ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…68
ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީކާން އަށް ސިހުމެއް ލިބުނީ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ޒާރާ ގޮވާލި އަޑު އިވުމުން ނެވެ.”ދޮންބޭ ނުކް ބަލާ ދާ ގަޑި ޖެހެނީ އޭ. މަންމަ ބުނީ ކާރުގަ ދަށޯ އެއާރޕޯރޓް އަށް.މިހާރު ނުކް އަންނަ ފްލައިޓް ޖައްސަން އުޅޭނެ ޔޯ”
*****************
ޒީކާން އޭނާގެ ފަން އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އޭރު ޒާރާ ފަސް އެނބުރިފައި ދަނީ އެވެ.ޒާރާގެ ފަހަތުން ސިޓިންރޫމްގެ ސިފަތައް ކައިރި އަށް ޖެހިލި ޒީކާންގެ ލޮލުގައި ސޯފާ މަތީގައި ޓީވީ ބަލަން އޮތް ރާއިލް ފެނުމާއި އެކު ކަޅި އަނބުރާ ލެވުނެވެ. އޭރު ބަދިގެ ތެރޭގައި ޒިވާ އުޅުމުން ޒީކާން އަށް އެއްޗެކޭ ބުނާކަށް ނުކުރެވުނެވެ. ޒީކާން ދައްކާ ވާހަކަ ކިތަންމެހާ ވެސް ރީތިކޮށް ޒިވާ އަށް އަޑު އިވޭނެ ކަން އޭނާ އަށް އެނގޭތީ އެވެ.
ރާއިލް ޒީކާން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވެލުމާއި އެކު ޒީކާން ރާއިލް އާއި ދިމާލަށް ދެލޯ އަޅާލިއެވެ. އެވަގުތު ވީ ބަދިގެ ތެރޭގައި ކަންކަން ހުރެފައި ޒިވާ ޒީކާން އަށް ގޮވާލި ވަގުތަށް ށެވެ.”ޒީކް އާ ރާއިލް އާ ދެކުދިން ދޭބަ ނުކް ބަލާ. ޑްރައިވަރ ވެސް މިހާރު ކާރު ގަ އިންނާނެ އައިސް” ޒިވާ ގެ ޖުމުލަ އިން ޒީކާން ރާއިލް ގެ ގާތުގައި އޭނާ އާއި އެކު ދާން އައުމަށް އެދުނެވެ. ޒިވާ ރާއިލް ގޮވައިގެން ދާށޭ ބުނުމުން ރާއިލް ގޭގައި ބައިން ދާފައި ޒީކާން އަށް ދާން ނުކެރުނީ އެވެ.
ގެއިން ނިކުން ގޮތަށް ކާރުގެ ކުރީ ސީޓަށް ޒީކާން އެރުމާއި އެކު ރާއިލް އަށް ދެވަނަ ސީޓަށް އަރަން މަޖުބޫރުވި އެވެ. އެކަނިމާއެކަނި ދެވަނަ ސީޓުގައި އިންނަން ޖެހުމުން ރާއިލް އިނީ ފާޑަކަށް އަނގަ ހަދައިގެން ނެވެ. ކުރީ ސީޓްގައި އިން ޒީކާން އެއަރޕޯޓް އަށް ދެވެން ދެން ބޭރު ބަލަން އިން އިރު ކާރުގައި ވަނީ ހަމަހިމޭން ކަމެވެ.
އެއަރޕޯޓް ކައިރީގައި ކާރު ޕާކު ކޮށްލުމާއި އެކު ޒީކާން އާއި ރާއިލް ކާރުން ފޭބި އެވެ.ކާރުން ފައިބައިގެން ކުރި އަށް ފިޔަވަޅެއް ވެސް ނޭޅި އުޅެނިކޮށް ޒީކާންގެ ލޮލުގައި ލަގެޖް ދަމަމުން ދެކޮޅު ބަލަމުން އެއާރޕޯރޓް އިން ނުކުމެގެން އައި ނުކްޝާން ފެނުނެވެ. ރާއިލް އަށް އޭނާ އާއި އަރާ ހަމަނުކުރެވޭނޭ ވަރު ކުރަމުން ޒީކާން އޭނާގެ ހިނގުން ބާރު ކޮށްލި އެވެ.ރާއިލް އަށް ވުރެ ކުރިން ޒީކާން ހިނގައިގަތުމާއި އެކު ރާއިލް އަށް ޖެހުނީ ޒީކާން އާއި އެއްވަރު ކުރުމަށްޓަކައި ދުވާށެވެ.
ޒީކާން ނުކްޝާން އާއި ހިސާބަށް އަރާ ހަމަކުރެވުނީ ކިރިޔާ އެވެ. ނުކްޝާން އޭނާގެ ޝަކުވާ ގޯނި ޒީކާންގެ ކުރިމައްޗަށް އަޅާލައިފި އެވެ. “އަޅެފަހެ ދޯ.ހާދަ ލަހަކުންނޭ ތި އައީ. މިހާރު މިތާ ހުރެ ހުރެ ދެފައި ގަ ރިއްސަން ފަށައިފި. ކީއްތަ ވާނީ ދެން މަ ޒީކްގެ ކައިރި އަށް އެހާ ދުރުގަ ހުރެފަ ހުރިހާ އެއްޗެއް ގުރުބާން ކޮށްފަ އައީމަ ސްޕެޝަލް ޓްރީޓްމެންޓް އެއް ދިނިއްޔާ”ލަގެޖް އިން އަތް ދޫކޮށްލަމުން ނުކްޝާން ބުނެލި ގޮތުން ހީވީ ގަޑި ދެ ގަޑިއިރު ވަންދެން ޒީކާންގެ އިންތިޒާރުގައި ހުރެފައި އައި މީހެއް ހެންނެވެ. ނުކްޝާން ގެ ވާހަކަ އަށް ރައްދެއް ނުދީ ޒީކާން ނުކްޝާން ހިފައިގެން ހުރި ލަގެޖް ނުކްޝާން ގެ އަތުން އަތުލަމުން އެ ހިފައިގެން ދާން ހިނގައިގަތެވެ. މާ ކުރިން ނުކްޝާން ގެ އަނގައިން ނާރާނޭ ކަން ޒީކާން އަށް އެނގުނީ ކަންނޭނގެއެވެ.
އޭރު ކިރިޔާ ރާއިލް އަށް ޒީކާން އާއި ނުކްޝާން ހުރި ދިމާލަށް އާދެވުނީ އެވެ. ރާއިލް ޒީކާން އާއި ހިސާބަށް އަރާ ހަމަ ވުމާއި އެކު ނުކްޝާން ރާއިލް އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ. ބަދަލުގައި ރާއިލް ވެސް ނުކްޝާން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ.
“ހައި.އައި އޭމް ނުކްޝާން. ނައިސް ޓު މީޓް ޔޫ”ސަލާމް އަށް އަތް ދިއްކޮށްލަމުން އެންމެ ފުރަތަމަ ވެސް ވާހަކަ ފެށީ ނުކްޝާން އެވެ. ދެން އަނގަ ގަދަ ކަމުން ވެސް ނުދަންނަ މީހުންނާއި ވާހަކަ ނުދައްކާ ނުހުރެވުނީ އެވެ. ބަދަލުގައި ރާއިލް ވެސް ނުކްޝާންގެ އަތުގައި ހިފާ ސަލާމް ކޮށްލަމުން އަމިއްލަ އަށް ތައާރަފް ވެލި އެވެ.
ކާރުގެ ތެރެ އަށް ލަގެޖް ލުމަށް ފަހު ޒީކާން ކުރީ ސީޓަށް އެރުމާއި އެކު އެކައްޗެކޭ ވެސް ނުބުނެ ނުކްޝާން އާއި ރާއިލް ފަހަތު ސީޓަށް އެރި އެވެ. ފަހަތުގައި ތިބެގެން ދެމީހުން ދައްކަމުން ދިޔަ ވާހަކަ ކިތަންމެހާ ވެސް ރީތިކޮށް ޒީކާން އަށް އަޑު އިވެމުން ދިޔަ އެވެ.
“ޒީކް ރުޅި އައިއްސަތަ އޭނީ؟” ކިތަންމެ މަޑުން ނުކްޝާން ރާއިލްގެ ގާތު އެ ސުވާލު ކުރި ނަމަވެސް ޒީކާންގެ ކަންފަތަށް އެ ސުވާލު ނުފޯރާ ނުދިޔަ އެވެ. ރާއިލް ހްމްމް އަޅުވާލަމުން ލަމުން ކާރުގެ ލޯގަނޑުން ޒީކާންގެ މޫނާއި ދިމާލަށް ބަލައިލި އެވެ.
“ހީވިއޭ އެހެން ނޫނީ ކާރަށް ވެސް ތަދު ނުވާ ވަރު ބަލައިގެން ވިއްޔާ ދޮރު ލައްޕާނީ. އެކަމު މިއަދު..” ނުކްޝާން އެހާ ހިސާބަށް ބުނެލުމަށް ފަހު ދެ ފަރާތަށް ބޯހޫރުވާލި ގޮތުން ހީވީ މިއަދު ޒީކާން ކާރުގެ ދޮރު ވެސް ފުނޑާލީ ހެންނެވެ. “ކޮން ކަމަކާ ޔޯ އެހާ ގަދަ އަށް ރުޅި ދުރުވެފަ އެ ހެރީ” ނުކްޝާން އަހާލި އެވެ.”އެއީ މަށަށް އޭނަ އަށް ދޭން ނުވާ ކަހަލަ ލަނޑެއް ދެވުނީމަ” ބޯކަހާލަމުން ރާއިލް ނުކްޝާން ގެ ސުވާލަށް ޖަވާބު ދިނެވެ. ރާއިލް ގެ ޖަވާބަށް އިތުރު ތަފްސީލެއް ދޭށޭ ބުނުމުގެ ގޮތުން ނުކްޝާން ނިއް އަރުވާލުމާއި އެކު ރާއިލް ވީ ގޮތް އަކުރެއް ފިއްޔެއް ވައްޓާ ނުލާ ނުކްޝާން އަށް ކިޔައިދޭން ފެށި އެވެ.
ރާއިލް ނުކްޝާން އަށް ވީ ގޮތް ކިޔާ ދެމުން ދިޔަ އިރު ރާއިލް އެއްބައި ފަހަރު ހީގާނެ އެވެ. އަދި ވެސް ޒީކާން އަށް ދެވުނު ލަނޑު ކުޑައީ ކަންނޭނގެ އެވެ. ރާއިލް އެއްކޮށް އޭނާ ގެ ވާހަކަ ނުމުމާއި އެކު ނުކްޝާން އަށް ބޯ ކާހާލެވުނެވެ. ނުކްޝާން އިން ގޮތާއި ދިމާލަށް ލޯގަނޑުން ބަލަހައްޓައި ގެން އިން ޒީކާން އަށް ނުކްޝާން ހިނިގަނޑު ހިފަހައްޓަން ކުރަމުން ދިޔަ މަސައްކަތް އެނގުމާއި އެކު ކުޑަކޮށް ނަމަވެސް ހީލެވުނެވެ.
އާންމު ގޮތެއްގައި ޒީކާން ރުޅި އައުމުން އެންމެ ފަސޭހަ އިން ހޭނީ ނުކްޝާން އެވެ. އެހެން ނަމަވެސް މިވަގުތު ނުކްޝާން އޭނާގެ ހިނިގަނޑު އެ ހިންދަނީ ޒީކާން އާއި އެކަނި ދިމާވުމުން އޭނާ ހޭނެ ވަރަކަށް ހީފައި ދިމާ ކުރަން ކަން ޒީކާން އަށް އެނގެ އެވެ. ރާއިލް ގެ އިތުރުން ޑްރައިވަރ އިނުމުން ނުކްޝާން އަށް ދިމާ ކުރެވޭނެ ގޮތެއް ނުވީ އެވެ. ދެން ރާއިލް އިންދާ ރާއިލް ގެ ކޮއްކޮ އާއި ޒީކާން އާއި އަޅުވާ ކިޔަން ނުކްޝާން އަކީ ވެސް ދެން މޮޔަ އެއް ނޫން ތާ އެވެ.
ނުކްޝާން ގެ ނަސީބު އަތުގައި ހިފީ ކާރު ގޮސް ޒީކާން މެންގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ނެވެ. އެންމެ ފުރަތަމަ ވެސް ކާރުން ފައިބައިގެން އައިސް ޒީކާން ނުކްޝާން ގެ ލަގެޖް ނެގުމަށް ފަހު ފަހަތު ސީޓު ގުޅުވާލުމަށް ފަހު ނިކުން ނުކްޝާންގެ ކުރިމަތީގައި ބެހެއްޓުމާއި އެކު ނުކްޝާން ރާގު ލާފައި ޒީކާން އަށް ގޮވާލި އެވެ. އެގޮވާލުމުން އެކަނި ވެސް ޒީކާން އަށް ނުކްޝާން އެ އޭނާ އާއި ދިމާލަށް ބުނެލީ ކީކޭ ކަން އެނގުނެވެ.
ނުކްޝާން އާއި ދިމާލަށް ފާޑަކަށް ޒީކާން އަށް ދެލޯ އަޅާލެވުނީ އެހެންވެ އެވެ. ޒީކާން ދެލޯ އަޅާލުމާއި އެކު ނުކްޝާން އެއްލޯ މަރާލުމަށް ފަހު ގޭގެ ބޮޑު ގޭޓާއި ދިމާލަށް ހިނގައިގަތެވެ. ގޭގެ ގޭޓު ހުޅުވާލުމަށްފަހު ނުކްޝާން އެތެރެ އަށް ވަނުމާއި އެކު ނުކްޝާން ގެ ފަހަތުން ޒީކާން ވެސް ގޭ ތެރެ އަށް ވަނެވެ.
ޒީކާން ނުކްޝާން ގޮވައިގެން ގޭތެރެ އަށް ވަން އިރު ޒިވާ އާއި ޒާރާ އިނީ ޒީކާން ނުކްޝާން ގޮވައިގެން އަންނާނެ އިރެއްގެ އިންތިޒާރުގައި ކަން އަންގައި ދެނީ ޒިވާ އާއި ޒާރާ ނުކްޝާން ގޭތެރެ އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ނުކްޝާން އަށް ގޮވާލުމަށް ފަހު ކާން އައުމަށް ގޮވާލި ރާގުންނެވެ.
ނުކްޝާން ގެ ފަހަތުން ކާގެ އަށް ވަނުމުގެ ބަދަލުގައި ޒީކާން މިސްރާބު ޖެހީ ނުކްޝާން ގެ ލަގެޖް ހިފައިގެން އެ ކޮޓަރި އަށް ވެއްދުމަށް ށެވެ. ކޮޓަރި އަށް ލަގެޖް ވެއްދުމަށް ފަހު ޒީކާން ވެސް ކާގެ އަށް ވަނީ ޒިވާ އާއި ޒާރާ ގެ އިތުރުން ނުކްޝާން އާއި އެކު ކެއުމުގައި ބައިވެރި ވާށެވެ.
“ކޫ” ތަށްޓަކަށް ދެ ރޮއްޓާއި މަސްހުނި ކޮޅެއް ލައިގެން އިން ނުކްޝާން އޭނާގެ ކުރިމަތީގައި އިން ޒީކާން އަށް ބަލައިލަމުން ޒިވާ އަށް ގޮވާލި އެވެ. ނުކްޝާން ގޮވާލުމާއި އެކު ފްރިޖުން ޖޫސް ފުޅި އެއް ނަގައިގެން އައިސް ޒިވާ ހްމްމް އޭ ބުނެލީ ކޫ މި ހުރީ ނުކްޝާން ދައްކާ ވާހަކަ އަޑު އަހަންނޭ ބުނެލާ ފަދަ ގޮތަކަށް ށެވެ. “ނުކް މި ފަހަރު ގެސްޓް ރޫމްގަ ނުހުރެ އޯކޭ ދޯ ޒީކްގެ ކޮޓަރީގަ އުޅުނަސް” ޒީކާން އާއި ދިމާލަށް ބަލައިލަމުން ނުކްޝާން ބުނެލީ އޭނާގެ ކައިރީގައި ޖޯޑަށް ޖޫސް އަޅައިދޭން ހުރި ޒިވާގެ ގާތުގައި އެވެ. “އޭނ ނޯ ވޭ. ތި ދެމީހުން ތި އުޅެނީ އަވަހަށް ނުނިދާ ދަންވަރު ސަކަރާތް ޖަހާކަށް ނުން” ނުކްޝާން އާއި ދިމާލަށް ދެލޯ އަޅާލަމުން ޒާރާ ބުނެލި އެވެ. “ޒާ ވެސް މިހާރު ނާޔާ މާމަގަނޑު ކައިރިން ކްލާސް ނަގަނީތަ؟” ނުކްޝާން އެބުނީ ކީކޭ ކަން އެނގުމާއި އެކު ނުކްޝާން އަށް ޖޫސް އަޅައިދޭން ހުރި ޒިވާގެ އިތުރުން ފެން ބިން އިން ޒީކާންގެ ގާތަށް ވެސް ހިނި އަންނަ ގޮތް ވި އެވެ. އެހެން ނަމަވެސް ދެމީހުން ވެސް ހިނިގަނޑު ހިންދާލަމުން ކުރަމުން ދިޔަ ކަންތައް ކުރުމުގައި މަޝްޢޫލުވީ ނުކްޝާން އާއި ޒާރާ އަށް ވެސް ހިލަމެއް ނުވާނޭ ފަދަ ގޮތަކަށް ށެވެ. “ޒާ އަށް އޯކޭ ނުވިޔަސް ކޫ އަށް އޯކޭ ޔޭ ދޯ. އަސްލު ޒާ ޖޭ ވަނީ އޭ. ނާޔާގެ ޖޭވުމުގެ އެއްބައި މިހާރު ޒާ އަށް ވެސް އެ ހެރީ ވާރުތަ ވެފަ. އެވަރަކަށް ނޫން ވިއްޔާ ނާޔާ އަށް ގުޅައިގެން އޮންނަނީ. ދެން ވެސް ތި ބަލި ބޮޑުވުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ލަފާދެން އިނގޭ. އެހެން ނޫނީ ނާޔާ އަށް ވެފަ ހުރި ހެން ސަލާމަތް ނުވެވި ދާނެ” ޒިވާ އަށް ދޯ އެއްލަމުން ނުކްޝާން ޒާރާ އާއި ދިމާކޮށްލި އެވެ. ނުކްޝާން ގެ ވާހަކަ އަށް ޒާރާ އަށް ތުން އަނބުރާލުން ފިޔަވާ އިތުރު ކަމެއް ނުކުރެ އެވެ. ނުކްޝާން އަށް އިތުރު ރައްދެއް ދިން ނަމަވެސް އޭނާގެ ކޮޅަށް ކުރި ނުލިބޭނެ ކަން ޒާރާ އަށް އެނގުނީ ކަންނޭނގެއެވެ.
“ދޯ ކޫ އަށް އޯކޭ އެއްނު. ސްކޫލަކަށް ވެސް ދެން ދާކަށް ނުޖެހޭނެ އެއް ނު.އެހެން ވީމަ ތަންކޮޅެއް ލަހުން ނިދި އަސް އޯކޭ ވާނެ އެއްނު” އަނެއްކާ ވެސް ނުކްޝާން ފެށީ ޒިވާ ރުއްސުމުގެ މަސައްކަތެވެ. “ކޫ އަށް އޯކޭ ބާރައިގެ ކުރިން ނިދަންޏާ” ޒިވާގެ ޖަވާބު އަޑު އިވުމާއި އެކު ނުކްޝާން ޒާރާ އަށް އެއް ބުމަ އަރުވާލި އެވެ.
ކައި ނިމުމުން ނުކްޝާން ވަރަށް ވަރުބަލި އޭ ކިޔާފައި ގެސްޓް ރޫމްގައި ހުރި އޭނާގެ ލަގެޖް ހިފައިގެން ޒީކާންގެ ކޮޓަރި އަށް ވަނެވެ. ތެދަށް ބުނަންޏާ އޭނާ ވަނީ ވަރުބަލި ވެގެންނެއް ނޫނެވެ. ޒީކާން އާއި އެކަނި ދިމާ ވުމުން ދިމާ ކޮށްލުމުގެ ގޮތުން ނެވެ. އެކަން އެނގުމުން ކައި ނިންމައިގެން އެތަށް އިރެއް ވަންދެން ޒީކާން ކޮޓަރި އަށް ނުވަދެ އިނެވެ.
ޒީކާން ކޮޓަރި އަށް ވަންނަން ދިޔައީ އޭނާ އެ ގޮތަށް ކަމެއް ނެތިފައި ފޯނާއި ކުޅެން އިންނަތާ އެއް ގަޑި އިރާއި ގާތް ވުމުންނެވެ.
ޒީކާން ކޮޓަރި އަށް ވަން އިރު އެނދުމަތީގައި ނުކްޝާން ފޯނު ހިފައިގެން އޮތެވެ. ޒީކާން ކޮޓަރި އަށް ވަނުމާއި އެކު ނުކްޝާން ޒީކާން އާއި ދިމާލަށް ބަލައިލި ގޮތުން އެކަނި ވެސް އޭނާ އެ އޮތީ ޒީކާން ގެ އިންތިޒާރުގައި ކަން ދޭހަވެއެވެ. ކޮޓަރި އަށް ވަން ގޮތަށް ޒީކާން ނުކްޝާން އާއި ވާހަކަ ނުދައްކި ތަނުގައި ބަލާ ވެސް ނުލި އެވެ. އޭނާ ވާހަކަ ދައްކަން ފަށައިފި ނަމަ ނުކްޝާން ފަށާނެ ވާހަކަ އޭނާ އަށް އެނގޭ ވިއްޔާ އެވެ.
“ސޯ ދެން ހަމަ އެ ކުއްޖާ އަކީ ކާކު ކަން ވެސް ނުބުނާނަން ތަ؟” ފޯނު ނިއްވާލަމުން ނުކްޝާން ބުނެލީ ސޯފާގައި އިން ޒީކާން ގެ ގާތުގައި އެވެ. “ކޮން؟” ނުކްޝާން ދައްކަމުން ދިޔައީ ކޮން އަންހެން ކުއްޖެއްގެ ވާހަކަ ކަން އެނގި ހުރެ ނޭނގޭ ކަމަށް ޒީކާން ހެދިލީ ނުކްޝާން ގެ ދިމާކުރުން ތަކުން ސަލާމަތް ވާށެވެ. އެހެން ނަމަވެސް ޒީކާން އަށް ވަކި ނުކްޝާން ދޫދޭނޭ ހެއްޔެވެ؟ “ރާއިލް ބުނި އަންހެން ކުއްޖާގެ ވާހަކަ މި ދައްކަނީ. މިއަދު ޒީކްގެ ބޮލަށް ފެން އެޅި އަންހެން ކުއްޖާގެ ވާހަކަ މި ބުނީ” ނުކްޝާން ގެ ޖުމުލަތަކުން ޒީކާން އަށް އޭނާގެ އިސްތަށިގަނޑު ގެ ތެރެ އަށް އަތް މާހާލެވުނެވެ. “އަދި ވެސް ނޭނގޭ؟” ނުކްޝާން ބުނެލީ އެއް ބުމަ އަރުވާލަމުން ނެވެ. “އޮނހޯ އިނގިއްޖެ. އެއީ ރާއިލް ގެ ޓްވިން ސިސް އެއްނު” ޒީކާން ވަގުތުން ނުކްޝާން އަށް އެހެން ޖުމުލަ އެއް ބުނުމަށް ފުރުޞަތު ނުދީ ބުނެލި އެވެ.
ނުނިމޭ
22 Comments!
Comments are closed.




masha allah mi part vs vrh reethi
vrh interesting koh mi part vs thi ninmaaly
curiously waiting for the next part
when next.???
tc ly rifooo
❤️
Thanks Aisha
Hehe ehen??
Next part submitted
Love you more
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Kobaa mihaaru zaa and kiyaan
Mish and zeek gulhuvachey
Aika and aleek ves
Nuk and aleeka ves
Lai and rayaan gulhuvachey
They all are made for each other
I appreciate your hard work
Your my fav author
Haadha curious kohlaafa thi nimaaly
Tc ❤️😘
Ly rifoo ❤️😚
Thanks cutie girl
Zaa and Kiyaan ge bayeh in sha Allah genesdheynan varah avahah…
Dhen vaane gotheh balamaa dho
Hehe dhen Rifoo akah neynge yey ehisaabun ninmaalyma curious vaane kameh.
Tc 😘
Love you more 😘
Maashaa Allah mi part vx varah varah reethi…
Ey Nukshaan lahvaa e soru ladhu gannavaalahchey…..
Haadha majaey….🤣🤣
Buraasfathi dhuvahu dhw next????
Ma mihaaru vaguthu gunany…
Bye 👋
V. Salaam…
Heyo dua 🤲🤲
Thankuss thankuss shukran shukran manjey
Manje nulafaaa dhen magey dhulakah vx naadhey kiyaane ehcheh.thi kan vey tho ma vx mi ulheny. Dhen manje thi varah meehunnaa dhimaa kuranyya thi hifaa roadhaige ehbai emeehunnah dheyn jehidhaane 😂😂
Hmm submit kohfin.bro aslu innaany wednesday ga ey.dhen ma gey haalu manje ah inge ehnu dho.ehen ve nugenesdhevuny. In sha Allah but dhen genesdheynam
Hmm gunaala gunaala hurey.mihaaru ma mi next liyani
Varah loabi vey ingey
Heyo dua manje ah vx 🤲
Varah Reethi mi part ves
Kon irakun next part kiyaalan libeynee
Nuk ge bai aissiyya foosseh nuvaane 😄
Lysm
Thanks dhoonee
Next part submitted
Hehe ehen??
Love you more 😘
Hey Rifoo
Mi part haadha kurey.thankolheh dhigu kohli nama.nuves ingi hutta nimuny.varah Reethi Masha Allah.kurakas varah ufaa vey mihaaru Gina in kiyaalan libeythee. please Rifoo next part avas kolla dhehchey. I can’t wait.konme part akah comment nukolliyas Rifoo ge vaahaka kiyaalan. I love your story varah vex bodah. Your my favourite author 🥰…
Ly ❤️
Thanks rifoo ge fan ei
Next vx vaany mi varu sorry ingey kuru vaathy.aslu mi ah vure dhigu koh dho rifoo target jehy liyan.ekam Rifoo mi dhuvas kolhu Bali ve ulhey thee and IGCSE exam ah ready vaathy kuru vany.rifoo balaanan 70 vana bai dhigu kohlevey tho in sha Allah…
Konme part akah dhen comment eh vx nukureveyne ehnun dho…
Once again thank you
Love you more ❤️
Hello Rifoo
Mi part ves varah reethi hama as usual
Aslu handhaan nethuny ey including me ey jahan kuree comment ga.hehe 😅🤣
Dhen rai and zeek gulhuvadhy Rifoo.eyge fahunnehnu dho adhi kameh vaannee.and nuk lavvaa zeek ge angain beyru kurahchey hehe 😂.
When is next part?
Curiously waiting for the next part
Love you ❤️
Thanks rau
Hehe dhen jahan handhaan kuraathi lol 😂
Thi kan vx veytho mi ulheny hehe
Next part submitted
Love you more ❤️
Hey Rifoo
how are you???
Varah Kuri ah jassaalaifin dhw mihaaru. Mi dhuvas kolhu comment eh nukohlevigen mi ulheny busy kamunney…
Rau buni hen dhen zeek n rai gulhuvaba.zeek ge maazee ga ingey
But nish beynumee zeek mish aa ekee move on kuran real life ga
Varah Reethi mi part ves.
Love you 💋
Hey nish
Kuda koh fine
Kuda koh kuri ah vx jessuny.rifoo vx kuda koh buxy veema ingey las vee next part.hehe i understand
Hehe dhen thi kan vx kuran v
Once again thanks and love you 😘
Warah furihama vahaka eh. ❤️ Mi site in mihaaru alhugandu kiyaa alhugandah emme kamudhaa vahaka thakuge therein vahaka eh. ❤️Warah Reethi❤️…kon irakun dhen in part kiyaalan libeynee?
Thanks no one
Varah ufaa vejje mi comment kiyaalaafa
Next part submitted
Hey Rifoo
Varah Reethi mi part vec
Kon irakun next part
Curiously waiting for the next part
Varah curious kohlaafa thi nimmaalee
Love you 💙
Thanks shaayan
Next part submitted
Ehen??
Love you more 💗
ވަރަށް ރީތި
Thanks anonymous 😀
Hey Rifoo
Varah Reethi ingey mi part ves.dhen nei anehhen comment eh ves.dhen ehenve ingey kee vaguthu comment eh nukurevuny…hehe
Hama bunevey nee varah ves reehchey
Kon irakun next part kiyaalan libeyny
Mihaaru lau mi hiry next part ge inthizaaruga
Love you so much 😘
Hey lau
Hmmm hmm hmm saabahey lau gandaa.
Comment eh nethas comment kureh nuvey dho.ehen noonas comment eh nei kan eba ingeyey name ah balaafa lol 😂
Next part submitted dhen inthizaaru kurey
Love you more 💗