Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…67

އެންމެ ކުޑަ އިރުން ފަށަަައިގެން ވެސް ޒީކާން އަކީ މަޑުމައިތިރި ކަމަށް ލޯބި ކުރާ ކުއްޖެކެވެ. މަދު މަދުން ނޫނީ ސަކަރާތް ނުޖަހާ ޒީކާންގެ ދިރިއުޅުން ކުއްލި އަކަށް ބަދަލުވެގެން ދިޔައީ ޒީކާން ގްރޭޑް އަށަކަށް ދިޔަ އަހަރުއެވެ. ގްރޭޑް އަށަކަށް ޒީކާން ދިޔަ އަހަރުވެގެން ދިޔައީ އޭނާގެ ކުލާހަށް އަލަށް ކުއްޖަކު އައި ދުވަހަކަށް ށެވެ. ފުރަތަމަ ނަޒަރުން ވެސް ޒީކާން އަށް އެ ކުއްޖާ ކަމު ދިޔަ އެވެ. މުޅި ކުލާހުގައި އުޅޭ ހުރިހާ އަންހެން ކުދިންގެ ހިތުގައި ޒީކާން ރަސްކަން ކުރަމުން ދިޔަ ނަމަވެސް ޒީކާންގެ ހިތް ދެވުނީ އަލަށް އެ ކުލާހަށް އައި ކުއްޖާ އަށް ށެވެ. ކަން ދިމާ ކުރި ގޮތުން އެކުއްޖާ ވެގެން ދިޔައީ ޒީކާން އުޅޭ ގޭގެ ކުރިމަތީގައި ހުންނަ ގެ އަށް އައި ދެމަފިރިންގެ ތިން ކުދިންގެ ތެރެއިން މެދަށް ހުންނަ ކުއްޖާ އަށް ށެވެ. އެ އަންހެންކުއްޖާ އާއި އެކު ފިރިހެން ކުއްޖެއް އައުން ވެގެން ދިޔައީ ޒީކާން އަށް ލެއްވި ނަސީބަކަށް ށެވެ.

 

އާދައިގެ މަތިން ޒީކާން ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދާށެވެ. ނޫކުލައިގެ ފަޓުލޫނު ގެ ދަށަށް ހުދު ކުލައިގެ ގަމީސް ބެގީ ކޮއްލައިގެން ހުރި ޒީކާންގެ މޫނުމަތިން ފެންނަމުން ދިޔައީ އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ހިނިތުންވުމެކެވެ. ފުދޭވަރަކަށް ދިގު ކޮށް ހުރި އޭނާގެ އިސްތަށިގަނޑު ރީތި ގޮތަަކަށް ޒީކާން ސްޓައިލް ކޮށްލި އެވެ. ކޮނޑުގައި އޭނާ ގެންގުޅޭ ކަޅު ކުލައިގެ ދަަބަސް އަޅުވާލަމުން ޒީކާން ކޮޓަރިން ނިކުންނަން ދިޔައީ އޭނާ ހިތްހަމަޖެހޭ ވަރަށް ސެންޓު ގަޔަށް ބުރުވާލުމަށްފަހު ގައި އެވެ.

 

ކޮޓަރިން ނިކުމެގެން އައި ޒީކާންގެ މޫނުމަތިން ސީރިއަސްކަން ފާޅުވަމުން ދިޔަ އެވެ. އެއީ ދެންމެ ކޮޓަރި ތެރޭގައި ހިނިތުންވެލައިގެން ހުރި ޒީކާން އެކޭ އެކަކު ވެސް ނުބުނާނެ ކަން ކަށަވަރެވެ.

 

ޒީކާން ގެ އިންތިޒާރުގައި ސޯފާގައި އިށީނދެލައިގެން އިން ޒާރާ އަށް ގޮވާލަމުން ޒީކާން ގެއިން ނުކުންނަން ދިޔައެވެ. ފަހަތުން ޒާރާ ވެސް ގެއިން ނިކުންނަން ހިނގައިގަތެވެ.

 

ގެއިން ނިކުމެގެން އައި ޒީކާންގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެމީހުންގެ ގޭ ކުރިމަތީގައި ހުރި ގޭގެ ބޮޑު ގޭޓުގެ ކުރިމަތީގައި ނިކުމެލައިގެން ހުރި އަންހެންކުއްޖާ އެވެ. ހުދުކުލައިގެ ގަމީސް މަތިކޮޅު ގަދަ ނޫކުލައިގެ ކަކުލާ ހިސާބަށް އަރާ ސްކާޓްގެ ތެރެއަށް ބެގީ ކޮށްލާފައިވާ އިރު އެ އަންހެންކުއްޖާ ގެ ރާޅުބާނީ ދިގު އިސްތަށިގަނޑު ވަނީ ވަޔާއި ވިހުރެން ދޫކޮށްލާފައި އެވެ. ކޮނޑުގައި ގަދަ ނޫކުލައިގެ ހިމަވާގަނޑު ލީ ދަބަހެއް އަޅުވާލައިގެން ހުރި އިރު އަތުގައި ދެ ފޮތް އޮތެވެ. ޒީކާން އާއި ޒާރާ ފެނުމާއި އެކު އެ އަންހެން ކުއްޖާ ހިނިތުންވުމެއް ހަދިޔާ ކޮށްލީ ދަންނަ މީހަކު ފެނުމުން ހިނިތުންވުމެއް ހަދިޔާ ކޮށްލާނެ ފަދަ އަކުން ނެވެ.

 

މަގުގެ ދެކޮޅު ބަލާލުމަށްފަހު ޒާރާ އާއި ޒީކާން އެ އަންހެންކުއްޖާ އާއި ދިމާލަށް ހިނގައިގަތް ވަގުތު ވީ އެހެން އަންހެން ކުއްޖަކު ވެސް އެގެެއިން ނިކުން ވަގުތަށް ށެވެ. “ހައި. ރައީ ކޮބާތަ އެ ރާއިލްގަނޑު” އެންމެ ފުރަތަމަ ވެސް އެދެކުދިންނާއި އަރާ ހަމަކޮށްލަމުން ވާހަކަ ފެށީ ޒާރާ އެވެ.”އަދި ވެސް ކޮޓަރިފުޅުން ނުނިކުމެ”ރައިނާ އަނގަ އަށް ގޮތެއް ހަދާލަމުން ބުނެލިި އެވެ. ޒާރާ އާއި ރައިނާގެ ބޮޑުތަކުރުފާނު ވާހަކަ ފެށުނީ އެހިސާބުންނެވެ. ރާއިލް ކޮޓަރީގައި ތަތްކަމުން އެކަމާ ކުސްތަޅުވާލަ ތަޅުވާލާއި ރައިނާ އާއި ޒާރާ ތިބި އިރު ދެން ތިބި ދެމީހުންގެ ހާލެއް އެދެމީހުންނަށް ނޭނގެ އެވެ.

 

ޒާރާ އާއި ޖެހިގެން ހުރި ޒީކާން ގެ ނަޒަރު ރައިނާ ގެ ގާތުގައި ހުރި ރައިޝާ އަށް ހުއްޓިފައިވާ އިރު އޭނާ އަށް އެތަނުގައި އޭނާ އާއި ރައިޝާ ނޫން މީހަކު ހުރި ހެން ވެސް ހީނުވާ ފަދަ އެވެ. ޒީކާންގެ ނަޒަރު އޭނާ އަށް ހުއްޓިފައި ހުރުމުގެ ސަބަބުން އިސްޖަހާލައިގެން ހުރި ރައިޝާ އެއްބައި ފަހަރު އިސްއުފުލާލުމަށްފަހު ހިނިތުންވުމެއް ހަދިޔާ ކޮށްލަ އެވެ. ބަދަލުގައި ޒީކާން ވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލަ އެވެ.

 

ރައިނާ އާއި ޒާރާ ވާހަކައިގައި ތިބި ވަރުން ކަންނޭނގެ އެވެ. ޒީކާންގެ މޫނުމައްޗަށް އިރު އިރުކޮޅާ ވެރިވާ ހިނިތުންވުން އެދެމީހުން ކުރެ މީހެއްގެ ލޮލުގައި އަޅައިގަންނަ ފަދަ އެވެ.

 

ރާއިލް ނިކުތުމާއި އެކު ފަސް ޒުވާނުން ސްކޫލަށް ދިއުމަށް މިސްރާބު ޖެހި އެވެ. ސްކޫލް އާއި ގެ ކައިރި ވުމުގެ ސަބަބުން އެ ފަސް ޒުވާނުން ގެ ހާލަކީ އެއީ އެވެ. ކޮންމެ ދުވަހަކު ވެސް ހިނގާފައި ގެއިން ސްކޫލަށް ނުވަތަ ސްކޫލުން ގެ އަށް އައުނަކީ އެ ފަސް ޒުވާނުންގެ އާދައެކެވެ.

 

ޕޭމެންޓު މަތިން ދެން ތިބި ތިން އަންހެންކުދިން ހިނގާފައި ދިޔަ އިރު ރާއިލް އާއި ޒީކާން ހުރީ ފަހަތުގައި އެވެ.އޭރު ވެސް ޒީކާން ގެ ނަޒަރު ހުއްޓިފައި ވަނީ ރައިޝާގެ ފަރި ހަރަކާތްތަކަށް ށެވެ.

ޒީކާން އަށް ނޭނގުނު ނަމަވެސް ޒީކާންގެ ކައިރީގައި ހުރި ރާއިލްގެ ލޮލުގައި ޒީކާން ގެ ކޮންމެ ހަރަކާތެއް އަޅައިގަންނަމުން ދިޔަ އެވެ. މަޑުމަޑުން ޒީކާން އާއި އެއްވަރަށް ހިނގަމުން ދިޔަ ރާއިލް ގެ އަނގަ މަޑުލައިގެން ހުރީ އެހެން ވެގެންނެވެ. ނޫން ނަމަ ރަވަބޮއްޔެއްހެން ހުއްޓާ ނުލާ ވާހަކަ ދެއްކީހެވެ.

 

ޒީކާން އާއި އެއްވަރަށް ހިނގަމުން ދިޔަ ރާއިލް ޒީކާންގެ އަތުގައި ހިފާ ހުއްޓުވި އެވެ. ވަގުތުން ޒީކާން އަަށް ރާއިލް އާއި ދިމާލަށް ބަލައިލެވުނީ ކިހިނެތް ވީ ހެއްޔޭ އަހާލާ ފަދަ ގޮތަކަށް ށެވެ. ތިން އަންހެންކުދިން ފުދޭ ވަރަކަށް އެމީހުންނާއި ދުރުވުމާއި އެކު ރާއިލް ސީދާ އޭނާގެ ޕޮއިންޓް އަށް ޖެހިލި އެވެ.

 

“ޑޫ ޔޫ ލައިކް ރައި” ރާއިލް ގެ ސުވާލުން ޒީކާންގެ މޫނުމަތިން މާ ބޮޑު އަސަރުތަކެއް ފާޅެއް ނުވި އެވެ. މޫނުމަތިން އަސަރުތަކެއް ފާޅު ނުވީކީ ނޫނެވެ. ޒީކާން އޭނާގެ މޫނުމަތިން އަަސަރުތަކެއް ފާޅުނުކުރީ އެވެ. “ކޮން ރައި އެއް” އިސްތަށިގަނޑު ގެ ތެރެ އަށް އަތް މަހާލަމުން ޒީކާން އަހާލި ގޮތުން ރާއިލް ގެ ގާތަށް އައީ ހިންޏެވެ. ޒީކާން ނޭނގޭ ކަމަށް ހެދުމުން ކަމަށް ވެދާނެ އެވެ. “ރައިޝާ” ރާއިލް ބުނެލީ ‘ޝ’ އަކުރަށް ބާރު ކޮށްލަމުން ނެވެ. “ދޮގު ނުހަދާތި އިނގޭ. މަށަށް އިނގެޔޭ” ޒީކާން އެއްޗެކޭ ނުބުނުމުން ދެން ވެސް ވާހަކަ ދެއްކީ ރާއިލް އެވެ. ފަނޑު ހިނިތުންވުމެއް ރާއިލް އަށް ހަދިޔާ ކޮށްލުން ފިޔަވާ އިތުރު އެހެން ޖަވާބެއް ޒީކާން އެއް ނުދިނެވެ. އެ ހިނިތުންވުމުން އެކަނި ވެސް ރާއިލް އަށް އޭނާގެ ސުވާލުގެ ޖަވާބު ލިބުނެވެ.

 

ސްކޫލާއި ހިސާބަށް ދެވެންދެން އޭނާގެ ސުވާލުގެ ޖަވާބު ލިބުމުން ރާއިލް ވާހަކަ ދެއްކި އެވެ. ދެން އޭނާ ކުރަން ބޭނުންވި ކަންތައްތައް ނިމުމުން ވާހަކަ ނުދައްކާ ހުރުމުގެ ބޭނުމަކީ ވެސް ވަކި ކޮބާ ހެއްޔެވެ. އަނގައިން އެއްޗެކޭ ނުބުނެ ޒީކާން ވެސް ރާއިލްގެ ވާހަކަ އަޑު އަހަން ހުރީ އެވެ. އަޑު ނާހާ ދެން ޒީކާން ވެސް ވަކި ފިލާނީ ކޮން ތާކަށް ހެއްޔެވެ.

 

ސްކޫލް ބެލް އެޅި އިރު ކިރިޔާ ޒީކާން އާއި ރާއިލް އަށް ސްކޫލް ލޮލު ކޮޅަށް ފެނުނީ އެވެ. އޭރު ދެން ތިބި ތިން އަންހެން ކުދިން ސްކޫލްގެ ތެރެ އަށް ވަދެގެން ގޮއްސިއެވެ. ވާހަކައިގައި ފިިޔަވަޅުތައް ލަސްކޮށްލެވުމުން ވީގޮތަކީ އެވެ.

 

ކުލާހަށް ވަދެގެން އައި ޒީކާން އަށް ކުލާހުގައި ތިބި ހުރިހާ އަންހެން ކުދިންނެއްގެ ހެން ނަޒަރު ހުއްޓުނެވެ. އޭގެ ތެރޭގައި ރައިޝާ ވެސް ހިމެނުނެވެ. އެހެން އަންހެން ކުދިންގެ ނަޒަރު ތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޒީކާން ރައިޝާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ. އެވަގުތު ޒީކާންގެ ލޮލުގައި ހަމަ އެކަނި އަޅައިގަން ކުއްޖަކަށް ވީ ރައިޝާ އެވެ. ރައްދުގައި ޒީކާން އަށް ރަކި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ރައިޝާ އިސްޖަހާލި އެވެ.

ރައިޝާގެ އެ ހަރަކާތުން ފަނޑު ގޮތަކަށް ހީލަމުން ޒީކާން އޭނާ އިށީންނަން ހަމަޖެހިފައި ވާ ގޮނޑީގައި އިށީންނަން ހިނގައިގަތެވެ.

 

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތު ވަމުން ދިޔަ އެވެ. ޒީކާން އާއި ރައިޝާގެ ދެމެދުގައި ބައްދަލުވާ ހިނިތުންވުން ފިޔަވައި އިތުރު ގުޅުމެއް އެދެމެދުގައި ނުއުފެދެ އެވެ. ދޭތެރެ އަކުން ރާއިލް ވެސް ޒީކާން އާއި ދިމާކޮށްލަ އެވެ. ގިނަ ދުވަސް ދުވަހު ޒީކާން އަަށް ށާއި ރައިޝާ އަށް ބޮނޑި ބޭލުމަކީ ރާއިލްގެ އާދަ އަކަށް ވެއްޖެ އެވެ.

 

އާދައިގެ މަތިން ދުވަހެކެވެ. ރާއިލް ކިޔަކިޔައި ގެން ޒީކާން އެގެ އަށް ދިޔައީ ރާއިލްގެ ކޮންމެ ހަރަކާތަކަށް ތައްޔާރު ވެގެން ހުރެ އެވެ. “ސަންޝައިން” ގޭގެ ބޮޑު ގޭޓުން ވަދެގެން އައި ޒީކާން އޭނާގެ ކައިރީގައި ހުރި ރާއިލް އާއި ދިމާލަށް ބަލައިލީ ކުރިމަތީގައި ހުރި އިމާރާތުގެ ތެރެ އަށް ރާއިލް ނުވަންނާން ހުންނާތީ އެވެ. ޒީކާން އާއި އެއް ފިޔަވަޅު ފަހަތުގައި ހުރި ރާއިލް ޒީކާން އާއި ދިމާލަށް ގޭ ތެރެ އަށް ވަންނަން އެދުމުން ޒީކާން އަށް ދެލޯ ހިމަ ކޮށްލެވުނެވެ. ހީވީ ރާއިލް ތި އުޅެނީ ލަނޑެއް ދޭންނޭ ބުނެލި ހެންނެވެ.

 

“ކަލޭނޭ ނޫޅެމޭ ލަނޑެއް ދޭކަށް” ޒީކާން އާއި ދިމާލަށް އެއް ބުމަ އަރުވާލަމުން ރާއިލް ބުނެލި ގޮތުން ހީވީ ޒީކާންގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ހިޔާލު އޭނާ އަށް އެނގޭ ހެންނެވެ. އެވަގުތު ވީ ރާއިލް ގެ ފޯނު ރިންގު ވާން ފެށި ވަގުތަށް ވުމުން ރާއިލް ޒީކާން އާއި ދިމާލަށް ބަލައިލި އެވެ.”މި ފޯނަށް ޖަވާބު ދީފަ މި ވަންނަނީ. ހަމަ ހުވާ މަށެއް ނުދޭނަން ލަނޑެއް” ރާއިލް ފޯނު ހިފައިގެން ދުރަށް ޖެހިލުމާއި އެކު ޒީކާން އަށް ދެލޯ މައްޗަށް ހިންގާލެވުނެވެ.

 

ފާޑަކަށް މޫނު ހަދައިގެން ހުރެ ގޭގެ ދޮރު ހުޅުވާލި ޒީކާން އަށް މަރުހަބާ ކީ ބޮލަށް އެޅިގެން ދިޔަ ފެން އެއްޗަކުން ނެވެ. ފެން ތައް ބޮލަށް އެޅުމާއި އެކު ދެލޯ މަރާ ބާރު ކޮށްލި ޒީކާން އަށް ހިތާ ހިތުން ރާއިލް އާއި ދިމާލަށް އެއްޗިހި ކިއުނެވެ. ދެލޯ މަރާލައިގެން ހުރި ޒީކާން އަށް ދެލޯ ހުޅުވާލަމުން ކުރިމަތި ބަލާލެވުނީ ރައިޝާގެ އަޑު ޖެހުން ހެން ހީވުމުން ނެވެ.

 

“އަނހަ. ދޮންބެ އަކަށް އެކަންޏެއް ނޫނޭ-” ޓައްޕު ހިފައިގެން ހުރި ރައިޝާ ގެ މޫނުމަތިން ފެންނަން ހުރި ކާމިޔާބީގެ ހިނިތުންވުމަށް ބަދަލު އައީ އޭނާގެ ކުރިމަތީގައި ހުރި ޒީކާން ފެނުމުން ނެވެ. ތުންފަތުގައި ދަތް އަޅާލަމުން ޒީކާން އާއި ދިމާލަށް ބަލައިލި ރައިޝާގެ މޫނުމަތިން ފެނިގެން ދަނީ ކުށްވެރި ކަމުގެ އަސަރުތަކެކެވެ. އިސްޖަހާލަމުން އަތުގައި އޮތް ޖަގާއި ކުޅެލަ ކުޅެލާ ރައިޝާ ހުރީ އަނގައިން ބަހެއް ބޭރު ނުވުމުން ކަންނޭނގެ އެެވެ.

 

“ސޮރީ” ކިރިޔާ ޒީކާން އަށް އަޑު އިވޭ ވަރަށް ރައިޝާ ބުނެލި އެވެ. ޒީކާން ރައިޝާ އާއި ހަތަރު ކަޅި ހަމަކޮށްލަމުން ހިނިތުންވެލީ އެއީ އެވަރު ގެ ކަމެއް ނޫނޭ ބުނެލަމުން ނެވެ. އެހެން ނަމަވެސް ހަގީގަތަކީ ޒީކާން ހުރީ އެވަގުތު ރާއިލް އާއި ދިމާލަށް ބަޑި އެއް ޖަހަން ތައްޔާރަށެވެ. ރައިޝާ އަށް ވީމާ އެއްޗެކޭ ބުނަން ނުކެރުނީ އެވެ. ދެންމެ ފެން ވަރައިގެން އައިސް ވެސް އަނެއްކާ ފެން ވަރަން ދާން ޖެހުމުން ޒީކާން ހިތްހަމަނުޖެހޭ ގޮތްވިއެވެ. ޒީކާން އަށް ލަނޑު ލިބުނީ ރައިޝާގެ ފަރާތުން ކަމުގައި ވީ ނަމަވެސް ޒީކާން ހިތްހަމަނުޖެހުނީ ރާއިލް ދެކެ އެވެ. ރާއިލް ހަމަ ގަސްތުގައި އޭނާ އޭނާ ކުރީ ބައިގައި ގެއަށް ވެއްދީ ރައިޝާ ގެ ހަމަލާ ރާއިލް ގެ އަށް ވަނުމާއި އެކު އަންނާނެ ކަން އެނގޭތީ ކަން ޒީކާން އަަށް ޔަގީނެވެ.

 

ވީ ވެސް ޒީކާން ހީކުރި ގޮތަށް ށެވެ. ޒީކާން އާއި ރައިނާ އެތިބި ގޮތަށް ހުއްޓާ ހެމުން ހެމުން ރާއިލް އައިސް ގޭތެރެ އަށް ވަނެވެ. އޭރު ދަތްޕިލަ ސޭލު އަޅުވާލައިގެން ރައިނާ ވެސް ނޫން ކަމަށް ސިޑިން ފައިބައިގެން އާދެއެވެ. “ލޮލް ޒީކް. މަށަށް ހީވިއޭ މަ ރައި އަށް ރޭގަ ވާރޭގެ ހަމަލާ އެއް ދިނީމަ މިއަދު ތި ގެއިން އަންނަން ވާ އިރަށް މަށަށް ވެސް ހަމަލާ އަންނާނެ އޭ” ބަނޑުގައި އަތް އަޅާއިގެން އޮވެ ރާއިލް ބުނެލީ ސޯފާ ގެ މައްޗަށް ދެމެމުން ނެވެ. އޭރު ރައިނާ އައިސް ރާއިލް އަށް ޓަޗް އެއް ޖަހާލައިފި އެވެ. ވީ ކަމެއްވީ ދެމީހުން ރާވައިގެން ކަން އެނގުމުން ޒީކާން އަށް ދެލޯ އަނބުރާލެވުނެވެ. އެވެސް ދެން މިހާރަކަށް އައިސް ޒީކާންގެ ކަށީގައި ހިފާފައިވާ އާދައެކެވެ.

 

“މަޖަލެއް ނޫނޭ” ރާއިލް އާއި ދިމާލަށް ދެލޯ އަޅާލަމުން ޒީކާން ބުނެލީ ނުރުހުމުގެ ރާގަކަށް ށެވެ. ޒީކާން އަކީ ކުދި ކުދި ކަންކަމާއި ފަސޭހައިން ރުޅި އަންނަ ކުއްޖަކަށް ވުމުން އެވަގުތު ވެސް ޒީކާން އަށް އިސްކުރެވުނީ ރުޅި އެވެ. “ދެން ނުވައްދާނަން ގެ އަކަށް ވެސް. ފަހަތުން ނާންނާތި” ގޭގެ މައި ދޮރުން ނިކުންނަމުން ޒީކާން ބުނެލި ގޮތުން ހީވީ ޒީކާން ރާއިލް ގެ އަށް ނުވައްދައިފި ނަމަ ރާއިލް އަށް ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތީ ހެންނެވެ. ކިތަންމެ ނުރުހުންވެފައި ޒީކާން ބުނި ކަމުގައި ވީ ނަމަވެސް ރާއިލް ގެ ގާތަށް އައީ ހިންޏެވެ. ޒީކާން ގޭގެ ދޮރު ލައްޕާލުމާއި އެކު ސޯފާގައި އޮތް ރާއިލް ފުންމައިގެން ތެދުވީ ދެލޯ ބޮޑު ކޮށްލަމުން ނެވެ.

 

“އޭ ވަޓް ޑިޑް ހީ ސޭ؟” ރާއިލް އަހާލީ އޭނާ ދެންމެ އިށީނދެލައިގެން އިން ސޯފާ އާއި ޖެހިގެން އިން ސޯފާ ގެ މަތީގައި ފޯނު ހިފައިގެން އޮތް ރައިނާ އަށް އަދި އަނެއް ފަހަރު ޖަގު ހިފައިގެން ގޭ ދޮރު ކައިރީގައި ހުރި ރައިޝާ އާއި ދިމާލަށް ބަލައިލަމުން ނެވެ. “ދެން ނުވައްދާނަން ގެ އަކަށް ވެސް. ފަހަތުން ނާންނާތި” ފޯނު ހިފައިގެން ސޯފާގައި އޮތް ރައިނާ ބުނެލީ އޭނާ އެ އޮތް ގޮތަށް އޮވެ އެވެ.”އޯހ މޭން. ތި ޖެހުނީ ދެން ފަހަތުން ދާން. މިއަދު ޒީކް ގެ ކަޒް ވެސް އާދެޔޯ. އެހެންވެ އެ ސޮރު އެހާ ރުޅި ދުރުވީ އެ. ދެން އެކަމާ މިއަދު މަ ހުންނަން ޖެހޭނީ ސަލާން ޖަހާ މީހެއް ހެން އެގޭ ގޭޓު ކައިރީގަ ކަންނޭނގެ” ދުވެފައި ކަހަލަ ގޮތަކަށް ރާއިލް ގެއިން ނިކުންނަން ދިއުމާއި އެކު ރައިޝާ އާއި ދިމާލަށް ރައިނާ ބުމަ އަރުވާލި އެވެ.

ސަންޝައިން އިން ނިކުމެގެން ޒީކާން އެނބުރި ދިޔައީ އޭނާގެ ގެ އަށް ށެވެ. ކޮޓަރި އަށް ވަން ގޮތަށް ފެން ވަރައިގެން ހުދު ކުލައިގެ ޓީޝާޓް އަކާއި އެކު ކަޅު ކުލައިގެ ސޯޓެއް ލިއެވެ. ފެންވަރައިގެން ރީތިވާން ހުރި އިރު ވެސް ޒީކާން އަށް ދިޔައީ ރާއިލް އާއި ދިމާލަށް ހިތާހިތުން ފަތިވަރު ގޮވެމުން ނެވެ. ރާއިލް އާއި ދިމާލަށް ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔަ ޒީކާން ގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ރައިޝާގެ ކުރިމަތީގައި އޭނާ އަށް އަމަލު ކުރެވުނު ގޮތް ހިތަށް އެރުމުން ނެވެ. ރައިޝާ ހުއްޓާ ރުޅި މޫނު ހަދާފައި ގެ އަށް އާދެވުމުން ޒީކާން އަށް އޭނާގެ ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭރު މުޅި މީހާ އެއްކޮށް ރަތްވެއްޖެ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

 

އިސްތަށިގަނޑު ގެ ތެރެ އަށް އަތް މަހާލަމުން ޒީކާން އަށް ދެކޮޅަށް ދެކޮޅަށް ހިނގެން ފެށުނީ އޭނާ އަށް އަމަލު ކުރެވުނު ގޮތް ހިތަށް އެރުމުން ނެވެ. ދޭތެރެ ދޭތެރެ އިން ކުދި ކުދި ކަންކަމާއި ގޭތެރޭގައި އުޅޭ އިރު ރުޅި އާދެވުނު ކަމުގައި ވީ ނަމަވެސް މޫނުމަތިން އެކަން ދެއްކުމަކީ ޒީކާންގެ އާދައެއް ނޫނެވެ. އަނެއް ކޮޅުން ހިތަށް އައިހާ އެއްޗެއް ދުލުން ބޭރު ކުރުމަކީ ވެސް މީގެ ކުރިން އޭނާ ކުރި ކަމެއް ނޫނެވެ. ރުޅި އައި ކަމުގައި ވީ ނަމަވެސް ޒިވާ އާއި ޒާރާ އާއި އަނގައިން ނުބުނެ އޭނާ ދަނީ އެވެ. އެހެން ނަމަވެސް މިއަދު ވީ ގޮތެއް ހުދު އޭނާ އަކަށް ވެސް ނޭނގުނެވެ. ހުސް ވެސް ރާއިލް ގެ ކަންތަކެވެ. ރާއިލް އާއި އެކު އުޅެގެން އޭނާ ވެސް އަނގަ ގަދަ ވީ ކަންނޭނގެ އެވެ. އެހެން ނޫނަސް އޭނާ އަށް ފަތިވަރު ދެމުނީ ވެސް ރާއިލް އާއި ހެދި އެވެ. ރާއިލް އޭނާ ކުރީބައިގައި ގެ އަށް ނުވެއްދި ނަމަ އެެހެނެއް ނުވީހެއް ނޫން ހެއްޔެވެ.

 

ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީކާން އަށް ސިހުމެއް ލިބުނީ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ޒާރާ ގޮވާލި އަޑު އިވުމުން ނެވެ.”ދޮންބޭ ނުކް ބަލާ ދާ ގަޑި ޖެހެނީ އޭ. މަންމަ ބުނީ ކާރުގަ ދަށޯ އެއާރޕޯރޓް އަށް.މިހާރު ނުކް އަންނަ ފްލައިޓް ޖައްސަން އުޅޭނެޔޯ”

ނުނިމޭ

May the mercy of Allah Surrounded you this Ramadan.May Allah ease your difficulties in this month. May this month increase your iman,sabr,taqwa and tawakkul.may this month brings you peace forgiveness and barakah.HAPPY RAMADAN FOR ALL OF YOU! RAMADAN MUBARAK

 

Comments (24)

  1. aisha

    masha allah mi part vs vrh reethi
    vrh interesting koh thi ninmaaly
    when next???
    tc ly rifoo
    ramadan mubarak
    ❤️

    1. RIFSHA
      aisha

      Thanks aisha
      Hehe ehen?
      Next part submitted
      Love you more
      Ramadan Mubarak

  2. Vampire girl

    Hey….
    Manjey mi part vx varah varah reethi ingey….
    Dhe rai ulheythy eyna mainbafainnakah noalhe thr???
    Ma hama ahaaly….
    MANJE AH RAMDAN MAHUGE IS HEYO EDHUN THAKAA THAHUNIYAA HITHUGE ENME FUNMINUN FONUVAN…..
    BYE💖😘

    1. RIFSHA
      Vampire girl

      Hey manjey
      Aan noalheyne eii manje eh nooney dhe faharun ehfaharu meehun olheykah 😅
      Hmm hmm Ramadan Mubarak manje ah vx.
      Ey bro kureege vx tha? Dhen ma mi ahaali suvaalu ge maana manje ah ingeyne kamah mi balani
      Varah loabivey ingey

    2. Vampire girl
      Vampire girl

      @Rifsha aaan.. neyngeyey balaakah… dhn ma avahah kuraane kanthah inge ehnu… kuryga vx ma ehn neythi kuraa bai huri… ma avahah ehn hedhy… inge ehnu dhw mi buni eii cheii… ekm adhi vx nan thah araa… e dhuhvaalaakah neyngun… dhn e ulhey mister inge ehnu dhw eyna ingunihyaa inguny 😭😭😭… ekm mashakah hiyeh nuve…. dhn schl hulhuvu neema hurihaa mauloomaath eii dheynan okay… mi thaaku kiya eii nudheveyne eiinu… mee dhn mashah kureveyne varakee… ma vrh kada vi the ey… mashah furathama vx allah ah shukuru kurevuny mashah ekani ingunyma😭😭😭…. and mashah kn iraku meehun olhigen ulhuny 🤣🤣🤣… mihaaru knmx varakah manje ah ingihje kamah mi balanee….
      bye….
      Ma vx varah loabivey…..

    3. RIFSHA
      Vampire girl

      Kalo dhen ehkoh vi tha

    4. RIFSHA
      Vampire girl

      Ey oh ingijje thi buni ehcheh.

  3. UNKNOWN GURLL

    V reethi mi part ves
    Waiting for the next part
    Ramadan Mubarak rifoo

    1. RIFSHA
      UNKNOWN GURLL

      Thanks unknown gurll
      Next part submitted
      Ramadan Mubarak unknown gurll ah vx ☺️

  4. Dhooni

    Varah Reethi mi part ves
    Kon irakun next part kiyaalan libeynee?
    RAMADAN MUBARAK

    1. RIFSHA
      Dhooni

      Thanks dhooni
      Next part submitted
      Ramadan Mubarak for you too ☺️

  5. Laura

    Hey Rifoo
    Alhey haadha reehchey mi part ves.lau varah ufaa vejje Ramadan ge furathama dhuvahu mi vaahaka kiyaalan libunyma.
    Dhen zeek and rai gulheyny dho.but i wish zeek zeek ge maazee handhaan nahthaalaafa move on kuraane nama ey.bcuz i think Rai and zeek mihaaru ehkosheh noon kanneynge dho ulheny.ehenve. But zeek and rai varah gulhey.
    Cover pic varah Reethi ingey 😅. First lau akah nuves ingun eii rifoo ge vahaka ge cover kameh.hehe
    Curiously waiting for the next part
    RAMADAN MUBARAK INGEY RIFOO AH VES
    Love you 😘

    1. RIFSHA
      Laura

      Hey lau
      Thanks thanks varah bodah shukuriyyaa ☺️
      Hehe dhen hingaa dho balan mish and zeek gulhey tho or Rai anehkaa aissa zeek aa gulheyny tho hehe.
      Mee aslu rifoo kuryga laan ulhunu cover pic eh nooney.eyny hama zeek ge maazee ah special koh hadhaafa alun.dhen shukuriyyaa
      Next part submitted
      Yess Ramadan Mubarak lau ah vx
      Love you more

  6. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Aslu zeek and mish v gulhey
    Lai and rayaan gulhuvachey
    Aika and aleek
    Nuk and aleeka ves
    Mihaaru kobaa kiyaan and zaa
    They all are made for each other
    I appreciate your hard work
    Your my fav author
    Tc 😘
    Ramadan Mubarak ❤️
    Ly rifoo ❤️

    1. RIFSHA
      Cutie girl

      Thanks cutie girl
      Dhen hingaa dho vaagotheh balan maa
      Zaa and Kiyaan ge habareh vaany zeek ge maazee kiyaala dhyfa ehnun dho.baeh kudhin varah kiyaalaa hithun ulheythy aslu mihaa detail koh zeek ge maazee mi genesdheny vx
      Once again thanks
      Ramadan Mubarak for you too ☺️
      Love you more

  7. Rauha

    Hello Rifoo
    You know what rifoo Raail and zeek heevani couples hen 😅.anehen eh noon ingey. I mean emeehun ge act thah hehe .ekam aslu varah majaa ingey.And Zeek and rai aslu varah gulhey.(No hate ingey mish and zeek ge fans)
    Kon irakun next part kiyaalan libeynee?
    Curiously waiting for the next part
    Love you so much ❤️

    1. Laura
      Rauha

      Lol lau ah sifa vany rau ge dhonbe yaa lau ge thuhthu…vahtharey ulhey goi ves ehaa

    2. RIFSHA
      Rauha

      Hello rau
      Hehe lol Rifoo ah vx e dhemyhun ge bai liyaa iru ehen heevey hehe 😆
      Dhen jahaaba including me ey mish and zeek ge fans no hate ge bayah hehe
      Next part submitted
      Love you more

  8. Rauha

    Ramadan Mubarak!!

    1. RIFSHA
      Rauha

      Ramadan Mubarak rau ah vx

  9. YOUR BIG FAN

    Wow.this part is also amazing 😍 i love it. Nuk aiima dhw dhen kulhi gandu fesheynee. I ah heevany naya ah fenunu photo eii nuk aihsa indha nagaafa in photo eh hen.
    Kon irakun next part
    Curiously waiting….
    Love you and Ramadan Mubarak my favourite author 🥰

    1. RIFSHA
      YOUR BIG FAN

      Thanks my big fan
      Hehe aslu vx nuk aeema ingey aslu kulhi gandu fesheyny
      Hehe dhen hingaa dho balamaa eii kon ireh ge photo eh tho
      Next part submitted
      Love you more
      Ramadan Mubarak for you too ☺️

  10. Ghost girl 👻

    Konme ep akh comment nukuriyas kiyan ingey rifooge vhk I love your stories ❤️ keep it up ❤️ LYSM when’s next?

    1. RIFSHA
      Ghost girl 👻

      Varah ufaa vejje comment nukohliyas gost girl rifoo ge vahaka kiyaalaa kan ingunyma
      Thanks varah bodah
      Next part submitted
      Love you more

Comments are closed.