގަތީ އެވެ.މިލާންގެ ގާތު އޭނާ ވީ ހިސާބާއި ހުރި ހާލަތު ބުނަން ކެރުނު ނަމަވެސް ދާނިޝް ގެ ގާތުގައި ބުނަން ކެރޭނެ ހެއްޔެވެ؟”މިޝްޔާ!”ދާނިޝްގެ އަޑު ދެވަނަ ފަހަރަށް ކަންފަތުގައި ޖެހުމުން މިޝްޔާ އަށް ހިންދިރުވާލަމުން ލައްބަ އޭ ބުނެލިއެވެ. “ކޮންތާކު މި ވަގުތު ތި ހުރީ”ދާނިޝް ގެ ފަރާތުން އެންމެ ފުރަތަމަ ވެސް ކުރިމަތި ވާނީ އެ ސުވާލު ކަން މިޝްޔާ އަށް އެނގެއެވެ.”ވިލިނގިލީ ގަ”ބައްޕަ އަށް އޮޅުވާލާ ދޮގު ހެދުމުގެ ހިޔާލެއް މިޝްޔާ ގެ އެއް ނެތެވެ. “މި ރޭ ދެން އެހެންވީމަ ނާދެވޭނެ ދޯ.ޒީކާން އެބަހުރި ތަ ދަރިފުޅު ގާތު؟”ދާނިޝް ކޮއްލި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކަށް މިޝްޔާ އަށް ހުރެވުނެވެ.”ޒީކާން މިވަގުތު ނެތް.ގެސްޓާ ހައުސް އަކުން ކޮޓަރި އެއް ބުކް ކޮށްގެން މި އުޅެނީ”އިރުކޮޅެއް ވަންދެން ވިސްނަން އިނުމަށްފަހު މިޝްޔާ ބުނެލި އެވެ.”ބަލައިގެން އުޅޭތިމވަރަށް ސަލާމް”އިތުރު ވާހަކަ އެއް ނުދައްކާ ދާނިޝް ފޯނު ބޭއްވި ކަމަށް ޓަކައި މިޝްޔާ އަށް ހިތާ ހިތުން ހަމްދު ކުރެވުނެވެ.

 

ދާނިޝް ފޯނު ބޭއްވުމާއި އެކު މިޝްޔާ ޒީކާން އޭނާ އަށް ދިން ޓީޝާޓާއި އެކު ނިދަންލާ ހެދުމާއި އެކު އިން ފުއްޕި ކަޅު ހަރުވާޅު ހިފައިގެން ފާހަނަ އާއި ދިމާލަށް ދިޔައީ ކޮޓަރީގެ ދޮރު ތަޅުލާފައި އެވެ.

ގެސްޓް ހައުސް އާއި ކައިރި ހިސާބެއްގައި ހުރި ރެސްޓޯރެންޓް އަކަށް ވަދެގަން އައި ޒީކާން ގެ ބޮލުން ފެން ތިކި ޖަހަމުން ދިޔަ އެވެ. ފުދޭވަރަކަށް ވާރޭ ތުނިކޮށް ލާފައި ހުރުމުގެ ސަބަބުން އޭނާ އައީ ހިނގާފައި އެވެ.

 

ރެސްޓޯރެންޓް ގެ އެންމެ އެތެރޭ ގައި ހުރި ގޮނޑީގައި އިށީންދެލަމުން ޒީކާން ބޭރު ފެންނާނެ ގޮތަށް ދޮރު ހުޅުވާލާފައި ހުރި ކުޑަދޮރުން ބޭރު ބަލާލި އެވެ. ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭ އާއި ދިމާލަށް ބަލައިލި ޒީކާންގެ ލޯ ކުރިމަތީގައި އޭނާގެ މާޒީން ދުވަހެއް ނިއުޅާލެވުނެވެ.

 

“ޒީކް ދެން ޕްލީސް އާދެބަ ރައި އާ އެއްކޮށް ތެމެން”ވާރޭގެ ތެރޭގައި ތެމެން ހުރި ފުރާވަރު ގެ އަންހެން ކުއްޖާ ބުނެލީ މައިސޫމް ގޮތަކަށް ށެވެ.ވާރޭ އާއި ނުތެމޭން ގޭގެ އަސްކަނި ދޮށުގައި ހުރި ޒީކާން އެ އަންހެން ކުއްޖާ ގެ ބަހަށް ދެކޮޅު ހެދުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.”ހުރެބަލަ ނިކަން ރައި އަށް ވެސް ޒީކް ވާރޭ ގެ ތެރެ އަށް ނެރެވިދާނެ އޭ”ގޭގެ އަސްކަނި ދޮށުގައި ހުރި ޒީކާންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް “ރައި”ޒީކާން ވާރޭގެ ތެރެ އަށް ނެރުނެވެ.

 

މާޒީގެ ލޯގަނޑުން ޒީކާން ގެ ހަނދާނަށް އެދުވަސް އައުމުން ހިނިތުންވެވުނެވެ. ނަމަވެސް އެއީ ކުޑަ ހިނދު ކޮޅަކަށް ށެވެ. އެ ހިނިތުންވުން ފިލާ ގޮސް ޒީކާން ގެ މޫނު މައްޗަށް ސީރިއަސް ކަން ވެރިވެގެން ދިޔައީ ސިކުންތު ކޮޅެއް ގެ ތެރޭގައި އެވެ.”ރައީ. ޕްލީސް ކަމް ބެކް”ޒީކާން ގެ އަޑުން ވޭނާއި ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. ނުވާނޭ ކަމެއްކަން އެނގި ހުރެވެސް ޒީކާން އޭނާގެ ހިތުގެ އަޑު ބޭރުކޮށްލިއެވެ.

 

މާޒީގެ އެ ހަނދާން ތަކުން ދުރަށް ދިއުމަށްޓަކައި ދެލޯ މަރާލި ޒީކާން އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖަހާލީ ގުޅަނީ ކާކު ތޕ ވެސް ބެލުމެއް ނެތި އެވެ. ގުޅަނީ ކިހާ ވަރެއްގެ ކާކު ތޯ ބެލުމުގެ ޝައުގުވެރިކަމެއް އެ ވަގުތު އޭނާގެ ނެތް ކަން ޒީކާން ގެ އެންމެ އަމަލަކުން ވެސް ހާމަކޮށްލަ ދިނެވެ.

 

“އައްސަލާމް އަލައިކުމް”ދާނިޝް ގެ އަޑު ޒީކާން ގެ ކަންފަތުގައި ޖެހުމުން ޒީކާން އަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ.ސަލާމަށް ރައްދު ދެމުން ޒީކާން ދާނިޝް ބުނާނެ އެއްޗެއް އަޑު އެހުމަށް ތައްޔާރުވެލިއެވެ.ކޮންމެ ގޮތަކަށް ކަންތައް ވީ ކަމުގައި ވީ ނަމަވެސް މިޝްޔާ މި ވަގުތު އެ ހުރީ އޭނާގެ ބެލުމުގެ ދަށުގައި ވިއްޔާ އެވެ.ދެން ދާނިޝް ބުނާ އެއްޗެއް އަޑު އެހުމަކީ އޭނާ ކުރުން ވާޖިބު ވެގެންވާ ކަމެއްތާ އެވެ.

ލެޕްޓޮޕް އިން ނަވްޔާ މެއިލް ތަކަށް ރިޕްލައި ލިޔަމުން ދިޔަ އިރު އޭނާގެ ގާތުގައި އައިކާ އެކި އެކި ފައިލްތައް ތަރުތީބު ކުރަން އުޅުނެވެ. ފަހަރަކު ފައިލް އެއް ތަރުތީބު ކުރަމުން ދިޔަ އައިކާ ނަވްޔާ ގެ އެއްފަރާތުގައި ހުރި ކަބަޑުން ނަގާލީ އެހެން ހުރިހާ ފައިލް ތަކާއި ވަކިން ތަފާތު ކުލައެއްގަައި ހުރި ފައިލް އެކެވެ.އެކި ކުލަ ކުލައިގެ ފައިލް ތަކުގެ ތެރޭގައި ކަޅު ކުލައިގެ އެންމެ ފައިލް އެއް އިނުމުން އެއްވެސް މީހެއްގެ ލޮލުގައި އަޅައި ނުގަނެ ނުދާނެ ތާ އެވެ.

 

ފައިލް ހިފައިގެން އައިސް ނަވްޔާ ގެ ކުރިމަތީގައި މަޑުކޮށްލި އާއިކާ ގެ ހިތުގައި ފައިލްގެ އެތެރެ ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ.ނަވްޔާގެ ކުރިމަތީގައި އިން ގޮނޑީގައި އައިކާ އައިސް އިށީނީ ވެސް އޭގެ އެތެރެ ބަލާލުމަށްޓަކައި އެވެ.

 

ފަހަރަކު އީމެއިލް އަކަށް ރިޕްލައި ލިޔަމުން ދިޔަ ނަވްޔާ އައިކާ އާއި ދިމާލަށް ބަލައިލީ އައިކާ އޭނާގެ މަސައްކަތް މަޑު ޖައްސާލުމުން ކަންނޭނގެ އެވެ.އައިކާގެ ސަމާލުކަން ދެވިފައިވާ ފައިލް އާއި ދިމާލަށް ބަލައިލި ނަވްޔާ އަަށް އެއް ބުމަ އަރުވާލެވުނީ އެއީ ކާކު އޭނާ އަށް ގެނެސް ދިން ފައިލް އެއް ކަން ހަނދާން ވުމުންނެވެ.

 

“ސާބަސް ތީގަ ހުންނާނީ ހަމަ ހުސް ހުންނާނީ ބިޒްނަސް އާ ގުޅޭ ލިޔެ ކިޔުންތައް” ނަވްޔާ ބުނެލީ އައިކާ އެ ފައިލް އާއި މެދު މާ ބޮޑަށް ޝައުގުވެރިވެފައި އިނުމުން ކަންނޭނގެ އެވެ.”އަދި ކިރިޔާ އިނގޭ މި އިނގުނީ އައިކާ ވަރަށް ބިޒްނަސް ގެ ކަންކަން ބަލާ ހިތްވާ ކަން”ނަވްޔާގެ އަޑުގައި ދިމާކުުރުމުގެ ރާގު ހުރި އިރު ވެސް އޭނާގެ ދެލޯ ތަތް ކޮށްފައި ވަނީ ލެޕްޓޮޕް ގެ ސްކްރީން އަށްށެވެ.

 

ނަވްޔާ ދައްކަމުން ދިޔަ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުދީ އައިކާ ފައިލް ހުޅުވާލި އެވެ.ނަވްޔާ ބުނެލިހެން އޭގައި އޮތީ މުޅިން ވެސް މި ބިޒްނަސް އާއި ގުޅުން ހުރި ލިޔެ ކިޔުން ތަކެވެ.އެއްވެސް ޝައުގުވެރިކަމެއް ނެތް ގޮތަކަށް އައިކާ ތުން ދަމާލަމުން ފައިލް ލައްޕާ ލިއެވެ.އެހެން ނަމަވެސް ދެވަނަ ސިކުންތަކަށް އޭނާ އަށް ފައިލް ހުޅުވާލެވުނީ ދެލޯ ބޮޑު ކޮށްލަމުންނެވެ.

ކަޅު ކުލައިގެ ހޫޑީ އަކާއި އެކު ހަމަ އެކުލައިގެ ޖީންސް އެއް ލައިގެން ހުރި ޝަހްނާ ތައްޔާރު ވަމުން ދިޔައީ ތަނަކަށް ދާން ކަން އޭނާގެ ހަރަކާތް ތަކުން އެނގޭހާ ވެއެެވެ.ފަހަތަށް އުނަގަނޑާއި ހިސާބަށް އަރާ އިސްތަށިގަނޑު ދޫކޮށްލެވިފައި ވާ އިރު ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކް ފަވާލެވުފަައި ވިއެވެ.ޖީބުގެ ތެރެ އަށް މާސްކެއް ލަމުން ޝަހްނާ އެންމެ ފަހު ކަމަކަށް ސެންޓް ފުޅި ނަގާ މުޅި ގަޔަށް ސެންޓު ބުުރުވާލިއެވެ.

 

ކޮޓަރިން ނިކުުތުމުގެ ކުރިން ޝަހްނާ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.”ހަލޯ.ކަލޭ ކިހާ ހިސާބެއްގަ”އެކޮޅުން ފޯނު ނެގުމާއި އެކު ޝަހްނާ ބުނެލި އެވެ.”މަ މި ގެއިން ނައްޓާލަނީ”އެކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ.އޭނާގެ އަޑު އައި ގޮތުން އެ ފިރިހެން މީހާ އެހުރީ ހަމައިގައި ނޫން ހެން ހީވާ ފަހަރު ވެސް އާދެ އެވެ.”މައިރާ ނަގައިގެން ދޭ.މަ މި ދަނީ މިހާރު.މަ ވެސް މި އުޅެނީ ގެއިން ނައްޓާލަން” ޝަހްނާ ފަތިވަރު ދަމާލަމުން ފޯނު ކަނޑާލީ އެކޮޅުގައި ހުރި މީހަކަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދޭން ކަންނޭނގެ އެވެ.

 

ފޯނު ޖީބަށް ލަމުން ޝަހްނާ އޭނާ އެއްޗިހި ރައްކާ ކޮށްފައި ބަހައްޓާ ވަތްގަނޑު ހުޅުވާލިއެވެ.އެންމެ އެތެރެ އަށް އަތް ލާފައި އޭގެ ތެރެއިން ޝަހްނާ ނެގީ އަންގި އެކެވެ.އަންގި އަތަށް މަހާލަމުން ޝަހްނާ އެ ވަތްގަނޑު ގެ ދޮރު ލައްޕާ ލިއެވެ.

 

އެހުރި ގޮތަށް ހުރެ ކޮޓަރިން ނިކުން ޝަހްނާ ބަދިގެ އާއި ދިމާލަށް ދިޔަ އިރު އޭނާގެ ކޮންމެ ހަރަކާތަކުން ވެސް ފާޅުވެގެން ދަނީ ސިއްރު ވެރިކަމެވެ.އޭނާ މި ވަގުތު ކޮންމެ ކަމެއް ކުރަން އުޅުނު ކަމުގައިވީ ނަމަވެސް ކުރަން އުޅޭ ކަމަކީ މުޅި ދުނިޔެ އަށް ވެސް ސިއްރުން ކުރަން އުޅޭ ކަމެއް ކަން އޭނާގެ ކޮންމެ އަމަލުކުން ސާބިތު ކޮށްދެއެވެ.

ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔަ ޝަހްނާ ހިނގަމުން ދިޔައީ ބަދިގޭގެ ވަޅި ތައް ބަހައްޓާފައި ހުންނަ ދިމާލަށްށެވެ.ވަޅި ތަކާއި އަކި ސާމާނުތައް ބަހައްޓާފައި ހުރިތަނުން އުރަ އަކަށް ލައްވާފައި އިން ކުޑަކުޑަ ވަޅި އެއް ނަގާ ޖީބަށް ޖަހާލިއެވެ.އަވަސް ހަރަކާތްތަކަކާއި އެކު ކަބަޑުގެ ދޮރު ލައްޕާލަމުން ބަދިގެ އިން ނިކުންނަން ދިޔަ ޝަހްނާ އަށް ކުއްލި ސިހުމެއް ލިބުނީ ބަދިގޭގެ ދޮރު މައްޗަށް އެރި ޝައުން ފެނުމުންނެވެ.

 

ހިތަށް ލިބިފައިވާ ސިހުން ކަނޑުވާލަމުން ޝަހްނާ ހަމަޖެހިފައި ހުރި ގޮތް ދައްކަމުން ޝައުން އަށް މާ ބޮޑު ސަމާލުކަމެއް ނެތި ދާން ހިނގައިގަތެވެ.ޒާރާ އަަށް ޝަހްނާ ކުރި ހުރިހާ ކަމެއް ފަޅާ އެރި ދުވަހުން ފެށިގެން ދެބެން އެކަކު އަނެކަކާ ވާހަކަ ދެއްކުން ވެސް ވަނީ ބޮޑު ކަމަކަށް ވެފައި އެވެ.ޝައުން ދެކެ ހިތްހަމަނުޖެހިފައި ހުރި ޝަހްނާ ޝައުން އެކަމުގެ ސަބަބުން ކުށްވެރި ކުރަމުން ދާ އިރު ޝައުން ގަބޫލުކުރާ ގޮތުގައި އޭނާ އަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ށެވެ. ޝަހްނާ އޭނާ ދެކެ ހިތްހަމަނުޖެހިފައި ހުރި ކަން އެނގޭތީ ޝައުން ވެސް އެވަރަކުން ވާހަކަ ދައްކާކަށް ނޫޅެ އެވެ.

 

ޝައުން ޝަހްނާ އާއި ދިމާލަށް އަސަރެއް ނެތް ގޮތަކަށް ބަލާލަމުން އައިސް އަލަމާރި ކައިރިއަށް ޖެހިލިއެވެ.އަލަމާރިން ދެންފުޅި ނަގާ ކަރު ތެންމާލި ވަގުތު ޝައުންގެ ލޮލުގައި އަޅައިގަތީ އަންގި އަރުވާފައިވާ ޝަހްނާގެ އަތެވެ.ޝަހްނާ އެ ނިކުންނަނީ ބޭރަށް ކަން އެނގި ހުރެ ވާނުވާ ނުބަލާ ހުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަަށް ޝައުންގެ ހަވަނަ ހިއްސު އޭނާ އަށް ބުނެލަ ދިނެވެ.ޝަހްނާ އީޝާމެންގެ ގާތު ދެއްކި ވާހަކަތަކުގެ ކޮންމެ ލަފުޒެއް ޝައުން ސިކުނޑީގެ ތެރޭގައި މަޑު މަޑުން އެޅުވިގެން ދިޔަ އިރު މިވަގުތު އޭނާގެ ލޯ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާއި ގުޅުމެއް ހުރި ވާހަކަ އެއް ދައްކާފައި ހުރި ތޯ ޝައުން ދިޔައީ ޔަގީން ކުރަމުންނެވެ.ފަހަރަކު ކަމެއްގެ މަތިން ހަނދާން ކުރަމުން ދިޔަ ޝައުންގެ ހަނދާނުން އެވަގުތު ކައްސާލައިގެން ދިޔައީ ޝަހްނާ މަޖަލަކަށް ހަދާފައި ބުނެލި އެންމެ ޖުމުލަ އެކެވެ.ޝަހްނާ އެދަނީ މިއަދު އޭނާ އެވަގުތު މަޖަލަކަށް ހަދާފައި ބުނެލި ޖުމުލަ އާއި އެއްގޮތަށް އަމަލު ކުރަން ކަން ޝައުން އަށް އެނގޭނެ ނަމަ އެވެ.

 

ފެން ފުޅި އައިސް އަލަމާރީގެ ތެރެއަށް ލަމުން ޝައުން އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔައީ ޝަހްނާ އެދަނީ އީޝާމެންނާއި ބައްދަލު ކުރަން ކަމުގައި ހިތަށް ވިސްނައިދެމުން ނެވެ.

 

ގެއިން ނިކުން ގޮތަށް ޝަހްނާ އޭނާގެ ބޮލުގައި ހޫޑީ އަޅާލަމުން މޫނު މާސްކުން ފޮރުވާލިއެވެ.އިސް ޖަހާލަމުން ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެ އަަށް ޝަހްނާ ނުކުމެލި އިރު ޝަހްނާ އާއި ދިމާލަށް ބަލައިލާ މީހަކަށް އޭނާ އަކީ ކާކު ކަން ބަލާލާފައި ބުނެލަން ދަތިވާނެ ކަން ކަށަވަރެވެ.

 

އަވަސް ހިނގުމެއްގައި ހިނގާފައި ދިޔަ ޝަހްނާ މަޑުކޮއްލީ ހަދަން ފަށާފައިވާ އިމާރާތެއްގެ ކުރިމަތީގައި އެވެ.މަގުމަތީގައިވާ އެއްވެސް މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓިފައި ހުރި ތޯ ބަލާލަމުން ޝަހްނާ އެ އިމާރާތުގެ ތެރެއަށް ވަދެލީ އެވަގުތު މަގުމަތީގައި ތިބިީ މީހުންގެ ތެރެއިން އެކަކު ވެސް އޭނާ އާއި ދިމާލަށް ނުބަލާ ކަން ޔަގީން ކުރުމަށްފަހު އެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ޕިޔަދަ 3

Next

އިންސާފު

Next
January 2, 2025

އިންސާފު

Previews
January 2, 2025

ޕިޔަދަ 3

20 Comments!

  1. Laura says:
    January 2, 2025 at 11:07 am

    Hey Rifoo
    Shahna mn kon kameh kuraanamey hithaa tha e ulheni.hithah araa Shaun dhiya nama ey emeehun ge fahathun.haadha haavaa plan ves raavaigenney e ulhenee.
    Aika ah ingunee dho lai ge dad akee kaaku kan.mi hen mi buny e thanuge register ge bayaa ehchihi eyga othyma.
    Zeek ves dho.zeek and raina ge dhemedhuga gulhumeh othy tha? I am so curious.zeek mish ah varah caring aslu.edhekudhin avahah gulhuvadhehchey.
    Love you Rifoo

    1. RIFSHA says:
      January 3, 2025 at 10:56 am

      Hey Lau
      Lol kihinei ingeni e ulheni vaki lai mennah gotheh hadhan kameh vedhaane dho eii hama shahna mn ge prb akh.
      Dhen alhe lau balaa next part ga vaane gotheh eyrun nehnu ingey ny.
      Let’s see dho dhen vaane gothei
      Love you more lau

    2. Rauha says:
      January 3, 2025 at 2:19 pm

      Registration thakeh noon bro otheekee business aa behey liyun thakeh

  2. Dg says:
    January 2, 2025 at 11:25 am

    Vrh reethi Masha Allah

    1. RIFSHA says:
      January 3, 2025 at 10:56 am

      Thanks dg

  3. cutie girl says:
    January 2, 2025 at 11:57 am

    mi part ves v reethi masha allah
    curiously waiting for next part
    keep it uop
    aleek and faiha gulhuvachey
    zeek and mish ves
    lai and rayaan ves
    aleeka and nuk ves
    they all are made for each other
    v intesting story eh
    v kiyaala hithun kiyani
    i appreciate your hard work
    happy new year
    love you fav author

    1. RIFSHA says:
      January 3, 2025 at 11:01 am

      Thanks cutie girl
      Next part in sha Allah Sunday ga
      Dhen hingaa dho vaane gothei balamaa
      May this blessed year bring you and your family happiness 🎉
      Love you more

  4. Unknown one says:
    January 2, 2025 at 1:42 pm

    Sup Rifoo
    Ur doing great job.this story is amazing.ur my fav author.

    1. RIFSHA says:
      January 3, 2025 at 11:02 am

      Hey unknown one
      Thanks unknown one
      Varah ufaa vejje rifoo mee unknown one ge favourite author kan ingunyma

  5. Nishva says:
    January 2, 2025 at 6:33 pm

    Hey Rifoo
    Alhey zeek and mish dho.varah loabi couple eh.haadha gulhe yey.zeek ehaa madun ehunnany ehenvee ma ehenve dhw.zeek avahah mish ah propose kohba dhw.i wish avahah e dhekudhin gulheyne nama ey
    Shahna dheke varah foohi vey anehkaa e ulhenee aneh kameh kuran.haadha foohi vaa meeha gandekey.
    Kon irakun next.varah unmeedhu kuran varah avahah kiyaalan libeyne kamah
    Love you 😘

    1. Rauha says:
      January 2, 2025 at 10:44 pm

      Aslu ves dho

    2. RIFSHA says:
      January 3, 2025 at 11:04 am

      Hey nish
      Aslu vx varah loabi dho.vedhaane ehen kamah vx.dhen huri part thah kiyaalyma ingeyne
      Hehe dhen vaane gothei balamaa dho.next part kiyaalyma ingi dhaane shahna kuran ulhey kameh.
      Next in sha Allah Sunday ga kiyaalan libeyne
      Love you more

  6. Dhooni says:
    January 2, 2025 at 7:13 pm

    Mi part ves varah Reethi Masha Allah
    Kon irakun next part kiyaaalan libeynee

    1. RIFSHA says:
      January 3, 2025 at 11:05 am

      Thanks dhoonii
      Next part in sha Allah Sunday ga

  7. Rauha says:
    January 2, 2025 at 10:45 pm

    Hey Rifoo
    Mi part ves varah Reethi as usual
    Kon irakun next part kiyaaalan libeynee
    Zeek and mish varah loabi
    Curiously waiting for the next part
    Love you ❤️

    1. RIFSHA says:
      January 3, 2025 at 11:06 am

      Thanks rau
      Next part in sha Allah Sunday ga kiyaalan libeyne.mihaaru next part liyelaafa iny.so hama Sunday ga kiyaalan libeyne kamah balamaa
      Love you more

  8. gurrrrl says:
    January 3, 2025 at 12:25 am

    vrh reethi mi part ves
    when next
    cant waitttttt
    keeep it upp
    love youuuu

    1. RIFSHA says:
      January 3, 2025 at 11:07 am

      Thanks gurrrrl
      Next part Sunday ga in sha Allah
      Love you more

  9. Shimmer says:
    January 3, 2025 at 6:54 pm

    Hey rifoo
    Mi part ves hama vv reethi 💯💯💯
    Alhe zeek ge life ga another girl eh …noooo☹️😭
    Plssssssss zeek and mish gulhuvabala avahah…🥺🥺🥺
    What is that shahna bitch up to now😡🤬..urggg… I just hate her
    Plssssssss that bitch ge sababun don’t let anyone suffer….
    And where is that nuk ???
    I am so curiously waiting for his turn in love 😜
    Sunday ga dhw next …
    Impatiently waiting
    Love you and stay safe ❤️

    1. RIFSHA says:
      January 4, 2025 at 9:47 am

      Thanks shimmer
      Hehe yes ehen girl eh
      Shahna ge plan in sha Allah next part ga ingigen dhaane.
      Nuk vx ulheyne.e soru dhen inge ehnun ulhey ny mihaaru bx meehakaa dhimaa kurumuga kan.haha me too
      Yes Sunday ga
      Love you more ❤️

Comments are closed.



All Right Reserved!